Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހާދަ ލޯބިންނޭ… (3)

Ryn
December 25, 2015
5 Mins Read
47 Comments

އެންމެންގެ އިންތިޒާރަށް ނިމުމަކަށް އައީ ރާހިލް ނީރާއާއި ޝާއިންގެ ނަން ގޮވާލުމުންނެވެ. އެއްއަޑަކުން ޝާއިން އާއި ނީރާގެ ނަން ކިޔަމުން ދިޔައެވެ. ނީރާ އެވަގުތު ހުރީ ޓީޝޫ އަކުން އޭނާގެ މޫނު ފޮހެލާށެވެ. މިހާރު އޭނާގެ މޫނުމަތިން ކަމެއް ވެފައި ހުރިހެންވެސް ހީނުވެއެވެ. ނަމަވެސް އެއްބައިފަހަރު ނޭފަތް ދަމާލެވެއެވެ. ދުޅަވެފައި ހުރި ލޯ އެކަކަށްވެސް ފާހަގަ ނުވޭތޯ އޭނާ ދުޢާ ކޮށްލިއެވެ.

ދެމީހުން ސްޓޭޖަށް އެރުމާއި އެކު އަނެއްކާވެސް ސްޓޭޖް ދިއްުލުނީ  ނޫކުލައަކުންނެވެ. އެގޮތަށް އެ ދެމީހުން  ފެންނަލެއް ނުލާހުކު ރީއްޗެވެ. އެންމެންގެ އަޑު ކެނޑިގެން ދިޔައީ ނީރާއާއި ޝާއިން އައިސް ގޮނޑީގައި އިށީނުމުންނެވެ. ނީރާ އިސްޖަހާލިއެވެ. ޝާއިން ގިޓާ ރަނގަޅުކޮށްލާ ރެޑީވެލިއެވެ.

ފުންނޭވައެއް ފަޒާގެ ތެރެއަށް ދޫކޮށްލި ނީރާގެ އަޑާއި އެކު ޝާއިން ގިޓައިން ރާގު ޖަހާލިއެވެ.

އެންމެ ފުރަތަމަ ބައި ކިޔާލީ ޝާއިންއެވެ.

“ހުމްމް… އާ…. ކަރުނަތަށް ވޭނީ އޮހޭނޭ….”

އެންމެންނަށް ހީވީ ކަރަންޓެއް ޖެހުނުހެންނެވެ. ލޯލިތަށް ކޮޅަށް ޖެހުނީ އެއަޑުގައިވާ އަސަރުންނެވެ.

“މުޅި ހަޔާތް ބަނަ ކޮށްފިޔޭ އަދު ބޭވަފާތެރި ލޯތްބަކުން….

ދިރި އުޅުން ބަރުބާދު ވެއްޖޭ ހިތް މަގޭ ފުޑު ފުޑު ވުމުން… މްމްމް..އާ…..

ނާރުތަށް ހަށިގަނޑުގެ ހުރިހާ ހީވިއޭ ކެނޑި ބުރި ވިހެން..

އެތެރެ ހަށި ހީވޭ ދަނީހެން ހަމަ އަނދާ އަޅިއަށްވެގެން..

ބޭވަފާތެރިޔާއެ ދުވަހެއް އަދި ޔަޤީން އަންނާނެކަން..

ވޭނުގައި އަހަރެން މިރޯހެން މާދަމާ ރޯނީ ކަލާއޭ..”

ނީރާއަށް އެ ބައިތު ކިޔާލެވުނީވެސް ކިރިޔާއެވެ. މެރިފައި އިން ދެލޮލުން ހޯސްލާފައި ކަރުނަތަށް ފައިބައިގެން އައެވެ. ނީރާ ގެ އަޑުގައި ކުޑަ ރިހުމެއް އެކުލެވިފައިވިއެވެ. އަޑުވެސް ހުރީ ބަދަލުވެފައެެވެ. އަނެއްބައިތު ނީރާ ކިޔާލަން އަނގަ ހުޅުވާލުމާއި އެކު ޝާއިންގެ “ހުމްމް” އަޑުއިވުނެވެ. އެހެންކަމުން އޭނާ މަޑުކޮށްލިއެވެ. އަދި އިސްޖަހާލިއެވެ.

“ހުމްމް. އާ… ހަށިގަނޑާއި ފުރާނަ ވަކިވެވި ނެތިފަނާވެ ދިޔަސް ހެވޭ..

