Skip to content
އެސްފިޔަ

ހީލީމާ

ހަނދުވަރުދޭ ހިތްގައިމު ފިނިފިނި ރެއެކެވެ. ވާރޭވެހުމުގެ ސަބަބުން މުޅި ވެށި ވަނީ ފިނީގެ ތެތްކަމުން ފުސްކޮށްލާފައެވެ. ރާޅުތައް އައިސް ގޮނޑުދޮށަށް ބިންދާލައި އަޑުނޫން އެހެން އަޑެއް މާހައުލަކުން ނީވެއެވެ.

މޫދު ކައިރިން ގޮނޑުދޮށުގައި ނިފޫ ހިނގަމުންދިޔައީ އެހަނދުވަރުގެ އަލީގައެވެ. އޭނާ ލައިގެންހުރި ގަދަ ނޫކުލައިގެ ހަވީރީ ދިގު ހެދުމުގެ ފަސްބައިވަނީ މޫދުގެ ލޮނުގަނޑުން ތެމި ފޯވެފައެވެ. ހިމަ ހޯޅި އެއްއަތުގައި ފުންނާބު އުސް (ހައި ހީލް) ފައިވާނެއް އޮތެވެ. ކަނާއަތުގައި އޮތް ރަތްކުލައިގެ ފިނިފެންމަލުގައި ނިފޫގެ ހިމަހިމަ ދިގު ނޭފަތުގެ ކުރި ޖައްސާލައި ވަސްބަލާލައެވެ. އެ ދިގު ކަޅު ކުލައިގެ އެސްފިޔަތަކުގެ އެހީގައި ދެލޯ މަރާލެވެނީ ފިނިފެންމަލުން ދުވާ މީރުވަހުންނެވެ. އެދޮންދޮން މޫނަށް އެޅިފައި ހުރި ހަނދުގެ ފަނޑު އަލިވެސް، އެމޫނުގައި ބޮސްދީފައި ނޫނީ ނުދާނެއެވެ. ރަތްކުލައިން ފަވާލެވިފައިވާ ނިފޫގެ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުމުން އޭނާ ގޮނޑުދޮށުގައި ހިނގަމުން ދިޔައީ އެއްވެސް ބިރެއްނެތިކަން އެނގެއެވެ. އޭނާގެ ފަންފަން އިސްތަށިގަނޑު އޮތީ ކުރި މައްޗަށް ވާގޮތަށް ދޫކޮށްލާފައެވެ.

ވަކި ހިސާބަކަށް ދެވުމުން ނިފޫ މޫދާ ދިމާއަށް ކުރިމަތިލައި ހުއްޓުނެވެ. އެތެރެއަށް ފުން ނޭވާއެއް ދަމައިލިއެވެ. އޭނާ ކުއްލިއަކަށް ސިހިގެން ދިޔައީ ވަލުތެރެއާ ދިމާއިން އަޑެއް އިވުމުންނެވެ. ވަލުތެރެއާ ދިމާއަށް ނިފޫއަށް ބަލައިލެވުނީ ބޭއިޚްތިޔާރުގައެވެ. ކަޅި އެކި ދިމަދިމާއަށް ހިންގައިލުމަށްފަހު ނިފޫ ހުރި ހާލަތަށް އެނބުރުނީ ހީވިހީވުމެއް ކަމަށް ދެކިގެންނެވެ.

އިރުކޮޅެއް ނުވެ ނިފޫގެ އަތުގައި މީހަކު ބީހެން ފެށީ އޭނާގެ ފަހަތުގައި ހުރެގެންނެވެ. އެބީހުމުންވެސް ނިފޫއަށް ލިބެމުން ދިޔައީ ހިތްހަމަޖެހުމާއި އުފަލެވެ. އެބީހުމަށް އޭނާ އެއްވެސް ހުރަހެއްނެތި މަރުޙަބާ ކިޔަމުން ދިޔައީ އެއީ ކާކުކަން އެނގޭތީއެވެ. އެމީހެއްގެ ހޫނު ނޭވައި ނިފޫގެ ކަނދުރާއަށް އެޅެމުންދިޔައެވެ. ނިފޫ ދިޔައީ އެމަސްތީ ބީހުމަށް ޣަރަޤުވަމުންނެވެ. ފަހަތުގައި ހަރަކާތްތެރިވަމުންދިޔަ މީހާ ނިފޫގެ ބަނޑުގައި ބާރަށް ބައްދާލައި ކަންފަތުގައި ދަތްލިއެވެ.

“ފަޒާލް…”

ފަޒާލް އިހުނަށްވުރެއް ބާރަށް ނިފޫގެ ކަންފަތުގެ ފޫޅުގަނޑުގައި ދަތްލިއެވެ.

“ދެން ފަޒާލް…” ނިފޫ ފަޒާލްއާ ދިމާއަށް ކުރިމަތިވާހެން އެނބުރިލިއެވެ.

“ހިއްހިއް…”

“ހޭނިކަމެއްނެތް.” ނިފޫ ތުން އޫކޮށްލައި ލޯ އަޅައިލީ ލޯބި ގޮތަކަށެވެ.

ފަޒާލް ހިނިތުންވެލުމުން ހުދުކުލައިގެ ދިގު ދަތްތައް ހުރީ ހާމައަށް ފެންނާށެވެ. ނިފޫ ފަޒާލްގެ ކުރުކުރު އިލި ތުބުޅީގައި އަތުން ފިރުމައިލަ ދިނެވެ. ނިފޫގެ އިނގިލިތަކުން ފަޒާލްގެ ބޮލުގެ ފަން އިސްތަށިގަނޑު ވިނުވައިލިއެވެ. މަޑު ނޫކުލައިގެ ކަޅިވާ އެއްލޯ އޭނާ މަރައިލީ ސަމާސާކޮށްލަނީއޭ ބުނާފަދައަކުންނެވެ.

“ޔޫ އާރ ލޭޓް މައި ލަވް.” ނިފޫ އާދައިގެ ޝަކުވާއެއްކޮށްލިއެވެ.

“އެހެންވެތަ ފަސްބައި ތިހުރީ ތެމިފަ؟” ޖަވާބު ދިނުމުގެ ބަދަލުގައި ފަޒާލްވެސް ކުރީ ސުވާލެކެވެ.

“ހުމް… ފޫހިވެގެން މިތަނުގައި ހިނގާލަ ހިނގާލައި ހުރީ އޭ ލަވް.”

ފަޒާލް ހިނިތުންވެލަމުން ނިފޫގެ ހަށިގަނޑުގައި ބާރަށް ބައްދައިލިއެވެ. ފަޒާލްގެ ދޮން މޫނު ނިފޫގެ މޫނުގައި މަޑުމަޑުން ހާކައިލިއެވެ. އެމޫނުން ދުވަމުން ދިޔަ ވަސް ފަޒާލްގެ ނޭފަތުން ބަލައިލާ އޭނާގެ ތުންފަތުން ހޫނު ބޮސްތަކެއް ނިފޫގެ މޫނަށް ދެމުންދިޔައެވެ. ފަޒާލްގެ އަތް ނިފޫގެ ހަށިގަނޑުގައި ވާސިލްވަމުން ގޮސް މޭމަތީގައި މަޑުމަޑުން ފިރުމާލައި، ނިފޫގެ ތުންފަތުގައި ދަތްއެޅިއެވެ.

