Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ފޮހެވޭނޭ ބާއޭ… 40

Muthahhar Ibrahim (Mutha/S.Hithadhoo)
December 29, 2015
8 Mins Read
50 Views
18 Comments

”މިޝޫ…” އިޒްކާންގެ އަޑު ކުރެހިގެން ދިޔައެވެ. އޭނަ އަވަސް ފިޔަވަޅުތަކެއްގައި ގޮސް މިޝްޔާގެ ތުނި ހަށިގަނޑުގައި ބައްދާލިއެވެ. އަދި މޫނުގައި ބޮސްދިނެވެ. އިޒްކާންގެ އޯގާތެރިކަމާއި ލޯބިން މިޝްޔާގެ ހިތުގައިވާ ޒަހަމްތަކަށް ޝިފާއެއް ކަމަށް ވެގެން ދިޔައެވެ. އިޒްކާން މިޝްޔާގެ އަތްތިލައަށް ބޮސްދިނެވެ. އެހިނދު ފެނުނު ރަތްކުލައިގެ ނިޝާންތަކުން ދެލޯ މަރާލެވުނީ ހިތަށް ކުރި ފުން އަސަރުތަކެއްގެ ސަބަބުންނެވެ. އޭނަގެ ހިތުގެ ނާރުތަކަށް ވާންވަމުންދާ ކަމުގެ އިހުސާސްކުރެވުނެވެ.

”ތަދުވޭތަ؟…” އިޒްކާން ފިރުމަމުން ބުންޏެވެ. އޭނައަށް މިޝްޔާގެ ކަރުގައިވާ ނިޝާން ފެނި އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވުނެވެ. މުށްކަވާލެވުނު އަތުން އެނދުގައި ބޮނޑިއެއް އަޅާލެވުނެވެ. އެއީ ރާކިންގެ މޫނަށް ވީއްލާލަން އޭނަ ބޭނުންވި އެތިފަހަރެކެވެ. އޭނަގެ ދެލޮލުން ކަރުނަ ފާޅު ވިއެވެ. މިޝްޔާ ހާދަ ވޭނެއް ތަހައްމަލްކޮށްފި ހެއްޔެވެ؟

”ޒޭން ޕްލީޒް، އަހަރެންގެ ހިތަށް މާބޮޑަށް ތަދުވޭ ޒޭން އަމިއްލަ ނަފްސު ކުށްވެރިކުރާތީ، ޒޭންގެ ފަރާތުން އަހަރެން އެންމެ ބޭނުންވި ހިނދު އަހަންނާއި ދަރިފުޅަށް ފުރިހަމަ ރައްކާތެރިކަން ލިބުނު، ލޯބި ވެސް ލިބުނު، އަހަރެން ދެން އިތުރަށް ބޭނުންވާނެ އެއްޗެއް މިދުނިޔެ މައްޗަކު ނެތް، މިއަދު ރާކިންއަށް ހައްޤު އަދަބުވެސް ލިބިގެން އެދިޔައީ، އެކަމާމެދު ވިސްނާކަށް އަހަރެން ބޭނުމެއް ނޫން، ޒޭންވެސް އަމިއްލަ ނަފްސު ކުށްވެރިކުރާކަށް ބޭނުމެއް ނޫން، ތަޤްދީރުގައި ލިޔެވިފައިވާ އެއްޗެއް ބަދަލުކުރެވޭނެނަމަ ޒޭން އެކަން ވެސް ކުރާނެކަން އަހަންނަށް އެނގޭ، މާތް ﷲގެ އިރާދަފުޅާއެކު އަހަރެން ރާކިންގެ މުސީބާތުން ސަލާމަތްވެއްޖެ… ޒޭން، ދެން އެކަން މަތިން ހަނދާން ނައްތާލަމާ، އަހަންނަށް ކެތްނުކުރެވޭނެ ޒޭން ރޯތަން ދެކެން…” މިޝްޔާގެ އުނގުގައި ބޯއަޅާލައިގެން އޮތް އިޒްކާންގެ ބޮލުގައި މިޝްޔާ މަޑުމަޑުން ފިރުމަމުން ދިޔައެވެ. އޭނަ ނުރޯން ކިތންމެހާވެސް ބޮޑަށް ހިތްވަރު ކުރަމުން ދިޔައެވެ.

”މިޝޫ އަހަރެން ބޭނުންނުވިޔަސް އެނޫން ކަމަކާމެދު ނުވިސްނޭ، މިއަދު މިޝޫއަށް ކަމެއް ވިނަމަ ދުވަހަކުވެސް އަމިއްލަ ނަފްސަށް މާފް ނުދެވޭނެ……” އިޒްކާން ކުރެހިފައިވާ އަޑަކުން ބުންޏެވެ.

”ޒޭން އަހަންނަށް ބަލާބަ…” މިޝްޔާ އެދުނެވެ. އިޒްކާން އެއިން ގޮތަށް އިނީއެވެ. މިއަދު މިޝްޔާއާއި ހަތަރުކަޅި ހަމަކުރަން ވެސް އުނދަގޫ ވެފައިވާ ކަހަލައެވެ. ”ޒޭން…” މިޝްޔާ އާދޭހުގެ ރާގަކަށް ބުންޏެވެ.

”އަހަރެން މިހުރީ ޒޭން ގާތު ސައްހަސަލާމަތުންނެއްނު، ދެން ދެރަނުވެބަލަ…” މިޝްޔާ އިޒްކާންގެ ބޮލުގައި ބޮސްދިނެވެ. އަދި އޭނައާއި ހަތަރުކަޅި ހަމަކުރަމަށް އެދުނެވެ. އިޒްކާން ކަރުނަ ފޮހެލަމުން އިސް އުފުލާލިއެވެ. މިޝްޔާއަށް އިޒްކާންގެ މޫނުގައި ދެއަތުން ހިފަހައްޓާލެވުނެވެ. އަދި އެމޫނާ މޫނު ކައިރިކޮށްލެވުނެވެ. މިހާރު ދެޒުވާނުން ވެސް ތިބީ އެކަކު އަނެކަކުގެ ހޫނު ނޭވާތައް އިހުސާސްކުރެވޭހާ ގާތުގައެވެ.

