Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ޝެރިން (31 ވަނަ ބައި)

Faxoo
December 28, 2015
5 Mins Read
33 Comments

ކޮޓަރިތެރެ ހިމޭން ވެއްޖެ އެވެ. އަޑެއް ބަޑެއް ނީވުނު ތާންގައި، މީހެއްގެ ހިލަމެއްވެސް ނުވެ އެވެ. ޝެރިން އިންތިރާޒު ކުރަމުން އައީ މިދަނޑިވަޅަށް ކަންނޭނގެ އެވެ. މަޑުމަޑުން އަލަމާރި ތެރެއިން ނިކުމެއްޖެ އެވެ. އޭރު ޝެރިން ހުރީ ދަލުން ފެންވެރިފަ އެވެ. އަލަމާރި ތެރޭގައިވި އުދާސް ގަނޑުގެ ސަބަބުން އޭނާގެ ހެދުންވެސް ވަނީ ގައިގައި ތަތްލަވާފަ އެވެ. އޭނާ އެފޮތް މަތިމަތިން ބަލާލައިފި އެވެ. ދެން އޮތީ ރޮބިންއަށް އެނގުމުގެ ކުރިން އެފޮތް ކުރިން އޮތް މޭޒުމަތީގައި ބޭއްވުމެވެ.

ޝެރިން މަޑުމަޑުން ހުރެ ކޮޓަރި ތެރެއަށް ނަޒަރު ހިންގާލި އެވެ. ރޮބިން މިވަގުތު ކޮޓަރީގައި ނެތުމުން ޝެރިނަށް ވަނީ އެތަން ހިތަކަށް ލިބިފަ އެވެ. ލުއިލުއިކޮށް ދުވެލާފައި ގޮސް އެފޮތް މޭޒުމަތީ ބާއްވާލި އެވެ. އޭރު އޭނާގެ މޭގަނޑު ނެގިނެގިފައި ޖެހެ އެވެ. އައިކޮޅަށް އެނބުރިލި ތަނާ ކޮޓަރީގެ ދޮރު ކުއްލިއަކަށް ހުޅުވިއްޖެ އެވެ. މިފަދަ ކަމަކަށް ސަމާލު ކަމެއް ނުދީ ހުރި ޝެރިނަށް ހާޓް އެޓޭކެއްވެސް ނުޖެހުނީ ހަމަ ކިރިޔާ އެވެ.

ދޮރުން އެތެރެއަށް ވަނީ ދެމީހުންނެވެ. ނޫނެކެވެ. އެދެމީހުން ވަދެގަތީ އެވެ. ދެމީހުން އަތުގައިވެސް ފިސްތޯލައެއް އޮތެވެ. ޝެރިނަށް އެމީހުންގެ މޫނު ފެނުނީ އެވަގުތެވެ.

“ޔޫ… ޔޫ..ކޯ؟؟ މި…. މިޒޫކީ…؟!” ޝެރިން އާގަންނަމުން ކަހަލަ ގޮތަކަށް ބުނެވުނެވެ.

“ޝެރިން؟؟ ޝެރިން! ޝެރިންތަ؟؟” ޔޫކޯ އާއި މިޒޫކީ ދުވެފައި އައިސް ޝެރިންގެ ގައިގައި އޮޅުލައިގަތެވެ. އެދެކުދިންނަށް އޭރު މާނޭވާ ލެވެ އެވެ. ހަތަރު އަހަރު ފަހުން ތިން ކުދިން އެއްތަން ވުމުން ކޮންމެ ކުއްޖަކަށްވެސް ލިބުނީ ބަޔާން ކުރަން ދަތި އުފަލެކެވެ. ހީވަނީ ގާތް ތިމާގެ ކުދިންކޮޅެއް ހެންނެވެ. ސަތާރަ އަހަރުގައި ޝެރިނެކޭ އެއްފަދައިން އެދެކުދިންނަށްވެސް ބޮޑެތި ބަދަލު ތަކެއް އައިސްފައިވެ އެވެ. ޔޫކޯ އާއި މިޒޫކީގެ ވެސް ވަނީ ޗޮކްލެޓް ކުލައިގެ ދިގު ފަންފަން އިސްތަށިގަނޑެކެވެ. އެއްމާބަނޑު ދެކުދިންނަށް ވީ ނަމަވެސް، އެކުދިންނަށް ކުޑައިރު ލިބިފައިވާ ލާއިންސާނީ އަނިޔާތަކުގެ ސަބަބުން ދެކުދިންގެ ތަފާތު ތަންކޮޅެއް ބޮޑަށް ފާޅުވެ އެވެ. ނަމަވެސް ދެކުދިންގެ ރީތިކަމަކަށް ބަދަލެއް އައިހެނެއް ހިއެއް ނުވެ އެވެ. ދޮންދޮން މޫނެވެ. ހަންގަނޑުގައި ކުދި ލަކުނު ހުއްޓަސް، އެއީ ނުހަނު އޮމާން ހަމެކެވެ. ދެކުދިން އުފަންވި ޤައުމުގެ ގޮތުން ކަންނޭނގެ އެވެ.

