Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ވަންހަނާ (4ވަނަ ބައި)

Eyesh Level 210 Stories100 Comments
December 29, 2015 6 Mins Read
53 Comments

އަހަރެން ތައްޔާރުވެގެން ގޭދޮރުމަތީގައި މަޑުކޮށްލައިގެން ހުރީ އަށެއްޖަހާއިރު މާރިޝް އަންނާނެކަމުގައި ބުނެފައި އޮތުމުންނެވެ. އެހެން ހުންނަތާ ކުޑައިރުކޮޅެއްފަހުން މާރިޝްގެ ކާރުއައިސް ސީދާ ގޭދޮރުމައްޗަށް މަޑުކޮށްލުމުން އަހަރެން ކާރަށް އެރީމެވެ.

“ސުމާ… ޔޫ ލުކް ސޯ ބިޔުޓިފުލް..”

އަހަރެން ހަމަ ކާރަށް އެރުމާއިއެކު މާރިޝް އަހަންނަށް ތައުރީފުކުރިއެވެ. ލަދުން އިނދެ އަހަރެން އޭނާއަށް ރަކިހިނިތުންވުމެއް ހަދިޔާކުރަމުން ޝުކުރު އަދާކުރަމީމެވެ.

 

މާލެ ވަށައި ބުރެއް ޖަހައިލުމަށްފަހު ގޮސް ޖުވޭސް ކެފޭކައިރީގައި ކާރު ޕާކްކުރުމަށްފަހު ދެމީހުން އެކުގައިގޮސް ކެފޭއަށް ވަނީމެވެ. މޭޒުކައިރީގައި އިށީނުމާއިއެކު ވެއިޓަރުމީހާ އައިސް ފެން ފުޅިއަކާއި 2ފެންބޯ ތަށި ބެހެއްޓުމަށްފަހު ކާއެއްޗިހީގެ އޯޑަރު ނަގައިގެން ދިއުމުން ދެމީހުންނަށްވެސް ބަހެއްނު އިރުކޮޅަކު ތިބެވުނެވެ. އޭރުވެސް މާރިޝް އޭނާގެ ނަޒަރު އަހަރެންގެ މޫނަށް ހުއްޓާލައިގެން ހެވިފައިއިނެވެ.

“ސުމާ… އަނެއްކާ ސުމާ ހަމަ އަންނަހިތުންތަ ތިއައީ؟ ނޫނީ މަށަކީ ސުމާގެ ބޮސްވީމަ ނޫނެކޭ ބުނަން ނުކެރިގެންތަ ތިއައީ؟”

މޭޒުމަތީގައި ހުރި ފެންތަށިން ކޯވަރެއް ދަމައިލަމުން މާރިޝް ސުވާލުކުރިއެވެ.
އަހަރެންނަށް އެސުވާލަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ހަގީގަތަށް ބުނަންޏާ އަހަރެން އެތަނަށް ގޮސް އިނީ މާރިޝްގެ ދައުވަތަށް ފުރަގަސް ނުދޭންވެގެންނެވެ. ކޮންމެހެން އޭނާއާ ގަޔާވާތީކީ، ނޫނީލޯބިވާތީކީ ނޫނެވެ.
“އާނ… އަންނަން ބޭނުން ވީމައެއްނު ދޯ އަންނާނީ…”

އަހަރެންް ހީލަމުން އެހެން ބުނުމުން މާރިޝް އުފާވީވަރު އޭނާގެ މޫނުމަތިން ފެނުނެވެ.
“އަހަންނާ ބެހޭ ގޮތުން ސުމާއަކަށް އެކައްޗެއްވެސް ނޭނގޭދޯ.. ”

މާރިޝް މިހެންބުނުމުން އަހަރެން އާނ އެކޭ ބުނުމުގެ ގޮތުން ބޯޖަހައިލީމެވެ.
“މަގޭ ފުރިހަމަ ނަމަކީ ހަސަން މާރިޝް ލަތީފް. މަށަށް މިއަހަރު މިވީ ސައްބީސް .. އަސްލު އަހަރެން ބަލަހައްޓަމުން މިދަނީ ބައްޕަަގެ ބިޒްނަސް… ކޮމްޕެނީ ރެޖިސްޓްރީ ކުރިއަހަރު ބައްޕަ ނިޔާވީ.. އެއީ މީގެ ހަތަރު އަހަރު ކުރި… އޭގެ ފަހުން ކޮމްޕެނީގެ ހުރިހާކަމެއް މި ބަލަހައްޓަނީ އަހަރެން…”
މާރިޝް ދައްކަމުންދިޔަ ވާހަކަ ސަމާލު ކަމާއިއެކު އަޑުއަހަމުން ދިޔައިރު އޭނާގެ ހަރުދަނާ ކަމަށް އަހަރެންގެ ހިތުގެއަޑިން ތަޢުރީފްކުރެވުނެވެ.
“އަހަންނަށް މިއަހަރު މިވީ ވިހިއަހަރު. އަހަރެންގެ ދަރިއެއް ހުއްޓަސް އަދި އަހަރެން ކައިވެންޏެއް ނުކުރަން. ”

އަހަރެން ވާހަކަ ދެއްކީ އިސްޖަހައިގެން އިނދެއެވެ. ރުކާންގެ ބައްޕައަކީ ކާކުތޯ މާރިޝް އަހައިފާނެތީ އަހަރެން ޖެހިލުންވީ އެސުވާލަށް ދޭނެ ޖަވާބެއް ހުދު އަހަރެންނަށްވެސް ނޭނގޭތީއެވެ.
“އެއީ ސުމާގެ މާޒީ އެއްނު.. އެހެންވީމަ އެވާހަކަ އިތުރަށް ނުދައްކާ… ”

އަހަރެން އެއްވެސް މީހަކާއި ހިއްސާ ކުރަން ބޭނުންނުވާ މާޒީގެ އެހާދިސާއާއި ބެހޭގޮތުން މާރިޝް އެއްވެސް ސުވާލެއް ނުކުރުމުން އަހަރެން ވަރަށް ހިތްހަމަޖެހުނެވެ.