”ނެވާރ ބްލޭމް ޔޯރ ސެލްފް….. ނައު ސްމައިލް، އަހަރެން ބޭނުން ޒޭންގެ ހިނިތުންވުމުގެ ތެރެއަށް ގެއްލެން” މިޝްޔާ އިޒްކާންގެ އެސްފިޔަތަކަށް ބޮސްދިނެވެ. އިޒްކާން ހިނިތުންވާން މަސައްކަތްކުރިއެވެ.

”އަދި އެއްފަހަރު….” މިޝްޔާ ހިނިތުންވެލިއެވެ. އިޒްކާންގެ ހިނިތުންވުން ފެނި ދުނިޔޭގެ ހުރިހާ އުދާހެއްގެ މަތިން ހަނދާން ނެތުނު ފަދައެވެ. އެހިނިތުންވުމަކީ ހިތުގެ ޝިފާއެވެ. ޖިސްމުގެ ހަމަޖެހުމެވެ.

”ޒޭން ހިނިތުންވާ ކޮންމެ ފަހަރަކު އަހަންނަށް ދިރުން ލިބޭ، އަބަދުވެސް ހިނިތުންވައްޗޭ، އަހަރެން ނެތް ދުނިޔެއެއްގަ….” މިޝްޔާގެ ޖުމްލަ ކުއްލިޔަކަށް އިޒްކާން ހުއްޓުވިއެވެ. އޭނަގެ ޝަހާދަތް އިނގިލިވަނީ މިޝްޔާގެ ތުންފަތުގައި ޖައްސާލެވިފައެވެ. ދެން އޭނަ ދެފަރާތަށް ބޯހޫރާލިއެވެ. ވަކިވުމުގެ ވާހަކަ ނުދެއްކުމަށް އެދިއެވެ.

”ދެން ތިހެން ވާހަކަ ނުދައްކައްޗޭ….” އިޒްކާން އަސަރާއެކު ބުންޏެވެ. މިޝްޔާގެ ލޮލުން ކަރުނަ ހިލުނެވެ. އިޒްކާން އޭނަ ދެކެ އެވަނީ ކޮން ފަދަ މަތިވެރި ލޯތްބެއް ހެއްޔެވެ؟ އިޒްކާންގެ ލޯބި އޭނަގެ ނަސީބުގައި ލެއްވުމަށް އިރާދަކުރެއްވި ރަސްކަލާނގެއަށް މިޝްޔާ ހަމްދުކުރިއެވެ. އިޒްކާން ފަދަ ހެޔޮލަފާ ބައިވެރިޔަކު އޭނައަށް ދުނިޔެމަތީގައި އަތްފުނާ އެޅިކަމުގައި ވިޔަސް ނުލިބޭނެއެވެ. އިޒްކާންއަކީ އޭނައަށް ލިބިފައިވާ ޖަވާހިރެކެވެ. އޭގެ އަގު ދުވަހަކު ވެސް ވަޒަން ކުރެވޭނެ ހެނެއް ހިޔެއް ނުވެއެވެ. އޭނަ ފަހު ނޭވާ ވެސް ދޫކުރަން ބޭނުންވަނީ އިޒްކާންގެ އުނގު ތެރޭގައެވެ. އެއަތުގެ ހިމާޔަތުގެ ތެރޭންނެވެ.

”ބޭބީ ކިހިނެއްތަ؟….” އިޒްކާން މިޝްޔާގެ ބަނޑުގައި ފިރުމާލިއެވެ. އަދި ބޮސްދީފިއެވެ. އޭރު އިޒްކާންގެ ކަރުނަތަކަށް ނިމުމެއް އައިސްެ މޫޑު ވެސް ރަގަޅު ވެއްޖެއެވެ. ”ރަގަޅު، ޒޭން ހިތާމަކުރަންޏާ މަންމިހެން ބޭބީ ވެސް ރުޅިއަންނާނެ އެނގޭ…” އިޒްކާންގެ މޫނުގައި މިޝްޔާ ފިރުމާލިއެވެ. އަދި އެމޫނުގައި ބޮސްދޭން ފެށިއެވެ. ހިތް ފުރެންދެންނެވެ. އެވަގުތު ކޮޅު ގަރުނަކަށް ދެމިގެން ދާން އޭނަ ބޭނުންވިއެވެ.

”ހޫނނ، ނައު ސްޓޮޕް…” އިޒްކާން ލާނެއް ރާގަކަށް ބުނެލިއެވެ. އިޒްކާންގެ ލުއި ހީލުމުގެ އަޑުވެސް އިވުނެވެ. މިޝްޔާ އިޒްކާންގެ ކަނދުރާގައި މޫނު ފޮރުވާލަމުން ބޮސްދިނެވެ. އިޒްކާން ފުންނޭވާއެއް ދޫކޮށްލި އަޑު އިވުނެވެ. ދެމަފިރިންގެ ހިތުގެ އުދާސްތައް ވެސް ފާއިތުވާން ފެށި ވަގުތާއެކު ވައިގެ ތެރެއަށް ބޭރުވާން ފެށިއެވެ. ދެމަފިރިންވެސް ނިންމީ މާޒީގެ ބާބު މަތިން ހަނދާން ނައްތާލާށެވެ. އޭގެ ސަބަބުން ފެންނަން އޮތް އުޖާލާ މުސްތަޤްބަލަށް ހިޔަނި އެޅެން ނޭދޭތީ އެވެ.

