Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހާދަ ލޯބިންނޭ.. (4)

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
December 28, 2015 6 Mins Read
43 Comments

“އެކްސްކިއުޒް މީ..” އޭ ކިޔާ ޝާއިން ގޮނޑިން ތެދުވެ ކޭންޓީން އިން ނިކުމެގެން ދިޔައެވެ. އެ ދިމާލަށް ބަލަން އިން ނީރާ ކުޑަކޮށް ދެރަވިއެވެ. ނަމަވެސް އޭނާގެ ސިކުނޑި އަނެއްކާވެސް އެހެން ވިސްނުމަކަށް ގެން ދިޔައީ ޝަރާ ދައްކަމުން ދިޔަ ވާހަކައަކުންނެވެ. ރާހިލްވެސް ދެން ދަނީ އޭ ކިޔާ އެތަނުން ތެދުވެގެން ދިޔައެވެ. ޝަރާއާއި ނީރާ ދެ ކޮނޑު އަރުވާލުމަށްފަހު އަނެއްކާވެސް ވާހަކައިގެން ކުރިޔަށް ދިޔައެވެ.

ޝާއިން  އޭނާގެ ކެބިންއަށް އަށް ގޮސް ގޮނޑީގައި އިށީނދެލިއެވެ. އަދި މޭޒުމަތީ އޮތް ގަލަން އަނބުރަން ފެށީ ފުން ހިޔާލަކަށް ގެއްލި އިނދެއެވެ. ރާހިލް އައިސް ދޮރުހުޅުވާލިކަން ވެސް އޭނާއަކަށް ނޭނގެއެވެ. ރާހިލް އޭނާއާއި ކުރިމައްޗަށް ވާގޮތައް އިނެއްކަމަކު އޭނާއަށް އެއިން އެއްވެސް ކަމެއް ރޭކާލީ ހެނެއްހިއެއް ނުވެއެވެ. އެއަށްވުރެ ބޮޑަށް އޭނާގެ ސިކުނޑީގައި އުފެދެމުންދާ ހައިޖާނު ގަނޑު ބޮޑެެވެ.

“ޝާއިން…..!! އަސްލުވެސް އޭނަ ދެކެ ލޯބި ވޭ ދޯ…” ރާހިލް އެންމެ ފަހުން އަހާލީ ޝާއިން އާއި ދިމާލަށް ބަލަން ހުރެއެވެ. އޭނާގެ މަޖާ މިޒާޖް އެއްފަރާތަކަށް ޖައްސާލީ މިވަގުތު ދައްކަން އުޅޭ ވާހަކާއިގެ ސީރިއަސް ކަމުންނެވެ. އަދި ޖަވާބު ބޭނުންވާ އެތައް ސުވާލެއް ހުރުމުންނެވެ. ޝާއިން ކުޑަ ސިހުމަކާއި އެކު ރާހިލް އާއި ދިމާލަށް ބަލާލިއެވެ. އަދި އަނެއްކާވެސް އިސްޖަހާލިއެވެ. “ލޯބި ވޭ ދޯ؟؟؟” ރާހިލް ސުވާލު ތަކުރާރުކޮށްލިއެވެ. ޝާއިން އިސް އުފުލާލާ ބަލާލިގޮތުން ރާހިލް އަށް އޭގެ ޖަވާބު ލިބުނު ކަހަލައެވެ. އޭނާ ބަލާލީ އެހާވެސް އަސަރާއި އެކުގައެވެ. “ދެން ކީއްވެ ނުބުނަނީ..؟ ތީ ބެސްޓީސް އެއްނު.. އަނެއްކާ ކުޑައިރުން ފެށިގެން..؟ އެކަކު އަނެކަކުގެ އިހްސާސްތަށް އިނގޭ.. ޓްރަސްޓް ކުރޭ…. ނީ ވެސް ހީވޭ ލައިކް ވާ ހެން..؟.. ޝާއިން ބުނެބަލަ… ޝެއަރ ކޮށްލަބަލަ…” ރާހިލް ވާހަކަ ދެއްކި އިރުވެސް ޝާއިން މަޑުމަޑުން އިނެވެ. ވިސްނަނީ ކަންނޭނގެއެވެ.

އޭނާވެސް އޭނާގެ އިހްސާސް ތަށް ބޭރުކޮށްލަން ބޭނުންވާނެތާއެވެ. އެންމެ ގާތް އެކުވެރިޔާ ނީރާ ކަމުގައި ވިޔަސް އަދި ހުރިހާ ވާހަކައެއް ބުނެދިން ކަމުގައިވިޔަސް ނީރާގެ ވާހަކައެއް ނީރާ ކައިރި ދެއްކޭހެއްޔެވެ؟ “އެންމެ ރަނގަޅު.. ކީއްވެތަ ނީ ދެރަ ވެފަ އިންނަނީ… އެރޭ ޝޯގަ ރޯން އިނީ.. ދެން އެ ލަވަ.. އެ އަސަރު.. ހީވަނީ ވަރަށް ބޮޑު ކަމެއް ހިނގިހެން.. ކިހިނެއް ވެެގެންތަ މިއުޅެނީ ޝާއިން… އަހަރެމެންވެސް އެހާ ކްލޯސް އެކަމު ދުވަހަކުވެސް ނީރާ އޭނާގެ ދިރިއުޅުމާއި ބެހޭ އެއްވެސް ވާހަކައެއް ނުދައްކަ..؟ އެއީ ކީއްވެ..؟ ޝާއިންއަށް ރަނގަޅަށް އިނގޭނެ އެކަން.. ބުނެލަން ވީނު.. ޝެއަރ ކޮށްލީމަ ކަންނޭނގެ ޝާއިންގެ ހިތަށްވެސް ލުއި ވާނީ އަދި އަހަރެންނަށްވެސް އެހީ ވެވޭނީ..”  ރާހިލް ޖަވާާބު އެންމެ ބޭނުންވާ ސުވާލުކޮށްލިއެވެ. އޭނާ  ވިސްނައިދޭ ގޮތަކަށް ވާހަކަ ދެއްކިއިރު ހީވަނީ މުދައްރިސެއްހެންނެވެ.

