
އަނިޔާ.. 21 ވަނަ ބައި
“ޝާމްގެ ކޮއްކޮވީ އަޔާޒްގެ އަތްދަށުގައި” ނިހާދު ވަރަށް މަޑުން ބުނެލިއެވެ. އަހަރެން ހައިރާން ކަމާއި އެކު ނިހާދުއާއި ދިމާލަށް ބަލާލީމެވެ. އަހަރެންނަށް އަޑުއިވުނު ގޮތާއި މެދުގައި ޝައްކު އުފެދުނެވެ. “އަޔާޒް” އަހަރެން ހައިރާން ކަމާއި އެކު އަހާލީމެވެ. މާޒިން ބޯޖަހާލިއެވެ. އަހަރެންނަށް ދަތްކުނޑި ވިކާލެވުނެވެ. އަތްމުއްމަޅާލެވުނެވެ. އޭނަ އެކުރީ ރަނގަޅު ކަމެއް ނޫނެކެވެ. “އަހަރެން ކުރިން ވެސް ބުނިން ޝާމް ކައިރީގައި ޝާމް ކުރަމުން ގެންދިޔަ ކަންތައް ހުއްޓާލާށޭ” ނިހާދު ބުނެލިއެވެ. އަހަރެން ރުޅިވެރިކަމާއި އެކު ސުވާލުން ފުރިގެންވާ ނަޒަރެއް ނިހާދުއަށް ރައްދު ކޮއްލީމެވެ. “މިޝްކާ” ނިހާދު ބުނެލިއެވެ. އެވަރުންވެސް އަހަރެންނަށް ނިހާދު ބުނަން އުޅެނީ ކީކޭކަމެއް ނޭނގުނެވެ. އެހެންކަމުން ހަމައެގޮތަށް ބަލަހައްޓައިގެން ހުރީމެވެ. “އަޔާޒް ހިތްހަމައެއް ނުޖެހޭނެއޭ އޭރުވެސް އަހަރެން ބުނިން ދޯ.. މިޝްކާއާއި އިތުރު ގުޅުމެއް ބާއްވާކަން… ނުބުނަންތަ” ނިހާދު ބުނެލިއެވެ. އަހަރެންނަށް ވިސްނުނީ ދެނެވެ. އަޔާޒް ހީކުރަނީ އަހަރެން މިޝްކާއާއި ރައްޓެހިވެގެން އުޅެނީކަމަށް ތޯއްޗެކެވެ. އެހެންވެގެން ބަދަލު ހިފުމުގެ ގޮތުން އަހަރެންގެ ކޮއްކޮ ގެންދިޔައީއެވެ.
“އައި އޭމް ސޮރީ ޝާމް” މާޒިން ބުނެލިއެވެ. އަހަރެން މާޒިންއާއި ދިމާލަށް ބަލާލީމެވެ. “އަޔާޒްގެ އަތްދަށަށް ދާ މީހުންނަކީ އަބުރާ އަންނަ ބައެއް ނޫން އަދި ހިޔެއް ނުވޭ ޝާމްގެ ކޮއްކޮ” މާޒިން އެހާ ހިސާބަށް ބުނެފައި ހުއްޓާލިއެވެ. އޭނަގެ މޫނުމަތިން ފެންނަމުން ދިޔައީ ބުނަން ނެނގޭ ކަހަލަ އަސަރުތަކެވެ. އަހަރެން ސިހިގެން ދިޔައެވެ. “ތިބުނީ” އަހަރެންނަށް ބުނެވުނެވެ. “އަޔާޒް އަކީ ގައުމުން ބޭރަށް މީހުން ގެންދާ މީހެއް…. ހިއުމަން ޓްރެފިކިން… މިރޭ ފުރާ ބޯޑުން މިހާރު ޝާމްގެ ކޮއްކޮ ފުރުވާލާގޮތަށް އޮތީ… އަންހެން ކުދިން ބޭރަށް ގެންގޮސްގެން ވިއްކުން އެއީ އަޔާޒްމެން ގްރޫޕުން ކުރާ ކަމެއް” އަހަރެން ހައިރާން ވިވަރުން އަނގަ ހުޅުވުނެވެ. މިއީ މީގެ ކުރިން އަހަރެންނަށް އެގިފައިވައި އޮތްކަމެއް ނޫނެކެވެ. މިކަހަލަ ކަންތައްތަށްވެސް ރާއްޖޭގައި ކުރޭ ހެއްޔެވެ. ހިއުމަން ޓްރެފިކިން އެއީ އޮންނަ ކަމެއް ހެއްޔެވެ. “ކުރިންވެސް މިގޮތަށް ކިތައްމެ ކުދިންނެއް އެމީހުންގެ އަތްދަށުގައިލައިފައިވޭ… އާއްމުކޮށް އެގޮތަށް އަތުލާ ކުދިންނަށް އޮންނަ ކަމަކީ ރާއްޖޭގައި ސެކްސް ސްލޭވަރ އެއްގޮތަށް ވޯކް ކުރުން… އަނެއްބައި ފަހަރު އެމީހުން ރާއްޖެއިން ބޭރަށް ފޮނުވަނީ.. އެގޮތަށް ވޯކް ކުރަން” މާޒިން ތަފްސީލް ކިޔައިދިނެވެ. އަހަރެންނަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މިހާރު އަހަރެންނާއި ހެދި އަހަރެންގެ ކޮއްކޮއަށް ޖެހިފައިވަނީ ކޮންކަހަލަ ހާލެއް ކަމެއްވެސް ނޭނގެއެވެ.
“ޕްލީޒް މާޒިން އަޔާޒްއާއި ވާހަކަ ދައްކަބަލަ.. އޭނައަށް ނޭނގެނީ ކަންނޭގެ އެއީ އަހަރެންގެ ކޮއްކޮ ކަމެއް… ޕްލީޒް… އަޅެބުނެބަލަ… އޭނަ އާއި ވާހަކަ ދައްކަބަލަ” އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ. “އަޔާޒްއަށް އެނގޭ އެއީ ޝާމްގެ ކޮއްކޮކަން… އެހެންވެ އޭނަ ކޮއްކޮ ހިފެހެއްޓީވެސް.. އޭނަ ބޭނުންވަނީ ޝާމްއަށް ރަނގަޅު ފިލާވަޅެއް ދޭން” ނިހާދު ބުނެލިއެވެ. އަހަރެންނަށް އިތުރަށް ކުރާނެ ކަމެއް ނޭނގުނެވެ. އަޔާޒްއަށް އަހަރެންނަކީ ކާކުކަން ރަނގަޅަށް އެނގޭނެއެވެ. އެހެންކަމުން އޭނަ އެއުޅެނީ އަހަރެންގެ ދިރިއުޅުމުގައި ހުޅުޖަހަންވެގެންނެވެ. ކޮއްކޮއަށް ކަމެއް ވެއްޖެނަމަ މަންމަ ދުވަހަކުވެސް އަހަރެންނަށް މާފެއް ނުކުރާނެއެވެ. އަހަރެންނަށް ދުވަހަކުވެސް އަމިއްލަ ނަސްފަކަށް މާފެއް ނުކުރެވޭނެއެވެ. އަހަރެން ހަނދާނީ ކިހިނެއް ހެއްޔެވެ. ގެއްލިގެން ދާ ކޮންމެ ސިކުންތަކީވެސް އަހަރެންނަށް މުހިއްމު ސިކުންތެކެވެ.
އަޔާޒް އެއީ ކޮންކަހަލަ އިންސާނެއް ހެއްޔެވެ. އަހަރެން ހަމައެކަނި އޭނަގެ ކޮއްކޮއާއި ވާހަކަ ދައްކާލި ކަމަށްޓަކައި އޭނަ އެއުޅެނީ އަހަރެންގެ ކޮއްކޮ އޭނަގެ އަޅަކަށް ހަދާށެވެ. އަހަރެން ދިރި ހުއްޓާ އެހެން ވިޔަކަ ނުދޭނަމެވެ. އޭނަ ޖެހޭނީ ފަހަތަށް ޖެހޭށެވެ. އަހަރެންގެ ކޮއްކޮ އަހަރެންނަށް ދޭށެވެ. އަދި އޭނަވެސް ޖެހޭނީ ޖަލުގެ ކުޑަ ކޮޅިއަށް ވަންނާށެވެ. އޭނަ އެކުރީ ރަނގަޅު ކަމެއް ނޫނެކެވެ. އޭނަ އެކުޅުނީ އަހަރެންގެ ދިރިއުޅުމުގެ އެއްބަޔާއެވެ. އޭނަ މިހާރު މިކަން ޕާސަނަލް ކަމަކަށް ހެދީއެވެ. މިފަހަރު ސަލާމަތް ވާނީ ކޮންމެވެސް އެކެވެ. އަހަރެންގެ އަތް މުއްމަޅާލީމެވެ. އަދި ދަތްޕިލަ ފިއްތާ ބާރު ކޮއްލީމެވެ. ލޮލުގައި އޮހޮރިގަންނަން ތައްޔާރުވެފައިވާ ކަރުނަތަށް އަތުގެ ނުފުށުން ފުހެލީމެވެ. “ބޯޓް ފުރަނީ ކޮންއިރަކުން” އަހަރެން މާޒިންއަށް ބަލާލަމުން އަހާލީމެވެ. މާޒިން ބޯހޫރާލީ އޭނައަށް ނޭނގެއޭ ބުނާކަހަލަ ގޮތަކަށެވެ. “އަހަރެންނަށް އަޔާޒްގެ ނަމްބަރ ލިބިދާނެ” އަހަރެން އެދުނީމެވެ. މާޒިން އަހަރެންނަށް ނަމްބަރ ދިނެވެ. އަހަރެން އަހަރެންގެ ފޯނުން އެނަމްބަރއަށް ޑައިލް ކޮއްލީމެވެ.
