ޝީރީންގެ ފަހަތުން ނިކުތް އަޔާނާއަށް މަގު ހުރަސް ކުރަން އުޅުނު ޝީރީން ފެނި ދުއްވައިގަތީ ޝީރީން ކައިރިއަށް ދިޔުމަށެވެ. އެވަގުތު ބާރު ސްޕީޑެއްގައި އައި ސައިކަލެއް މަނިކުގެ ލޮލުގައި އަޅައިގަތީ ދުވަމުން ދިޔަ އަޔާނަށް ބަލަނިކޮށެވެ. “ބައްޕިގެ އަޔާނާ……” މަނިކުގެ އަޑު މުޅި މަގުމަތީގައި ވަނީ ގުގުމާލެވިގައެވެ. އޭރު ދުރުގައި ވެއްޓިފައި އޮތް އަޔާނާ ދިޔައީ ރޮމުންނެވެ. “ބިއްބީ…..” ގަސްގަނޑެއްގެ ބުޑަށް ވެއްޓިގައި އޮތް މަނިކު ފެނި އަޔާނާއަށް ދިޔައީ އިތުރަށް ގިސްލެވެމުންނެވެ. “މަގޭ ދަރިފުޅާ….” ޝީޔާމާއަށް […]
“ސަމްސިއްޔަ…. ޝީރީން އެ އުޅެނީ ކޮންފާޑަކަށް….” ކޮޓަރީގެ ހަތަރުފާރުން އެތެރެވުމާއެކު އަފީފްގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. “އަފީފް އެމަންޖެ ހަމަ ކަމަކު ޖެހިގެން ބޭރަށް ގޮސްފާނު….” އަފީފްގެ އަތުގައި ހިފަމުން ސަމްސިއްޔަ ވާހަކަ ދެއްކީ ކުޑަކޮށް ނަމަވެސް އަފީފްގެ ރުޅިގަނޑު މަތަވޭތޯއެވެ. “ޝީރީންއަށް އޭނަގެ ދަރިފުޅަށް ވުރެއް ބޮޑަށް މުހިންމުވީ ކޮންކަމެއްތޯ ބަލަން މަވެސް ބޭނުން…. ޝީރީންއަށް ގުޅާބަލަ…” އަފީފް އެހެން ބުނުމާއެކު ސަމްސިއްޔަ އަވަސްވެގަތީ ޝީރީންއަށް ގުޅުމަށެވެ. އެހެން ނަމެވެސް ދެތިން ފަހަރު ގުޅުމުންވެސް ޝީރީން […]
“މަންމާ…. ބައްޕާ….” ޝީރީންއަށް އިނދެވުނީ ފިޔަވަޅެއްވެސް ގުޑާލަން ނޭނގިފައެވެ. “ޝީރީން ހަމަ މިހާރު ދޭ ތިލައިގެން އިން އެއްޗެއް ބަދަލުކުރަން…” ސަމްސިއްޔަގެ މޫނުމަތިން ކިތައްމެހާވެސް ރުޅިވެރިކަމާއި ހިތްހަމަ ނުޖެހުން ޝީރީންއަށް ފާހަގަވިއެވެ. ސަމްސިއްޔަ އެހެން ބުނުމާއެކު ފިޔަވަޅުތަކަށް ބާރުލުމައްފަހު ޝީރީން ދުއްވައިގަތީ ކޮޓަރިއާއި ދިމާލަށެވެ. “އަފީފް…” ގޭތެރެއަށް ވަދެ އަތުރާފައި ހުރި ގޮނޑިބަރިތަކުން ގޮނޑިއެއްގައި އިށިންނަމުން ސަމްސިއްޔަ ގޮވާލީ ލަދުވެތި ކަމާއެކީގައެވެ. އެވަގުތު ސަމްސިއްޔަ ދުވަހަކުވެސް ދެރަނުވާވަރަށް އަފީފު ކުރިމަތީގައި ދެރަވެއްޖެއެވެ. ޝީރީންއަށް ދަސްކޮއްދީފައިވާ ރިވެތި އަހްލާގާއިމެދު […]
“ލައީ އަހަރެން ހާދަ ހިތައް އަރައޭ ޝިރީންގެ ބަދަލުގައި ލައީ ހުރިނަމައޭ…” މަނިކުގެ ކޮނޑުމަތިން ލައިލާއަށް ތެދުވެވުނީ ކުއްލިއަކަށެވެ. ލައިލާގެ ދެލޮލުގައި ވީ ކަރުނަތައްވެސް އެވަގުތަށް ހުއްޓުންއައި ކަހަލައެވެ. “ލައީ..” ދެލޯ ބޮޑުކޮއްގެން އިން ލައިލާގެ ދެކޮނޑުގައި ހިފާ ތަޅުވާލަމުން މަނިކު ތަންކޮޅެއް ބާރަށް ގޮވާލިއެވެ. “ކީކޭ…” ލައިލާއަަށް ބުނެވުނީ ހަމައެކަނި އެހެންނެވެ. “ހެހެހ ލައީ.. ސާބަސް… މިބުނީ ލައީ ކަހަލަ އަބަދު ކާއެއްޗެހި ގެނެސްދީ، އަނގަތަޅާނެ މީހަކަށް ޝީރީން ވިނަމައޭ…. ހެހެހ” މަނިކު އަވަހަށް ވާހަކަ […]
