ދުވަސްތަކެއް ފާއިތުވުމަށްފަހު އަމްޖަދު މީހަކާ އިންނަންއުޅޭ ޚަބަރު ޒީނިޔާއަށް ލިބުނެވެ. ކުއްލި ގޮތަކަށް އެޚަބަރު ލިބުންވީ ޒީނިޔާއަށް ޙައިރާންކަން ގެނުވި ކަމަކަށެވެ. އެވާހަކަ ޤަބޫލުކުރުންވެސް ވީ ދަތިކަމަކަށެވެ. އެހާމެ ދެރަވެސް ވިއެވެ. އެހެންނަމަވެސް އެކަން އެއްވެސް މީހަކާ ޙިއްސާކުރާކަށްވެސް ޒީނިޔާއަށް ނުކެރުނެވެ. އެއީ އޭނާ ސިއްރިޔާތުގައި އަމްޖަދުއާ ގުޅުން ބާއްވަމުން އައުމާއެކު އެކަން ފަޅާއަރާފާނެތީއެވެ. އެޚަބަރު ލިބެންވެސް ލިބުނީ ކިހިނަކުންހެއްޔެވެ! އަމްޖަދު އިންނަންއުޅެނީ ޒީނިޔާއާއެކު ރަށު ސްކޫލްގައި ވަޒީފާއަދާކުރި އޭނާގެ އެހާ ގާތް ރަޙްމަތްތެރިޔަކާއެވެ. ރަޙްމަތްތެރިޔާ ޒީނިޔާއަށް […]
އަމްޖަދު ފެނުމާއެކު ހިތައް ބުނަން ނޭނގޭފަދަ އުފާވެރިކަމެއް ލިބިގެންދިޔަ ނަމަވެސް، އެކަން ފޮރުވަމުން ޒީނިޔާ ހަމަ ގަސްތުގައި އޭނާގެ ހިނގުން ބާރުކޮށްލިއެވެ. ނަމަވެސް އަމްޖަދު ޒީނިޔާއާ އަރާހަމަކުރުމަށް ކުރިހޯދިއެވެ. “ޒީ… ޕްލީސް މަޑުކޮށްބަލަ. ހަމަ އެންމެ ފަސްމިނިޓް.” ޒީނިޔާއާ އެއްހަމައެއްގައި ހިނގަން މަސައްކަތްކުރަމުން އަމްޖަދު ވާހަދެއްކިއެވެ. ޒީނިޔާއަށް އެއަޑު އިވޭކަމަކަށްވެސް ނުވިއެވެ. “ޒީ.. ޒީ… ޕްލީސް އަހަންނަށް ވާހަކަ ދައްކަން ހަމަ އެންމެ ފުރުޞަތެއް ދީބަލަ. އާދޭސްކޮށްފަ މިބުނަނީ. އަހަންނަށް ކުރެވުނު އެންމެ ކުށެއްގެ އަދަބު ތިހާ […]
ޓެކްސީ އައިސް މަޑުކޮށްލުމުން މާޔޫސްކަމާއެކު ޒީނިޔާ ޓެކްސީއަށް އެއީ އަދިވެސް އެއްފަހަރު ވަށައިގެންވާ މާޙައުލަށް ރަނގަޅަށް ބަލާލަމުންނެވެ. ގެއަށް އައުމާއެކު ޒީނިޔާ ބޭނުންވީ ނިދާލުމަށެވެ. ކޮޓަރީގެ އެނދާހަމައަށް ދެވުނުކަމެއް ނޭނގެއެވެ. އެދަށްވެއްޓިގެންފައި އޮވެވުނީ އެއްޗިހިވެސް ބަދަލުނުކޮށެވެ. ބޮލުގައި ރިއްސާވަރުން އޭނާއަށް ހީވީ ނިކަން އަވަހަށް ނިދިދާނެކަމަށެވެ. އެހެންނަމަވެސް ކަންވީ އެހެނެއް ނޫނެވެ. ފަސޭހަ ރަޙްމަތަކުން ލޮލަކަށް ނިންޖެއް ނައެވެ. ވޭތުވެދިޔަ 5އަހަރުގެ ތެރޭގައި އޭނާ އަމްޖަދުގެ މަތިން ހަނދާން ނެތުނު އެންމެ ދުވަހެއްވެސް ފާއިތުވެގެން ގޮސްފައެއް ނުވެއެވެ. […]