“ފަޒާލް!” ނިފޫ ކުއްލިއަކަށް ފަޒާލް ދުރަށް ކޮށްޕައިލީ ދެލޯ ބޮޑުކޮށްލައިފައެވެ. “އަޑެއް އިވުނުތަ ދެންމެ؟”

“ނޫން. ތިވެދާނެ ވަޔަށް ގަސްތައް ހެލެލީކަމަށް.” ނިފޫއަށް އިވުނު އަޑު ފަޒާލަށް ވަރަށް ރަނގަޅަށް ދެނެގަނެވުނެވެ.

ފަޒާލް ނިފޫގެ އަތުގައި ބާރަށް ހިފައިލިއެވެ. ފަޒާލް ބަލަމުން ދިޔައީ ނިފޫގެ ދެލޮލަށެވެ. ހިނިތުންވެ ހުރެއެވެ. ފަޒާލް މަޑުމަޑުން ނިފޫގެ ނިތަށް ދޮނެއްދިނެވެ.

“އައި ލަވް ޔޫ ޑާރލިން.”

“ތިވަރަށް ނުބަލަބަ ތި ދެލޮލުން.” ނިފޫ ލަދުގަންނަ ގޮތްވިއެވެ. “ފައިވާން ބޭނުމިއްޔާ ދީފާނަމޭ ތިވަރަށް އާދޭސް ކުރަންޏާ. ހިއްހިއް…”

“މީހުން ބުނާނެ ހަނދުފަދަ މޫނެކޭ. އެކަކަމު ނިފޫގެ މޫނުތިއީ ހަމަ ސީދާ ހަނދެއް.” ފަޒާލް ނިފޫގެ އަތުގައި ހިފައިގެންހުރެ ގަޔާލައި ބޮނޑިކޮށްލަމުން ހިނގައިގަތީ ވަލުތެރެއާ ދިމާއަށެވެ.

“ހެވޭ ތަރިއަކަށްވިޔަސް. ބައި ދަ ވޭ ވަރަށް ލޯބި މި ފިނިފެންމާ.” ހިނގަމުންހިނގަމުން ނިފޫވެސް ފަޒާލްގެ ގާތަށް ޖެހިލައި ކޮނޑުގައި ބޯ އަޅައިލިއެވެ. “އަދި ބުނަން ފަޒާލްގެ އައިސް ބުލޫ ދެލޯ ހީވަނީ ގަނޑުފެންކޮޅެއްހެން… ހިއްހިއް…”

ވަލުތެރެއަށް އެޅިފައިވާ ކޮކާހަނދުވަރުން މުޅިތަންވަނީ އަލިވެފައެވެ. ގަސްތަކުން އެޅިފައިވާ ހިޔަނިތަކުން ބިންމަތިވަނީ އަނދިރިވެފައެވެ. އެކި ބާވަތްބާވަތުގެ ކިލާފަނި ތޮރުތޮރު ލައްވައިލާ އަޑުނޫން އެހެން އަޑެއް ނީވެއެވެ. އެ ދެލޯބިވެރިންގެ ފައިދަށުވެ ބިންދަ ބިންދައިގެންދާ ހިކި ދަނޑިކޮޅުތަކުގެ އަޑުން ކިލާފަނީގެ އަޑު ބައެއް ފަހަރަށް މަޑުވެއެވެ.

“ކޮނޑަށް އަރަން. ވަރުބަލިވެއްޖެ.” ނިފޫ ބަލާކަށް ނުހުރެ ފަޒާލްގެ ކޮނޑަށް ފުންމައިލިއެވެ.

“ގައިމް، އެހެން ރޭރެއަކު ވަރުބައްޔެއްނުވޭ. ” ފަޒާލް ދިމާކޮށްލަމުން ހީލި ހީލުމުގައި ނިފޫވެސް ބައިވެރިވެލިއެވެ.

އެމީހުންގެ ފަހަތުގައި މީހަކު ބަލަން ހުރިކަން ފަޒާލަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެކަމަކު އެކަމާ ބެހޭ ގޮތުން އެއްޗެކޭ ނުބުނީ ނިފޫ ބިރުގަނެދާނެތީއެވެ. ނިފޫގެ މޫޑު ގެއްލިދާނެތީއެވެ.

ހިތްގައިމު ހެނދުނުގެ ވަގުތެކެވެ. ރަށުގެ ވަލުތެރެއާ ދިމާއިން ކަނބިއްޔާއި ކޮވެލީގެ އަޑު ގުގުމާފައި ހުއްޓެވެ. ރަށުގައި އެކި ފުރާގެ މީހުން އެކި މަސައްކަތުގައި ޝާމިލްވަމުން ދިޔައެވެ. އަންހެންވެރިން ގޮނޑުދޮށުގައި އެކި ވާހަކަތަކާއެކު ތެލިތައް ދޮވެ ސާފުކުރަމުން ދިޔައިރު ބައެއް ފިރިހެންމީހުން ދޮށި އަޅައިގެން ގުންބަޅަ ވިއްދުމާގެން އުޅެއެވެ. ދުވަހަކީ ހޮނިހިރު ދުވަސްކަމުން ކުޑަކުދިންތައް ތުނޑިމަތީގައި ކުޅެ މަޖާކުރަމުން ދިޔައެވެ.

ތުޑީގެ ދޮންވެލިގަނޑު މަތީގައި އިށީދެލައިގެން ނިފޫ ތެލިތައް ދޮވުމުގައި އަވަދިނެތި އުޅެމުން ދިޔައެވެ. ކުދިކުދި ރާޅުތައް ސުލްޙަވެރިކަމާއެކު މަޑުމަޑުން އައިސް ގޮނޑުދޮށަށް ބީއްސައިލައެވެ. ބައެއް ފަހަރުފަހަރަށް ކުޑަކުދިން މަޖާ ނަގަމުންދާތަން ނިފޫ އިރުކޮޅުކޮޅުން ބަލައިލައެވެ. އެކުދިން އުޅޭ ގޮތުން އޭނާއަށް ހެވެނީ މަދުފަހަރަކު ނޫނެވެ.

“ދައްތާ! މިއޮތީ އެބޭބެ ދިން އެއްޗެއް.”

ކުޑަކުޑަކުއްޖަކު ނިފޫގެ ގާތުގައި ކޮޅަށްހުރީ ކުޑަކުޑަ ކަރުދާސްކޮޅެއް ހިފައިގެންނެވެ. އެކަރުދާސްކޮޅުގައި ހިފުމުގެ ބަދަލުގައި ބަލައިލެވުނީ އެކުއްޖާ އިޝާރާތްކޮށްލި ދިމާއަށެވެ. އެހެންނަމަވެސް އެދިމާއަކު އެއްވެސް މީހެއް ފެންނާކަށެއް ނެތެވެ. ނިފޫ އެކަރުދާސްކޮޅުގައި ހިފީ އެއީ ފަޒާލް ކޮށްލި ސަމާސާއެއްކަމަށް ދެކިގެންނެވެ.

“ކޮންނަމެއް ކިޔަނީ؟” ނިފޫ އެކުއްޖާގެ ދަތްދޮޅީގައި ހިފައިލިއެވެ.

ޖަވާބުދިނުމުގެ ބަދަލުގައި އެކުއްޖާ ލަދުރަކި ހިނިތުންވުމެއް ދީފައި ދުއްވައިގަތީ ފުޓްބޯޅަ ކުޅެން ތިބި ކުދިންނާ ގާތަށެވެ.

