Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިވާ މަންމާ މަގޭ.. 3

kamana
December 26, 2015
5 Mins Read
36 Views
14 Comments

އަހަރެން ގޮވައިގެން ހުރީ ކާކުތޯ ނުބެލެނީސް އަހަރެންނަށް ހުރިހާތަނެއް ނުސާފުވާން ފެއްޓިއެވެ. އިރު އިރުކޮޅާ މަންމަ އަށް ގޮވާލެވެނީ ސަލާމަތަށް އެދިއެދި އެވެ.

މުޅިތަން އަހަރެންނަށް ފެންނަމުން ދިޔައީ އަނދިރިކޮށެވެ. އެ އަނދިރިގަނޑު އަލިވަމުން ގޮސް އަހަންނަށް މުޅިތަން ސާފުކޮށް ފެންނަންފެށީ އޭގެ އިރުގަނޑެއް ފަހުންނެވެ. އޮވެވުނީ ހޮސްޕިޓަލްގައި ކަން އެގުނީ ވަށައިގެންވާ މާހައުލަށް ބަލާލުމުންނެވެ. އަހަރެން ތެދުވެފަ އެންމެ ފުރަތަމަވެސް ހޯދާލީ މަންމައާއި ބައްޕަ ފެނޭތޯއެވެ. އެހެންނަމަވެސް މުޅިތަނަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. އިހްތިޔާރަކާނުލާ އަހަރެންނަށް ރޮއިގަނެވުނީ މަންމަމެން ފެންނަށް ނެތުމުންނެވެ. އަހަރެން ރޮމުން މަންމައަށް ގޮވަމުން އެނދުން ތެދުވީ އެކަނި އޮނަން ނުކެރިގެންނެވެ. ދުރަށް ނުދެވެނީސް އަތަށް ގުޅާފައި އިން އައިވީ ނެއްޓުނީ އަހަންނަށް ނޭނގިއެވެ. ވީތަދުން އަޑުވީލައި ރޮއިގަނެވުނީ މަންމާ އޭކިޔާ ގޮވަމުންނެވެ. އަހަރެން ހުސްފައިގައި ދުވަމުން ދިޔައީ މަންމަމެން ފެނޭތޯއެވެ. އޭރުވެސް އައިވީގުޅައިފައި އިންތަނުން ލޭ އަންނަމުންދިޔައެވެ.

“މަންމާ.. މަންމާ.. ކީއްވެ ކޮއްކޮ ބަހައްޓާފައި ދިޔައީ.. ވަރަށް ބިރުގަނޭ.. މަންމާ” އަހަންނަށް މަންމަ ފެނުނީ އެމެޖެންސީ ރޫމްކައިރީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓައެވެ. ރޮމުން ރޮމުން މަންމަ ގައިގައި ބައްދާލެވުނީ މަންމަ ފެނުމުން އުފާވުމުންނެވެ. “މަންމާ.. މަންމާ ކީއްވެތަ ތި ރޮނީ.. މަންމާ” ކުރަކިވެފައިވާ އަހަރެންގެ އަޑުން އަހަރެން މަންމަގެ ފަސްބައިގައި ހިފައިގެން އިނދެ ސުވާލުކުރަމުން ދިޔައީ މީގެ ކުރިން މަންމަ ރޮނިކޮށް އަހަރެންނަށް ފެނިފައިނުވާތީއެވެ. “ދަރިފުޅާ ކީއްވެ ތިއައީ.. ބަލާބަލަ. މިއަތް ލޭވެސް އަންނަނީ.. ބައްޕަގެ ދޫނިއަށް ތަދުވެސް ނުވަނީތަ” ބައްޕަ ކަކޫމައްޗަށް ތިރިވަމުން އަހަރެންގެ އަތަށް ބަލާލިއެވެ. ލޭ އަންނަކަން އެނގުމުން ހިތްހަމަނުޖެހުން ފާޅުކުރިއެވެ. ބައްޕަގެ އޯގާވެރި ބަސްތަކުން އަހަރެންނަށް ކުރިއަށް ވުރެށް ބާރަށް ރޮއި ގަނެވުނެވެ. “ހިނގާ ދާން.. ބޭސް އަޅަންޖެހޭނެއެއްނު..” ބައްޕަ އަހަރެންގެ އަތުގައި ހިފައިގެން ގެންދިޔައީ ޑޮކްޓަރު ކައިރިއަށެވެ. އަތުގައި ބޭސް އަޅަމުން ދިޔައިރުވެސް އަހަރެންނަށް އިރު އިރުކޮޅާ މަންމަ ރޮނީ ކީއްވެތޯ ސުވާލު ކޮއްލެވެއެވެ.. އެހެންނަމަވެސް ބައްޕައެއަށް ޖަވާބުނުދެނީ ކީއްވެ ކަމެއް އަހަރެން ވިސްނާ ވިސްނާ ނޭނގުނެވެ.