ކަށިވެ ފީ ވެއްޔަށް ވެ ދިޔަޔަސް ލޯބި އަހަރެން ވާނަމޭ…”

ނީރާ އިސް އުފުލާ ބަލައިލީ ޝާއިން މާނަވީ ގޮތަކަށް އެ ބައިތު ކިޔާލުމުންނެވެ. ނަމަވެސް ޝާއިން އިނީ  ލޯމަރައިގެން ކަމުން އެތަނެއް އޭނާއަކަށް ނޭނގެއެވެ.

“ލޯބިވެތި ތިޔަ ސޫރަ އަހަރެން ހިތު ތެރޭ ފޮރުވާނަމޭ..

ލޯބިވާގެ ހިޔާލްތަށް މިހުތުން ފިލާނެ ގޮތެއް ނެތޭ..

ހިތު ތެރޭ ވާ ވިންދު ކެނޑުނަސް ލޯބި ތިޔަ ނިމުމެއް ނެތޭ..

ހިތުގެ ތިޔައީ ސާފު ލޯތްބޭ ފަނޑުވެގެން ދުވަހަކު ނުދާނޭ..”

ޝާއިން ލޯހުޅުވާލަމުން  ނީރާއާއި ދިމާ ބަލައިލިއެވެ. ދެމީހުންގެ ހަތަރު ކަޅި ހަމަވެގެން ދިޔައެވެ. ނީރާގެ ލޮލުން ކަރުނަ އައިއްސާ ހުއްޓެވެ. އެ ދިގު އެސްފިޔަތަށް ހުރީ ފޯވެފައެވެ.  ޝާއިން ނީރާއާއި ދިމާލަށް ބަލަން އިނެއްކަމަކު ގިޓާ ޖެހުމަކަށް ބަދަލެއް ނައެވެ.

“ހާދަ ފޮނި އުއްމީދު ތަކަކުން ހިތް މަގޭ ފުރިފާ ވިޔޭ..

ހާދަހާ އެކުގައި ކަލާއާއި ދިރިއުޅެން ބޭނުން ވިއޭ..”

ނީރާ އެ އިންގޮތަށް އިނދެ އެ ބައިތު ކިޔާލީ ކުޑަ އިރުކޮޅެއްފަހުންނެވެ. ނީރާގެ އަޑު ބެދުނީ އެހިސާބުންނެވެ. ނަމަވެސް އެކަން އެދެމީހުން ފިޔަވާ އިތުރު އެކަކަށްވެސް ނޭނގޭނެއެވެ. ނީރާ ބޯޖަހާލުމުން ދެން ހުރި ބައިތުތަށް ޝާއިން ކިޔަން ފެށިއެވެ. ނީރާގެ ކަޅި އަމާޒުވެފައި ހުރީ ޝާއިންއަށެވެ. ޝާއިންވެސް ބަލަމުން ދިޔައީ ނީރާއަށެވެ.

.

.

.

 

“ކަރުނަތަށް.. ވޭނީ… އޮހޭނޭ…” ދެމީހުން އެއްފަހަރާ އެންމެ ފަހު ބައިތު ކިޔާ ނިންމާލިއެވެ. ނީރާގެ ތުންފަތް މައްޗަށް ހިނިތުން ވުމެއް ވެރިވިއެވެ. އޭނާގެ ހިތުގެ އުދާސްތައް ބޭރުވީކަންނޭނގެއެވެ. އެންމެން އިރުކޮޅަކަށް މަޑުމަޑުން ތިބުމަށްފަހު އަތްޖަހަން ފެށިއެވެ. އަނެއްކާވެސް އެ ލަވައިން އެމީހުނަށް އެތަކެއް އަސަރުތަކެއް ކުރިއެވެ. އެދެކުދިންގެ އަޑުގައިވާ ޖާދޫ އެންމެންގެ ހިތާ ކުޅެލިއެވެ. ހަޅޭވެސް ނުލެވުނީ އެހެންވެ ކަންނޭނގެއެވެ.