“ޓުނައިޓް އެޓް 20:30” ނިފޫ އެކަރުދާސްކޮޅުގައި އޮތް އެއްޗެއް ކިޔައިލިއެވެ.

ކަޅުފޮއި އަނދިރި ރެއެކެވެ. ތަންތަން ވަކިވަނީ ވަރަށް ކުޑަކޮށެވެ. ޖެހެމުންދިޔަ ވައިން ގަސްތަކުގެ ފަތްތައް ހުރީ ނަށާލަނަށާލައެވެ. ނިފޫ އާދައިގެ ހިނގުމެއްގައި ހިނގަމުންދިޔައީ ފަޒާލްއާއި އޭނާގެ ލޯބީގެ މައިދާނަށެވެ. އެއްވެސް ޖެހިލުމެއްނެތިއެވެ. ފަޒާލްދެކެ އޭނާ ވަނީ ތެދުވެރި ލޯތްބެކެވެ. ކޮޅެއްނެތް ކޮޅަށް އިންތިހާ ދަރަޖައަށެވެ.

ނިފޫއަށް އެހިސާބަށް ދެވުމުން މަޑުކޮށްލީ މޫދާ ދިމާއަށް މޫނު ކުރިމަތިކޮށްގެންނެވެ. މޫދާ ދިމާއިން ޖެހެމުން އަންނަ ވައިރޯޅިތައް ނިފޫގެ ފަންފަން އިސްތަށިގަނޑާ ކުޅެމުންދިޔައެވެ. ލައިގެން ހުރި ގަދަ ފިޔާތޮށި ކުލައިގެ ހަވީރީ ހެދުމުގެ ތިރީބައި ހުރީ ވަޔަށް ހޫރިލަހޫރިލައެވެ.

ކުއްލިއަކަށް ނިފޫގެ ހަށިގަނޑުން ދިޔައީ ހީބިހި ނަގައިގެންނެވެ. ފަޒާލް އައިގޮތަށް އައިސް ނިފޫގެ ބަނޑުގައި ބައްދާލީ ފަހަތުންނެވެ.

“ބިޒީ ދުވަހެކޭ ބުނީމަ، އަހަރެން ނުގުޅަން މިހުރީ…”

ނިފޫ ބުނި ޖުމުލައެއް ފަޒާލަކަށް އިވުނިހެންނެއް ހިޔެއްނުވެއެވެ. ފަޒާލްގެ އަތް ނިފޫގެ މޭމައްޗަށް ވާޞިލްވާން ފެށިއެވެ. އޭނާއަށް ބޭއިޚްތިޔާރުގައި ފަޒާލްގެ އަތުގައި ހިފަހައްޓައިލެވުނެވެ. ހަމައެޔާއެކު އެނބުރިލައި ފަޒާލް ދުރަށް ކޮށްޕާލިއެވެ.

“ތިއީ ކާކު؟” ފަޒާލްގެ އަތުގައި އަތްލެވުމާއެކު އެއީ ފަޒާލް ނޫންކަން ނިފޫއަށް ވަރަށް ރަނގަޅަށް އެނގުނެވެ.

ވެލިގަނޑު މައްޗަށް ވެއްޓިފައި އޮތް ޒާން ކޮޅަށް ތެދުވީ ގައިން ވެލި ފޮޅަމުންނެވެ. ޒާންގެ މޫނު މަތީގައި ހުރީ ލާނެތް ހިނިތުންވުމެކެވެ. ޒާން މަޑުމަޑުން ނިފޫއާ ގާތަށް ހިނގަންފެށިއެވެ. ނިފޫއަށް ޖެހެވެން ފެށީ ފަހަތަށެވެ. އެހެންނަމަވެސް އޭނާގެ ފަހަތުގައި ވަނީ މޫދެވެ.

“ނިފޫ. ކީއްވެގެންތަ އަހަރެންދެކެ ތިހާ ތި ބިރުގަންނަނީ؟”

“ޒާން ގާތުގަ އަހަރެން ކިތައް ފަހަރުތަ ބުނަންވީ، އަހަރެން ޒާންދެކެ ލޯތްބެއް ނުވެއޭ. ލޯތްބެއް ނުވެއޭ.” ނިފޫ މޫނުމަތީގައި އަތްއަޅައި ދެފަރާތަށް ބޯ ހޫރުވަން ފެށިއެވެ.

“ނުރޮއެ، ނިފޫ. އަހަރެން އަބަދުވެސް ނިފޫގެ ގާތުގައި ހުންނާނަމޭ.” ޒާން މަސައްކަތްކުރަމުން ދިޔައީ ނިފޫގެ ހުއްދަޔާއެކު އޭނާގެ ގައިގާ އަތްލުމަށެވެ.

“ޚަބަރުދާރު އަހަރެންގެ ގައިގާ އަތްލައިގެންނުވާނެ.” ނިފޫ މޫނުމަތިން އަތް ނަގައި ޒާންއާ ދިމާއަށް ބަލައިލީ ރުޅިވެރި ނަޒަރަކުންނެވެ. “އަހަރެން ދެރަވަނީ ތިފަދަ އަގެއް ނެތް މީސްމީހުން އަހަރެންނަށް އޮޅުވައިލައި އަހަރެންގެ ގައިގާ އަތްލާތީވެ.”

“ނިފޫ…”

“ކޮން ނިފޫއެއް. އަހަރެންނަށް ގޮވާނިކަމެއްނެތް. މިހާރުން މީހާރަށް މިތަނުން ދުރަށްދޭ.” ނިފޫގެ ރުޅި ހުރީ އިންތިހާއަށް ގޮހެވެ.

“މައްސަލައެއްނެތް. އެކަމަކު ބުނަން ފަޒާލްއަކީ ތިހީކުރާ ކަހަލަ މީހެއް ނޫން. އޭނާ އެއީ ބޮޑު މަކަރުވެރިއެއް.” ޒާންގެ ވަރުގަދަ ފުޅާ ދެބުމަ ގޮށް ޖަހައިލިއެވެ. “އަހަރެން އެކަން ނިފޫއަށް ދައްކާނަން.”

ޒާން އިތުރަށް އެއްވެސް އެއްޗެކޭ ނުބުނެ ވަރަށް ހަރުކޮށް ހިނގަމުންގޮސް ވަލުތެރެއަށް ވަނެވެ. ނިފޫ ހުރިތަނުގައި ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ.

އައު ދުވަހަކަށް އިރު އަރަމުންއައީ މުޅި މާހައުލަށް މަޑު ހޫނަކުންނާއި ގަދަ ރީނދޫ އަތްވަކުން މަރުޙަބާ ކިޔަމުންނެވެ. މުޅި ފަޒާގައިވަނީ ރަންކުލައިގެ ދޯދިތަކެވެ.