ވޭޓަރުމީހަ ކާއެއްޗެހި ގެނައުމުން ކައިގެން އަނެއްކާވެސް ކާރުގައި މާލެ ވަށައި ދުއްވާލުމަށްފަހު މާރިޝް އަހަރެން ގެއަށް ގެނައިސް ދިންއިރު ދިހައެއް ޖަހައިފިއެވެ.

 

އަހަރެން ބާރަށް ގޮސް ކޮޓަރިއަށް ވަތްއިރު އެނދުމަތީގައި ލޯބިކޮށް ނިދާލާފައި އޮތް ރުކާން ކައިރީގައި މަންމައަށް ވެސް ނިދިފައި އޮތެވެ.
“ދަރިފުޅާ.. ކައިގެންދޯ ތިއައީ… މަންމައަށް ހީވަނީ މާރިޝް ދަރިފުޅުދެކެ ލޯބިވާހެން.. ރޭގަ ޕާޓީ ތެރޭގަ އުޅުނީރު އޭނަ ދަރިފުޅުގެ މޫނަށް ބެލިގޮތުން މަންމައަށް އެހެން ހީވީ… މަންމަ ވަރަށް ހިތްހަމަޖެހޭ މާރިޝްއާ ދަރިފުޅު ގުޅެން.. ” އަހަރެން ދެފަހަރަކު ގޮވާލުމުން މަންމަ ތެދުވެ މޯޅިއަކަށް ދެމިލަމުން އެހެން ބުނުމުން އަހަރެން ލަދުގަންނަ ގޮތްވިއެވެ.
“ސާބަސް މަންމަ އަށް… އޭނަ ނުދައްކާ އެކަހަލަ އެއްވެސް ވާހަކަ އެއް… އޭނައެއީ ވަރަށް ރަނގަޅު ރައްޓެއްސެއް..”

އަހަރެން އެހެން ބުނުމުން މަންމަ އަހަންނާއި ދިމާކުރުމުގެ ގޮތުން ހެމުންހެމުން ގޮސް ކޮޓަރިން ނިކުތުމުން އަހަރެން ފާޚާނާއަށްވަދެ ފެންވަރާލައިގެން އައިސް ޑައިރީ ހިފައިގެން އެނދުގައި އޮށޯތީމެވެ.

މާރިޝް އަހަރެންނަށް ބަލާގޮތުންނާއި އޭނާގެ ވާހަކަ ދެއްކުން ހުންނަ ގޮތުން މަންމައަށް އެހީވި ހީވުމަކީ ހަގީގަތެއްކަން އަހަރެންނަަށްވެސް އެނގެއެވެ. މާރިޝްއަކީ ރީތި ސިފަތަކެއްލިބިފައިވާ އަޚުލާގު ރަނގަޅު ހަރުދާ ޒުވާނެއްކަމުން އެތައް އަންހެން ކުދިންނެއްގެ ހިތްތައް އޭނާއަށްޓަކައި ފިދާވާނެކަން ޔަގީނެވެ. ނަމަވެސް އަހަރެންނަށް މާރިޝްއާއި ދޭތެރޭގައި އެކަހަލަ އެއްވެސް ގޮތަކަށް ނުވިސްނެއެވެ.

 

ދުވަސްތައްފާއިތުވަމުން ދިޔަ ދިޔަހެން އަހަރެންނާއި މާރިޝްގެ ރައްޓެހިކަމުގެ ގުޅުންވެސް ދިޔައީ ވަރުގަދަ ވަމުންނެވެ. އެހެނަސް ތިންމަސްދުވަސް ފާއިތު ވެގެންދިޔައިރުވެސް މާރިޝް އަހަރެންނަށް ލޯބި ހުށަނާޅާތީ އަހަރެން ހައިރާންވިއެވެ. އޭނާ ހަމަ ހަގީގަތުގައިވެސް އަހަރެންދެކެ ލޯބިވޭ ބާއެވެ؟ ނޫނީ އޭނާ އަހަރެންދެކެ ލޯބިވާކަން ހާމަ ކުރަން ޖެހިލުން ވަނީބާއެވެ؟ … މިކަހަލަ ހިޔާލުތަކަކަށް ގެެއްލިފައި އިންދާ އަހަރެން ސިއްސައިގެން ދިޔައީ ހުސްނާގެ އަޑަށެވެ.

“ސުމާ… މާރިޝް ބުނީ އާދެބަލާށޯ.. ”

މާރިޝްގެ ކޮޓަރިން ނިކުމެގެން އައި ހުސްނާ އޭނާގެ ކެބިންއަށް ވަންނަމުން އެހެން ބުނުމުން އަހަރެން ގޮސް މާރިޝްގެ ކޮޓަރިއަށް ވަނީމެވެ. އޭރު މޭޒުކައިރީގައި ފައިލެއްހުޅުވައިގެން އޭގައިވާ ލިޔުންތަކެއް ކިޔަން މާރިޝް އިނެވެ. އަހަރެންގޮސް މޭޒުގެ އަނެްފަރާތުގައި ހުރި ގޮނޑީގައި އިށީނީމެވެ.
“ސުމާ އަހަރެން ހުޅުވަން އުޅޭ ފިހާރައަށް މުދާގަންނަން ބެންކޮކަށް ފުރަން މިއުޅެނީ މިރޭ… ގާތްގަނޑަކަށް ދެހަފްތާ ވަރުވާނެ އެކޮޅުގަ….އެހެންވީމަ އަހަރެން އަންނަންދެން އޮފީހުގެ ކަންކަން ބަލަހައްޓާނީ އަހަރެންގެ ދޮންބެ، އަރީޝް… ސުމާ… އަހަރެން އެބައޮތް ވަރަށްބޮޑު ވާހަކައެއް ސުމާކައިރީގަ ބުނަން ވެފަ… އެކަމަކު ބެންކޮކުން އައިސްފަ ވަރަށް ހަމަޖެހިގެން އެވާހަކަ ދެއްކޭނީ..”
މާރިޝް އަހަރެންގެ މުސާރަ ސިޓީއުރައަކަށް ލައި އަހަރެންގެ އަތަށްދިނުމުން އޭގައި ހިފަމުން ހީލީމެވެ. އަދި އެންމެރަނގަޅޭ ބުނެ އަހަރެން އެކޮޓަރިން ނިކުތީމެވެ.

