އަނިޔާ.. 19 ވަނަ ބައި
ފާހަނައިން ނިކުން އިރު ސިކުނޑިއަށް ކޮންމެވެސް ވަރެއްގެ އަރާމެއް ލިބިފައިވާ ކަހަލައެވެ. އެހާ ފިނި ފަތިހެއްގައި ފެންވަރާލުމުން މީހާވަނީ ވަރަށް ބޮޑަށް ފިނިވެފައެވެ. ފެންވަރައިގެން ނިކުމެ ރީތި ވެލީމެވެ. އަދި ސައިކަލަށް އަރާ މިޝްކާ އުޅޭ އެޕާޓްމެންޓްއާއި ދިމާލަށް މިސްރާބު ޖެހީމެވެ.
އަހަރެން އޭނަ ކައިރީގައި އަދި އަންނާނަމޭ ބުނި ހަނދާން ވެގެންނެވެ. ނަމަވެސް މިގަޑީގައި އަޔާޒް އުޅޭނެ ކަންނޭގެއެވެ. އެހެންވިޔަސް ކީއްހެއްޔެވެ. އަހަރެން މިދަނީ ޕްރޮމިސްއެއް ވެވިފައިވާތީ އެކަން ފުއްދާށެވެ. އެހެންކަމުން ސައިކަލް ޕާކް ކޮށްލުމަށްފަހު މިޝްކާ އުޅޭ އެޕާޓްމެންޓަށް އަރައިފީމެވެ. އަދި އެބައިގެ ދޮރުގައި ޓަކި ޖަހާލީމެވެ. ދެތިން ފަހަރަކު ޓަކި ޖަހާލުމަށްފަހު ބެލް އަށް އޮއްބާލީމެވެ. ދެފަހަރަކު ބެލް އެޅިފަހުން ދޮރު ހުޅުވާލިއެވެ. ދޮރުމަތީގައި ހުރި މިޝްކާ އޭރުވެސް ދިޔައީ އަރިއަރިއަށެވެ. އަހަރެންނަށް އަނގަ ހުޅުވާލެވުނެވެ. “އޯހް.. އާދެވުނީ ދޯ” މިޝްކާ ވާހަކަ ދެއްކިއެވެ. އަހަރެން މިޝްކާގެ އަތުގައި ހިފެހެއްޓީމެވެ. “މިޝް ކިހިނެއްވީ.. ހާދަ ގަދައަކަށް ބޭނުން ކޮށްގެން” އަހަރެން ބުނެލީމެވެ. “ކަލެއަށް ކީއް… ކަލޭ ތީ ކާކު… މިރޭ އެއްވެސް އެއްޗެއް ނުލިބޭނެ” އަހަރެންގެ އަތްފޮޅާލަމުން މިޝްކާ ދުރަށް ޖެހުނެވެ. އެވަގުތު ފަހަތަށް މިޝްކާ ނުވެއްޓުނީ ކިރިޔާއެވެ. “ކަލޭވެސް ބޭނުންވަނީ އަހަރެންގެ ފަރާތުން އަރާމް ދޯ… އާދޭ އަވަހަށް” މިޝްކާއަށް ވާހަކަ ދެއްކިއެވެ. އަހަރެން އެތެރެއަށް ވަންނަމުން ދޮރު ލައްޕާލީމެވެ. “މިޝް ދޮންބެ ކޮބާ… އެއްވެސް މީހެއް އެބަ އުޅޭތަ” އަހަރެން ބޭނުންވީ އަޔާޒްގެ އެހީއާއި އެކު މިޝްކާ ހިފަހައްޓާށެވެ. “ދޮންބެ…. ނޫޅޭ… އާދޭ… އަހަރެންގެ.. ކައިރިއަށް” މިޝްކާ އުދަގޫ ކަމާއި އެކު ވާހަކަ ދެއްކިއެވެ. އަހަރެން ސިޓިންރޫމް ތެރެއަށް ބަލާލީމެވެ. ސޯފާ ކައިރީގައި ހުރި ކުޑަ މޭޒުމަތީގައި އެއްޗެއް ހުރުމުން އަހަރެން އެއާއި ކައިރިވެލީމެވެ. އަދި އަތުން އެއީ ކޮންއެއްޗެއްތޯ ބަލާލީމެވެ. ހަކުރުގެ ދެޕެކެޓް އޮތް އިރު އެއްފެކެޓް ކަނޑާލާފައި މޭޒު މައްޗަށް އަޅާލާފައި ހުއްޓެވެ. އަދި އެތަނުގައި ލައިޓަރެއް ވެސް އޮތެވެ. އަހަރެންނަށް ދެފަރާތަށް ބޯހޫރާލެވުނެވެ.
“ކަލޭ.. އާދޭ” މިޝްކާ އަހަރެންނާއި ދިމާލަށް ބަލާލަމުން އިނގިލިން އައުމަށް ބުނެލިއެވެ. “މިޝް.. އިޓްސް މީ… ޝާމް… އާދޭ ފެން ފޮދެއް ބޯލަން” އަހަރެން އަލަމާރިން ފެން ފުޅިއެއް ނަގަމުން މިޝްކާއާއި ދިމާލަށް ބަލާލަމުން ބުނެލީމެވެ. “އޯހް… ޝާމް… އެހެން މީހުނަށް ވުރެއް ތަފާތު މީހާ… ކީއްވެ އަހަރެން ދެކެ ލައިކް ނުވަނީ” އަހަރެން މިޝްކާގެ އަތުގައި ހިފާލަމުން ކައިރިއަށް ޖައްސާލީމެވެ. އަދި ފެންފުޅިން ފެންފޮދެއް އޭނަގެ އަނގަޔަށް އަޅާލީމެވެ. އެވަގުތު އަހަރެންގެ މޭމަތީގައި ފިރުމާލަމުން މިޝްކާ ބުނެލިއެވެ. “މިޝް” މިޝްކާގެ އެއަމަލުން އަހަރެންގެ ހިތުގައި އެހެން ތޫފާނެއް އުފެދިދާނެތީ މިޝްކާގެ އަތް ދުރުކޮއްލީމެވެ. “ޝާމް.. އަހަރެން މިހުރީ ނުން.. އާދެބަލަ.. އަހަރެން ޝާމް ބޭނުން ގޮތަކަށް ހަދައި ދޭނަމޭ… ބޭނުން ގޮތަކަށް… އާދެބަލަ… އަހަރެންގެ އެއްޗެހިވެސް ނުލާހިކު ރީތި ވާނެ” މިޝްކާ ބުނެލިއެވެ. އޭރު މިޝްކާ ހުރީ އަހަރެންގެ ގަމީހުގައި ހިފަހައްޓައިގެންނެވެ. އެގޮތަށް ވާހަކަ ދައްކަން ފެށުމުން އަހަރެންނަށް އުދަގޫވާން ފެށިއެވެ. އެހެންކަމުން މިޝްކާ ދުރަށް ޖައްސާލީމެވެ.
“ބަލާބަލަ… ކިހާ ރީތި” ދުރަށް ޖައްސާލުމާއި އެކު މިޝްކާ ލައިގެން ހުރި ޓީޝާޓް މައްޗަށް ހިއްލާލަމުން ބުނެލިއެވެ. އަހަރެންނަށް ދެލޯ މަރާލެވުނެވެ. އަދި އަނެއްފަރާތަށް މޫނު އަބުރާލެވުނެވެ. މިޝްކާ ހުރީ ހަމަހޭގައެއް ނޫނެކެވެ. އޭނަ ކޮންމެފަދަ ކަމެއްވެސް ކޮންފާނެއެވެ. އޭނަ އިތުރު ކަމެއް ކުރުމުގެ ކުރިން އަހަރެން އޭނަ މައިތިރި ކުރަން ޖެހޭނެއެވެ. “މިޝް” އަހަރެން މިޝްކާއަށް ގޮވާލީމެވެ. އޭރު މިޝްކާ ފްރިޖް ހުޅުވާލާފައި ބިއަރު ދަޅެއް ނަގަނީއެވެ. “ނޫން ނޫން… ޔޫ ހެޑް އިނަފް” އޭނަ އެދަޅު ކަނޑައިގެން އެއްފަހަރު ބޯލުމާއި އެކު އަހަރެން އެދަޅު އަތުލީމެވެ. “ޝާމް ކީއްވެ އެއްވެސް އެއްޗެއް ނުބޮނީ” އަހަރެން އެދަޅު އަތުލުމާއި އެކު މިޝްކާ އަހަރެންގެ ކޮނޑަށް އަތް ވައްޓާލަމުން އަހާލިއެވެ. “ވަޓް ޔޫ މީން” ދަޅު ފްރިޖް މަތީގައި ބަހައްޓާލަމުން އަހަރެން އަހާލީމެވެ. ” ޔޫ އާ ސޯ ޑިފަރެންޓް ފްރޮމް އަދާސް…. ވައި.. އަޅެ އޭގެން އެތިކޮޅެއް ބޯލަބަލަ” ދަޅުގައި އަތްޖެހޭތޯ ބަލަމުން މިޝްކާ ބުނެލިއެވެ. އެވަގުތު އަހަރެން މިޝްކާ ނަގާ އަހަރެންގެ ކޮނޑުމައްޗަށް ލީމެވެ. “ނޯ އައި އޭމް ނޮޓް ސޯ ޑިފަރެންޓް” އެހެންބުނެލަމުން މިޝްކާ ގޮވައިގެން އޭނަގެ ކޮޓަރިއަށް ވަނީމެވެ. އަދި އެނދުމަތީގައި ރީއްޗަށް މިޝްކާ ބާއްވާލީމެވެ. އަދި ތެދުވަން އުޅެނިކޮށް މިޝްކާ އަހަރެންގެ އަތަށް ދަމައިގަތެވެ.
