އަފާއަށް ލިބުނު ހައިރާންކަމުގައި އިރުކޮޅަކު އިނދެވުނީ އަމިއްލަ ލޮލަށް ފެނިގެންދިޔަ މަންޒަރު ގަބޫލުކުރަން ދަތިވުމުންނެވެ.
ޒައިން ޖަލަށްލީ ފަސްއަހަރަށް ކަމަށްވީއިރު އެންމެ ހަމަސްދުވަސްތެރޭގައި އޭނާ ސަލާމަތްވީ ކިހިނެއްބާއެވެ؟ އަދިއެއީ ޒައިންނަމަ އޭނާ ޖަލުން ސަލާމަތް ވެގެން އަހަންނަށް ނުގުޅީ ކީއްވެބާއެވެ؟
މިކަހަލަ ހިޔާލުތަކެއްގައި އަފާ އިންދާ ޕިކަޕު އައުމުން އެންމެން އެކުގައި ޕިކަޕަށްއެރިއެވެ.
ގެއާހަމައަށް ދެވުނުއިރުވެސް އަފާއިނީ ޒައިންގެ ހިޔާލަށް ގެއްލިފައެވެ.
ގެއަށް ވަދެވުމާއެކު އަފާގޮސް ކޮޓަރިއަށްވަދެ ފެންވަރައިލައިގެން އައިސް އެނދުގައި އޮށޯވެލުމަށްފަހު ފުރަތަމަވެސް ޒައިންގެ ފޯނަށް ގުޅައިލިއެވެ. ފޯނު ރިންގުވީ ނަމަވެސް ހަތަރުފަހަރު ގުޅުމުންވެސް ފޯނުނުނެގުމުން އަފާ ވަރަށްއަވަސް އަވަހަށް ތައްޔާރުވެލައިގެން ސަމީރާކައިރީގައި ފިހާރައަކަށް ދަނީކަމުގައިބުނެ ޒައިންމެންގެ ގެއަށްދިއުމަށް ނިކުތެވެ.
އެންމެފަހަރަކު ދޮރުގައި ޓަކިޖަހައިލިއިރަށް ނައީމާ ދޮރުހުޅުވައިލުމުން އަފާއަވަހަށް އެތެރެއަށްވަދެ ސޯފާގައި އިށީނެވެ.
“މަންމާ…. ޒައިން ކޮބާ؟ އަޅުގަނޑަށް ޒައިން ފެނިއްޖެ މަގުމަތިން؟ ޒައިން ޖަލުން ސަލާމަތްވީތަ؟ ކޮންއިރަކުއައީ؟ ”
އަފާ ހުރިހާ ސުވާލެއް ފައްޗަކަށް އަމުނައިލުމުން ނައީމާ އިރުކޮޅަކު ބަހެއްނުބުނެ ހުރުމަށްފަހު އަފާކައިރީގައި އިށީނެވެ.
“އާނ… ޒައިން އައިސްފި އިއްޔަ.. ރައީސުލް ޖުމްހޫރިއްޔާގެ އަފުޢާމްގެ ދަށުން ދޫކޮށްލި މީހުންގެ ތެރޭގަ ޒައިންވެސް ހިމެނުނީ..”
ނައީމާ ވާހަކަ ދެއްކީ ހެވިފައި އިނދެއެވެ. ޒައިންއައުމުން އުފާވެފައިވާވަރު އޭނާގެމޫނުމަތިން ފެންނަން ހުއްޓެވެ.
“އެހެންތަ؟؟. ދެންކީއްވެ ޒައިން އަޅުގަނޑަށް ނުގުޅީ؟ ޒައިން ކީއްވެ ފޯނު ނުނަގަނީ؟”
އަފާވެސް ޒައިން އައުމުން އުފާވިނަމަވެސް ޒައިން ކަންތައްކުރި ގޮތުން އަފާދެރަވިއެވެ.
“މަންމައަކަށް ނޭނގެ ކީއްވެކަމެއް ޒައިން އަފާއަށް ނުގުޅީ.. ޒައިން އައީމަ މަންމަބުނާނަން އަފާ ޒައިން ހޯދަން އައި ވާހަކަ… އެކަމަކު އަފާގެ މަންމަމެންނަށް އަފާ މިގައަށްއައިކަން އެނގިއްޖެއްޔާ ވަރަށް ރުޅިއަންނާނެ އެންނު.. އެހެންވީމަ މަންމަ އަކަށް ހިޔެއްނުވޭ އަފާމިގެއަށް އައުންތީ ރަނގަޅުކަމެއް ހެންނެއް..”