“ހޭ ޝާމް… އަހަރެން މިހުންނަނީ ޝާމް ނުގުޅައިގެން” އަހަރެން ވާހަކަ ދެއްކުމުގެ ކުރިން ފޯނު ނެގިގޮތަށް އަޔާޒް ބުނެލިއެވެ. އަހަރެންގެ އެތެރޭގައިވާ ރުޅިގަނޑު ވަރަށް ބޮޑަށް ހިންދާލަމުން އަހަރެން ވާހަކަ ދެއްކޭތޯ ބެލީމެވެ. “އަޔާޒްއަތުގައި އަހަރެންގެ ހިމާޔަތުގައި ހުރި ކުއްޖެއް ވެއްޖެ… އަހަރެން އޭނަ ބޭނުން” އަހަރެން ވާހަކަ ދެއްކީ ވަރަށް މަޑުން ވަރަށް ރީތިކޮށެވެ. “ހެހެހެހެ… ދައްކާ ވާހަކަ… އަހަރެންގެ އަތުގައި ހުންނާނީ އަހަރެންގެ ހިމާޔަތުގައި ތިބި މީހުން… ޝާމްގެ ހިމާޔަތުގައި ހުރި މީހެއް ނަމަ އަހަރެންގެ އަތުގައި ނުޖެހޭނެ ދޯ” އަޔާޒް މަލާމާތް ކުރާ ފާޑަށް ހީގަތެވެ. އަހަރެންގެ އެތެރޭގައި ހިފަހައްޓައިގެން ހުރި ރުޅިގަނޑު ފަޅާއިގެން ނުދަނީސް އަހަރެން ދަތްޕިލަ ފިއްތާލީމެވެ. “ޕްލީޒް… އަހަރެންގެ ކޮއްކޮ އަހަރެންނާއި ހަވާލު ކުރޭ… ހެޔޮނުވާނެ… އަހަރެން އާދޭސް މިކުރަނީ” އަހަރެން ހިތްވަރުކޮށްފައި ވާހަކަ ދެއްކީމެވެ. ކޮންމެ ގޮތެއްވިޔަސް މިއަދު އަޔާޒް އަހަރެންނަށް ވުރެއް ބާރުގަދައެވެ. އަހަރެން އެހެން ބުނުމާއި އެކު އަޔާޒް ހީގަތެވެ. “ކޮއްކޮ އަހަރެންނަށް ހަވާލު ކޮއްދީ… އަހަރެން އަޔާޒް ބޭނުންވާ ވަރަށް ލާރިވެސް ދީފާނަން ޕްލީޒް…” އަހަރެން ބުނީމެވެ. އެވަގުތު އަނެއްކާވެސް އަޔާޒް ހީގަތެވެ. “ހިނގާ ފޭސްޓް ފޭސްކޮށް ބައްދަލު ކޮއްލަމާދޯ… އޭގެ ފަހުގައި ލާރިއާއި ބެހޭގޮތުން ވާހަކަ ދައްކާނީ..” އަޔާޒް ބުނެލިއެވެ. އަދި ބައްދަލު ވާންވީ ތަނުގެ ނަން ބުނެދިނެވެ. އަހަރެން ފަނަރަ މިނެޓް ދެރޭގައި ދާނެ ކަމަށް ބުނެ ފޯނު ބޭއްވީމެވެ.
“އަހަރެން މިދަނީ އަޔާޒް އާއި ބައްދަލު ކުރަން… ތެންކްސް ފޮ އެވްރީ ތިން” އަހަރެން މާޒިން އަދި ނިހާދު އާއި ދިމާލަށް ބަލާލަމުން ބުނެލީމެވެ. އަދި އެތަނުން ނިކުތުމަށް ހިގައިގަތީމެވެ. “މާޒިން ގޮވައިގެން ދާންވީނުން… އޭރުން ޝާމްގެ ސައިޑުންވެސް މީހަކު ހުންނާނެ” ނިހާދު ބުނެލިއެވެ. އަހަރެން ހުއްޓެލަމުން މާޒިންގެ މޫނަށް ބަލާލީމެވެ. މާޒިން ހިނިތުން ވެލަމުން އަހަރެންނާއި އެކު ބޭރަށް ނިކުތުމަށް ހިގައިގަތެވެ. އަހަރެން ނިހާދުއަށް ހިނިތުންވުމެއް ރައްދުކޮށްލަމުން އަވަހަށް އެތަނުން ނިކުތީމެވެ. އަދި ސައިކަލުގައި އަހަރެން ނައްޓާލިމެވެ. މާޒިން އައީ އަހަރެންގެ ފަހަތުންނެވެ. އަހަރެން ސައިކަލުގައި ފުރަތަމަ މަޑުކޮއްލީ އަހަރެންގެ ކޮޓަރިކައިރިއަށެވެ. އަދި މާޒިން ކައިރީގައި މަޑުކޮއްލުމަށް ބުނެފައި މައްޗަށް އެރީމެވެ. އަދި އެހާއަވަހަށް ފޭބީމެވެ. އަދި ސައިކަލަށް އަރާ ސްޓާޓް ކޮއްލީމެވެ. މާޒިން އަހަރެންގެ ފަހަތުން އައެވެ.
އަޔާޒް ބުނެފައިވާ ދިމާލަށް އަހަރެން ސައިކަލް މަޑުކޮއްލީމެވެ. އަހަރެން ސައިކަލް ޕާކްކޮށްލީ ފަރީދީމަގުގައި ހުންނަ ދިރާގް ކައިރިއަށެވެ. އަދި އަޔާޒް ބުނި ތަނުގައި އަހަރެން ހުއްޓެލީމެވެ. އޭރު ގަޑިން ހަތެއް ޖަހަނީއެވެ. އަހަރެން ކުރިމައްޗަށް ބަލާލީމެވެ. ފެންނަ ހުރީ ގަރާޖް ދޮރެކެވެ. އަޔާޒް ބުނިގޮތަށް ރަތްކުލައިގެ ދޮރެކެވެ. އަހަރެންނާއި މާޒިން އެތަނުގައި ހުއްޓެލީމެވެ. އެވަގުތު ތަންކޮޅެއް ދުރުގައި ސިގިރޭޓްއެއް ބޯން ހުރި މީހަކު އަހަރުމެން ކައިރިއަށް އައިސް ހުއްޓެލިއެވެ. “ހަމްޓޭ” މާޒިން އެމީހާގެ މޫނަށް ބަލާލަމުން ގޮވާލިއެވެ. އަހަރެން އެމީހާގެ މޫނަށް ބަލާލީމެވެ. އެމީހާގެ އަތުގައި އޭރުވެސް ސިގިރޭޓް އޮތެވެ. “މާއްޓެ.. އަޔާޒް ބުނީ ހަމައެކަނި ކަލޭ ކައިރީގައި އަންނާށޭދޯ” އެމިހާ މަގުމައްޗަށް ނަޒަރު ހިންގާލަމުން ބުނެލިއެވެ. “ހޫމް… އަހަރެންނަށް އެނގޭ… އެކަމަކު އަހަރެންވެސް މޮޔަ އެއްނުން އެކަނި އަންނާކަން” އަހަރެން ބުނެލީމެވެ. “އަހަރެން ހީކުރީ ކަލޭ ކޮއްކޮއަށް ޓަކައި ކޮންމެކަމެއްވެސް ކުރާނެ ކަމަށް” މަލާމާތުގެ ހިނިތުންވުމެއް މޫނުމައްޗަށް ގެންނަމުން އެމީހާ ބުނެލިއެވެ. އަހަރެން އެމީހާގެ މޫނަށް ބަލާލީމެވެ. އަތްމުއްމަޅާލެވުނީ ބޭއިހްތިޔާރުގައެވެ. “އެއްވެސް ހަތިޔާރެއް” އެމީހާ ސިގިރޭޓް ތުބުގައި ޖަހާލަމުން ބުނެލިއެވެ. އަހަރެންނަށް ސިފަވަމުން ދިޔައީ ފިލްމެއްގެ މަންޒަރެކެވެ. ފިލްމުތަކުގައި ނުބައިބާ މީހާ ކައިރިއަށް ވަންނަން ވީމަ ބޮޑީގަރޑް އައިސް މީހާ ރަނގަޅަށް ޗެކްކުރެއެވެ. “ކިހާ ބޮޑު ބަލާއެއްތަ… އަހަރެން މިއައީ އަހަރެންގެ ކޮއްކޮ ބަލާ… ކަލެއަށް ތި ފެންނަނީ އަހަރެން ގެންނަ ހަތިޔާރު… އިތުރު އެއްވެސް އެއްޗެއް އަހަރެން ނުގެންނަން” މާޒިންއާއި ދިމާލަށް ބަލާލަމުން އެމީހާއާއި ދިމާލަށް ރުޅިވެރިކަމާއި އެކު އަހަރެން ބުނީމެވެ. އެމީހާގެ މޫނު މަތީގައި އެވަގުތު ކުޅެލީ ނުލަފާ ހިނިތުންވުމެކެވެ.
“އެކައްޗެއްވެސް އަހަރުމެން ނުގެންނަން” މާޒިން ވާހަކަ ދެއްކީ މަޑުންނެވެ. ވަރަށް މަޑުމައިތިރިކޮށެވެ. “ފޯނު” އެމީހާ މަގުމައްޗަށް ނަޒަރު ހިންގާލަމުން ބުނެލިއެވެ. “އަނެއްކާ ކަލޭމެން ޕޮލިހުންނަކަށް ނުގުޅަންތަ” އެމީހާ ބުނެލިއެވެ. “ކިހާ ބޮޑު ބަލާއެއްތަ ކަލެއާއި ހެދި… ޕޮލިހުންނަށް ގުޅިނަމަ އަހަރެން މިތަނަކަށް ނައަންނާނެ ދޯ… އެހެން ނޫނަސް އަހަރެން ބޭނުންވަނީ އަހަރެންގެ ކޮއްކޮ… ކަލޭ ތިއުޅެނީ އަހަރެން ރުޅި ނައިސްގެންތަ” ރުޅިވެރިކަމާއި އެކު ވަރަށް މަޑުން އަހަރެން ބުނެލީމެވެ. ނޭނގިނަމަވެސް އަހަރެންނަށް އެމީހާ އާއި ދިމާލަށް ފިޔަވަޅެއް އަޅާލެވުނެވެ. މާޒިން އަހަރެންގެ ގައިގައި ނުހިފެހެއްޓިނަމަ އަހަރެންގެ އަތުން ގޯހެއްވެސް ހެދުނީސް ކަންނޭގެއެވެ. އެމީހާ އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އަދި ފަހަތަށް ޖެހިލާ ގަރާޖްގެ ދޮރުގައި ފައިން ދެތިން ފަހަރު ޖަހާލިއެވެ. އެވަގުތު އެތެރެއިން އެދޮރު ހުޅުވުނެވެ.