 

އަހަރެން ގޮސް ކެބިންއަށް ވަތްއިރުވެސް ވިސްނެމުންދިޔައީ މާރިޝް ބުނަން އެއުޅޭ ވާހަކައާއި ދޭތެރޭގައެވެ. އަނެއްކާ މާރިޝް އެއުޅެނީ އަހަރެންދެކެލޯބިވާ ވާހަކަ ބުނަންބާއެވެ؟ މިއޮށް ހުރިހާ ދުވަހު އެކަހަލަ ވާހަކައެއް މާރިޝް ބުނެފައިނުވާއިރު ވަކި ބެންކޮކުން އައިސްފައި އެހެންބުނެފާނެބާއެވެ؟ އޭނާ ބުނަން އެއުޅެނީ އެހެންކަމަށް ވާނަމަ އަހަރެން ދޭނީ ކޮންޖަވާބެއް ހެއްޔެވެ؟ އަހަރެން މާރިޝްދެކެ ލޯބި ނުވިޔަސް އާނއެކޭ ބުނާނީބާއެވެ؟ އަހަރެންގެ ސިކުނޑީގައި އުފެދިގެންދިޔަ މިސުވާލުތަކުން ސިކުނޑިއަށް ބަރުވެގެން ދިޔައެވެ.

 
އޭގެ އަނެއްދުވަހު އަހަރެންނަށް އޮފީހަށް ދެވުނީ ގަޑިޖެހިގެން ކަމުން ވަރަށް ބިރުންހުރެ އޮފީހަށް ވަނީމެވެ. “ސުމާ… އަރީޝް ބުނީ މިހަފްތާގެ ބިލްތައް ބަލާލަން ބޭނުމޯ. ސުމާ އައީމަ ބުނާށޯ ބިލްތައް އަޅާފައިން އެކްސެލް ޝީޓް އޭނައަށް މެއިލްކުރާށޯ..”

އަހަރެން އޮފީހަށް ވަނުމާއެކު ހުސްނާ އެހެން ބުނުމުން އަހަރެން ގޮސް ކޮންޕިއިޓަރުގައި އިން ބިލްފޯލްޑަރ ހުޅުވައިލީމެވެ. އެއަށް އެހަފްތާގެ ހުރިހާ ބިލްތަކެއް އަޅައިނުނިމޭތީ ބިލްތައް ފައިލްކޮށްފައިވާ ފައިލް ހިފައިގެން ގޮސް މާރިޝްގެ ކޮޓަރިއަށް ވަނީމެވެ.

 

އޭރު އަރީޝް މޭޒުކައިރީގައި ކޮޅަށްހުރެ، ފޯނުން ވާހަކަދައްކަމުން ދިޔައީ އަނެއްފަރާތަށް އެނބުރިގެންހުރެ ކަމުން އަހަރެން ބާރަށް ކަރުކެހިލީމެވެ. އެވަގުތު އަރީޝް އަހަރެންނާއި ދިމާލަށް އެނބުރިލައި އަހަރެންގެ މޫނަށް ބަލައިލިއެވެ.

މާރިޝްއެކޭ އެއްގޮތަށް އަރީޝްއަކީވެސް އިސްކޮޅުން ދިގު ފިރިހެނެކެވެ. ނަމަވެސް މާރިޝްއާއި ޚިލާފަށް އަރީޝްގެ ހަމުގެކުލަ ތަންކޮޅެއް އަނދިރިއެއްކަމަކު އޭނާގެ މޫނުގެ ހަންގަނޑު އޮމާންވެފައި އެރީތިމޫނުމަތީގައި ފަޅާފައިހުރި ތުނބުޅިން އޭނާގެ ފިރިހެންވަންތަކަން އިތުރަށް ހާމަވޭވޭ ހުއްޓެވެ. އެއީ ބާމަތިފުޅާ ބިޔަހަށިގަނޑެއްގެ ވެރިއެވެ. ކަޅުކުލައިގެ އަތްދިގު ގަމީހަކާއި ކަޅު ފަޓުލޫނެއްގައި ހުރިއިރު އަރީޝް ފެންނަނީ ފިރިހެންވަންތަ ކަމުގެ ލާމަސީލު މިސާލެއް ފަދައިންނެވެ.

ދެމީހުންނަށް އިރުކޮޅަކު ދެމީހުންގެ މޫނަށް ބަލަން ތިބެވުނެވެ.
“ތީ އެޑްމިންގެ މަސައްކަތްތައް ކުރާ ކުއްޖާދޯ.. ސުމާ ދޯ ކިޔަނީ.. ކޮބާ ބިލްތައް މެއިލްކޮށްފިންތަ؟”
އަރީޝްގެ ދެލޮލަށް ބަލަހައްޓައިގެން ގެއްލިފައި ހުރި އަހަރެންނަށް ތެޅިގަނެވުނީ އޭނާގެ އެ ފިރިހެންވަންތަ އަޑުއިވުމުންނެވެ. އަހަރެންގެ ކަންފަތުގައި އެއަޑު ޖެހުމާއިއެކު އަހަރެންނަށް ބުނަންނޭނގޭ ގޮތްތަކެއް ވެގެންދިޔަކަން އަހަރެންނަށް އެނގުނެވެ. ނަމަވެސް އެކަން ފޮރުވުމަށްޓަކައި ހީލުމަށްފަހު ބިލްތަށް ކޮމްޕިއުޓަރަށް އަޅައިނުނިމޭ ކަމުގައި ބުނެ އަރީޝްގެ އަތަށް އަހަރެންގެ އަތުގައިއޮތް ފައިލް ދިއްކޮށްލީމެވެ.