ނޯޓް: ވަރަށްބޮޑަށް ހުންގަނޑުޖެހިގެން ބަލިވެ ހޮސްޕިޓަލުގައި އޮންނަންޖެހުމުން ވާހަކަ އަޕް ނުކުރެވި ގިނަދުވެސްވެގެން ދިޔައީތީ ކިޔުންތެރިންގެ ކިބައިން މަޢާފަށް އެދެން. ކުރީގެބަޔާއެކު މިއަޕްކުރީ ކިޔުންތެރިންގެ ހަނދާން އާކޮށްލުމަށްޓަކައި. އިރާދަކުރެއްވިއްޔާ ހޮނިހިރުގައި އަނެއްބައި ގެނެސްދޭނަން. މިވާހަކައަށް ތަރުހީބުދީ ވާހަކަ ކިޔާ އެންމެހައި ފަރާތްތަކަށް ވަރަށްބޮޑަށް ޝުކުރުވެރިވަން. -Yug- 5 އަހަރު ފަސް. ޒީނިޔާއަކީ މިހާރު 5އަހަރުގެ އަންހެންކުއްޖެއްގެ މަންމައެކެވެ. ޒިންމާދާރު ވަޒީފާއެއް އަދާކުރަމުންދާ ހީވާގި ޓީޗަރެއްވެސް މެއެވެ. ރަށުގެ ގެ ކުއްޔަށްދިނުމަށްފަހު މާލޭގައި އެ ޢާއިލާ ދިރިއުޅެމުން އަންނަނީ […]
5 އަހަރު ފަސް. ޒީނިޔާއަކީ މިހާރު 5އަހަރުގެ އަންހެންކުއްޖެއްގެ މަންމައެކެވެ. ޒިންމާދާރު ވަޒީފާއެއް އަދާކުރަމުންދާ ހީވާގި ޓީޗަރެއްވެސް މެއެވެ. ރަށުގެ ގެ ކުއްޔަށްދިނުމަށްފަހު މާލޭގައި އެ ޢާއިލާ ދިރިއުޅެމުން އަންނަނީ އުފާވެރި ފުދިގެން އުޅޭ ދިރިއުޅުމެކެވެ. ޢާއިލާގެ ދެންތިބި ކުދިންވެސް ސްކޫލް ދައުރުނިމި ވަޒީފާއަދާކުރަމުން ކޯސްތަކުގައި ކިޔަވަމުންދާއިރު އެކުދިންގެ ބައްޕަ ޔާސިރުވެސް އަމިއްލަ މީހެއްގެ ގާތުގައި ދަނީ ވަޒީފާ އަދާކުރަމުންނެވެ. ޒީނިޔާގެ މަންމަގެ ވަޒީފާއަކީ އޭނާގެ ކުޑަކުޑަ ޕްރިންސެސް މާމަދަރިފުޅު ޒޯޔާ ބެލުމެވެ. މާލެ ބަދަލުވެގެން އެތައް […]
ރަނގަޅަށް ކަނނުލާ އަޑުއަހަން އޮތްވައި، ދެވަނަ ފަހަރަށްވެސް އެއަޑުއިހިވެގެން ދިޔައެވެ. މިފަހަރު އެއީ ވަހުމެއް ނޫންކަމާއި ކޮންމެވެސް މީހަކު ގޭގެ ދޮރުގައި ޓަކިޖަހަނީކަން ޒީނިޔާއަށް ޔަޤީންވިއެވެ. ތިންވަނަ ފަހަރަށް ތަންކޮޅެއް ބާރަށް އެމީހަކު ދޮރުގައި ޖަހާލިއެވެ. އެއާއެކު ޒީނިޔާގެ މަންމަ ދޮރު ހުޅުވާލަމުން ދޮރުމަތީގައި ހުރި މީހަކާ ވާހަކަ ދައްކާއަޑު އިވުނެވެ. ސާފުކޮށް ނުއިވުނު ކަމުގައިވިޔަސް އަމްޖަދުގެ ނަން ބުނިހެން ޒީނިޔާއަށް ހީވީ ކީއްވެގެންކަމެއް ނޭނގެއެވެ. އެހިނދުގައި ހިތް އުފަލުންގޮސް ނަށައިލިއެވެ. މިއޮތްހާއިރު ރޮމުންދިޔަ މީހާގެ ކުޑަ […]
ރޭގަނޑުގެ މެންދަމުން އަނބުރާ 3 ޖެހީއެވެ. މުޅިދުނިޔެވެސް ފުން ނިންޖަކުން ނިދާލާފައިވާހަކަލައެވެ. އެހެންނަމަވެސް ޒީނިޔާގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. ރޮއިރޮއިގޮސް އޭނާގެ ދެލޯވަނީ ދުޅަވެފައެވެ. ފާރުކައިރީގައި ހުރި އޭނާގެ ނިދާ އެނދުގައި، ފާރުގައި ލެނގިލައިގެން އޭނާ އިންނަތާ މިހާރު 5ގަޑިއިރަށްވުރެވެސް ގިނައިރުވެދާނެއެވެ. އެހެންނަމަވެސް، އޭނާއަށް އެކަން އެއްވެސްވަރަކަށް އިޙްސާސްވިހެނެއް ހިޔެއް ނުވެއެވެ. އެއަށްވުރެ އޭނާގެ ހިތާއި ސިނކުޑީގައި ހިނގަމުންދާ ހައިޖާނުގަނޑުގެ ކަންތައްތައް މާގަދައެވެ. އެހެން އިން އިރު، ދާދިގާނތުގައި ނިދާފައިއޮތް އޭނާގެ ހަތަރު އަހަރަށްދާ ކުޑަ […]