އަހަރެން އެމީހާއާއި ދިމާލަށް ކަޅިއަޅާލަމުން އެތެރެއަށް ވަނީމެވެ. މާޒިން އަހަރެންގެ ފަހަތުން އެތެރެއަށް ވަނެވެ. ގަރާޖް ހުޅުވާލުމަށްފަހު އަހަރެން ވަނުމުން ދޮރު ހުޅުވާލި މީހާ ދޮރު ޖެހިއެވެ. އަހަރެންނަށް އެތެރެއަށް ބަލާލެވުނެވެ. އެއީ ގުދަނެވެ. މުޅިތަނުގައި ހުރީ އެއްޗެހިން ފުރާފައެވެ. އެކިކަހަލަ ފޮށިތަކެވެ. އަހަރެންނާއި 20 ފޫޓް ދުރުގައި އަޔާޒް ހުއްޓިލައިގެން ހުއްޓެވެ. އަދި އޭނަ ކައިރީގައި ލަކުޑި ގޮޑިއެއްގައި ކޮއްކޮ އައްސާފައިއިނެވެ. ދެއަތް ވަނީ ގޮޑީގެ ދެފަރާތުގައި ވާގަނޑަކުން އައްސާފައެވެ. ދެފައިވެސް ވަނީ ގޮޑީގެ ދެފައިގައި އައްސާފައެވެ. އަހަރެންނަށް އެދިމާލަށް ދުއްވައިގަނެވެން އުޅުނެވެ. ނަމަވެސް ގުދަނު ދޮރުހުޅުވިމިހާ އަހަރެން އަހަރެން ހިފެހެއްޓިއެވެ. “ވެލްކަމް” އަޔާޒް އަހަރެންނަށް އަޑުއިވޭ ވަރަށް ބުނެލިއެވެ. “އޯހް ޔޫ ބުރޯޓް ޔުއަރ ބޮޑީގަރޑް” މާޒިންއާއި ދިމާލަށް އަޔާޒް ބުނެލިއެވެ. މާޒިން އަހަރެން ކައިރީގައި ހުއްޓިލައިގެން ހުއްޓެވެ. “ވަޓް ހޭވް ޔޫ ޑަން ޓު މައި ސިސްޓާ” އައްސާފައި އިން ކޮއްކޮގެ އެއްވެސް ހަރަކާތެއް ނެތްކަން އެގުމުން އަހަރެންގެ ހިތް ހުއްޓުނުހެން އަހަރެންނަށް ހީވިއެވެ. އަހަރެންނަށް ކޮއްކޮ އިން ހާލު ފެނުމުން އޭނަ ސަލާމަތް ކުރަން ދިއުމަށް އަނެއްކާވެސް ދުއްވައިގަނެވުނެވެ. ނަމަވެސް މިފަހަރުވެސް އަހަރެން ކައިރީގައި ހުރި މީހާ ހިފެހެއްޓިއެވެ. އޭނަ ހިފެހެއްޓިލެއް ބާރު ކަމުން މިފަހަރު އަހަރެންގެ އަތަށް ތަދުވެސް ވިއެވެ. “ހޯ ޑޯންޓް ވޮރީ.. ޝީ އިޒް އެލައިވް” އަޔާޒް ކޮއްކޮގެ އިސްތަށިގަނޑުގައި ހިފަހައްޓާލަމުން ބުނެލިއެވެ. ކޮއްކޮގެ އިސްތަށިގަނޑުވަނީ މޫނު މައްޗަށް ވައްޓާލާފައެވެ. އަޔާޒް އެހެންބުނުމުން ބޭއިހްތިޔާރުގައި އަހަރެންނަށް ހީލެވުނެވެ. “ވަޓް ޔޫ ވޯންޓް އަޔާޒް” އަހަރެން ރުޅިވެރިކަމާއި އެކު އަހާލީމެވެ. އަޔާޒްއަށް އަހަރެންގެ މޫނުމަތީގައިވާ ރުޅިވެރިކަން ފެނުމުން ވަރަށް ބާރަށް ހީގަތެވެ.
“ކަމޯން ޝާމް.. ޑޯންޓް ބީ ލައިކް އެގްރީ ބާޑް.. ޝާމްއެއް ނުން ބުނީ އަހަރެން ބޭނުންވާ ވަރަކަށް ލާރިވެސް ދީފާނަމޭ” އަޔާޒް ގޮޑީގައި ލެގިލަމުން ބުނެލިއެވެ. އަޔާޒް އެހެން ހުރެ އިރުއިރު ކޮޅާ ކޮއްކޮގެ މޫނުގައި ފިރުމާލައެވެ. އަދި އިސްތަށިގަނޑުގައި ފިރުމާލައެވެ. އަހަރެންނަށް އެމަންޒަރުތަށް ބަލަން އެއްވެސް ފަސޭހައެއް ނޫނެވެ. ނަމަވެސް އަހަރެންނަށް ކުރިއަށް ފިޔަވަޅެއްވެސް އެޅޭކަން ނެތެވެ. “ބުނޭ ބޭނުން އަދަދެއް ބުނޭ” އަހަރެން އަވަސް އަވަހަށް ބުނީމެވެ. “ޑޫ ޔޫ ތިންކް އައި ވޯންޓް މަނީ” އަޔާޒްގެ އަޑަށް ބާރުލަމުން އަހާލިއެވެ. އަހަރެން ދެފަރާތަށް ބޯހޫރާލީމެވެ. “ދެން ވަޓް ޔޫ ވޯންޓް” އަހަރެން ބުނެލީމެވެ. “އަހަރެން ބޭނުންވަނީ ޝާމް ޝާމްގެ ކޮއްކޮއަށް އެންމެ ފަހު ފަހަރަށް ބަލަން… ބިކޯޒް ޔޫ ވޮންޓް ސީ ހާ އެނީމޯ” އަޔާޒް ބުނެލިއެވެ. އަހަރެންނަށް ސިހިގެން ގޮސްފައި އަޔާޒްއާއި ދިމާލަށް ބަލާލެވުނެވެ. “ޑޯންޓް ބީ ޝޮކްޑް.. ނިހާދު އަދި މާޒިންވެސް ބުނެފައެއްނުން އޮތީ އަހަރެން މިހާ ލޯބި ކުދިންނަށް ހަދަނީ ކިހިނެއްކަން ދޯ” ކޮއްކޮގެ ކަދުރާގައި ބީހިލަމުން އަޔާޒް ބުނެލިއެވެ. “ޔޫ… ޑޯން ޓަޗް ހާ” އަހަރެން ދުއްވައިގަތީމެވެ. އިތުރަށް އެމަންޒަރުތަށް ބަލަން އަހަރެންނަށް ކެތްނުވީއެވެ. ނަމަވެސް އަހަރެން ކައިރީގައި ހުރި މީހާ މާހުށިޔާރެވެ. އަހަރެން ދުއްވައިގަތުމުން ގެނައި ކުއްލި ހަރަކާތަކުން އަހަރެން ގެ ފައިގައި އޭނަގެ ފައި އަޅުވައި ބަނޑުވަތަށް އަހަރެން ވައްޓާލިއެވެ. ވެއްޓެ ޖެހުނު ގޮތުން އަހަރެންނަށް ތަދުވެސް ވިއެވެ. އޭރު އަހަރެންގެ ރުޅި އަހަރެން ފަޅާފައި ނިކުންނަން އުޅޭ ކަހަލައެވެ.
“ކަމޯން ޝާމް.. ޔޫ ކާންޓް ކެޗް ޓާޓަލްސް ހިޔާ” އަޔާޒް ހެމުން ބުނެލިއެވެ.” އަޔާޒް ސްޓޮޕް އިނގޭ” މާޒިން އަހަރެންނާއި ކައިރިއަށް ޖެހިލަމުން ބުނެލިއެވެ. އަދި އަހަރެންނަށް އަތްދިއްކޮށްލިއެވެ. އަހަރެން މާޒިންގެ އަތުގައި ހިފަމުން ތެދުވީމެވެ. “އަހަރުމެންގެ ރޫލްސް އަޔާޒް ހަދާން އެބަހުއްޓެއްނުން… ވީ ޑޯންޓް ޕްލޭ ވިތް އަވަރ ފެމެލީ” މާޒިން ބުނެލިއެވެ. “ހެހެހެ….” އަޔާޒް ވަރަށް ބާރަށް ހީގަތެވެ. “ޝާމްއަށް އެގޭތަ… އަސްލު ކަލޭގެ ކޮއްކޮއަކީ ވަރަށް ކުޅަދާނަ ކުއްޖެއް… ފުރަތަމަ މީނަ ހިފަހައްޓަން ދިޔަ މީހުންނަށް ވަނީ މީނަ ހަމަލާވެސް ދީފަ… ދެމީހެއްގެ މޫނުމަތިވަނީ ދުޅަކޮއްލާފަ… އެގޭތަ އޭގެ ބަދަލުގައި އަހަރެން ކުރި ކަމެއް” އަޔާޒް އެހެން ބުނެލަމުން ކޮއްކޮގެ އިސްތަށިގަނޑު ހިއްލާލިއެވެ. އެވަގުތު އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ. އަހަރެންގެ އެންމެ ލޯބިވާ ކޮއްކޮގެ ލޯމަތި ވަނީ ދުޅަވެ ނޫފައިގަންފައެވެ. ކޯމަތިވަނީ ރަތްވެފައެވެ. އަނގަމަތިން ވަނީ ހަލާކުވެފައެވެ. އެމީހުންގެ ކުރިމަތީގައި އަހަރެންގެ ލޮލުން ކަރުނަތަށް އޮހިގަތެވެ. “އޯހް ޝާމް.. ޑޯންޓް ބީ ސަޗް އަ ގާލް.. ” އަޔާޒް ހެމުން ބުނެލިއެވެ. މާޒިން އަހަރެންގެ ކޮނޑުގައި އަތްބާވާލިއެވެ. “ޕްލީޒް ލެޓް ހާ ގޯ… އައި އޭމް ބެގިން ޔޫ” އަހަރެންނަށް އަޔާޒް ކައިރީގައި އާދޭސް ކުރެވުނެވެ. “އޯ މައި ގޯޑް… އެންމެ މަޝްހޫރު ކަމަށް ދައުވާ ކުރާ ގޭންގްގެ މެންބަރަކު އަހަރެން ކައިރީގައި އާދޭސް އެކުރަނީ… ސޯ ޕުއަރ… ހޭ މާޒިން ކަލޭ ކީއްވެ މިކަހަލަ ރަޑު އަންހެނުން ތި ގޭންގް އަށް ވައްދައިގެން ތިއުޅެނީ” އަހަރެންނަށް މަލާމާތް ކުރުމުގެ ގޮތުން އަޔާޒް ބުނެލިއެވެ. އަހަރެންނަށް ދެލޯ މަރާ ބާރުކޮއްލެވުނެވެ. އާއެކެވެ. އަހަރެން މާ އަވަހަށް ފިޑިވީއެވެ. އަދި އަޔާޒްއަކަށް އެއްވެސް ކަމެއް ނުކުރެވެއެވެ. އަހަރެންގެ ކޮއްކޮ އެއިނީ އަހަރެންގެ ކުރިމަތީގައެވެ. އަދި ފުރާނަ އެބަހުއްޓެވެ. އެހެންކަމުން އަހަރެން ހިތްވަރު ކުރަން ޖެހޭނެއެވެ.
“ޕްލީޒް ލެޓް ހާ ގޯ.. އައި ވިލް ޑޫ އެނީތިން…” އަހަރެން ވާހަކަ ދެއްކީ މަޑުންނެވެ. ނަމަވެސް އަހަރެންގެ އަޑުގައި ރުޅިވެރިކަން އެކުލެވިގެންވާކަން އެތަނުގައި ތިބި އެންމެންނަށް އެގޭނެއެވެ. “އަޔާޒް އަހަރުމެން އެކަކު އަނެކަކުގެ ފެމެލީއަށް ބަލަނީ އެއީ ހަމަ އަހަރުމެންގެ ފެމެލީ ގޮތަށް.. ކަމޯން މޭން… ޑޯންޓް ޑޫ ދެޓް” މާޒިން ބުނެލިއެވެ. “ކަލޭ ތިހެން ތި ވާހަކަ ދައްކަނީ އަހަރެންނާތަ… ކަލޭ ކައިރީގައި ތި ހުރި މީހާއަށް ތި ކިޔައިދީބަލަ… އޭނަ ކައިރީގައި އަހަރެން ކިތަށް ފަހަރު ބުނިން އަހަރެންގެ ކޮއްކޮއާއި ދުރަށް ދާށޭ… އެކަމަކު ނޫން… އޭނަ އެކަމެއް ނުކުރި.. އެހެންވީމަ އޭނައަށް މަގޭ ކޮއްކޮ… މަށަށް އޭނަގެ.. އެންމެން ހަމަހަމަ” އަޔާޒް ހަޅޭލަވައިގަތެވެ. މިއީ ކިހިނެއްވެގެން އުޅޭ ކަމެއްކަން އަހަރެންނަށް ވިސްނުނީ އަޔާޒް އެހެން ބުނީމައެވެ. “އަހަރެން ނޫޅެމޭ ކަލޭގެ ކޮއްކޮއާއި ހެދި މޮޔަވެގެނެއް… ކަލޭގެ ކޮއްކޮއޭ މަށަށް ގުޅަނީ.. ކުރިންވެސް އަހަރެން ކަލޭ ކައިރީގައި އެހެނެއް ނުބުނަންތަ” އަހަރެންވެސް އަޔާޒްގެ އަޑަށް ވުރެއް ބާރަށް ހަޅޭލަވައިގަތީމެވެ. “އޭ ބުނަންތަ… މަގޭ ކޮއްކޮއޭ ކިޔައިގެން ވާހަކަ ނުދައްކާ ނޫނީ ރަނގަޅެއް ނުވާނެ” ރުޅިވެރިކަމާއި އެކު ފިޔަވަޅެއް އަހަރެންނާއި ދިމާލަށް އަޅަމުން އަޔާޒް ބުނެލިއެވެ.
