ޝެރިނަށް އަވަސްއަވަހަށް އިސްޖަހާލެވުނެވެ. ހަޤީޤަތަށް ބުނަންޏާ އޭނާއަކަށް ދާންވީ ދިމާލެއް ނޭނގެ އެވެ. ޖޭޑަކީ ރަނގަޅު ކުއްޖެކެވެ. އޭނާ ވަނީ ޝެރިނަށް އެތަށް ގޮތަކުން ހިމާޔަތް ދީފަ އެވެ. އެކުންފުނީގެ އެތަށް ގަވައިދެއް ވަނީ ޝެރިނަށްޓަކައި ފުނޑުފުނޑު ކޮށްލާފަ އެވެ. އަދި އޭގެ ސަބަބުން އޭނާ އަމިއްލަ އަށްވެސް ވަނީ އަދަބު ލިބިގެންފަ އެވެ. ނަމަވެސް ޔައިނަކީވެސް ހަމަ ނުހަނު ރަނގަޅު ކުއްޖެކެވެ. ޝެރިން އެންމެ ކުޑައިރުންސުރެން ފެށިގެންވެސް އެކުގައި އުޅެމުން އައި ދެ ރަޙުމަތްތެރިންނެވެ. ދުވަހަކު […]
“ވީ އާރ ރިޔަލީ ސޮރީ…” ޔޫކޯ ޝެރިންގެ އަނެއް ފަރާތުން އައިސް އަރާ ހަމަ ކުރަމުން ބުނެލި އެވެ. އެއަޑުން އޭނަ ހުރީ ނުހަނު ދެރަވެފައި ކަން ދޭހަވެ އެވެ. …………………………………………. ހަތަރު އަހަރުގެ ކައިލާން ސިޓިންގް ރޫމްގައި ކުޅެން އިންއިރު ގާތުގައި ދާނިޔާވެސް އިނެވެ. “ދޮންތާ، ކައި ކުތަހާފަ އިން ސުޕޭސް ޗިޕެއް މީނީ… ތިއްތިދޯ؟” ރަނގަޅަށް އަދިވެސް ރ ނުކިޔޭ ކައިލް ދާނިޔާ އާއި ދިމާއަށް މިހެން ބުނުމުން ދާނިޔާވެސް ބުމަ ހިއްލާ، […]
ކޮޓަރިތެރެ ހިމޭން ވެއްޖެ އެވެ. އަޑެއް ބަޑެއް ނީވުނު ތާންގައި، މީހެއްގެ ހިލަމެއްވެސް ނުވެ އެވެ. ޝެރިން އިންތިރާޒު ކުރަމުން އައީ މިދަނޑިވަޅަށް ކަންނޭނގެ އެވެ. މަޑުމަޑުން އަލަމާރި ތެރެއިން ނިކުމެއްޖެ އެވެ. އޭރު ޝެރިން ހުރީ ދަލުން ފެންވެރިފަ އެވެ. އަލަމާރި ތެރޭގައިވި އުދާސް ގަނޑުގެ ސަބަބުން އޭނާގެ ހެދުންވެސް ވަނީ ގައިގައި ތަތްލަވާފަ އެވެ. އޭނާ އެފޮތް މަތިމަތިން ބަލާލައިފި އެވެ. ދެން އޮތީ ރޮބިންއަށް އެނގުމުގެ ކުރިން އެފޮތް ކުރިން އޮތް މޭޒުމަތީގައި […]
ބައްޕަ ދަރިފުޅުގެ މަރުގެ ބަދަލު ހިފާނަން… އަހަރެން މި ޖަރނަލް ގައި މިލިޔަނީ އަހަރެންގެ ހަޔާތުގެ ވޮއް ކަމަށްވާ އަހަރެންގެ ހިތުގެ އެންމެ ފުންމިނުން ލޯބިވި، ދަރިފުޅު މައިކަލްގެ ހަނދާނުގަ. މި ޖަރނަލް ލިޔުމަށް އަހަންނަށް މަޖުބޫރުވީ ދުވަހަކު ހަނދާން ނުނެތޭނެ ކަންތައްގަނޑެއް އަހަރެންގެ ދިރިއުޅުމަށް ކުރިމަތި ވުމުން… އެދުވަސް އަހަރެންގެ ހަނދާނަކުން ނުފުހެވޭނެ. އެދުވަސް ވަނީ އަހަރެންގެ ހިތުގައި ބިންވަޅު ނެގިފަ… ބައްޕައަށް މާފް ކުރޭ.= ޝެރިން ދެން ނަޒަރު ހިންގާލީ އެބާބުގެ އެންމެ ތިރީ […]
ޝެރިން މަޑުމަޑުން އެތެރެއަށް ވަނީ މިތަން އިތުރަށް ބަލާލުމުގެ ބޭނުމުގަ އެވެ. މިއީ ކާކު އުޅޭ ތަނެއްބާ އެވެ؟ ބިންގަރާހެއްގައި މިފަދަ ފުރިހަމަ ކޮޓަރިއެއް ހުރީ ކީއްވެ ހެއްޔެވެ؟ ދެން ޝެރިންގެ ހަނދާނަށް އައީ ޔައިން ބުނި ބަސްތަކެވެ: “މިއީ އަހަރެމެން ހައްޔަރު ކޮށްފަ ހުރި ތަނުން ފެށިގެން މިހާ ހަމައަށް ކޮނެފަ ހުރި ވަރު… މިތަނުން ފޭބީމަ ދެވޭނީ ބިންގަރާސް މަގުން… ފުދޭވަރަކަށް ދިގުވާނެ އެމަގު… އެހެންވީމަ ފުދޭވަރަކަށް ގިނަ ވަގުތު ހިނގަން ޖެހޭނެ…” ޔައިން […]