“ތިމީހުން މިތާ ކީއްކުރަނީ؟؟ ފިލައިގެން އުޅޭ ދެކުދިންނަކީ ތިދެމީހުން ދޯ…؟” ޝެރިން ދެލޯ ބޮޑު ކޮށްގެން ހުރެ ވާހަކަ ދެއްކި އިރު އެ ދަނބު ކުލައިގެ ކަޅިރަވައިން އެތަކެއް އިހުޞާޞް ތަކެއް ފެނިގެން ދިޔަ އެވެ.

“އެމީހުންނަށް އެނގިއްޖެތަ އަހަރެމެން ފިލައިގެން އުޅޭކަން؟” ޝެރިންގެ ގައިން ދޫކޮށްލަމުން ޔޫކޯ ވާހަކަ ދެއްކި އެވެ.

“އެނގޭ ހެއްޔޭ؟ އެނގޭނެ އެއްނު…! ދެން މިތަނަށް ތިއައީ ކީއްވެތަ؟ އަދި ފިސްތޯލަވެސް ހިފައިގެން…” ޝެރިނަށް އެހުނެވެ.

“އަހަރެމެން މިއައީ އޭނަ މަރާލަން… ލައްކަ ގިނަ ދުވަހު ކެތް ކުރެވިއްޖެ…! ދެން ކެތެއް ނުވާނެ…” މިޒޫކީ ޖަވާބު ދިންއިރު އޭނާ ހުރީ ދެބުމަ ގޮށްޖަހާލައިގެންނެވެ.

“މަރާލާށޭ؟؟ ރޮބިންތަ؟ އެކަމަކު، އެއީ ޔޫކޯމެންނަށް ކުރެވޭނެ ކަމެއްތަ؟” ޝެރިން ހަނދާންވީ މީގެ އެތައް އަހަރެއް ކުރިން ޔޫކޯ އާއި މިޒޫކީ ފިލަން އުޅުމުން އެކުދިންނަށް ލިބުނު އަނިޔާ ތަކެވެ. އެކުދިންގެ ލެއިން ތަތް ތެޅިފައިވާ ހަށިގަނޑު ތަކެވެ. ބަލާ މީހަކަށް އެކުދިންގެ ހަޔާތުގައި ދެން ތަނެއް ނޯންނާނެޔޭ ހީވާ ހާވެސް އަނިޔާވެރި ޙަމަލާ ތަކެކެވެ. އަނެއްކާވެސް ހަމަ އެ އަނިޔާތައް ލިބުމަށް އެކުދިން އެދެނީ ހެއްޔެވެ؟ “ހެޔޮ ނުވާނެ! އަމިއްލައަށް އަނިޔާވާން ނޫޅެބަލަ…! އަހަރެމެންގެ ޕްލޭނެއް އެބަ އޮތް…. އާދޭސް މިކުރަނީ… ތިގޮތަށް ވިސްނާނުލާ ކަންތައް ކުރަން ނޫޅެބަލަ… ޕްލީޒް!” ޝެރިންގެ ދެލޯ ފެންކަޅިވި އެވެ. ކޮންމެ ގޮތެއް ވިޔަސް ޔޫކޯ އާއި މިޒޫކީ އަކީ ޝެރިންގެ އެންމެ ގާތް ދެއެކުވެރިންނެވެ. އެކުދިންނަށް ގެއްލުމެއް ލިބުމަކަށް ޝެރިނެއް ނޭދޭނެ އެވެ. ނަމަވެސް އެކުދިންގެ ސިކުނޑިތަކަށް ވެރިވެފައިވާ ބަދަލު ހިފުމުގެ ރޫޙުގެ ވަރުގަދަ ކަމުން އެހެން ކަމަކަށް ވިސްނާ ނުލާތީ ޝެރިން ވަރަށް ދެރަވި އެވެ.