ނައީމާ މިހެންބުނެ އަފާގެބޮލުގައި ފިރުމައިލިއެވެ.
އަފާއަށް ސިއްސައިގެންގޮސް ބަލައިލެވުނީ އެވަގުތު ގޭގެ ދޮރުހުޅުވާލައިފައި ވަދެގެން އައިޒައިން ފެނުމުންނެވެ. ޒައިންގެ ސިފަވަނީ މުޅިން ބަދަލުވެފައެވެ. އެރީތިހަށިގަނޑު ހިކިގެންގޮސް އަނަރޫފަ ވެފައިވާއިރު މިލާފައިވާ މޫނުމަތީގައި ކުރީގައި އެހުންނަ އުޖާލާކަމެއް ނެތެވެ. ދެލޯކައިރިވެސް ކަޅުވެ ވަޅުވަދެފައިވުމުގެ ސަބަބުން އެމޫނުމަތީގެ ރީތިކަންވަނީ ގެއްލިފައެވެ. ދެމީހުންނަށް ވެސް އިރުކޮޅަކު ދެމީހުންގެ މޫނަށް ބަލަންތިބެވުނެވެ.
“ބޭބީ…. ކީއްވެ ނުގުޅީ… ކީއްވެ ފޯނު ނުނެގީ…”
އިރުކޮޅަކު ޒައިންއާއި ދިމާލަށް ބަލަންއިނުމަށްފަހު އަފާ ދުވެފައިގޮސް ޒައިންގެ ގައިގައި ބައްދައިގަނެ ރޯންފެށިއެވެ.
ޒައިން މަޑުމަޑުން އަފާ އޭނާގެގަޔާ ދުރުކޮށްލިއެވެ.
“އަފާ… އަހަރެން ބޭނުމެއްނޫން ތިއާއިލާގެ ނުރުހުމުގަ އަފާއާ އިނދެގެން މިގެއަށް ގެންނާކަށް.. ތި އާއިލާއިން ދެނެއް މަށެއްބަލައެއް ނުގަންނާނެ… އެހެންވީމަ އެންމެ ރަނގަޅުވާނީ ދެމީހުން ދެން ދުރުވިއްޔާ…”
ޒައިންގެ އަނގައިން ބޭރުވަމުންދިޔަ މިވިހަގަދަ ބަސްތައް އަފާއަށް އަޑުއިވިފައި އެއީހަމަ ޒައިންބާއޭ ހިތަށްއެރިއެވެ. ޒައިންގެ ދުލުން އެހެންބުނެފާނެ ކަމަކަށް ދުވަހަކުވެސް އަފާހިޔެއް ނުކުރެއެވެ.
“ދުރުވާށޭ؟؟؟ ….. ޒައިންއަށް އެނގެއެއްނު އަހަރެން ޒައިންދެކެ ލޯބިވާވަރު… އަހަންނަކަށް ނޫޅެވޭނެ ޒައިންއާ ވަކިންނެއް.. މުޅިދުނިޔެއާ ދެކޮޅަށްވެސް އަހަރެން ޒައިންއާ ކައިވެނިކުރަން ބޭނުން… ހެޔޮނުވާނެ ޒައިން… އަހަރެން ދޫކޮށްނުލާ … ”
އަފާ ގިސްލަމުން ޒައިންގެ އަތުގައި ހިފައިގެންހުރެ އާދޭސް ކުރަންފެށިއެވެ.
އަފާގެ މިއާދޭސްތައް ޒައިންގެ ކަންފަތަށް ނީވޭކަހަލައެވެ. އަފާއެވަރަށް ރޯއިރުވެސް ޒައިން ހަމައަޅައިވެސްނުލައި ހުރުމުން އިތުރަށް އަފާގެ ހިތުގައިޖެހި ގިސްލެވެންފެށިއެވެ.
“ޒައިން…. މަންމައަކަށް ދެންނުހުރެވޭނެ އަފާއަށް ހަގީގަތް ކިޔާނުދީއެއް… އަފާ… އަފާގެ މަންމައާ އަހަރެންނާ މަގުމަތިން ދިމާވި ދުވަހުގެރޭ އަފާގެބައްޕަ މިގެއަށް އައިސް އަހަރެންކައިރީގައިބުނި ޒައިންއާ އަފާގެ ގުޅުން ހުއްޓާލުމަށް ޒައިންކައިރީގަ ބުނާށޯ.. އެމީހުން އެއްވެސް ވަރަކަށް ތިދެކުދިން ގުޅެން ބޭނުންނުވާކަމުގަބުނެ ވަރަށް ރުޅިއައިސްފައިހުރެ ވާހަކަ ދެއްކީ. ”
އަފާ ރޮމުން ދިޔަމަންޒަރު ބަލަންއިން ނައީމާގެ ހިތަށްކެތްނުވެގެން އެންމެފަހުން އަފާއަށް ހަގީގަތް ކިޔައިދިނީ އިތުރުގޮތެއް ނެތްކަން އެނގުމުންނެވެ..
