އަހަރެންނެކޭ އެއްފަދައިން ސަމީރުވެސް ހުރިތަނުން ގުޑިލަންވެސް ނުކަރިފައި އިރުކޮޅަކު އެހެން ހުއްޓެވެ. އެއަންހެންމީހާ ސަމީރުއަށް ނުފެނި ގެއްލުނީއެވެ. ނަމަވެސް ފާރުގައިހުރި ލިޔުންކޮޅު ފެނިފައި ސަމީރު ހުރީ ބިރުންނެވެ. އެލިޔުންކޮޅު ފޭދެމުން ގޮސް، އެއްކޮށް ފޮހެވި ގެއްލުމުން ފާރުގެ އެތަނުން އެއްޗެއް ފާހަގަވާން ހުއްޓެވެ. އަހަރެން ގޮސް ފާރުގެ އަތަނުގައި އަތް ހާކާލީމެވެ. އަހަރެންގެ އެޕާޓްމެންޓުގެ ބޭރު ފާރުގައި ލިޔެފައި ހުރިހެން، އެއްޗަކުން ރޮނގު އަޅާ އުސޫލުން މިފާރުގައިވެސް ލިޔެފައި ހުއްޓެވެ. ނަމަވެސް ލިޔެފައިވާ ލިޔުންކޮޅު ތަފާތެވެ. “އޭނާއަށް […]
ސަމީރުގެ އެޖަވާބު އިވިފައި އަހަރެންނަށް އިތުރު ކަމެއް ސާފުވިއެވެ. ސަނޫރާ ގެއްލުނުރޭގައި ސަމީރުއާއި ސަނޫރާ ދިމާވިތާއެވެ. އެހެންވީމާ ސަމީރު ކިޔާނުދިނަސް އެތައްކަމެއް އޭނައަށް އެބައެނގޭކަން އަހަރެންނަށް އިތުރަށް ޔަގީންވިއެވެ. ްަްައެރޭ އަހަރެން އެފޮޓޯ ހިފައިގެންއިނދެ ވަރަށްވިސްނީމެވެ. ސަނޫރާއަކީ ކޮން މިޒާޖެއްގެ މީހެއްބާއެވެ. އެފޮޓޯގައި އަހަރެން އުރައިގެން ސަނޫރާ އެހުރީ ކީއްވެބާއެވެ. އޭނައަކީ އަހަރެންގެ ކާކުބާއެވެ. ދެންވިސްނުނީ ސަނޫރާގެ ސިފައިގައި އެފެންނަ އަންހެންމީހާއާ ދޭތެރޭގައެވެ. އެއީ ސަނޫރާ ނޫންކަން އަހަރެންނަށް ޔަގީނެވެ. އަދިއެއީ ރޫހާނީ އެއްޗެއްކަންވެސް އަހަރެންނަށް […]
ސަމީރުގެ އެޕާޓްމެންޓުން ނިކުމެގެން އަނެއްކާވެސް އަހަރެން ބޭނުންވީ ބޭރަށް ނިކުމެލާށެވެ. ހިތަށް ލިބިފައިވާ ބަރުކަމާ ނުތަނަވަސް ކަމަށް ކުޑަނަމަވެސް ހިތްހަމަޖެހުމެއް ލިބޭތޯއެވެ. ގެއިން ނިކުންނަން ދިޔައިރުވެސް އެފޮޓޯ އޮތީ އަހަރެންގެ އަތުގައެވެ. ގޭދޮރުން ނިކުމެވުނީ ތައުފީގު ކުރިމައްޗަށެވެ. ތައުފީގު އަހަރެންގެ އަތުގައި އޮތްފޮޓޯއަށް ބަލާލިއެވެ. އަހަރެން ބަހެއްނުބުނެ އޭތި ދަބަހަށް ލަމުން ނިކުމެގެން ދިޔައީއެވެ. ދުއްވާ އެއްޗިއްސާއި ހިނގާފައި އުޅޭ މީހުންތައް މަގުގެ އެކިދިމަދިމާލުން ފެނެއެވެ. އިރެއް އިރަކަށް މަގުތައް ދިޔައީ ބާރުބޮޑުވަމުންނެވެ. އަހަރެން ހިނގާފައި […]