ނިފޫ އެކަނިމާއެކަނި އަތިރިމަތީގައި އިށީދެލައިގެން އިނީ އިރު އޭގެ ވާޖިބު އަދާކުރާ މަންޒަރު ބަލައިލުމަށެވެ. ރޭނގަޑުގެ ހަމަހިމޭން ވަގުތުގައި ފަޒާލްއާއެކު ހޭދަކުރެވޭ ވަގުތު ފިޔަވައި ދެން ނިފޫއަށް ހިތްހަމަޖެހުމެއް ގެނެސްދެނީ އައު ދުވަހަކަށް އިރު އަރައި ވަގުތުގައެވެ. ނިފޫގެ ލޮލުގެ އަމާޒު ފަތްގަނޑަކީ އެ މަންޒަރަށް ވީނަމަވެސް އޭނާގެ ސިކުޑިވަނީ ޒާން ބުނި ޖުމުލަޔާއެކު މެހިގެން ގޮށްސައެވެ.

“މަޢާފް ކުރައްވާ ތިގުޅުއްވި ނަންބަރު މިވަގުތުވަނީ ނިއްވައި…” ނިފޫ ފަޒާލްއަށް ގުޅައިލިއެވެ.

ޒާންގެ ވާހަކައަކީ ހަޤީޤަތެއްނޫންކަން ނިފޫ އަޑުއަހަން ބޭނުންވަނީ ފަޒާލްގެ އަޑުންނެވެ. އެއީ ފަޒާލަށް ކުރާ އިތުބާރެއްގެ ބޮޑުކަމުންނެވެ. ދެތިން ފަހަރު ފަޒާލްއަށް ގުޅައިލުމުންވެސް ޖެހުނީ އެއްތަނުގައެވެ. ފޯނު އޮތީ ނިއްވައިލަފައެވެ. ނިފޫ ނިންމީ ފޯނުން އެވާހަކަ ނުދައްކައި ފަޒާލްއާ ބައްދަލުވުމުން އެވާހަކަ ދެއްކުމަށް މަޑުކުރުމަށެވެ.

ނިފޫ ނަލަ ހެދިލައިގެން ތުނޑި މައްޗަށް މިސްރާބުޖެހީ އިޝާނަމާދުކޮށް ނިމިގެންނެވެ. ސާދަ ފަނަރާގެ ބޮޑުބޮޑު ހުދު އަލިން ދިއްލިފައިހުރި ހަނދުހުރީ ބޯ މަތީގައެވެ. އެ ފުރިހަމަ ހަނދުގެ ގަދަ އަލިން މުޅި ތަންވަނީ އަލިވެފައެވެ. އިޝާނަމާދުގެ ވަގުތު ފަހަނަ އަޅައިދިޔަ ނަމަވެސް، ދެމުންދިޔަ ހަނދުވަރުން ހީވަނީ ފަތިހުގެ ހިތްގައިމް ވަގުތެއް ހެންނެވެ.

ވަލުތެރެއާ ކައިރިވުމުން ނިފޫ ދެކޮޅު ހޯދައި ބަލައިލުމަށްފަހު ވަލުތެރެއަށް ވަނީ އެއްވެސް ޖެހިލުމެއް ނެތިއެވެ. އެއީ އޭނާއާއި ފަޒާލް ސިއްރުން ބައްދަލުކުރާތާ ދެތިން އަހަރުވެފައިވުމުން އެކަމަށް ހޭނިފައިވުމުންނެވެ. ވަލުތެރެއަށް ވަނުމާއެކު ރަށުތެރެއިން އިވެމުންދިޔަ އަޑުތައް ބަދަލުވެގެންދިޔައީ ދޫނިސޫފާއި ސޫފީގެ އަޑުތަކަށެވެ. ކިލާފަނިތައް ތޮރުތޮރު ލައްވާލައި އަޑާއި ބައެއް ދޫނިތައް މަޑުމަޑުން ކުކުރިލާ އަޑެވެ. ނިފޫ މަޑު ހިނގުމެއްގައި ހިނގަމުން ދިޔައީ އޭނާ އަބަދުވެސް އާދަވެގެން ހިނގާ މަގުތަކުންނެވެ. ހިނގަމުން ދިޔަލެއް ފަރިތަކަމުން ލޯ މަރައިގެންވެސް އެމަގުތަކުން ނިފޫއަށް ހިނގިދާނެކަމަށް ބުއްދި ޤަބޫލުކުރާނެއެވެ.

“ފަޒާލް…” ނިފޫ ކުއްލިއަކަށް ފަހަތް އެނބުރި ބަލައިލީ މީހަކު އުޅޭހެން ހީވުމުންނެވެ. “ފަޒާލްތަ؟”

ފަޒާލްގެ ޚަބަރެއް ނުވުމުން ނިފޫ ތުނޑިއާ ދިމާއަށް ދާން މިސްރާބުޖެހިއެވެ. އެހެން ނަމަވެސް ކުރިއަކަށް ދެވޭ ގޮތެއް ނުވިއެވެ. ފަހަތުން މީހަކު އަންނަ އަޑު އިވިގެން އަވަސްއަވަހަށް ފަހަތް ބަލައިލިއެވެ.

“ފަޒާލް… ސަކަރާތް ނުޖަހާ ހުރިތަނަކުން ނުކުމޭ…” ނިފޫ އުނަގަނޑުގައި އަތް ވިދެލިއެވެ.

ނިފޫ ފަޒާލް ނުކުންނާނެކަމަށް އިންތިޒާރުގައި ހުރެފައި، ހިނގައިގަތީ އެއްވެސް މީހެއްގެ ހިލަމެއް ނުވުމުންނެވެ. އޭރު އޭނާގެ ހިތުގައި ބިރުވެރިކަން އަށަގަންނަމުން ދިޔައެވެ. ނިފޫ ހިނގައިގަތުމާއެކު މީހަކު އޭނާގެ ފަހަތުން އަންނަހެން ހީވެއެވެ. އެމީހަކު ގަސްތަކުގެ ފަތްތަކުގައި ޖެހޭ އަޑު ގަދަވަމަން އައީ ގަސްތަކުގެ ތެރޭގައި އެމީހެއްގެ ހަރަކާތްތައް އަވަސްވުމުންނެވެ. ނިފޫގެ ހިނގުން އަވަސްކުރަމުން އައީ އެއްވެސް ވަރަކަށް ފަހަތް ބަލައިނުލައެވެ. ގަނެފައިވާ ބިރެއްގެ ބޮޑުކަމުންނެވެ. ދެފަރާތް ދެފަރާތަށް ކަޅި ހިންގަމުން ހިނގުން އަވަސް ކުރަމުން ދިޔައީ ނިފޫގެ ފަހަތުން އަންނަ މީހައާ ފިލޭތޯއެވެ.

ނިފޫގެ ހިނގުން އަވަސްކޮށްލުމުން އެމީހެއް އަންނަ އަޑު ކެނޑިއްޖެއެވެ. އޭނާއަށް ބޭއިޚްތިޔާރުގައި ފަހަތް ބަލައިލެވުނެވެ. އެހެންނަމަވެސް އެއްވެސް މީހަކު ފެންނާކަށެއް ނެތެވެ. އިންސިއެއްގެ ހިލަމެއް ނެތްތާގައި ހައިވާނެއްގެ ހިލަމެއްވެސް ނުވެއެވެ. އިރުކޮޅެއް ވަންދެއް އެހެން ހުއްޓައި ގަހެއްގެ ފަހަތުން އެއްޗެއް ހިރިލިހެން ހީވުމުން އެދިމާއަށް ނިފޫ ބަލައިލިއެވެ.