އަފާއަށް އިވުނު ވާހަކަތައް ގަބޫލުނުކުރެވިފައި އަނގަމަތީގައި އަތްއަޅައިގެން އިރުކޮޅަކު ހުރުމަށްފަހު ދުވެފައިކަހަލަ ގޮތަކަށް އެގެއިންނިކުމެ ގެއަށްދިއުމަށް ހިނގައިގަތެވެ. އޭރުވެސް ހުއްޓުމެއްނެތި އަފާއަށް ރޮވެމުންދެއެވެ.
“ޒައިން…. ފުރަތަމަވެސް އަފާއަށް ރީތިކޮށް ހަގީގަތް ކިޔާދިންނަމަ.”
ޒައިން ކަންތައްކުރި ގޮތުން ހިތްހަމަ ނުޖެހިފައިހުރެ ނައީމާގޮސް ކޮޓަރިއަށްވަދެ ބާރަށް ދޮރުޖެހިއެވެ. އަފާ ދެރަކޮށްލެވުމުން ދެރަވީނަމަވެސް ޒައިން އެގޮތަށް އެކަންތައްކުރީ އޭނާއަށް މަޖުބޫރުވެގެންކަން މިހާރު އަފާއަށްވެސް ވިސްނޭނެއޭ ހިތަށްއަރައި ހިތްހަމަ ޖައްސައިލުމަށްފަހު ޒައިންވެސްގޮސް ކޮޓަރިއަށްވަނެވެ.
އަފާ ރޮވިފައިހުރެ ބާރަށްގޮސް ކޮޓަރިއަށްވަދެ ދޮރުތަޅުލުމުން ކޮންމެވެސްކަމެއް ގޯސްވެއްޖެކަން ސިޓިންރޫމުގައިތިބި މޫސައާއި ސަމީރާއަށް އެނގުނެވެ.
“އަފާ…. ދަރިފުޅާ.. ދޮރުހުޅުވަބަލަ ..ކިހިނެއްތަވީ؟؟ ދަރިފުޅާ…”
ކޮޓަރީގެ ދޮރުގައި ތަޅަމުން މޫސަ އަފާއަށް ގޮވަންފެށިއެވެ. އޭރު ސަމީރާވެސް ހާސްވެފައިހުރެ އަފާއަށް ގޮވަމުންދެއެވެ. އަފާ ދޮރުހުޅުވައިލުމަށްފަހު މޫސަގެ ކުރިމަތީގައި ހުއްޓިރޯންފެށިއެވެ.
“ބައްޕާ.. ކީއްވެ އަޅުގަނޑުގެ ލޯތްބަށް ތިހުރަސްއަޅަނީ… އަޅުގަނޑު ޒައިން ބޭނުން… ޒައިން އާ މެރީކުރަންވެސް ބޭނުން… މީހަކަށް ކުށެއްކުރެވިދާނެ.. އެކަމަކު އޭގެމާނައަކީ އަބަދު ކުށްކުރާނެއެކޭ ނޫނެއްނު… ޒައިން ދެން އެކަހަލަކަމެއް ނުކުރާނެ.. އަޅުގަނޑަކަށް ނޫޅެވޭނެ ޒައިންއާ ވަކިންނެއް…. ”
އަފާއަށް ގިސްލެވޭވަރުން ވާހަކަ ދެއްކެނީވެސް ހަމަކިރިޔާއެވެ. އަފާ ރޮމުންރޮމުން މޫސަގެ ފައިދަށަށް ތިރިވިއެވެ. މިތަންފެނި ސަމީރާ އައިސް އަފާނަގައި އަތުލަފިކޮށްގެން ގެންގޮސް އެނދުމަތީގައި ބޭންދުމަށްފަހު އަފާގެ ބުރަކަށީގައި ފިރުމަަމުން ނުރޮއި ހުއްޓައިލުމަށް ބުންޏެވެ.