މަގުމައްޗަށް ނިކުމެވުމާއެކު އަހަރެންނަށް ދެފަރާތް ބަލާލެވުނެވެ. “ދަރިފުޅާ މާލެއޭ މީ.. ރީތިތަ.. މީހުން ގިނައީ ދޯ..މިއީ އޭޑީކޭ ހިސްޕިޓަލް އިނގޭ” ބައްޕަ އަހަރެންނަށް ބަލާލަމުން މަޖާވެފައި ވާހަކަ ދެއްކީ އަހަރެން ހިތްހަމަ ޖައްސައިދޭންކަން އަހަރެންނަށް އެނގުނެވެ. އަހަރެން އެސުވާލަށް ޖަވާބުނުދީ ދޮންބެއަށް ވީކީއްތީ އަހާލީމެވެ. އެހެން ނަމަވެސް ބައްޕަ އަޑުއިވޭކަމަށް ހަދާނުލިއެވެ. ހޮސްޕިޓަލް އިން ގެއަށް އައި މަގުމަތީގައިވެސް އަހަރެންގެ ސުވާލުތަކާ ބައްޕަ ކުރިމަތިލިއެވެ. ކޮންމެ ފަހަރަކު ޖަވާބުނުދީ އެހެން ވާހަކައެއް ފައްޓަނީ އަހަރެންނަށް އޮޅުވާލަންކަން އަހަރެންނަށް އެނގެއެވެ. އަހަރެން އެކަނި އެ ކޮޓަރީގައި ބާއްވާފައި މަންމަ އެތާގައި ހުރީ ކީއްވެ ހެއްޔެވެ. މަންމަ ގިސްލާފައި ރޮމުން ދިޔައީ އަހަރެން ބަލިވީމައި ހެއްޔެވެ. އެކަމަކު މަންމަ އަހަރެންނާއެކު ގެއަށް ނައީ ކީއްވެހެއްޔެވެ. ހައްތަހާވެސް ޖަވާބު ނުލިބޭ ސުވާލުތަކެވެ.