“ކޮބާ؟ އެންމެން.. ހިތްހަމަ ޖެހޭތަ؟” ރާހިލް އައިގޮތަށް އައިސް އެ ސުވާލުކޮށްލުމުން އެންމެންވެސް ވަރަށް ސަޅިއޭ ބުނެލިއެވެ. ނަމަވެސް މިފަހަރު އެ އަޑުތަށް ކުރިއަށް ވުރެ ބާރެއް ނޫނެވެ. ސްޓޭޖް މަތިވެސް ދިއްލުނެވެ. އެއާއި އެކު އެ ދެމީހުންގެ މޫނު ރީއްޗަށް ފާހަގަވިއެވެ. “ބެލީ.!!  ތީ ވަރަށް މޮޅަށް ޅެން ވެސް ލިޔާ ކުއްޖެއްނު.. އަޅެ އެއް ޅެން ކިޔާލަބަލަ… ދޯ އެންމެން…؟”  ރާހިލްގެ އެ އެދުމާއި އެކު އެންމެންވެސް ކެތް މަދުވެފައި ތިބި ގޮތަކަށް އާއެކޭ ބުނެލީ ނީރާގެ ޅެމެއް އަޑުއަހާލާހިތުންނެވެ. ނީރާ އެންމެ ފަހުން އެއްބަސްވިއެެވެ.

“މީ އަޅުގަނޑު އެންމެ ފަހުން ހެދި ޅެން..ހީކުރަން ރީތި ވާނެ ކަމަށް..” ނީރާގެ އަޑު ބަދަލުވެފައި ހުއްޓެއްކަމަކު އެންމެންގެ ސަމާލުކަން ހުއްޓުނީ ނީރާ ކިޔަން އުޅޭ ޅެމަށެވެ.

ނީރާ ފުންނޭވައެއްލިއެވެ.

“ދުށް ހުވަފެންތައް ފުނޑު ފުނޑު ކޮށްލީ..

ކަލާ އެހެން މީހެއް ދެކެ ލޯބި ވޭ ބުނެފާ..

އިންތިޒާރު ނިމުމަކަށް ގެނުވީ..

ތި ހިތުން ޖާގަ ނުލިބޭނޭ ބުނެފާ..

ކެތް ކޮށް ޝުކުރު ކުރަމުން ދިޔައީ..

ކަލާގެ އުފާތަށް މުހިންމު ކަމަށް ދެކެފާ..”

ނިރާ އިސްއުފުލާލާ މަތި ބަލާލިއެވެ. ލުއި ހިނިތުންވުމަކާއި އެކު “އަލްހަމްދުލިއްﷲ..” އޭ ނީރާ ވައި އަޑަކުން ބުނެލީ އޭނާގެ ހެއްދެވި ފަރާތަށް ޝުކުރު ދަންނަވަމުންނެވެ. އޭނާއަށް ކެތްތެރިކަން ދެއްވީތީއެވެ.

އިރުކޮޅަކަށް މީހުން ގަނޑުވެފައި ތިއްބެވެ. އެ ކޮންކަހަލަ ބައިތެއް ހެއްޔެވެ؟ އެންމެންގެ ހިތާއި ކުޅެލައިފިއެވެ. އެންމެ ފުރަތަމަވެސް އަތް ޖެހީ ރާހިލްއެވެ. އާއި އެކު އެންމެންވެސް އަތް ޖަހަން ފެށިއެވެ. ޝާއިން ހުއްޓިފައި އިންގޮތަށް އިނީއެވެ. “އަދި އެކަތި.. ޕްލީސް..” ރާހިލް އާދޭހުގެ ރާގަކަށް އެހެން ބުނެލުމުން ނީރާ ކުޑަކޮށް ވިސްނާލިއެވެ. އެންމެންވެސް ޕްލީސް އޭ ގޮވަން ފެށިއެވެ. ޝާއިންގެ ލޯ އަދިވެސް އަމާޒުވެފައި ހުރީ ނީރާއަށެވެ. “އޯކޭ. އޯކޭ… މީ އަޅުގަނޑު ލިޔުނު ތަންކޮޅެއް ދިގު ޅެމެއްގެ ފަހު 2 ލައިންސް.. ވަރަށް ދިގު ވީމައި މިތާކު ނުކިޔޭނެ. މިވަގުތު އެންމެންވެސް ތިބޭނީ ބަނޑުހައިވެފަ. ހެހެ..” ނީރާގެ މޫނުމަތިން ހިނިތުން ވުން ފެންނަން ހުއްޓެވެ. އެ އަލިގަދަ ސްޓޭޖުންވެސް ނީރާ ރޮވެފައި ހުރިކަން އެކަކަށްވެސް ފާހަގަ ނުވީ ކަންނޭނގެއެވެ. ނީރާ އެހެން ބުނެލުމުން އެންމެންވެސް އޯކޭ ބުނެލިއެވެ. ނީރާ ވިސްނާލިއެވެ.