****

”މިޝްޔާ ފެނުނު ދުވަހު އަހަރެން ހީކުރީ އެއީ ވަރަށް ރަގަޅު ކުއްޖެއް ކަމަށް އެކަމަކު އަދި ކިރިޔާއެއްނު އޭނަގެ ގޮތެއް ފޮތެއް ނެތްކަން މިއެނގުނީ، އޭނަ ކީއްކުރަންތަ ބުރުގާ އަޅައިގެން އެހުންނަނީ؟، ލަދުން ބޯހަލާކު، މުޅި ޢާއިލާގެ ނަމޭ އެޚަރާބު ކުރީ، އެކަމަކު ވެސް އިޒްކާން ޤަބޫލެއް ނުކުރި، ކޮންކަހަލަ ސިހުރެއްކަމެއް ވެސް ނޭގޭ އޭނަ އިޒްކާންއަށް ޖައްސައިގެން އެއުޅެނީ!، ބިރުގަންނަނީ އެމިޝްޔާގެ ނުބައި ކަމުން ކޯފާއެއް އަތުވެދާނެތީ، މަށަށް މިހާރު ޝައްކު އޭނަގެ ބަނޑުގައި އޮތީ އިޒްކާންގެ ދަރިއެއް ކަމާމެދު ވެސް… ކުޅި ދައްކާލާނަން އޭނައަށް….” ނިދަން ތައްޔާރުވަމުން ދިޔަ ބަލްޤީޝް ފަތިވަރު އަމުނަމުން ދިޔައެވެ. އޭނަ އައިސްފައި ހުރި ރުޅި ރީތިވާ މޭޒުމަތީ ހުރި ސާމާނުތަކަށް ބާލަން ވެސް ބޭނުންވިއެވެ. އެކަނިމާއެކަނި އިނދެ އަނގަތަޅުވަމުން ދިޔައިރު ފެންނަ މީހަކަށް ހީވާނީ ބަލްޤީޝް މޮޔަވީހެންނެވެ.

”ފޮތުގެ ބޭރުގަނޑު ބަލާފަ އެއީ ކޮންކަހަލަ ފޮތެއް ކަން ނޭގޭނެކަން މިއަދު މަށަށް ޔަޤީންވެއްޖެ….” ބަލްޤީޝް އޭނަގެ އަތުގައި އޮތް ލޯޝަން ފުޅި އަތުގެ ކޮޅަށް ހޫރާލިއެވެ. ރުޅި އައިސް މީހާ ތުރުތުރު އަޅައެވެ.

****

އިޒްކާން ހަފްތާއެއް ވަންދެން އޮފީހުން ޗުއްޓީ ނެގިއެވެ. އޭނަ ބޭނުންވީ މިޝްޔާއަށް ވަގުތު ހުސްކޮށްލާށެވެ. މިޝްޔާ އޭނަގެ ކުރިމަތީގައި ހިތްވަރުކޮށްލައިގެން ހުއްޓެއްކަމަކު މިޝްޔާ އަދި މުޅިން ހަމައަކަށް ނޭޅޭކަން އޭނައަށް އެނގެއެވެ. އޭނަ ނަވްރަސް އެގެއަށް ގެނައެވެ. ނަވްރަސްގެ އެހީގައި މިޝްޔާއަށް ހެޔޮ ބަދަލުތަކެއް އަންނަމުން ދިޔައެވެ. ކޮށްފައި ހުރި ނޭދެވޭ އަސަރު މަޑުމަޑުން ފަނޑުވަމުން ދިޔައެވެ. އިޒްކާންގެ ނިމުމެއް ނުވާ ލޯބިން މިޝްޔާގެ ހިތުގެ ޒަހަމްތަކަށް މަލަނަކަށް ވެއްޖެއެވެ.

ބަލްޤީޝް ހުންނަނީ ރުޅި މޫނު ހަދައިގެންނެވެ. މިޝްޔާ ފެނުނަސް އޭނަގެ އަނގަޔަށް އައިހާ އެއްޗެއް ކިޔާލައެވެ. މިކަމާ ހުރެ އިޒްކާން އެންމެ ފަހުން ގެ ދޫކޮށް ދާން އުޅުމުން ބަލްޤީޝްއަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. އިޒްކާންއަށް މިއަދު އޭނައަށް ވުރެ ބޮޑަށް މިޝްޔާ މުހިންމުވުމުން އޭނަ ދެރަވެސް ވިއެވެ. ހިތުގައި ޖެހުނެވެ.

ބަލްޤީޝްގެ މިޒާޖާ ހުރެ ދީމްއާއި ޔޫޝައުގެ ގުޅުމަށް ވެސް ނޭދެވޭ އަސަރުތައް ކުރަން ފެށިއެވެ. ދީމް ވެސް ބޭނުންވަނީ އެގެއިން ދާށެވެ. އޭނަގެ ކޮއްކޮއަށް ޤަދަރު ނުކުރާ ބައެއްގެ ގާތުގައި އުޅެން އޭނަ ބޭނުމެއް ނުވަނީއެވެ. ނަމަވެސް ލޯބިވާ ފިރިމީހާއަށްޓަކައި ޤުރުބާން ވާން ޖެހުނީއެވެ.

ބަލްޤީޝް އޭނަދެކެ ހިތްހަމަނުޖެހިފައި ހުންނަކަން އެނގުމުން މިޝްޔާ ދެރަވެއެވެ. އޭނަ ރޯން ވެސް ރުޔެވެ. ނަމަވެސް އެއީ އިޒްކާންއަށް ނުފެންނަ ހިސާބުގައެވެ. އޭނަގެ ސަބަބުން މަންމައާއި ދަރިފުޅުގެ ގުޅުމަށް ބުރުއަރަން ފެށުމުން ކުށްވެރިއެއްކަމުގެ އިހުސާސް ކުރެވުނެވެ.

****

ވަގުތަކީ ޝިފާއެކެވެ. އޮމާންކަމާއެކު ހަތަރު މަސް ފާއިތުވެގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ފާއިތުވެގެން ދިޔަ ކޮންމެ ދުވަހަކީ މިޝްޔާގެ ބަނޑުގައި އޮތް ދަރިފުޅުވެސް އުފެދިގެން އައުމަށް އެހީވެދިން ދުވަސްތަކެކެވެ. މިހާރު މިޝްޔާގެ ބަނޑަށް ހަމަސް ފުރިއްޖެއެވެ. ދަރިފުޅު ތޮޅެލާ ކޮންމެ ވަގުތަކު މިޝްޔާއަށް ކުރެވޭ އިހުސާސްތައް ދުލަކުން ބަޔާންކޮށެއް ނުދެވޭނެއެވެ. އިޒްކާންވެސް މިޝްޔާގެ ބަނޑުގައި ދަރިފުޅު ތޮޅޭ ވަގުތުތަކުގައި ފިރުމާނެއެވެ. ކަންފަތް ވެސް ޖައްސާނެއެވެ. ދަރިފުޅާ އޭނަ ތަފާތު ވާހަކަތައް ދައްކައެވެ. މިޝްޔާ ވަރުބަލި ވެއްޖެނަމަ ފައި މޮޑެދޭނެއެވެ. ބުރަކަށި މޮޑެދޭނެއެވެ. އިޒްކާން ހުންނަނީ މިޝްޔާގެ ހާދިމަކަށް ވެގެންނެވެ. މިޝްޔާއަށް އެންމެ މީރު ސްޓްރޯބެރީ ޕައިން ފުރިޖު ހުންނަނީ ފަޅު ފިލުވާލާފައެވެ. އިޒްކާން އޭނައަށް ބަހައްޓާ ސަމާލުކަމެއްގެ ސަބަބުން މިޝްޔާއަށް އެހެން ކަމަކާމެދު ވިސްނާލުމުގެ ފުރުސަތެއް ވެސް ނުލިބެއެވެ.