އަހަރެން ހުރީ އެކަމަށް ވިސްނައިގެން ނޫން ކަމުން އަހަރެން ވެއްޓެން ދިޔައީ މިޝްކާގެ ގައިމައްޗަށްށެވެ. ނަމަވެސް އަހަރެންގެ އަތް އެނދުގައި ޖައްސާލީމެވެ. އޭރު އަހަރެންނަށް އޮވެވުނީ މިޝްކާގެ މޫނާއި ނުލާހިކު ކައިރީގައިއެވެ. އަހަރެން އެނދުގައި އަތްޖެއްސި ނަމަވެސް އަހަރެންނަށް އޮވެވުނީ މިޝްކާގެ ގައިމަތީގައެވެ. އަހަރެން ތެދުވުމަށް އުޅެން ފެށުމުން މިޝްކާ އޭނަގެ އަތް އަހަރެންގެ ކަރުގައި ވަށާލިއެވެ. “ޝާމް ޕްލީޒް ޑޯންޓް ލީވް މީ” ދެލޯމެރެމުން ދިޔަ މިޝްކާ ބުނެލިއެވެ. އަހަރެން މިޝްކާގެ މޫނާއި ދިމާލަށް ބަލާލީމެވެ. އެދޮން މޫނުމަތިން ފެންނަމުން ދިޔައީ މައުސޫމްކަމެވެ. ދެލޯމެރިފައި އޮތްއިރު އަހަރެންގެ ހިތް އެދެމުން ދިޔައީ އެހަށިގަނޑުގައި ފިރުމާލުމަށެވެ. އަހަރެން އަތުން މަޑުމަޑުން މިޝްކާގެ މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު އެއްފަރާތް ކޮއްލީމެވެ.އަދި އަތުން މަޑުމަޑުން ކޯތާފަތުގައި ފިރުމާލީމެވެ. ނަމަވެސް އެވަގުތު އަހަރެންނަށް އަހަރެންގެ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރެވުނެވެ. އެހެންކަމުން މިޝްކާގެ އަތް ނައްޓާލުމަށްފަހު އެނދުގައި އިށީދެލީމެވެ. އަދި މިޝްކާއާއި ދިމާލަށް ބަލާލަމުން ހިނިތުންވެލީމެވެ.
އަހަރެން ތެދުވެ ކޮޓަރި ތެރެއަށް ބަލާލީމެވެ. އޭރުވެސް އިރާކޮޅުގައި ވީކަންތައްތަކުގެ ނިޝާން އެކޮޓަރި ތެރެއިން ފެންނަން ހުއްޓެވެ. އެއްފަރާތު ފާރުގައި ކައިރީގައި ބަހައްޓާފައި ހުރި ޑްރެސިން ޓޭބަލް މަތީގައި ހުރި ހުރިހާ އެއްޗެއްވަނީ ކޮޓަރިތެރޭގައެވެ. އަދި ފާހަނަ ކައިރީގައި ބަހައްޓާފައިހުރި ދާބިނުގެ ހުރި ހުރިހާ އެއްޗެއްވަނީ އެތަނަށް ވަރާލާފައެވެ. އެނދުގައި އެންމެ ބާލީހެއް ފިޔަވައި އިތުރު އެއްޗެއް ނެތެވެ. އަހަރެން މަޑުމަޑުން ކޮޓަރިތެރޭގައި ހުރި ބާލިސްތަށް އެނދުގައި ބަހައްޓާލީމެވެ. އަދި ދުރުގައި އޮތް ފޮތިގަނޑު ގެނެސް މިޝްކާގެ ގައިމަތީގައި އަޅާލީމެވެ. ދާބިނަށް ހުރިހާ އެއްޗެއް ލުމަށްފަހު ކޮޓަރިތެރޭގައި ހުރި ސެންޓް ފުޅިތަކާއި ރީތިވަން ބޭނުން ކުރާސާމާނުތަށް ހޮވާލުމަށްފަހު ޑްރެސިން ޓޭބަލް މަތީގައި ބަހައްޓާލީމެވެ. އަދި މިޝްކާ އާއި ދިމާލަށް ބަލާލީމެވެ. އަދި ކޮޓަރީގައި ހުރި ކުޑަދޮރުން ބޭރު ބަލާލީމެވެ. އަހަރެން އޭނަގެ ބޭނުން ކޮށްގެން އަޔާޒްއާއި ކައިރިވުން އެއީ ރަނގަޅު ކަމެއް ހެއްޔެވެ. އަޔާޒްގެ ކިބައިން ބަދަލު ހިފަން އަހަރެން ބޭނުމެވެ. ނަމަވެސް މިޝްކާ ބޭނުންކުރުން އެއީ ރަނގަޅު ކަމެއް ހެއްޔެވެ. އަހަރެންގެ ހިތް އެކަމާއި އެއްބަސް ނުވެގެން އުޅޭ ސަބަބެއް އަހަރެންނަކަށް ނޭނގެއެވެ. އަނެއްކާ މިޝްކާއަށް އެގޭދުވަހަކުން ވާނީ ކިހިނެއް ހެއްޔެވެ. އޭރުން އޭނަ ވަރަށް ރުޅި އަންނާނެއެވެ. އެކަމަކު އޭގެން އަހަރެންނަށް ވާނީ ކޮން ގެއްލުމެއް ހެއްޔެވެ. އަހަރެންނަށް އަހރެންގެ މަސައްކަތް ކުރެވިދާނެ ނޫން ހެއްޔެވެ. އެކަމަކު މިޝްކާ…. އަހަރެންނަށް އަނެއްކާވެސް މިޝްކާއި ދިމާލަށް ބަލާލެވުނެވެ. އަދި މަޑުމަޑުން އެތަނުން ނިކުތީމެވެ. އަހަރެން އެޕާޓްމެންޓް ނިކުމެ ސައިކަލަށް އަރާ މިސްރާބު ޖެހީ އަހަރެންގެ ކޮޓަރިއާއި ދިމާލަށެވެ.
އަހަރެން ކޮޓަރިއަށް ވަންގޮތަށް މޭޒުމަތީގައި ހުރި ފެން ހޫނުކުރާ އެތި ޖައްސާލީމެވެ. އަދި ކޮފީއެއް ހަދައިގެން އެނދުގައި ޖައްސާލީމެވެ. އަހަރެންގެ މަސައްކަތް ދެން އަނެއްކާވެސް ފެށޭނީ ހެނދުނުގެ އަށެއްގެ ފަހުންނެވެ. އެހެންކަމުން ވަގުތު އޮތުމުން ކޮފީތަށި ބެހެއްޓުމަށްފަހު އެނދުގައި ޖައްސާލީމެވެ. ނިދާކަށް ނޫނެކެވެ. ނަމަވެސް އަހަރެން ކުރަން މިއުޅޭ ކަންތަކާއި މެދުގައި ވިސްނާލުމަށެވެ. އަހަރެން އަޅާ ކޮންމެ ފިޔަވަޅެއް މިމީހުންނަށް އެގެއެވެ. އެހެންކަމުން އެމީހުން ހައްޔަރު ކުރުންވާނީ މަރާއި ކުރިމަތިލުން ކަހަލަ ކަމަކަށެވެ. މިކަމުގައި ގެއްލުންވާނީ އަހަރެންނަށް އެކަޏެއް ނޫނެކެވެ. ހުރިހާ އެންމެންނަށް ގެއްލުންވެސް ވެދާނެއެވެ. އެހެންކަމުން އަހަރެން ނަގާ ހުރިހާ ޑިސިޝަން ނަގަން ޖެހޭނީ ވަރަށް ވިސްނާފައެވެ.