ގެއަކީ އާދައިގެ ގެއެކެވެ. ވަންނަ ދޮރާށި ކައިރިއަށް ވެލި އަޅާފައި ހުރުމުން ރަށުގައި އުޅެމުން އައި ގެއާ ނުލާހިކު ވައްތަރެވެ. ވަށައިގެން މާގަސްތަށް ހައްދާފައިވާއިރު ދެކޮޅަށް އަހަރެންނަށް ބަލާލެވުނެވެ. ރީތި ގެއެކެވެ. ފަރީޝައްތަ ދޮރުހުޅުވާލުމުން މިއީ ފަރީޝައްތަގެ ގެ ކަމަށް ބައްޕަ ބުންޔެވެ. ބައްޕަ އަހަރެން ގެއަށް ގެނައުމުން ފަރީޝައްތަ އަހަރެން ރީތިކޮއްދީ ހެދުވިއެވެ. ސިޓިން ރޫމްއަށް ނިކުތް އިރު ބައްޕަ އަހަރެންނަށްދޭން ނޫޑުލްސް ތައްޓެއް ހިފައިގެން ހުއްޓެވެ. “ދަރިފުޅާ އާދޭ ކާން.. ބައްޕަގެ ދޫނި ކޭމަ ހުރިހާކަމެއްވެސް ރަނގަޅުވާނެ” ބައްޕަ އެހެން ބުނުމުން އަހަރެން ބައްޕަކައިރިއަށް ދިޔައީ ބައްޕަ އެބުނީ ތެދެއްކަމަށް ވިސްނައިގެނެއް ނޫނެވެ. އަހަރެން ސޯފާގައި އިށީނުމުން ބައްޕަ ވަރަށް ލޯބިން އަހަރެންނަށް ކާންދޭން ފެއްޓިއެވެ. “ތުއްތޫ.. ކޮބާ ދޮންބެ” ތުއްތު ކޮޓަރިން ނިކުތްތަން ފެނި އަވަސް އަވަހަށް އަހަންނަށް އަހާލެވުނީ ދޮންބެ ނުފެނުމުންނެވެ. “ދޮންބެ ކޮބާހޭ.. ޖިއާ ކީއްކުރަން ކޮންމެހެން ދޮންބެ ތިހޯދަނީ.. ޖިއާ އާހެދި ދޮންބެ އެއޮތީ ހޮސްޕިޓަލްގައި.. އަދިވެސް ހޭނާރާ.. ކޮންމެހެން ދޮންބެ ހޯދަން އުޅޭނެކަމެއްނެތް.. ދެން ބައްޕަ.. ބައްޕަ ކީއްކުރަން މީނަ މިގެއަށް ތިގެނައީ.. ހޮސްޕިޓަލްގައި ބާއްވާފައި އައިނަމަ.. އެހެން ނޫނަސް ހޮސްޕިޓަލުން ހޮވި މީހެއް އެތާ ބޭއްވިޔަސް އެއްޗެކޭ ބުނާނެ މީހަކު ނުހުންނާނެ..” ތުއްތު ހުރިހާއެއްޗެއް ކީއިރުވެސް އަހަރެން ހުރީ ކަނުލައި އަޑުއަހާންށެވެ. ދެންފެނުނީ ބައްޕަ ތުއްތު ކޯތާފަތުގައި ޖެހިތަނެވެ. އަނެއްކާވެސް އަހަރެންނަށް ރޮވެންފެއްޓުނީ ތުއްތު ބުނި އެއްޗަކާ މެދުގައި ވިސްނާލުމުންނެވެ. ދޮންބެއަށް އަހަރެން އެއްވެސް ގޮތެއް ނަހަދަމެވެ. ދެން އަހަރެންނާ ހެދި ދޮންބެ ހޮސްޕިޓަލުގައި އޮންނަން ޖެހުނީ ކީއްވެ ހެއްޔެވެ. “ޝާމިނު ތިދާތާކަށް ދޭ.. ތިވައްތަރަށް ވާހަކަ ނުދައްކާށެ އަހަރެންނަށް ބުނެވުނު އަދަދު ނޭނގެ.. ދޭ..” ބައްޕަ ތުއްތުއާއި ދިމާލަށް އެއްޗެހި ކިޔުމުން ތުއްތުގެ ރުޅިވެރި ނަޒަރު އަނެއްކާވެސް އަހަރެންނަށް އަމާޒުވިއެވެ. ވައްކަޅިން ބަލާލި ގޮތުން އަހަރެން ބިރުގަތެވެ. ތުއްތު އަހަރެންދެކެ ރުޅި އަންނަންވީ ކީއްވެ ހެއްޔެވެ. އަހަރެންގެ ގިސްލުމުގެ އަޑުއިވި ބައްޕަ އަހަރެންގެ ގައިގައި ފިރުމާލީ އަޅާނުލުމަށް ބުނެއެވެ. އަހަރެން ހިތްފުރޭވަރަށް ބައްޕަގެ އުނގުގައި އޮވެ ރުއީމެވެ.

މުޅިގެ ހުސްކޮށް އޮތްއިރު ބިރުވެރި ފިލްމު ތަކުން ދައްކާކަހަލަ ގެއަކާއި ތަފާތެއް ނެތެވެ. މީހެއްގެ އަޑެއް ބަޑެއް ނީވޭއިރު އެއްޗެއްތެޅިލާ އަޑެއްވެސް ނީވެއެވެ. އިރުއޮއްސޭން ކައިރިވެފައި ވުމުން ދުނިޔެމަތި ފެންނަނީ އަނދިރިކޮށެވެ. އަހަރެން ދުވެފައި ދިޔައީ ފަރީޝައްތަ ކޮޓަރިއަށެވެ. އެއީ ފަރީޝައްތަ ނޫން އެހެން އެންމެންވީ ހޮސްޕިޓަލްގައި ކަމުންނެވެ.