ސްކޭން ހެއްދުމުން މިޝްޔާއަށް ލިބެން އުޅެނީ އަންހެންކުއްޖެކަން އެނގުނެވެ. އެކަމާ އެންމެ އުފާވީ އިޒްކާންއެވެ. އޭނަ ގެއަށް އައީ ސްކޭންގެ ޑިޖިޓަލް ވީޑިއޯ އެއް ހިފައިގެންނެވެ. ދެމަފިރިން އެކުގައި ތިބެ އެވީޑިއޯ ބެލިއެވެ. ދަރިފުޅުގެ ހަރަކާތްތަކުން ދެމަފިރިންގެ ތުންފަތަށް ވެސް ވެރިވެގެންދަނީ އުފާވެރިކަމުގެ ހިނިތުންވުންތަކެކެވެ. އިޒްކާންގެ އުނގު ތެރޭ މިޝްޔާ އިން އިރު އިޒްކާން ދިޔައީ މިޝްޔާގެ ބަނޑުގައި ފިރުމާލަ ދެމުންނެވެ.

”އަހަރެން ޗޫޒް ކުރި ނޭމް އަކީ އީވާ…” އިޒްކާން ހާމަކުރިއެވެ. މިޝްޔާ އިޒްކާންއަށް ބަލާލިއެވެ. ”ކިހިނެއްވީ؟، ކަމު ނުދަނީތަ؟ ބޮޑުގުޅަނަމަކަށް ވީމަ ދޯ؟…” އިޒްކާން ބުމަ އަރުވާލިއެވެ. ދެކޮޅުހެދުމެއްނެތި މިޝްޔާ އެނަމާ އެއްބަސް ވެލިއެވެ.

”ޢާއިޝަތު އީވާ އިޒްކާން…” އިޒްކާން ބުންޏެވެ. މިޝްޔާ ހިނިތުންވެލިއެވެ. މިޝްޔާ އިޒްކާންގެ ރީތި މޫނަށް ނަޒަރު ހުއްޓާލަމުން އެތުންފަތަށް ބޮސްދިނެވެ.

****

އެއް ހަފްތާ ފަސް….

މިރެއަކީ ”ނައިޓިންގޭލް އެންޓަރޕްރައިޒެސް” ގެ އައު އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތު އޮތް ރެއެވެ. އިޒްކާން އެހަފްލާގެ ކަންތަކާ އުޅެމުން ޓިކެޓްގެ ކަންތައް ވެސް ހަމަޖައްސަމުން ދިޔައެވެ. އޭނަ ގަސްދުކޮށްފައިވަނީ މާދަމާ ސިންގަޕޫރަށް ފުރުމަށެވެ. ފުރުމުގެ ހުރިހާ ކަންތަކެއް ހެން އެއްކޮށް ހަމަޖެހި ނިމެނީއެވެ.

އިޒްކާންއަށް ގެއަށް އާދެވުނުއިރު ހުރީ ރޭގަނޑު ހަތެއް ވެސް ޖަހައިފައެވެ. އޭނަ ދިގު ފިޔަވަޅުތަކެއްގައި ސިޑީގެ ހަރުފަތައް ގިރާކޮށްލަމުން ގޮސް ކޮޓަރިއަށް ވަނެވެ. އޭރު މިޝްޔާ ހުރީ ރީތި ވާށެވެ. ނޫކުލައިގެ މެކްސީއެއްގައި ހުރިއިރު ހަމަހުގެ ބަޑާއެކު މިޝްޔާ ފެންނަ ގޮތް ވަކިން ފުރިހަމައެވެ. ބަލިވެ އިނީއްސުރެ އަންނަން ފެށި ބަދަލުތަކުން މިޝްޔާގެ ރީތިކަން ވެސް އިތުރުކުރުވައިފިއެވެ. ހަންގަނޑު އޮމާންގެ ވިދުންވެސް ގަދަހެން ހީވިއެވެ. އިޒްކާންއަށް ބަލަން ހުރެވުނީ އާގަމަ ވެފައެވެ.

”ޒޭން، ދެން، ދޭބަލަ ފެންވަރަން، އަހަރެން ހޮޑުލެވިދާނެއޭ، މިއަދު ފެންވެސް ނުވަރާތަ ތިހުރީ ދެން، ޕްލީޒް ދޭބަލަ….” އިޒްކާން އައިސް ކައިރިއަށް ހުއްޓުމާއެކު މިޝްޔާ ބުންޏެވެ. އިޒްކާންގެ ގައިން ދުވާ މީރުވަސް ފަނޑުކޮށްލާފައި ވަނީ މިއަދު ބުރަކޮށް އުޅެފައި އައުމުން ކަމަށް ވެސް ވެދާނެއެވެ.

”ދެން ޒޭން…” މިޝްޔާގެ ކަނދުރާގައި އިޒްކާން ބޮސްދިނުމުން މިޝްޔާއަށް ތެޅިގަނެވުނެވެ. އޭނަ އަޅަން ގެންގުޅުނު ޝޯލްވެސް އަތުން ދޫވެއްޖެއެވެ.