ނިފޫއަށް ހީވީ އޭނާގެ މޭގަނޑު އަގަޔަށް އާހެންނެވެ. ދެލޯ ތަންމިނަށް ހުޅުވިގެންދިޔައެވެ. ކޮންމެވެސް މީހަކު އެގަހުގެ ކައިރީގައި ހުއްޓިލައިގެން ހުއްޓެވެ. ގަހުގެ ފަތްތަކުން އެޅިފައިވާ ހިޔަނިން އެއީ ކާކުކަމެއް ނޭނގެއެވެ. އެމީހަކުވެސް ނިފޫއަށް ފެންނަމުން ދިޔައީ އެއްކޮށް ކަޅުކޮށެވެ. ކަޅު ހިޔަންޏެއްގެ މިޘާލަށެވެ.

ނިފޫއަށް އެދިމާއަށް ބަލަހައްޓައިގެން ހުރެވުނުކަންވެސް ނޭނގުނެވެ. އެމީހާގެ ލޯ ކުއްލިއަކަށް ދިއްލުނެވެ. ނިފޫ ގުންކިޔާފައި ދުއްވައިގަތީ ތުޑިއާ ދިމާއަށެވެ. އިންސާނެއްގެ ލޯ އެބީދައިން ދިއްލޭނެކަން ނިފޫގެ ބުއްދި ޤަބޫލުނުކުރާތީވެއެވެ. ނިފޫގެ ހިތް ނެގިނެގިފައި މޭގައި ޖެހެމުންދިޔައީ އެހާވެސް ބާރުމިނުގައެވެ. އޭނާ ހުރީ ބިރުން ފިއްކަނޑައިގެންދާ ވަރުވެފައެވެ.

ދުވަމުން ދުވަމުންދިޔަ ނިފޫ ކުއްލިއަކަށް ވެއްޓުނީ މަގަށް ހުރަސްވި ބޮޑު އެއްޗެއްގެ ގައިގާ ޖެހިފައެވެ. އެއީ ނިފޫއަށް ދުރުން ފެނުނު މީހައެވެ. ނޫނީ ހައިވާނެކެވެ. ނޫނީ އިންސާނެއް ނޫނެވެ. އޭތީގެ ގައިގާ ޖެހުމުން ނިފޫއަށް އިހްސާސްކުރެވިގެންދިޔައީ ބޮޑު ކެހެރި ގަނޑެއްގައި ޖެހެމުގެ އިހްސާސެވެ. އޭތި ނިފޫގެ ކުރިމަތީގައި ހުއްޓިގެން ހުރިއިރު މޫނެއް ލޮލެއް ވަކިކުރާކަށެއް ނޭނގުނެވެ. މުޅިގައިގާ ކެހެރި ފަޅާފައި ހުރިކަން އެނގެއެވެ. ހަށިގަނޑުން ބިޔަކަން ހާމަވެއެވެ.

ނިފޫއަށް ހަނދާނެ ނުހަނދާނެއެއް ނޭނގި ވެއްޓުނުގޮތަށް އޮވެވުނީ އެ އެއްޗާ ދިމާއަށް ނަޒަރު ހުއްޓާލައިގެންނެވެ. އޭތި މަޑުމަޑުން ނިފޫގެ ދެފައި ދެފަރާތަށް ދުރުކޮށްލައި، އޭނާއާ ދިމާއަށް ގުދުވަން ފެށިއެވެ. ހީވަނީ ނިފޫގެ ގައިމަތީގައި އޭތި އޮށޯނަން އުޅޭހެންނެވެ. ނިފޫގެ ހެޔަށް ގޮތްވެފައި ހުރުމުން ވާނުވާ ނޭނގިފައި އޭނާ އޮތްތަނުގައި ހިރިލަންވެސް ނުކެރިފައި އޮވެވުނީއެވެ.

ނިފޫއާ ގާތްވަމުން ދިޔަދިޔަހެން އޭތީގެ ސިފަ ވަކިވަމުން ދިޔައެވެ. މުޅިގައިގާވަނީ ބޯ ކެހެރި ފަޅައި ފުރިފައެވެ. އިންސާނެކޭ އެއްގޮތަށް ހަތަރެސްފައި ހުއްޓެވެ. އަތުގައި ފަސް އިނގިލި ހުރެ އެއިން ކޮންމެ އިނގިއްޔެއްގައި ތޫނުކޮށް ހުރި ކަޅުކުލައިގެ ވަކިތައް ހުއްޓެވެ. ބޮލުގައި ދެކަންފަތް މައްޗަށް އުފުއްލިފައި ހުއްޓެވެ. ނޭފަތް ދިގުކޮށް މޫނުން ބޭރަށް ނުކުމެފައި ނޭފަތުގެ ދަށުން ހުރީ ތޫނު ދިގު ދަތްތަކެކެވެ. އޭތީގެ ދެލޮލުގައި ހުރީ ރަން ކުލައެކެވެ. ކަޅި އެންމެ ވައްތަރީ ބުޅަލުގެ ކަޅިއަކާއެވެ.

ކުއްލިއަކަށް އޭތީގެ ދެލޯ ދިއްލުނެވެ. ނިފޫ ދިޔައީ ސިހިގެންނެވެ. އޭނާގެ ފަލަމަސްގަނޑުގައި ވާސިލްވަމުންދިޔަ ދެއަތް ފޮޅައިލުމަށްފަހު ނިފޫ ތެދުވެ ދުއްވައިގަތީ ތުނޑިއާ ދިމާއަށެވެ. ހޭވެރިކަންވީ އެ ބިރުވެރި ދިއްލި ދެލޯ ފެނިފައެވެ. އެ ދެލޯ ފެނުމުން މީހެއްގެ ގައިން ހީބިހި ނަގާގަންނާނެއެވެ.

އަތިރިމައްޗަށް ނުކުމެވުމާއެކު ނިފޫ ވަލުތެރެއާ ދިމާއަށް އެނބުރުނެވެ. ވަލުތެރެއާ ދިމާއަށް ބެލެމުންދިޔައީ ދެފަރާތްދެފަރާތަށެވެ. އޭނާއަށް ފެނުނު ބިރުވެރި ސޫރަ އޭނާގެ ފަހަތުން ނާންނަކަން ޔަޤީންކުރުމުގެ ގޮތުންނެވެ. ނިފޫއަށް މާނޭވައި ލެވެމުންދިޔައެވެ. މީހާގެ ހަށިގަނޑު ތުރުތުރު އަޅަމުން ދިޔައެވެ. ނިފޫގެ ނޭވައި މަޑުމަޑުން ހަމައަކަށް އެޅުނުހެންނެއް ހިޔެއްނުވެއެވެ. ފަހަތުން މީހަކު އޭނާގެ އަތުގައި ހިފިއެވެ. ނިފޫ ދިޔައީ ރޫރޫ އަޅައިގެންނެވެ. އަވަސްއަވަހަށް ފަހަތަށް އެނބުރިލައި އެމީހާކު ގަޔާ ދުރަށް ކޮށްޕާލިއެވެ.

“ނިފޫ. މިއީ ފަޒާލް އޭ.” ފަޒާލް ދެފަރާތުން އަތް އުފުއްލައިލިއިރު އޭނާގެ މޫނުމަތީގައިވަނީ ހިތާމަވެރި މަޑުމޮޅިކަމެކެވެ.

