”ޝާއީ އަވަސްކޮށްބަލަ..މިހާރު ކިހާ އިރެއް ތައްޔާރުވާން ދިޔަތާ. މި އަންހެންވެރިން ގޮވައިގެން ތާކަށް ދާކަށް އުޅޭކަށްނުވާނެ.” އެއިވުނީ އަހަރެންގެ ލޯބިވާ ފިރިމީހާގެ އަޑެވެ. އެއީ އާދައެވެ. ބޭރަށް ދެ މީހުން އެއްކޮށް ދާނަމަ އެއީ ޝާހިދުގެ އަބަދުގެވެސް ޝަކަުވާއެވެ. އަހަރެން ތަތް ވާ ވާހަކަ އެވެ. ލަސްވާހަކައެވެ. އެހެންނަމަވެސް އެވާހަކަތަކަށް މާބޮޑު ސަމާލުކަމެއް އަހަރެން ނުދެމެވެ. އެއީ ޝާހިދު ރުޅިއައިސްގެން ބުނާ އެއްޗެއް ނޫންކަން އަހަރެންނަށް އެނގޭތީއެވެ. ”މި ނިމުނީ..ހަމަ އެންމެ މިނެޓެއް. ކުޑަކޮށް ސެންޓްކޮޅެއް ބުރުވާލައިގެން […]
“ފާރިޝް” ފާރިޝްއާށް ވެފައިހުރި ގޮތް ފެނިފައި އަހަރެން ގޮވާލީމެވެ. ފާރިޝް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “ވަޓް ހެޕެން” އަހަރެން އެތަނުން ތެދުވެގެން އައިސް ފާރިޝް ކައިރީގައި މަޑުކޮއްލީމެވެ. ފާރިޝް ބޯހޫރާލިއެވެ. އަދި މަޑު ހިގުމެއްގައި އައިސް ސޯފާގައި އިށީނެވެ. “ވަޓް ދަ ހެލް ހެޕެން ފާރިޝް” ފާރިޝް އެހާ މަޑުން އިންނަން ފެށުމުން އަހަރެން ބިރު ގަންނަން ފެށިއެވެ. އަނެއްކާ މިފަހަރު ކަމެއްވީ ކާކަށް ބާއެވެ. “ޑޫ ޔޫ ރިމެންބަރ ދަ ޕާސަން ހޫ އިންޓަރަގޭޓް ޔޫ” […]
ދެހަފްތާ ފަސް…… ކޮޓަރިއަށް ވެރިވެފައި ވަނީ އުށްބައްތި ތަކުގެ ފަނޑު އަލިކަމެވެ. އެނދުގެ އަރިމަތީގައި ހުރި ކަބަޑު މަތީ ބޮޑު ތިން އުށްބައްތި ބަހައްޓާފައި ހުއްޓެވެ. ހަމައެއާއެކު ރީތިވާ މޭޒު މަތީގައި ވެސް މެއެވެ. އުށްތައް ވިރެމުން ދިޔަ އިރު އޭގެ ލުއި މީރު ވަސް ކޮޓަރި ތެރެއަށް ފެތުރިފައި އޮތެވެ. މަސްތުކަމެއް އެކުލެވިގެން ވާ މަހުލެކެވެ. އެމާހައުލަށް އިތުރު ދިރުމެއް ގެނެސް ދެމުން ދިޔައީ ރީތިވާ މޭޒުގެ ގޮނޑީގައި އިށީންދެލައިގެން އިން ފަލަކްގެ ރީތި ކަމުންނެވެ. […]
އިރުއިރުކޮޅާ ހިތަށް ތޫނު ކަށްޓެއް ހެރޭހެން ވެސް ހީވެއެވެ. ޔަޝްމްއަށް މޫނުގައި އަތް އަޅާލެވުނެވެ. އޭނަ ހިތްވަރު ކުރަން ބޭނުން ވިއެވެ. ނަމަވެސް ހިތުގައި އުފެދިގެން ދިޔަ ހައިޖާން ގަނޑު އޮއްބާލެވޭ ގޮތެއް ނުވިއެވެ. އެތަދު ފާއިތުވެގެންދާ ކޮންމެ މިނެޓަކާއެކު ފުންވަމުން ދާ ކަމުގެ އިހުސާސްކުރެވުނެވެ. ހަމައެއާއެކު ހިތުގައި އޮތް އުއްމީދަށް ވެސް ފަނޑުކަން ގެނެސްދީފިއެވެ. ޔަޝްމްއަށް އިންތިޒާރު ކުރެވުނީ ނަވްރަސް އަށެވެ. ނަވްރަސް އޭނަ ބަލާ އަންނާނެ ކަމަށް ހީކުރެވުނެވެ. އޭނައަށް މަލާމާތް ކުރަމުން ދިޔަ […]