ހެނދުނު ހަތްގަޑި ބައިވީ އަހަރެން ބޭނުންވާ ތަނުގައި ހުއްޓައެވެ. އިރުއިރުކޮޅާ ކުރިމަތިން ފެންނަން ހުރި ގެއަށް އަހަރެންނަށް ބަލާލެވެއެވެ. އަދި އަތުގައި އޮތް ގަޑިއަށްވެސް ބަލާލެވެ. އަހަރެން އެހެން ހުންނަތާ ފަނަރަ މިނެޓް ފަހުން ފިރިހެނަކު ގްރާޖްއިން ކާރު ނެރެ ދޮރުމަތީގައި މަޑުކޮއްލިއެވެ. އަދި އެވަގުތު އެތެރެއިން މީހަކު ކޯޓެއް އަތްމައްޗަށް ލައިގެން އަދި ކުޑަ ސޫޓްކޭހެއް ހިފައިގެން ގެއިން ނިކުތެވެ. އެމީހާގެ ފަހަތުން އޭނަގެ ބޮޑީގާރޑްވެސް ކާރާއި ދިމާލަށް އަންނަން ފެށިއެވެ. އެހެންކަމުން އަހަރެންވެސް އެމީހާއާއި ދިމާލަށް ހިގައިގަތީމެވެ. “ވަކީލް” އަހަރެން ކާރު ކައިރީގައި ހުއްޓެލަމުން ހަށަން ބަދެލަމުން އެމީހާއަށް ގޮވާލީމެވެ. އަހަރެން ގޮވާލުމާއި އެކު ބޮޑީގާރޑް ކުރިއަށް ޖެހިލިއެވެ. “ތިއީ ހުޝާމްގެ ވަކީލްދޯ” އެމީހާގެ މޫނުމަތީން ފެންނަމުން ދިޔަ ހައިރާން ކަމަކަށް އަހަރެން އަޅައެއް ނުލަމެވެ. އޭރުވެސް ބޮޑީގާރޑް ހުރީ އަހަރެންނާއި ވަކީލްއާއި ދެމެދަށް ވަދެއެވެ. އެމިހާ އެހާ ބިރުގަތީ އަހަރެންގެ ސިފަ ހުރިގޮތުން ކަންނޭނގެއެވެ. “އަހަރެންނަކީ ޝާމް… ހުޝާމްގެ ފްރެންޑްއެއް..” އަހަރެންގެ ނަން ބުނުމާއި އެކު ވަކީލް ބޮޑީގާރޑްއަށް އަތުން ދުރަށް ދިއުމަށް ބުނެލިއެވެ. އަހަރެން އަތްދިއްކޮށްލީ ސަލާމް ކޮށްލާށެވެ. “ޝާމްދޯ… ” ސަލާމް ބަލައިގަންނަމުން ވަކީލް ބުނެލިއެވެ. “އަހަރެން ހުޝާމްގެ ކޭސްއާއި ބެހޭގޮތުން ވާހަކަ ދައްކަން ބޭނުން… އައި ނީޑް ފައިވް މިނެޓް” އަހަރެން އެދުނީމެވެ. “އޯކޭ.. އެކަމަކު މިތާކު ނޫން… އަހަރެންގެ އޮފީހުގައި… ކާރަށް އަރާ…” އަހަރެންނާއި ދިމާލަށް އެހެން ބުނެލަމުން ވަކީލް ކާރަށް އެރިއެވެ. އަހަރެންވެސް ކާރަށް އެރީމެވެ. އަހަރެން އިނީ ފަހަތުގައި ސީޓުގައި ވަކީލް ކައިރީގައެވެ. ބޮޑީގާރޑް އިނީ ކުރީގައި ޑްރައިވަރު ކައިރީގައެވެ. ކާރުތެރޭގައި އެއްވެސް މީހަކު ވާހަކައެއް ނުދައްކައެވެ. ނަމަވެސް އަހަރެން އިނީ ވަރަށް އުދަގޫވެފައެވެ. ބޮޑީގާރޑް އަހަރެންނާއި ދިމާލަށް ލޯގަނޑުން ބަލަމުން ދިޔައީ ފުރޭތައެއް ފެނުމުން މީހަކު ބަލާ ވައްތަރަށެވެ. އަހަރެން އެއްފަހަރު ހިނިތުންވެލީމެވެ. ނަމަވެސް ދެން އަހަރެންވެސް އިނީ ބޭރުގެ މަންޒަރުތަކަށް ނަޒަރު ހުއްޓައިލައިގެންނެވެ.
ކާރު ވަކީލްގެ އޮފީސް ކައިރިއަށް މަޑުކޮއްލުމާއި އެކު ވަކީލް ކައިރިން ފޭބިއެވެ. އަދި އަހަރެންނާއި ދިމާލަށް ބަލާލަމުން އެތެރެއަށް އައުމަށް ބުންޏެވެ. ނަމަވެސް އަހަރެންނަށް ދެވުނީ ދޮރާއި ހަމައަށެވެ. އެތަނުގެ ސެކިއުރިޓީ އަހަރެން ހިފެހެއްޓިއެވެ. އެމީހުންނާއި ދިމާލަށް ބަލާލަމުން އެއީ އަހަރެންނާއި އެކު އަންނަ މީހެކޭ ވަކީލް ބުނެލިއެވެ. ދެން ފެށުނީ އެމީހުންގެ ޗެކިންއެވެ. އެއާޕޯޓްގައި ޗެކް ކުރަން ތިބޭ މީހުންނަށް ވުރެއް އެތަށް ގުނައެއް ބޮޑަށްވެސް މިމީހުންގެ ޗެކިން ވޭންގަދައެވެ. އަހަރެންނަށް ވަކީލްގެ ކެބިންއާއި ހިސާބަށް ދެވުނީ ތިން ތަނުން ޗެކް ކުރީމައެވެ. ކޮންމެ މީހަކު އަހަރެން ހުންނަ ސިފައިން އަހަރެންގެ ގައިގައި އަތްލާހިތް ވަނީ ކަންނޭގެއެވެ. އިސްތަށިގަނޑު ދިގުކޮއްލާފައި ލޮލުގައި އަދުން އަޅާފައި ކަންފަތުން ދެތިން ތަން ތޮރުވާފައި އަދި އަތް ފުރެންދެން ޕެކިން އެޅެމުން އެމީހުންނަށް ހީވަނީ ދެން އެމީހަކީ ނުބައި މީހެއް ކަމަށެވެ. އެމީހުންނަށް ފެންނަނީ އަހަރެންވެސް ޓެރަރިސްޓެއްގެ ގޮތަށް ކަންނޭގެއެވެ. އެއްއިރެއްގައިވެސް ޗެކް ކުރުމަކީ އަހަރެން އެހާ ލައިކްވާ ކަމެއް ނޫނެކެވެ. އެހެންކަމުން އަހަރެންނަށް އެތެރެއަށް ވަދެވެންދެން އަހަރެން ހުރީ ހިތްވަރުކޮއްލައިގެންނެވެ. ތުންފަތުގައި ދަތް އަޅާލައިގެން އަތް މުއްކަވާލެވުނީ ކިތައްފަހަރު ކަމެއްވެސް ނޭނގެއެވެ. ނަމަވެސް ވަކީލްގެ ބޯވެސް ބޮޑެވެ. އޭނައަށް އޭނަގެ އޮފީސްތެރޭގައި އަހަރެންނަށް އެއްވެސް ކަމެއް ނުކުރެވޭނެކަން އެގެއެވެ. އެހެންވެގެން އަހަރެން އޮފީހަށް ގެނައީކަން އަހަރެންނަށް ރަނގަޅަށް އެގެއެވެ. އެކަމަކު އަހަރެން އޭނައަށް ކަމެއް ކުރަން އިބަ އުޅޭހެއްޔެވެ. އަހަރެން ބޭނުންވީ ހުޝާމްއާއި ބެހޭގޮތުން ވަކީލްއާއި ވާހަކަ ދައްކާށެވެ. އެހެން ނޫންނަމަ އަހަރެން މިކަހަލަ ބިރުވެރި ތަނަކަށް ނައީމުހެވެ.