ނިފޫއަށް އެއީ ފަޒާލްކަން އެނގުމާއެކު ދިޔަ ބާރުމިނުގައި ގޮސް ފަޒާލްގެ ގައިގާ ބައްދާލިއެވެ. ފަޒާލްގެ މެޔާލައި މޫނު ފޮރުވައިލިއެވެ. ފަޒާލަށް ވާނުވާ ނޭނގިހުރެ ނިފޫގެ ގައިގާ ބާރަށް ބައްދައިލިއެވެ. ނިފޫގެ ފަންފަން އިސްތަށިގަނޑުގައި ފިރުމަން ފެށިއެވެ. އޭރު ނިފޫގެ ލޮލުން އައި ކަރުނަތައް ފަޒާލްގެ ގަމީހުގެ މެޔާ ދިމާއަށް ފޭދިގެން ދިޔައެވެ.

“އޭތް ކިހިނެއްވީތަ؟” ފަޒާލް ނިފޫގެ މޫނަށް ބަލައިލަން އުޅުމުން ނިފޫ މާބާރަށް ފަޒާލްގެ ގައިގާ ބައްދައިލީއެވެ.

“ހިއްހިއް… ނިފޫ… ދެން ބަލައިލަބަ… ކިހިނެއްވީތަ މާހާސްވެފަ ތިހުރީ.” ފަޒާލް މަސައްކަތްކުރަމުން ދިޔައީ ވާނުވާ ހޯދޭތޯއެވެ. “ފަޒާލް ގާތުގަ އެންމެ ފަހަރަކުވެސް ބުނެލަބަ.”

“ނޭނގެ… ހި… ފާޑެއްގެ ހި އެއްޗެއް… އަހަރެން… ހި… އަންނަނިކޮށް… ހި… ދިމާކުރީ…” ނިފޫއަށް ވާހަކަދެއްކުނީ އަޅައިގަންނަމުން ގިސްލެވެމުންނެވެ.

ވަގުތުން ފަޒާލްގެ މޫނުގެ ކުލަވަރު އެއްކޮށް ބަދަލުވެގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ދަތްވިކައިލިލެއް ބާރުކަމުން ހީވީ ދެންމެ ދެންމެ ދަތްތައް ކުޑިކުޑިވެގެން ހިނގައިދާނެހެންނެވެ. މޫނުމަތީގައި ހުރި ދޮންކަން ރަތްދޮނަށް ބަދަލުވެގެން ދިޔައެވެ. ދެއަތް މުއްކަވާލައި ވަލުތެރެއާ ދިމާއަށް ބަލައިލީ ރުޅިވެރިކަމާއެކުގައެވެ.

“ހިއްހިއް… ހައްހައްހާ…” ފަޒާލް ބަލަން ހުރި ދިމާއިން ޒާން ނުކުތީ ލާނެތް ގޮތަކަށް ހެމުން ހެމުންނެވެ.

ނިފޫ ދިޔައީ ސިއްސައިގެންނެވެ. އެހެންނަމަވެސް ފަޒާލްގެ ރުޅި އިހުނަށްވުރެއް އުތުރިއަރައިގެން ދިޔައެވެ. ޒާން ހުރީ ހީލަހީލައެވެ. ޒާންގެ މޫނުމަތިން ހާމަވަމުން ދިޔައީ މަކަރުވެރިކަމެވެ.

“އަހަރެން ބުނީމެއްނުން ނިފޫއަށް ހަޤީޤަތް ފެންނާނޭ. ހައްހައްހާ.” ޒާން ހިނގައިގަތީ ފަޒާލްމެންނާ ދިމާއަށެވެ. “ނިފޫ. އަހަރެން އެއްވެސް ކަމެއް ނިފޫއަކަށް ނުފޮރުވާނަން.”

“ފަޒާލް. އަހަރެން ވަރަށް ބިރު…” ނިފޫއަށް ހުރެވުނީ ފަޒާލްގެ މޭގައި މޫނު ފޮރުވާލައިގެން ސިއްރު ސިއްރުން ބަލާށެވެ.

ޒާން މަޑުމަޑުން ހުރިތަނަށް ގުދުވެލިއެވެ. ހަތަރެސްފައި ދޮންވެލިގަނޑުގައި ޖައްސައިލިއެވެ. އެޔާއެކު ޒާން މައްޗަށް ބަލައިލާ ހަލޭލަވައިގަތެވެ. ޒާންގެ ހަށިގަނޑަށް އަންނަ ބަދަލު ބަލަން، ނިފޫއަށް ހުރެވުނީ ދެލޯ ތަންމިނަށް ހުޅުވައިގެންނެވެ. ބަލަބަލައި ހުއްޓައި ޒާންގެ ދެލޯ ރަންކުލަޔަކުން ދިއްލުނެވެ. ކަންފަތް ދެފަރާތަށް ގޮސް ބޮލައި ހަމައަށް ދާންފެށިއެވެ. ނޭފަތް ދިގުވެ އޫވަމުން ގޮސް ތިރިން ދަތްތައް ދިގުވަން ފެށިއެވެ. ނިޔަފަތިތައް ދިގުވެ މުޅިގައިގާ ކެހެރި ފަޅައި ޒާންގެ ހަށިގަނޑު ބިޔަވި، ބިޔަވީނުން ގައިގާ ހުރި އަންނައުނުތައް އިރައިގެން ދިޔައެވެ.

ނިފޫއަށް ފަޒާލްގެ  ގައިގާ ބާރަށް ބައްދައިގަނެވުނެވެ. ޒާން ބުޅާ ރުޅިއައުމުން ލައްވާ އަޑެއް ހަށިގަނޑުގެ ތެރެއިން ލައްވަން ފެށިއެވެ. ޒާން ގުން ކިޔައި ހަތަރެސްފަޔަށް ބާރުލައި ފަޒާލްއާ ދިމާއަށް ދުއްވައިގަތެވެ. ނިފޫގެ ފައިން ހީވީ ބާރު ދިޔަހެންނެވެ. މަޑުމަޑުން އިށީދެވެން އުޅެވުނެވެ.

ޒާން ދިޔަ ބާރުމިނުގައި ގޮސް ނިފޫމެނާ ދިމާއަށް ފުންމައިލިއެވެ. ފަޒާލް ބަލާކަށް ނުހުރެ ނިފޫ ދުރަށް ކޮށްޕާލިއެވެ. އެޔާއެކު ފަޒާލްގެ ކޮނޑުގައި ޒާން ބާރަށް ދަތްއަޅިއެވެ. އޭރު ޒާން އޮތީ ފަޒާލްގެ ގައިމަތީގައެވެ. ޒާންއެކޭ ބުޅާމިހެކޭ އެއްފަދައެވެ. ޒާން ފަޒާލަށް އެއްގޮތަކަށްވެސް ދޫކުރާކަށެއް ނޫޅެއެވެ. ނިފޫ ދޮންވެލިގަނޑުމަތީގައި އިށީދެގެން އިނދެ ރޮމުން ދިޔައީ އަނގަމަތީގައި އަތްއަޅައިގެން އިނދެއެވެ.