ވަގުތު އައިސް ޖެހުނީއޭ ޝާއިން ހިތަށް އެރިއެވެ. އޭނާގެ ހިތްވެސް ބުނަމުން ދިޔައީ އެވާހަކަ ކިޔައިދިމަށެވެ. ސިކުނޑި އަށްވެސް އެތަށް ގޮތަކުން ލުއި ވާނެތާއެވެ. އެހެން ކަމުން ފުން ނޭވައެއް ފަޒާގެ ތެރެއަށް ދޫ ކޮށްލިއެވެ. “އެއީ މީގެ 5 އަހަރު ކުރިން…. އޭރު ނީރާއަށް 17… އަހަރެންނަށް 18..”

 

—————- 5 އަހަރު ކުރިން —————-

“ހޭއި.. ގާލް… ތެދުވަންވީ އިނގޭ ދެން.. ވަރަށް ހެޕީ ނިއުސް އެއް އެބައޮތޭ.. ދެން ދޯ.. ނިދަނީކީވެސް ނޫނޭ.. އެކްޓަރ. ހަމަ ރާބިއްތަ އަށް ގޮވާނީ އިނގޭ…” ނީރާ ދެލޯ މަރާ ތަގުޅިގޮށްގެން އޮތް އިރު ހީވަނީ ލޯ ނުހުޅުވާން ނަދުރެއް ބުނެފައި އޮތްހެންނެވެ. ޝާއިން އެވަރަށް ގޮވާއިރުވެސް ތަނެއް ގުޑައިވެސް ނުލައެވެ. ހިރުވާތަނެއް ކަހައިވެސް ނުލައޭ ބުނާފަދަ ގޮތަކަށެވެ. ބާލިސްގައި ބައްދައިގަނެގެން އޮތް އިރު ކުޑަ ކުއްޖެކޭ އެއްފަދައެވެ. “3 އަށް އިނގޭ ގުނާނީ…. އެކެއް.. ދޭއް… ތިނެނެނެއްއްއް….” އެވަރުންވެސް ނީރާ ތެދުވާކަށް ގަބޫލެއް ނުވިއެވެ. “އިންފް އޮފް ޔޫރ ޑްރާމާ… ރާބިއްތާ…!!!!! ބަލާ ނީ އެއް ނުތެދުވޭ…” ޝާއިން ވަރަށް ބާރަށް އެހެން ގޮވާލުމުން ނީރާ ކޮޅަށް ޖެހި ބުދެއްހެން ތެދުވިއެވެ.  “އެ ދޮގެއް މަމް… ހޭލައިފިން..” ޝާއިންއަށް ވުރެ ބާރަށް ނީރާ އެހެން ބުނެލިއެވެ. ހޭވިފައި ވާ އިސްތަށިގަނޑުގައި އަތް ހާކަލިއެވެ. ދެލޯ ކުޑަކޮށް ހުޅުވައިގެން ހުރިއިރު އަދިވެސް އެ މޫނުމަތިން ނިދީގެ އަސަރު ފިލާ ނުދާކަން އިނގެއެވެ. ޝާއިން އާއި ދިމާލަށް ނީރާ ބަލާލީ ރުޅި ގަދަވެފައި ހުރެއެވެ.

އެހާ އަރާމުގައި އޮއްވަން އަންނަން ޖެހޭހޭ އޭނާގެ ހިތަށް އަރަމުންދިޔައެވެ. “ފެން ވަރަން މިދަނީ.. އެހެން ވީމަ ނިކުމޭ ބޭރަށް!!!” ރުންކުރު ގޮތަކަށް ނީރާ ޝާއިން އާއި ދިމާލަށް އެހެން ބުނެލީ ދޮރު ދައްކާލަމުންނެވެ. “އަހަރެން މިތާ އިނަސް ނީ އަށް ފެންވެރޭނެ ދޯ..” ޝާއިން އެހެން ބުނެލުމުން ނީރާ ކައިރިއަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. “ނޫނޭ… ފާހަނަ ތެރޭ އިންނަން ވީނު އޭރުންވެސް އަހަރެންނަށް ފެންވެރޭނެ ވިއްޔަ..ހަހް..” ނީރާ އެހެން ބުނެލުމުން ޝާއިން ލާނެއް ހިނިގަނޑެއް ޖަހާލިއެވެ. “ހަހަ.. ނީ އަށް އޯކޭ އިއްޔާ އަހަރެންނަށް ވެސް އޯކޭ.. އެން އަސްލު ރާބިއްތަ އެއް ނެތް އިނގޭ.. ދެން ނީ ނުތެދުވީމަ އެކްޓެއް ޖައްސާލީ.. ނީ އަކަށް އެކަންޏެއް ނޫނެއްނު އެކްޓް ކުރެވޭނީ” އެއްލޯ މަރާލަމުން ޝާއިން ނީރާއާއި ދިމާލަށް އެހެން ބުނެލިއެވެ. އެއާއި އެކު ނީރާގެ މޫނު ރަތްވިއެވެ. އަވަސް ނޭވާތަކެއް ނީރާ ލާންފެށީ އޭނާގެ ރުޅި ކޮންޓްރޯލް ކުރަންށެވެ. އޭނާ އެއްޗެއް ނުބުނެ ޝާއިން އަށް ނުކުންނަން ދޮރު ދައްކާލިއެވެ. ޝާއިން ނީރާއަށް ވަމުން ދާ ގޮތް ބަލަން ހުރުމަށްފަހު ނިކުމެގެން ދިޔައެވެ. ދޮރު ހުޅުވާފައި ނިމުގެން ދިޔައީ ދޮރު ނުވެސް ލައްޕައެވެ. ނީރާ އިތުރަށް ރުޅިއަރުވާލަން ބޭނުން ވީއެވެ. ނިރާ ލޯ އަޅައިގެން ހުރެ ގޮސް ދޮރު ލެއްޕިއެވެ. ވަރަށްވެސް ބާރަށެވެ. ފާރުވެސް ކުޑަކޮށް ހެލިލިހެން ހީވިއެވެ.  “ވަރުގަދަ ފިރިހެނެއް. ” އެހެން ހިތަށް އެރުމަށްފަހު ކަންނެތް ގޮތަކަށް މޯޅިއަށް ދެމިލާ ފާހަނައަށް ވަންނަން ދިޔައެވެ.