“އަހަން ޖިއާ…. އެކަނިވެގެންދޯ.. ބަނޑުހައިވޭތަ” ފަރީޝައްތަ އެއްއަތް އަހަރެންނާ ދިމާލަށް ދިއްކުރަމުން އަންނާށޭ ބުނެލިއެވެ. “ނޫން.. ބަނޑުހައި ނުވޭ.. އެކަމް ބިރުގަނޭ.. ފަރީޝައްތާ.. މީ.. ދޮންބެއަށް ކިހިނެއްވީ.. އެއީ ކޮއްކޮއާއި ހެދިތަ..” އަހަރެން ދޮންބެއަށް ވީގޮތް ބަލަން ކޮންމެހެންވެސް ބޭނުންވިއެވެ. އެއީ މަންމައާއި ބައްޕަ ފިޔަވައި ދެން އަހަރެން ދެކެ ލޯބިވަނީ ދޮންބެ ކަމަށް ވެފައިވާތީއެވެ. “ޖިއާ ކޮއްކޮއަށް ނޭނގޭތަ… ހަނދާން ވޭތަ ދޮންބެ އަކުނިވަޔަށް ދަމާތީ މޫދަށް ނޭރޭށޭ މަންމަ ބުނި ހަނދާން.. ދެން ޖިއާ ފެތޭތަން ފެނިފަ ދޮންބެ ދުއްވައިގަތީ ކޮއްކޮ ސަލާމަތް ކުރަން.. އެކަމް ވަކި ހިސާބަކަށް ދިޔަތަނުން ކޮއްކޮގެ ބޮލުން ކަންނޭގެ ދޮންބެ ނޭފަތުގައި ޖެހުނީ.. ދެން ހަމަ އެގަނޑީގައި ދޮންބެ އަކުނިވަޔަށް ދަމަން ފެށީ.. އޭރުވެސް ދޮންބެ ނޭފަތުން ލޭއާދޭ.. ކިރިއާ ފަރީޝައްތައަށް ޖިއާކޮ އަތު ހިފުނީ.. ދެން ދޮންބެ ނަގަން އަވަހަށް ތުއްތު އައީ.. ދޮންބެއާއި ޖިއާ ގޮވައިގެން ފަރީޝައްތަމެން މާލެ އައިސް އޭޑީކޭ ހޮސްޕިޓަލްއަށް ދިޔައީ.. ދޮންބެ ސިކުންޑިއަށް ލޭއެޅިފަޔޯ ޑޮކްޓަރުބުނީ.. އެހެންވެ ހޭނާރަނީ.. އެކަމަކު އިރާދަކުރެއްވިއްޔާ ދޮންބެ ރަނގަޅުވާނެ..” ފަރީޝައްތަ ހުރިހާ ވާހަކައެއް ކިޔާދިނުމުން އަހަރެންނަށް ރޯންފެއްޓުނެވެ. ދޮންބެއަށް ހާދަ ތަދުވާނެއެވެ. “ޖިއާކޮގެ މިތަނުން ޖެހުނީ.. ތުއްތު ޖިއާކޮ ދެކެ ރުޅިއައީ އެހެންވެ ދޯ” އަހަރެން އަތުގެ އުޅަނބޮށި ދައްކަމުން ފަރީޝައްތަ ކައިރިން އަހާލީމެވެ. “ނޫނޭ.. ތުއްތު ހާސްވެފައި ހުރުމުން އެހެންވީ.. އެކަމާ ނުވިސްނައްޗޭ” ފަރީޝައްތަ އަހަރެންގެ ފަންއިސްތަށި ގަނޑުގައި ފިރުމާލަމުން ބުނެލިއެވެ.

