” މެޑަމް .. ” އައިރީން ބަލައިލީ ކައިރިން މީހަކު ގޮވާލުމުންނެވެ. އޭރު ކޯކު ތައްޓެއް ތަބަކަކަށް ލައިގެން ހުރި ވެއިޓަރު މީހާ އައިރީން އާއި ދިމާއަށް އެ ތަބަށް ދިއްކޮއްލުމުން އައިރީން ހިނިތުން ވެލަމުން އެއްވެސް ވިސްނުމަކާއިނުލާ އެ ކޯކު ތަށީގައި ހިފީ ކޮންމެހެން އެއަށް އެއްޗެއް އަޅާފަ ހުންނާނެ ކަމަކަށް ނޫނެވެ. ސިކުނޑި ހަމަ ޖައްސާލުމަށްޓަކައި ކޯކު ތަށިން ކޯވަރަކަށް ފަހު ކޯ ވަރެއް ބޮމުން ދިޔަ އައިރީން އަށް ކުއްލިއަކަށް އެތާ ކައިރީގާ […]
ނީމް މެން ކައިރިއަށް އައިސް ހުއްޓުނު އައިރީން ގެ މޫނުމަތީގައި މީގެ ކުޑަ އިރުކޮޅެއް ކުރިން ހުރި އުފާވެރިކަމެއް ނެތެވެ. ނީމް މެން އެއްޗެކޭ ކިޔަސް އައިރީން ހުންނަނީ އަގައިން ވެސް ނުބުނެ އެއް ދިމާއަކަށް ބަލަހައްޓައިގެންނެވެ. އައިރީން އަށް މިއައި ބަދަލު ނީމް ފާހަގަވުމުން އަވަހަށް ގެއަށް ދާން ނިންމީ މިގަޑީ އައިރީން ބޭނުންވާނީ އެކަނިވެލަން ކަން އިނގޭތީއެވެ. ——– އައިރީން ހުރީ ކޮޓަރިއަށް ވަދެވުންވެސް ލަސްވެފައެވެ. ކޮޓަރިއަށް ވަދެ ތަޅުލުމަށްފަހު މަޑު މަޑުން ދޮރު […]
އިރުއޮއްސި ދުނިޔެ މައްޗަށް އަނދިރިކަން ވެރިވަމުން ދިޔައެވެ. ނަމާދަށް އަވަހަށް އަންނާށޭ ގޮވާލުމާއިއެކު އެއްބައި މީހުން ވުޝޫކޮށްގެން އަވަހަށް ނަމާދަށް އަރަން އަވަސްވެގަތް އިރު އަނެއްބައި މީހުން ތިބީ ބަންގި ގޮވުމުންވެސް އެމީހެއްގެ އަމިއްލަ މަސައްކަތެއްގައި އަވަދިނެތިއެވެ. ކުރާނީ ކީއް ހެއްޔެވެ؟ . މިއީ މި ދުނިޔޭގެ އާދައެވެ. އެއްބައި މީހުން ގިނަ ވަގުތު އަޅުކަމުގައި ހޭދަކުރާއިރު އަނެއްބައި މީހުން ހޭދަ ކުރަނީ އުފަލާއި މަޖާ ކުރުމުގައެވެ. “މިހާރު އަހަރެންނަކީ އުމުރުން ބާވީސް އަހަރު ފުރިފައިވާ ޒުވާން […]
6 އަހަރު ފަސް…………. އެ ދުވަހަށްފަހު ދުވަސްތައް އަރައިގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ދުވަސްތައް މަސްތަކަކަށް، މަސްތައް އަހަރުތަކަކަށް ބަދަލުގެވެގެން ދިޔައިރު އެންމެންގެ ދިރިއުޅުމަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިއްސައެވެ. މި ވީ ހަ އަހަރުގެ ތެރޭގައި އާސިޔާގެ ނުބައި ރޭވުން ވަނީ ފަޅާއަރާފައެވެ. ހުރިހާ ކަމެއް ބޭޒާރު ވުމުން އާސިޔާ ފިލީއެވެ. އަދިވެސް އައިލީން ފުރަތަމަ ފަހަރަށް މަންމާ އޭ ކިޔާ ދުވެފައި އައި ގޮތަށް އޭނާ ގައިގަ ބައްދާލި މަންޒަރު އެ ލޯ […]