”މިޝޫ އަންނަންވީނު އަހަރެން ފެންވަރުވާލަދޭން، އައެމް ޓަޔާޑް، އެހެންނޫނަސް މިޝޫގެ ޓަޗް ފީލްކޮށްލަން ބޭނުން….” އިޒްކާން ލާނެއް ރާގަކަށް ބުންޏެވެ.

”ޒޭންގަނޑާ ދެން ދޭބަލަ…” މިޝްޔާގެ މޫނު ރަތްވެގެން ދިޔައެވެ. އޭނަ މަޑުމަޑުން އިޒްކާންގެ މޭގައި ޖަހާލައިފިއެވެ. އިޒްކާން ބާރަކަށް ހީގަންނަމުން މިޝްޔާގެ ކޮލުގައި ހިފާލިއެވެ.

”ޕްލީޒް އާދެބަލަ…” އިޒްކާން މިޝްޔަގެ އަތުގައި ހިފާ ދަމާލިއެވެ.

”އައްޗީޑި، ދެން ޒޭން…” މިޝްޔާ ދުރަށް ޖެހިލަން އުޅުނެވެ. ބަލިވެއިނީއްސުރެ އޭނަ ދައު ދެކެ ގަންނަނީ ފަކުރެކެވެ. އެނަން އިވުނަސް މޭނުބައި ކުރުވައެވެ.

”އޯކޭ މިދައިނިއްޔޭ…” އިޒްކާން ބުނެލިއެވެ. ދެން އޭނަ ގޮސް ވަނީ ފާޚަނާއެވެ.

ތައްޔާރުވެ ނިމިގެން މިޝްޔާ އަވަސް ވެގަތީ ހަފްލާއަށް ދާން އިޒްކަން ލާނެ ސޫޓެއް ނެގުމަށެވެ. އޭނައަށް ރީތި ކުލަ ކަމުގައިވާ ހުދުލައިގެ ގަމީހަކާއި ނޫކުލައިގެ ފަޓްލޫނެއްގެ އިތުން ނޫކުލައިގެ ޓަކްސީޑޯއެއް ވެސް ނެގިއެވެ. ދެން ގަމީހާއި ގުޅުވާލަން ނެގީ ކަޅުކުލައިގެ ޓައީ އެކެވެ. އަމިއްލައަށް ހިނިތުންވެލަމުން މިޝްޔާ އޭނަ ނެގި ހެދުންތައް ގޮސް އެނދުމަތީ އަތުރާލިއެވެ. ދެން އޭނަ އިށީނީ އެނދުގައެވެ. އިޒްކާންއަށް އިންތިޒާރު ކުރަމުންނެވެ.

****

ދެމަފިރިން ކޮޓަރިން ނިކުތް އިރު ޔޫޝައު އާއި ދީމް ވެސް ކޮޓަރިން ނުކުންނަނީއެވެ. ދީމްއަށް މިޝްޔާ ފެންނައިރަށް އައިސް މިޝްޔާ ކައިރިއަށް ހުއްޓިލަމުން ބައްދާލިއެވެ. އަދި މިޝްޔާއަށް ތައުރީފު ވެސް ކޮށްލިއެވެ. ހަތަރު މީހުން އެކީގައި ހިނގާލާފައި ގޮސް ތިރިއަށް ފޭބިއެވެ. ބަލްޤީޝްއަށް މިޝްޔާ ފެނުމާއެކު އެމޫނުގެ ވިދުން ގެއްލި ކަޅުސާލެއް ވަށައިލެވުނު ކަހަލައެވެ. އެހަފްލާއަށް ގޭގެ ހުރިހާ އެންމެން ވެސް ދިޔައެވެ. ނޯކަރުން ވެސް މެއެވެ. ގެ އޮތީ ފަޅުވެފައެވެ.

”ފޯނު ބާއްވާފަ މި އާދެވުނީ، ފައުޒީ ގުޅާނެ ޕްރޮޖެކްޓްގެ ކަމަކު…” އިޒްކާން ކުއްލިޔަކަށް ކަމެއް މަތިން ހަނދާންވާ ފަދަ ގޮތަކަށް ބުންޏެވެ. އޭރު ކާރު ގޮސް ގޭގެ ގޭޓުން ނިކުންނަނީއެވެ. ”ދެން އަޅާނުލާ،  ގެއަށް އައިސްވެސް ތިކަމެއް ކުރެވިދާނެއެއްނު…” ޔޫޝައު ބުންޏެވެ. އިޒްކާން ވެސް ދެން އިތުރަކަށް އަޅައެއް ނުލިއެވެ.

ހަފްލާ ފެށިގެން ކުރިއަށް ދިޔައިރު މިޝްޔާ ހުރީ ވަރުބަލި ވާ ގޮތް ވެފައެވެ. އޭނަ ގޮސް ގޮނޑިއެއްގައި އިށީނެވެ. އޭގެ އިރުކޮޅެއް ފަހުން އިޒްކާން އައީ މިޝްޔާއަށް ދޭން ޖޫސްތަށްޓެއް ހިފައިގެންނެވެ. މިޝްޔާ ޖޫސްތަށި ހުސްކޮށްލިއެވެ. އޭނަ އިޒްކާންއަށް ހިނިތުންވެލައިގެން އިންއިރު އޭނަ ކޮންމެވެސް ކަމަކާ މެދު ހާސްވާ ގޮތް ވިއެވެ. ދަރިފުޅުގެ ތޮޅުން މިއަދު އާދަޔާ ހިލާފަށް މަދުވުމުން ކަމަށް ވެސް ވެދާނެއެވެ. މިޝްޔާ މާ ބޮޑަށް ވަރުބަލި ވާން ފެށިއެވެ. އޭނަ ގޮނޑީގައި އިންދާ ފޯންކޯލެއް އައެވެ. ނުވެސް ދަންނަ ނަންބަރަކުންނެވެ. މިޝްޔާ ފޯނެއް ނުނެގިއެވެ. ދެން އައީ މެސެޖެކެވެ.