“ދަރިފުޅާ… ކީއްވެތަ ނުވިސްނެނީ….. އެކަހަލަ މީހަކާ އިނދެގެން މުޅި އުމުރުގަ ރޯންޖެހޭނީ.. އެއްފަހަރު އެކަހަލަކަމެއް ކޮށްފިއްޔާ ދެވަނަފަހަރުވެސް ކުރާނެ… އެހެން ނޫނަސް އޭނައާ އިނދެފިއްޔާ އަފާއާ މިއާއިލާއަށްވެސް މީހުން ކިހާމަލާމާތެއް ކުރާނެ..”
އަފާގެ ބޮލުގައި ފިރުމައިލަމުން މޫސަ މަސައްކަތްކުރީ އަފާއަށް ވިސްނައިދޭށެވެ. ނަމަވެސް އަފާ މޫސަގެއަތް ފޮޅުވައިލައި އެނދުމައްޗަށް ވެއްޓިގަނެ ބާރަށް ރޯންފެށުމުން ސަމީރާއާއި މޫސަ އެކޮޓަރިން ނިކުތެވެ.
“ސަމީރާއްތާ. .ކޮބާ ވަސީމް؟ މިއައީ ވަސީމައަށް އެއްޗެއްހިފައިގެން.”
ގޭގެދޮރުގައި ޓަކިދޭއަޑަށް ސަމީރާގޮސް ދޮރުހުޅުވައިލުމާއިއެކު މިހެންބުނެ ޝާމް އެތެރެއަށް ވަދެގެންގޮސް ވަސީމްގެ ކޮޓަރިއަށް ވަނެވެ.
“އަޅެ ޝާމްމީ ހާދަ ރަނގަޅު ކުއްޖެކޭދޯ.. އަހަރެން ހިތަށްއަރާ އެޒައިންގެ މަތިން ހަނދާން ނައްތާލާފަ އަފާ ޝާމްކަހަލަ ރަނގަޅު ކުއްޖަކާ ގުޅޭނެނަމަައޭ…”
ސަމީރާ ވާހަކަދެއްކީ ކާމޭޒުކައިރީގައި ކާންއިން މޫސައާއެވެ.
“އަހަރެންވެސް ބޭނުން ތިގޮތް.. އެކަމަކު އަފާ އެހުރީ ޒައިންއާހެދި ހޭބަލިވެފަ.. ވަރަށް އުނދަގޫވާނެ އަފާއާ ޒައިންއާ ދުރުކުރަން…އެކަމަކު ބަލަން ހުންނާތި! އެކަން ކޮށްފަ އަހަރެން ހުއްޓާލާނީ.. އެހެންނޫނީ ކިހާބޮޑު ލަދެއްގަ އަހަރުމެން ބެދޭނީ ދޯ..”
މޫސަ މިހެންބުނެ ފޯނުނަގައި ޒައިންއަށް ގުޅިއެވެ.
“ހަލޯ…ޒައިން.. ކަލޭ އަފާއާ ދުރުގަހުރޭ އިނގޭ… އެހެންނޫނީ މާރީއްޗެއްނުވާނެ.. ރީތި ގޮތުގަ އަފާގެ ދިރިއުޅުމުން ދުރަށް ނުގޮސްފިއްޔާ ދެން ކަންތައްކުރާނެގޮތް އެނގޭނީމަށަށް..”
ޒައިން ފޯނުނެގުމާއެކު މޫސަ ވަރަށްހަޑިކޮށް ޒައިންއަށް އިންޒާރުދިނެވެ.
ެ”މަށެއްނޫޅެން މޮޔަވެގެންނެއް… މަބުނިން އަފާކައިރީގަ މަށެއްބޭނުމެއްނޫނޭ އަފާއެއް… އެކަމަކު އޭނަ އެދުވަނީ މަފަހަތުން…މިއަދުވެސް މިގެއަށް އައިސް ރޮއިފަ އެދިޔައީ…ކަލޭ ފުރަތަމަ ކަލޭގެދަރި މައިތިރިކޮށްބަލަ..”
މޫސަވާހަކަ ދެއްކިގޮތުން ޒައިން ހަމަ ރަނގަޅަށްވެސް ރުޅިއައިސްފިއެވެ. ޒައިންގެ މިބަސްތައް އިވިފައި މޫސަވެސް އިންތިހާއަށް ރުޅިއައިސްގެންގޮސް އަފާގެ ކޮޓަރީގެ ދޮރުހުޅުވައި އެތެރެއަށްވަދެ ބާރަށް ހަޅޭއްލަވައިގަތެވެ.