ކޮންފަދަބޮޑު އިއްތިފާގެން ހެއްޔެވެ؟ހަޔާތުގެ ދުވަހަކުން އައި ކުޑަ ސިކުންތުކޮޅަކުން އަލަށް ވެވެންފެށި އިހުސާސްތަައް މާހީގެ މުޅިހަށިގަނޑަށްވެސްބާރުހިންގެނީހެއްޔެވެ؟މާހީ ފިނިވާންފެށިއެވެ.ހިތްތެޅެންފެށުނެވެ. އާއެކެވެ. ގަބޫލުކުރަންވެސް ދަތިވަނީއެވެ. މާހީގެ ލޮލުގެ ކުރިމަތިން ފެންނަންހުރީ އެ ސޫރަ ދެކިލުމަށް ހިތްއެދޭ ސޫރައެވެ. އެ މީހަކާ ބައްދަލުކުރާހިތުން އަބަދުވެސް އިންތިޒާރުކުރާ މާހީގެ ހިތް އަބަދަށް އެދޭ ހިތުގެ ވެރިޔާއެވެ. އިތުރަށް ވިސްނާކަށް ނުހުރެ މާހީ ދުއްވައިގަތީ އެދިމާލަށެވެ. ފުރުސަތުގެ ބޭނުންކުރަން ނިންމީ އެފަދަ ދެވެނަ ފުރުސަތެއް ހޯދަން އުނދަގޫވާނެތީއެވެ. ޖެހިލުންވެ މޭ ތެޅޭގޮތްވިނަމަވެސް މިއަދު ކުރިއަށް ނޭޅި ފިޔަވަޅަކުން ނޫނީ […]
ބަލްޤީޝް ރުޅި މޫނެއް ހަދާލައިގެން ހުރެ ނުކުމެގެން ދިޔައެވެ. ޖުވޭރިޔާގެ ލޮލަށް ބޮޑިވެގެން ދިޔަ ކަރުނަތައް އޭގެ މަގާމް ދޫކޮށް ފައިބައިގަތެވެ. ގޭގެ މައިދޮރު ލައްޕާލަމުން އައިސް އޭނައަށް ބޮޑުކޮޓަރީގައި ހުރި ސޯފާ ގޮނޑިއަށް ތިރިވެވުނެވެ. އޭނައަށް މޫނުގައި އަތް އަޅާލެވުނެވެ. ބަލްޤީޝްގެ ޖުމްލަތައް އެހިތަށް ހެރެމުން ދިޔައީ ވިހަގަދަ ކައްޓެއް ފަދައިންނެވެ. އެފަދައިން އެއްވެސް މީހަކު މިޝްޔާއާއި ދިމާއަށް ލަފްޒެއް ވެސް ބުނުމުގެ ހުއްދަ ދޭން އޭނަގެ ޒަމީރު ދެކޮޅު ހެދިއެވެ. ޖުވޭރިޔާ ވިސްނާލިއެވެ. އޭނަ […]
ނަމަވެސް ކުރާނީ ކީއްހެއްޔެވެ. އޭނާއަށް އެހެން އެ އޮތީ ބުނެވިފައެވެ. ބުނި އެއްޗެއް އަނބުރައެއް ނުގެނެވޭނެތާއެވެ. އެހެން ނޫނަސް އެނޫން ގޮތެއް ރީޝާ އަކަށް ހަމަ ނެތެވެ. އޭނާ އަށް އަނެއްކާވެސް ރައުހާ އާ ވާހަކަ ދެއްކުނު ގޮތް ހިތަށް އަރާފައި ރޮވެން ފެށުނެވެ. އޭނާ ކުރާނީ ކީއްހެއްޔެވެ؟؟ ރައުހާ ވެސް ހިިތަށް އަރާނީ ކީކޭ ހެއްޔެވެ. މީ ރީޝާ ދުވަަކުވެސް ރައުހާ އާ ވާހަކަ ދެއްކި ގޮތެއް ނޫނެވެ. އެހެނަސް ތަޤްދީރުގެ ނިޔާ އެކަކަށް […]
ވަށައިގެން ވަނީ ކަޅު އަނދިރިކަމެވެ. ހިމޭންކަމެވެ. ވައިރޯޅިއެއް ވެސް ޖެހިލާ އަޑެއް ނީވެއެވެ. އިޒްކާން ދެލޯ ހުޅުވައިގެން އެއަނދިރިކަމުގެ ތެރެއަށް ހޭނެން މަސައްކަތް ކުރިއެވެ. ދުރުން އައްޔެއްގެ ވާހެން ވެސް ހީވިއެވެ. އިޒްކާން އަލިކޮޅާއި ދިމާއަށް ހިނގައިގަތެވެ. ހިމޭންކަން ތޮރުފާލަމުން ކުއްލިޔަކަށް އިވެން ފެށީ އަންހެންކުއްޖެއްގެ ހުނުމުގެ އަޑެވެ. ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑު ވެސް އިވެއެވެ. ނަމަވެސް މަންޒަރު ސާފު ވާގޮތެއް ނުވެއެވެ. އިޒްކާންގެ ހިތުގެ ތެޅުން އަވަސް ވާން ފެށީ އިވެމުން ދިޔަ ލޮބުވެތި […]
މިޝްޔާގެ ހަޅޭކުގެ އަޑު އިޒްކާންގެ ކަންފަތުގައި ގުގުމާލީ ހޮނު ގުގުރިއެއްގެ ސިފައިގައެވެ. މޫނަށް ވެރިވެގެން ދިޔަ ހާސްކަމާއި އެކު އޭނައަށް ކޮޓަރިއާއި ދިމާއަށް ދުއްވައިގަނެވުނު ގޮތެއް ވެސް ނޭގެއެވެ. އޭރު މުޅި މީހާ ވަނީ ހާސްކަމެއްގެ ތެރޭގައެވެ. ނިތުގައި ދަލުގެ އަސަރު ހުއްޓެވެ. މޭގައި އޮތް ހިތް ވެސް ދިޔައީ ރޫރޫއަޅަމުންނެވެ. އިރުކޮޅެއްގެ ތެރޭ އެތިކޮޅުތަކަށް ބުރައިގެން ހިނގައިދާނެހެން ވެސް ހީވެއެވެ. އިޒްކާން ތަޅުގައި ހިފާލުމާއެކު ލިބިގެން ދިޔައީ އިތުރު ނުތަނަވަސްކަމެކެވެ. ދޮރު ހުރީ ތަޅުލާފައެވެ. ހިތް […]