އަހަރެންނަށް ކެބިންއަށް ތެރެއަށް ވަދެވުމާއި އެކު ރަނގަޅަށް ބަލާލެވުނެވެ. ކެބިންއޭ ބުންޏަސް އެއީ ކުޑަ ރޫމްއެކެވެ. އެރޫމް ގެ ތިން ފަރާތުގައި ވެސް ހުރީ ފައިލްއިން ފުރާފައިވާ ތިން ބޮޑު ކަބަޑެވެ. މޭޒު ރޫމްގެ މެދަށް ވާގޮތަށް އިން އިރު މޭޒުމަތީގަވެސް ދެތިން ފައިލްއެއް އޮތެވެ. ދެގޮޑި އެއްފަރާތެއްގައި ބައިންދާފައި ހުރި އިރު ވަކީލްއަށް ހާއްސަ ކުރެވިފައިވާ ބޮޑު ގޮޑީގައި ވަކީލް އިށީދެލިއެވެ. އަދި އެރޫމްއިން އަހަރެންގެ ލޮލުގައި އަޅައިގަތް އެހެން އެއްޗެއްވެސް އިނެވެ. އެއީ ކުޑަ ސީސީ ކެމެރާއެވެ. “ސޮރީ އެހާ ސެކިއުރިޓީ ބޮޑުވީމަ” ސޫޓްކޭސް މޭޒުމަތީގައި ބަހައްޓާލަމުން އަތުން އަހަރެންނަށް އިށީނުމަށް ބުނަމުން ވަކީލް އޭނަގެ ގޮޑީގައި އިށީދެލިއެވެ. “ޑޯންޓް ވޮރީ… އައި އޭމް ޔޫސް ޓު އިޓް… އެކަމަކު އަހަރެން ހީކުރީ އަހަރެންނަށް މިތަނަށް ވަނީމަ ޕްރައިވެސީ ލިބޭނެކަމަށް” އަހަރެން ގޮޑިގައި ރަނގަޅަށް ވެޑުވެލަމުން ބުނެލީމެވެ. އަދި އެއްފައި ނަގާ އަނެއްފައި މައްޗަށް އަރުވާލަމުން އަހަރެން ހަމަޖެހިލީމެވެ. “ތިބުނީ… އަހަރުމެން އެކަނި އެއްނުން މިތިބީ” ވަކީލް ވަތްގަނޑުން ފައިލްއެއް ނަގާ މޭޒުމަތީގައި ބާއްވަމުން އަހަރެންނާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. “ޔާ އައި ނޯ… އެކަމަކު ” އެހެން ބުނެލަމުން އަހަރެން ލޮލުން ކެމެރާއި ދިމާލަށް ބަލާލީމެވެ. އެވަގުތު ވަކީލް އެދިމާލަށް ބަލާލަމުން ހިނިތުންވެލިއެވެ. “ޑޯންޓް ވޮރީ… އެއިން އަޑެއް ބޭރެއް ނުވާނެ… ކޮން ވާހަކައެއް ދައްކާލަން ތިއައީ ޝާމް” އަހަރެންނާއި ދިމާލަށް ބަލާލަމުން ވަކީލް ބުނެލިއެވެ. “އަހަރެންނަށް ހީވަނީ ހުޝާމް އިނަސޮންޓްހެން…” އަހަރެން އަތުގެ އިނގިލިތަކުން ފައިގައި ބެރު ޖަހާލަމުން ބުނެލީމެވެ.
“ހޫމް އައި ނޯ” ވަކީލް ބުނެލިއެވެ. އަހަރެން ސިހިގެންދިޔައެވެ. “ވަޓް.. ޔޫ ނޯ… ދެން ކީއްވެ ހުޝާމް ޖަލުގައި އެހުރީ.. ވަކީލް އޭނަ ސަލާމަށް ކުރަން ޖެހޭނެއެއްނުން” އަހަރެން ފައި ތިރިކޮއްލަމުން މޭޒާއި ކައިރިވެލަމުން މަޑުން ބުނެލީމެވެ. “އެކަމަކު އަހަރެންނަށް ކުރެވޭނެ ކަމެއް ނެތް… އަހަރެން ވަރަށް އެދުނިން އޭނަ ކައިރީގައި އެއްބަސް ނުވުމަށް… އޭނަ ނުކުރާ ކަމަކަށް…. އެކަމަކު އޭނަ ބުނީ އޭނައަށް މަޖްބޫރޯ” ވަކީލްގެ ދެލޯ ހުރީ ސީދާ އަހަރެންގެ މޫނުގައި ވިއްދާލާފައެވެ. “އޭނަ ބުނީ އޭނަގެ އެކުވެރިޔާ ސަލާމަތް ކުރަން ޖެހޭނެއޭ” ވަކީލް ބުނެލިއެވެ. އަހަރެން ވަކީލްއާއި ދިމާލަށް ބަލާލީމެވެ. “އާ… ޝާމް ކޮއްފައިވާ ކަމެއްގެ ބަދަލު އޭނަ އެނަގަނީ” އަހަރެން ބަލާލަމުން ވަކީލް ބުނެލިއެވެ.
“ޔޫ ނޯ” އަހަރެން ބުމައަރުވާލަމުން އަހާލީމެވެ. “ހޫމް… އަހަރެންނަކީ ހުޝާމްގެ ވަކީލް… އެހެންވީމަ އޭނަ އެއްވެސް އެއްޗެއް ނުފޮރުވާ… އޭނަ ބުނި ޝާމްއަށް ގެއްލުން ލިބޭނެއޭ ޝާމްގެ ގްރޫޕްކުދިންގެ ފަރާތުން… އެހެންވީމަ އޭނަ އެއްބަސް ވާނީއޭ” ވަކީލް ބުނެލިއެވެ. އަހަރެން އިސްޖަހާލީމެވެ. “މިސާލަކަށް އޭނަ އެކަން ނުކުރާކަމަށް ބުނެފިނަމަ ކިހިނެއްތަ ވާނީ” އަހަރެން އަހާލީމެވެ. “މާބޮޑު ކަމެއް ނުވާނެ… އެކަމަކު އޭނަ ދޫކޮއްލަން ޖެހޭނީ.. ސަބަބަކީ ހަމައެކަނި މިމައްސަލައިގައި އޭނަ އެކަމަށް އެއްބަސް ވެފައިވާކަން… އިތުރު އެއްވެސް ހެއްކެން ނެތް ފެންނާކަން އޭނައާއި ދެކޮޅަށް…. އެހެންވީމަ އޭނަ ދޫކޮއްލާފަ އަލުން ފަށަން ޖެހޭނީ މިމައްސަލަ” ވަކީލް ބުނެލިއެވެ. އަހަރެންނަށް ބޭއިހްތިޔާރުގައި ހީލެވުނެވެ. “ޝާމް… ޝާމްގެ އެކުވެރިއެއް ޝާމްއަށްޓަކައި ޖަލަށް ދާން ޖެހުނީ… އަދިވެސް ތިގޮތް ދޫކޮއްލާކަން ނުވޭތަ” ވަކީލް ނަސޭހަތްދޭ މީހެއްގޮތަށް ބުނެލިއެވެ. އަހަރެން ވަކީލްއާއި ދިމާލަށް ބަލާލީމެވެ. އަހަރެންނަށް ހަނދާނެ ގޮތް އެއްވެސް މީހަކު ބުނެދިނުން އެއީ އަހަރެން މިހާރު އެހާ ހިތްހަމަޖެހޭކަމެއް ނޫނެކެވެ. އެހެންކަމުން ގަދަކަމުން ހިނިތުންވުމެއް ރައްދުކޮއްލީމެވެ.
“ތިބުނީއެއްނުން އޭނަ އެކަން ނުކުރާކަމަށް އެއްބަސްވާނަމަ އެތަނުން ނިކުންނާނެއޭ… ސޯ މިއަދު އެކަންތަށް ކޮށްދީ… މީގެ ފަހުން އަހަރެންނާއި ހެދި އޭނަ އެތަނުގައި ހުންނާކަން ނުޖެހޭނެ… މިއަދު އޭނަ އެކަން ނުކުރާކަމަށް އެއްބަސް ވާނެ… ދެން މިއަދު ވަކީލްގެ ހުރި މޮޅުކަމެއް ދައްކަބަލަ… އަހަރެން މިއަދަށްފަހު ހުޝާމް ޖަލުގައި ހުންނަތަން ދެކޭކަން ބޭނުމެއް ނުވޭ… އަހަރެންނަށް ޔަގީން ވަކީލްއަށް އެވަރު ވާނެކަން…” އަހަރެން ގޮޑިން ތެދުވީމެވެ. “ތެންކްސް ދޮ ފަ ފައިވް މިނެޓް” އަހަރެން ހިނިތުން ވެލަމުން ވަކީލް އިތުރު ސުވާލެއް ނުކުރަނީ އަވަހަށް އެތަނުން ނިކުތީމެވެ. ވަކީލް ހައިރާންވެފައި އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން އިނެވެ. އަހަރެން ބޭރަށް ނިކުމެ ހިގައިގަތީ އަހަރެންގެ ކޮޓަރިއަށް ދެވޭތޯއެވެ. ސައިކަލް ވީވެސް ހޮޓަލް ކައިރީގައެވެ. އެހެންކަމުން އައިނު ނަގާ ލޮލުގައި އަޅާލަމުން ހިގައިގަތީމެވެ. އަހަރެން ބޭނުންވާ ގޮތަށް ވެއްޖެނަމަ ނުލާހިކު ރަނގަޅެވެ.