މުޅިތަން ވަނީ ހަލަބޮލިކޮއްލާފައެވެ. ހޮސްޕިޓަލަކީ އަބަދުވެސް އަހަރެން އަންނަން ވަރަށް ފޫހިވާތަނެކެވެ. ދުވާ ނުބައިވަހާއި މީހުން ގިނަކަމުންނެވެ. އަހަރެން ގޮވައިގެން ބައްޕަ ދިޔައީ ދޮންބެ ދައްކާލުމަށެވެ. ދޮންބެ ނުފެންނަތާ މިހާރު ތިން ދުވަސް ވެދާނެއެވެ. އަހަރެން ހުރީ ދޮންބެ ކައިރިއަށް އާދެވޭތީ ނުހަނު އުފާވެފައެވެ. ދުރުގައި ހުރި މަންމައާއި ތުއްތު ފެނި އަހަރެންގެ ހިނިތުންވުން ފިލާދިޔައެވެ. މަންމަ ކުރިއެކޭވެސް އެތްގޮތަށް އިރު އިރު ކޮޅާ ކަރުނަފުހެލަނީ ދޮންބެއޮތް ކޮޓަރިއާ ދިމާލަށް ބަލަމުންނެވެ.

“މަންމާ.. މަންމަ ނުރޮއިބަލަ.. ކޮއްކޮ ވަރަށް ދެރަވޭ..” މަންމަގެ އުނަގަނޑުގައި ބައްދާގަންނަމުން އަހަރެން ބުނީމެވެ. ތުއްތު ރުޅިވެރި ނަޒަރަކުން އަހަރެންނާ ދިމާލަށް ބަލާލުމަށް ފަހުން އެތަނުން ދިޔައީ އަހަރެން ހުރީމަކަށް އަހަރެންނަށް ވިސްނުނެވެ. “ދަރިފުޅާ ކައިގެންތަ ތިއުޅެނީ.. މަންމަގެ ދަރިފުޅު ނުކައި ނުހުންނައްޗޭ.. އޭރުން މަންމަ ވަރަށް ދެރަވާނެ..” މަންމަވެސް އަހަރެންގައިގައި ވަރަށް ލޯބިން ބައްދާލަމުން ބުންޔެވެ. އަހަރެން ބޯޖަހާލީ މަންމަ ދެރަވާނެ ކަމެއް ނުކުރާނެ ކަމަށް ބުނަމުންނެވެ.

“ދަރިފުޅާ ޖިއާ.. ދޮންބެ ކައިރިއަށް ދާންބޭނުންތަ” އަހަރެން އަވަސް އަވަހަށް ބޯޖަހާލީ ދޮންބެއާ ބައްދަލުކޮއްލާ ހިތްވެފަ އިންލެއް ބޮޑުކަމުންނެވެ. ދޮންބެއޮތް ތާގައި ހުރެވެނީ އެކަކަށް ކަމުން އަހަރެން ބަހައްޓާފައި ބައްޕަ ދިޔައީ އެތާގައި ހުރި އެއްވެސް އެއްޗެއްގައި އަތްނުލަން ބުނަމުންނެވެ. “ދޮންބޭ” މަޑުމަޑުން ދޮންބެގެ އަތް އަހަރެންގެ އަތުތެރެއަށް ލަމުން އަހަރެން ވަރަށް ލޯބިން ދޮންބެއަށް ގޮވާލީމެވެ. “ދޮންބޭ.. ދޮންބޭ.. ދެން ތެދުވެބަލަ.. ދޮންބެއަށް ވަރަށް ތަދުވޭތަ.. ކޮއްކޮއަށް ސޮރީ.. ދެން ނުހަދާނަން އެހެނެއް.. ޕްލީސް ދޮންބޭ ހޭލަބަލަ.. ތުއްތުވެސް ކޮއްކޮ ދެކެ ވަރަށް ރުޅިއައިސްފަ ހުންނަނީ.. ދޮންބެ ނެތިއްޔާ ކޮއްކޮއާއެކު ކުޅޭނެ މީހެއްވެސް ނުހުންނާނެ.. ކޮއްކޮ ފިލާވަޅުވެސް ބުނެދޭނީ ކާކު.. ދޮންބޭ.. ދެން ތެދުވެބަލަ.. ކޮއްކޮ މޫދަށްވެސް ދެން ނޭރޭނަން އައި ޕްރޮމިސް..ދޮންބޭ” ދޮންބެގައިގައި ކޮއްޓަމުން އަހަރެން ދޮންބެ ކުރެން އާދޭސް ކުރަމުން ދިޔާމެވެ. އޭރު ހަމަ ރަނގަޅަށްވެސް ގިސްލަ ގިސްލާފައި އަހަރެންނަށް ރޮވެމުން ދިޔައެވެ. “ދަރިފުޅާ ތީ މަނާކަމެއް.. އަވަހަށް ހިނގާ ދާން.. ބައްޕަ ބުނީމެއްނު ތިގޮތަށް ނޫޅޭށޭ.. އޭރުން ދޮންބެވެސް ކިހާ ދެރަވާނެ..” ބައްޕަ އަހަރެންނަށް ނަސޭހަތްލާދެމުން ދިޔައިރުވެސް އަހަރެންނަށް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެވުނެވެ. ދޮންބެ އޮތްގޮތް ފެނުމުން ހަމަ ހިތުގަޖެހެނީއެވެ. އެ ކަސްރަތީހަށިގަނޑުގައި ނުގުޅާކަށް އެއްޗެއް ނޯންނާނެއެވެ. ބޮލަށް ފާޑެއްގެ އެއްޗެއް މަހާފައިވާއިރު އޭގައިވެސް ބައިވަރު ވާތަކެއް ހުއްޓެވެ. ދޮންބެ ނޭވާލާއަޑު ދެންމެ ދެންމެ އިވޭހެން އަހަރެންނަށް ހީވެއެވެ.