“ސޮރީ… އެކަމަކު އަހަރެންގެ ކޮއްކޮ ދޫކޮއްލާ… މިކަމަކީ އަހަރުމެން ދެމީހުން ދޭތެރޭގައި އޮންނަ ކަމެއް ނުން… ޕްލީޒް” އަހަރެން މިފަހަރު ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ. ވަރަށް ރީއްޗަށެވެ. “އެހެންނޫނަސް ތިއީ ދިވެހި އަންހެއް ކުއްޖެއް…. އޭނަ ގެންގޮސްގެން އަޔާޒް ކީއްކުރާނީ” އަހަރެން ކިތައްމެ މަޑުން ވާހަކަ ދެއްކިއެއް ކަމަކު އެތެރޭގައި އޭރުވެސް އަދަމުންދިޔަ ރުޅިވެރިކަމުގެ އަލިފާން ހީވަނީ ދެންމެ ދެންމެ ބޭރަށް ނިކުމެދާނެ ހެންނެވެ. “އޯހް… ޔޫ ހޭވް ނޯ އައިޑިއަރ… އެގޭތަ ބޭރުގައުމުތަކުގައި ރާއްޖޭގެ ކުދިން ހާދަ ވަރަކަށް ވިކެއޭ.. އަދި އެވެސް އެހާ އަގުބޮޑުކޮށް… ކަލޭގެ ކޮއްކޮއަކީ ހަމަ ޖަވާހިރެއް… ވަރަށް އަގުބޮޑުކޮށް ވިއްކާލެވޭނެ” އަޔާޒް އެހުރިހާ ވާހަކައެއް ދެއްކި އިރު އަހަރެން ހުރީ އަތްމުށްކަވާލައިގެންނެވެ. އަހަރެންގެ ދިގު ނިޔަފަތިތަށް އޭރު އަތަށް ހެރެމުން ދާ އިހްސާސް އަހަރެންނަށް ކުރެވެމުން ދިޔައެވެ. ދަތްޕިލަ ފިއްތާ ބާރުކޮށްގެން ހުރީ އަހަރެންގެ އަނގައިންވެސް އެއްވެސް ބަހެއްވިޔަސް ބޭރު ވެދާނެތީއެވެ. މިވަގުތު އަހަރެން ނުވިސްނާ އެންމެ ބަހެއް ބުންޏަސް އަހަރެންގެ ކޮއްކޮ އަހަރެންނަށް އެއްކޮށް ގެއްލިދާނެއެވެ.
“ކަމޯން މޭން… ޕްލީޒް… އަހަރެން އަޔާޒްގެ ކޮއްކޮއާއި ވާހަކަ ނުދައްކާވެސް ހުރެދާނަން… ޖަސްޓް ގިވް ހާ ޓު މީ… ޕްލީޒް” އަހަރެން އަނެއްކާވެސް އެދުނީމެވެ. “ކިހިނެއްވީ… އަހަރެން ކަލޭގެ ކޮއްކޮ ވިއްކާލާފާނެ ކަމަށް ބިރުގަތީތަ” އަޔާޒް ހެމުން އަހާލިއެވެ. އަހަރެންވެސް މިފަހަރު ހިނިތުންވެލީމެވެ. “އާ ވަރަށް ބިރު ގަނޭ… ސޯ ދެން އަހަރެންނަށް ކޮއްކޮ ދީ… އައި ޕްރޮމިސް އަހަރެން މީގެ ފަހުން މިޝްކާއަކާއި ވާހަކައެއް ނުދައްކާނަން.. ޖަސްޓް ލެޓް ހާ ގޯ ” އަހަރެން ބުނީމެވެ. “ޕްރޮމިސް” ނުލަފާ ހިނިތުންވުމެއް މޫނު މައްޗަށް ގެންނަމުން އަޔާޒް އަހާލިއެވެ. އަހަރެން ބޯޖަހާލީއެވެ. އެވަރުންވެސް އަޔާޒް ހިތްހަމައެއް ނުޖެހުނެވެ. އަހަރެން ޕްރޮމިސްއޭ ކިޔާފައި ހަޅޭލަވައިގަތީމެވެ. އެންމެ ފަހުން ހެމުން ހެމުން އެތަނުން އޭނަ ހިގައްޖެއެވެ. އޭނައާއި އެކު އަހަރެން ކައިރީގައި ހުރި މީހާވެސް ހެމުން ހެމުން ދިޔައެވެ. އަހަރެން ދުވެފައި ގޮސް ޝާމާ ކައިރީގައި އިށީދުނީމެވެ. “ކޮއްކޯ… ޕްލީޒް ލޯ ހުޅުވަބަލަ.. ޕްލީޒް” އަނެއްކާވެސް އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ. މާޒިން އައިސް އަހަރެންނަށް ޝާމާ އައްސާފައިވާ ވާގަނޑުތަށް ނެއްޓުމުގައި އެހީވެދިނެވެ. “ޔޫ ނީޑް ޓު ގޯ” އަހަރެން އަތުގެ ނުފުށުން ދެލޯ ފުހެލަމުން މާޒިން ކައިރީގައި ބުނީމެވެ. އަދި މަޑުމަޑުން ޝާމާ ތިރީގައި ބާއްވާލީމެވެ. “ޑޯންޓް ބީ މޭޑް… އައި އޭމް ނޮޓް ލީވިން ޔޫ” މާޒިން އައިސް އަހަރެން ކައިރީގައި އިށީދެލަމުން ބުނެލިއެވެ. އަހަރެން ޖީބުން ފޯނު ނެގީމެވެ. “ތެންކްސް މާޒިން ހުރިހާ ކަމަކަށް… އެކަމަކު މިހާރު އައި ނީޑް ޔޫ ޓު ލީވް… އަހަރެން މިގުޅަނީ ކޮއްކޮގެ ބޮއިފްރެޑްއަށް… އެއީ ޕޮލިހެއް… ސޯ ޔޫ ހޭވްޓް ގޯ” އަހަރެން ވަރަށް ލޯބިން ކޮއްކޮގެ އިސްތަށިގަނޑު ރީތި ކޮށްލީމެވެ. އަދި މޫނުމަތީގައިވާ ޒަހަމްތަކުގައި އަތްކާތާލީމެވެ. “ދެން ދޭ އަވަހަށް” އެހެން ބުނެލަމުން ފޯނުން ފާރިޝްއަށް ޑެއިލް ކޮއްލީމެވެ. މާޒިން އަހަރެންގެ ކޮނޑުގައި އަތްބާވާލަމުން އަހަރެން ބަލާލީމެވެ. އަދި ބޯޖަހާލުމުން މާޒިން އެތަނުން ނިކުތެވެ. ފޯނު ބިޒީ ކޮށްލުމަށްފަހު ފާރިޝް ގުޅިއެވެ. އަހަރެން ކޮއްކޮ ފެނުނު ވާހަކަ އާއި ވީހާވެސް އަވަހަށް އެތަނަށް އައުމަށް އެދުނީމެވެ.
ފޯނު ބޭއްވިގޮތަށް އަހަރެން އަނެއްކާވެސް ކޮއްކޮއަށް ގޮވާލީމެވެ. އަދި ކަރުގައި ދެއިނގިލި ޖައްސާލީމެވެ. “ޕްލީޒް ލޯ ހުޅުވަބަލަ.. ބަލާބަލަ ދޮންބެ މިހުރީ ނުން ކޮއްކޮ ކައިރީގައި… ޕްލީޒް” އަހަރެންގެ ލޮލުން ކަރުނަ ތިކި މަޑުމަޑުން ކޮއްކޮގެ މޫނުގައި ބޮސްދެން ފެށިއެވެ. އަހަރެން މަޑުމަޑުން ކޮއްކޮ ގެނެސް މޭގައި ޖައްސާލީމެވެ. “އައި އޭމް ސޮރީ… ރިޔަލީ… މި ހުރިހާ ކަމެއްވެސް މިވީ ދޮންބެ އާއި ހެދި… ދޮންބެ ނުވިސްނާ ހުރިހާ ކަމެއް އަވަހަށް ނިންމަށް އުޅުނީމަ… ކޮއްކޯ ޕްލީޒް… ބީ އޯކޭ… ޖަސްޓް ބީ ފައިން” އަހަރެންގެ ދެލޯ ފުރެމުން ދިޔަ ކަރުނަތަށް މަޑުމަޑުން ކޮއްކޮގެ މޫނު ތެންމަމުން ދިޔައެވެ. ” ކޮއްކޮ ދޫކޮއްލާފައި ދޮންބެ ދިޔައީމަ ވީގޮތް މިއީ… ދެން ދޮންބެ ހުންނާނީ ކޮއްކޮ ކައިރީގައި… ޕްލީޒް ލޯ ހުޅުވާލަބަލަ… ޖަސްޓް އޯޕެން ޔުއަރ އައިސް… އައި ޕްރޮމިސް އައި ވިލް ޕްރޮޓެކްޓް ޔޫ… ޕްލީޒް” އަހަރެން ކޮއްކޮގެ ނިއްކުރީގައި މަޑުމަޑުން ބޮސްދިނީމެވެ. އަދި ކޮއްކޮ މޭގައި ޖައްސާ ބާރު ކޮއްލީމެވެ. އެވަގުތު އެގުދަނުގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. ދެތިން މީހަކު ކުދި ޓޯޗްތަކެއް ހިފައިގެން އެތެރެއަށް ވަނެވެ. އެންމެންވެސް ތިބީ ޕޮލިހުންގެ ޔުނިފޯމްގައެވެ އޭގެން އެކަކީ ފާރިޝްއެވެ. އަހަރެން ފެނުމާއި އެކު ފާރިޝް ދުވެފައި އައިސް އެތަނުގައި އިށީނެވެ. އަދި ކޮއްކޮގެ އަތުގައި ވަރަށް ލޯބިން ހިފާލިއެވެ. ” އިޒް ޝީ އޯކޭ” ކޮއްކޮގެ ބޮލުގައި ފިރުމާލަމުން އަހާލިއެވެ. “ޔާ.. ބަޓް ޝީ އިޒް އަންކޮންޝިއަސް” އަހަރެން ނޭފަތް ފުހެލަމުން ބުނެލީމެވެ. “ހިގާ އަވަހަށް ހޮސްޕިޓަލްއަށް ގެންދަން” ފާރިޝް ބުނެލިއެވެ. “ނޯ ގެއަށް ދާނީ… ޕްލީޒް” އަހަރެން އެދުނީމެވެ. ފާރިޝް އަހަރެންނާއި ދިމާލަށް ބަލާލަމުން ބޯ ޖަހާލިއެވެ. އޭރު ފާރިޝްގެ ފަހަތުން އައި މީހުން އެތަށް ބެލުމުގައި އުޅުނެވެ. ފާރިޝް އަވަހަށް ބޭރަށް ނިކުތެވެ. އަހަރެން ކޮއްކޮ އަތް މައްޗަށް ލައިގެން ނިކުންނަން ވާއިރަށް ފާރިޝް ޕޮލިސް ކާރު ދޮރުމައްޗަށް ގެންނައެވެ. އަހަރެން ކާރަށް އެރުމާއި އެކު ކާރު ނައްޓާލިއެވެ.
