މަރުވެފައި އޮތް ތާނިޔާގެ ހަށިގަނޑު ގޯންޏަކަށްލުމަށްފަހު އެއްއަތުން އުދެލި ހިފައިގެން ރަށުގެ މީހުން މަދު ހިސާބުން ދަމަމުން ގޮސް ފުއްޓަރު ފަރާތަށް ނިކުމެވުނުއިރު އިޔާޒް ހުރީ ގުނބުހިލިފައެވެ. ވަރުބަލިވެފައި ހުރިލެއް ބޮޑުކަމުން އުނަގަނޑުގައި އަތްއަޅުވައިލައިގެން ހުރެ މާނޭވާލަމުން އިޔާޒް އައި މަގުގެ ފަހަތަށް ބަލައިލައި ގަސްތަކުގެ ތެރެއަށް ވަނެވެ. އަދި ވަޅުގަނޑެއްކޮނެ އޭގެ ތެރެއަށް ގޯނިލުމަށްފަހު ރަނގަޅަށް ފަސްއަޅައި ބާރުކޮށްލުމަށްފަހު އަތުކުރީގައި އޮތްގަޑިއަށް ބަލައިލިއިރު ގަޑިން ހުރީ މެންދަމުން އަލިވެ ތިނެއް ޖަހައިފައެވެ. އިންތިޒާރުކޮށްލައްވާ!!!
އިރުއޮއްސެމުންދާ މަންޒަރު ބަލައިލުމަށްޓަކައި އާދައިގެމަތިން ޔަޝްފާ އޭނާގެ އެކުވެރި އިފާޝާއާއި އެކު ރަށުގެ މައިމަގުން ހިނގާފައި ދިޔައީ ތުނޑީ ކޮޅާއި ދިމާއަށް ދިއުމަށެވެ. ސްކޫލް ދައުރުން ފެށިގެން އެކުވެރިކަން ބަދަހިވަމުންގޮސް މިހާރު އެދެކުދިންގެ ގުޅުމަށް ފަސް އަހަރަށްވުރެ ގިނަދުވަސް ވެގެން ހިނގައްޖެއެވެ. ދެކުދިން އެކުގައި ގޮސް ތުނޑިމަށްޗަށް ނިކުތްއިރު ހަވީރު ފިންޏަށް ކުދިވެރިން ގޮވައިގެން އައިސްތިބި މީހުންތަށްވެސް ގެއާއި ދިމާއަށް ދިއުމަށް މިސްރާބުޖަހައިފިއެވެ. ތަނަށް ވެރިވެފައިވާ ހަމަހިމޭންކަމެވެ. ޖެހެމުންދާ ވައިރޯޅިތަކުންނާއި އެއްގަމަށް ބީއްސާމުންދާ ރާޅުތަކުގެ އަޑުފިޔަވައި އިތުރު […]
“ޔަޝް ބޯޓު ދިޔަވަނީ ބޯޓުގެ ފަހަތުން ބޮޑުބައެއް އޮތީ ހަލާކުވެސްވެފަ” ދެލޯބޮޑުކޮށްގެންހުރެ އެދިމާއަށްބަލަމުން އަޔާން އެހެންބުނިއިރު މީހާ ހުރީ ބިރުންގޮސް ދާހިތްލާ ފޯވެފައެވެ. “އަޔާން ސަކަރާތް ނުޖަހާ ކޮންމެ ކަމެއްގަވެސް ހައްދެއް އޮންނަންވާނެ ކަންނޭނގެ، އެގޭތަ ތިކިޔޭ އެއްޗެއް” މިފަހަރުވެސް ޔަޝްފާ ރުޅިއައީ އަޔާން ސަމާސާކުރަނީ ކަމަށްހީކޮށެވެ. “ކޮއްކޯ މި ލައިފްޖެކެޓް އަޅައިގެން އާދޭ ބޯޓުގެ ކުރީކޮޅަށް، ބޯޓުގެ ކައްޕި މިހާރު ކޯސްޓް ގާރޑަށްވެސް އަންގައިފި” ޔަޝްފާ އެހެންބުނިތަނާ އަޔާން ކައިރީގައި މީހަކު އެހެންބުނިއަޑު އިވުނެވެ. ކަމެއް […]