 

އޭރުވެސް އަރީޝް ހުރީ އަހަރެންގެ މޫނަށް ބަލަހައްޓައިގެން ކަމުން އޭނާއަށް ފައިލްގައި ހިފުނީ އަހަރެންގެ އަތާއިވެސް އެއްކޮށެވެ. އެވަގުތު އަހަރެންގެ މުޅިގައިން ހީބިހި ނަގައިގެން ދިޔައެވެ. އަދި ކުއްލިއަކަށް އަރީޝްގެ އަތުގެތެރެއިން އަހަރެންގެއަތް ދަމައިގަނެ އިސްޖަހައިގެންހުރެ އެކޮޓަރިން ނިކުތީމެވެ.

 

އެދުވަސް އެއްކޮން ހޭދަވެގެން ދިޔައީ އަރީޝްގެ ހިޔާލުގައެވެ. އަރީޝްގެ ދެލޮލަށް ބޭއިޚުތިޔާރުގައި އަހަރެންނަށް އެވަރަށް ބެލުނީ ކީއްވެބާއެވެ؟ އޭނާއަށް އަހަރެންގެ އަތުގައިހިފުނު ވަގުތު އަހަންނަށް ކުރެވިގެން އެދިޔައީ ކޮންކަހަލަ އިހުސާސެއްބާއެވެ؟

އެދުވަހު ގެއަށް ދިޔަގޮތަށް ރުކާންއަށް ކާންދީ ނިންދެވުމަށްފަހު އަރީޝްގެ ވާހަކަ އަހަރެންގެ ޑައިރީއާއި ހިއްސާކޮށްލީމެވެ. އަރީޝްގެ ޖާދުވީ ދެލޮލުގެ މަސްތުގައި އަހަރެން ޖެހެނީބާއެވެ؟ އަނެއްކާ އަހަރެންނަށް އޭނާދެކެ ލޯބި ވެވެނީބާއެވެ؟
އަހަރެންނަށް މުޅިހަޔާތުގައިވެސް ލޯބިވެވިފައިވާނީ ހަމައެކަނި ރުކާންގެ ބައްޕަދެކެއެވެ. އޭނާގެ މޫނު ފެނިފައި ނުވިއެއްކަމަކު އެރޭގެ އެއުފާވެރި ވަގުތުކޮޅުގެ ހަނދާންތައް އަހަރެންނަށްގެ ހިތުން އަދިވެސް ފިލައިގެނެއްނުދެއެވެ. އަދި އަހަރެން އޭނާ ކިތަންމެ ބޭނުންނަމަވެސް އެއީ ކުލައެއްނުޖެހޭނެ ހުވަފެނެއްކަން ހުދުއަހަރެން ނަށްވެސް އެނގެއެވެ. އެފިރިހެނާގެ ހިޔާލުތަށް ދޫކޮށްލުމަށްފަހު ރުކާންއަށްޓަކައި އެހެންމީހަކާއި ގުޅުންނޫންގޮތެއް ނެތްކަން އެނގުމުން އަހަރެންނަށް ދެލޯ މަރައިލެވުނެވެ.
ކުޑަދުވަސްކޮޅެއްގެ ތެރޭގައި އަހަރެންނާއި އަރީޝްގެ ދެމެދުގައި ރައްޓެހިކަން އުފެދި ދެމީހުން އެކުގައި ބޭރަށްގޮސް އުޅެންފެށީމެވެ. މިގޮތަށް ހަފްތާއެއްވެގެން ދިޔައިރު އަރީޝްއާއި އަހަރެންގެ ރައްޓެހިކަމުގެ ގުޅުން ލޯތްބަށް ބަދަލުވެ، އެލޯބީގައި އަހަރެން ހަމަރަނގަޅަށްވެސް ދީވާނާވިއެވެ.

 

 

އާދައިގެ މަތިން އެރޭވެސް އަހަރެންހުރީ އަރީޝް ބަލައި އަންނާތީ ގޭދޮރުމަތީގައި މަޑުކޮށްލައިގެންނެވެ. އަރީޝް ސައިކަލުގައި އައިގޮތަށް އައިސް އަހަރެން ކުރިމަތީގައި މަޑުކޮށްލުމުން އަހަރެން ސައިކަލުގެ ފަހަތުގައި އިށީނީމެވެ. ވަރަށްބާރަށް ދުއްވާފައި ގޮސް އަރީޝް މަޑުކުރީ ގޯމެޓްރެސްޓޯރެންޓު ކުރިމައްޗަށެވެ. ދެމީހުން އަތުގައި ހިފައިގެެންތިބެ ރެސްޓޯރެންޓުގެ އެތެރެއަށްވަދެ ކަނެއްގައިހުރި މޭޒެއްގެ ކައިރީގައި އިށީނީމެވެ. ކާއެއްޗިއްސަށް އޯޑަރު ދިނުމުން ވޭޓަރުމީހާ އެތަނުން ދިއުމުން އަރީޝް އަހަރެންގެ ކޯތާފަތުގައި ފިރުމާލިއެވެ.

“ސުމާ… އަހަރެން ސުމާދެކެ ވަރަށްބޮޑަށް ލޯބިވޭ… މިހާ ކުޑަދުވަސް ކޮޅެއްގެތެރޭގަ މިހާބޮޑަށް ލޯބިވެޔޭ ބުނީމަ އަސްލުގަބޫލެއްވެސް ނުކުރެވޭދޯ؟”

އަރީޝް އޭނާގެ އަތުތެރޭގައި އޮތް އަހަރެންގެ އަތްތިލައަށް މަޑުމަޑުން ފިތައިލިއެވެ.
“އަހަންނަށް ތިވާހަކަ ގަބޫލުކުރެވޭ… އަހަރެންވެސް އަރީޝްދެކެ ވަރަށް ލޯބިވޭ… ނޭނގެ މިހާކުޑަ ދުވަސްކޮޅެއްގެ ތެރޭގަ މިވަރަށް ލޯބި މިވެވުނީ ކިހިނެއްކަމެއްވެސް..”