ފެންވަރައި ނިކުމެ އަލަމާރި ތެރެ ބަލަން ހުރުމަށްފަހު ހިތް ހަމަޖެހޭ ކަހަލަ އެއްޗެއް ނެގުމަށްފަހު ލިއެވެ. އަދި ލޯގަނޑު ކުރިމައްޗަށް ގޮސް ހުއްޓިލިއެވެ. ނޫ ކުލައިގެ މަޑު ޓޮޕަކާއި އެކު ނޫ ގަދަ ތިރިިއެއް ލައިގެން ހުރި އިރު އެ ލޫޅާފަތި ހަށިގަނޑު ގެ ރީތިކަން އިތުރުކޮށްލައެވެ.  އޭނާއާއި އެންމެ ގުޅެނީ ޓޮޕާއި ތިރި އޭ އެންމެން ވެސް ބުނަނީ އެހެންވެއެވެ. ބުރަކަށީގެ މެދާއި ހަމާލަށް އަރަމުން ދިޔަ އިސްތަށިގަނޑު އެއްކޮށްލުމަށް ފަހު ވޫލުކޮޅަކުން އައްސާލިއެވެ. މޫނު މައްޗަށް ބައެއް އިސްތަށިތަށް ވެއްޓިފައި ހުއްޓެވެ.  ފެއަރީ ޓޭލްސް ތަކުގައި އުޅޭ “ޕްރިންސަސް” އެކޭ އޭނާ އެކޭ ތަފާތެއް ނެތެވެ. އޭނާގެ ހަންގަނޑު އެހާވެސް އޮމާންވެފައި އައްޔެވެ. ބޮޑު ދެލޮލެކެވެ. ރީތި ތުންފަތެކެވެ. ކުޑަ ކުޑަ ނޭފަތެކެވެ. ރީތި އިސްކޮޅަކާއި ބައްޓަމެކެވެ. ސުކޫލް ނިމުމާއި އެކު ނީރާއަށް އެކި ނަމްބަރ ތަކުން ކޯލްތަށް އަންނަން ފެށިއެވެ. ކޮންމެ މީހަކުވެސް މަސައްކަތް ކުރަމުން ދިޔައީ އެރީތި ޕަރީ އެއްފަދަ ކުއްޖާ ހޯދާށެވެ. ނަމަވެސް އެކަން އެކަކަށްވެސް ކާމިޔާބެއް ނުވިއެވެ. ނީރާ އެމީހުންގެ ކޯލް ފޫހިކަމާއިކު ކަނޑާލުމަށްފަހު ބްލޮކް ކޮށްލައެވެ. އޭނާ ހިތް އެދޭ ފަރާތުން ކޯލް އެއް އަންނާނީ ކޮންއިރަކުން ބާއޭ ހިތަށް އަރަމުންނެވެ. އަދި އެ ގުޅާމިހުންނާއި ދިމާލަށް އެތަކެއް ފަހަރު އެއްޗެހި ގޮވަމުންނެވެ.

“ހާދަ ލޯބިންނޭ ހިނިތުން ވަނީ އެ އޭނާ…. ސިއްރު ސިއްރުންނޭ ބަލަނީ ޒުވާނާ… ފެނިފާ ލޯބި ވެވިއްޖޭ…… އުޕްސް ޝައިން” ލޯމަރާލައިގެން ލަވަކިޔަމުން ކުޑަކޮށް ނަށާލި ނީރާ ކުއްލިއަކަށް ހަނދާންވީ ޝާއިން މަތިންނެވެ. އެހެންކަމުން އަވަސް އަވަހަށް ކޮޓަރިން ނިކުންނަން ދިޔައެވެ. ޝާއިން ބުނީ ހަމަ ރަނގަޅަށެވެ. ރާބިޔަތު އެއް ގެއަކު ނެތެވެ. ރާބިޔަތު ދިޔަ ތަނެއް ބަލަން އޭނާ ރާބިޔަތުއަށް ގުޅާލިއެވެ.