”ހޭއި…” އޭގައި ލިޔެފައި އޮތެވެ. މިޝްޔާއަށް ހައިރާންކަން ލިބުނެވެ. އެކާކުގެ މެސެޖެއް ބާވައެވެ؟ އޭނަ ފޯނު އަތުގައި އޮތް ވޮލެޓް ތެރެއަށް ލިޔެވެ. ހިތުގައި ސުވާލު އުފެދުނީ އެއީ ކާކުބާއޭ ހިތަށް އެރުމުންނެވެ. އޭނަ އެކަމާމެދު އަޅާނުލަން މަސައްކަތްކުރިއެވެ. އޮޅިގެން މީހަކަށް ފޮނުވުނު މެސެޖަކަށް ވެސް ވެދާނެއެވެ.

މިޝްޔާއާއި އިޒްކާން އެހެން އެންމެނަށް ވުރެ ކުރިން ގެއަށް އައެވެ. މިޝްޔާ މާ ބޮޑަށް ވަރުބަލިވާން ފެށުމުންނެވެ. ކާރު އައިސް ”ނައިޓިންގޭލް” ޕޯޓިކޯއަށް މަޑުކޮށްލި ހިނދު ގެއަށް ވެރިވެފައި އޮތީ ފުން ހިމޭންކަމެވެ. ސެކިއުރިޓީ ގާޑަށް ވެސް އޮތީ ނިދިފައެވެ. މިޝްޔާ އާއި އިޒްކާން އެކީގައި ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ.

”މިޝޫ، ރެސްޓް އިނގޭ… އަހަރެން އަންނާނަން އިރުކޮޅަކުން، މާދަމާ ފުރުމުގެ ކުރިން ނިންމާލަން ޖެހޭ މަސައްކަތެއް އެބައޮތް….”

މިޝްޔާގެ ބުރުގާ ބާލަދިނުމަށް އެހީވަމުން އިޒްކާން ބުނެލިއެވެ. މިޝްޔާގެ ހިތަށް ފާޑެއްގެ ބިރުވެރިކަމެއް ވަދެގެން ދިޔައީ ކުއްލިޔަކަށް ހިޔަންޏެއްގެ ހިލަން ބެލްކަނީގެ ދޮރާއި ދިމާލުން ވުމުންނެވެ. ހިތް އަވަސްވި ކަމުގައި ވިޔަސް އެއީ ރޯޅިއަކާއެކު އެޅުނު ހިޔެންޏެއްކަމަށް އޭނަ ނިންމާލިއެވެ. އެހެނަސް އޭނަގެ ހިތް ބުނަމުން ދިޔައީ ކޮންމެވެސް ކަމެއް ގޯސްވަމުން ދާކަމަށެވެ. ވިސްނާ ވިސްނާ އެއީ ކޮންކަމެއްކަން ސިކުނޑިއަކަށް ނުގެނެވުނެވެ.

”ޒޭން ވެއިޓް ހިއާރ…” މިޝްޔާ އެނދުގައި އޮށޯންނަމުން ބުނެލި އެވެ.

”އަހަރެން އިންނާނަމޭ، އެކަމަކު އެބަޖެހޭ އޮފީހުގެ މަސައްކަތެއް ވެސް ނިންމަން…” އިޒްކާން ހަނދާންކޮށްލަ ދިނެވެ.

”ޒޭން، އަހަރެން އެކަނިކޮށްލާފަ ނުދޭބަލަ ވަރަށް ބޮޑަށް ބިރުއެބަގަނޭ…” އިޒްކާންއަށް ފޯންކޯލެއް އައިސްގެން ބޭރަށް ދާން އުޅޭކަން އެނގުމުން މިޝްޔާއަށް އިޒްކާންގެ އަތުގައި ހިފާލެވުނެވެ. އެއަޑުގައިވި ބިރުވެރިކަން އިޒްކާންއަށް ނަގައިގަނެވުނެވެ. ހައިރާންކަން ވެސް ލިބުނެވެ. އޭނަ މިޝްޔާގެ މަގަތުގައި އިށީންނަމުން މިޝްޔާގެ އަތުގައި ފިރުމާލިއެވެ. އަދި ފިނިވެފައިވާ އަތްތިލައަށް ބޮސްދިނެވެ. އިޒްކާންގެ ތުންފަތުގެ ބީހުމުން މިޝްޔާގެ އުދާސްތަކަށް ނިމުމެއް ގެނެއެވެ. ލޯބިވާ ފިރިމީހާގެ ކޮންމެ ބީހިލުމަކަށް ހިތް ފިދާވެގެން ދެއެވެ.

އިޒްކާން މިޝްޔާގެ ނިތަށް ވެސް ބޮސްދިނެވެ. ހުސް ލޯބިން ފުރިގެންވާ ހަރަކާތްތަކެވެ.

”ބޭބީ ނިދެންދެން އިންނާނަން….” ފޯންކޯލެއް އައުމުން އިޒްކާން ބިޒީ ކޮށްލިއެވެ. އަދި އިރުކޮޅެއް ފަހުން ގުޅާނެ ކަމަށް ބުނެ މެސެޖްކޮށްލިއެވެ.

މިޝްޔާއަށް ނިދުމުން ބަނާތު ރަގަޅުކޮށްލަދެމުން އިޒްކާން މިޝްޔާގެ ކޯތާފަތަށް ބޮސްދިނެވެ. އަދި އުފުލިފައިވާ މިޝްޔާގެ ބަނޑުގައި ނުހަނު ލޯބިން ފިރުމާލަމުން ބަނޑުގައި ވެސް ބޮސްދިނެވެ. އެވަގުތު ބައްޕަގެ އަތުގެ ބީހުން ދަރިފުޅަށް އިހުސާސް ކުރެވުނީ ކަން ނޭގެއެވެ. ދެތިން ފަހަރު ތޮޅެލިއެވެ. އެއާއެކު އިޒްކާންގެ ތުންފަތަށް ވެރިވެގެން ދިޔަ ހިނިތުންވުން ފުންވެގެން ދިޔައެވެ. އަނގައިގައިވާހާ ދަތްތައް ފެނެއެވެ.