އަހަރެން އެރީ ކޮއްކޮ ގޮވައިގެން ފަހަތު ސީޓަށެވެ. ކޮއްކޮ އަހަރެން ގެ ފައިމަތީގައި ބާއްވައިގެން ކޮއްކޮގެ ބޮލުގައި ފިރުމަމުން އަހަރެން ދިޔައީމެވެ. “ޑޮކް.. ކޭން ޔޫ ކަމް ޓު ޝާމް ހައުސް… ޔާ… ޝާމް ޑިޑް.. ޕްލީޒް… ފާސްޓް.. ތެންކްސް” ފާރިޝް ފޯނުން ޑޮކްޓަރ ކަމާލްއަށް ގުޅިއެވެ. އަދި ބާރު ސްޕީޑެއްގައި އައިސް އަހަރެންގެ ގެ ކައިރިއަށް މަޑުކޮއްލިއެވެ. ކާރު މަޑުކޮއްލުމާއި އެކު އަހަރެން އަވަހަށް ކޮއްކޮ އަތްމައްޗަށް ނަގައިގެން އެތެރެއަށް ހިގައިގަތީމެވެ. ގޭތެރެއަށް ވަދެވުމާއި އެކު ސިޓިންރޫމްގައި އިން މަންމަ ދުވެފައި އައެވެ. “މަގޭ ދަރިއަށް ކިހިނެއްވީތަ” މަންމަ އަހަރެންގެ ކުރިމައްޗަށް އަރަމުން ރޮވިފައިވާ އަޑަކުން ބުނެލިއެވެ. އަހަރެން ހުރީ އަވަސް އަރުވާލާފައި ކަމުން އަވަހަށް ކޮއްކޮ ގޮވައިގެން އަހަރެން ކުރިން އުޅުނު ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހީމެވެ. ކޮއްކޮ ގެންގޮސް އެނދުގައި ބާއްވާލީމެވެ. “ކޮބާ ޑޮކް” ފަހަތުން ކޮޓަރިއަށް ވަދެގެން އައި ފާރިޝް ފެނުމުން އަހަރެން ސުވާލު ކޮއްލީމެވެ. “އެބަ އާދޭ” ފާރިޝް އައިސް އެނދުގެ އެއްފަރާތަކުން އިށީނަމުން ބުނެލިއެވެ. އަހަރެން އަވަހަށް ފާހާނައަށް ވަދެ ކުޑަ ތައްޓަކަށް ފެން އަޅައިގެން އައިސް ކޮއްކޮ ކައިރީގައި އިށީދެ މޫނުގައި ފެންފޮދެއް ހާކާލީމެވެ.
“މަގޭ ދަރިއަށް ކިހިނެއްހޭ ވީ.. ކީއްވެތަ އެއްވެސް މީހަކު އެއްޗެކޭ ނުބުނަނީ” މަންމަ ކޮޓަރިއަށް ވަންނަމުން ރޮމުން ވާހަކަ ދެއްކިއެވެ. އަހަރެން މަންމަ އާއި ދިމާލަށް ބަލާލީމެވެ. ފާރިޝްވެސް މަންމަ އާއި ދިމާލަށް ބަލާލަމުން އެދިމާލަށް ދިއުމަށް ތެދުވިއެވެ. އަހަރެން ކޮއްކޮގެ އަތުގައި ހިފާލީމެވެ. “ދައްތާ ޝާމާއަށް އެއްވެސް ކަމެއް ނުވޭ… ބަލާބަލަ… ދައްތަގެ ކުރިމަތީގައެއް ނުން އެއޮތީ… ހެޔޮ ހާލުގަ” ފާރިޝް މަންމައާއި ކައިރިވެލަމުން ބުނެލިއެވެ. “ގެއްލުނުތާ 24 ގަޑިއިރު ފަހުން ތި މީހުން ތިއައީ ގޮވައިގެން.. އައި އިރު އެއްވެސް ހަރަކާތެއް ނެތް… މޫނު މަތި ދުޅަވެ ރަތް އަރާފައި… އަދި ވެސް ތިބުނަނީ އެއްވެސް ކަމެއް ނުވެއޭތަ” މަންމަ ރޮމުން ވާހަކަ ދެއްކިއެވެ. އަހަރެންނަށް މަންމަ ރޯއަޑު އަހާކަށް ފަސޭހައެއް ނޫނެކެވެ. ކިތައްމެ ފަހަރަކު މަންމަ އާއި ވާހަކަ ދެއްކުމަށް ހިތްބުނަމުން ދިޔައެވެ. ނަމަވެސް….
“ކޮބާ ޝާމާ” އަހަރެން ސިހިގެން ދިޔައީ ކަމާލްގެ އަޑަށެވެ. އަވަހަށް އެތަނުން ތެދުވެ ކަމާލްއަށް ޖާގަ ދެއްކީމެވެ. ކަމާލް ރަނގަޅަށް ކޮއްކޮ ބަލަމުން ދިޔައެވެ. މޫނުގައި ހުރި ޒަހަމްތަށްވެސް ރަނގަޅަށް ބެލިއެވެ. އަދި ތެދުވެ ހިނިތުންވެލަމުން އަހަރެންނާއި ފާރިޝް ކައިރީގައި ބޭރަށް ނިކުމެލުމަށް ބުނެލިއެވެ. އަހަރެން ދުރައް ޖެހުމާއި އެކު މަންމަ ކޮއްކޮ ކައިރީގައި އިށީނެވެ. އަހަރެން ފާރިޝްއާއި ކަމާލްގެ ފަހަތުން ބޭރަށް ނިކުތީމެވެ. “ކޮއްކޮ އޯކޭތަ” އަހަރެން ބޭރަށް ނިކުންނަމުން އަހާލީމެވެ. ކަމާލް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “ކީއްވެ ހޮސްޕިޓަލްއަށް ނުގެންދިޔައީ” ހިތްހަމަނުޖެހިފައިވާ ރާގަކުން ކަމާލް އަހާލިއެވެ. “އަހަރެން އަސްލު ބުނީ ނުގެންދާށޭ… ކިހިނެއްވީތަ…. ކަމެއް ގޯހީތަ” އަހަރެން ހާސްވިއެވެ. އަނެއްކާވެސް އަހަރެންނާއި ހެދި ކޮއްކޮއަށް ކަމެއްވެދާނެތީއެވެ. “ނޫން… ކަމެއް ފެންނާނަކަށް ނެތް… ހީވަނީ މާބޮޑަށް ބިރުގަތީމަ ހޭނެތުނީހެން… މޫނުމަތީގަ އެހުރި ޒަހަމް ފިޔަވައި އިތުރު ޒަހަމެއް ނެތް… އެކަމަކު މެންޓަލީ ބުނާކަށް ނޭނގެ.. ހޭ އެރީމަ އެގޭނީ… ހޭ އަރާނެ އިރު ކޮޅަކުން…. އެކަމަކު އަސްލު ހޮސްޕިޓަލްއަށް ގެންދިޔަ ނަމަ ރަނގަޅު ވާނެ… އަހަރެންނަށް ވުރެއް ތަންކޮޅެއް ތަފްސީލްކޮށް ކިޔައިދެވުނީސް އެމީހުންނަށް” ކަމާލް ބުނެލިއެވެ.
“ތެންކްސް ޑޮކް” ފާރިޝް ބުނެލިއެވެ. ކަމާލް ހިނިތުންވެލަމުން ބޭރަށް ދިއުމަށް ހިގައިގަތެވެ. ނަމަވެސް އަނެއްކާވެސް އަހަރެންނާއި ދިމާލަށް އެބުރި ބަލާލިއެވެ. “ޝާމް… އިފް ޔޫ އާ ކޮމްޕްރޮމައިޒް… ޑޯންޓް ޑޫ ދިސް…. އެނީމޯ.. އޯ އެނަދާ ލަވްޑް ވަން ވިލް ބީ ދެއަރ ނެސްޓް ޓާރގެޓް” ކަމާލް ހިނިތުންވެލަމުން އެހެން ބުނެލުމަށްފަހު ބޭރަށް ނިކުތުމަށް ހިގައިގަތެވެ. އަހަރެން އިސްޖަހާލީމެވެ. “ޔާ ހީ އިޒް ޓެލިން ޔޫ ދަ ޓްރޫތް… ދެންވެސް އޭނަގެ ވާހަކަ އަޑު އަހާ… އަދި ލަހެއް ނުވޭ” އަހަރެން އިސްއުފުލާ ބަލާލީ އިވުނު އަޑަކުންނެވެ.
އޭރު އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން ތަންކޮޅެއް ދުރުގައި ހުޝާމް ހުއްޓެވެ. އަހަރެންނަށް ލިބިގެން ދިޔައީ ބަޔާން ނުކުރެވޭ ވަރުގެ އުފަލެކެވެ. “ހުޝާމް” އެހެން ބުނެލަމުން އަހަރެންނަށް އޭނަ ކައިރިއަށް ގޮސް ގައިގައި ބައްދާލީމެވެ. “ކޮން އިރަކު… އެމީހުން ދޫކޮއްލީތަ.. ކޮންއިރަކު މިގެއަށް އައީ” އަހަރެން ބައްދާލައިގެން ހުރެ ވާހަކަ ދެއްކީމެވެ. “ޝާމްއެއް ނުން ބުނީ ދެން އެންމެ ރެއަކުވެސް އެތަނުގައި އޮވެގެން ނުވާނެއޭ… އަހަރެން މިގޭގަ އިނީ ޝާމް ގެއަށް އައި އިރުވެސް… އެކަމަކު މީހާކު މާ ބޮޑަށް ހާސްވެފައި ހުރުމުން ނޭނގުނީއެއްނުން” ހުޝާމް އަހަރެންނާއި ދުރަށް ޖެހިލަމުން ބުނެލިއެވެ. އަހަރެންނަށް ހީލެވުނެވެ. “އިޓްސް ރިޔަލީ ނައިސް ޓު ސީ ޔޫ މޭން” އަހަރެން ހުޝާމްގެ އަތުގައި ހިފާލަމުން ބުނެލީމެވެ. “ދެން އަހަރެންވެސް ތި އުފަލުގައި ބައިވެރިކޮށްބަލަ… ތިކަމުގައި ކިތައްމެ ކުޑަކޮށްވިޔަސް އަހަރެންގެ އަތެއްވެސް ވާނެއޭ” ފާރިޝް އައިސް ހުޝާމްއާއި އަހަރެންގެ ކޮނޑުގައި އަތްބާވާލަމުން ބުނެލިއެވެ.
