Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިވާ މަންމާ މަގޭ.. 4

kamana
December 28, 2015
4 Mins Read
34 Views
23 Comments

“ދޮންބެ ނާންނާނެހޭ.. މިހުރިހާ ކަމެއްގެ މެދުވެރިއަކީ ކަލޭ.. މަގޭ ދަރި މިދުނި ދޫކުރީ ކަލޭގެ ސަބަބުން.. މަގޭ ކުރިމަތިން ދުރައްދޭ.. މިބުނީނު.. އަޑެއްނީވޭތަ” މަންމަގެ ހަރު ބަސްތަށް އަޑުއެހި މީ ފުރަތަމަ ފަހަރެވެ. އިހްތިޔާރަކާ ނުލައި އަހަރެންގެ ލޮލުން ކަރުނަ ފައިބައިގަތެވެ.

“ޒުބޭދާ.. ތިކިޔޭ ނުކިޔޭ އެއް އެބަ އެނގޭތަ..” ބައްޕަ ވަރަށް ރުޅިއައިސް މަންމައާ ވާހަކަދައްކަންފެށީ އަހަރެންގައިގައި ބައްދާލަމުންނެވެ. ބައްޕަ ބައްދާލުމުން އަހަރެން ކުރިއަށް ވުރެއްވެސް ބާރަށް ރޯންފެށީމެވެ. މަޔަކަށް ދަރިޔަކު ރޯތަން ބަލަން ކެއްނުވާނޭ ބުނާ ބުނުން އެއީ ހަމަ ތެދެކެވެ. ބައްޕަ ދުރަށް ކޮއްޕާލަމުން މަންމަ އަހަރެންގައިގައި އޮޅުލައިގަތީ މާފަށް އެދެމުންނެވެ. “މަންމަގެ ލޯބި ޖިއާ.. މަންމައަށް މާފުކުރޭ.. މަންމަ ގަސްތުގައި ކުރިކަމެއް ނޫން އެއީ.. ދަރިފުޅާ މަންމައަށް މާފުކުރާނަންތަ” މަންމަ އަހަރެންގެ ދެކޮލުގައި އަތުން ވަށާލަމުން ބުނީ ވަރަށް ލޯބިންނެވެ. އަހަރެން އަވަސް އަވަހަށް ބޯޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ. “މަންމާ.. ކޮއްކޮއަށްވެސް ސޮރީ.. ކޮއްކޮ ގަސްތުގައެއް ނޫން ދޮންބެ” މަންމަ އަހަރެން އަނގަ މަތީގައި އަތްއަޅާ ދެފަރާތަށް ބޯހޫރާލީ ދެންއެވާހަކަ ނުދެއްކުމަށެވެ. “މަންމަ ދެކެ ކޮއްކޮ ވަރަށް ލޯބިވޭ.. މަންމަދެން ރުޅިނާންނައްޗޭ ކޮއްކޮދެކެ” އަހަރެން އެހެން ބުނެ މަންމަ ގައިގައި ބައްދާލީ މޫނު ފޮރުވާލަމުންނެވެ.

ދޮންބެ ވަޅުލެވުނީ އިޝާނަމާދަށް ފަހުގައެވެ. މާފަންނު ސަހަރާ ދޮރުމަތީގައި މަންމަ ގިސްލާ ރޮމުން ދިޔައީ ފަރީޝައްތަ ކޮނޑުގައި ބޯ އަޅައިގެން އޮވެއެވެ. މަންމަގެ ފަސްބައިން ދޫނުކޮށް ހުރި އަހަރެން އިރުއިރުކޮޅާ މަންމަގެ ހެދުމުން ކަރުނަ ފުހެލަމެވެ. ބައްޕައާއި ތުއްތު ދޮންބެވަޅުލުމުގެ ކަންތަ ކުރުމުގައި އަވަދިނެތި އުޅެއެވެ،. އަހަރެންނަށް ޔަގީނެވެ. ބައްޕަ އެތާ އެތެރޭގައި އިނދެ ވަރަށް ރޯނެއެވެ. މި ހުރިހާ ކަމެއް މިވީ އަހަރެންގެ ސަބަބުން ހެއްޔެވެ. ދޮންބެ މަރުވީ އަހަރެންނާ ހެދި ހެއްޔެވެ. އަހަރެން ހިތަށް އަރަމުން ދިޔަ އެއްޗެއްކުން ދެލޯމަރާ ތަގުޅި ކޮއްލެވުނީ މަންމަގެ އުނަގަނޑުގައި ބާރަށް ބައްދާލަމުންނެވެ.