ތައުފީގުގެ ފަރާތުން މާގިނަ މައުލޫމާތެއް ލިބޭގޮތް ނުވުމުން އަހަރެން އޮފީހަށް ދާން ނިކުތީމެވެ. އެދުވަހު އޮފީހުގައި އިނދެ މާބޮޑަށް ވިސްނެން ފެށުމުން، އަހަރެން ދަބަހުން އެއްކަލަ ފޮޓޯނަގައި އެއަށް ބަލަންފެށީމެވެ. އޭގެން ވެސް އިތުރު ކަމެއް ފާހަގަވޭތޯއެވެ. އިތުރު މައުލޫމާތެއް ލިބޭތޯއެވެ. ބެލިބެލުމުން އަހަރެންނަށް ފާހަގަވީ އެފޮޓޯގެ އެއްއަރި އެހާ ސީދާނޫންކަމެވެ. ހީވާގޮތުން ކަތުރަކުން ނޫނީ ކަޓަރަކުން ފޮޓޯގެ އެއްބައި އެވަނީ ކަފާލާފައެވެ. އެފޮޓޯގައި ސަމީރުގެ އަތުގައި އެއޮތް ފަށް އަހަރެންގެ ކަރުގައި މިއޮތީ ކީއްވެބާއެވެ؟ […]
އެދުވަހު ނިދިހަމަނުވެ ހުރެ އޮފީހަށް ދިޔުމުން އަހަރެންގެ މޫނުމަތިން އެކަން ވަރަށް ސާފުކޮށް އެންމެންނަށް އެނގުނެވެ. އޮފީސް ކުދިން އަހަރެން ކައިރީގައި ބަލީތޯވެސް ސުވާލު ކޮށް ހެދިއެވެ. ނިދި ހަމަ ނުވާތީ މޫޑީވެފައި ކަމުގައި ބުނެ އަހަރެން ނިންމާލީމެވެ. ވެގެން އުޅޭގޮތް އަދި އެއްވެސް މީހަކަށް ކިޔާދޭކަށް އަހަރެން ބޭނުމެއް ނުވިއެވެ. އެދުވަހު އޮފީހުގެ އެއްވެސް މަސައްކަތަކަށް މާބޮޑު ސަމާލުކަމެއް ނުދެވުނެވެ. އިރުއިރުކޮޅާ ފޯނު ބަލާލެވެނީ ރޭގައި މެސެޖު ކުރި ނަންބަރުން މެސެޖެއް ނުވަތަ ކޯލެއް އާދޭތޯއެވެ. […]
“އެއީ ސަމީރު. އޭނަ ކީއްކުރަން އެހާ ދަންވަރު އެއައީ؟”. އަހަރެން ތައުފީގު ދިމާލަށް ބަލަން ހުރެ އަހާލީމެވެ. “ނޭނގެ ދޯ.” ތައުފީގުގެ ޖަވާބު ވަރަށް ކުރެވެ. އަހަރެން އަނެއްކާވެސް ލެޕްޓޮޕްގެ ސްކްރީނަށް ބަލާލީމެވެ. ސިޑިމަތީގައި އަންހެނެއް ހުރިތަން އެއޮށް ހުރިހާއިރުވެސް އަހަރެންނާ ތައުފީގުގެ ލޮލުގައި އަޅައި ނުގަތީ ދޮރުމަތީގައި ހުރި ސަމީރުއަށް މާބޮޑަށް ސަމާލުކަން ދެވުމުންނެވެ. “އެހެރީ ކާކު؟. ޒޫމް ކޮށްލަބަލަ..” އަހަރެން އެހެން ބުނުމުން ތައުފީގު ސްކްރީން ޒޫމް ކޮށްލިއެވެ. އިތުރަށް މޫނު ކައިރި ކޮއްލާ […]