“ކަލާގެ އިންތިޒާރުގައި ހުންނަން..

އިތުރަށް މިހިތަށް ކުޅަދާނަ ނުވުމުން…

ތިޔަ ލޯބި މިހިތުން ފޮހެލަމުން..

މިންޖް މިވީ ތިޔަ ލޯބިން ކަލާވެސް މިންޖު ކުރަމުން..”

ލުއި ހިނިތުން ވުމަކާއި އެކު ނީރާ އެ ބައިތު ކިޔާލިއެވެ. ހީވާގޮތުންނަމަ އޭނާއަށް އާ ހިތްވަރެއް ލިބުނީއެވެ. އެންމެ ފުރަތަމަ އަތްޖެހި މީހަކަށް ވީ ކައިރި އިން ޝާއިންއެވެ. ނީރާ ޝާއިން އާއި ދިމާ ބަލާލުމަށްފަހު ލުއި ހިނިތުންވުމަކާއި އެކު ބޯ ޖަހާލިއެވެ.  އެންމެންވެސްް ހަޅޭލަވައިގަތެވެ. ސްޓޭޖް ހަރަކާތް ތަށް ނިމިގެން ދިޔައީ ހީކުރިވަރަށްވުރެވެސް ރަނގަޅަށެވެ. ޕާޓީ އިތުރަށް ފުރިހަމަ ކޮށްދިނީ ނީރާއާއި ޝާއިން އޭ ބުނަމުން އެންމެންވެސް ދިޔައެވެ. އެކަމާ އެދެމީހުން ވަރަށް އުފާވިއެވެ. އަކްރަމް އާއި އާޝިޔާވެސް އެދެމީހުން ގެ ހަރަކާތާއި މެދު ތައުރީފްކުރިއެވެ.

*********************************

-ދެދުވަސް ފަސް-

“ހުމް ހުމްމް ގޯލްޑެންގެ ކިންްގް އެން ކުއީން ވިއްޔަ… ތައުރީފު ކުރާނެއެއްނު..” ރާހިލް އާއި ޝަރާ އަދި ނީރާ އާއި ޝާއިން ތިބީ އޮފީހުގެ ކޭންޓީންގައެވެ. އެމީހުން ވާހަކަ ދައްކަމުން ދިޔައީ ޕާޓީގެ ފުރިހަމަކަމާމެދުގައެވެ. ރާހިލް އާދައިގެ މަތިން އޭނާގެ ކިޔެވެލި ފެށިއެވެ. އޭނާއަށް ނީރާއާއި ޝާއިން އަށް އުނދަގޫ ނުކޮށެއް ނީންދެވޭނެއެވެ. ވާޖިބު ކުރައްވާފައި އޮތް ކަމެއް ފަދައެވެ. ރާހިލްގެ ކޮންމެ ހަރަކާތަށް ހީ ހީ ހަލާކުވާން ޝަރާ އިންނާނެއެވެ. ނީރާ ކައިރިއަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. “ދެން ހެވޭ.. އަހަރެން މީ އެއްވެސް ކުއީން ބުއީން އެއް ނޫން އިނގޭ ރާހިލް ގަނޑާ” ނީރާ އެހެން ބުނެލިއިރު ރާހިލްގެ ނަން ބުނެލީ ތަންކޮޅެއް ބާރަށް އަދި ދަމާލަމުންނެވެ. ޝާއިން ކައިރިއަށް އައީ ހިންޏެވެ. “ދޯ ޝައިން… ބުނޭ އާއެކޭ..” ނީރާ ޝާއިންއާއި ދިމާލަށް އެހެން ބުނެލިއެވެ. އެއަށްފަހު އޭނާ ބޯން އިން ޖޫސްތަށީގައި ތުން ޖައްސާލިއެވެ. “ތެދެއް.. އެއީ ގޯލްޑެންގް ގެ ކުއީން އެއް ނޫން.. އެއީ މުހައްމަދު ޝާއިން ގެ ކުއީން..” އެއްލޯ މަރާލަމުން ޝާއިން އެހެން ބުނެލިއެވެ. އެއާއި އެކު ނީރާ ބޯން އިން ޖޫސްތަށި ނުވެރުނީވެސް ކިރިޔާއެވެ. ކޮށިއެރިއެއްކަމަކު އެކަން ހަމަ އަޅުވާލި ނީރާ ލޯ އަޅާލަމުން ރާހިލް އާއި ދިމާލަށް ބަލާލީ މާ ނުބައި ފާޑަކަށް ހޭން ފެށުމުންނެވެ.