ދޮންބެ ނިޔާވިތާ މިއަދަށް ދެދުވަސް ވާނެއެވެ. މިގޭ އުޅޭމީހުން ކެޔުމެއް ބުއިމެއްވެސް ނޯވެއެވެ. ފަރީޝައްތަ ނޫޅޭނަމަ މިގޭ އެކަކުވެސް ދުނިޔޭގައި ނުހުންނާނެކަން ޔަގީނެވެ. ކޮޓަރިން މަންމަ ނިކުމެލަނީ ހާލަކުން ފަހަރެއްގައެވެ. މަންމައާއި ތުއްތު އަދި އަހަރެންނަށްޓަކައި ހިތްވަރުގަދަ މީހެއްކަމަށް ދެއްކިގެން ބައްޕަ އުޅެއެވެ. އެހެންނަމަވެސް ގިނަފަހަރު އެކަން އޮންނަނީ ނާކާމިޔާބު ވެފައެވެ. ފިރިހެނަކަށްވިޔަސް ބައްޕައަކީ ހިތްބަލި މީހެކެވެ. ކެއްކުރެވޭނީވެސް ވަކި ވަރަކަށް ނޫންހެއްޔެވެ. މަންމަ ރޯތަންފެނި ބައްޕަގެ ލޮލަށްވެސް ކަރުނަ ޖަމާވަނި އިހްތިޔާރަކާ ނުލާކަން އަހަންނަށް ޔަގީނެވެ.

ތިންހަފްތާ ފާއިތުވެގެން ދިޔައީ ދިރުމެއް ނެތް ގެއެއްގެ ގޮތުގައެވެ. މަޑުމަޑުން އެންމެން ހަމައަކަށް އެޅެން ފެށީ ބައްޕައާއި ފަރީޝައްތަގެ އެހީގައެވެ. ދޮންބެ ނިޔާވުމަށްފަހު މަންމައެކޭ މައްޔިތެކޭ ތަފާތެއްނެތެވެ. ފަރީޝައްތަ ނެތްނަމަ މަންމަ ހަމައަކަށް ނޭޅުނީސްކަން ޔަގީނެވެ. ފަރީޝައްތައަކީ ވަރަށް ވިސްނުންތޫނު އަދި ހަމަ އެހާ މީހުންނަށް ހެޔޮ މީހެކެވެ. މަންމައަށް ވިސްނާދީ ނަސޭހަތްލާދިނުމުގެ ފައިދާއަކަށް ވީ މަންމަ މީހުންގެ ތެރެއަށް ނިކުމެ އުޅެން ފެށުމެވެ. ފަރީޝައްތަގެ އެދުމުގެ މަތިން އަހަރެމެން މާލޭގައި މަޑުކުރީ އިތުރަށް ތައުލީމު ހޯދުމަށެވެ. މަންމައާއި ބައްޕަ އެކަމަށް އެއްބަސްވީ އަހަރެންނާ ތުއްތުގެ މުސްތަގުބަލާ ދޭތެރޭގައިވިސްނާފަކަމަށް މަންމަ ބުންޔެވެ.

ދުވަސްތަށް ހަލުވިކަމާއެކު ފާއިތުވަމުން ދިޔައިރު އަހަރެންނާ މަންމަގެ ގުޅުން ވަނީ ކުރިއަށްވުރެއްވެސް ބަދަހިވެފައެވެ. ތުއްތު މަދުފަހަރަކު ނޫނީއާ އަނގައިން ބުނެލާ ނޫޅެއެވެ. އަނގައިން ބުނާ ދުވަހެއް ވެއްޖެއްޔާ އަހަރެން ރޮއްވާލަނީ ދޮންބެގެ މަރުގެ ސަބަބަކީ އަހަރެން ކަމަށް ބުނެއެވެ. ބައްޕަ ކިތައްމެވަރަށް ވިސްނާދިނަސް ދޮންބެގެ އެގޮތްގަނޑު ބަދަލު ނުވާނެކަން އަހަރެންނަށް އެނގެއެވެ.