“ހަލޯ.. މަންމާ… ކޮންތާކުތޯ؟”

“ދަރިފުޅާ.. ސާބަސް.. މިއަދު މީ 17 އެއްނު… އެހެންވެ ހޮސްޕިޓަލުގައި މިތިބީ..  ދަރިފުޅު ކައިރި އެއްނޫންތަ މަންމަ އަށް ރޭ އެހެން ބުނެވުނީ…. ކިހިނެއްވީ އަނެއްކާ؟”

“އާނ ދޯ.. އަޅުގަނޑު ހަނދާން ނެތުނީ. މަންމަ ގޭގައި ނޫޅުއްވާތީވެ މަންމަ ކޮބާތޯ ބަލާލީ.. ކޮން އިރަކުންތޯ ދުރުވަނީ؟”

“މަންމަ މެން ދެން އިނީ ވަނުން. ވަރަށް އަވަހަށް ނިމޭނެ… ކިރު ތަށްޓެއް ބޮއެގެން ހުންނަންޗޭ.. މަންމަ ދާނަން ހޮޓަލުން އެއްޗެއް ގަނެލައިގެން ސައިބޯން..”

“ލައްބަ.. އަޅުގަނޑު މަންމަ އަންނަން ދެން މަޑުކުރާނަން. ބައި”

“ބައި”

ނީރާ ބޮލުގައި ޖަހާލީ މިހާރަކަށް އައިސް މާ އަވަހަށް ހަނދާން ނެތޭތީއެވެ. “ވާވް… ޓޫ މޯރ މަންތްސް އިން ޝާ ﷲ” އެހެން ބުނެލުމަށްފަހު ކުޑަކޮށް ނީރާ ފުންމާލިއެވެ. އަދި ބަދިގެއާއި ދިމާލަށް މިޝްރާބް ޖެހިއެވެ. ކުއްލިއަކަށް ނީރާ ހުއްޓުނީ ޝާއިންގެ އަޑަށެވެ. އޭނާ ލަވަ ކިޔާ އަޑަށެވެ. އޭނާ އިނީ ޓެރެސްގައި ކަން އިނގުމާއި އެކު އެދިމާލަށް ދާން ހިނގައިގަތެވެ.

ޝާއިން އިނީ ޓެރެސްގައި ހަދާފައި އިން އުދޯއްޔެއްގައެވެ. ހިޔާކޮށްފާ ހުރުމުން އިރުގެ އެ ދިލަ ގަދަ އަވި އުނދޯއްޔަކަށް ނާދެއެވެ.

“ހިތް ހަމަ ޖެހުމެއް ނުލިބޭ ނުފެނުމުން ތި ރީތި ސޫރަ….

ހާދަހާ ހިތަށް ތަދުވޭ ނުފެނުމުން ކަލާގެ ސޫރަ… ޗާލޭ..

ޗާލޭ….”

ޝާއިން އޭނާގެ އަތުގައި އިން ކޮފީތަށިން ކޯވަރެއް ބޯލިއެވެ.

“ޗާލޭ މަގޭ ރަންކޮޅާ… ޗާލޭ މަގެ ދޫންޏާ.. ޗާލޭ މަގޭ ރަންކޮޅާ…” އަނެއްކާވެސް އަނެއް ބައިތު ކިޔާލިއެވެ.

ނީރާ ޓެރެސްއަށް ވަންނަ ދޮރުމަތީ ބަލަހައްޓައިގެން ހުރިކަންވެސް ޝާއިންއަކަށް ނޭނގުނެވެ. “ހުމް ހުމް..” ނީރާ ފަރި ހިނގުމެއްގައި އައިސް ޝާއިން ކައިރި އުނދޯލީގައި އިށީނެވެ.  ޝާއިން ނީރާއާއި ދިމާ ބަލާލިއެވެ.  އެހާއަވަހަށް ދެންމެ ހިނގި ކަންތައްގަނޑު ހަނދާން ނެތުނީހޭ ޝާއިން އަހާލިއެވެ. އެއާއި އެކު ނީރާ ހޭންފެށިއެވެ. “ކޮންމެ ގޮތެއް ވިޔަސް ކިތަންމެ ފައިޓް ކުރިޔަސް ޝައިން ވިއްޔަ..” ނީރާ އެހެން ބުނެލުމުން ޝާއިން ލުއި ހިނިތުން ވުމެއް ރައްދުކޮށްލިއެވެ. ނީރާ ބަނޑުން އަޑު ގޮވަން ފެށިއެވެ. އެހާވެސް އޭނާ އިނީ ބަނޑުހައިވެފައެވެ. ނަމަވެސް ދެން ދާކަށް ނުކެރޭނެއެވެ. އިސްޖަހާލާ ބަނޑުގައި އަތް އެޅި ނީރާ ކުއްލިއަކަށް އިސްއުފުލާ ބަލާލީ އޭނާގެ ޕޫބެއަރ މަގް އޭނާ ލޯ ކުރިމަތީ ފެނުމުންނެވެ. ލޯ ބޮޑޮކޮށްލަމުން ޝާއިން އާއި ދިމާލަށް ބަލާލިއެވެ. ޝާއިން ބޯ ޖަހާލީ އަވަހަށް ބޯލާށޭ ބުނަމުންނެވެ. ނީރާ ޝާއިންގެ އަތުން މަގް ނެގިއެވެ. އަދި އެއިން ކޯވަރެއް ބޯލިއެވެ. “ޔަމްމްމްމް.. ޝައިން.. އައި ލަވް އިޓް… ހަމަ އަބަދުވެސް ލާ ރަހަ.. ވަރަށް މީރު… މަންމަ އަށް ވުރެވެސް މޮޅޭ.. ހެހެ” ނީރާ އެހެން ބުނެލުމަށް ފަހު އަނެއްކާވެސް އެއިން ކޯވަރެއް ބޯލިއެވެ. “ހެހެހެ ނީ ވިއްޔަ” ދޫ ނެރެލަމުން ޝާއިން އެހެން ބުނެލިއެވެ