“އަފާ….އަހަރުމެން ލަދުން ބޯހަލާކުވޭ ތިއުޅޭ ވައްތަރުން.. އެޒައިންފަހަތުން ރޮމުން ތިދުވަނީ އެވަރުގެ މީހަކު ނެތިގެންތަ؟؟… އަފާ ތިއުޅެނީ މޮޔަވެގެންތަ؟؟ ލާހިކެއްނޫން ޒައިންއާ އިންނާކަށް… ”
ރުޅިއައިސްގެންގޮސް އޭރު މޫސަގެއަޑު ތުރުތުރު އަޅައެވެ. އެއަޑަށް ވަސީމުއާއި ޝާމްވެސް އައިސް އަފާގެ ކޮޓަރިތެރެއަށްވަތްއިރު އެނދުމަތީގައި އަފާ ބަންޑުންއޮވެ ބާރަށްރޮނީއެވެ. އޭރު ސަމީރާ މޫސަގެއަތުގައި ހިފައިގެން ކޮޓަރިން ނެރެވޭތޯ އުޅެއެވެ. މޫސައަކީ ރުޅިއައިސްފިނަމަ ގިނަފަހަރު އަތުންފައިން ގޯސްހަދާ މީހެއްކަމުން ސަމީރާއާއި ވަސީމްވެސް ތިބީ ބިރުންނެވެ.
“ބައްޕާ ހަމަޖެހިބަލަ… ތިގޮތަށް ހަޅޭއްލެވީމަ ކޮއްކޮ ކިހާދެރަވާނެ..”
އަފާ ރޯތަންފެނިފައި ވަސީމުއަށްވެސް ރޮވޭގޮތްވިއެވެ.
“ރީތިކޮށް ވިސްނައިދޭން އުޅެގެން އަޑުނޭހީމަ ދެންޖެހޭނީ ބާރަށް ބުނަން.”
މޫސަ މިހެންބުނެ ކޮޓަރިން ނިކުމެގެން ދިއުމުން ސަމީރާވެސް މޫސަފަހަތުން ނިކުތެވެ.
“ކޮއްކޯ… ހުއްޓާލާފަ ވެގެންއުޅޭ ގޮތެއް ދޮންބެއަށް ކިޔައިދީބަލަ… ”
އެނދުމަތީގައި އިށީނދެ އަފާގެ ބޮލުގައި ފިރުމާލަމުން ވަސީމް ވާހަކަދެއްކީ ވަރަށްލޯބިންނެވެ. އޭރު ވާނުވާނޭނގިފައި ޝާމްވެސް ވަސީމް ކައިރީގައި އިނެވެ. އަފާ ރޯތަންފެނުމުން ޝާމްގެހިތަށް ކިތަންމެއަސަރެއް ކުރިނަމަވެސް އޭނާއަށް ވަކިކުރެވޭނީވެސް ކީއްހެއްޔެވެ؟
އަފާ ތެދުވެ ވަސީމްގައިގައި ބާރަށް ބައްދައިގެންއިނދެ ރޮމުން ވީހުރިހާކަމެއް ވަސީމްއަށް ކިޔައިދިނެވެ. އެއަޑު އަހާފައި ޝާމްގެ ދެލޯވެސް ފެންކަޅިވިއެވެ. އަފާ ޒައިންދެކެ ލޯބިވާވަރު އެނގުމުން އަފާގެހިތުން ދުވަހަކުވެސް އޭނާއަށް ޖާގައެއްނުލިބޭނެއޭ ހިތަށްއެރިއެވެ.
“ކޮއްކޯ… ބައްޕަ އަކީވަރަށް ގޮތްދޫނުކުރާ މީހެއް..ބައްޕައަށް ވިސްނައިދޭން ވަރަށް އުނދަގޫވާނެ… އެކަމަކު ދޮންބެ ޒައިންއާ ވާހަކަ ދައްކާލަފާނަން..”
ވަސީމް މިހެންބުނެ ޒައިންއަށް ގުޅިއެވެ. އަދި ބޮޑުވާހަކައެއް ދައްކާލަން އެބަދަމޭބުނެ ފޯނުބޭއްވުމަށްފަހު ތެދުވިއެވެ.
“އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.. ދޮންބެ މިދަނީ ތިކަމާބެހޭގޮތުން ޒައިންއާ ވާހަކަދައްކާލަން… ޝާމް ހިނގާބަލަ މަށާއެކުދާން..”
ވަސީމް ޝާމްގެ ކޮނޑުގައިޖަހަލަމުން ކޮޓަރިން ނިކުތުމަށް ހިނގައިގަތެވެ.