މުޅިދުނިޔެއަށްވަނީ ވިއްސާރަމޫސުން ލައިގެންފައެވެ. އަހަރެން މާލެއައި ފަހުން މީ ސްކޫލްއަށްދާ ފުރަތަމަ ދުވަހެއެވެ. އަހަރެންނާ ތުއްތުއަކީ ކިޔަވަން މޮޅުދެމީހޫން ކަމުން އަހުމަދިއްޔާއިން ޖާގަ ލިބުނެވެ. ގްރޭޑް ހަޔަކަށް އަހަރެން ދިޔައިރު ތުއްތު ގޮރޭޑް އެގާރަށެވެ. މަޑުހިނގުމެއްގައި ތުއްތުއާއި އަހަރެން ދިޔައީ ސްކޫލައަށް އެކީގައެވެ. އެކީގައި ބުންޔަސް އެއީ ދޮގެކެވެ. މަންމަގެ ބުނުމުގެ މަތިން އެކީގައި ދާކަމެވެ. ތުއްތު އަހަރެން ދެކެ އަރާ ރުޅިން އަބަދުވެސް ބުނެފަ އޮންނަނީ ތުއްތުގެ ފަހަތުން ހިނގުމަށެވެ. އެވެސް ފަސްވަރަކަށް ފޫޓް ދުރުންނެވެ. ބަލާލާ މީހަކު އަހަރެމެން ދަނީ އެކީގައޭ ނުބުނާނެއެވެ. އެކަމަކުވެސް އަހަރެންނަށް ވިސްނެއެވެ. ތުއްތު ދޮންބެދެކެ މާބޮޑަށް ލޯބިވަނީއެވެ. ދޮންބެ މަތިން ހަނދާންވެފަ އަހަރެން ދެކެ ރުޅިއަންނަނީއެވެ.

މުޅިދުވަސް ހޭދަވީ ފޫހިކަންމަތީގައެވެ. ސްކޫލްގެ ފުރަތަމަ ދުވަސް ކަމުން އަގައިން ބުނާނެ ކުއްޖަކު ނުވިއެވެ. އެކަމާ އަހަރެންގެ ގާތަށް ކޫސަނި ރުޅިގަނޑެއްވެސް އެރިއެވެ. ގެއަށް ދިޔަ ގޮތަށް އަހަރެން ފެންވަރާލީ މީހާ ހަމައަކަށް އެޅޭތޯއެވެ. މެންދުރު ނަމާދު ކޮއްނިމިގެން ކޮޓަރިން ބޭރަށް ނިކުތީ ބަނޑުހައިވެގެންނެވެ. އެހެން ނަމަވެސް ހުރިތަނަށް ހުއްޓެން ޖެހުނީ ފެނުނު މަންޒަރަކުންނެވެ. ފަރީޝައްތަ ގޮރުކައިރީގައި މަންމަ ހުރިގޮތް ފެނި އަހަރެންގެ ހިތުގައި ރިއްސާލިއެވެ. ދެލޮލުން ހޯސްލާފައި ކަރުނަފައިބަމުން ދިޔައިރު އަޑު ބޭރުވިޔަ ނުދިނުމަށް އަނގަމަތީ އަތްއަޅައިގެން އެހުރީ މަންމައެވެ. އަހަރެން ބާރުފިޔަވަޅުތަކެއް އަޅަމުން މަންމަ ކައިރިއަށް ދިޔައީ ވެގެން އުޅޭގޮތް ބެލުމަށެވެ. އަހަރެން ފެނި މަންމަ ސިހިގެން ދިޔައީ ބިރެއް ފެނިގެން އުޅޭ މީހެއް ހެނެވެ. ފަހަތަށް ޖެހެމުން ޖެހެމުން މަންމަ ދުއްވައިގަތީ މަންމަގެ ކޮޓަރިއާ ދިމާލަށެވެ. “މަންމާ” ބާރަށް އަހަރެން ގޮވާލީ މަންމައަށް ވީގޮތް ނޭގި ހާސްކަންމަތީހުރެއެވެ. “ދަރިފުޅާ ޖިއާ.. މަންމައަށް ކިހިނެއްވީ” ފަރީޝައްތަ ކޮޓަރިން ނިކުތް ބައްޕަ ފެނި ފުރަތަމަ ފަހަރަށް ބައްޕައަށް ޝައްކު ކުރެވުނެވެ. ފަރީޝައްތައަކީ އެކަލަ މީހެއްކަމަށް އަހަރެން ހީނުކުރަމެވެ. ބައްޕަގެ ސުވާލަށް ޖަވާބު ނުދީ އަހަރެން މަންމަކައިރިއަށް ދިޔުމަށް އަވަސްވެގަތީމެވެ.