ވަރަށް ގިނައިރު ހިގުމަށްފަހު އަހަރެންނަށް ހޮޓަލަށް އާދެވުނެވެ. ނަމަވެސް ރަނގަޅަށް ނުވަދެނީސް އަހަރެންގެ ފޯނު ރިންގް ވާން ފެށިއެވެ. ފޯނުގެ ޑިސްޕްލޭ ބަލާލުމަށްފަހު ނަގާ ކަންފަތުގައި ޖަހާލީމެވެ. “ކީކޭ މާޒިން” އަހަރެން ބުނެލީމެވެ. “އާދެބަލަ ވަރަށް އަވަހަށް” މާޒިން ބުނެލިއެވެ. އަދި އަހަރެން ދާންވި އެޑްރެސް ބުނެދިނެވެ. އަހަރެން ފުންކޮށް ނޭވާއެއް ބޭރުކޮއްލީމެވެ. އަދި ބޭރަށް ނިކުމެ ސައިކަލަށް އަރާ ސްޓާޓް ކޮއްލީމެވެ. ސައިކަލް އަހަރެން މަޑުކޮއްލީ އަމީނިއްޔާ ސްކޫލް ކައިރިއަށެވެ. އަދި މާޒިން ބުނި އެޑްރެސް ފެނޭތޯ ހިގަން ފެށީމެވެ. އެޑްރެސް ފެނުމާއި އެކު އެގޭތެރެއަށް ވަނީމެވެ. މާޒިން ބުނީ ނޫކުލައިގެ ދޮރެއް ވާހަކައެވެ. އެހެންކަމުން ފެންނަން ހުރި ނޫކުލައިގެ ދޮރުގައި ޓަކި ޖެހީމެވެ. އެވަގުތު މާޒިން ދޮރު ހުޅުވާލިއެވެ. އަހަރެން އެތެރެއަށް ވަނީމެވެ. އަހަރެން ވަނުމުން ދޮރު ލެއްޕުމަށްފަހު އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “އަހަރެން ބުނީމެއްނުން އަހަރުމެން ބޮޑުކަމެއް ރާއްވާ ވާހަކަ” މާޒިން އެހެން ބުނެލަމުން ފެންނަން ހުރި ކޮޓަރިއާއި ދިމާލަށް ހިގައިގަތެވެ. އެވަގުތު އެތަނުން ނިހާދު ނިކުތެވެ. އޭނަގެ އެއްއަތުން ތައްޓެއް ހިފައިގެން ހުރި އިރު އަނެއް އަތުން ރޯކޮއްފައިވާ ސިގިރެޓް ތުންފަތުގައި ޖައްސާލިއެވެ. “އެންގްރީ މޭން” އަހަރެން ފެނުމާއި އެކު ސިގިރެޓް އެއްލާލަމުން ބުނެލިއެވެ. “ކުރިން ދުވަހު ވީ ކަންތަކަށް ވަރަށް ބޮޑަށް ސޮރީ” އަހަރެން ބުނެލީމެވެ. ނިހާދު އަހަރެންނާއި ދިމާލަށް ބަލާލަމުން ހިނިތުންވެލިއެވެ. “ފުއާދު ބުނި އަހަރުމެން ކުރާ ހުރިހާ ކަމެއްގައި އެންގްރީ މޭން ބައިވެރިކުރާށޭ…. އެހެންވެ އަހަރުމެން ކަމެއް ރާއްވާތީ އެކަމާއި ބެހޭގޮތުން ވާހަކަ ދެއްކުމަށް އަންނާށޭ ބުނީ” އަތުގައި އިން ތަށިން ކޯވަރެއް ބޯލަމުން ނިހާދު ބުނެލިއެވެ.
އަހަރެން ހިނިތުންވެލީމެވެ. އަދި ނިހާދު އާއި މާޒިންގެ ފަހަތުން އަހަރެން އެކޮޓަރިއާއި ދިމާލަށް ހިގައިގަތީމެވެ. އެކޮޓަރި ތެރެ ފެނުމާއި އެކު އަހަރެން ހައިރާން ވެގެން ދިޔައެވެ. އެކޮޓަރީގެ ހަތަރުފާރުގައިވެސް ވަނީ ގަނޑުތަކުން ފުރިފައެވެ. އަދި ކޮޓަރިތެރޭގެ މެދުގައި މޭޒެއް ބަހައްޓާފައި ހުރި އިރު އެމޭޒުމަތީގަވެސް ވަނީ އެކި ގަނޑުތަކެވެ. އަހަރެން މަޑުމަޑުން ފާރާއި ކައިރިވެލީމެވެ. އެއްފާރުގައި މާލޭގެ ބޮޑު ޗާޓެއް ތަތްކޮށްފައެވެ. އަނެއް ފާރުގައި މާލޭގެ ހުރިހާ ޓްރެފިކް ލައިޓް ތަކާއި މާލޭގެ ހުރިހާ މަގުތަށް ވަކިވާ ވަރުގެ ޗާޓެކެވެ. އަނެއް ފަރާތު ފާރުގައި ހުރިހާ ސަރުކާރުގެ ބިލްޑިންތަށް ފާހަގަ ވާ ވަރުގެ ޗާޓެކެވެ. އަހަރެންނަށް އަނެއް ފާރު ފެނުމާއި އެކު ސިހިގެން ދިޔައެވެ. އަދި މަޑުމަޑުން ފާރާއި ކައިރިވެލާފައި ހަރުކޮއްފައިވާ ފޮޓޮއެއް ނައްޓާލެވުނެވެ. “ތިއީ މިފަހަރު އަހަރުމެންގެ ޓާގެޓް އަކީ” އަހަރެން ފޮޓޯ ނައްޓާލިތަން ފެނުމުން ނިހާދު ބުނެލިއެވެ. އަހަރެން ސިހިގެންދިޔައެވެ. އަހަރެން ނިހާދު އަދި މާޒިން އާއި ދިމާލަށް ބަލާލީމެވެ. “ކީއްވެ” އަހަރެން ހައިރާން ކަމާއި އެކު އަހާލީމެވެ. މިމީހުން ހާނިމްސަރ ޓާގެޓް އަކަށް ހަދަން ވީ ކީއްވެ ހެއްޔެވެ… އާއެކެވެ. އެފާރުގައި ފުރެންދެން ހުރީ ހާނިމްސަރގެ ފޮޓޯއެވެ. އޭނަގެ އޮފީހަށް ދަނިކޮށް ނަގާފައި ހުރި ފޮޓޮއެވެ. އޭނަގެ އާއިލާއާއި އެކު ނަގާފައިވާ ފޮޓޮއެވެ. އޭނަގެ ދަރިންނާއި އެކު ނަގާފައިވާ ފޮޓޮއެވެ.
“އޭނަ އާއި ހެދި ނާއްޕެ ހައްޔަރުވީ… އޭނަ ބޮޑު ގްރޫޕެއް ފޮނުވީ” ނިހާދު ރުޅިވެރިކަމާއި އެކު ބުނެލިއެވެ. “އެކަމަކު އޭނަގެ މަސައްކަތެއް ނުން އޭނަ ކުރީ… އައި މީން އޭނަ އަކީ ޕޮލިހެއް” އަހަރެންނަށް ބުނެވުނެވެ. ނިހާދު އަހަރެންނާއި ދިމާލަށް ފާޑަކަށް ބަލާލިއެވެ. މާޒިންވެސް ޝައްކުގެ ނަޒަރަކުން އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “އޭނައަކީ ޑަބަލް އޭޖެންޓްއެއް” ނިހާދު އެގޮތަށް ބަލަން ހުރެ ބުނެލިއެވެ. “ޑަބަލް ވަޓް” އަހަރެންނަށް ހައިރާން ކަމާއި އެކު އަހާލެވުނެވެ. “އޭނައަކީ އެތެރޭގައި ހުރި އަޔާޒްމެން ގްރޫޕް މީހެއް… އޭނަގެ މަސައްކަތަކީ އެތެރެއިން ކުރާ ހުރިހާ ކަމެއްގެ ހަބަރު އަޔާޒްއަށް ގެނެސް ދިނުން” ނިހާދު ކިޔައިދިނެވެ. އަހަރެންގެ އަނގަ ހުޅުވުނެވެ. ހައިރާންވެ މީހާ އަންތަރީސްވެގެން ދިޔައެވެ. އެހެންވީމަ ލީކް ޕޮއިންޓަކީ އޭނަ ތާއެވެ. “ކިހާ ދުވަހެއް ވެއްޖެ އޭނަ އެގޮތަށް އުޅޭތާ” އަހަރެންނަށް ރުޅި އާދެވުނެވެ. އެކަން އަހަރެންގެ އަޑުން ކައިރީގައި ތިބި ދެމީހުންނަށް އެގިގެން ދިޔައެވެ. ” ޝާމް ޕޮލިހުގައި އުޅުނީ ސުރެއް… އަހަރެންނަށް ހީވާ ގޮތުގައި އޭގެވެސް މާ ކުރިން” ނިހާދު ބުނެލިއެވެ. އަހަރެންނަށް ހާނިމްސަރގެ ފޮޓޮއަށް ބަލާލެވުނެވެ. އާއެކެވެ. މިކަހަލަ މީހުންނާއި ހެދި ރަނގަޅު މީހުން ކުރާ މަސައްކަތްވެސް ފެނައް ވެގެން ދަނީއެވެ. އަހަރެން އައި ރުޅި ކޮންޓްރޯލް ކުރުމުގެ ބޭނުމުގައި ދަތްޕިލަ ފިއްތާލީމެވެ. އަދި އެފޮޓޯ ކުރިން އިންތަނުގައި ތަތްކޮށްލީމެވެ. “ޝާމްގެ ވަޒީފާ ވެސް ގެއްލުނީ ހާނިމްއާއި ހެދިއެއް ނުން ދޯ” މާޒިން ބުނެލިއެވެ. “އާ ތިބުނީ ދެތެއް” އަހަރެން މާޒިންމެންނާއި ދިމާލަށް އެބުރުނީމެވެ.
