“އިކާން މިރޭ ވީ ސްޓޫޑިއޯގަ.. ބުނި ގެއަށް އައުމުގެ ކުރިން ގުޅާނަމޭ… އޭނަ އައުމުގެ ކުރިން ސްޓޫޑިއޯއަށް ދޯ ދާންވީ…” ފައިވާނަށް އަރަމުން ތާރާއަށް ފެންނަ ގޮތް ހާމަކުރިއެވެ. “ތިވެސް ވަރަށް ސަޅި ގޮތެއް… އޭނަ ހިތަކަށްވެސް ނާރާނެ ތާރާ ސްޓޫޑިއޯއަށް ގޮސްދާނެއެކޭ ނޫންތަ… ހިނގާ އަވަހަށް ދަމާ… ދެޓްސް އަ ގުޑް ޕްލޭން..” ދޮރު ހުޅުވާލަމުން އުލްފާ ބޭރަށް ނުކުމެ ލިފްޓާ ދިމާއަށް ހިނގައިގަތެވެ. އުލްފާގެ ފަހަތުން ތާރާ މިސްރާބު ޖެހިއެވެ. ތާރާގެ ލޯ ތޮޅެން […]
ސިހިފައި އިކާނަށް ބަލާލެވުނީ އިކާންގެ އަތުގައި ހިފާ ފިޒާމް ތަޅުވާލުމުންނެވެ. “އޭ އިކާން.. ބަލަ ތި ފޯނު ނަގާބަލަ… އެ ގުޅަނީ ތާރާ ކަންނޭނގެ…” އިކާންގެ ފޯނުގެ ސްކްރީނަށް ބަލާލީ ތެޅުތެޅިއޮތް ހިތަކާއެކުގައެވެ. އެގުޅަނީ އިކާންގެ އަނބިމީހާއެވެ. ފޯނު ނަގާ ކަންފަތުގައި ޖަހާލަމުން އިކާން ހަލޯއޭ ބުނެލި ވަގުތު ތާރާގެ އަޑު ޖެހުމުން ބޭއިޚްތިޔާރުގައި އިކާނަށް ގޮނޑިން ތެދުވެވުނެވެ. ވާހަކަ ނުދެއްކި ނަމަވެސް އިކާނަށް އެ އިވެނީ ތާރާ ގިސްލާ ރޯއަޑެވެ. ރޮމުން ތާރާއަށް ވާހަކަ ދެއްކުނީ […]
ފާޚާނާއިން ނުކުމެގެން އިކާންގޮސް ކޮޓަރިއަށް ވަދެ އޭނާގެ ވޮލެޓް ހުޅުވާލިއެވެ. އެންމެ ފައިސާއެއްގެ ނޫޓެއްވެސް ނެތް އެ ވޮލެޓް ތެރެއިން އޭނާ ނެގީ ޒުމްރާ ދިން ބްލޭންކް ޗެކެވެ. އިކާނަށް އެ ޗެކަށް ފައިސާ ނަގަން ބޭނުން ނުވީ ޒުމްރާއާ ދޭތެރޭ އެފަދަ ނަޒަރަކުން ނުދެކޭތީއެވެ. ނަމަވެސް މިވަގުތު އިކާން އެވަނީ ފައިސާގެ އެހީތެރިކަމަކަށް ބޭނުންވެފައެވެ. ހަދާނެ ގޮތަކާމެދު ވިސްނަމުން ދިޔަ އިކާނަށް ނޭވާ ނުލެވޭނެ ވަރަށް ދިރުޅުމުގެ ދަތިކަމުގެ ފެންގަނޑު ބޮޑުވެ ގެނބުމާ ދާދި ކައިރި […]
“އިކާން… އިކާން.. ފޯނު ކަނޑާ ނުލާތި.. އޭ.. ބަލަ އަހަރެން ކޮށްދިން ކަންތައް ހަނދާން ނެތުނީތަ.. އިކާން… އިކާން މީހަކަށް ހެދީ އަހަރެން.. އަހަރެމެންނާ ނުލާ އިކާނަކީ އެއްވެސް މީހެއް ނޫން…” އިކާން ފޯނު ކަނޑާލިކަން އެނގުމުން ޒުމްރާގެ އަތުގައިވާ ފޯނު އަތުކޮޅަށް ހޫރާލިއެވެ. “އިކާން.. ޔޫ ކާންޓް ޑޫ ދިސް ޓުމީ… އަހަރެން ބޭނުން އެއްޗެއް އަހަރެން ހޯދާނަން… ހާސިލް ކުރާނަން…” ޒުމްރާ މިހެން ބުނުމަށްފަހު ކައިރީ ހުރި ޕޫލްގެ ތެރެއަށް ފުންމާލިއެވެ. ފެންގަނޑުގެ ތެރެއިން […]