ގެއަކީ އާދައިގެ ގެއަކަށްވިޔަސް މަންމަމެން އުޅޭ ކޮޓަރި ހުންނަނީ ބޮޑު ސިޓިން ރޫމާ ގުޅުވައިގެން ހަދައިފައި ހުންނަ ގޯޅިގަނޑުގައެވެ. ދެމީހަކަށް ފިޓްވެވޭނެހެން ހަދާފައިވާ އެގޯޅިގަނޑުގައި ހުއްޓި އަހަރެން މަންމައަށް ގޮވަން ފެށީމެވެ. އެހެން ނަމަވެސް މަންމަގެ ހަބަރެއް ނުވިއެވެ. ދޮރު ތަޅުގައި ހިފާލީއިރު ތަޅުނުލައި ހުރުމުން އަހަރެން އެތެރެއަށް ވަނީ މަންމައަށް ގޮވަމުންނެވެ. އެނދުމަތީ ބަނޑުން އޮތް މަންމަގެ ބުރަކަށިގައި އަހަރެން މަޑުމަޑުން ޖަހާލީމެވެ. “މަންމާ.. މަންމާ.. ކިހިނެއްވީ.. މަންމަ ބަލީތަ..” އަހަރެން މަންމައަށް ގޮވާ ވެގެން އުޅޭގޮތެއް އޮޅުންފިލުވަން އުޅުނީމެވެ. އެހެން ނަމަވެސް ޖަވާބެއް ނުލިބުމުން އެނދަށް އަރާ އަހަރެން ދެފައި ވައްކޮއްލީމެވެ. “މަންމާ ތެދުވެބަލަ.. ޖިއާ ކައިރީގައި ބުނެބަލަ މަންމަ ބަލީތަ..” އަހަރެން މަންމައާ ވާހަކަ ދައްކަމުން ދިޔައިރު ކިރިޔާ ރޮވޭ ނުރޮވޭ ކަމެވެ. މަންމަގެ އަތުގައި ހިފާލަމުން އަނެއްކާވެސް ގޮވަންފެށީމެވެ. “ޖިއާ ދެން ދޭބަލަ އުނދަގޫ ނުކޮށް.. މީހަކަށް ހަމަޖެހިލައިގެން ނޯވެވޭނެ މި އަންހެނާއާ ހެދި” މަންމަ ރޮވިފައިވާ އަޑަކުން އެހެން ބުނި އިރުވެސް އެހެން ބުނީ ހިތް ހަމަ ނުޖެހި ހުރެކަން އަހަރެންނަށް އެނގުނެވެ. އަހަރެން ސޮރީ އޭ ބުނުމަށްފަހު އެތަނުން ނިކުތީ މަންމައަށް ވަގުތު ދިނުމަށެވެ. މަންމަގެ އެކަހަލަ ރުޅިގަނޑެއް ކުރިން ފެނިފައިވުމާއެކު، އެރުޅިގަނޑު ފިނިވާނެކަމުގެ އުންމީދު ހިތުގައޮތްލެއް ބޮޑުކަމުންނެވެ.