“ޝެރިން…! އެއީ އަހަރެމެންގެ މުޅި ދިރިއުޅުން އެފުށުފުށުން ޖެހި މީހާ…! އެތަކެއް މައުޞޫމް ފުރާނައެއްގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުން އައި މީހާ… އެއީ އަހަރެމެންނަށް މިދުނިޔެ މަތީ ހުރި ނުރައްކަލެއް…! އަހަރެމެންގެ މުސްތަޤުބަލް ބިމާ ހަމަކޮށްލި ނުބައި… މީ..ހާ… އެއީ… އެއީ…” ޔޫކޯގެ އަޑު ބެދުނެވެ. އޭނާއަށް ބާރުބާރަށް ގިސްލެވެން ފެށުނެވެ. “ޝެރިން…… ކީއްވެތަ…!”

ދެދަތްޕިލަ ޖައްސާ ބާރުކޮށްގެން ހުރެ، ޔޫކޯ ނުރޯން މަސައްކަތް ކުރި އެވެ. އޭރު މިޒޫކީ އޭނާ ހަމަ ޖެއްސުމަށްޓަކައި ޔޫކޯގެ ކޮނޑުގައި އަތް އަޅުވާލި އެވެ. އޭނާވެސް ވަނީ ފެންކަޅިވެފަ އެވެ.

“ޔޫކޯ… އައި އަންޑަރސްޓޭންޑޭ… އެކަމަކު ޕްލޭނަކާއެކު މިފަދަ ބޮޑު ކަމެއް ކުރަން ފެށޭނީވެސް… މިތަނުން ނިކުންނަން ހިނގާ… އަހަރެމެން މިތާ ތިއްބާ ބޮޑު މީހާ އައިސްދާނެ…” ޝެރިން މަސައްކަތްކުރީ އިތުރު ކަންތައްގަނޑެއް އައިސް ބޯމަތި ނުވަނީސް ރައްކާތެރި ކަމުގެ ފިޔަވަޅު އަޅާށެވެ.

ޝެރިން ކިޔާވަރުން ޔޫކޯ އާއި މިޒޫކީ އެކަމަށް އެއްބަސްވި އެވެ. ކޮންމެއަކަސް ބަދަލު ހިފޭނީ ސަލާމަތުން ދިރިހުރެގެންތާ އެވެ. އެހެންކަމުން ސިއްރުސިއްރުން ތިން އަންހެން ކުދިން އެބޮޑު ކޮޓަރިން ނިކުމެއްޖެ އެވެ. ފެނުނީ އަނެއްކާވެސް ކުރިއަށް ދެވެން އޮތް ދިގު ބިންގަރާސް މަގެވެ. މަގުގެ އެއްފަރާތުގައި ކޮޓަރިއާއި ޖެހިގެން ކަހަލަ ގޮތަކަށް ލިފްޓެއް ހުއްޓެވެ. ދެން ކުރިއަށް ދެވެން އޮތީ އެލިފްޓުގެ އެހީގަ އެވެ. ނުވަތަ ދެން އޮތީ ކުރިމަތިން އެފެންނަ ލޮލުކޮޅަށް އޮބާލައިފައިވާ އަނދިރި ބިންގަރާސް މަގެވެ.

“ކިހިނެތް ތިމީހުން އައީ؟” ޝެރިން ވަށައިގެން ނަޒަރު ހިންގާލަމުން އެހި އެވެ.