އަހަރެން ވާހަކަ ދެއްކީ ލަދުންއިނދެއެވެ.
“އަހަރެން ބޭނުން ސުމާއާ ކައިވެނި ކުރަން. މާރިޝް މާލެ އައިހާ އަވަހަކަށް ކައިވެނީގެ ކަންކަމާ އުޅޭނަން…”
އަރީޝް ވާހަކަދެއްކީ ވަރަށް އުފަލުންއިނދެއެވެ. އަހަރެންގެ ދަރިއެއްހުންނަކަން އެނގޭއިރުވެސް އޭނާ ާއަހަންނާ ކައިވެނިކުރަން ބޭނުންވެފައި ވާވަރު ފެނުމުން އުފަލުންގޮސް އަހަރެންގެ ދެލޯ ފެންކަޅިވިއެވެ.
“އަރީޝް… އަހަރެންގެ ޕާސްޓް…”

މިހިސާބަށް ބުނެވުނީރަށް އަރީޝް އަހަތެންގެ ތުންފަތުގައި އޭނާގެ ޝަހާދަތްއިނގިލި އަޅައިލުމަށްފަހު އިތުރަށް ވާހަކަ ނުދެއްކުމަށް ބުންޏެވެ.
“އަހަރެންވެސް އަހަރެންގެ ޕާސްޓާ ބެހޭގޮތުން ވާހަކަ ދައްކާކަށް ބޭނުމެން ނޫން.. އެހެންވީމަ ސުމާގެ ޕާސްޓާ ބެހޭގޮތުންވެސް އެއްވެސް އެއްޗެއް އެނގޭކަށް އަހަރެން ބޭނުމެއްނެތް.. މީ މުޅިން އާ ލައިފެއްނު..”

އަރީޝް ހެވިފައި އިނދެ އަހަރެންގެ ނިތްކުރީގައި ބޮސްދިނެވެ.
އޭނާގެ މި ބަސްތައް އިވިފައި އަހަރެން ވަރަށް ހިތްހަމަޖެހުނެވެ. އަދި އަރީޝްގެ އެހީއާއިއެކު މާޒީގެ އެ ހިތިހަނދާންތަކާއި ދުރުވެވޭނެކަން ޔަގީންވުމުން އަަހަރެންގެ ހިތް އުފަލުން ފުރުނެވެ.

 

އެރޭ އަހަރެން ގެއަށް ދިޔައިރު ލީލާވެސް ގޭތެރޭގައި ރުކާން އާއިއެކު ކުޅެން އުޅުނެވެ. އަހަރެން މަންމައާއި ލީލާއަށް އަރީޝްގެ ވާހަކަ ކިޔައިދިނުމަށްފަހު އޭނާއާއި ކައިވެނި ކުރަން ބޭނުން ކަމުގައި ބުނުމުން މަންމައާއި ލީލާވެސް ވަރަށް އުފާވިއެވެ. އަދި ކައިވެނީގެ ހުރިހާކަމެއްގައި އެދެމީހުންގެ އެހީތެރިކަން އެންމެފުރިހަމައަށް އަހަރެންނަށް ދޭނެކަމުގައިވެސް ބުންޏެވެ.

 

ކައިވެނި ކުރާނީ މާރިޝް މާލެއައުމުން ކަމުގައި އަރީޝް ބުނެފައިވާތީ އަހަރެންހުރީ އޭނާ މާލެނައިސްގެން ލަސްވެފައެވެ. އެއީ އަރީޝްގެ މީހަކަށްވުމަށް އަހަރެން ކެތްމަދުވެފައިވާލެއް ބޮޑުކަމުންނެވެ.

 

ދުވަހަކީ ހަފްތާގެ ހޯމަދުވަހެވެ. އެއީ މާރިޝް އޮފީހަށް ނިކުންނާނެ ކަމަށް ބުނެފައި އޮތް ދުވަސްކަމުން އަހަރެން އިނީ ވަރަށްވެސް އުފަލުންނެވެ.
މާރިޝް އޮފީހަށް ވަދެގެން އައިގޮތަށް އައިސް ފުރަތަމަވެސް އަހަރެންގެ ކެބިންކުރިމަތީގައި ހުއްޓުނެވެ.
“ކޮންގްރެޓްސް ފަހަރީ… ދޮންބެ ބުނި ފެށޭހަފްތާ ތެރޭގަ ކައިވެނި ކުރާވާހަކަ…”

މާރިޝް އެހެންބުނެ އަހަރެންނާ ސަލާމްކޮށްލިއެވެ. އަހަރެންވެސް ހެވިފައި އިނދެ އޭނާއާއި ސަލާމް ކޮށްލީމެވެ. އަދި މާރިޝް ބެންކޮކުން އައިސްފައި ބުނަންއުޅުނީ ކޮން ވާހަކައެއްތޯ އެހުމުން އެއީ އޭނާ ހުޅުވަންއުޅޭ ފިހާރައަށް ކުއްޖަކު ހޯދައިދޭށޭ ބުނަން ކަމުގައި ބުނުމަށްފަހު ގޮސް އޭނާގެ ކޮޓަރިއަށްވަނެވެ. އަހަންނަށް އެވާހަކަ ގަބޫލުކުރަން ދަތިވި ނަމަވެސް އިތުރަށްދެން އެވާހަކަ މާރިޝްކައިރީގައި ނޭހުމަށް އަހަރެން ނިންމީމެވެ.