“ބޭބީ ހީނުކުރަން ގުޅާލާއިރަށް އަންނާނެކަމަކަށް…” މޯންޑޭގެ ތަނަވަސް މޭމަތީގައި ބޯއަޅާލަމުން ޝީރީން އެ ހަށިގަނޑުގައި ބައްދާލިއެވެ. “ހީވޭތަ ނާންނާނެހެން… ތީ އަހަރެންގެ ޖާނާ ފުރާނައެއްނު… އައި ލަވް ޔޫ އޭ… މިހާރު ވަރަށް ލޯބި އެނގޭ…” ޝީރީންގެ ހާމައަށް އޮތް ބުރަކަށީގައި ފިރުމާލަމުން މޯންޑޭ ޝީރީންގެ އެ ކަނދުރާގައި ވަސްގަނެލިއެވެ. އަދި ހީލިކަރިވާލީ އިތުރަށް އެ ވަގުތުކޮޅަށް ފުރިހަމަކަމެއް ގެނައުމަށެވެ. ދެން އިވިގެން ދިޔައީ މުޅި ކޮޓަރިން ދެ ޒުވާނުންގެ ހުނުމުގެ އަޑެވެ. “ދަރިފުޅާ ދާންވީނު ފެންވަރާ […]
“ނޫނޭ ރަނގަޅޭ…މަންމާ ދޭބަލަ ތަންމަތި އަޅާދޭން… އަޔާނާ ބޭއްވޭނީ އޭރުން…” މަނިކު ނިދާފައި އޮތް އަޔާނާއަށް ބަލާލަމުން ބުނެލިއެވެ. “ނޫނޭ އަހަރެން އަންނާނަން” ލައިލާ ކައިރީގައި ބަނދެފައި އޮތް ތަންމަތި ބޮނޑި ހިފައިގެން އެތަނުން އެއްކޮޓަރިއަށް ވަނެވެ. ކޮޓަރިއަށް ވަދެ ދޮރުޖެހުމަށްފަހު ލައިލާ ފުންނޭވާއެއްލިއެވެ. ބަނދަރުން ފަށައިގެން ގެއާހަމައަށްވެސް އެންމެ ފަހަރަކުވެސް ނަދީމް ލައިލާއާއި ދިމާލަށް ބަލާނުލައެވެ. “އަނެއްކާ ނަދީމް މީހަކާ އިނީތަ.. ނޫން ނުވާނެ… މަނިކު ބުނީސް އޭނަ އިންނަމަ.. އަނެއްކާ ކުއްޖަކާ ރައްޓެހިވީބާ.. ” […]
“ޝީރީން މާދަން ނޫންއަނެއް ދުވަހު މާލެ ފުރަން މިއުޅެނީ…. ރެޑީވާތި…. އަޔާނާ ގޮވައިގެން ޝީރީން މަންމަ ކައިރިއަށްވެސް ދާންޖެހޭނެ ފުރުމުގެ ކުރިން…. ” މަނިކު ކޮޓަރިއަށް ވަންގޮތަށް ޝީރީންއާއި ވާހަކަ ދެއްކިއެވެ. “އަހަރެން ނުދާނަން މާލެއެއް….. ކޮންމެހެން އަހަރެން މާލެ ގެންދަން އުޅޭނެ ކަމެއްނެއް…. ޔަގީން އެކުއްޖާ މަރުވާ ކަހަލަ ބައްޔެއްކަން ޖެހިގެން އުޅެނީ…. އޭނަ މަރުވިޔަ ދީބަލަ… ކޮންމެހެން އަހަރެން ގޮވައިގެން ދާނެކަމެއްނެތް…” ޝީރީން ދެބުމަ ގޮއްޖަހާލަމުން ވާހަކަދެއްކިއެވެ. “މިންމި…” މަނިކު އަނގަ ހުޅުވާލިތަނާ އިވުނީ […]
“މަނިކު އެ އިވެނީ ޔާޔާ ރޯއަޑުދޯ” މުޅި ގޭގައި ގުގުމައިގެން ދިޔައީ ކުޑަ އަޔާނާގެ ވޭނީ ރުއިމުގެ އަޑެވެ. މަނިކަށް ޖޯލިން ތެދުވެވުނީ ކިހިނެއްކަމެއް ވެސް ނޭނގުނެވެ. ދެން ފެނުނީ ކޮޓަރީ ދޮރުމަތީގައި މަނިކު ދެލޯ ބޮޑުކޮއްގެން ހުރި ތަނެވެ. އޭރު އަޔާނާ އެނދުމަތީ އޮތް އިރު ޝީރީން އަޔާނާގެ ނެޕީގައި ހިފަހައްޓައިގެން އިނެވެ. ދުވެފައި އައި މަނިކު ފެނި ޝީރީންއަށް ތުންފަތުގައި ދަތް އަޅާލެވުނު އިރު މީހާ ހާސްވެ މުޅި ގައިން ދާހިތްލަން ފަށައިފިއެވެ. “ކޮންލެއެއް […]
ލައިލާ މަނިކުގެ ގައިގަ ބައްދާލީ ނުރޯށޭ ބުނަމުންނެވެ. އެހެން ނަމަވެސް މަނިކު އެފަދަ އެހީއަކަށް ބޭނުންވެފަ ވާލެއް ބޮޑުކަމުން ލައިލާގެ އުނަގަނޑުގައި ދެއަތުން ވަށާލަމުން ބައްދާލީ ހިތްފުރޭވަރަށް ރޯން ހުވާންކޮއްގެން ކަހަލަ ގޮތަކަށެވެ. ދެމީހުން އެ ވަގުތު ކޮޅަށް ނިމުމެއް އައީ މަނިކު ދެލޯ ފޮހެލަމުން ލައިލާގެ ކޮނޑުމަތިން ތެދުވުމުންނެވެ. “ލައީ” ލައިލާގެ އަތުގައި ހިފާލަމުން މަނިކު ލައިލާއަށް ގޮވާލިގޮތުން ލައިލާގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. މަނިކުގެ ގޮވާލުމުގައި މިފަހަރު ތަފާތު ކަމެއްވެސް ވިއެވެ. […]