“ސޯ މިކަމުގައި އަހަރުމެންނަށް އެހީވެދީ އަވަހަށް… ޝާމްއަށް ހާނިމްއާއި ބެހޭގޮތުން ބައިވަރު މައުލޫމާތު އެގޭނެއެއްނުން ދޯ” ނިހާދު މޭޒާއި ކައިރިވެލަމުން ބުނެލިއެވެ. “ނޫން” އަހަރެން ބުނީމެވެ. “ވަޓް” މާޒިން ހައިރާން ކަމާއި އެކު ބުނެލިއެވެ. “އަޑުއިވިއްޖެއެއް ނުން… ނޫން.. އަހަރެންގެ އެއްވެސް އެހީތެރިކަމެއް ނުލިބޭނެ” އަހަރެން ވާހަކަ ދެއްކީމެވެ. “ޝާމްގެ ވަޒީފާ ގެއްލުނީ މިމީހާއާއި ހެދި އޭ ތިބުނީ.. ބަދަލު ހިފާކަން ބޭނުމެއް ނޫންތަ” ނިހާދުގެ މޫނު މަތިންވެސް ފެންނަމުން ދިޔައީ ހައިރާން ކަމެވެ. “ބިލީވް މީ.. އައި ރިޔަލީ ވޯންޓް ރިވެންޖް… ބަޓް ނޮޓް ލައިކް ދެޓް… އަހަރެން ކުރިންވެސް ބުނެފައި އޮންނާނީ އަހަރެންގެ އެއްވެސް އެހީތެރިކަމެއް އެއްވެސް މާރާމާރިއެއްގައި ނުލިބޭނެއޭ… އަދި އަމުދުން ހާނިމްއަކީ އަހަރެންގެ ސަރ އެއް… ސޯ ނޯ ވޭ… އެކަމަކު އައި ވިލް ބީ ހެޕީ އިފް ޔޫ ގައިސް ޑޫ ދެޓް… ވިތައުޓް މީ….” އަހަރެން ހިނިތުންވެލަމުން ބުނެލީމެވެ. އަހަރެންގެ ހިތް ބޭނުންވީ އަހަރެން އަތުން އެނުލަފާ މީހާ މަރާލާށެވެ. ނަމަވެސް ނަސީބަކުން މިފަހަރު އަހަރެންގެ ސިކުނޑި މާބޮޑަށްވެސް ބާރުގަދައެވެ. “އެކަމަކު ޝާމް ވަނީ ފުއާދުގެ ޓެސްޓްއިން” “ފާސްވެފައި…” ނިހާދުގެ ޖުމްލަ އަހަރެން ނިންމާލަދިނީމެވެ… “އެކަމަކުވެސް އަހަރެން މިކަމެއް ނުކުރާނަން” އަހަރެންނަށް ބުނެވުނީ އެވަރަށެވެ. އެވަގުތު އަހަރެންގެ ފޯނު ރިންގް ވާން ފެށިއެވެ. ފޯނުގެ ޑިސްޕްލޭ ބަލާލުމަށްފަހު އެތަނުގައި ތިބި ދެމީހުންގެ މޫނަށް ބަލާލީމެވެ.
“އާ ކީކޭ” އަންނޯން އަރާފައި އިނުމުން އެއީ ފާރިޝްކަން އަހަރެންނަށް އެގެއެވެ. އެހެންކަމުން އަހަރެން ފޯނު ނެގިގޮތަށް ބުނެލީމެވެ. “ޝާމް” ފާރިޝްގެ އަޑުގައި އެކުލެވިގެންވާ ހާސްކަން އަހަރެންނަށް ފާހަގަކުރެވުނެވެ. “ކިހިނެއްވީ” އަހަރެން އަހާލީމެވެ. “ޝާމް…” ފާރިޝްގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ. “މަޑުކޮއްލައްޗޭ…” އަހަރެން ފާރިޝްއަށް އެހެން ބުނެލަމުން މާޒިންއާއި ނިހާދު އާއި ދިމާލަށް ބަލާލީމެވެ. “އެބަ އަންނަން އިނގޭ” އެހެން ބުނެލަމުން އަހަރެން އެކޮޓަރި ތެރެއިން ނިކުތީމެވެ. “ކިހިނެއްވީތަ ފާރިޝް” އަހަރެން ވަރަށް މަޑުން އަހާލީމެވެ. “ޝާމާ” ފާރިޝްއަށް އަނެއްކާވެސް ބުނެވުނީ އެވަރަށެވެ. އެހެން ބުނުމާއި އެކު އަހަރެންގެ ހިތް ނޭނގޭ ބާރުމިނެއްގައި ތެޅިގަތެވެ. އަނެއްކާ ކޮއްކޮއަށް ކިހިނެއްވީ ހެއްޔެވެ. “ކިހިނެއްތަ ވީ ޝާމާއަށް… ވާހަކަ ދައްކަބަލަ…” އަހަރެން ކިތައްމެ މަޑުން ބުންޏަސް އަހަރެން ވެސް ހާސްވަން ފެށިއެވެ. “ރޭގަ ޝާމާ ގެއަކަށް ނާދޭ ޝާމް… އިއްޔެ ވަޒީފާއަށް ގޮއްސަ ނާދޭ.. ޝާމްގެ މަންމަ ރޭގަ ދަންވަރު އަހަރެންނަށް ގުޅީ އޭނަ ނާސްގެން… މިހާރު ފޯނަކަށް ނުވެސް ގުޅޭ.. ” ފާރިޝް ބުނެލިއެވެ. އަހަރެންނަށް ހުއްޓުން އެރިއެވެ. ކޮއްކޮއަށް ކަމެއް ވެއްޖެނަމަ އަހަރެންގެ އަމިއްލަ ނަފްސަކަށް ދުވަހަކުވެސް މާފެއް ނުކުރެވޭނެއެވެ. ” ޔޫ އާ ޖޯކިން ރައިޓް” އަހަރެން ރުޅިގަދަވިއެވެ. ފާރިޝްއެއް ކަމަކު ކޮއްކޮއޭ ކިޔައިގެން އެކަހަލަ ވާހަކަ ދައްކާކަށް ނުވާނެ ނޫންހެއްޔެވެ. “މަންމަ މިހާރުވެސް ރޮނީ… އަހަރެން ފުލުހުންނަށްވެސް އިންފޯމް ކޮށްފިން… ސޯ އަހަރެން ބޭނުންވީ ޝާމްގެ ކައިރީގައި މިވާހަކަ ބުނެލަން.. ޕްލީޒް ފައިންޑް ހާ” ފާރިޝްގެ އަޑުގައި އެކުލެވިގެންވާ ހިތާމައިގެ އަސަރުންވެސް އަހަރެންގެ ހިތް ޒަހަމް ކޮއްލިކަހަލައެވެ. އެހެން ބުނުމަށްފަހު ފާރިޝް ފޯނު ކަނޑާލިއެވެ. އަހަރެންނަށް އިރުކޮޅަކު ފޯނު ކަންފަތުގައި ޖަހައިގެން ހުރެވުނެވެ. އެވަގުތު ކޮޅުގެ ތެރޭގައި އަހަރެންގެ ލޮލަށް ކަރުނަ ޖަމާވިއެވެ. އަހަރެން ފަހަތަށް އެބުރެލިއިރު މާޒިންއާއި ނިހާދު އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން ތިއްބެވެ.
އަހަރެންގެ މޫނަށް ބަލާލަމުން ކިހިނެއްވީހޭ މާޒިން އަހާލިއެވެ. “ޓެލް މީ ޔޫ ޑޯންޓް ހޭން އެނީތިން ޓު ޑޫ ދިސް… ޓެލް މީ ޔޫ ޑޯންޓް ނޯ އެނީތިން އެބައުޓް ދިސް” އަހަރެންގެ އަޑު ބޭރުވީ ކިރިޔާއެވެ. “ކިހިނެއްވީތަ ޝާމް… ކޮންކަމެއް” މާޒިން އަހަރެންނާއި ކައިރިވެލަމުން އަހާލިއެވެ. “އަހަރެންގެ ކޮއްކޮ… ޝީ ޑިޑިންޓް ކަމް ހޯމް ލާސްޓް ނައިޓް… މިހާރު ފޯނަކަށް ނުވެސް ގުޅޭ،.. ޕްލީޒް ބުނޭ މިކަމުގައި ކަލޭމެންގެ އަތެއް ނުވާނެއޭ” އަހަރެން އާދޭހުގެ ރާގެއްގައި މާޒިންގެ މޫނަށް ބަލާލަމުން ބުނެލީމެވެ. “ވަޓް… ކޮއްކޮ..” މާޒިންގެ މޫނުމަތިން ހައިރާން ކަން ފާޅުވަމުން ދިޔައެވެ. އެހެކަމުން އެކަމުގެ އެއްވެސް ހަބަރެއް އޭނައަށް ނުލިބޭކަން އަހަރެންނަށް ޔަގީން ވިއެވެ. ދެން އަހަރެން ބަލާލީ ނިހާދުގެ މޫނަށެވެ. އެމޫނުމަތިން ފެންނަން ހުރީ ފަނޑު ހިނިތުންވުކެވެ. “ޕްލީޒް ނިހާދު… ޓެލް މީ ޔޫ ޑޯންޓް ނޯ އެނީތިން އެބައުޓް ދިސް” އަހަރެން ބުނެލީމެވެ. “ޝާމްގެ ކޮއްކޮ ކިޑްނެޕް ކުރީތަ… އޯ މައި ގޯޑް” ނިހާދު ފަރުވާ ކުޑަކަމާއި އެކު ބުނެލިއެވެ. އަހަރެންނަށް މުއްމަޅާލެވުނެވެ. “ޝާމްއަށް ކިހިނެއް އެގެނީ ޝާމްގެ ކޮއްކޮ ފިރިހެނަކާއި އެކު” ނިހާދުއަށް ބުނެވުނީ އެވަރަށެވެ. އަހަރެންނަށް ރުޅި ކޮންޓްރޯލްއެއް ނުކުރެވުނެވެ. އޭނަގެ ގަމީހުގެ ގިރުވާނުގައި އެއްއަތުން ހިފެހެއްޓީމެވެ. އަނެއް އަތުން މުއްމަޅާފައި އަހަރެން އުޅުނީ ނިހާދުގެ އަނގަމަތީގައި ވަރަށް ބާރަށް ޖަހާށެވެ. ނަމަވެސް އޭގެ ކުރިން އަހަރެންގެ އަތުގައި މާޒިން ހިފެހެއްޓިއެވެ.