ޝެރިނަށް ޖަވާބު ދިނުމުގެ ގޮތުން މިޒޫކީ ކުރިއަށް އިނގިލި ދިއްކޮށްލި އެވެ. “މިމަގުން…”

ޝެރިންގެ ދެލޯ ބޮޑުވި އެވެ. ކުރިން އައި މަގުގެ ދިގުމިނާއި، އަނދިރިކަން އޭނާވަނީ އަންދާޒާ ކޮށްފަ އެވެ. އަނެއްކާވެސް މިޖެހުނީ އެފަދަ މަގަކުން ހިނގާށެވެ.

“ތިމަގުންނޭ؟” ޝެރިން އެސްފިޔަ ޖަހާލަމުން އެހި އެވެ. “ކިތަށް ގަޑިއިރު ނަގާނެ މިތަނުން ނިކުންނަން؟”

“ހަތަރު ގަޑިއިރު.” މިޒޫކީ އެހުރި ގޮތަށް ހުރެ ޖަވާބު ދިންއިރު އެއީ ކިހާ އުނދަގޫ ކަމެއްހެންވެސް ހީނުވާ ކަހަލަ އެވެ.

“ހަތަރު ގަޑި އިރޭ؟؟” ޝެރިނަށް އެހުނީ ތަންކޮޅެއް ބާރަށެވެ. އެވަގުތު ކައިރީ ހުރި ލިފްޓުގެ ނަމްބަރުތައް ބާރައިން ދަށް ވަމުން އަންނާތީ ލިފްޓުން މީހަކު އަންނަކަން އެކުދިންނަށް އެނގުނެވެ.

“އަވަހަށް އާދޭ! މިތަނުގަ ހުރީމަ ހައްތަހާ ނުރައްކާ ބޮޑުވާނީ…” ޝެރިން ދެފަރާތަށް ބޯ ހޫރާލަމުން ބުންޏެވެ.

ތިން ކުދިންވެސް ދުއްވާގަތީ މަގުގެ އެއްފަރާތުގައިވާ ގާފުންޏެއްގެ ނިވަލަށެވެ. އެއަންނަނީ ކާކުތޯ ބެލުމަށްޓަކަ އެވެ. ލިފްޓު ތިރިއަށް އަންނަ ވަރަކަށް އެކުދިންގެ ހިތުގެ ތެޅުންވެސް އައީ ގަދަ ވަމުންނެވެ. ލިފްޓު ފައިބަމުން އައީ ހަތަރަކަށެވެ… ދެން ތިނަކަށެވެ… ދެން ދެއަކަށެވެ… އެކަކަށެވެ… އެއަށްފަހު ގްރައުންޑަށެވެ…

ލިފްޓުގެ ދޮރު ހުޅުވެންދެން ޝެރިންމެން ތިބީ ނޭވާ ހިފަހައްޓާލައިގެންނެވެ. ލިފްޓުގެ ދޮރު ދެފަރާތަށް ކެހިގެން ދިޔުމާއިއެކު ނިކުތީ ރޮބިން ފިޔަވައި ދެވަނަ މީހެއް ނޫނެވެ. އެއީ ޝެރިންމެންވެސް ލަފާކުރި ގޮތެވެ. އެދިޔަ ބާރު މިނުގައި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

“ހާދަ ރުޅިއައިސްފައޭ ދޯ އެކަލޭގެ އެހެރީ…” ޔޫކޯ މިހެން ބުނެލި ގޮތުން ޝެރިނަށް ހެވުނެވެ.

“ހިނގާދާން… މިތަނުން ނިކުމެވޭނެ އިރެއްވެސް އެނގެނީކީއެއް ނޫން…” މިޒޫކީ މިހެން ބުނުމުން ތިން މީހުން އެކީ ހިނގާގަތް ތަނާ، އެކޮޓަރީން ރޮބިން ވަރަށް ބާރަށް ހަޅޭއްލަވައިގަތް އަޑު އިވުނެވެ. ލިބުނު ސިހުމާއިއެކު ޝެރިންމެނަށް އެކަކު އަނެކަކު ގައިގައި ބައްދައިގަނެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގެ ތެރޭގައި މަޑުމަޑުން ހެމުން އެކަކު އަނެކަކު ގައިން ދޫކޮށްލީ ފިނޑިވި ވަރު ހިތަށް އަރާފަ އެވެ.