 

އޭގެ ދެދުވަސްފަހުން ކައިވެނީގެ ރަންކިޔުމުގެ ހަފްލާ ބޭއްވުނީ އަރީޝްމެންގެ ގޭގައެވެ. ދެއާއިލާ އަކީވެސް ކުޑަ ދެއާއިލާ ކަމުން އެހަފްލާއަށް މާގިނަބަޔަކު ނާދެއެވެ. އަހަރެން ހީކުރީ އަރީޝްގެ މަންމަ ރުކާންދެކެ ވަރަށް ފޫހިވާނެކަމަށެވެ. ނަމަވެސް ކަންތައްވީ އެއާއި މުޅިން ޚިލާފަށެވެ. ރަންކިޔުމުގެ ހުރިހާ ކަމެއްނިމި ސައިގެ ކަންތައްތައް ކުރިއަށް ދިޔައިރުވެސް އަރީޝްގެ މަންމަ، ސަކީނާ އެންމެހިނދުކޮޅަކަށްވެސް ރުކާންއާއި ދުރަކަށްނުދެއެވެ. އެގޭގައި ކުޑަކުއްޖަކުވެސް ނޫޅެތީއާއި އެކު އޭނާ ރުކާން ބަލައިގަތީ އަމިއްލަ މާމަދަރިއެއްފަދައިންނެވެ.

 

މިރެއަކީ ބޮޑުރެއެކެވެ. މިއީ އަހަރެންގެ ހަޔާތުގެ މުޅިންއާ ސަފްޙާއެއް ހުޅުވުނުރެއެވެ. އަދި މާޒީގެ ހިތިހަނދާންތަކަށް ފަސްއަޅައި ފޮރުވާލުމަށްފަހު ހަޔާތުގެ މުޅިންއާ ބާބެއް ފެށިރޭވެސް މެއެވެ. އެހެންކަމުން ޑައިރީގެ އާސަފްޙާއެއް ހުޅުވައިލައި މިވާހަކަތައް ޑައިރީއާއި ހިއްސާކޮށްލުމަށްފަހު އަހަރުމެންގެ ކައިވެނީގެ ޕާޓީއަށް ތައްޔާރުވުމަށްޓަކައި އަހަރެން އަވަސްވެގަތީމެވެ.

***** ***** *****

ސުމާ ކޮޓަރީގެ ދޮރުހުޅުވައިލި އަޑަށް ސިއްސައިގެންގޮސް އަލަމާރި ކައިރީގައި ހުރި އަރީޝް، ފަހަތަށްއެނބުރުނު އިރު އޭނާގެ އަތުގައި އޮތް ސުމާގެ ޑައިރީއާއި މާސްކު ފެނިފައި ސުމާގެ ދެލޯބޮޑުވެގެން ދިޔައެވެ.

އަރީޝް ސުމާގެ ޑައިރީ ކީކަން އެނގުމުން އޭނާ ބިރުގަތެވެ. އޭގައިވާ ވާހަކަތައް ކިޔުމަށްފަހު އަރީޝް ސުމާދެކެ ފޫހިވާނެއޭ ހިތަށްއެރުމުން ދެރަވީވަރުން ސުމާގެ ދެލޯފެންކަޅިވިއެވެ.

“އަރީޝް…. އަރީޝް ބުނީމެއްނު… އަހަރެންގެ ޕާސްޓް….ކިޔާނުދޭށޭ …. އެހެންވެ އެވާހަކަތައް… ކިޔާ ނުދިނީ…..”

އާގަންނަމުން ވާހަކަ ދައްކަމުން ދިޔައިރު ސުމާގެ އަޑު ތުރުތުރު އަޅައެވެ. އެއްވެސް ބަހެއްނުބުނެ އިރުކޮޅަކު ސުމާގެ މޫނަށް ބަލަން ހުރުމަށްފަހު އަރީޝް އައިސް ސުމާގެ ގައިގަގާ ބާރަށް ބައްދައިލިއެވެ.

“ސުމާ… އަހަރެންނަށް … މާފްކުރޭ…. ” އަރީޝް ވާހަކަ ދައްކަމުން ދިޔައިރު އޭނާއަށް ވަނީ ހަމަރަނގަޅަށްވެސް ރޮވިފައެވެ.
“ކީކޭ ތިކިޔަނީ؟ ކޮންކަމަކާތަ އަރީޝްއަށް މާފް ކުރަންވީ؟”

ސުމާ އަރީޝް އޭނާގެ ގަޔާ ދުރުކޮށްލަމުން އެހިއެވެ. އޭރުވެސް އޭނާހުރީ ވާނުވާ ނޭނގިފައެވެ.
“އަހަންނަކީ….. އަހަންނަކީ… ރުކާންގެ ބައްޕަ… އެކަމަކު މިއޮށް ހުރިހާ ދުވަސް ވީރުވެސް…. އަހަންނަކަށް ނޭނގުނު…. ސުމާތީ އެރޭ ޕާޓީ އިން އަހަރެންނާ ދިމާވި ކުއްޖާ ކަމެއް…..”

އަރީޝް މިހެންބުނުމާއިއެކު ސުމާއަށް ލިބުނު ހައިރާން ކަމާއި ވީދެރައިން އަނގަމަތީގައި އަތްއަަޅައި ބާރަށް ރޯންފެށުނެވެ.
“އަހަރެން ނާދޭ އަރީޝްދެކެ ރުޅިއެއް… އެރޭ އެހުރިހާ ކަމެއްވީ އަހަރުމެން ދެމީހުންވެސް…. ބޭނުން ވެގެންނެއްނު…”

ބާރަށް އަރީޝްގެ ގައިގައި އޮޅުލައިގަނެގެން ހުރެ ސުމާ ވާހަކަ ދައްކަމުން ދިޔައީ ރޮމުންނެވެ.