“ކަލޭގެ އަނގައިން އަހަރެންގެ ކޮއްކޮއޭ ކިޔައިގެން ދެން އެންމެ ބަހެއްވެސް ނުބުނާތި… އަހަރެންގެ ކޮއްކޮ އަށް ގެއްލުމެއް ލިބިއްޖެނަމަ އަދި ކަލޭމެންގެ ތެރެއިން މީހެއްގެ އަތެއް މިކަމުގައި ވާނަމަ… ބިލީވް މީ… އަހަރެން އެމީހެއްގެ އަތް ބުރިކޮއްލާނަން… އަދި އައި ކޭން މޭކް ދެޓް މޭން ލައިފް ލައިކް ހެލް” އަހަރެން ރުޅިވެރިކަމާއި އެކު ނިހާދު އާއި ދިމާލަށް ބުނެލީމެވެ. “ހެހެހެ…. އައި ނޯ އެންގްރީ މޭން… އެކަމަކު އަހަރެން މިބުނީ ވެދާނެ ގޮތެއްގެ ވާހަކަ ދޯ” ނިހާދު ހަމަޖެހިލަމުން ބުނެލިއެވެ. އަހަރެން އެހާ ރުޅި އައިސްފައި ހުރި އިރުވެސް އޭނަ އެއްވެސް ވަރަކަށް އަޅައެއް ނުލައެވެ. އޭނައަށް ވަނީ މަޖާކަމަކަށް ކަން ނޭގެއެވެ. އަހަރެން އަނެއްކާވެސް އޭނަގައިގައި ޖެހުމަށް މަސައްކަތް ކުރީމެވެ. “ޝާމް ހަމަޖެހިބަލަ” އަހަރެންގެ އަތުގައި ހިފަހައްޓައިގެން އަހަރެން ދުރުކުރުމަށް މަސައްކަތް ކުރަމުން މާޒިން ބުނެލިއެވެ. އަހަރެން ރުޅިވެރިކަމާއި އެކު ނިހާދު ދުރަށް ކޮއްޕާލީމެވެ. “ޕްލީޒް ހެލްޕް މީ ޓު ފައިންޑް ހާ… ޕްލީޒް.. ޝީ އިޒް އެވްރީ ތިން ޓު މީ” އަހަރެން މާޒިން އާއި ދިމާލަށް ބަލާލަމުން ބުނެލީމެވެ. “އޯކޭ…. އެކަމަކު ފުރަތަމަ ހަމަޖެހިބަލަ… ޝާމް ދޭ ރޫމްއަށް…. އަހަރެން މިދަނީ… ވާހަކަ ދައްކާނީ އެކޮޅަށް ގޮސްފަ..” މާޒިން ބުނެލިއެވެ. އަހަރެންނަށް އެންމެ ރަނގަޅު ގޮތަކަށް ފެނުނީ އެގޮތެވެ. އެހެން ނޫނަސް ނިހާދު ކަހަލަ މީހެއްގެ ކުރިމަތީގައި އަހަރެންނަށް މާގިނަ އިރު ވަންދެން ނުހުރެވޭނެއެވެ.
މާޒިން އެހެން ބުނުމާއި އެކު އަހަރެން އެތަނުން ނިކުތީމެވެ. އަދި ކޮޓަރި އާއި ދިމާލަށް މިސްޜާބު ޖެހީމެވެ. ކޮޓަރިއަށް ވަދެވުނަސް އަހަރެންނަށް ހަމަޖެހުމެއް ނުލިބުނެވެ. މީހާ ހާސްވާން ފެށިއެވެ. އަހަރެން ފާރިޝްގެ ނަމްބަރަށް ގުޅާލީމެވެ. ނަމްބަރ ބިޒީ ކޮއްލުމަށްފަހު އަންނޯން އަރާ ނަމްބަރުން ފާރިޝް ގުޅިއެވެ. “ކޮބާ ހަބަރެއް ވެއްޖެތަ” އަހަރެން ފޯނު ނެގިގޮތަށް އަހާލީމެވެ. “ނޫން ޝާމް.. ވަރަށް ޓްރައި ކުރަން އެބަ… އެކަމަކު އަދި އެއްވެސް ހަބަރެއް ނުވޭ… ” ފާރިޝް ބުނެލިއެވެ. “ކަމޯން ފާރިޝް… ކަލޭމެންނަށް ދުވަހަކުވެސް ގެއްލޭ މީހެއް ހޯދޭތަ… ތި މީހުންގެ ރިސޯސްތަށް ބޭނުންކޮށްބަލަ… ޓްރައި ކުރަމޭ ބުނީމަ އެވީތަ… ނޭނގެ މިހާރު ކޮއްކޮ ވީ ހާލެއްވެސް… އަޅެ ނަމްބަރ ޓްރޭސް ކުރެވޭތޯ ބަލާބަލަ… އޭނަގެ ރައްޓެހިން ކައިރީގައި އަހާބަލަ.. އޭނަ އުޅޭ އޮފީހުގެ މީހުން ކައިރީގައި އަހާބަލަ” އަހަރެން ހާސްވެފައި ހުރި ވަރުން ވާހަކަ ދެއްކުނީ ބާރަށެވެ. “ޝާމް ހަމަޖެހިބަލަ… ފުރަތަމަ ޝާމް ހަމަޖެހެންވީ.. ޕްލީޒް” ފާރިޝްއަށް އަހަރެން ހާސްވާނެވަރު އެނގޭނެއެވެ.
“އަހަރެން ހާސްވާނެއެއް ނުން ފާރިޝް… ގްރޫޕްމީހުން ކޮއްކޮ އަތުލައިފިނަމަ އެމީހުން ކޮއްކޮއަށް ހަނދާނެ ގޮތެއްވެސް ނޭނގެ… އަހަރެންނާއި ހެދި އަހަރެންގެ އެންމެ ލޯބިވާ ކޮއްކޮއަށް” އަހަރެންނަށް ބުނެވުނީ އެވަރަށެވެ… އަހަރެންގެ ލޮލުން ކަރުނަ އަންނަ ފެށިއެވެ. ރަނގަޅަށް މީހާއަށް ރޮވިއްޖެއެވެ. ކޮޓަރިތެރޭގައި ކަކޫ ޖަހައިގެން އިށީދެވުނެވެ. “ޝާމް ޕްލީޒް… ހިތްވަރު ކޮއްބަލަ… ޝާމާއަށް އެއްވެސް ކަމެއް ނުވާނެ… ގްރޫޕް މީހުންގެ އަތެއް މިކަމުގައި ވޭތޯ ބެލުން އެއީ ޝާމްގެ ކަމެއް… އެކަމަކު ތިގޮތަށް ރުޅި އިސްކޮށްގެން މިކަމެއް ނުވާނެ” ފާރިޝް އަހަރެންނަށް ވިސްނާދެވޭތޯ މަސައްކަތް ކުރިއެވެ. އަހަރެން އާއެކޭ ބުނެލަމުން ފޯނު ބޭއްވީމެވެ. ފާރިޝް ދެރަވާނެ ވަރުވެސް އަހަރެންނަށް އެނގެއެވެ. އަހަރެންނެކޭ އެއްވަރަށް ފާރިޝްއަށްވެސް ކޮއްކޮއަކީ އެހާ މުހިއްމު މީހެކެވެ. މިކަމުގައި އެންމެ ދެރަވާނީ މަންމައެވެ. އަޅެ އަހަރެންނަށް މަންމަ ކައިރިއަށް ދެވޭނެ ނަމައެވެ. އެންމެ ފަހަރަކު ނުވިސްނާށޭ ބުނެވޭނެ ނަމައެވެ. ކޮއްކޮއަށް އެއްވެސް ކަމެއް ނުވާނެއޭ ބުނެވޭނެ ނަމައެވެ.