ޝާމްވެސް ތެދުވެ ވަސީމްގެ ފަހަތުން ދަމުން ފަސްއެނބުރި އަފާގެމޫނަށް ބަލައިލިއެވެ. އޭރު އަފާގެ ފެންކަޅިވެފައިވާދެލޮލުން ޝާމްއަށް ބަލަހައްޓައިގެން އިންތަން ފެނިފައި އޭނާގެ ހިތުގައިޖެހުނެވެ. ދުވަހަކުވެސް އަފާގެ ލޯބި ހާސިލްނުވާނެއޭ ހިތަށްއެރުމުން ޝާމް އޭނާގެ ނަސީބުދެރަކަމާއިމެދު ވިސްނާލާފައި ދެލޯމަރައިލިއެވެ.
ނުނިމޭ…
865 Comments
Comments are closed.
Eyesh
December 27, 2015 at 12:12 pmHello hurihaa kudhin ? eyesh hope kuran mi part ves hurihaa kudhin nahves reethi vaane kamah ? ?
Eeamy
December 27, 2015 at 12:24 pmEyesh ee dhw first…… Hahaha btw story hama perfect I love it……. ?☺
Eyesh
December 27, 2015 at 12:41 pmYey.. ee 1st dhw. ? thanx for reading ingey swyty ?
nukko
December 27, 2015 at 12:27 pmV v rythi… alhey ehn nahadhabaa shaam ah… dhn kihinw ba vaany??… waiting for the nxt part… wen anehbai??? Avahah up kohdhechey 😀 😀 ..
Eyesh
December 27, 2015 at 12:44 pmAwwwn thank u nukko ?? hehe shaam dherakohlan jeheythy eyesh ves dheravey aslu ? v avahah up kuraanan ingey next part ??
Shabee
December 27, 2015 at 12:28 pmwooooooooooow…..mi prt vx vrh vrh vrh vrh vrh vrh reeeeeethiiiiii…. 😀 abadhuvx vaahen mifaharuvx eoh kiyaahithun indhaa enimuny 🙁 🙁 nd mi prt kuruhen vx hyvey…. alhe dhn kihinehtha vaaany….?? 😮 😮 😮 eyesh nxt prt avahah dhigu kh up khdhehchey 😉
🙂 all da bst 🙂
Eyesh
December 27, 2015 at 12:33 pmShabee eh kanthah kihaa bodu vehjetha mihaaru? Kaley kon mehen comment kuraane kameh ney bodu kamekey
Eyesh
December 27, 2015 at 12:36 pmAwwwn thank u so much shabee darling ???
kuru dhw.. aslu evaagothaky eyesh 2 story liyamehnu dhw .ehenve…. But I will try next part miah vure dhigu kohlan ingey ??
Eyesh
December 27, 2015 at 12:40 pmExcuse me… eyesh name akah jahaigen hadikoh comment thi kuri faraathah kuda kameh olhifa oihen heevey… writer ge comments huhnaanee green kulaiga. Mi site use kuraa hurihaa ehmen nahves engey kameh ei. ? so Thigothah eyesh jahaigen comment kurun thee beykaaru kameh kamah fennanee..eyesh ge comments balaafaves engeyne readers ah.
shif
December 27, 2015 at 1:21 pmso true real Eyesh.. hehehe…
ravupinky
December 27, 2015 at 2:11 pmalhey mee kon kameh..handhaan kuraathi fake eyesh shabee sisy aai nubehey thi faadu faadhah..i am warning u ingey fake eyesh..i hate u …u r my enemy now ingey fake eyesh..
ravupinky
December 27, 2015 at 2:27 pmi just hate u fake eyesh really
Eyesh
December 27, 2015 at 2:31 pmAslu ves dhw ravupinky ? shabee aky eyeysh ge stories baraabarah kiyaa aish v lwbivaa reader eh ? and also ehves reader ehge comment ah egothah hadikoh reply kuraakah nujehey dhw.. adhi eves ehen meehun ge name jahaagen ?? dhw
ravupinky
December 27, 2015 at 4:03 pmyup nujehey ney…ey moya vegen ulhey fake eyesh eh…urghhhh
mice
December 27, 2015 at 1:18 pmvarah varah reethi mi prt vex….. nxt part avaha up kodeathi eyesh…… this is awsom… luv this stry….
Eyesh
December 27, 2015 at 1:26 pmAwnnn.. mice u r so swyt ? m so happy to know that u love this story.. soon next part upkuraanan ingey.. ???☺
shif
December 27, 2015 at 1:22 pmstry hama habeys….
