“ޝާމްގެ ކޮއްކޮވީ އަޔާޒްގެ އަތްދަށުގައި” ނިހާދު ވަރަށް މަޑުން ބުނެލިއެވެ. އަހަރެން ހައިރާން ކަމާއި އެކު ނިހާދުއާއި ދިމާލަށް ބަލާލީމެވެ. އަހަރެންނަށް އަޑުއިވުނު ގޮތާއި މެދުގައި ޝައްކު އުފެދުނެވެ. “އަޔާޒް” އަހަރެން ހައިރާން ކަމާއި އެކު އަހާލީމެވެ. މާޒިން ބޯޖަހާލިއެވެ. އަހަރެންނަށް ދަތްކުނޑި ވިކާލެވުނެވެ. އަތްމުއްމަޅާލެވުނެވެ. އޭނަ އެކުރީ ރަނގަޅު ކަމެއް ނޫނެކެވެ. “އަހަރެން ކުރިން ވެސް ބުނިން ޝާމް ކައިރީގައި ޝާމް ކުރަމުން ގެންދިޔަ ކަންތައް ހުއްޓާލާށޭ” ނިހާދު ބުނެލިއެވެ. އަހަރެން ރުޅިވެރިކަމާއި އެކު ސުވާލުން […]
”މިޝޫ…” އިޒްކާންގެ އަޑު ކުރެހިގެން ދިޔައެވެ. އޭނަ އަވަސް ފިޔަވަޅުތަކެއްގައި ގޮސް މިޝްޔާގެ ތުނި ހަށިގަނޑުގައި ބައްދާލިއެވެ. އަދި މޫނުގައި ބޮސްދިނެވެ. އިޒްކާންގެ އޯގާތެރިކަމާއި ލޯބިން މިޝްޔާގެ ހިތުގައިވާ ޒަހަމްތަކަށް ޝިފާއެއް ކަމަށް ވެގެން ދިޔައެވެ. އިޒްކާން މިޝްޔާގެ އަތްތިލައަށް ބޮސްދިނެވެ. އެހިނދު ފެނުނު ރަތްކުލައިގެ ނިޝާންތަކުން ދެލޯ މަރާލެވުނީ ހިތަށް ކުރި ފުން އަސަރުތަކެއްގެ ސަބަބުންނެވެ. އޭނަގެ ހިތުގެ ނާރުތަކަށް ވާންވަމުންދާ ކަމުގެ އިހުސާސްކުރެވުނެވެ. ”ތަދުވޭތަ؟…” އިޒްކާން ފިރުމަމުން ބުންޏެވެ. އޭނައަށް މިޝްޔާގެ ކަރުގައިވާ ނިޝާން […]
އަހަރެން ތައްޔާރުވެގެން ގޭދޮރުމަތީގައި މަޑުކޮށްލައިގެން ހުރީ އަށެއްޖަހާއިރު މާރިޝް އަންނާނެކަމުގައި ބުނެފައި އޮތުމުންނެވެ. އެހެން ހުންނަތާ ކުޑައިރުކޮޅެއްފަހުން މާރިޝްގެ ކާރުއައިސް ސީދާ ގޭދޮރުމައްޗަށް މަޑުކޮށްލުމުން އަހަރެން ކާރަށް އެރީމެވެ. “ސުމާ… ޔޫ ލުކް ސޯ ބިޔުޓިފުލް..” އަހަރެން ހަމަ ކާރަށް އެރުމާއިއެކު މާރިޝް އަހަންނަށް ތައުރީފުކުރިއެވެ. ލަދުން އިނދެ އަހަރެން އޭނާއަށް ރަކިހިނިތުންވުމެއް ހަދިޔާކުރަމުން ޝުކުރު އަދާކުރަމީމެވެ. މާލެ ވަށައި ބުރެއް ޖަހައިލުމަށްފަހު ގޮސް ޖުވޭސް ކެފޭކައިރީގައި ކާރު ޕާކްކުރުމަށްފަހު ދެމީހުން އެކުގައިގޮސް ކެފޭއަށް ވަނީމެވެ. […]
“ދޮންބެ ނާންނާނެހޭ.. މިހުރިހާ ކަމެއްގެ މެދުވެރިއަކީ ކަލޭ.. މަގޭ ދަރި މިދުނި ދޫކުރީ ކަލޭގެ ސަބަބުން.. މަގޭ ކުރިމަތިން ދުރައްދޭ.. މިބުނީނު.. އަޑެއްނީވޭތަ” މަންމަގެ ހަރު ބަސްތަށް އަޑުއެހި މީ ފުރަތަމަ ފަހަރެވެ. އިހްތިޔާރަކާ ނުލައި އަހަރެންގެ ލޮލުން ކަރުނަ ފައިބައިގަތެވެ. “ޒުބޭދާ.. ތިކިޔޭ ނުކިޔޭ އެއް އެބަ އެނގޭތަ..” ބައްޕަ ވަރަށް ރުޅިއައިސް މަންމައާ ވާހަކަދައްކަންފެށީ އަހަރެންގައިގައި ބައްދާލަމުންނެވެ. ބައްޕަ ބައްދާލުމުން އަހަރެން ކުރިއަށް ވުރެއްވެސް ބާރަށް ރޯންފެށީމެވެ. މަޔަކަށް ދަރިޔަކު ރޯތަން ބަލަން ކެއްނުވާނޭ […]