އަހަރެން ސިހިގެން ދިޔައީ ފޯނުގެ އަޑަށެވެ. ނުވިސްނާ ފޯނު ނަގާ ކަންފަތުގައި ޖަހާލީމެވެ. “ކޮބާ ކޮއްކޮގެ ހަބަރެއް ވީތަ” އަހަރެން އަވސްކަމާއި އެކު އަހާލީމެވެ. “ނޫން އަދި ނުވޭ… އެކަމަކު ޝާމް ބޭނުން ވާ ކަމަން ވަންޏާމު އަހަރެންނަށް އެހީވެވިދާނެ” އެކޮޅުން ވާހަކަ ދެއްކީ ނިހާދު އެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނަމެވެ. “ސޮރީ… އަހަރެން ޝާމް ރުޅި އަރުވާލަން ވެގެން އެގަޑީގައި އެގޮތަށް ވާހަކަ ދެއްކީ… އަހަރެންނަށް ނޭގުނީ ކޮއްކޮ އަކީ ޝާމްއަށް ކިހާ މުހިއްމު މީހެއްކަން.. މިހާރު ޝާމް ތީ އަހަރުމެންގެ ފެމެލީ މީހެއް،… އަދި އެގޮތަށް ޝާމްގެ ފެމެލީވެސް ވާނީ އަހަރުމެންގެ ފެމެލީގެ ބަޔަކަށް… ސޯ އައި ވިލް ހެލްޕް ޔޫ…” ނިހާދު ބުނެލިއެވެ. “ތެންކްސް” އަހަރެންނަށް ވަރަށް އުދަގުލުން ބުނެވުނެވެ. “ޑޯންޓް ވޮރީ… ވީ ވިލް ފައިންޑް ހާ… ޝީ ވިލް ބީ ފައިން… އަހަރެން ކުޑަ އެހީއެއް ޝާމްގެ ފަރާތުން ބޭނުންވޭ… ކޮއްކޮގެ ނަމްބަރ ދީ… އޭރުން އަހަރެން، އަހަރެންގެ އެހީތެރިންގެ އެހީގައި ތިކަން ވޭތޯ ބަލާނަން” ނިހާދު ބުނެލިއެވެ.
އަހަރެން ކޮއްކޮގެ ނަމްބަރ ދިނީމެވެ. އެއްވެސް ވިސްނުމެއް ނެތިއެވެ. އަހަރެން އެގަޑީގައި ވިސްނަންވެސް ބޭނުން ނުވީއެވެ. އަހަރެންގެ ހިތް އޭރުވެސް މިއީ މިމީހުންގެ ކަމަކޭ ބުނަމުން ދިޔައެވެ. ނަމަވެސް މިމީހުންގެ ކަމެއް ކަމުގައި ވާނަމަވެސް އަހަރެން އެހީ ބޭނުންވަނީވެސް މިމީހުންގެ ފަރާތުންނެވެ. ނިހާދު ފޯނު ބޭއްވިތަނާ ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ދިނެވެ. އަހަރެން އަވަހަށް ދޮރު ހުޅުވީމެވެ. “އާ ޔޫ އޯކޭ” އެތެރެއަށް ވަންނަމުން މާޒިން އަހާލިއެވެ. މާޒިން އެހެން އަހާލުމާއި އެކު އަހަރެންނަށް މާޒިންގެ ގައިގައި ބައްދާލެވުނެވެ. އަހަރެން ހުރީ އެވަގުތު އެކުވެރިއަކަށް ބޭނުންވެފައެވެ. “ޑޯންޓް ވޮރީ.. ވީ ވިލް ފައިންޑް ހާ” މާޒިން އަހަރެންގެ ބުރަކަށީގައި އަތުން މަޑުމަޑުން ޖަހާލަމުން ބުނެލިއެވެ. އަހަރެން މާޒިންއާއި ދުރަށް ޖެހިލީމެވެ. “ނިހާދު ގުޅި… ތެންކްސް” އަހަރެން ހިނިތުން ވެވޭތޯ ބަލަމުން ބުނެލީމެވެ. “އަހަރެން މިއައީ މީހެއް ކައިރީގައި އަހާފައި.. ލީޑެއް ފެނިގެން.. ދާނަންތަ އަހަރެންނާއި އެކު އެދިމާލަށް” މާޒިން ބޭރަށް ނިކުންނަމުން ބުނެލިއެވެ. އަހަރެން ބޯ ޖަހާލަމުން ބޭރަށް ނިކުތީމެވެ.
އަހަރުމެން ދެމީހުންނަށް ނިކުމެވުނީ ދޮރު މައްޗަށެވެ. އެވަގތު ޕޮލިހުންގެ ވޭނެއް ދޮރުމައްޗަށް މަޑުކޮއްލިއެވެ. “އާދަމް ޝާމް” ވޭނުން ފޭބި ދެމީހުންގެ ތެރެއިން އެކަކު އަހަރެންނަށް ގޮވާލިއެވެ. އަހަރެން ހުއްޓެލަމުން އެމީހުންނާއި ދިމާލަށް ބަލާލީމެވެ.. “އަތް ފުރަގަހަށް ލާ” އެމީހާ އަހަރެންނާއި ކައިރިވެލަމުން ބުނެލިއެވެ. “ވަޓް އައި ހޭވް ޑަން” އަހަރެން ހައިރާން ކަމާއި އެކު އަހާލީމެވެ. ސަބަބަކީ މިއީ ޕްލޭންގައި އޮތްކަމަކަށް ނުވާތީއެވެ. އެހެންނޫނީ މިގޮތަށް ޕޮލިހުން އަހަރެން ގެންދާއިރު އަހަރެންނަށް އެކަން އޮންނަނީ އެގިފައެވެ. “ބުނާނަން… އެކަމަކު މިހާރު އަތްފުރަގަހަށް ލާ” އެމިހާ އަހަރެންނާއި ކައިރިވެލަމުން ބުނެލިއެވެ. އަހަރެން މާޒިން އާއި ދިމާލަށް ބަލާލީމެވެ. “އޭނަ ކުރި ކަމެއް ބުނެބަލަ” މާޒިން ވާހަކަ ދެއްކިއެވެ. “އަހަރުމެން ނުޖެހޭ ހުރިހާ އެންމެންނަށް މީހުން ކުރާ ކަންތަކެއް ކިޔައިދޭކަށެއް… އަތް ފުރަގަހަށް ލާށޭ ދޯ މިބުނީ..” އެމީހާގެ އަޑު ބާރުވެގެން ދިޔައެވެ. އޭރު އޭނަގެ ފަހަތުގައި ހުރި މީހާވެސް މަޑުމަޑުން އަހަރެންނާއި ކައިރިވަމުން ދިޔައެވެ. “ނޫން” އަހަރެން އެމީހުންނާއި ދިމާލަށް ބުނީމެވެ. އަދި އެތަނުން ދިއުމަށް ހިގައިގަތީމެވެ. އެވަގުތު ފަހަތުން އެޕޮލިސް މީހާ އަހަރެންގެ އަތުގައި ހިފާފައި ބިންމައްޗަށް ވައްޓާލިއެވެ.
“ފާތިމަތު ޝާމާ ކިޑްނެޕް ކުރިކަމަށް ކުރެވޭ ތުހުމަތަކަށް މިގެންދަނީ” އަހރެންގެ އަތް ފުރަހަށް ލަމުން ބިޑި އަޅުވަމުން އެމީހާ ބުނެލިއެވެ. އޭރު މަންޒަރު ބަލަން އެތަނަށް މީހުން އެއްވަމުން ދިޔައެވެ. “ވަޓް” އަހަރެންނަށް ހައިރާން ކަމާއި އެކު ބުނެވުނެވެ.
ނުނިމޭ..
16 Comments!
Comments are closed.
mi baives hurihaa kudin nah kamudhaane kamah heekuran.. hurihaa kudin ge comment thakah maruhabaa 🙂
v.salhi. nxt part today up kohdhyba.
thnks dear 🙂
Yeyy me first..vvvvvv salhi…next part avahah up kollahchey…faahagaa kuran mi story vvv avahah up kohdheykan…tnxx…v kiyaa hiy vey mi story…allheyy dhn kihinehbaa vaany….
thnks niz v bodu koh thihaa lobi comment eh kohleema 🙂
Omg..wat is gonna happen.. so curious to knw..
thnks aathi 🙂
Ooooppss Just amazing..Thanks Fantasy ..?
thnks tulip v bodu koh 🙂
fantasy mee gal ehtha boy ehtha
girl ekey mee dear 🙂
Oh god oh god…. kihinw evy… avahah up kohbba plx nxt bai… hama awesome mi part vs… v obi…thnks fantasy fr this lwbi lwbi vaahaka
thnks dear 🙂 thihaa lobi comment eh koh leema 🙂
Vvvv reethi fantasyge story tha.
varah reethi mi bai vx! waiting fr the nxt part
salhi salhi …. ekam Maa haasaru dhiguvaahen ves heevey baeh faharu…. ekam ves salhi …