Eyesh
December 27, 2015 at 1:27 pmThanx shif ??
Alhugandu
December 27, 2015 at 1:58 pmVarah habeys mi story, ingey
Kobaatha duplicate Eyesh,
Eyesh
December 27, 2015 at 2:03 pmThanx dear ?? hehe duplicate eyesh dhw..hehehe ???
Alhugandu
December 27, 2015 at 2:13 pmDuplicate Eyesh vedhun salaam.
Liyun theriyaku emeehakuliyaa liumah kiyuntherin comment kureema beyadhabee gothakah javaabu dhaaree eh nuvaane. Sababakee liyun theriyaage kurierumakee kiyuntherin ge commentaa hiyaalu,
Ihuthiraamu gaboolu kurun edhen
Alhugandu
–“”@@__
Duplicate
Eyesh
December 27, 2015 at 2:38 pmExactly. .. u r so right my dear… i dnt know what his/her intention Eyesh ge name jahaagen egothah e comment kury.. ?
aathi
December 27, 2015 at 2:19 pmHey swyty.. this part is also nice..bt haadha kuruhen heeveye..hehe…bt its nice inge..mwah.. 😉
Eyesh
December 27, 2015 at 2:33 pmThank u so much aathi swyty ??
Alhugandu
December 27, 2015 at 2:21 pmDuplicate Eyesh,
(vaahaka liyaa Eyesh ey noon)
Duplicate Eyesh vaahaka liyun theriyaa (hageegi Eyesh) namoonaa yakah balaigen vaahaka liyan fashaaba, konme hen meehunge aburah huthuruvaa gothah comment nukoh,
ravupinky
December 27, 2015 at 2:28 pmi am in your side
Eyesh
December 27, 2015 at 2:33 pmAsluves dhw ??
ravupinky
December 27, 2015 at 2:25 pmv v v v reethi mi part vx..but mi ulhey fake eyesh shabee sisy aai nubeheythi…urgghh….mi fake eyesh ravu athu jehey hisaabu huri nama i will kill u really…ohhh..fake eyesh thi ulheny shabee sisy dheke jealous vegen tha …ohhh stupid FAKE EYESH…and u r very bad coping others name……urghhhhh…anyways the real author of this story…v v v reethi ingey mi part vx…when is next part…..
Eyesh
December 27, 2015 at 2:35 pmThanx ravupinky darling ? v avahah upkuraanan next part ingey ??
ravupinky
December 27, 2015 at 2:38 pmur welcome
Maalu
December 27, 2015 at 7:46 pmIm in ur side ravu sissy….. 😀 nd fake eyesh i hate u ….
Alhugandu
December 27, 2015 at 2:40 pmaathi Thibunee thedheh kuruhen heevey,
Aslu vaagotheh engeytha, vaagothakee
*1-vaahaka hess kiyaafa salhivun
*2-vaahakaige ibaarayykurumuge fashivikan
*3-vaahakai ge haadhisaa reethivun.
Eyesh
December 27, 2015 at 3:04 pmAwwwn…. how swyt ??
Eyesh
December 27, 2015 at 4:13 pmKaley heekuree ma mi fake eyesh eh kamah the…. Ma mi fake eyesh eh nooney hama real eyesh eh mives
sadhaaa
December 27, 2015 at 2:43 pmEyesh varah nice story ?☺ but eyoh kiyaa hithun huhtaa ea nimunee. ..hehe next part dhigu kohlahchey.. eyesh ge stories is my favorite hama ???
Eyesh
December 27, 2015 at 3:06 pmAlheu sadhaaa ?? yeah aish ah ves heevey mi part kuruhen… heheh aslu dhigu nukurevuny “vanhanaa” aa dhe vaahaka liyaathee v time beynunvey.. ehenve.. ekamaku ves next part dhigukohlaanan ingey ??
Eyesh
December 27, 2015 at 3:56 pmKaley ah kee kuras ma hama beynun varakah liye fa up Kureema hama jeheyni kiyan
ravualko
December 27, 2015 at 3:59 pmohhh fake eyesh anga jahaigen hurebala ohhhhhh…stupid eyesh…
i really hate u fake eyesh
ravualko
December 27, 2015 at 4:00 pmi wish i can slap u fake eyesh
Eyesh
December 27, 2015 at 4:10 pmAdhi mi kaaku tha…… Ravualko Eko….. Huh…… Kaley hunnaani mashah nubehi….. Ma beynun ehcheh mashah kiyeyne
ravupinky
December 27, 2015 at 4:30 pmurgggghhhhhh
she
December 27, 2015 at 9:49 pmFake eyesh nan badal kola nooni hama bune veani hajam…
aathi
December 27, 2015 at 4:11 pmAsluvx dhw alhugandu..hehe.. hama reethy ey vaahaka
Eyesh
December 27, 2015 at 4:20 pmThanx aathi ?