މޫސަގެ އެދުމަށް ޒަރީރު ގެއަށް ގޮސް މަރުތޭލަކާ އަދިވެސް ބައެއްސާމާނު ހިފައިގެން އައެވެ. މާއުނދަކާ ނުލައި ތަޅުނައްޓާލެވުނީ އެތަޅަށް އެތަކެއް އަހަރުތަކެއް ވެފައި ވުމުން ކަމުގައިވެސް ވެދާނެއެވެ. ތަކުރުބެ އެންގީ އޭނާގެ ފަހަތުން މޫސައާ ޒަރީރު ބިސްމި ކިޔުމަށްފަހު އެކޮޓަރިއަށް ވަނުމަށެވެ. އެއީ މޫސަވެސް އަދި ޒަރީރުވެސް ދުވަހަކުވެސް ވަދެފައި ނުވާތަނެކެވެ. އެހެންކަމުން އެތަނުގެ ތެރެ އޮތް ގޮތެއްވެސް، އަދި އެތާގައި ހުރި އެއްޗެއްވެސް އެމީހުންނަކަށް ނޭގެއެވެ. އެމީހުންގެ މަންމަގެ އެދުމާއެއްގޮތަށް އެތަން ތާއަބަދަށް ތަޅުލާފައި […]
“މި ހުރިހާ ކަމެއްވެސް މިވަނީ ހަމަ ބައްޕަގެ ސަބަބުން..” މޫސަ ފެންކަޅިވެފައި އެހެންބުނި އިރު ހަސީނާއަށްވެސް ހުރީ ރޮވެންކައިރި ވެފައެވެ. ވާނީވެސް އެހެންތާއެވެ. ހުރިހާކަމެއްގެ ސަބަބުން ހުރިހާ ތަކުލީފެއް އުފުލަން މިޖެހެނީ އެދެމަފިރިންގެ ދެލޯފަދަ ދަރިފުޅަށެވެ. ތަކުރުބެ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހަމުން އެފޮތް ލައްޕާލައި ފޮއްޓަށް ލިއެވެ. މޫސަގެ މޫނުމަތިން ހިތާމަޔާ އެކު ރުޅިވެރިކަންވެސް ފެންނަމުން ދިޔައެވެ. އޭނަގެ އަމިއްލަ ބައްޕަގެ ސަބަބުން އޭނާގެ އާއިލާ މިއަދު މިވަނީ ބޮޑު އަނދަވަޅަކަށް ވެއްޓިފައެވެ. “ހަމަ […]
މޫސަމެންގެ ގޭތެރޭގައި އޮތީ ބުނެދޭން ނޭނގޭ ފަދަ ހިމޭންކަމެވެ. ގޭތެރެއަށް އަނެއްކާވެސް ބިރުވެރިކަން ވެރިވެއްޖެއެވެ. ކުރިން އެންްމެންނަށް ވެސް އެނގިފައި އޮތީ ޔަމަންގެ ފަހަތުން އުޅުނީ ނީރް ނަމަކަށް ކިޔާ ޖިންނިއެއްކަމެވެ. ތަކުރުބެގެ އެހީތެރިކަމާއެކު އޭނާގެ ނަމާއި އޭނާއައި ސަބަބުވެސް އެނގުނެވެ. ނަމަވެސް މިހާރު އެއީ ނީރުގެ އެކަނި ކަމެއް ނޫނޭ ތަކުރުބެ ބުނި ހިސާބުން އެންމެންގެ ހިތުގައި ކުރިން އޮތްބިރު އެތަކެއް ގުނައަކަށް ބޮޑުވެގެން ގޮސްފިއެވެ. ހެނދުނުގެ ސައިބޮއި ނިމުމާއެކު މޫސަ ކައިރީގައި […]