“ދެން ބުނެބަލަ ތި ބުނަން އުޅޭ އެއްޗެއް” ކުއްލިއަކަށް ނީރާ އެހެން އެހުމުން ޝާއިން ސިހުނެވެ. އަދީ ނީރާއާއި ދިމާލަށް ބަލާލިއެވެ. “ކޯޗެއް؟؟……” “ތި ބުނަން އުޅޭ އެއްޗެއްނު..” ނީރާ އެހެން ބުނެލިއެވެ. “ކިހިނެއް؟؟؟” ހައިރާންކަމާއި އެކު ޝާއިން އެހެން އަހާލިއެވެ. “ދެން އަހަންނަށް ނޭނގި ކާކަށް އިނގޭނީ.. ތި މޫނަށް ބަލާފަވެސް އިނގޭ ކޮންމެސް ވާހަކައެއް ބުނަން ކަން ތި އުޅެނީ.. ބުނަން ނުކެރިގެންކަން..” ޝާއިން ހިނިތުންވެލިއެވެ. ނީރާއަށް ޝާއިންގެ އިހްސާސްތަށް ރަނގަޅެއް އިނގުމުންނެވެ. “ދެން ބުނެބަލަ.. އަހަރެން ހަމަ ގައިމުވެސް ކައެއް ނުލާނަން ރުޅިއައިސައެއް.. ސުވާލެއްވިއްޔާ ޖަވާބެއް ދޭނަން.. ހެލްޕެއް ބޭނުމިއްޔާ އަބަދުވެސް ތައްޔާރު.. ވާހަކައެއް ވިއްޔާ އަޑު އަހަން ކެތްމަދު ހެހެ.. ދެން ބުނެބަ” ނީރާ އެހެން ބުނެލުމުން ޝާއިން ނީރާ އާއި ހަތަރު ކަޅި ހަމަކޮށްލިއެވެ.  “ނީ ދެކޭ ގޮތުގައި ލޯތްބަކީ ކޮބާ؟”

“ހެހެހެ ތީ މިހުރިހާއިރު ނުބުނެވިގެން އުޅުނު އެއްޗަކީ.. ސާބަސްދެން…. ހަހަ.. ލޯތްބަކީ ދޯ.. ލޯތްބަކީ ވަރަށް ބޮޑަށް އޮޅުން އަރާފައި އެކަމަކު ވަރަށް ގަޔާވާ.. ހިތުގެ މައްސަލައެއްގެ ސަބަބުން ސިކުނޑި ބަލިކަށިވާ.. ލޮލުގެ ކަޅިރަ…..” “ޕިސް ޕިސް.. މީ ދެން ފިލްމެއް ނޫނޭ.. ހެހެހެ ދެން އަހަރެން ބުނަންވީ ދޯ ތިބުނާ ގޮތަކަށް ލޯބިވަމޭ… ނީގެ ސްމައިލް ވަރަށް ރީތި އޭ.. ބާ ބިޓެއް ނުގެން ގުޅެންހޭ.. ހޭ އަނެއްކާ ރުޅިއައިއްސަ ނުދަންޗޭ.. އޭރުން އަހަރެން ޖެހިދާނެ މާ ބޮނޑި ބޮނޑި އާއި ޕިއްޒާ ފޮނުވަން.. ހެހެހެ ބޭބީ ނީރާ… ކޮންމެ ކަމެއްވެސް މަޖަލަކަށް ނަގަނީ.. ދެން ސީރިއަސް ކޮށޭ ނީ.. ބުނެބަ” ޝާއިން ހެމުން ހެމުން ވާހަކަ ދައްކަމުން ގޮސް އެންމެ ފަހު ޖުމްލަ ބުނެލީ މަޖާކަން ކަނޑާލަމުންނެވެ. “ހުމް އަހަރެން ދެކޭ ގޮތުގައި ލޯބި ދޯ ބުނަންވީ… ހެހެ.. މްމް… ލަވައެއް ގޮތުގައި އިނގެނީ ބުނެލަ ދެން..

“އިންތިޒާރުން ހިތުގަ އުފެދޭ ޖަޒްބާތެއް ލޯތްބަކީ…

ހިތް ހަވާލޭ ހިތުގަ ވާނޭ މިބުނާ ޖަޒްބާތާއި އިހްސާސާއި…”