“އެކަލޭގެ ކީއްވެގެންބާ އެ ހަޅޭއް ލަވަނީ މާވަރަކަށް…” ޔޫކޯ މިހެން ބުނުމުން މިޒޫކީ އޭނާގެ ޖީބުން އެއްކަލަ ރަތް ކުލައިގެ ފޮތް ނެގި އެވެ. އެވަގުތު ޝެރިންގެ ދެލޯ ދިޔައީ ތަރަތަރަ ޖަހައިގެންނެވެ.

“މިޒޫ….؟؟” ޝެރިނަށް ބުނެވުނެވެ.

މިޒޫކީ ރަކި ހިނިތުން ވުމަކާއިއެކު އެފޮތް އަނބުރާ އޭނާގެ ޖެކެޓުގެ އެތެރޭގައި އިން ޖީބަށްލި އެވެ.

“ތިޖެހުނީ ކަންތަކާ އެނގޭ… އަވަހަށް ހިނގާ މިތަނުން ދާން!” ޝެރިން ހާސްވެފައި މިހެން ބުނެ ނިމުނު އިރު ޔޫކޯއާއި މިޒޫކީ އޭނާގެ އަތުގައި ހިފައިގެން މަގުން ދުއްވައިގެންފި އެވެ. އެދެކުދިން ގެނައި ޓޯޗުތައް ދިއްލީވެސް ވަރަށް ދުރަށް ދެވުނު ފަހުންނެވެ.

“ހާދަ ހޫނޭ…” މިޒޫކީ އޭނާގެ މޫނުގައި ވިދަމުން ދިޔަ ދާތިކިތައް އަތުކުރިން ފުހެމުން ބުންޏެވެ.

“ކޮން އިރަކު އަހަރެމެން އަރާމުގަ އުޅުނީ، މިޒޫ…” ޔޫކޯ ފަރުވާކުޑަ ގޮތަކަށް މިހެން ބުނުމުން ޝެރިންގެ ހިތަށް ގޮތެއް ވެގެން ދިޔަ އެވެ. އޭނާ މަންމަމެން ގާތު ހުރިއިރު ކަނީ ވީހާވެސް މީރު އެއްޗެހިންނެވެ. އަގުބޮޑު ކާތަކެއްޗެވެ. ނިދަނީ އޭސީގެ ފިންޏާއި އަރާމުގެ ތެރޭގަ އެވެ. އުޅުނީ ވަރަށްވެސް އުފަލުގަ އެވެ. ދުނިޔޭގެ އެހެންކަމަކަށް ފިކުރުކޮށްލެވޭ ވަރަށްވުރެން މާބޮޑު މުއްސަނދި ދުނިޔެ އެއްގަ އެވެ. ނަމަވެސް މިހާރު ޙާލަތު ބަދަލު ވެއްޖެ އެވެ. ޝެރިންވެސް މިހާރު އެދަނީ ނިކަމެތިން އުޅޭ ގޮތް ތަޖުރިބާ ކުރަމުންނެވެ.

“ހޫމް، ދެން ބުނެބަލަ… ކިހިނެތް މިހާ ހަމައަށް އައީ؟ ވަރަށް ބައިވަރު ސުވާލު ކުރަން އެބަހުރި، އެހެންވެ ފުރަތަމަ ކުރާނެ ސުވާލެއް ނޭނގިގެން މިއުޅެނީ…” ޝެރިން އާހެއް ދޫކޮށްލަމުން ބުނެލި އެވެ.