ކުއްލިއަކަށް ފެނުނީ މުޅިތަން ހަލަބޮލިކޮއްލިތަނެވެ. ޑޮކްޓަރުންނާ ނަރުހުން ދޮންބެއޮތް ކޮޓަރިއަށް ޖަމާވާތަނެވެ. އަހަރެމެން އެންމެން ތިބީ ވާނުވާގައެވެ. ދެންމެ ދޮންބެ ކައިރިއަށް އަހަރެން ވަންއިރު ދޮންބެ އޮތީ ރަނގަޅަށެވެ. ދޮންބެއަށް ވީކިހިނެއްކަން ނޭނގޭ ހާލު އެންމެންވެސް ތިބީ ހާސްކަން މަތީގައެވެ.

“ޖިއާ.. ޖިއާ ދޯ އެންމެ ފަހަށް އެތަނަށް ވަނީ.. ބުނޭ ބުނޭ ކީއްކޮއްފަ ތިއައީ” ތުއްތު އަހަރެންގެ ދެކޮނޑުގައި ހިފައި ތަޅުވަމުން ދިޔައެވެ. ތުއްތުގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ފެނި އަހަރެންނަށް އިސްޖަހާލެވުނީ ކުއްވެރިއެށް ފަދައިންނެވެ. “ޝާމިން.. ކޮންކަމެއްތީ.. ޖިއާ ހުރީ ބައްޕައާ އެކީގައި.. އޭނަ ކަމެއް ކުރި ނަމަ ބައްޕައަށް ފެންނާނު..” ބައްޕަ ތުއްތުއަށް ވިސްނާދެމުން ދިޔައެވެ. އެއްފަހަރާ އެންމެންނަށް ބަލާލެވުނީ އައިސީޔޫގެ ދޮރުހުޅުވާލައިފައި ނިކުތް ޑޮކްޓަރަށެވެ. ” ޑޮކްޓަރ އަޅުގަނޑުގެ ދަރިފުޅު” ބައްޕަ ދިޔަގޮތަށް އެންމެ ފުރަތަމެވެސް ޑޮކްޓަރަ ސުވާލުކޮއްލިއެވެ. “އައި އެމް ސޮރީ.. ޝާނު ގެނައި އިރުވެސް ވަރަށް ހާލު ދެރަ… ދެންމެ ލޭ ޕްރެޝާރ ހައިވެގެން ގޮސް ހިތް ހުއްޓުނީ.. އައި އެމް ރިއަލީ ސޮރީ.. އައި ރިއަލީ އެމް” ބައްޕަގެ ކޮޑުގައި ޖަހާލަމުން ޑޮކްޓަރު އެހެން ބުނިއިރު ބައްޕަ ރޯއަޑު އަހަރެންނަށް އިވެމުން ދިޔައެވެ.