“ދެން ބްލާ ބްލާ އިނގެ އެއްނު ދޯ ލައިންސް. އެއީ އަހަރެން ދެކޭ ގޮތުގައި ލޯތްބަކީ..” ނީރާ އަނެއްކާވެސް ތަށި ތުންފަތުގައި ޖައްސާލިއެވެ. ޝާއިން ދެފަރާތަށް ބޯ ހޫރާލީ ނީރާ ބަދަލެއް ނުވާނޭ ހިތަށް އަރާފައެވެ. “ކީއްތަވީ..؟” ނީރާއަށް ޝާއިންގެ އެ ހަރަކާތްފެނުނެވެ. ” ދެން ބުނަންޏާ ބުނެވޭނެ އެއްގޮތަކީ ލޯތްބަކީ އިންތިޒާރެކޭ… ލޯބީގެ ދެވަނަ ލަފްޒަކީ އިންތިޒާރޭ.. އަނެއް މާނަ އަކީ ޤުރުބާނޭ.. ” ނީރާ ކުޑަކޮށް ސީރިއަސް ވެލަމުން އެހެން ބުނެލިއެވެ. ޝާއިން ނީރާއާއި ދިމާ ފުން ނަޒަރަކުން ބަލަން އިނުމުން ނީރާ އަވަހަށް އެހެން ވާހަކައެއް ދައްކަން ފެށިއެވެ. “ދެން އެހެންގޮތަކަށް ބުނަންޏާ ބުނެވޭނީ…. ވިސްނާލަން ނޭނގޭ ހިޔާލުތަކަކާއި އަޖައިބެއްފަދަ އިހްސާސްތަކެކޭ ލޯތްބަކީ… މޫސުން ދީވާނާވެސް ވާނޭ ބަލާލީމާ.. ބައްދަލު ކޮށްލީމާ މާފޮޅި އެ ހުރިހާ ކަމެއްވެސް ވާނޭ ލޯބި ވެވުނީމަ.. އެއީ ލޯތްބަކީ..” ނީރާ ހުރިހާ ދަތްތަށް ފެންނަ ވަރަށް ހީލިއެވެ. ހީވީ ވަރަށް މޮޅު އެއްޗެއް ބުނެވުނުހެންނެވެ. ޝާއިން ލާނެއް ފާޑަކަށް ހޭންފެށިއެވެ. “ހަހަހަ.. ތީ އޭ ތަފާތަކީ ބޮޑެތި ކުދިންނާއި ބޭބީ އިންނާއި… ތި ކިޔައިދެނީ ވާ އިހްސާސްތައް.. ވާނެ ކަންތައް.. އަސްލު އަހަރެން އެހީ ލޯތްބަކީ ކޮބައިތޯ ކަންނޭނގެ. ހަހަހަހަ” ޝާއިން އަނެއްކާވެސް ހޭންފެށިއެވެ. ނީރާ ރަކިވިއެވެ. ނަމަވެސް މައުލޫއު ބަދަލުކޮށްލެވުނު ކަމަށްޓަކައި ޝުކުރުކޮށްލެވުނެވެ. ލޯބީގެ ވާހަކަދައްކާވަގުތު އޭނާއަށް އުނދަގޫވެއެވެ. ޝާއިންގެ އެ ފުން ނަޒަރުން އޭނާ ހިމޭންކޮށްލައެވެ. ހިތުގެ ވިންދު  އަވަސްކޮށްލައެވެ. ބައެއްފަހަރު ޝާއިން އޭނާ ދެކެ ލޯބިވާހެންވެސް އޭނާއަށް ހީވެއެވެ. އޭނާވެސް ޝާއިން ދެކެ ލޯބިވަނީހެއްޔެވެ؟ ހިތުގެ ވިންދު އަވަސްވަނީ އެހެންވެ ހެއްޔެވެ؟ ނޫނެކެވެ. ޝާއިންއަކީ ހަމައެކަނި ރައްޓެއްސެކެވެ.

“ދެން ދޯ. އެއީ ޝައިން އަށް އިނގޭތޯ އޭ.. އަހަރެން ނޫޅެމޭ ނޭނގިގެންނެއް.. ހޭ.. ބުނީމެއްނު އުފާވެރި ހަބަރެކޭ.. ކޮން ހަބަރެއް؟ ނުބުނަންޗޭ އެއީ ނީ ތެދުވޭތޯ އޭ.. އެހެން ބުނެފިއްޔާ މި އޮއްސާލާނަން ބޮލަށް..” ނީރާ އެހެން ބުނެލީ އޭނާ ބޯންއިން މަގް ދައްކާލަމުންނެވެ. އަދި އެވަގުތު އައި ހިޔާލްތަކާއި ދުރުވެލަމުންނެވެ.  “ހަހަހަ އެހެންދޯ އެވީ.. ހެހެހެ އާން.. ހަނދާން ނެތުނީއޭ.. ނީ ވަރަށް ހެޕީވާނެ.. ”

 

-ނުނިމޭ (: –

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ފޮހެވޭނޭ ބާއޭ… 39

Next

އަނިޔާ.. 20 ވަނަ ބައި

Next
December 28, 2015

އަނިޔާ.. 20 ވަނަ ބައި

Previews
December 28, 2015

ފޮހެވޭނޭ ބާއޭ… 39

43 Comments!

  1. Ryn says:
    December 28, 2015 at 7:41 am

    hey ppl.. hre is the nxt prt.. hope u al wil lyk it 😉 😉 thnks fr readin.. n nxt prt aftr 3 days in sha allah.. kyp waitin… 😉 😉 enjoy 😉 😉

    1. Anonymous says:
      December 28, 2015 at 9:47 am

      nxt part today up kohdhyba. mi part v.reethi

    2. Ryn says:
      December 28, 2015 at 10:37 am

      hehe ok in sha allah 3 days fahun up khla dheynan.. thnks alt 😉

  2. Eeamy says:
    December 28, 2015 at 7:49 am

    Yey…. Ryn ee dhw miadhu first…….. Btw vvvvvvvvvvvv nice inge. y just love it….. When next part…? Love you bye

    1. Ryn says:
      December 28, 2015 at 9:45 am

      hhehhe yrh ur frst,.. cngrts 😉 vrh happy vehje eeamy ge cmmnt enme frst vx fenunyma hehe 😉 😉 thnks alt.. in sha allah 3 days fahun.. hehe luv u mre,, bye 😉 😉 enjoy 😉

  3. ravupinky says:
    December 28, 2015 at 8:14 am

    mi part vx v v v reethi..keep it up ….ryyn i really miss u…waitin 4 the next part…..