”ބީ ރައިޓް ބެކް، މަމީ އެންޑް ޑެޑީސް ލިޓިލް އެންޖެލް…” އިޒްކާން ދަމުން ބުންޏެވެ. ލެޕްޓޮޕް ނަގައިގެން އޭނަ ދިޔައީ ކޮޓަރިން ބޭރަށެވެ. ވީޑިއޯކޮންފަރެންސް ހެދުމުން މިޝްޔާއަށް އުނދަގޫ ވެދާނެތީއެވެ. ކޮޓަރިން ނިކުތް އިޒްކާންއަށް ބޯމަތިކުރުމުން އައި ގަދަ ތޫފާނުގެ ހިލަމެއް ވެސް ނުވެއެވެ. އެތޫފާނުގެ ފުރަތަމަ ކެރީގެ ހަމަލާ ވެސް އަމާޒުކޮށްފިކަމެއް ނޭގެއެވެ.

****

ނިދީގައި އޮތް މިޝްޔާ ސިހިގެން ދިޔައީ ކޮޓަރީގެ ދޮރު ތަޅުލި އަޑު އިވުމުންނެވެ. ކޮޓަރިއަށް ވެރިވެފައި އޮތް އަނދިރިކަމުގެ ތެރޭން ތަނެއްދޮރެއް ފެންނަވަރެއް ނުވިއެވެ. ނަމަވެސް ހުޅުވާލެވިފައިވާ ބެލްކަނީގެ ދޮރުން ހަނދުވަރުގެ ފަނޑުއަލިކަން ހިސާބަކަށް ވެރިވެފައި އޮތެވެ.

”ޒޭން؟، ކީއްވެ ބޮކި ނިވާލީ؟…” އަނދިރީގެ ތެރެއަށް ލޯހާނަން މަސައްކަތްކުރަމުން މިޝްޔާ ސުވާލު ކުރިއެވެ. ”ޒޭން؟…” އިޒްކާންގެ ފަރާތުން ޖަވާބެއް ނުލިބުމުން މިޝްޔާއަށް ބުނެވުނެވެ. އޭނަ ތެދުވާން އުޅެނިކޮށް މީހަކު އޭނަގެ ގައިގައި ހިފެހެއްޓިކަން އިހުސާސްކުރެވުނެވެ. އެއީ އިޒްކާން ނޫންކަން މިޝްޔާއަށް ދޭހަވާނެ ގިނަ އިރެއް ނުނެގިއެވެ. އަނދިރީގެ ތެރޭން އެމީހާގެ މޫނު ފެނުމުންނެވެ. ރުޅިވެރި މޫނެކެވެ. އެދެލޮލުން މިޝްޔާ އަނދާ އަޅިއަށް ހަދާލަފާނެހެން ވެސް ހީވިއެވެ. މިޝްޔާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ.

”މިސްޑް މީ؟…”

ރާކިންގެ އަޑު އިވިގެން ދިޔައެވެ. މިޝްޔާއަށް ތެޅިގަނެވުނެވެ. މިވަގުތު އޭނަގެ ކުރިމަތިން އިފުރީތެއް ފެނުނު ނަމަވެސް އެހާ ބޮޑަށް ބިރު ނުގަތީސްކަން ކަށަވަރެވެ. މިޝްޔާގެ މޭގަނޑު ރޫރޫއަޅައިގަތެވެ. މީހާއަށް ލިބުނު ޝޮކްގައި ސިކުނޑި މަސައްކަތްކުރުން ހުއްޓާލި ކަހަލައެވެ. އޭނަ އޮތީ ނޭވާލާން ވެސް ހަނދާން ނެތިފައެވެ.

”ހީކުރީ ދޯ އަހަރެންގެ ފަރާތުން ސަލާމަތްވާނެ ކަމަށް؟… އަހަރެން ކުރިން ވެސް ބުނިން ދޯ އަހަރެން މިޝްޔާ ދޫކޮށްނުލާނަމޭ…. ވަރަށް ހައިރާންވެފަ ދޯ ތިހުރީ އަހަރެން ސަލާމަތްވީމަ؟… އިޒްކާންއަށް ނޭގުނު އޭނަގެ ދުޝްމިނަކު ސަލާމަތްވި ކަމެއް ވެސް ދޯ؟، ހަނީ… މަނީ އެންޑް ޕަވާރ ކޭން ޑޫ ދި މެޖިކް….” ނުލަފާ ހިނިގަނޑަކާއެކު ރާކިން ބުންޏެވެ. އޭނަ ހުރީ މިޝްޔާގެ އަނގަ މަތީ އަތްއަޅައިގެން އެނދުގެ ތެރެއަށް ގަންބަވާލައިގެންނެވެ. މިޝްޔާ ބިރުން އޮވެ ތެޅުމުން ދިޔައެވެ. އިޒްކާންއަށް ގޮވޭތޯ އޭނަ ލައްކަ މަސައްކަތް ކުރިއެވެ.

”ހަތަރު މަސް އެތާނގަ… މިރޭ އަހަރެން އެކަމުގެ ބަދަލު ހިފާނަން….. ފުރަތަމަ ފަށާނީ ކިހިނެއްތަ؟، ހައު އެބައުޓް ޔޫ ސްކްރީމް، ބާރަށް ހަޅޭއްލަވާ، އަދި ވެސް ބާރަށް، ކަރު ފަޅައިގެން ދާހާ ބާރަށް…. އޭނައަށް އަޑު އިވޭނެ ވަރަށް، މަ ބޭނުން މިޝާގެ ވޭނީ ހަޅޭކުގެ އަޑު އޭނައަށް އިވެން، އަހަރެން މިޝްޔާގެ ޖިސްމުގެ ބޭނުން ހިފާއިރު އޭނަ ކޮޓަރީގެ ބޭރުގައި ހުރެ ތެޅޭ އަޑު އަހަން، ގޮވާބަ އޭނައަށް، ބުނޭ ސަލާމަތްކޮށްދޭން އަންނާށޭ، ގޮވާބަ… މިބުނީނު ގޮވާށޭ!…. އެދުވަހު މިޝާ ސަލާމަތްކުރި ފަދައިން ސަލާމަތްކޮށްދޭން އަންނާށޭ، ހެ ހެ ހެ ހެ…. މިރެއަކު ނުވާނެ އެކަމެއް، ބަލާބަ ދޮރާ ދިމާއަށް، އޭނައަށް ދޮރު ހުޅުވޭނެތަ، އައިމް ގޮނަ އެންޖޯއި ދިސް ނައިޓް….” ރާކިން މިޝްޔާގެ އަނގައިގެ މަތިން އަތް ނަގައި މަލާމާތުގެ ރާގަކަށް ބުންޏެވެ. ބާރު ހިނިގަނޑެއް ވެސް ޖަހާލައިފި އެވެ.

