ޝެރިން މަޑުމަޑުން އެތެރެއަށް ވަނީ މިތަން އިތުރަށް ބަލާލުމުގެ ބޭނުމުގަ އެވެ. މިއީ ކާކު އުޅޭ ތަނެއްބާ އެވެ؟ ބިންގަރާހެއްގައި މިފަދަ ފުރިހަމަ ކޮޓަރިއެއް ހުރީ ކީއްވެ ހެއްޔެވެ؟ ދެން ޝެރިންގެ ހަނދާނަށް އައީ ޔައިން ބުނި ބަސްތަކެވެ: “މިއީ އަހަރެމެން ހައްޔަރު ކޮށްފަ ހުރި ތަނުން ފެށިގެން މިހާ ހަމައަށް ކޮނެފަ ހުރި ވަރު… މިތަނުން ފޭބީމަ ދެވޭނީ ބިންގަރާސް މަގުން… ފުދޭވަރަކަށް ދިގުވާނެ އެމަގު… އެހެންވީމަ ފުދޭވަރަކަށް ގިނަ ވަގުތު ހިނގަން ޖެހޭނެ…” ޔައިން […]
އާނާއާއި ޒަޔާލް ކާ ގެއަށް ގޮސް ކާން އިށީނެވެ. ރައުނާގެ ލޯ އަމާޒުވެފައި ހުރީ އާނާއަށެވެ. ކުއްލިއަކަށް އިނދެފައި ވެސް އާނާއަށް ކަމެއް ވެދާނެއަތީއެވެ. ނަމަވެސް ކަން ދިމާވީ އޭނާ ހީކުރިގޮތަކަށް ނޫނެވެ. އާނާއަށް އެއްވެސް ބަދަލެއް ނާދެއެވެ. ކައި ނިމެންދެންވެސް ރައުނާ ހުރީ އެފަދަ ހާލެއްގައެވެ. އާނާވެސް މާ ބޮޑު ކަމަކަށް އެކަން ނަހަދައެވެ. ރޭގަނޑެވެ. އެންމެން ސިޓިންގް ރޫމްގައި ތިބި އިރު ޝައުނާ އާއި އަނޫފް އަދި ޒަޔާލް ވެސް އެގޭގައި ތިއްބެވެ. ރައުނާގެ […]
”ޔަޝްމް…” އަސަރުން ފުރިގެން ވި އަޑަކުން ނަވްރަސް ގޮވާލިއެވެ. އެއަޑުން ޔަޝްމްގެ ލޯލިތައް ކޮޅަށް ގެނުވިއެވެ. ވަށައިގެން ވި މަންޒަރުތައް ގަނޑުވެގެން ދިޔަ ފަދައެވެ. ބަލަން ހުރެވުނީ ނަވްރަސްގެ ދެލޮލަށެވެ. ނަވްރަސް އޭނައަށް އެއްޗެއް ބުނެދޭން އުޅޭ ކަހަލައެވެ. ޔަޝްމްގެ ހިތުގެ ތެޅުން އިންތިހާއަށް އަވަސް ވެގެން ދިޔައެވެ. އެދެމެދަށް ވެރިވެފައި އޮތް ހިމޭންކަމުގެ ތެރޭން އެއަޑު އިވޭނެ ބާވައެވެ. ނަވްރަސް ފުންނޭވާއެއް ދޫކޮށްލިއެވެ. ދެން ވެސް ފާއިތުވެގެން ދިޔައީ ހިމޭންކަމުގެ ވަގުތުކޮޅެކެވެ. ދުލުގައި ބަސްމޮށުން ތެރިކަމެއް […]
ޔަޝްމްގެ ވާހަކަތައް ހަމަނުޖެހޭކަން ނަވްރަސްއަށް އެނގުނެވެ. ޔަޝްމް ބުނާ ފަދައިން މިޝްޔާއަކީ ޔަޝްމްގެ ގާތް ރަހުމަތްތެރިއެއްނަމަ މިޝްޔާއަށް ދިމާވި ހިތާމަވެރި ހާދިސާ ޔަޝްމްއަށް ނޭގުން އެއީ ހައިރާންވާންޖެހޭ ވަރުގެ ކަމެކެވެ. އޭނައަށް ވަނީ މިޝްޔާގެ މައިންބަފައިންނާ ވެސް ބައްދަލުވެފައެވެ. އެއީ ހިތްހެޔޮ ބައެކެވެ. އެމީހުން ޔަޝްމްއަށް އޮޅުވާލަފާނެ ކަމާމެދު ވެސް ހިތުގައި ޝައްކު އުފެދުނެވެ. ޔަޝްމް އޭނަ ގާތު ދޮގު ހަދަނީ ބާވައެވެ! އޭނައަށް ކަމެއް ސިއްރުކުރަން އުޅެނީ ބާވައެވެ! ނަވްރަސް އެޚިޔާލުތަކާ ދުރުވާން ބޭނުން ވިއެވެ. […]
ވެހެމުން ދިޔަ ވާރެއަށް ބަދަލެއް ނާދެއެވެ. ހުއްޓާލުމެއް ނެތި ވާރޭ ވެހުމުގެ ނަތީޖާއަކަށް ވީ މަގުތަކުގައި ފެން ބޮޑުވުމެވެ. މަންޒިލާ ހަމައަށް ދެވެނީ ބޮޑެތި ފެން އާރުތައް ހުރަސްކޮށްގެންނެވެ. ދޭތެރެއަކުން ވިދާލާއިރު މުޅި ފަޒާ އަލިކޮށްލައެވެ. ރޯޅިތައް ވެސް އޭގެ ހަރުކަށިކަން ދައްކާލަމުން ދިޔައެވެ. ކުޑަތަކަށް ވެސް އެ ގަދަފަދަ ރޯޅިތަކާ ހަނގުރާމަ ކުރެވޭކަމަކަށް ނުވެއެވެ. ކޮލެޖް ނިމުމާއެކު ފުރަތަމަވެސް ޒޯޔާ ގުޅާލީ ނަވްރަސް އަށެވެ. އަދި މި ވިއްސާރާގައި އޭނަ ބަލާނަޔަސް ރަގަޅު ވާނެ ކަމަށް […]