    1. Ryn says:
      December 28, 2015 at 9:45 am

      thnks pinky.. 😉 i miss u too pinky 😉 😉 thnks fr readin.. enjoy 😉 😉

    2. eyesh says:
      December 28, 2015 at 3:59 pm

      kobaba mi ulhey shabee eh….huh..fooseh ve eyy

  4. mice says:
    December 28, 2015 at 8:39 am

    mi prt vex hama awsom……… waiting fo the nxt part…..

    1. Ryn says:
      December 28, 2015 at 9:46 am

      thnks mice.. myns alt 😉 😉 enjoy

  5. aathi says:
    December 28, 2015 at 9:17 am

    Hey ryn darlx..mi part vx vrh reethi..

    1. Ryn says:
      December 28, 2015 at 9:46 am

      hey aathy darloo 😉 😛 hehhe thnkyou dear.. 😉 enjoy 😉 😉

  6. MarSha says:
    December 28, 2015 at 9:33 am

    Varah rythi.. i like their friendship… i had a best friend like that years ago.. reminds me of those days… anyways story very nice… kee varakah adhives kiyaa hiy vanyy… waiting waiting waiting for more n more of thisss

    1. Ryn says:
      December 28, 2015 at 9:48 am

      thanks MarSha.. hehehe.. same hre.. mi stryga huhnaane ryn n rynge bestyge sum incidnts himanaafa 😉 i miss it hehe.. btw thnsk fr the cmmnt.. 😉 hehe ehnthr… 😉 😉 kyp waitin.. thnks. enjoy 😉 😉

  7. Maalu says:
    December 28, 2015 at 10:27 am

    Wowwwwwwwww vrh vrh vrh vrh reethi 😀 ryn u r the best…love this story ♥♥♥ waiting for the next part……miss u…

    1. Ryn says:
      December 28, 2015 at 10:39 am

      awwwwwww thnkyou sooo much mal.. heheh thts so swyt.. thnks alt.. i miss u mre 😉 😉 tc

  8. elsa says:
    December 28, 2015 at 11:04 am

    kyhvetha alhe mi story ge hurihaa part ehkiyafa roveny , kury part ves rovun , first part gaves rovun , dhennnn , haadha haadha ryhchey , asluves . vr vr salhi , mihaathanah kiyaa emme salhi story , elsa ge mommy haadha molhey , goodjob mommy . love yaa n miss yaa . mi story ge 3rd part ga innane kurin cnmt nukurevun reason , balaalah chey . bye

    1. Ryn says:
      December 28, 2015 at 12:36 pm

      awww alheyyy.. ehnthr… hehehe thnks alt ely.. 😉 😉 aww thts so swyt.. vrh happy vehje.. n soo happy to see a cmmnt frm u 😉 hehe thnks once again.. luv u too n miss u mre.. n yrh already replied. thnks 😉 😉 bye

  9. elsa says:
    December 28, 2015 at 11:07 am

    eba in dw reply , ok ehn v yaa dhen , hehehe

  10. nukko says:
    December 28, 2015 at 11:43 am

    Wowwwwwwww
    Flower gandaaa….. haadha thithi ey mi part vs…. hama inthixaar ga…. btw emme fahu vindha jehendhen ge dialogue thah dw.. Hahahahaaa…. v majaa…. cant wait cant wait… 3 DAYS EY… INTHIXAARUN HITHUGA UFEDHEY JAXUBAATHEY LOIIBAKY SO mivaahaka ah inthixaar kuryma vs aee lwbi ba ??????? Lolx 😛 😛 😛 😛
    Hama habeys mi part vs… tc miss u bye ..

    1. elsa says:
      December 28, 2015 at 12:02 pm

      hahahaha sissy

    2. Ryn says:
      December 28, 2015 at 12:51 pm

      awwwww thnksss lily gandaaa 😉 hehehe hmm hmmm hahahha 😛 😛 hahhahha lolxx… ofcrse eii lwbi 😛 😛 hahahaha… thnks nukko…. tc mis u mre bye 😉 😉

  11. Rora says:
    December 28, 2015 at 12:10 pm

    Awesome.. Awahah up kohdhehcheii next part.. N thankolheh dhigu koh igeh..waitin

    1. Ryn says:
      December 28, 2015 at 1:07 pm

      thnks rora… 😉 labba nxt prt 3 days fahun in sha allah 😉 hehe nxt prt i gues miah vure dhigu vaane hn.. cx kurin liyefa huri prts v ma cnt chng.. 😉 thnks.. enjoy 😉 😉

  12. elsa says:
    December 28, 2015 at 12:26 pm

    last story ga fahu prt thakuga help nuvenennun dw ely ah , so i decided to help u 10 times more dhen last one in this story . hehe

    1. Ryn says:
      December 28, 2015 at 1:08 pm

      hehhehe thnks ely 😉 yrh i really missd the cmmnts frm u e stry ga 😉 😉 thnks alt

  13. rau says:
    December 28, 2015 at 12:56 pm

    thankolheh fahun fenunee.ehnve coment nykurevunee.BTW mi part vvv loabi.dhn nxt part v avahah up kohdhehceyy

    1. Ryn says:
      December 28, 2015 at 4:32 pm

      heheh ehnthr.. bt happy tht i saw a cmmnt frm u 😉 😉 heheh thnks alt.. enjoy 😉 😉

  14. afy says:
    December 28, 2015 at 1:19 pm

    Maasha allah v v nice mi prt ves.nxt prt avahah up kohdheh chey ryn

    1. Ryn says:
      December 28, 2015 at 4:37 pm

      aww thnks afy… 😉 labba nxt prt 3 days fahun in sha allah 😉 thnks ingey

  15. lai says:
    December 28, 2015 at 1:33 pm

    Wowwww .. hama v salhi .. v rythi .. hama ehvana .. ? .. alheyy ryn thy lai ge mind reader eh tha? Mi dhuvas kolhu hama enmr ginain kiyey hurihaa lava eh eba liyey ryn stry ga .. hehehehehehehe… anyways stry is awsome .. v v v v v rythi .. hmm 3 days fahun dhw .. hama mi stry kiyaa hithun data on kohgen mi ulheny .. u knw wifi in nw nuvadheveny site ah .. 🙁 .. waiting for next part .. hama v rythi ingy ryn .. nee n shain ge bai kiyaafa hevunu hama .. hehehe .. she is jst like me .. ? .. hehe . Waiting ..