“ބައްޕާ.. ބައްޕާ.. ދޮންބެ އަށް ކިހިނެއްވީ.. ދޮނބެ ނާންނާނެތަ ދެން” ބައްޕަ ޖަވާބެއް ނުދިނުމުން ގޮނޑިތަށް ކައިރީގައި ދެކަކޫ މައްޗަށް ތިރިވެ އިން މަންމަ ކައިރިއަށް އަހަރެން ދިޔާމެވެ. “މަންމާ މަންމާ… ދޮންބެ ދެންނާންނާނެތަ” ރޮމުން އަހަރެންނަށް އެހެން އަހާލެވުނީ މަންމަ ކޮޑުގައި ހިފައި ތަޅުވަމުންނެވެ. އަހަރެންނަށް ކުއްލިއަށް ފަހަތަށް ޖެހެވުނީ މަންމަ ބަންލާފައި އަހަރެންގެ ކޯތާފަތުގައި ޖެހުމުންނެވެ. ޔަގީން ނުވެފައި އަހަރެންނަށް މަންމައާދިމާލަށް ބަލަން ހުރެވުނެވެ. “ދޮންބެ ނާންނާނެހޭ.. މިހުރިހާ ކަމެއްގެ މެދުވެރިއަކީ ކަލޭ.. މަގޭ ދަރި މިދުނި ދޫކުރީ ކަލޭގެ ސަބަބުން.. މަގޭ ކުރިމަތިން ދުރައްދޭ.. މިބުނީނު.. އަޑެއްނީވޭތަ” މަންމަގެ ހަރު ބަސްތަށް އަޑުއެހި މީ ފުރަތަމަ ފަހަރެވެ. އިހްތިޔާރަކާ ނުލައި އަހަރެންގެ ލޮލުން ކަރުނަ ފައިބައިގަތެވެ.

ނުނިމޭ…

 

6
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

kamana

Other Articles

Previous

އަނިޔާ… 18 ވަނަ ބައި

Next

މިއީ ތަޤްދީރު ހޭ؟ ( ބާރަވަނަ ބައި)

Next
December 26, 2015

މިއީ ތަޤްދީރު ހޭ؟ ( ބާރަވަނަ ބައި)

Previews
December 26, 2015

އަނިޔާ… 18 ވަނަ ބައި

14 Comments

  1. kamana says:
    December 26, 2015 at 7:30 pm

    hope u guyx will like this part too.. thnk u and lov u :*

  2. Maalu says:
    December 26, 2015 at 7:43 pm

    Vrh vrh vrh vrh reethi…….. 😀

  3. misty says:
    December 26, 2015 at 7:48 pm

    Varah reethi. When next part??

  4. afy says:
    December 26, 2015 at 7:53 pm

    Maashaa allah vv reethi mi bai ves. Dheravegen kiriyaa nurovuny??.. all the best. Next part avahah up kohdhehchey

  5. mice says:
    December 26, 2015 at 8:23 pm

    varah reethi mi bai vex…. nxt part avaha up kodeathi… plxx…. n jia aki fareeshaage dharieh dhoa??? luv the way this stry ix going….. curiously waiting to why jia’s mom slaped and shouted at her……

    1. kamana says:
      December 27, 2015 at 7:29 am

      Thankx alot. Heheh letx c dhw. Thank u

  6. Faxoo says:
    December 26, 2015 at 8:48 pm

    wow! maShaAllah… varah reethi 🙂 and so sad… shaan maruvy dhw. haadha dheraeyyyy! 🙁
    waiting for the next part…

    1. kamana says:
      December 27, 2015 at 7:30 am

      Yea shaan maruvy. Yes wanted to make this part sad. Thank u faxoo ?

  7. Eyesh says:
    December 26, 2015 at 9:59 pm

    Alhey v v v reethi mi part ves… and its really heart touching ingey ? best of luck kamana. Cant wait for the next part ?

    1. kamana says:
      December 27, 2015 at 7:34 am

      Thank u so much for liking this part. Hope u will wait for the nxt part too ?

  8. Sissy says:
    December 26, 2015 at 11:11 pm

    Vrh reethi

  9. kamana says:
    December 27, 2015 at 7:02 am

    Thank u guyxxx so happii to knw tht u guyx liked this part. ??

  10. Zaanaa says:
    December 27, 2015 at 8:46 pm

    Khon rerakun aneh part genesdenee

  11. kamana says:
    December 27, 2015 at 10:41 pm

    Madhama insha allah ?

Comments are closed.

All Right Reserved!