ޝާމިންގެ ހިތްވަރުގަދަ ކަމުން ލަމްޔާ ހިތާހިތުން ޝާމިންއަށް ތައުރީފުކުރަމުން ދިޔައިރު ހިފެހެއްޓުމެއްނެތި ލަމްޔާގެ ލޮލުން ކަރުނަތަށް ފައިބަމުން ދިޔައެވެ. “މީ އަހަރެންގެ މަޒީ، އަހަރެންނަށް ކުޑައިރު އެގޮތަށް ދިމާވެފަ ހުރީމަ އެހެންވީ، އަހަންނަށް މާފްކުރޭ ލަމްޔާ، މާފްކުރޭ” ޝާމިންގެ މާޒީ ކިޔައިދިނުމަށްފަހު ލަމްޔާ ކައިރީ މާފަށް އެދެމުން ލަމްޔާގެ ގައިގައި ބައްދައިލިއިރު ހަމަ ރަނގަޅަށްވެސް ޝާމިންއަށް ރޮވިއްޖެއެވެ. އަދި ޝާމިން އިރުކޮޅަކު އެހެން އިނުމަށްފަހު ފާހަނައަށް ވަދެ މޫނުދޮވެލައިގެން އައުމުން ލަމްޔާވެސް ފާހަނައަށް ވަނެވެ. ލަމްޔާ ފާހާނައިން […]
ވެހެމުންދާ ވާރޭގެ އަޑު ފިޔަވާ އިތުރު އަޑެއް ޝާމިންއަކަށް ނީވެއެވެ. ވިއްސާރަ ވެފައި ވުމުގެ ސަބަބުން ބޭރުތެރެއިން މީހެއްގެ ހިލަމެއްނުވާއިރު ޖެހެމުންދާ ވައިރޯޅިތަކުން ވިއްސަމުންދާ ވާރޭގެ ތިކިތަށް ޝާމިންގެ ގައިގައި ޖެހުމުން އަތުގައި ހުރި ލޯލިތަށް ކޮޅަށް ޖެހެމުން ދިޔައެވެ. އެވަގުތު ޖީބުގައި އޮތް ޝާމިންގެ ފޯނު ރިންގުވާއަޑަށް ފޯނު ނަގައި ކަންފަތުގައި ޖައްސައިލިއެވެ. “ހަލޯ؟” ފޯނު ނެގުމާއި އެކު ޝާމިން އެހެން ބުނެލިތަނާ އެކޮޅުން ވާހަކަ ދެއްކި މީހާ މިގުޅައިލީ ސަނާ ބުނެގެން ކަމަށް ބުނެ […]
“ހިނގާ ދާން ދެންނީނދެވޭނެ މިހެންބަލާކަށް” ކެތްމަދުވެފައި އިން ފައިސަލް، ފަލާހް ކައިރިން އާދޭހުގެ ރާގެއްގައި އެހެންބުނުމުން ފަލާހް ގޮސް ސަނާގެ ކޮޓަރީގެ ތަޅުދަނޑި ހިފައިގެން އައިސް އެކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. ނިދާފައި އޮތް ސަނާ ލައިގެން ހުރި ޓީޝާޓް ހިއްލިފައި އޮތުމުން ސަނާގެ ހަށިގަނޑުގެ ބައެއްއޮތީ ހާމައަށެވެ. އެވަގުތު ފައިސަލްގެ ހިތުވިންދު އަވަސްވެގެން ދިޔައެވެ. އަދި ފަލާހްއާއި އެކު ސަނާގެ އެނދާއި ދިމާއަށް ދެމީހުން އެކީ ހިނގައިގަތެވެ. ދެމީހުންއެކީ ސަނާ ނިދާފައިއޮތް އެނދުކައިރިއަށް ގޮސް ސަނާގެ ގައިގައި […]