“މީ ހުސް ކަލެއާއި ހެދި ވާ ކަންތަށް” ތިން މީހުންވެސް ސިހިގެން ދިޔައި އަހަރެންގެ މަންމަގެ ރުޅިވެރި އަޑަށެވެ. ތިންމީހުންނަށް އެދިމާލަށް ބަލާލެވުނެވެ. އޭރު މަންމަ ހުރީ އަހަރެންނާއި ދިމާލަށް ބަލާށެވެ. މަންމަގެ ލޮލުން ފާޅުވަމުން ދިޔައި ރުޅިވެރިކަމެވެ. “ތިއީ އަހަރެންގެ ދަރިއެކޭވެސް ބުނަން ވެސް އަހަރެން ލަދުގަނޭ…” މަންމަ ހަޅޭލަވައިގަތެވެ. އަހަރެން މަންމަ ކައިރިއަށް ދިއުމަށް ފިޔަވަޅެއް ކުރިއަށް އެޅިމެވެ. “އަހަރެންނާއި ކައިރިވެގެން ނުވާނެ.. ނުލަފާ ކުއްޖާ” މަންމަ ފިޔަވަޅެއް ފަހަތަށް އަޅަމުން އަތުން އެކަން މަނާ ކުރިއެވެ. އަހަރެންނަށް ހުއްޓުން އެރިއެވެ. ދެލޯ ކަރުނުން ފުރުނީ ހީވެސް ނުކުރާ އަވަހަށެވެ. އޭރު މަންމަގެ މޫނު މަތިން ފެންނަމުން ދިޔަ ރުޅިވެރިކަމެވެ. ނަމަވެސް ދެލޯ ވަނީ ކަރުނުން ފުރިފައެވެ. “އަދިވެސް ވިސްނެން ނުވޭތަ… ކަލެއާއި ހެދި ކަލޭގެ ކޮއްކޮ އެއޮތީ އެހާލުގައި… ކަލެއަށް ނުވެސް ފެނޭތަ” މަންމަ ރުޅިވެރިކަމާއި އެކު ވާހަކަ ދެއްކިއެވެ. އަހަރެން މަޑުމަޑުން އިސްޖެހީމެވެ. “އަހަރެން ހިތަށް އަރާ އަހަރެން ކަލެއަށް ދިން ތަރުބިއްޔަތަކީ ތިއީ ބާއޭ… އެންމެ ފަހަރަކު ތިގޮތަށް އުޅުމުގެ ކުރިން މަރުވެފައިވާ ކަލޭގެ ބައްޕައާއި ދޭތެރޭގައި ވިސްނާލިނަމަ… ނަސީބެކޭ ހިތަށް އަރާ އޭނަ މިދުވަސް ދެކެން މިތަނުގައި ނެތްކަން” އަހަރެން އިސްޖަހައިގެން ހުއްޓެއްކަމަކު އަހަރެންގެ ލޮލުގެ ކަރުނަތަކެއް ނުހިފެހެއްޓުނެވެ.
“ދައްތާ” ހުޝާމް އުޅުނީ ވާހަކަ ދައްކާށެވެ. “ކޮން ދައްތާއެއް… ކަލޭވެސް ތިހުރީ މި ނުލަފާ ޝައިތާނާ ކައިރިން ދަރިވަރުވެފައި… އޭނައަށް ވުރެއް ނުބައި… މީހުން މަރާ ގާތިލަކަށް ވެފައި” ހުޝާމް ވާހަކަ ދައްކަން ފެށުމުން މަންމަ އޭނައާއި ދިމާލަށް ހަޅޭލަވައިގަތެވެ. “އަހަރެން މިވަރަށް މީނަ ދެކެ ރުޅި އަންނަ އިރުވެސް އަދި އަހަރެންގެ ކުރި މައްޗަށް އަރަން ލަދުވެސް ނުގަނޭ ބާއޭ އަހަރެން ހިތަށް އަރާ” މަންމަގެ އަޑު ދިޔައީ ފަހަރަކަށް ވުރެއް ފަހަރެއް ބާރުވަމުންނެވެ. “ބުނަން މިހުރި ލަދު ކުޑަ ކުއްޖާ… އަހަރެންނަށް ލިބުނު ޝާމް ކިޔާ ކުއްޖާ މަރުވެއްޖެ އޭނަ މީހެއްގެ ގައިގައި ޖަހައިގެން ވަޒީފާއިން ކަނޑާލި ދުވަހު… އަހަރެން އެދުވަހު އޭނަ ވަޅުލައިފިން… ތީ މިހާރު އަހަރެންގެ ދަރިއެއް ނޫން…” މަންމަގެ ކޮންމެ ޖުމްލައެއް ކޮންމެ ބަހެއް އަހަރެންނަށް އިވިގެން ދަނީ ހޮނު ގުގުރީގެ ސިފައިގައެވެ. އަހަރެންގެ ހިތަށް ހީވަނީ މީހަކު ތީރެއްގެ ކޮޅުން ފަހަރަކު ތަނެއްގައި އަޅާފައި ދަމާހެންނެވެ. އެންމެ ފަހުން އެބުނި ޖުމްލައާއި އެކު އަހަރެންނަށް މަންމަ އާއި ދިމާލަށް ބަލާލެވުނެވެ.
“ކަލޭ އަދިވެސް ހުންނަނީތަ… މިގޭން ވެސް ކަލޭ ދޭ… އަހަރެން ބޭނުމެއް ނުވޭ ކަލޭ ކަހަލަ މީހެއްގެ ހިޔަނިވެސް އަހަރެންގެ އަންހެން ދަރިފުޅަށް އެޅޭކަން… އެހެން ނޫނީ ދެން މިގެއަށް ގެންނަން ޖެހޭނީ އެކުއްޖާ ފަކީރުގެ ފުރާނަ ނެތް މަސްގަނޑު ތޯޗެއް” މަންމަ ރުޅިވެރިކަމާއި އެކު ހަޅޭލަވަމުން ދިޔައެވެ. އެހެން ބުނުމާއި އެކު އަހަރެންނަށް ފިޔަވަޅެއް ފަހަތަށް އަޅާލެވުނެވެ. މަންމަ އެބުނީ ތެދެކެވެ. އަހަރެންނާއި ހެދި ދެން ކޮއްކޮއަށް ލިބޭނީ ކޮންކަހަލަ ދެރައެއް ކަމެއްވެސް ނޭނގެއެވެ. އެމީހުންނަށް ކޮއްކޮއާއި ބެހޭގޮތުންވެސް ބައިވަރު މައުލޫމާތު އެގޭނެއެވެ. “މަންމާ” އަހަރެން އުޅުނީ މާފަށް އެދޭށެވެ. އެންމެ ފަހުފަހަރަށް ވިޔަސް އަހަރެން ބޭނުންވީ މަންމަގެ ކިބައިން މާފަށް އެދޭށެވެ. “ލަދު ކުޑަ ކުއްޖާ… ބުނެފީމެއްނުން ކަލޭގެ މަންމައެއް މިގޭގައި ނުހުންނާނެއޭ… ނިކުމޭ ހަމަމިހާރު… އެހެންނޫނީ އަހަރެން ގަދަ ކަމުން ނެރެންވީތަ… ކަލޭގެ ގޮތް އަހަރެންނަށް މިހާރު ރަނގަޅަށް އެގިއްޖެ… ތިއުޅެނީ އަހަރެންގެ އަންހެން ދަރި ރަނގަޅަށް ހުންނާތީ ހަސަދަ ވެގެންނެއްނުން.. ކަލޭގެ ތިގެންގުޅޭ ގްރޫޕް މީހުން ކައިރީގައި ބުނެގެން އޭނަ ގެންދިޔައީ… އޭނައަށް އަނިޔާ ކުރީ… ކަލޭގެ ކޮއްކޮކަމެއް ހަނދާންވެސް ނެތުނީތަ” މަންމަގެ އަޑުގައި އެކުލެވިގެންވާ ރުޅިވެރިކަން އަހަރެންގެ ކަންފަތާއި ހިސާބަށް ފޯރަނީ ތޫނު ތީރުތަކެއްގެ ސިފައިގައެވެ. ކަންފަތް ފަޅާފައި ހިތަށް ވަދެގެންދަނީ ދުވަހަކުވެސް ނުފިލާނެ ކަހަލަ ޒަހަމްތަކެއް ލައްވާފައެވެ. “މަންމަގެ ދަރިފުޅު ސަލާމަތުން މިއަދު މިގެއަށް ގެނެވުނީ ޝާމްގެ ސަބަބުން މަންމާ” ފާރިޝް ވާހަކަ ދެއްކިއެވެ. އެންމެ ފަހުން އޭނައަށްވެސް ކެތްނުވީ ކަންނޭނގެއެވެ. އަހަރެންނަށް ފާރިޝްއާއި ދިމާލަށް ބަލާލެވުނެވެ.
ފާރިޝް މަޑުމަޑުން ހިގާފައި ގޮސް މަންމަ ކައިރިއަށް ހުއްޓުނެވެ. ކޮއްކޮއާއި ފާރިޝް ރައްޓެހިވީފަހުން އަބަދުވެސް ފާރިޝް މަންމައަށް މުހާތަބް ކުރަނީ ‘މަންމަ’ މިހެންނެވެ. “މަންމާ ރުޅި މަޑުކޮއްބަލަ… ހެޔޮނުވާނެ.. ޝާމް އަކީ ތިހީކުރާ ކަހަލަ މީހެއް ނޫނޭ” ފާރިޝް މަންމަގެ އަތުގައި ހިފާލަމުން ބުނެލިއެވެ. އަހަރެންނަށް އެމަންޒަރު ބަލަން ހުރެވުނެވެ. “ކޮންމެހެން ފާރިޝް އޭނައާއި އެއްކޮޅުގައި ހުންނާނެ ކަމެއް ނެތް… ފާރިޝް ހަނދާން ނެތުނީތަ.. އޭނަ އެހެން އުޅެން ފެށުމުން ފާރިޝް އޭނައަށް ނަސޭހަތް ދޭން ކުރި މަސައްކަތް… އެކަމަކު އޭނަ އެކަމަށް ދިނީ ބީރު ކަންފަތެއް” މަންމަ ރުޅިވެރިކަމާއި އެކު ފާރިޝް އާއި ދުރަށް ޖެހިލިއެވެ. “އޭނައަށް މަޖްބޫރުވީއޭ ބީރު ކަންފަތެއް ދޭން” ފާރިޝް އަޑު ކުޑަކޮށް ބާރު ކޮއްލަމުން ބުނެލިއެވެ. “ނޫން ފާރިޝް… ރިޔަލީ… ސްޓޮޕިޓް” ފާރިޝް ކުރަން އުޅެނީ ކީއްކަން އަހަރެންނަށް އެގުމުން އަހަރެންނަށް ބުނެވުނެވެ. “ކިހާ ދުވަހެއް ވަންދެންތަ މިކަންތަށް މިގޮތަށް ދާންވީ… ދެން ނިމުނީ… އިނަފް އިޒް އިނަފް… އައި ކާންޓް ސީ ދިސް އެނީމޯ… އައި އޭމް ޓެލިން ހާ” ފާރިޝް އަހަރެންނާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. “ނޫން ޕްލީޒް ނޫން” ބުނެގެން ވާނެ ފައިދާއެއް ނެތުމުން އަހަރެން އެކަން މަނާކުރީމެވެ. އޭރު މަންމަގެ މޫނުމަތިން ހައިރާން ކަންފާޅުވަމުން ދިޔައެވެ. “ޔޭސް… ޝީ ނީޑް ޓު ނޯ ދަ ޓްރޫތް.. ޝީ އިސް ޔުއަރ މަމް” ހުޝާމްވެސް އަހަރެންނާއި ދިމާލަށް ބަލާލަމުން ފާރިޝްއާއި އެއްކޮޅުވިއެވެ.