ފަޒާލް ޒާންގެ ބަނޑުގައި ފައި އަޅައި ދުރަށް ކޮށްޕާލިއެވެ. ފަޒާލްވެސް ހަތަރެސްފައި މައްޗަށް ތެދުވިއެވެ. އޭރު ޒާންއެކޭ އެއްފަދައިން ފަޒާލްވެސް ވަނީ މުޅިން ބަދަލުވެފައެވެ. ފަޒާލްގެ ކޮނޑުގައި އިން ޒަޚަމްގަނޑު ރަނގަޅުވަމުން ދިޔައެވެ. ނިފޫއަށް ބާރަށް ރޮއެގަނެވުނެވެ. ފަޒާލްއަކީވެސް އެފަދަ އެއްޗެއްކަން އެނގުމުންނެވެ. ހިތަށް ތަދުވީއެވެ. ފަޒާލް އެކަން ނިފޫއަށް ފޮރުވާފައި އޮތުމުންނެވެ. ފަޒާލް ނިފޫއާ ދިމާއަށް ބަލައިލިއެވެ. ފަޒާލްގެ ލޯ ހުރީ މަޑު ނޫކުލައަކުން ދިއްލިފައެވެ.

ޒާން ތެދުވެ ފަޒާލްއާ ދިމާއަށް ދުއްވައިގަތުމުން ފަޒާލްވެސް ދުއްވައިގަތީ ޒާންއާ ދިމާއަށެވެ. ދެމީހުން ތަޅައި ފޮޅަމުން ދިޔައިރު ނިފޫއަށް އިނދެވުނީ ރޮއެލަރޮއެލައެވެ. ފަޒާލްގެ މޫނުމަތީގައި ޒާން ޖެހި އެތި ފަހަރަކުން ފަޒާލް ތަންޑާވެގެން މޫނުވަތަށް ވެލިގަނޑު މައްޗަށް ވެއްޓުނެވެ. ފަޒާލްގެ މޫނުމަތީގައި ޒާންގެ ފަސްވަކީގެ ނިޝާން އެޅިފައި ހުއްޓެވެ. އެތަން ރަނގަޅުނުވެ ހޯސްލާފައި ފައިބަ ފައިބާ ހުރި ލެއިން ދޮންވެލިގަނޑު ރަތްކުލައިން ކަޅިވަމުން ދިޔައެވެ. ފަޒާލްގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވެވޭ ހުއްޓެވެ.

ޒާން ކޮޅަށް ތެދުވެ ނިފޫއާ ދިމާއަށް ހިނގަންފެށިއެވެ. ނިފޫ ފިރުކޭ ހާލުގައި ދެއަތުން ފަހަތް ފަހަތަށް ޖެހެން ފެށިއެވެ. ޒާން ހިނގަމުން އަންނަން ފެށުމުން ޒާންގެ އަސްލު ސިފައަށް މީހަ ބަދަލުވަމުން އައެވެ. ނޭފަތާއި ދަތްތައް ހުރި ވަރަށް ކުޑަވަމުން ދިޔައެވެ. ކެހެރިގަނޑު ޒާންގެ ހަށިގަނޑު ތެރެއަށް ވަންނަމުން ގޮސް އިންސާނީ ސިފައަށް ބަދަލުވިއެވެ. ޒާން ހުރީ ހެއްދެވި ގޮތަށެވެ.

ޒާން އައިގޮތަށް އައިސް ނިފޫގެ ދެފައިގައި ހިފައި ޒާން އާ ދިމާއަށް ދަމައިލިއެވެ. އަދި ނިފޫގެ ހަށިގަނޑު މަތީގައި އޮށޯވެލިއެވެ. އެކަމުން ނިފޫއަށް އަނިޔާވަމުންދިޔަކަން އެނގުނެވެ. ނިފޫ ޒާންގެ މޭމަތީގައި ގޮށްމުއްކަވައި ދެއަތުން ތަޅަން ފެށިއެވެ. އެހެންނަމަވެސް ޒާން ހުރީ ދޫކުރާކަށެއް ނޫނެވެ.

ކުއްލިއަކަށް މީހަކު ޒާންގެ ކޮނޑުގައި ހިފައި ދުރަށް ބުރުވައިލިއެވެ. ޒާން ދިޔަ ބާރުމިނުގައި ގޮސް ވެލިގަނޑަށް ގުޅަވިއެވެ. މުޅި ގައިގާ ވެލި އުނގުޅުނެވެ. ފަޒާލް މޭ ފުއްޕަ ފުއްޕާފައި ނޭވައި ލަމުން ދިޔައެވެ. ފަޒާލް ހުރީ އިންތިހާއަށް ރުޅިއައިސްފާކަން އެނގެއެވެ. އޭނާގެ ދެލޯ މަޑު ނޫކުލައިން ދިއްލި ފަޅައިގެން ގޮސްދާހެންވެސް ހީވެއެވެ.

ޒާން ހިނިގަނޑެއް ޖަހައިލާ އެނެއް ސިފައަށް ބަދަލުވަން އުޅެން ފެށިއެވެ. އިސާހިތަކު ޒާން އެސިފައަށް ބަދަލުވެ ފަޒާލްއާ ދިމާއަށް ދުއްވައިގަތެވެ. ފަޒާލް ކޮޅަށް ހުރިގޮތަށް ހުރީއެވެ. ޒާން ދިޔަބާރުމިނުގައި ގޮސް ފަޒާލްގެ ބޮލާހަމައަށް ފުންމައިލީ އަނގަ ތަންމިނަށް ހުޅުވާގެންނެވެ. ހީވަނީ އެއްއަނގަޔަށް ފަޒާލް ލާފާނެ ހެންނެވެ.

ފަޒާލްގެ ބޮލާހަމައަށް ޒާން ފޯރުމާއެކު، ފަޒާލް ކަނާއަތް ގޮށް މުއްކަވާލައި ޒާންގެ މޫނުމަތީގައި އެތި ފަހަރެއް ބެހެއްޓިއެވެ. އެޔާއެކު ޒާން ބިންމައްޗަށް ގުޅަވެގެން ވެއްޓުނީ ސީދާ ހެޔަށް ގޮތްވެގެންނެވެ. ޒާންއަށް އެއްވެސް ވަރަކަށް ގުޑައި ނުލެވުނު ތަނުގައި އޭނާގެ ގައިގާ އެއްވެސް ބާރެއްވެސް ނެތެވެ.

ފަޒާލް އައިސް ނިފޫ ކޮޅަށް ނެގިއެވެ. ނިފޫގެ ބިރު ހުރީ އެއްކޮށް ކެނޑިފައެވެ. ފަޒާލްގެ މަޑު ނޫކުލައިން ދިއްލިފައި ހުރި ލޮލުން ނިފޫގެ ލޮލަށް ބަލައިލިއެވެ.

“މިއީ ސިހުރުން… އަހަރެންނަށް… ނިފޫ. އަހަރެންނަށް މާޢަފް…” ފަޒާލް ބުނަން އުޅުނު ޖުމުލަ ނުބުނެ ހުއްޓައިލީ ނިފޫ ފަޒާލްގެ އަނގަމަތީގައި އަތްއެޅުމުންނެވެ.

ފަޒާލްއަށް ފުންކޮށް ނޭވައި ލެވެމުން ދިޔައެވެ. ފަޒާލްގެ މޫނުމަތީގައި ނިފޫ އަތް ފިރުމައިލިއެވެ. ފަޒާލްގެ މޫނުމަތިން ފެންނަމުން ދިޔައީ މައުސޫމްކަމެވެ. ނިފޫ ފަޒާލްގެ ލޮލުން އައިސް ހުރި ކަރުނަތައް ފޮހެލިއެވެ. ފަޒާލްގެ މޫނުމަތީގައި ހުރި ޒަހަމްތައް މަޑުމަޑުން ރަނގަޅުވަމުން ދިޔައެވެ. އެޔާއެކު ފަޒާލްވެސް އިންސާނީ ސިފައަށް ބަދަލުވަމުން ދިޔައެވެ. މީހާ އެއްކޮށް ހުރި ހާލަތަށް ރުޖާޢަވިއެވެ.