ބަނޑުހައިވެފައިވާކަންވެސް އިހްސާސްވީ އިރުގަނޑެއްފަހުންނެވެ. ކާއެއްޗެއް ބަނޑަށް ލުމުގެ ނިޔަތުގައ އަހަރެން ބަދިގެއަށް ދިޔައީ ބައްޕަމެން ތިބޭނެކަމުގެ އުންމީދުގައެއްނޫނެވެ. “ދަރިފުޅާ ސްކޫލްއިން އައި ގޮތަށް އެއްޗެއް ނުކައި ދޯ ތީނީ.. އަވަހަށް އާދޭ” ބައްޕަ މަންމައަށް ވީގޮތް ނޭހުމުން އަހަރެން އިތުރަށް ރުޅިއައެވެ. “ބައްޕަ ކީއްކުރީ ފަރީޝައްތަ ކޮޓަރީގައި” އަހަރެން ދެބުމަ ކައިރިކޮއްލަމުން އެހެން ބުނީ ބައްޕަގެ ސިއްރުފަޅައަރައިފިޔޭ ބުނަމުންނެވެ. “ދަރިފުޅުދޭބަލަ ބަލާލަން” ބައްޕަ އެހެން ބުނީ ފަރީޝައްތައަށް ބަލާލަމުންނެވެ. އަހަރެން ދުވެފަގޮސް ފަރީޝައްތަ ކޮޓަރިއަށް ވަނީ ބައްޕަމެން ކުރީ ކީއްތޯ ބެލުމަށެވެ. އެހެން ނަމަވެސް އެނދުމަތީގައި އޮތް ބޮޑު ފިޔާތޮށި ކުލައިގެން ހެނދުން ފެނުމުން އަހަރެން އުފަލުން ފުރުމެވެ. ” ދަރިފުޅު އުފަންދުވަހަށް ފަރީޝައްތަ ފެހި ހެދުމެއް ތީ… ބައްޕަވެސް ތި ހެނދުން ބަލާލަން ވަނީ..” ބައްޕަ އެހެން ބުނުން އަސްލުހޭ ކިޔައި ފަރީޝައްތަގައިގައި އަހަރެންނަށް ކުޑަކޮށް ބައްދާލެވުނެވެ. ބައްޕަމެންނާމެދު އެފަދަ ޝައްކެއް ކުރެވުމުން އަހަރެން ހުރީ ވަރަށް ދެރަވެފައެވެ. އަހަރެން ކޮޓަރިއަށްދާން ފަހަތަށް އެނބުރުނުގަނޑީގައި މަންމަ ފެނުމުން އަތުގައި އޮތް ހެދުން ދައްކާލީ ދަތްޕިލަ ސޭލް އަޅުވަމުންނެވެ. ” ތީ ކޯއްޗެއް” މަންމަ އަހަރެންގެ އަތުގައި އޮތް ހެނދުން ފެނި އެނެގީ އަހަރެންނާ ސުވާލު ކުރަމުންނެވެ. “ތީ ފަރީޝައްތަ ޖިއާ އުފަންދުވަހަށް ދޭ ހަދިޔާއެށް” ވަރަށް އުފާވެހުރެ އެހެން އަހަރެން ބުނީ އެއުފަލުގައި މަންމަ ބައިވެރިވާނެކަމަށެވެ. “މީ މާ ބޭބީ ކުދިން ލާގޮތެއް.. ޖިއާ އަށް ހަމަ ނޭގެނީތަ މިކަހަލަ ހެދުން ލާވަރަށް ވުރެށް ތިހުރީ ބޮޑުވެފައިކަން.. ކޮންމެހެން މީސްމިހުންނަށް ތުއި ދެއްކޭން އުޅޭނެ ކަމެއްނެތް” މަންމަ އަހަރެންނާ ދިމާލަށް ކިޔަމުން ދިޔަ އެއްޗެހި އަހަރެން ހުރީ ގަބޫލް ނުކުރެވިފައެވެ. “މި ނުލެވޭނެ ޖިއާ އަކަށް.. އޭނަ ލާންޖެހޭ އެއްޗެހި އިތުރު މީހަކަށް ނޭނގޭނެ” މަންމަ ދިޔަގޮތަށް ގޮސް ހެނދުން މެދުން ކޮށާލީ އަހަރެންގެ ލޮލުގެ ޖުރިމަތީގައެވެ. މަންމައަށް ކުއްލިއަކަށް އެއައި ބަދަލުން އަހަރެން ހުރީ ހަދަން ވީގޮތް ނޭގިފައެވެ. މަންމަ ރުޅި އަންނަ ވަރުގެ ކަމެއް އަހަރެންނަށް ކުރެވިއްޖެ ހެއްޔެވެ. އެކަމަކު ނޫނެކެވެ.. މަންމަ އަދި މާފަށް އެދޭނެއެވެ. މިއީ ވަގުތީ ރުޅިގަނޑެކެވެ.