“މިހާއިރުވާއިރު ދެވެންވާނެ… އެކަމަކު އަދިވެސް މިމަގު ނިމޭކަށް ނުވޭތަ…؟” މިކްޔާލް ޝައްކެއްގެ މަތީގައިހުރެ އެހި އެވެ. “ނޫނޭ… ހަމަ ރަނގަޅަށް މިދެވެނީ…” ޔައިން ޔަޤީން ކަމާއިއެކު ބުންޏެވެ. “އަހަންނާ ދިމާވި މިތާ މަސައްކަތް ކުރާ ކުދިންތައް ބުނި ދިމާމީ… އެކުދިން ބުނި ގޮތުން ނަމަ ދެން ގާތްގަނޑަކަށް ގަޑިއިރެއްގެ ހިނގުން އޮތީ ކުރިއަށް…” “ގަޑި އިރެކޭ؟” ޝެރިން މާނޭވާ ލަމުން އެހި އެވެ. އެވަގުތު އެމީހުންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ކުރިމަތިން މަގު ބެދިފައިވާ މަންޒަރު ފެނުމުންނެވެ. […]
ެ. މިކަންކަމާއި ހެދި ޔައިންގެ ހިތުގައި ބަދަލު ހިފުމުގެ ރޫޙު އާލާވެއްޖެ އެވެ. ކުށެއް ނެތް ތުއްތު ފުރާނަ ތަކަކަށް ކެތްނުވާ ވަރުގެ ބުރަ މަސައްކަތްތައް ޖައްސަމުންދާއިރު އެހަރު ހިލަ ހިތްތަކަކަށް އެކައްޗެއްވެސް ނާރާބާއޭ ޔައިންގެ ހިތަށް އެރި އެވެ. އެއްދުވަހެއްގެ ދަންވަރުގެ ވަޤުތު ޔައިނާއިއެކު އަބަދުހެން އުޅޭ ފިރިހެން ކުއްޖެއް އޭނާއަށް ގޮވަން ފެށުމުން ޔައިނަށް ހޭލެވުނެވެ. އޭރު ގަޑިން އެއްގަޑި ބައިވެދާނެ އެވެ. ތަން ވަނީ ހަމަ ހިމޭންވެފަ އެވެ. ނަމަވެސް ހުރިހާ ކުދިންހެން […]
އެވަގުތު ކައިލްގެ ފޯނު ރިންގުވާން ފެށުމުން ބަލާލިއިރު އެއީ އޮފީހުން ކޮންމެވެސް ކަމެއް ޖެހިގެން އައި ކޯލެކެވެ. ނަމަވެސް ވަގުތުގެ ގޮތުން ކައިލް އެކޯލު ކަނޑާލި އެވެ. އާއިލާއަށް އެންމެ ފުރިހަމައަށް ވަގުތު ދިނުމުގެ ގޮތުންނެވެ. ނަމަވެސް ހުއްޓާނުލާ ތިން ހަތަރު ފަހަރު ގުޅަން ފެށުމުން ކައިލަށް ވިސްނުނީ އެއީ ވަރަށް މުހިއްމު ކޯލެއް ކަމެވެ. އެހެންކަމުން ކޯލު ނަގައިގެން އެންމެނާއި ތަންކޮޅެއް ދުރަށް ދިޔަ އެވެ. ކަނޑުން ފެންނަ މަންޒަރުތަކަށް ބަލަމުން ކައިލް ވާހަކަދައްކަމުން ގެންދިޔަ […]
މިކްޔާލާއި ޝެރިން ރޮބިންގެ އޮފީސްތެރޭ ދެތިން މިނިޓް މަޑުކޮށްގެން ތިއްބެވެ. އެއީ ނުލާހިކު ތަނަވަސް އޮފީހެކެވެ. އެތަނުގެ ބެލްކަނީ ވަނީ އެއްކޮށް ބިއްލޫރިންނެވެ. ބޭރުން ފެންނަނީ ދުރުދުރަށް ދާންދެން ބޮޑެތި އިމާރާތްތަކެވެ. އޮފީހުގެ އެތެރޭގައި މެދެއްހައި ހިސާބުގައި ބޮޑު ދިގު މޭޒެއް ބަހައްޓާފައި ވެއެވެ. މޭޒުގެ ވަށައިގެން ބާރަ ވަރަކަށް ގޮނޑި ބަހައްޓާފައިވާއިރު، އެއް ގޮނޑި އެހެން ގޮނޑިތަކަށް ވުރެން ބޮޑެވެ. ތަނުގެ ފާރު ކައިރީގައި ވަނީ ފޮތް އަލަމާރި އެކެވެ. އޭގައި ފޮތަށް ވުރެން ފައިލު […]