“ދެންން ޝައިންންން..” ނީރާ އެހެން ބުނެލީ  ޝާއިން އާއި ދިމާލަށް މައުސޫމް ގޮތަކަށް ބަލާލަމުންނެވެ. އެ ބޮޑު ދެލޮލުގެ އެސްފިޔަތަށް ހަލުވިކަމާއި އެކު ޖަހަމުން ދިޔައެވެ. ޝާއިން ނީރާއާއި ދިމާލަށް ދޫ ނެރެލިއެވެ. ނީރާގެ އެކްޓް ރަނގަޅަށްވެސް އޭނާއަށް އިނގުނެވެ. ނީރާ ލޯ ހަނިކޮށްލަމުން އެ ރީތި ތުންފަތިގައި ދަތްއަޅާލިއެވެ. އެދެމީހުން ކޯޅޭއިރު އަދިވެސް ހީވަނީ މީ އެެދެމީހުންގެ ކުޑައިރު ހެންނެވެ. އަދިވެސް ދެމީހުންނަށް ބަދަލެއް ނާދެއެވެ. އެކަކު އަނެކަކާ ތޮޅުމުގައި އެއްވަނައެވެ. ހަމައެއާއި އެކު އެކަކު އަނެކަކުއަށް ޓަކައި ކޮންމެ ފަދަ ކަމެއްވެސް ކުރަން އަބަދުވެސް ތިބެނީ ތައްޔާރުވެގެންނެވެ. “ވަޓް އެވަރ… ރާހިލް.. އޭނަ ދައްކާ ވާހަކަ އަޑު ނާހާތި.. ވީ އަރ ބެސްޓީސް.. އޯކޭ… ފުރޮމް ޗައިލްޑް ހުޑް.. ނަތިން އެލްސް…” ނީރާ ރާހިލް އާއި ދިމާލަށް އެހެން ބުނެލީ ދޫ ނެރެލަމުންނެވެ.. “ވަޓް އެވަރރރރރ” އޭ ކިޔާ ރާހިލް ހޭން އިން ޝަރާ އާއި ދިމާލަށް ބަލައިލިއެވެ. އަދި ބުމަ ހިއްލާލިއެވެ.