ފާރިޝް މަންމަގެ އަތުގައި ހިފައިގެން ގެނެސް ސިޓިން ރޫމްގައި އިން ސޯފާގައި އިށީނުމަށް ބުންޏެވެ. މަންމަ އިށީނުމުން ފާރިޝް އިށީނީ ސޯފާ ކައިރީގައި ހުރި ކުޑަ މޭޒުމަތީގައެވެ. އަދި މަންމަގެ އަތުގައި ހިފާލިއެވެ. އަދި މަންމައަށް ހުރިހާ ވާހަކައެއް ކިޔައިދެން ފެއްޓިއެވެ. އަހަރެން ވަޒީފާއިން ވަކިވި ސަބަބެވެ. އަހަރެން މިހުރިހާ ދުވަހު ކުރި މަސައްކަތެވެ. މީގެ ދެއަހަރު ކުރިން އަހަރެން ގެއަށް އައިސް ކަންތައް ކުރި ގޮތުގެ ވާހަކައެވެ. އަދި އަހަރެން އެގޮތަށް ކަންތައް ކުރަން ދިމާވި ސަބަބެވެ. އަދި ހުޝާމްގެ ވާހަކައެވެ. ނަމަވެސް ހުޝާމްގެ ވާހަކަ ކިޔައިދިނީ ވަރަށް ކުޑަކޮށްނެވެ. އެއީ ހުޝާމް މީހަކު ނުމަރާކަށް މަންމައަށް އަންގަން ވެގެންނެވެ. “މަންމާ ޕްލީޒް.. ޝާމް އަކީ އެކަހަލަ ކުއްޖެއް ނޫނޭ… އޭނައަކީ މަންމަގެ ދަރިއެއް.. މަންމަގެ ދަރިންނަކީ ނުލާހިކު ރަނގަޅު ކުދިންނެއްނުން” ފާރިޝް ހުރިހާ ވާހަކައެއް ކިޔައިދިނުމަށްފަހު ބުނެލިއެވެ. އެހުރިހާ އިރެއްގައި މަންމަ އިނީ ފާރިޝްއާއި ދިމަލާށް ބަލަހައްޓައިގެންނެވެ. ހުއްޓުން އަރާފައެވެ. ބުނާނެ އެއްޗެއްވެސް ނޭނގިފައިކަންނޭގެއެވެ. އަހަރެން ހުރީ މަންމައާއި ތަންކޮޅެއް ދުރުގައެވެ. ހުޝާމް އަހަރެންނާއި ކައިރިވެލަމުން އަހަރެންގެ ކޮނޑުގައި އަތްއަޅާލިއެވެ. އަހަރެން ހުޝާމްއާއި ދިމާލަށް ބަލާލީމެވެ. ހުޝާމް ހީލަމުން މަންމަ ކައިރިއަށް ދިއުމަށް ބޮލުން ބުނެލިއެވެ. އަހަރެން ފާރިޝްއާއި ދިމާލަށް ބަލާލީމެވެ. ފާރިޝްވެސް ބޯޖަހާލީ އެކަމަށް އެއްބަސް ވުމުގެ ގޮތުންނެވެ.
އަހަރެން މަންމަ ކައިރީގައި ހުއްޓެލީމެވެ. އޭރުވެސް މަންމަ އިނީ ފާރިޝްއާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓުން އަރާފައެވެ. ފާރިޝް މަޑުމަޑުން އެތަނުން ތެދުވިއެވެ. އަހަރެން ފާރިޝް ތެދުވުމުން އެ މޭޒުމަތީގައި އިށީނީމެވެ. އަދި މަންމަ އާއި ދިމާލަށް ބަލާލީމެވެ. މަންމަގެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވަމުން ދިޔައެވެ. އަހަރެން މަންމަގެ އަތުގައި ހިފާލީމެވެ. އޭރު އަހަރެންގެ ދެލޯވެސް ވަނީ ރަނގަޅަށް ކަރުނުން ފުރިފައެވެ. “އަހަރެންނަށް މާފު ކުރޭ” މަންމަގެ އަތުގައި އެއްއަތުން ހިފާލަމުން އަނެއް އަތުން މަންމަގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ފުހެލަމުން އަހަރެން ބުނީމެވެ. އެވަގުތު މަންމަ އަހަރެންގެ އަތުގައި ހިފަހައްޓާލިއެވެ. “ޝާމްއަށް މަންމަ ކައިރީގައި މިހާ ބޮޑު ވާހަކައެއް ބުނުން މުހިއްމު ކަމަކަށް ނުވީތަ” މަންމަ އަހަރެންނާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. އަހަރެންގެ ލޮލުން ކަރުނަތަށް އޮހިގަތެވެ. އުފަލުންނެވެ. މަންމަ އެހާ ރީތިކޮށް އަހަރެންނާއި ވާހަކަ ދެއްކުމުންނެވެ. އަހަރެން މަންމަގެ އަތުގައި ހިފާލީމެވެ. “ސޮރީ” އަހަރެން އަނެއްކާވެސް ބުނީމެވެ. “ދަރިފުޅަށް ގެއްލުމެއް ލިބުނުނަމަ” މަންމަ އަހަރެންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. އެވަގުތު އަހަރެން މަންމަގެ ގައިގައި ބައްދާލީމެވެ. “ދަރިފުޅަށް އެނގޭތަ މަންމަ ބިރުގަތްވަރު… ދަރިފުޅަށް ހެޔޮ ވިސްނުން ދެއްވާތޯ ކޮންމެ ދުވަހަކު ދުއާ ކުރަން…” މަންމަގެ ލޮލުންވެސް ކަރުނަތަށް އޮހިގަތެވެ. އަހަރެން މަންމައާއި ދުރަށް ޖެހިލަމުން މަންމަގެ ލޮލުން ފޭބި ކަރުނަތަށް ފުހެލަދިނީމެވެ. “މަންމާ… މަންމަ މިދަރިފުޅަށް ދިން ތަރުބިއްޔަތަކީ އެހާ ބަލިކަށި އެއްޗެއް ނޫނޭ… އަހަރެން މަންމަ މަތިން ނުލާހިކު ހަދާންވޭ… ކޮއްކޮ މަތިންވެސް…. އަހަރެންނަށް މަންމަމެންނާއި ދުރަށް ދެވުން އެއީ ހެދުނު ގޯހެއް… ދެން އެކަހަލަ ގޯހެއް ނުހަދާނަން” އަހަރެން ބުނެލީމެވެ.
އަހަރެން މަންމައާއި ވާހަކަ ދައްކަން އިނީމެވެ. މަންމަ ބައިވަރު ސުވާލު ކުރަން ބޭނުން ވެފައިވާ ކަން އަހަރެންނަށް އެނގުނެވެ. ނަމަވެސް އަހަރެންނަށް އެހުރިހާ ސުވާލެއްގެ ޖަވާބު އަދި ދެވޭކަށް ނެތެވެ. ފާރިޝްއާއި ހުޝާމްވެސް އަހަރުމެންގެ އުފަލުގައި ބައިވެރިވިއެވެ. ހުޝާމްވެސް އެކަހަލަ ކަމެއް ނުކުރާކަމަށް މަންމައަށް އަހަރެން ބުނެދިނީމެވެ. ފާރިޝް އެތަނުގައި ހުރެފައި ކޮޓަރިއަށް ދިޔައީ ކޮއްކޮގެ ހަބަރެއް ބެލުމަށެވެ. ކޮޓަރިއަށް ވަދުންތަނާ ފާރިޝް އަހަރެންނަށް ވަރަށް ބާރަށް ގޮވާލިއެވެ. އަހަރެން ސިހިފައި އެދިމާލަށް ބަލާލީމެވެ. އަދި އަވަހަށް އެދިމާލަށް ދިއުމަށް ހިގައިގަތީމެވެ. އަހަރެންގެ ފަހަތުން މަންމައާއި ހުޝާމްވެސް ހިގައިގަތެވެ.
ކޮޓަރިއަށް ވަނުމާއި އެކު އެނދުގައި ލެގިލައިގެން އިން ކޮއްކޮ އަހަރެންނަށް ފެނުނެވެ. ފާރިޝް އަހަރެންނާއި ދިމާލަށް ހިނިތުންވެލަމުން ބަލާލިއެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް ކޮއްކޮ ކައިރީގައި އެނދުގައި އަހަރެންނަށް އިށީވެވުނެވެ. އަހަރެންނަށް އިށީދެވުމާއި އެކު ކޮއްކޮ އަހަރެންގެ ގައިގައި ބައްދާލިއެވެ. “ތެންކްސް” އަދި ވަރަށް މަޑުން ބުނެލިއެވެ. އަހަރެން ކޮއްކޮގެ ބޮލުގައި ލޯތްބާއި އެކު ފިރުމާލީމެވެ. “އާ ޔޫ އޯކޭ” އަހަރެންނާއި ކޮއްކޮ ދުރަށް ޖެހިލުމުން އަހަރެން އަހާލީމެވެ. އެވަގުތު އަތުގެ ނުފުށުން ދެލޯ ފުހެލަމުން ހިނިތުންވެލަމުން ބޯޖަހާލިއެވެ. “ޑިޑް ދޭ ޑޫ އެނީތިން ޓު ޔޫ” އަހަރެން ސީރިއަސް ކަމާއި އެކު އަހާލީމެވެ. “ނޯ” ކޮއްކޮ ދެފަރާތަށް ބޯހޫރާލަމުން މަޑުމަޑުން ބުނެލިއެވެ. އަހަރެން ހިނިތުންވެލަމުން ކޮއްކޮގެ ނިއްކުރީގައި ބޮސްދިނީމެވެ. އެވަގުތު ކޮއްކޮ މަންމަ އާއި ދިމާލަށް ބަލާލިއެވެ. މަންމަ ހުރީ ތަންކޮޅެއް ދުރުގައެވެ. ކޮއްކޮ މަންމައާއި ދިމާލަށް އަތްދިއްކޮށްލިއެވެ. އަހަރެން މަންމައަށް ތަންދެއްކުމުގެ ގޮތުން އެތަނުން ތެދުވުމަށްޓަކައި އުޅުނު ވަގުތު ކޮއްކޮ އަހަރެންގެ އަތުގައި ހިފަހައްޓާލިއެވެ. ފާރިޝް އޭނަ އިންތަނުން ދެތުވެ މަންމައަށް އެތަނުގައި އިށީނުމަށް ދެއްކިއެވެ.