ކޮޓަރިތެރެ ހިމޭން ވެއްޖެ އެވެ. އަޑެއް ބަޑެއް ނީވުނު ތާންގައި، މީހެއްގެ ހިލަމެއްވެސް ނުވެ އެވެ. ޝެރިން އިންތިރާޒު ކުރަމުން އައީ މިދަނޑިވަޅަށް ކަންނޭނގެ އެވެ. މަޑުމަޑުން އަލަމާރި ތެރެއިން ނިކުމެއްޖެ އެވެ. އޭރު ޝެރިން ހުރީ ދަލުން ފެންވެރިފަ އެވެ. އަލަމާރި ތެރޭގައިވި އުދާސް ގަނޑުގެ ސަބަބުން އޭނާގެ ހެދުންވެސް ވަނީ ގައިގައި ތަތްލަވާފަ އެވެ. އޭނާ އެފޮތް މަތިމަތިން ބަލާލައިފި އެވެ. ދެން އޮތީ ރޮބިންއަށް އެނގުމުގެ ކުރިން އެފޮތް ކުރިން އޮތް މޭޒުމަތީގައި […]
[އެދުވަހު އަސްލު އަހަރެން ދިޔައީ އަލީނާއާއި ޕްރޮޕޯސްކުރަން…. ނަސީބެއްދޯ އެކަން ނުކުރެވުނުކަން… އޭރު އެއީ އަލީނާއެއް ނޫން ދޯ… ރަނާ މަ މަރާލީސް ކަންނޭނގޭ ޕްރޮޕޯސް ކުރިނަމަ….] ދެމީހުން މޭޒުދޮށުން ތެދުވެ ހިނިގަނޑެއް ޖަހާލިއެވެ. ވެއިޓަރ ގެނައި ބާކީ ފައިސާގައި ހިފަމުން މިޝްކާ ކަޔާންގެ ފަހަތުން އެ ކެފޭއިން ނުކުތުމަށް ހިނގައިގަތެވެ. [އޯނޯ…. އަލީނާ ކައިރީ ޑިނާރގެ ވާހަކަ ނުބުނެވުނު… މިޝްކާ ހަނދާންކޮށް އަލީނާ ކައިރީ ބުނައްޗޭ… އިނގޭ… ވެނިސްޑޭ ނައިޓް…. މިތަނަށް… މިތާ އެރޭ ހާއްސަ […]
“ފާތިމަތު ޝާމާ ކިޑްނެޕް ކުރިކަމަށް ކުރެވޭ ތުހުމަތަކަށް މިގެންދަނީ” އަހރެންގެ އަތް ފުރަހަށް ލަމުން ބިޑި އަޅުވަމުން އެމީހާ ބުނެލިއެވެ. އޭރު މަންޒަރު ބަލަން އެތަނަށް މީހުން އެއްވަމުން ދިޔައެވެ. “ވަޓް” އަހަރެންނަށް ހައިރާން ކަމާއި އެކު ބުނެވުނެވެ. ދެވަނަ ޕޮލިސްމީހާ އަހަރެންގެ އަތުގައި ހިފާފައި ނެގިއެވެ. “ދެންވެސް ބުނީމަ ބުނާގޮތް ހަދާނީ” އަހަރެން އަތަށް ދަމަމުން ގެންގޮސް ވޭނަށް ލިއެވެ. ވައްޓާލުމުން އަހަރެންގެ މޫނު މައްޗަށް ތަދުވެގެން ދިޔައެވެ. ފައިގަވެސް ރިއްސަމުން ދިޔައެވެ. އަހަރެންގެ އެތެރޭގައި […]
“އެކްސްކިއުޒް މީ..” އޭ ކިޔާ ޝާއިން ގޮނޑިން ތެދުވެ ކޭންޓީން އިން ނިކުމެގެން ދިޔައެވެ. އެ ދިމާލަށް ބަލަން އިން ނީރާ ކުޑަކޮށް ދެރަވިއެވެ. ނަމަވެސް އޭނާގެ ސިކުނޑި އަނެއްކާވެސް އެހެން ވިސްނުމަކަށް ގެން ދިޔައީ ޝަރާ ދައްކަމުން ދިޔަ ވާހަކައަކުންނެވެ. ރާހިލްވެސް ދެން ދަނީ އޭ ކިޔާ އެތަނުން ތެދުވެގެން ދިޔައެވެ. ޝަރާއާއި ނީރާ ދެ ކޮނޑު އަރުވާލުމަށްފަހު އަނެއްކާވެސް ވާހަކައިގެން ކުރިޔަށް ދިޔައެވެ. ޝާއިން އޭނާގެ ކެބިންއަށް އަށް ގޮސް ގޮނޑީގައި އިށީނދެލިއެވެ. އަދި މޭޒުމަތީ […]
ތުރުތުރު އަޅަމުން ދިޔަ އަތަކުން މިޝްޔާ ފުރަތަމަ ވެސް ބެލީ އޭނަގެ ހަށިގަނޑު ނިވާކުރެވޭތޯ އެވެ. ގަމީސްކޮޅުގެ ގޮށްތައް އެޅުވުނުއިރު އޭނައަށް ގިސްލެވެނީއެވެ. ލޮލަށް ޖަމާވެފައިވާ ބޮޑެތި ކަރުނަތިކިތައް ފުލުފުލުން ފައިބަމުން ދިޔައެވެ. ބިރުން ގޮސް މީހާ ހުއްޓިދާނެހެން ވެސް ހީވެއެވެ. ރާކިން އިނީ މިޝްޔާއަށް ބަލާށެވެ. ހަމަޖެހުމުގެ އަސަރު އެމޫނުމަތިން ފާޅުވެއެވެ. ތުންފަތްމަތީގައި ސިއްރުވެރި ހިނިތުންވުމެއް ވެސް ވެއެވެ. މިޝްޔާއަށް އޭނަގެ ކަރުން ނަގަމުން ދިޔަ ދިލަ އިހުސާސްކުރެވެއެވެ. މުޅި ހަށިގަނޑުގައި ވޭން އަޅާ ކަހަލައެވެ. […]