“ރާހިލް ކީއްވެތަ ބެލީ އޭ ބުނީ އަދި އަކޫބެ  އައި މީން ސަރ ވެސް ހުއްޓާ…  ދެން ޝައިން އަށް އެޑީ ކިޔޭ ކިޔާފަ އަހަރެންނަށް ބެލީ ކިޔަން ޖެހޭތަ..؟ އަހަރެން ބެލާ އާއި ވައްތަރެއްވެސް ނޫނޭ.. އަދި މާ ބެލީ އަކާއި އެޑީ އެއް.. ހަހް…” ނީރާ އެހެން ބުނެލުމުން ރާހިލް ބޯ އިން ކޮފީތަށި މޭޒުމަތީ ބަހައްޓާލިއެވެ. “އެއީ އެންމެންވެސް ކިޔާތީ.. އެހެން ނޫނަސް ސަރ އެހާ ސްޓިރިކްޓެއް ނޫނެއްނު… އެހެން ވާނަމަ އޮފީސްގައި އެންމެން ނީރާ އާއި ދިމާލަށް އެހެން ކިޔާއިރު ކޮންމެސް އެއްޗެއް ބުނީހެއްނު. އަދި ހާއްސަކޮށް ޝާއިން އާއި ދިމާލަށް ކިޔާއިރު… އެން ޝާއިން ދޯ.. ޝާއިން އާއި އެންމެ ކްލޯސް އީ ނީ. ދެން އަނެއްކާ ވައްތަރު ނޫނަސްް ޔޫ ބޯތް މޭކް އަ ގުޑް ކަޕްލް ޖަސްޓް ލައިކް ދެމް.. އެހެންވީމަ..  ނީ ވައްތަރު ނުވިޔަސް ޝާއިން ވައްތަރެއްނު އެޑްވާޑް އާއި….ދެން ބެލީ އާއި އެޑީ އެއީ ކުޑަކޮށް ދިވެހި ކޮށްލާފަ.. ހެހެ.. ބުނެބަލަ ދޮގެކޭ..” ރާޙިލް އެހެން ބުނެލުމަށް ފަހު އަނެއްކާވެސް ކޮފީތަށި ތުންފަތުގައި ޖައްސާލިއެވެ. ” ނޫން ނޫން އެއްގޮތަކަށްވެސް ވައްތަރެއް ނޫން.. ޝައިން އެޑީ އަކާއެއްނޫން އެޑީ ޝައިން އާއި ވައްތަރީ.. ހަހަހަ. ބޮޅެއް….” ނީރާ އެހެން ބުނެލުމުން ރާޙިލް ކުޑަކޮށް ރަކިވިއެވެ. “ތިދެމީހުން ޝައިންއަކާއި ނީ އަކާއި ކިޔަނީ އެހެން އެންމެން ބެލީ އާއި އެޑީ.. ހެހެ ގޯހެއް ނޫން ދެން..” އެހެން ބުނެލުމަށްފަހު  ދެން އޭނާގެ ނަޒަރު ހުއްޓުނީ ނީރާއާއި ދިމާލަށް މާނަވީގޮތަކަށް ބަލަން އިން ޝާއިންއަށެވެ. އޭނާ ވަނީ ހިމޭންވެފައެވެ. ނީރާއަށް އެކަން ފާހަގަ ނުވީ ކަންނޭނގެއެވެ. ނަމަވެސް ރާހިލްއަށް އެކަން ރަނގަޅަށް ފެނުނެވެ. އަބަދުވެސް އޭނާގެ ހިތުގައި އުފެދެމުން ދިޔަ ސުވާލު އަނެއްކާވެސް އުފެދުނެވެ. އޭނާ  އަޒުމް ކަނޑަ އެޅީ މިއަދު އެ ސުވާލުތަކުގެ ޖަވާބު ހޯދާށެވެ. “އެސްކިއުޒް މީ..” އޭ ކިޔާ ޝާއިން ގޮނޑިން ތެދުވެ ކޭންޓީން އިން ނިކުމެގެން ދިޔައެވެ. އެ ދިމާލަށް ބަލަން އިން ނީރާ ކުޑަކޮށް ދެރަވިއެވެ. ނަމަވެސް އޭނާގެ ސިކުނޑި އަނެއްކާވެސް އެހެން ވިސްނުމަކަށް ގެން ދިޔައީ ޝަރާ ދައްކަމުން ދިޔަ ވާހަކައަކުންނެވެ.

 

  • – ނުނިމޭ (: –

96
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ryn

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ލޯބި އަހަރެން ވާނަމޭ (ފަހުބައި)

Next

ޝެރިން (30 ވަނަ ބައި)

Next
December 25, 2015

ޝެރިން (30 ވަނަ ބައި)

Previews
December 25, 2015

ލޯބި އަހަރެން ވާނަމޭ (ފަހުބައި)

47 Comments

  1. Ryn says:
    December 25, 2015 at 11:55 am

    hey ppl…. hre is the 3rd prt of the stry. hope lyk vaane kamah.. thnks fr readin.. enjoy 😉 😉 n i knw its shrt.. bt ryn kurin vx bunihn ryn mi stry liyan feshin thankolheh kurin so i cnt chng eyrun dhn huri prts vx jeheyne chng kurn sry fr tht.. n dhn huri prts miah vure dhigu vaane.. 😉

  2. Maalu says:
    December 25, 2015 at 12:08 pm

    Wowwwwwww vrh vrh vrh reethi……. 😀 :-Du r the best ryyn… ;-)love ur stories…♥♥♥

    1. Ryn says:
      December 25, 2015 at 12:17 pm

      awww thnks mal thts so swyt.. u jxt made my day 😉 😉 thnks alt dear 😉 😉 enjoy 😉 😉

  3. Maalu says:
    December 25, 2015 at 12:10 pm

    Me first yayyyyy 😀 😀 😀

    1. Ryn says:
      December 25, 2015 at 12:18 pm

      heheheh yay cngrts mal.. 😉

  4. lai says:
    December 25, 2015 at 12:17 pm

    Wowwwwwe wowwwe just wowwe v v v v v v salhi … gud luck n keep it up ryn .. asluvss mi stry hama v salhi ..anehbai kon dhuvahakun? Waiting waiting .. ❤❤❤❤???????