    1. Ryn says:
      December 28, 2015 at 4:40 pm

      awwww thnks laily 😛 hahahah vedhaane dhw 😛 thr is sumthin btwn us 😛 😛 hehehhe mwlhu dhw?? 😛 😛 anyways thnks alt..yup 3 days fahun.. awwww thts soo swyt of u… 😉 😉 once again thnku so much.. heheh lai hehvaalnshey ehn hedhy 😉 :D:D hehe yrh jxt lyk u 😉 thnks alt lai 😉 tc

  16. Immy says:
    December 28, 2015 at 3:28 pm

    hhaaahahaa….. this prt ws funny…. emme fahu vindhaa jhndhn ge dialouges dhww…. nee ge nazaru gaa loabakee kobaa heyy kiyaafa keevvvethr nee e diaalouge ninmalan dhnn shain anga madulaign nubehettee…. eoh salhi diolouge ah anga koppaafi viyya… hahhaa… jxt kiddin… n ryn rangalhu kllanv thaneh bunnthr???
    emme fahu vindhaa jhn dhn e film nukuthee mi aharu…. n mi prt ga shain raahil ah e kiyadhenee meege fas aharu kurn vefa oii kamegge vaahaka ennu?? dhwww….
    meege fas aharu kurin emme fahu vndhaa jhn dhn filmegge kan fulhevvx mi dhuniye aku lavvaafaeh neii…. i thougt y didnt anybody else notice this… hehe
    dhn mibunee kee ethn kommehn update kuraashe key noon…. ryn bey nun gotheh….
    n btw nukko kairee bunanchey immy vrhhh miss veyey nukko mathin… n nukko ah salaan vattaalaathi… k??
    n ryn mathin vxx vrh vrhhhh miss veyyy…..
    luv ya tgc…. :P:P:P:P:P 😀 😀 😀 😀

    1. Ryn says:
      December 28, 2015 at 4:42 pm

      hhahahah lolxx.. yrh evn i thwght dhw kuhjeh ehn bunefaaney bt ethan chng nukury cx its nt based on real dates n things happnd aslu aslu kh.. heheh ehnve maa bwdah alhainuly.. its nt real ehnu dhw jxt a hiyaal.. 😉 😉 anyways thnks fr pointin out it… n yrh bunedheynan.. heheheh i miss u mre n mre.. luv u too tvgc 😉 😉 bye 😉

  17. Eyesh says:
    December 28, 2015 at 8:27 pm

    Ryn mi baives v reethi ingey.. and eyesh ge name ga comment kohfa ei kohmeves ehen meeheh.. may b ehen eyesh eh.. eyesh loabeegaa vaathee fanaa vahaka ahves v hadikoh eyna comment kohfa huri.. so plx dnt misunderstand ingey… since i write stories to this site i always comment login vefa. And i don’t know what her/his intention if doing this..
    By the way ur stories v v reethi ??

    1. Ryn says:
      December 28, 2015 at 9:50 pm

      aww thnks eyesh.. owhh ryn vx hithah eri ey….yrh i wont 😉 😉 hehehe thnks alt 😉 🙂 <3 enjoy dear 😉

  18. ina says:
    December 28, 2015 at 9:00 pm

    alhe rynn haadha molhey….masha allah……………v v v nice mi part vx….kyp it up…….

    1. Ryn says:
      December 28, 2015 at 10:10 pm

      aawww thnks ina… 😉 😉 so swyt of u.. thnks alt… 😉 😉 enjoy

  19. kennukbee says:
    December 29, 2015 at 8:31 am

    Varah ryythi. Cnt wait for the nxt part lyynuu ?

    1. Ryn says:
      December 29, 2015 at 1:32 pm

      awwwww thnkyww kennuuuuuu hehehe 😉 😉 miss u 😉

  20. jboat says:
    December 29, 2015 at 10:16 am

    i m missing u so much pretty? kyhve chat room ah naannany? bdw cmmnt nukuriyas i used to read ur story ingey? nd its really really nice. i must say u have improved a lot my prettiest. May god bless u always. Keep smiling 🙂

    1. Ryn says:
      December 29, 2015 at 1:37 pm

      omg 😮 😮 😮 j .. 😮 aftr sooooo lng ur cmmnt eh.. 😮 cnt blv.. awww i miss u mre mre mre mre mre mre n mre.. <3 n kameh nuvey j.. ekm rey vx dhiyain j aai dhimaa veythw bt j naiima ryn off v.. i wnt tlk.. anyways thnks alt fr cmmtin asluvx u made my day no no no u made my year hehehe 😉 im stil…… … arghh dnt knw hw to say.. hehhe vrh dhuvas vehje ehnu ehnve… thnks j.. thnks alt.. 😉 hwp we cn tlk… 😉 enjoy.. miss u. <3 😉

  21. rish says:
    May 27, 2016 at 6:31 pm

    Heii… Its cool…..

Comments are closed.


All Right Reserved!