Eyesh
December 27, 2015 at 4:24 pmEy eyesh
Eyesh
December 27, 2015 at 4:25 pmI am sorry
Eyesh
December 27, 2015 at 4:26 pmPlease forgive me
she
December 27, 2015 at 9:52 pmMi vex fake eh… But a gud fake 1… Nt the bad fake 1…
Depika
December 27, 2015 at 4:37 pmMi part ves reethi ekam than kolheh kuru , mi tha vahaka liyaa meehun ves mikahal reethi vaahaka genes dheynama
Eyesh
December 27, 2015 at 4:48 pmAwwwn Depika thank u dear… and next part miah vure dhigu kohlaanan ingey ??
Nishaan
December 27, 2015 at 4:46 pmNehee mera musthagubal haraabuhey
meyraa mee dublicate Eyesh hey; thumeyraa eii asslhu Eyesh ey”” o plx meyra forgive hey haraabuhey meyraa thagudheeru haraabuhey meyra plane barubaadhu ho meyraa thagudheeru hayaalu Aathaahey meyraa thagudheeru neheee
dublicate Eyesh ge hithuge ihusaas
Eyesh
December 27, 2015 at 4:51 pmHehehe nishaan… mee haadha majaa comment ekey ??? by the way nishaan ulhuneemehnu mu site ah story upload nuvegen. Mihaaru ok vejje tha. Now egijje tha hadhan veegoi.. ?
Eyesh
December 27, 2015 at 4:51 pmEyesh I am really very very sorry neyge keekey hithah ahaigen kurevuni kameh kameh hope u will forgive me as soon as possible
MarSha
December 27, 2015 at 5:03 pmAnekkaves dhuvaskolheh fahun comment mi kolly… story nice.. marsha hithah arany dhen afaa shaam aa marry kuriyya ey rangalhy.. shaam gud kamun fahun afaa will love him back ey… anyways waiting to c wat happens next..
Eyesh
December 27, 2015 at 5:48 pmThanx marsha ?? lets c what happens next dhw ? soon upload kuraanan ??
Nishaan
December 27, 2015 at 6:35 pmNooney adhi nuvey”’ faharehga vedhaane
nishaan ah neyngenee Kamah ekamaku varah trai kuran mikan kaamiyaab veythoa
iraadha kurehviyaa kaamiyaabu kohfa mikan ninmaanee”’ *♥nishaan*♥
Eyesh
December 27, 2015 at 6:41 pmBest of luck ingey dear.. nishan ves folhuvai beynun kohgen dhoa liyanee. Eyesh ves folhuvai beynun kohgen liyanee. And e dhuvahu bunymehnu eyesh ge help eh beynumey.. if u still want my help i can help u ingey.. really want to c ur stories from this site ingey ?
Nihad
December 27, 2015 at 7:26 pmMashaAllah v furihama vaahakaeh
Eyesh
December 28, 2015 at 1:47 pmThank u nihad ?
Ahmed Ammu
December 27, 2015 at 8:53 pmVarah Reethi mi part ves ?
Eyesh
December 28, 2015 at 1:48 pmThanx ammu ??
Nish
December 30, 2015 at 8:03 pmEyesh kobAA next part avaha up kohdheeba plx.☺☺☺☺☺☺
Eyesh
December 31, 2015 at 3:31 amNisha ? sorry las vaathee ? Miadhu up kuraanan ingey luv… adhi nunimigen miulhenee ?
maahish?
January 1, 2016 at 9:55 pmVrh reethi mi part ves…kaaku heybali vegen eyesh ge namun comment ekuranee…??…
Eyesh?waiting egey next part ah.
I love u?..my favorite writer..
Ur tha best egey eyesh?ummmmwah?
Eyesh
January 3, 2016 at 10:07 pmNeyge dhw. konmeves meehaku moya vegen eyesh name jahaigen v v rude koh comment kohfa huri ehen baeh stories ahves. And eyesh ge stories ahves. Ekamaku mi site ga ulhey hurihaa kudhin nahves engeyne register useres ge comments and e story ehge writer ehge comments dhw maahish… ?
Anyways thank u so much for ur support. Luv u too ??