”ނަވްރަސް!…” ޔަޝްމްގެ ދުލަކާ އަމައަށް އެލަފްޒުތަކެއް ނައެވެ. ޔަޝްމް ހުރީ ކުރިއަށް ހިނގައިގަންނަން ނޭގިފައެވެ. މީހާ ވަނީ ގަނޑުވެފައެވެ. މިއީ ހަޤީޤަތެއް ބާވައެވެ؟ ކުރިމަތިން ފެންނަން އެއިނީ ދެވަނަ މީހެއް ނޫނެވެ. އެއީ ޒޯޔާގެ ދޮންބެ އެވެ. ޔަޝްމްއަށް ހިންދިރުވާލެވުނެވެ. އެތަނުން ނުކުމެގެން ދާން ސިކުނޑި ބާރުއެޅިކަމުގައި ވިޔަސް އޭނަގެ ހިތް ބުނަނީ އެހެން އެއްޗެކެވެ. ޔަޝްމްއަށް ނޭވާލާން ހަނދާންވީ ވެސް އިރުކޮޅެއް ފަހުންނެވެ. ފުރަގަހުން ލެއްޕިގެން ދިޔަ ދޮރުން ކޮޓަރިއަށް ވެރިވެފައި އޮތް ހިމޭންކަން މުގުރާލައިފި […]
ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުން ގޮސް ދެ ހަފްތާ ވޭތުވެގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. މިއަދަކީ ކޮލެޖުގެ ކިޔެވުން ފެށުނު ދުވަހެވެ. ޔަޝްމް ހުރީ ނުތަނަވަސް ވެފައެވެ. މުޅިން އާ މާހައުލަކަށް މަރުހަބާ ކިޔަން ޖެހޭތީއެވެ. ތަފާތު މިޒާޖުގެ ކުދިންނާ ބައްދަލުވާނެތީއެވެ. ކޮލެޖްގެ ގޭޓު ކުރިމައްޗަށް ކާރު މަޑުކޮށްލުމާއެކު ޔަޝްމް ކާރުން ފޭބިއެވެ. އަދި ލުއި ފިޔަވަޅުތަކެއްގައި ގޮސް ގޭޓުން އެތެރެއަށް ވަނެވެ. އެކި އުމުރުފުރާތަކުގެ ކުދިންތައް ހޭލަމޭލަވަމުން ދާ މަންޒަރު ފެނުނެވެ. ޔަޝްމް ހިނިތުންވެލަމުން ކުރިއަށް […]
ޔަޝްމް ޚިޔާލަކަށް ގެއްލިފައި ހުއްޓާ ބަލްޤީޝްގެ އަޑުއިވުމުން ސިހޭ ގޮތް ވިއެވެ. ހިތުގެ މައްޗަށް އަމިއްލަ ބާރުފޯރުވަމުން އޭނަ ބަލްޤީޝްއާ ކުރިމަތިލީ ފުޅާ ހިނިތުންވުމަކާއެކުގައެވެ. ”ދަރިފުޅު ބޭނުންވާ ކަހަލަ އެއްޗެއް ފެނުނުތަ؟…” ބަލްޤީޝް އަހާއިރަށް ޔަޝްމް ބޯޖަހާލިއެވެ. އަދި އެންމެ އަވަހަށް އަތުގައި ޖެހުނު ސެންޓް ފުޅި ނަގައި ދައްކާލިއެވެ. އޭނައަށް އައިސްފައި ހުރި ބަދަލާމެދު ވިސްނާލެވުނީ ދެނެވެ. ކުއްލިޔަކަށް މިހާ ބޮޑު ބަދަލެއް އޭނައަށް އައީ ކީއްވެގެން ހެއްޔެވެ؟ ހިތަށް އެހާ ބޮޑު ހަމަޖެހުމެއް ލިބިފައި […]
ހެނދުނު ނާސްތާ ކުރިއަށް ދިޔައިރު ކާމޭޒު ދޮށުން ނުފެންނަނީ ހަމައެކަނި ޔޫޝައު އެވެ. މިހާރަކަށް އައިސް އޭނަ ގޭތެރެއިން ވެސް ފެންނަނީ މަދު ފަހަރަކުއެވެ. އެހެން ދުވަސް ތަކާ ހިލާފަށް މިއަދު ކާމޭޒު ދޮށުގައި އެއްވެސް ވާހަކައެއް ދެކެވޭ އަޑެއް ނީވެއެވެ. އެތަނަށް ވެރިވެފައި އޮތް ހިމޭންކަމަށް ނިމުމެއް ގެންނަމުން ދިޔައީ ތަށިތަކުގައި އުލާއި ސަމުސާ ތެޅޭ އަޑުންނެވެ. ޔަޝްމް ފަލަކްއަށް ނަޒަރެއް ދިންއިރު އެހިތުގައި ފަލަކްއަށްޓަކައި ވަނީ ހަމްދަރުދީ އުފެދިފައެވެ. އެހާދިސާއަށް ފަހު އޭނައަށް ފަލަކް […]