 

“އައިލަވްޔޫ ސޯމަޗް ސުމާ…”އަރީޝް ސުމާގެ ނިތްކުރީގައި ބޮސްދިނެވެ. އަދި އެންމެ ފުރަތަމަ އެދެމީހުން ދިމާވި ރެއެކޭވެސް އެއްގޮތަށް ސުމާ އުރާލުމަށްފަހު އޭނާގެ އަތްދަނޑި މައްޗަށް ލައިގެންގޮސް އެނދުމަތީގައި ބޭއްވިއެވެ. އަދި ކޮޓަރީގައި ދިއްލާފައިވާ ބޮކީގެ ހުދުއަލީގައި ދެމީހުންގެ ލޯބީގެ ލައްޒަތު އެކަކު އަނެކަކާއި ހިއްސާކުރަމުން ދިޔައީ އެދެމީހުންގެ ދެމެދުގައި އިތުރަށް ވަންހަނާ ވެފައިވާ އެއްވެސް އެއްޗެއް ނެތްކަމުގެ ހިތްހަޖެހުމާއިއެކުއެވެ.

………….ނިމުނީ…………….

Share Article

Follow Me Written By

Eyesh

Level 210 Stories100 Comments

Other Articles

Previous

ލޯބިވާ މަންމާ މަގޭ.. 4

Next

ފޮހެވޭނޭ ބާއޭ… 40

Next
December 29, 2015

ފޮހެވޭނޭ ބާއޭ… 40

Previews
December 28, 2015

ލޯބިވާ މަންމާ މަގޭ.. 4

53 Comments!

  1. Eyesh says:
    December 29, 2015 at 1:06 am

    Hi everyone. .. here is the 4th and also the last episode of this story.. i hope everyone will like this part too ???

  2. shiru says:
    December 29, 2015 at 1:09 am

    Wow its really nice story..

    1. Eyesh says:
      December 29, 2015 at 6:20 am

      Thank u so much shiru ?

  3. Nish says:
    December 29, 2015 at 1:21 am

    Wow.v v reethi ekam haadha avahaka thi ninmai lhee.

    1. Eyesh says:
      December 29, 2015 at 6:22 am

      Thank u dear nish ???

  4. santhi says:
    December 29, 2015 at 1:41 am

    ????? story nyc mihaa avahah story up kuraa kujjeh vz mi noony noolhey ☺☺

    1. Eyesh says:
      December 29, 2015 at 7:56 am

      Heheh thanx santhi luv ??

  5. Anonymous says:
    December 29, 2015 at 7:23 am

    Aww eyesh swyty..story nimuny dhw.. story is superb .. mwah.. its very nice ingey.. 😉

    1. Eyesh says:
      December 29, 2015 at 7:58 am

      Thank u so much dear anonymous ? m glad that u liked it.. thanx a lot ingey ??

  6. aathi says:
    December 29, 2015 at 7:25 am

    Its me aathi’s comment..hehe..name nujehi eyni 😀

    1. Eyesh says:
      December 29, 2015 at 9:07 am

      Noon… eyesh ah eba feney aathi ge name ??

  7. Shabee says:
    December 29, 2015 at 8:37 am

    Aneh story reechakas mi story v vvvvvvvvvvvv hadi hama…….. Eyesh ah mi ah vuren reethikoh liyeveyne kan yageen… So mi ah vuren reethikoh liyey ingey.. Aslu ves mi story hama vvvvvvvvvvvv hadi

  8. Eyesh says:
    December 29, 2015 at 8:58 am

    Ehen tha?? ? Hadiyas kiyaaleema v happy vejje ingey..

  9. kamana says:
    December 29, 2015 at 9:06 am

    Alhey nimunytha. I lov thx stry. Gudluk eyshoo ?

    1. Eyesh says:
      December 29, 2015 at 9:08 am

      Aaa mi story mi nimuny ? hehe thanx ingey swyty ??

  10. ina says:
    December 29, 2015 at 9:08 am

    Eeeeeeyesh…..haadha avahakah nimmaaly??????but stry is v v v nic………eyesh ge all stries v v v nice.kyp it up……gud luck 4 nxt stry..?

    1. Eyesh says:
      December 29, 2015 at 9:24 am

      Awwwn ina ? Mi vaahaka dhen mi nimuniyyey alhe ? ekamaku adhives mikahala story eh genesdheynan ingey… thanx swyt heart ???

  11. Anonymous says:
    December 29, 2015 at 9:53 am

    kobaaatha mi vaahaka in libey iburathakee…. mi vaahakaige furathama partga gaimu buni eyeshge konme vaahaka akun iburatheh nooneyy msg eh libeyneyyy… ??

    1. Eyesh says:
      December 29, 2015 at 9:59 am

      My Dear Anonymous… mi story rangalhah kiyaalumun meegen v gina msg thakeh libigen dhaane.. i kindly request from yuh to read it ekkoh ingey ? anyways thanx a lot

    2. Luv says:
      December 29, 2015 at 11:00 am

      Anonymous mee haadha mathee meehekey dhoa. meena faadu nukiyaa gothah meehakah kameh kurevey kamakah nuvey. Kaley ah hadi vaahaka nukiyaa hurey. Pis pis dhen bodu varu thee. Mi vaahaka v v v reethi. this is 1 of my favourite ? gud luck eyesh

  12. mice says:
    December 29, 2015 at 10:07 am

    mi stry ves hama awsom ingea eyesh….. hope to see a new stry of urs….. luv ur strys…. :-*

    1. Eyesh says:
      December 29, 2015 at 10:11 am

      Thank u so so so much mice ??? v soon ehen vaahaka eh liyan fashaanan ingey insha allaah ?????

  13. maahish? says:
    December 29, 2015 at 10:08 am

    Eyesh dhoonxxxx story hama vrh reethi..?waiting next story ah..
    Eyesh?

    1. Eyesh says:
      December 29, 2015 at 10:12 am

      Awwwn maahish dhooni kolhu ?? thanx for the lovely comment. Soon ehen story eh genesdheyn fashaanan ingey ??

  14. Niz says:
    December 29, 2015 at 11:08 am

    Hehehe…v reethi story eh…

    1. Eyesh says:
      December 29, 2015 at 11:42 am

      Thanx a lot Niz ??