ދެމީހުން އޯޑަރ ކުރި އެއްޗިހި މޭޒުމައްޗަށް ގެނެސްދިނުމުން އިކާން އަވަސްވެގަތީ ރޮށިކޮޅަކާއެކު މަސްހުނިކޮޅެއް ޖައްސައިގެން ކާށެވެ. “ދެން އިކާނަށް ޖޮބެއް ލިބިގެން ސެޓްް ވެވުނީމަ ޒިވީ ކައިރިއަށް އެނބުރި ދާނަންތަ؟… މިދެން އަހާލީ އިނގޭ…” އަނގައިގަ ހުރި ކާއެތިކޮޅުތައް ދިރުވާލުމަށްފަހު ފިޒާމް ކުރި ސުވާލަށް ރައްދުދޭން އިކާން ވާހަކަ ދެއްކިއެވެ. “ދެން ދާނަމެކޭ ނޫން.. ބަޓް އަހަރެން ޒިވީ ދެކެ ވަރަށް ލޯބިވިން… އެކަމަކު މަށާ ދޭތެރޭ ޒިވީ ކަންތައް ކުރިގޮތުން މަ ބޭނުންވަނީ ޒިވީ އަހަރެން […]
އިކާންގެ މޭމަތިން ހުރަހަށް އޮތް އަތް ނަގާ ދުރަށް ޖައްސާލީ އެ ކޮޓަރި ދޮރުގައި މީހަކު ޓަކި ޖަހާލުމުންނެވެ. ފާޚާނާއާ ދިމާއަށް ދިޔައީ ތުވާލި ނަގާށެވެ. ތުވާލި އަނދެގެން ނުކުތް އިރު އިކާންގެ ފޯނު ރިންގްވަނީއެވެ. ތާރާގެ ކޯލެއްކަން އެނގުމުން އިކާން ފޯނު ނަގަމުން އެނދުގައި ގަދަޔަށް ނިދާފައިވާ އެ ދޮން މޫނަށް ބަލާލިއެވެ. “އިކާން… ހެއި އައިމް ބެކް… މީނީ ގޭގަ… ތަޅުދަނޑި ނެތިގެން ނުވަދެވިފަ މީނީ…” ކަންފަތުން ފޯނު ދުރުކޮށްލި އިރު އިކާންގެ ދެލޯ […]
ނުހަނު ލޯބިން މިތާ، ކުރީ ވައުދާ ހުވާ ދެހިތް ވަކިވެވި ނުދާ. އަރަންޏާ އިރުހަނދާ ތެމިއްޖެލޯ ކަރުނައިން ރޮވިއްޖެ ތިޔަ ހަނދުމައިން ހިނގައްޖެ އުންމީދުތައް، މުޅިން ބޭކާރުވެގެން ޚިޔާލާ ފިކުރުގާ ހުރީ ވަރުބަލިވެފާ ވަނީ ވެވިފާ ބާކީ… އެލަވައިގެ އަޑު އިކާންގެ ކަންފަތުގައި ޖެހުމުން ހިތަށް ގޮތްތަކެއް ވެގެން ދިޔަ ކަހަލައެވެ. ކެހިފައިވާ ދޮރުން ބޭރަށް ނުކުންނަން އިކާން ފިޔަވަޅު އަޅާލީ ވަށައިގެން ބަލާލަމުންނެވެ. އެއްފަރާތުގައި ހުރި ހުދުކުލައިގެ އުނދޯލީގައި އިށީންދެގެން މަޑުމަޑުން ހެއްލަމުން އޭނާ […]
ހަމަ އެ ވަގުތު ތާރާގެ ފޯނު ރިންގްވާން ފެށިއެވެ. އެހެންކަމުން ތާރާ އެނދުން ތެދުވެ ފޯނު ނަގަން އަވަސްވެގަތެވެ. ތާރާގެ ފޯނު ނަގަމުން އިކާންގެ ފޯނުވެސް ނަގާ އިކާން އަތަށް ދިއްކޮށްލިއެވެ. “ހަލޯ… އާން ބައްޕާ.. މިހިރީ މިހާރު ރޫމްގަ.. ވަރަށް ސަޅި ހޮޓަލެއްގަ މިތިބީ…” ތާރާ އެނދުން ތެދުވެގެން ބެލްކަންޏާ ދިމާއަށް ހިނގައިގަތެވެ. އިކާންގެ ފޯނުގެ ޑިސްޕްލޭ ހުޅުވާލަމުން ދެންމެ އައި މެސެޖް ބަލާލަން ވައިބާ ހުޅުވާލިއެވެ. މެސެޖް ފޮނުވި މީހާ ފެނުމުން އިކާނަށް ބަލާލެވުނީ […]
އިކާންގެ މޭގައި ބޯ އަޅައިގެން އޮތް ތާރާއަށް އެހިތުގެ ވިންދު އިހްސާސް ވަމުން ދިޔައެވެ. އެ ހަމަހިމޭން މާހައުލު ފަޅު ފިލުވައިދެމުން ދިޔަ ވާރޭގެ ހިތްގައިިމު މިއުޒިކީ އަޑަށް ގެނބެމުން އިކާންގެ ދެލޯ މަރާލީ އޭނާގެ އަޑުން ރީތި ރާގަކަށް ހޫން ލައްވަމުންނެވެ. އެ އަޑުއަހަން އޮތް ތާރާ ގެނބިގެން ދިޔައީ އިކާންގެ މަސްތީ އަޑުގެ ޖާދޫގައި ޖެހުމުންނެވެ. *** *** *** *** *** *** ދެފަރާތަށް ފުރޮޅުން ނޫންކަމެއް ޒިވީ ނުކުރެއެވެ. އެނދުގެ ހެޑްބޯޑް […]