“ހެހެހެ… ހޫމް… އަހަރެމެންވެސް ޝެރިން ގާތު އަހަންވެފަ އެބަހުރި ސުވާލު ބަސްތާތަކެއްވެސް…” ޔޫކޯ އޭނާގެ ޓޯޗުން އެކި ދިމަދިމާ އަލި ކުރަމުން ގެންދަމުން ބުނެލި އެވެ. “އެކަމަކު މިތަނަށް އައި ގޮތް ބުނެފާނަން… އަހަރެމެންނަށް ދިމާވި ޝެރިން ދަންނަ ކުއްޖަކާ… ގާތްގަނޑަކަށް އަށާރަ އަހަރު ހެން ހީވަނީ… ޝެރިންގެ ވާހަކަ ވަރަށް ދައްކާނެ… ޔައިން ކިޔަނީ… އޭނަ އަހަރެމެން ގާތު ބުނި މިތަނުން ނިކުމެވޭނީ ކިހިނެތްހޭ… ބުނީމަ އަހަރެމެން ދެއްކީ މިމަގު. އަސްލު މިމަގު ފެށިގެން އައިސް ދެން ބްލޮކް ވާނީ ރޮބިންގެ ކޮޓަރި އާހަމައިން. އެއަށްފަހު ކޮޓަރި ހުރަސްކޮށްފައި މިހާ ހަމައަށް އާދެވޭނީ. އެކަމަކު އަހަރެމެން މިއައީ އެހެން މަގަކުން.”

“އެހެންތަ؟ އެކީއްވެ މިމަގު އޭނަ އަށް ދެއްކީ؟” ޝެރިން ޔައިންގެ ނަން ނުކިޔާން ވެގެން އެހި އެވެ. އޭނައަށް މިހާރު ޔައިން ފެނުނަސް ނޭނގޭ އިޙުޞާޞް ތަކެއް ކުރެވެ އެވެ. ކުށްވެރިއެއްގެ އިޙުޞާޞެވެ. ޚާއްޞަކޮށް ޖޭޑަކީ އޭނާގެ އެއްބަނޑުއެއްބަފާ ބޭބެކަން ޔައިނަށް އެނގިއްޖެއްޔާ ވާނީ ކީއްހެއްޔެވެ؟ އަދި މިހާރު ޔައިނަށް އެކަން އެނގޭކަމެއްވެސް ނޭނގެ އެވެ.

“އަހަރެމެން ބޭނުންވީ އޭނަ ރޮބިން އާހަމައަށް ގެންދަން. އޭނަ ބުނެފަ އޮތީ، ރޮބިން ފެނިއްޖެއްޔާ މަރާލާނަމޭ. އޭނަ ހަމަ އަސްލުވެސް ވަރަށް ހުޝީޔާރު، ހިތްވަރުވެސް ގަދަ… އަހަރެމެންނަށް އެނގޭ އޭނައަކީ ކެރޭ މީހެއްކަން… އަނެއްކާ އެހާ ވިސްނުން ތޫނުވެސް މެ…”

“ދެން ޔޫކޯމެން އޭނައަށް މިމަގުން އަންނަން އެންގީ ދޯ…؟! ގަބޫލެއްވެސް ނުކުރެވޭ! އެހެން ހަދާކަށް ނުވާނެ އެއްނު… އޭނައަށް ދެން ބޮޑު އަނިޔާއެއް ވިނަމަ ކާކު ޒިންމާ ނަގާނީ؟ އަނެއްކާ، އޭނަ އެކަންޏަކުންނެއްވެސް ނޫން ބިންގަރާހުން ހިނގާފަ އައީކީއެއް… އަހަރެމެންވެސް ތިބިން… މިހާ ވަރުގަދަ ސެކިޔުރިޓީން ތިބޭ ތަނަކުން ކިހިނެތް އެފަދަ ކަމެއް ކުރެވޭނީވެސް..؟؟” ޝެރިން ވަރަށް ހިތްހަމަ ނުޖެހުނެވެ. ޔޫކޯމެންގެ މޮޔަ ޚިޔާލު ތަކުގެ ސަބަބުން އޭނާ ވަރަށް ހައިރާންވި އެވެ. އަދި އެހާމެ ދެރަވެސްވި އެވެ. “ތިމީހުން ވިސްނަނީ ހަމައެކަނި ތިމީހުންގެ އަމިއްލަ ފައިދާއަށް އެކަނިދޯ…؟ ވަރިހަމަ ދޯ އެހެން މީހުންނަށް ކޮންމެ ގޮތެއް ވިޔަސް…”

ޝެރިނަށް ބާރަށް ދެލޯމަރާ ފިއްތާ ލެވުނެވެ. ބޯ ދެފަރާތަށް ހަލުވާލުމަށްފަހު ހިނގުން ތަންކޮޅެއް ބާރުކޮށްލި އެވެ.