 

ނުނިމޭ…

6
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

kamana

Other Articles

Previous

ޝެރިން (31 ވަނަ ބައި)

Next

ވަންހަނާ (4ވަނަ ބައި)

Next
December 29, 2015

ވަންހަނާ (4ވަނަ ބައި)

Previews
December 28, 2015

ޝެރިން (31 ވަނަ ބައި)

23 Comments

  1. Eyesh says:
    December 28, 2015 at 8:22 pm

    V v v reethi mi part ves… mi vaahaka reethi kamun v v wait kurevey upload kuraane irakah.. i really luv this story. And kamana mi story genasdhey goi v v obi ingey ? best of luck my dear.. waiting for the next part ??

    1. kamana says:
      December 28, 2015 at 9:31 pm

      Thankoo so so much eyshoo. It means alot to me thnk u ?

  2. Reader says:
    December 28, 2015 at 8:25 pm

    V v salhi..

    1. kamana says:
      December 28, 2015 at 9:32 pm

      Thnk u ?

  3. santhi says:
    December 28, 2015 at 11:17 pm

    Ehaa lahun genesdhey iru vz haadha kurey…

    1. kamana says:
      December 29, 2015 at 7:40 am

      Alheyy kurutha. M sorry miah vureh dhigu koh grnesdheynan dhenn insha allah ☺️

  4. mice says:
    December 29, 2015 at 9:03 am

    mibai vex varah varah salhi….. luv it……

  5. kamana says:
    December 29, 2015 at 9:09 am

    Thnk u mice. ?

  6. Niz says:
    December 29, 2015 at 9:20 am

    Vvvvv nice

    1. kamana says:
      December 29, 2015 at 9:53 am

      Thnk u nizzz ?

  7. sadhaaa says:
    December 29, 2015 at 10:22 am

    Varah nice kamana??

    1. kamana says:
      December 29, 2015 at 11:49 am

      Thank u sadhaa ??

  8. Eeamy says:
    December 29, 2015 at 12:38 pm

    Hey kamana how are you…… Story v nice…. When next part….. Alhe v avahah up kohdhee Bala plx ingey…. Bye bye… Tvgc

    1. kamana says:
      December 29, 2015 at 12:48 pm

      Eamy m grt. Hw u lov. Thnkx alot for reading n ya maadhama aneh part upload kohdheynan insha allah. Thnk u. ??

    2. Eeamy says:
      December 29, 2015 at 1:13 pm

      But kamana mi ah vuren dhigu koh next part up kohdhehchey ingey hehehe I am great…. Thank you

  9. kamana says:
    December 29, 2015 at 1:30 pm

    Yess. Miah vureh dhigu koh genesdheynan ingeyy. Thnkx alot ?

  10. Faxoo says:
    December 29, 2015 at 5:24 pm

    woww.. varah reethi mibai ves ingey Kamana. 🙂 😉 pls varah avahah up koddheycchey ingey 😀

    1. kamana says:
      December 29, 2015 at 5:33 pm

      Thnk u faxooo. Yes insha allah madhama ip kohdheynan thnk u ?

  11. Nillu says:
    December 29, 2015 at 5:53 pm

    Nice one 🙂

    1. kamana says:
      December 29, 2015 at 7:26 pm

      Thnk u nilluu ?

  12. mik says:
    December 29, 2015 at 9:57 pm

    Varah salhi ingey

    1. kamana says:
      December 29, 2015 at 10:52 pm

      Thnk u mik ?

  13. Zaanaa says:
    December 30, 2015 at 3:42 pm

    Kobaa next part

Comments are closed.

All Right Reserved!