މިޝްޔާއަށް ބޭއިހްތިޔާރުގައި ހަޅޭއްލަވައި ގަނެވުނެވެ. އޭނަ ކޮޓަރިން ނިކުންނަން ދުއްވައި ގަންނަން އުޅުމުން ރާކިން ހިފީ މިޝްޔާގެ ހެދުމުގެ ކަރުވާޅުގައެވެ. އަޑުކިޔާފައި ހެދުން ވީދައިގެން ދިޔަ އަޑު އިވުނެވެ. އެއާއެކު މިޝްޔާގެ ހަށިގަނޑުގެ ވަނާތައް ފާޅުވެގެން ދިޔައެވެ.

(ނުނިމޭ)

48
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Other Articles

Previous

ވަންހަނާ (4ވަނަ ބައި)

Next

އަނިޔާ.. 21 ވަނަ ބައި

Next
December 29, 2015

އަނިޔާ.. 21 ވަނަ ބައި

Previews
December 29, 2015

ވަންހަނާ (4ވަނަ ބައި)

18 Comments

  1. ravupinky says:
    December 29, 2015 at 5:27 am

    yeyyyy heyyy i am the first…anyways i love this part..this part is awesome…hehe….waiting 4 the next part…..goodluck

  2. maasha says:
    December 29, 2015 at 7:52 am

    Waiting for the next part… ?

  3. ifaa says:
    December 29, 2015 at 9:00 am

    wow ekn haadha hiy thalhuvaalaafa nimaalee thi…mishoo ah dhera goteh nahadhache plx.. waitn for next part

  4. eshal says:
    December 29, 2015 at 10:14 am

    Vvvvvv reethi

  5. mice says:
    December 29, 2015 at 10:24 am

    very nice………… waiting fo the nxt part…..

  6. vily says:
    December 29, 2015 at 11:14 am

    Wow…. lovesss to read….

  7. MarSha says:
    December 29, 2015 at 12:06 pm

    Oh my god!!! Y did u end this part here?? Great story.. but i hate that raakin!!! N y does balgys not understand all?? Oh help mishya plz izkaan!!!! Cant wait for 41… plz hurry mutha..

  8. Ira ;) says:
    December 29, 2015 at 12:12 pm

    Varah hevvaaa dhn mihaaru vaaa goiy thah. Past kamaku nudhey. Emme faharaku fenigen thihaa moya vaa varah loabi veytha? Misaalakah ok dho mishu past ga RAAKIN AA KOMMES GOTHAKUN DHIMAAVEFA KAMAH. Ekam varah unbelievable dhn. Dhn adhi ehaa fasheya koh Izkaan ah ingeytha ey raakin kan.plus thihaa security high geyakah vadheveytha. Either way eba huri hama nujehey kanthah. I love yashm ge parts.

    1. chooo ? says:
      December 29, 2015 at 12:53 pm

      Security guard iny nidhaafey bunyehnu
      And egey enmen dhiyaee haflaa ah dhow
      Loibbaky 12faharu fenign wewey ehchehthrr ??
      Reehchah kiyaanama kurin dhakkaafa huri waahakayaa past aa hama wrh gulheii
      Well done mutha ??
      Waitng for the next part

    2. Ira says:
      December 29, 2015 at 2:28 pm

      Guys mee Kurin mi site ah Ira ge namuga comment kuri Ira ge comments eh noon 🙂 🙂 mi Ira mihaaru use kuranee different name eh 😛 😛 and mi Ira kurin kuri comments ga hunaane smiley use kohfa 😀 and this one doesn’t have smileys 😀 😀

  9. one eye says:
    December 29, 2015 at 12:44 pm

    bala Ira mi khiyaali vaahaka ekey, real life ga thihavarah hama jehen jeheny, in fiction it’s up to the writer, besides raakin is a psycho path, u knw tht ekahala bali huna mihun thibey kan… borderline personality disorder eyah kiyani, dhen last part ga in dhoa mishya ge face expression in kam raakin kan shaku vi… mutha just keep it up, overall story reethi

  10. mixoo88 says:
    December 29, 2015 at 1:09 pm

    Vara obi vaahaka….waiting for the next part 🙂

  11. Manje says:
    December 29, 2015 at 1:35 pm

    Past migenesdheni navras kiyaadhey gothah dhw. Hw come he knws all the little things they do. Even what they do in the bathroom. Ethankolhu fit eh nuvey.. between story salhi.

    1. Ira ;) says:
      December 29, 2015 at 1:46 pm

      Manje is very right. Dhn mee vaanuvaa neynge branch thakeh mi vaahaka kiyany.

    2. one eye says:
      December 29, 2015 at 2:08 pm

      Ira please mind your language! thihaa vanuva engey myha amilayah vaahaka liyegen kiyaabala, mulhi odhiga hasuge deyfayey bunahen mulhi mi site ga Ira

    3. Ira ;) says:
      December 29, 2015 at 2:41 pm

      Its not negative. Mee binaa kuruvanivi faady kiyun. One eye ah heevany tha mee kaley liyaaa vaahaka eh hen. Ehn nooonas mi thaaku theena aa nubehey. Why dont u keep ur mouth shut. Writer javaabu dheyn jeheyneee. Mi thaaku kommehen nujeheyne ehen meehunah rahdhu dheykah. Ma beynun veema vaaahaak ves liyaaanan. Emme loleh ineema vaahoiy kanneynge. Adhives meehunnaa beheythi

  12. Kai says:
    December 29, 2015 at 2:24 pm

    Story varah obi 😛 😛 keep up the great work muthaa 😉 😉 I love the way this story is going 😀 😀 waiting for the nxt prt
    Mee kon Ira eh tha on every story she’s delivering negative comment 🙁 🙁 hate her

  13. MarSha says:
    December 29, 2015 at 2:49 pm

    Past hadi . Varah hama nujehey baeh kanthah

Comments are closed.

All Right Reserved!