  15. MarSha says:
    December 29, 2015 at 11:09 am

    Nice, very nice story… but marsha hy nukuran mihaa avahah nimeyne kamakah… anyways i really loved this story…

    1. Eyesh says:
      December 29, 2015 at 11:41 am

      Alhey…. thankx marsha darling ??. Ehen vahaka eh dhigukoh genesdheynan ingey ? ? ?

    2. MarSha says:
      December 29, 2015 at 2:13 pm

      And it turned out the way i thought dho. Bunymennu rukaan ge dad aky maarish hen ehaa bodah hykureveythy ehen nuvaane heney marsha ah hyvany… that idea was just beautifull..

    3. Eyesh says:
      December 29, 2015 at 2:17 pm

      Aa dhw… marsha hama heekuri gothah dhw vee… ?marsha noon ehen hurihaa kudhives heekury maarish kamah rukaan ge dad aky ?? anyways thnx ingey swyty ?

  16. Eeamy says:
    December 29, 2015 at 12:21 pm

    Alhe dhen hama bunaane ehcheh ves neyge…….. Hama dhen vvvvvvvvvvvv vvvvvvvvvvvv vvvvvvvvvvvv vvvvvvvvvvvv furihama ey buneveyni… I just love it….. It’s awesome… Nd perfect……. Varah avahah eyesh ge new story eh fennaane kamah uhmeedhu Kuran……. Tc love you bye bye

    1. Eyesh says:
      December 29, 2015 at 12:40 pm

      Awwwnnn Eeamy ? alhe haadha lwbi comment ekey mee.. v v v v v v ufaa vejje. Luv u too dear ?… insha allaah ehen story eh liyan fashaanan soon. And also eyesh ge aneh story “loabeegaa vaathy fanaa” nunimey adhi. I hope u like that story too… ????

    2. Eeamy says:
      December 29, 2015 at 2:01 pm

      Hahahahahaha wc eyesh…. Ya that story is awesome too

  17. maldhu says:
    December 29, 2015 at 12:26 pm

    very nice storie eh

    1. Eyesh says:
      December 29, 2015 at 12:40 pm

      Thanx maldhu ??

  18. Ryn says:
    December 29, 2015 at 1:30 pm

    omg eyeshh… haadha salhi ey… so ryn hykuri gwthakah nun dhw mi v.. i thwght maarish kamah ekm vx arysh dhw.. hehehe ekm vx vrh vrh rythi.. aslu enme salhi v hykuri gwthah nuvefa eah vure vx rythi v ma.. aslu migwthah mysterious stries r one of my fav.. hehe n this stry is one of the bst stry n ur one of the bst writr.. 😉 gud job… 😉 😉 gud lck 😉 😉 😉

    1. Eyesh says:
      December 29, 2015 at 1:42 pm

      Alheyyyyy ryn … ? thankew so so much darling ??
      And yeah dhw hurihaakudhin ves heekury maarish kamah dhw.. ? hehehe… anyways ryn ah mi story thihaa rythi veema eyesh v v ufaa vejje ingey ?? thnx a lot ingey swyty ???

  19. stranger says:
    December 29, 2015 at 4:33 pm

    Mi story varah salhi

    1. Eyesh says:
      December 30, 2015 at 12:38 am

      Thnkx a lot dear stranger ??

  20. sadhaaa says:
    December 29, 2015 at 7:04 pm

    Story haaaadha haaadha reeethi ey ??

    1. Eyesh says:
      December 30, 2015 at 12:49 am

      Alhey thank u sadhaaa swyty ???

  21. sadhaaa says:
    December 29, 2015 at 7:07 pm

    Eyesh ge comments thah ves sadhaa varah kiyaa hihvey ????

    1. Eyesh says:
      December 30, 2015 at 12:50 am

      Asluves tha? ?hehehehe… how swyt u r . Mwah ??

  22. Ahmed Ammu says:
    December 29, 2015 at 10:03 pm

    Varah habeys ?

    1. Eyesh says:
      December 30, 2015 at 12:51 am

      Thankew ammu ??????

  23. princess sajix says:
    December 29, 2015 at 10:17 pm

    Wow story Hama habeys..bt maarish vs Lobi v aslu Suma dheke dho..so maarish libeyny princess ah dho..haha 🙂

    1. Eyesh says:
      December 30, 2015 at 12:53 am

      Thank princess ??? yeah maarish suma dheke lwbivaakan sirru kury areeah ahtakaa.. so princess ah maarish libidhaane hama try kohlanikoh ? ?hehehe anyways thanx for reading n commenting ingey swyty ??

  24. nuzoo says:
    December 29, 2015 at 10:27 pm

    nuney thibunee dhogeh… eysh ah vure avahah vaahaka up kuraa meehakee fantasy… fantasy ge vaahaka komme dhuvahaku kiyaalan libeyne… this is the fact… eysh ah bunaa dhera baheh nonn mee…ur stories r reallly awsome… keep it up

    1. Eyesh says:
      December 30, 2015 at 12:56 am

      Thanx a lot nuzoo ??
      And Yeah u r right … eyesh ah vure maa avahah up kuraa meehun ulhey n fantasy kohme dhuvahaku kurey dhw.. ? eyesh ah aanmukoh vanee 2 day kohfa . Ei hama time libey gothun ? anyways thanx a lot nuzoo darling ?

  25. nuzi says:
    December 30, 2015 at 3:53 pm

    Eyesh ge ehen story akah wait kuran… mivaahaka v salhi.

    1. Eyesh says:
      December 30, 2015 at 5:55 pm

      Insha allaah soon ehen vaahaka eh liyan fashaanan ingey ? n Thanx a lot nuzi darling ?

  26. Shahaa says:
    January 15, 2016 at 8:12 pm

    Vvv Rythi stwry eh…adhi hama mi kahalarythi stwry eh liyahchey ingey..kyp it up darling

    1. Eyesh says:
      January 17, 2016 at 2:07 am

      Thankew shahaa swyty ?

Comments are closed.


All Right Reserved!