“ދަރިފުޅާ” މަންމަ އިށީނަމުން ކޮއްކޮގެ ބޮލުގައި ފިރުމާލިއެވެ. “މަންމަ ހީކުރި މަންމައަށް ދަރިފުޅުވެސް ގެއްލުނީކަމަށް” މަންމަ ބުނެލިއެވެ. “ނޫން… އަހަރެން… ސަލާމަތްވީ… ދޮންބެގެ ސަބަބުން” ކޮއްކޮ ވަރަށް މަސައްކަތުން ބުނެލިއެވެ. އަހަރެން ހައިރާން ކަމާއި އެކު ކޮއްކޮއާއި ދިމާލަށް ބަލާލީމެވެ. ކޮއްކޮ ހިނިތުން ވެލިއެވެ. “އަހަރެންނަށް އެނގޭ ދޮންބެކަން އަހަރެން ސަލާމަތް ކުރީ…” ކޮއްކޮ ބުނެލިއެވެ. އަހަރެން ހީލީމެވެ. “މަންމާ ދޮންބެ މިގޭގައި މަޑުކުރަން ބުނެބަލަ” ކޮއްކޮ ބުނެލިއެވެ. މަންމަ އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އަހަރެން ހިނިތުންވެލީމެވެ. “ދޮންބެއަށް އަދި ގޭގައި މަޑެއް ނުކުރެވޭނެ… އެކަމަކު ދެން ކޮންމެ ދުވަހަކު ގެއަށް އަންނާނަން… ކޮއްކޮ އޮފީހަށް ދާން ވީމަ ދޮންބެއަށް ގުޅާ… އަދި އޮފީސް ނިމުނީމަވެސް… ދޮންބެއަށް އެހެންނޫނީ ފާރިޝްއަށް… އެކަނި އައިސްގެން ނުވާނެ ދެން” އަހަރެން ބުނެލީމެވެ. “ތީގެ މާނައަކީ އަހަރެންނަށް ދޮންބެގެ ނަންބަރ ލިބޭނެއޭ ދޯ” ކޮއްކޮ ވަރަށް ބޮޑަށް ހީލަމުން ބުނެލިއެވެ. “ނޫން… އެކަމަކު ފާރިޝްއަށް ގުޅާފައި ދޮންބެއަށް ގުޅުމަށް ބުނޭ… އަދިވެސް ކޮއްކޮއަށް ދޮންބެއާއި ބެހޭގޮތުން ވީހާވެސް މަދު މައުލޫމާތެއް އެގުން އެއީ ރަނގަޅު ގޮތަކީ” އަހަރެން ބުނެލީމެވެ. ފާރިޝްވެސް ބޯޖަހާލިއެވެ. ކޮއްކޮ އޭނަގެ ތުންކޮޅު ދިގުކޮއްލިއެވެ.
އަހަރެން ކޮއްކޮއާއި ވާހަކަ ދައްކަން އިރުކޮޅަކު މަޑުކޮއްލުމަށްފަހު ފާރިޝްއާއި ހުޝާމްއާއި އެކު ގެއިން ނިކުތީމެވެ. “ދެން ދަނީ ކޮންތާކަށް” ހުޝާމް އަހަރެންނާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. “ހުޝާމްގެ ގެއަށް” އަހަރެން ބުނީމެވެ. “އަހަރެން މިދަނީ އޮފީހަށް.. ކުޑަކަމެއް ނިންމަން…. އޭގެ ފަހުން އަހަރެން ޖޮއިން ކުރާނަން ތިމީހުންނާ” ފާރިޝް އަހަރެންނާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. އަހަރެން ބޯޖަހާލީމެވެ. އެވަގުތު ފާރިޝް އޮފިހާއި ދިމާލަށް މިސްރާބު ޖެހިއެވެ. އަހަރެން ހުޝާމްއާއި ދިމާލަށް ބަލާލިމެވެ. “ސޯ ހިނގާ ތިގެއަށް ދަމާ” އަހަރެން ބުނެލީމެވެ. “ގްރޫޕް މީހުން ޝާމް ހޯދަން ނޫޅޭނެތަ” ސައިކަލަށް އަރަމުން ހުޝާމް ބުނެލިއެވެ. “އުޅެދާނެއެއްނުން” އަހަރެން ފަރުވާ ކުޑަ ރާގަކަށް އެހެން ބުނެލަމުން ހުޝާމްގެ ސައިކަލުގެ ފަހަތަށް އެރީމެވެ.
ހުޝާމް އައިސް އޭނަގެ ގޭ ކައިރިއަށް ސައިކަލް މަޑުކޮއްލުމާއި އެކު އަހަރެން ފޭއްބީމެވެ. އަދި މަގުގެ ދެފަރާތް ހޯދާ ބަލާލީމެވެ. އަހަރެން ދަންނަ މީހެއް ހުރިތޯއެވެ. “ވަންނާނަންތަ” އަހަރެން ސިހިގެން ދިޔައީ ހުޝާމްގެ އަޑަށެވެ. އަހަރެން ބަލާލީމެވެ. އޭރު ހުޝާމް ދޮރު ހުޅުވާލައިގެން ހުއްޓެވެ. އަހަރެން ހިނިތުންވެލަމުން އެތެރެއަށް ވަނީމެވެ. އޭރުވެސް އެގޭގައި ހުރިހާ ފަރުނީޗަރެއްގައި ހުރީ ހުދުފޮތި އަޅާފައެވެ. “އަދިވެސް މި އެއްޗެހި ނަގާކަށް ނުވޭތަ” އަހަރެން އެތަނުން ފޮތިގަނޑެއް ނަގަމުން ސޯފާ މަތީގައި ޖައްސާލީމެވެ. “ސާބަހޭ… އަހަރެން މިނިކުތީ ޖަލުގައި އޮވެފައޭ…. އަދި މިއުޅެނީ ގޭތެރެ ސާފު ނުކުރެވިގެން… ” އެގޭގައި ހުރި އައިސް އަލަމާރިން ފެންފޮދެއް ނަގަމުން ހުޝާމް ބުނެލިއެވެ. “އިޒް ދެއަރ އެނީތިން ޓު އީޓް” އަހަރެން ބަނޑުގައި އަތްޖައްސާލަމުން ބުނެލީމެވެ. މިއަދު އެއްކޮށް ކަހަލައިން އަހަރެން މިއުޅެނީ ރަނގަޅު އެއްޗެއް ނުގައެވެ. އެހެންކަމުން ބަނޑުހައިކަމުގެ އިހްސާސް ކުރެވެން ފެށިއެވެ. އަހަރެން އެހެން ބުނުމާއި އެކު ހުޝާމް އައިސް އަހަރެން ކައިރީގައި ހުއްޓެލިއެވެ. “އަހަރެން ދެންމެ ދޯ މިބުނީ އަހަރެން މިއަދު އޭ މިނިކުތީ ޖަލުން ޗުއްޓީ ހަދާލާފަ… ސޯ ގޭގައި އެއްވެސް އެއްޗެއް ނުހުންނާނެދޯ… ” ސޯފާގައި އިށީނަމުން ހުޝާމް ބުނެލިއެވެ. “ކަމޯން މޭން… ޔޫ މަސްޓް ހޭވް ސަމްތިން” އަހަރެންވެސް ސޯފާގައި އިށީދެލީމެވެ. ހުޝާމް ބޯހޫރާލަމުން ސޯފާގައި ހަމަޖެހިލިއެވެ. “އައި ހޭވް އެން އައިޑިއަރ… ލެޓްސް ގިވް އޯޑަރ ފޮ ޕިއްޒާ… ފާރިޝް އަންނާނެ އިރުކޮޅަކުން… އޭނައަތުން ޕޭ ކުރާނީ” އަހަރެން ހިނިތުން ވެލަމުން ބުނެލީމެވެ. ހުޝާމްވެސް އެކަމަށް އެއްބަސް ވުމުގެ ގޮތުން ހީލިއެވެ.
އަހަރުމެން ޕިއްޒާއަށް އޯޑަރި ދިނީމެވެ. ދެން އަހަރުމެން ވާހަކަ ދެއްކީ ކުރީގެ ވާހަކައެވެ. ސްކޫލް އުޅުނު އިރު ދިމާވެފައިވާ މަޖާ ކަންތައްކުގެ ވާހަކައެވެ. އަހަރެން ހުޝާމްއާއި ވާހަކަ ދެއްކާނެ ރަނގަޅު ފުރުސަތެއް ލިބުމުން އަހަރެން ހުރީ ނުލާހިކު އުފާވެފައެވެ. ދެމީހުންވެސް ސިހުނީ ބޭރުން ދޮރުގައި ޓަކި ޖެހުމުންނެވެ. ހުޝާމް ތެދުވެގެން ގޮސް ދޮރު ހުޅުވިއެވެ. އެވަގުތު ފާރިޝް އެތެރެއަށް ވަނެވެ. ފާރިޝްގެ މޫނު މަތިން ފާޅުވަމުން ދިޔައީ ހާސްކަމެވެ. މީހާ ހުރީ ދާހިއްލާ ފޯވެފައެވެ. “ފާރިޝް” ފާރިޝްއާށް ވެފައިހުރި ގޮތް ފެނިފައި އަހަރެން ގޮވާލީމެވެ. ފާރިޝް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “ވަޓް ހެޕެން” އަހަރެން އެތަނުން ތެދުވެގެން އައިސް ފާރިޝް ކައިރީގައި މަޑުކޮއްލީމެވެ. ފާރިޝް ބޯހޫރާލިއެވެ. އަދި މަޑު ހިގުމެއްގައި އައިސް ސޯފާގައި އިށީނެވެ. “ވަޓް ދަ ހެލް ހެޕެން ފާރިޝް” ފާރިޝް އެހާ މަޑުން އިންނަން ފެށުމުން އަހަރެން ބިރު ގަންނަން ފެށިއެވެ.
ނުނިމޭ…
15 Comments!
Comments are closed.
mibaives hurihaa kudin nah kamudhaane kamah heekuran.. hurihaa kudinge comment thakah maruhabaa 🙂
Wow..this part is owsm..keep it up fantasy….ur the best writer….
thnks niz 🙂
Yeyyyy..me first…hahaha
Haadhaa hiy thaluvaalaafa thi ninmaaliy. Masha Allah v furihama mibaives. Conme duvahakuves up kuraathiy v ufaavey
thnks nihad 🙂
mihaa filmy v ma kada
aslu moon.. ragalhu koh leveytho balaanan igey 🙂
wow this part is just amazin’ly awesome. hama rovijje 😉 desperately waiting for the next part! and thank God Shaam ge mom ah engunuyma huriha vaaaka eh 😀 hurrayy!!
thnks faxoo dear thihaa lobi coment eh koh leema 🙂
The way u r continueing is best..Wow..big applause frm my side..thanks?
thnks tulip dear 🙂
MUST SAY ESFIYA GA MIHAATHANAH HURI VAAHAKATHAKUGE THERIN KIYAAHIVAAGOTHA LIYEFIFA IN VAAHAKA E..N ITS SO NICE TRY I LIKE IT
thnks v bodah nas 🙂
Ohh anehkaa hiy thalhuvaalaafa e ninmee 😀 😀 😀 hehehe 😛 the story is awesome 😛 I love the way u are continuing the story 😛 fantasy I almost lost a beat at the last 4 5 lines hehehe 😉 😉