“ހޭއި، ޝެރިން…! ވެއިޓް!” މިޒޫކީ ދުވެފައިގޮސް  ޝެރިނާއި އަރާ ހަމަކުރި އެވެ. “ޔޫކޯ އެހެން އެބުނީ އޭރުގެ ޙާލަތުންނޭ… އަހަރެމެން ތިބީ ރަނގަޅު ހަތިޔާރެއްގެ އިންތިޒާރުގަ…”

“ދެން ކަލޭމެން ޔައިން ދޯ ހަތިޔާރަކަށް ބޭނުން ކުރީ؟؟” ޝެރިން ހަޅޭއްލަވައި ގަތެވެ. އެއާއިއެކު އޭނާގެ އަޑު މުޅި ބިންގަރާހުގައި ގުގުމާލި އެވެ.

“ވީ އާރ ރިޔަލީ ސޮރީ…” ޔޫކޯ ޝެރިންގެ އަނެއް ފަރާތުން އައިސް އަރާ ހަމަ ކުރަމުން ބުނެލި އެވެ. އެއަޑުން އޭނަ ހުރީ ނުހަނު ދެރަވެފައި ކަން ދޭހަވެ އެވެ.

23
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Faxoo

Other Articles

Previous

ކަނޑުފެން (ތޭވީސްވަނަ ބައި) KanduFen p-23

Next

ލޯބިވާ މަންމާ މަގޭ.. 4

Next
December 28, 2015

ލޯބިވާ މަންމާ މަގޭ.. 4

Previews
December 28, 2015

ކަނޑުފެން (ތޭވީސްވަނަ ބައި) KanduFen p-23

33 Comments

  1. Faxoo says:
    December 28, 2015 at 6:19 pm

    hi! 😀 how are u all?? here’s the next part 🙂 its a bit short, but i hope u like it!

  2. Maukz says:
    December 28, 2015 at 6:32 pm

    Yeyy. Im first! v reethi

    1. Faxoo says:
      December 29, 2015 at 10:06 am

      thankss Maukz! and yay for being first! 😀 😀

  3. shiru says:
    December 28, 2015 at 6:37 pm

    Varah reethi mi part vx..

    1. Faxoo says:
      December 29, 2015 at 10:08 am

      thanks Shiru 🙂

  4. SARA says:
    December 28, 2015 at 6:49 pm

    V SALHI.. KEEP IT UP.. AVAHAH NEXT PART UPKOHDHECCHEY 🙂

    1. Faxoo says:
      December 29, 2015 at 10:08 am

      thanks so much SARA 😀 varah ufaavejje

  5. Shabee says:
    December 28, 2015 at 7:25 pm

    Huvaa mi bunee thi gotheh liyen yaa nuliyebala mi konchehtha…… Ma ves mi ah vuren reethikoh liyaanan

    1. Faxoo says:
      December 29, 2015 at 10:10 am

      oh i am sorry :/ but there are some others who like and read my stories…
      well then i look forward to reading your stories, if you think you can do better 😉 😉 thanks for at least commenting Shabee…

  6. aissy says:
    December 28, 2015 at 7:37 pm

    Vara hadi …..adives slaamai nuvay…

    1. Faxoo says:
      December 29, 2015 at 10:12 am

      adhi dhen oi baithah othy. thanks

  7. Eeamy says:
    December 28, 2015 at 7:39 pm

    Dhen shabee liyen vee nu……. Shabee ah hadi as ehen meehunah mi vaahaka varah reethi….. So thi kahala comment shabee ves nukurihyaa kan neyge ragalhuvaanee ??