    1. Ryn says:
      December 25, 2015 at 12:26 pm

      hehhehe thnksss lai… thnks alt.. neynge kn dhuvahakun kameh.. ekm vrh avahah in sha allah 😉 😉 thnks fr readin… enjoy 😉 😉 tc

  5. lai says:
    December 25, 2015 at 12:24 pm

    Hehehe ehkala sng ryn enhkaa tho remind kohdhiny .. dhn kiyeyny kiyeny hehe e dhubas kolhuvess e lavaige ethan kolhu ki yey varun hehehe .. u remember right .. heheh sng vess v salhi ..????

    1. Ryn says:
      December 25, 2015 at 12:34 pm

      hahahahha.. yrh i wil nvr frgt.. hehehe 😛 thnks to me dhww 😛 😛 😉 i missd tht day n u too heheh 😉

  6. lai says:
    December 25, 2015 at 12:25 pm

    Thi* dhuvas*

  7. Kai says:
    December 25, 2015 at 12:40 pm

    Story varah reethi 😀 😀 when are u gonna upload the nxt prt

    1. Ryn says:
      December 25, 2015 at 12:47 pm

      awww thnks kai…. in sha allah vrh avahah uplwd kuraanna thnks ingey.. enjoy 😉 😉 😉

  8. afy says:
    December 25, 2015 at 12:44 pm

    Masha allah v v reethi.ryn thigothu gai abadhu ves kuriah dhaathi. Cux ur strys aa my favourite.hehe…….i think this stry will be happy ending..??

    1. Ryn says:
      December 25, 2015 at 12:51 pm

      awww thnks alt afy.. thts chwww swyt of u… hehehe n nw ur one of my fav rydr… 😉 thnnks dear.. hehhe yrh vedhaane 😉 😉 enjoy 😉

  9. nukko says:
    December 25, 2015 at 1:31 pm

    Wowww.. valah lythi ingey mi parthu vs lyyn… thon ilakun nst parthu…. cant .wait.. hehwh… varah varah varah rythi… hama superrr uperrr gaya.. tc bye miss u

    1. Ryn says:
      December 25, 2015 at 2:17 pm

      hehehe thnkyouu nutho..nsthu parthu valah avahah ingey 😛 in sha allah.. hehehe,, heheh thnks nukko 😉 enjoy 😉 miss u mre tc bye

  10. mice says:
    December 25, 2015 at 1:34 pm

    this part is als vv nice!

    1. Ryn says:
      December 25, 2015 at 2:17 pm

      thnks mice.. 😉 😉 enjoy

  11. aathi says:
    December 25, 2015 at 1:45 pm

    Aww…its superb ryn darlx.. jst luv it 😉 kyp it up

    1. Ryn says:
      December 25, 2015 at 2:19 pm

      awww thnks aathy… thnks alt.. heheh 😉 😉 enjoy 😉 😉

  12. Immy says:
    December 25, 2015 at 1:56 pm

    heyy ryynnn…….. wen nxt prt….
    miharu dhnn loabi aharen vaanamey nimijje ennu!! ehn v ma komme dhuvahaku up kuranchey mi vaahaka…. vrh kiyaa hithun m innanee…..
    kkmme dhuvahaku up nukurias emme kuda minun jeheyne dhehdhuhun ehdhuhu up kurn…
    k????
    byeee…. tc n miss yew…. n luv ya… :P:P:P:P:P 😀 😀 😀 🙂 🙂 🙂

    1. Ryn says:
      December 25, 2015 at 2:21 pm

      heyy immu… in sha allah vrh avahah up kh dheynan.. hehehe wil try ingey.. wil uplwd 3 in 1 ga hehehe… ihakah.. bt dhn fahun kuriah dhaa varakah 2 in 1 ah hadhaanan in sha allah.. thnks immu… byee tc miss u mre.. luv u too hehe 😉 😉 😉

  13. Kairiy says:
    December 25, 2015 at 2:16 pm

    😛

    1. Ryn says:
      December 25, 2015 at 2:22 pm

      😉 😉

  14. Kairiy says:
    December 25, 2015 at 2:17 pm

    ;P

  15. Niha says:
    December 25, 2015 at 2:52 pm

    Kn irakun aneh baii up kuranee?