” ތި ފޮޓޯގަ ތިބި ދެކުދިންނަކީ ދަރިފުޅާ ދަރިފުޅުގެ އެއްމާބަނޑު ދައްތަ އައިލީން .. ނަމަވެސް ކަންދިމާކުރިގޮތުން އައިލީން މި ދުނިޔެ ދޫކޮށް ދިޔައީ .. ” އެ ހިސާބަށް ބުނެވުނު އިރު ނަޖުމާ އަށް ރޮވޭ ވަރުން ހުރީ އަނގަމަތީގައި އަތް އަޅާލައިގެންނެވެ. އައިރީން ވެސް ހުއްޓުން އަރާފަ ހުރި އިރު ހީވަނީ އެވާހަކަތަށް ގަބޫލު ނުކުރެވިފައި ހުރިހެންނެވެ. ސިޓިން ރޫމުގައި ދެން ތިބި އެންމެން ގެ ވެސް ދެލޯ ވަނީ ފެންކަޅިވެފައެވެ. ” ކީކޭ؟ […]
މަޑު ހިނގުމެއްގައި މަގުމަތިން ހިގާފައި ދިޔަ އީނާލް ހުރީ ދެއަތް މެޔާއި ދިމާލުން ހުރަސްކޮއްލައިގެންނެވެ. އެއީ ފަޅު ގެތަކެއް ހުންނަ މަގަކަށްވުމުން އެ މަގުން މީހުން ހިނގާބިނގާވެ އުޅޭތަން ވަރަށް ނުފެނެއެވެ. ރޭގަނޑު ގަޑީގައި ކަމުން އެ މަގުގައި ދިއްލާފައި ހުރި ދެތިން ހޮޅި ބުރީގެ އަލިފިޔަވާ އެ މަގުގައި އެހެން އަލިކަމެއް ނުވެއެވެ. މީހެއްގެ ހިލަމެއްވެސް ނުވާ އެ މަގުގައި އެއްވެސް ބިރެއް ފިކުރެއްނެތި ހިނގަމުން ދިޔަ އީނާލް ސިހިފައި ފަހަތަށް ބަލައިލީ މީހެއްގެ ހިލަންވިހެން […]
ބެލްކަނީގައި ވަނީ ފަނޑު ފަނޑު އަލިކަމެކެވެ. ދެލޯ މަރާލައިގެން ގިޓާހިފަހައްޓާލައިގެން އިން އައިރީން ރީތި ރާގަކަށް ލަވަކިޔަމުން ދިޔައެވެ. އައިރީންގެ އަޑު އިވުނު ކޮންމެ މީހެއް ލޯ ކަރުނުން ފުރޭނެކަން ޔަގީނެވެ. އެހާވެސް އަސަރު ގަދައެވެ. އެ އަޑުގައި މަޑު ރިހުމެއް ވިއެވެ. ނޭދެން ވަކިވާކަށް .. ހޫމް ހޫމް ހޫމް ހޫމް ހޫމް … ރޮއްވާލާފާ .. އެކަނި މަ ކޮއްފައި .. ދާ ހިތްވޭހެ ކަލާ .. ކާކު އަހަންނަށް ވާނި އެހީއެއް .. […]
ދެންމެއަކާއި ޖެހެންދެން ރީތިކޮށް އޮތް އުޑުމަތި ކުއްލިއަކަށް ބަނަކޮއްލިއެވެ. ލޯންޗުން ފޭބި އީނާލް އާއި ރަޔާން އަވަސްވެގަތީ ވާރޭ އޮއްސައިގަތުމުގެ ކުރިން އަވަހަށް އެ މީހުން ހިފާފާވާ ގެސްޓް ރޫމަށް ދިޔުމަށްށެވެ. ނަމަވެސް އެ ހިސާބަށް ދެވުމުގެ ކުރިން ވާރޭގެ ބޮޑެތި ތިކިތައް އޮހެން ފެށިއެވެ. ކުޑަ ކުޑަ ހިނދު ކޮޅެއް ތެރޭގާ އީނާލް އާއި ރަޔާން ތެންމާލައިފިއެވެ. ހިޔާވާނެ ތަނެތް އޮތްތޯ ބަލާލުމައްފަހު ރަޔާން އީނާލް ގެ އަތުގާ ހިފައިގެން ދުވެފާ ގޮސް އެތާހުރި ގެއެއްގެ […]
” ނޫން .. ނޫން ” ސިއްސައިގެން ގޮސް ހޭލެވުނު އަންޖަލްގެ މޫނު ހުރީ ދަލުން ފެންވެރިފައެވެ. އަވަސް ނޭވާތަކެއް ލަމުން ދިޔައިރު އެ ދެލޮލުގައި ކަރުނަތަށް ވިދަމުން ދިޔައެވެ. ދެންމެ އެ ފެނުނީ ހުވަފެނެއް ކަމަށް ބަލާ އެކަން ހަނދާން ނައްތާލަން އަންޖަލް ކިތަންމެހާވެސް ބޭނުމެވެ. ނަމަވެސް އެއީ ހަމައެކަނި ފެނުނު ހުވަފެނެއް ނޫން ކަން އަންޖަލް އަށް އިނގެއެއެވެ. މަގަތުގައި ނިދާފަ އޮތް އޭނާގެ ފިރިމީހާ ދާނިޝް އަށް އިރުކޮޅެއް ވާންދެން ބަލަހައްޓައިގެން އިނުމަށްފަހު […]