    1. Faxoo says:
      December 29, 2015 at 10:15 am

      awwh… :’) thanks Eeamy for the sweet comment.. but Shabee ah reethi koh liyeveyne thy ehnu ehen comment kury.. but i dont mind for Shabee ingey 🙂 beynun kujjeh comment kuranvy hama… huriha hiyaalakah x welcome….
      🙂 🙂 🙂

  8. babuah says:
    December 28, 2015 at 9:00 pm

    Lol lol

    1. Faxoo says:
      December 29, 2015 at 10:15 am

      🙂

  9. Ryn says:
    December 28, 2015 at 9:46 pm

    wowww faxu vrh vrhh salhi mi prt.. n hahthahaa hiyy thelhey goii vany n hama e hisaabun nimeny hehhee.. waitin fr the nxt prt.. 😉 😉 gud lck.. 😉 😉 well done.. 😉

    1. Faxoo says:
      December 29, 2015 at 10:12 am

      aww Ryyn <3 thanks so much!! ow whwntha? hehe nimen kairivany mi story vx.. 😉 dhen oothy dhethin bai 😀 so keep waiting Ryyn, okay? 😀 😉

  10. nukko says:
    December 28, 2015 at 9:50 pm

    V rythi mi part vs…. faxoo alhe salaamaii kohbba emyhun…. v sad…. ehn nahadhabaa… robin ah visnaidheythi ingey metaa dhygn 😛 😉 😉 wen nxt part

    1. Faxoo says:
      December 29, 2015 at 10:17 am

      aww thanks sooo much Nukko ah.. 😉 hehe Robin ah metaa dhygen vx visnaidheyn vy dhw ? heheh
      next part ves varah avahah up koddheynen ingey Nukko 😉 thanks again 😀 ?

  11. mice says:
    December 29, 2015 at 8:55 am

    varah varah reethi mi part vex….. now sherin vex yain dheke loabi vea dhoa?????

    1. Faxoo says:
      December 29, 2015 at 10:07 am

      thankx mice.. who knows? 😉 😉 lets see dwh

  12. ina says:
    December 29, 2015 at 10:39 am

    V v v nice……alhe faxooo kn irakunthr sherinmen salaamaii vaany???abadhuvx knmevx thanehga bandhu vefa dhw?but v nice…..v interesting…..kyp it up☺☺waitin 4 nxt part?

    1. Faxoo says:
      December 29, 2015 at 4:10 pm

      thanks Ina… 😀 😀 yaa abadhu nuvaane dhw dhera dheykah ekam kanthah vaa goi dhw 😉 will see what happens next 😉 😉 thanks

  13. Eyesh says:
    December 29, 2015 at 12:52 pm

    Mi part ves v v v rythi… hama waiting, waiting ingey ??? best of luck swyty

    1. Faxoo says:
      December 29, 2015 at 4:12 pm

      aww thanks Eyesh! ? thats so swyt. next part varah avahah up kureveythw balaanan InshaAllah 😀

  14. Immy says:
    December 29, 2015 at 4:48 pm

    faxoooooo

    1. Faxoo says:
      December 29, 2015 at 9:53 pm

      yes Immy dear 🙂

  15. Immy says:
    December 29, 2015 at 6:26 pm

    immy ah bunedheebala sherin ge 9 vana prt ge nimey thanuga e stry ga ulhey baeh charachters ge pic lee kihineh kn!! plxxx

    1. Faxoo says:
      December 29, 2015 at 10:35 pm

      hi Immy! 🙂 kurin ehen pic levey ekam mihaaraku nulevey :/
      anyways thanks for the swyt commnt Immyyyy 😀

  16. Immy says:
    December 29, 2015 at 6:26 pm

    anywayxx stry is nice 😉 😉

    1. Faxoo says:
      December 29, 2015 at 10:35 pm

      thanks Immy 😀

  17. Nish says:
    December 30, 2015 at 7:35 pm

    Faxoo kobaa next part.avaha up koh dheeba.plx plx?????

    1. Faxoo says:
      January 1, 2016 at 11:07 pm

      ohhh sorry Nish.. 🙁 mihaaru innaane up kodhyfa 😉 enjoy, dear

Comments are closed.

All Right Reserved!