ޝާމިންގެ ކަންފަތަށް އިވުނު އަޑާއި އެކު އަތުގައި ހުރި ކޯކްތަށި ބިންމަށްޗަށް ވެއްޓުނެވެ. އަދި ޝާމިންއަށް ބޭއިހްތިޔާރުގައި ވަށައިގެން ހޯދައިލެވުނީ ލަމްޔާ، ޝާމިންއަށް ފެންނަހިސާބުގައި ހުރިތޯއެވެ. *** *** *** ޝާމިން އިތުރު ވާހަކައެއް ނުދައްކާ ފޯނުކަނޑައިލުމަށްފަހު ތުރުތުރު ލާފައިވާހާލު ބާރު ހިނގުމުގައި ގޮސް ޝާމިންއުޅޭ ކޮޓަރިއަށްވަނެވެ. އަދި ފާހާނައަށްވަދެ ދޮރު ޖެހުމަށްފަހު ދެއަތާއި މޫނު ދޮވެލައި ލޯގަނޑުން ޝާމިންގެ އަމިއްލަ ސޫރައަށް ބަލައިލިއެވެ. “އަހަރެންނަށް މިކުރެވުނީ ކީއް؟، ނަސީބޭނުން ލަމްޔާ ގުޅިކަން، އެހެން ނޫންނަމަ އަހަރެންނަށް […]
ލަމްޔާ!!! ހާދަ ރީތި ނަމަކޭ، އެނާގެ ނަމާ އެއްވަރަށް އެ ސޫރަވެސް… އެ މައުސޫމު ދޮންދޮން ރީތި މޫނެވެ. އެ ބަނިޔާދަން ރީތި އަންހެންވަންތަ ހަށިގަނޑެވެ. ލަމްޔާގެ ބުޅި ދިގު އެ އިސްތަށިގަނޑު މިނިވަންކަމާއި އެކު ފަހަތަށް ދޫކޮށްލެވިފައިވާއިރު އެރީތި ސޫރައާއި ވަރަށްވެސް ގުޅެއެވެ. ގުދުރަތުން ލިބިފައިވާ އެ ރީތި ބޮޑު ދެލޮލުން ޝާމިން އާއި ދިމާއަށް ބަލަން ހުރި ގޮތުން ޝާމިންގެ ހިތް ހަމަ ރަނގަޅަށްވެސް މޮޔަކޮށްލައިފިއެވެ.” އެނދުމަތީގައި ޝާމިން އޮވެ ލަމްޔާ އާއި ދޭތެރޭ […]
“ސަނާ” ސަނާގެ ބޮލުގައި ފަލާހް ފިރުމައިލައި ސަނާއަށް ގޮވައިލުމުން ބޯހިއްލައި ލުމަށްފަހު ކަރުނުން ފުރިގެންވާ ދެލޮލުން ފަލާހްގެ މޫނަށް ބަލައިލިއެވެ. “ފަލާހް އަހަންނަށް ތިހެން ނުހަދާ އަހަރެންދެކެ ލޯބި ނުވަންޏާ އަހަރެން ވަރިކޮށްލާފަ ރަށަށް ފޮނުވަދީ” ފަލާހްގެ އަތުގައި ހިފާ އާދޭހާއި އެކު ސަނާ އެހެންބުނިއިރު ހުރީ ގިސްލެވިފައެވެ. “ކަލެއަށްތަ އެނގެނީ ވަރިކުރަންވީމަ؟، ހިނގާ ކޮޓަރިއަށް ދާން، އަހަރެން މިއައީ ކަލޭ ކުރާ އާދޭސް އަޑު އަހާ ކަލޭގެ ކަރުނަ ފުހެދޭކަށް ނޫން، އަނތްބެއްގެ ފަރާތުން […]