    1. Ryn says:
      December 25, 2015 at 3:05 pm

      in sha allah vrh avahah 😉 😉 thnks fr readin.. enjoy 😉

  16. Anonymous says:
    December 25, 2015 at 3:33 pm

    vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv varah reethi

    1. gul says:
      December 25, 2015 at 3:35 pm

      hehhehe

    2. Ryn says:
      December 25, 2015 at 4:17 pm

      hhehehhe thnks alt 😉 😉

  17. Faxoo says:
    December 25, 2015 at 5:48 pm

    mi story vx vvvvvvvvvvv reethi ingey Ryyn! kurin comment kurin ekam kuda massala eh jehuny kanneynge dhw. comment eh naaraa. ehenve thankolheh fahun mi kurevuny!! 🙁 anyway story ix awesome. and so sad!!!
    Goooooooooood luck Ryyyyyyyn!!!!!! 😀 😀 😉

    1. Ryn says:
      December 25, 2015 at 6:46 pm

      hey faxu.. hehehe thnks alt.. owh ehnthr..? hehhe ok vaane m happy tht faxu ge cmmnt eh fenunyma.. 😉 😉 once again thankyouuuuuu so much 😉 😉 enjoy

  18. Sanmu says:
    December 25, 2015 at 6:58 pm

    ??????

    1. Ryn says:
      December 25, 2015 at 6:59 pm

      thnks 😉 😉

  19. rau says:
    December 25, 2015 at 7:11 pm

    story is awsome.I love this story.can’t wait for the nxt part:)

    1. Ryn says:
      December 25, 2015 at 7:41 pm

      thnks rau 😉 😉 enjoy 😉 😉

  20. aathi says:
    December 25, 2015 at 8:05 pm

    Same song in othrr story..omg.. its really touching..

    1. Ryn says:
      December 25, 2015 at 8:51 pm

      hehehe yrh it is.. 😉 😉 😉 thnks fr readin.. enjoy 😉 😉

  21. eeamy says:
    December 25, 2015 at 8:52 pm

    ohhh….ehen veema meedhw ryn ge new story?yaaa hithaamaveri story ekoo…nd 3 part ves kiyaalaifin hama buneveyni fantastic ey…..aslu ryn vv molhu igey…lov u

    1. Ryn says:
      December 25, 2015 at 10:41 pm

      heheh yrh… hehhe mi stry ryn sad vaane i myn sum incidnts huhnaane dhn.. hehehe.. 😉 asluthr? thnks eeamy.. mynts alt… aww thnks.. luv u too 😉 😉 <3

  22. kennukbee says:
    December 26, 2015 at 10:29 am

    Hi lyynuu. ?? Stoly is awesome. Valah sali.? Poor edy n bely. ? whn nxt part. bye bye lyynu mich u n luv u alt ???❤??

    1. Ryn says:
      December 26, 2015 at 12:32 pm

      hi kennuu.. awwww thts chww chwyt of u.. thankyouu thwww muchu… hehehe yrh dhw.. in sha allah vrh avahah 😉 byee kennuuu mich u more n luv u too 😉 😉 take caruuu 🙂

  23. eeamy says:
    December 27, 2015 at 5:20 pm

    alhe ryn konirakuntha nxt prt up kurani????kiyaa hithun mihaaru hurevenee eh nooney…..

    1. Ryn says:
      December 27, 2015 at 9:44 pm

      tmrw in sha allah.. heheh thnks alt ingey 😉 😉

  24. elsa says:
    December 27, 2015 at 5:38 pm

    omg , wow wow wow , unbeliveable , hama serious koh , haadha haadha ryhchey , so so nice , just wow , m speechless , hama soni vehtifa mi idhevuny , ryn haadha molhey . vr bodah sorry cmt nukurevunyma , aslu coment nukuravuny kommes error eh araa varun , m really sorry mom , missed u , n luv yaa mommy . ogud luck momm

    1. Ryn says:
      December 27, 2015 at 9:45 pm

      hahahahaha soni vx vehtunu thr.. heheh awwwww thnks alt doc.. myns alt.. i really missd ur cmmnts…. asluvx.. thnks ingey ely fr the swytst cmmnt. heheh 😉 its k.. missd u mre n misses u alt heheh luv u mre… thnks 😉 enjoy tc

  25. ina says:
    December 28, 2015 at 8:58 pm

    rynnnnnn haadha nice ey mi stry vx………….

Comments are closed.

All Right Reserved!