“އައި ލަވް ޔޫ މައި ލަވް ސޯ މަޗް އެންޑް މޮރ ދެން އެނީތިން.” ފަޒާލް ބާރަށް ނިފޫގެ ގައިގާ ބައްދައިލިއެވެ.

“އައިލަވް ޔޫ މައި ކެޓްމޭން.” ނިފޫއަށްވީވެސް ހަމަ އެވަރެވެ.

ފަޒާލް ނިފޫގެ ދިގު ދަތްދޮޅީގައި ޝަހާދަތް އިނގިލި ޖައްސާލައި އުފުއްލާލިއެވެ. މަޑުމަޑުން ނިފޫގެ ތުންފަތް ފަޒާލްގެ ތުންފަތާ ގުޅުވައިލިއެވެ. އިރުކޮޅެއް ވަންދެއް ދެމީހުންނަށް ލިބެމުންދިޔަ ޖަޒުބާތީ މީރުރަހަޔަށްފަހު، ފަޒާލްގެ ތޫނު ނަޒަރުން ނިފޫގެ ލޮލަށް ބަލައިލިއެވެ. ނިފޫއަށް ލަދު ރަކިގޮތަކަށް ހީލެވުނެވެ.

“އަހަރެން ބޭނުމެއްނޫން ނިފޫ އެއްވެސް ވަރަކަށް ދެރަވާކަށް، އަހަރެން ހަމައެކަނި އުފާވަނީ ނިފޫ ހީލީމާ.”

Comments (35)

  1. xeeel

    Ma sha Allah vv v rythi vhka eh. Kyp it up asad…:-)

  2. Eyesh

    V v v salhi vahaka. Mi nimunytha mi story? Anyways v v v habeys sifakurunthah.. i just luved it… ?

  3. ravupinky

    v v v v reethi mi story asad i reallyy love it….keep it up asad

  4. Ahmed Ammu

    Varah furihama ?

    1. Asad
      Ahmed Ammu

      Thank You @xeel @Eyesh @ravupinky @Ahmed Ammu.
      ending is on ur hand @Eyesh
      hehe 🙂

    2. Eyesh
      Ahmed Ammu

      Asad ni story Adhi nimmaa nulaa kuri ah gendhan veenu…. ei javaabu nulibey suvaalu thah evahuri. E dhemeehun nah ehen vee keevve kameh neyge. And xaan akee kaaku kameh ves neygunu. Ehurihaa suvaaleh ge javaabu libeynehen story adhi kuri ah gengos dheefiyya v v v happy vaane. Cox mi part ves v reethi.. v kiyaaahithun indha nimunee ?

    3. Asad
      Ahmed Ammu

      hehe. Thank You for the marvelous comment @Eyesh
      aslu ulhunin dhigu vaahakaeh liyan heeleemaah. ekam kudakoh bixykoh ulheytheeve nuliyevenee. will try to write igey if only i got a time. 😉
      Thank You once again.

  5. Anonymous

    pis pis… mee konkahala vaahakeh.. cat man ekow.. lol ?????

    1. areesh
      Anonymous

      e’ee vampire dairyga ulhey wolf man… lol

    2. Anonymous ge balaaverikan
      Anonymous

      Thafaathu ehcheh meee
      .. salhi ☝anonymous ah rythi vaahaka eh myhakah liyeveytha ??

    3. Asad
      Anonymous

      hehee. Thank You @Anonymous @areesh @Anonymous ge ba…….
      this is a fiction story.
      lets try a new different story dw oneday again. 😉

    4. %%%
      Anonymous

      thi haa vaahaka liyan molhiyaa liyan vee nu dhw knme vaharaku ais ehen myhunge liyu mah faadukiyan vey pis pis no manners

  6. Faxoo

    varah reethi mivaahaka. faharakah vureh fahareh improve vamun annany vx 😉 good luck for the next story asad

  7. mice

    varah reethi vaahakaeh….. mi “cat man” aki aslu warewolf eh dhoa…

  8. misty

    Varah reethi

  9. Asad

    Insha Allah @Faxoo
    kind a werewolf @mice
    Thank you all and @misty

  10. Kul

    Wow v interesting…

  11. aathi

    Oh.. i thot it ll b too creepy..hehe.. ehnve nukiyan idhefa mi kiyaaly vx 😀
    ..its nice ingey asad.. 😉

  12. nuzoo

    mi dhn vaahaka eh tha?? hehehe…. kamakunudhey… v hadi kuda kudhin vs gabool kuraa fenvareh neh thi vaahakaiga…

  13. Asad

    Thank You 🙂 @Kul @aathi @nuzoo
    Creepy ehcheh liyenvee doa hehe. 😉 @aathi
    mives vaahakaeko. mi balanee thafaathu vaahakaeh genes dheveythoa @nuzoo will write good one in sha Allah 🙂

  14. Saamee

    Vaahaka liyaame tym netheeya nuliyaa.kohmehen namehga story liyaane kameh nrh..liye nihmaafa mi bunanee kiyuntherin athuga ei nihmun othee.my foot

    1. #####
      Saamee

      ey samee cant you see its a different story and for your kind information migey nimun genes dhaanamey bunefa eba in so better to read comments before commenting so sad samee

    2. Asad
      Saamee

      Hehe.
      Thank you for the comment. @saamee @##### Will write something good again soon. In sha Allah

  15. meehun liyaathy..

    Mashah hama buneveyny meehun liyaathy liyefa oe ehchekey.. Lol…!

    1. Asad
      meehun liyaathy..

      Hehe.
      Trying my best.
      Thank for the comment. Will try again to write something good soon. In sha Allah. 🙂

  16. aneexx

    v salhi vaahaka eh.. ehen stry thakaa thafaathu.. dhen vaanee kihinehthoa abadhuves suvaalu ufedhifa hunnaathee v intresting… mi story gai ehabai madhukan faahaga kurevey… egothun faxaal nd xaan ah mihen dhimaavaan feshi sababu;; sihuru hadhan jehunu sababu:: …. once again … story v habeyssss…

  17. Asad

    Thank You @aneexx. very soon or later i will publish 2nd part of this to make it balance. thank you all for the comments and support. 🙂

  18. chwty

    Its really nice..

  19. Niikko

    vrh salhi can’t wait for part 2 🙂

  20. Asad

    Thank You @chwty @Nikko
    Next part soon in sha Allah. 🙂

  21. 123

    Teen wolf dhoo 😛

  22. maasha

    v reethi vaahaka.. mivaahakaige namaa v bodah gulhuvaafa hury.. meege devana baeh nerera dhinun eden…
    keep it up 🙂

  23. Asad

    teen wolftha noony ehen wolfeh baa? @ 123
    Thank You 123 and maasha
    In sha Allah mieege 3 vana chapter will be up soon. : )

  24. rai~ sher

    wow varah reethi…keep it up asad

    1. Asad
      rai~ sher

      Thanks raisher

Comments are closed.