Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިއެހެނިހެންލޯބި

ކަނޑުފެން (ތޭވީސްވަނަ ބައި) KanduFen p-23

Shax Lyn
December 28, 2015
10 Mins Read
79 Views
39 Comments

[އެދުވަހު އަސްލު އަހަރެން ދިޔައީ އަލީނާއާއި ޕްރޮޕޯސްކުރަން…. ނަސީބެއްދޯ އެކަން ނުކުރެވުނުކަން… އޭރު އެއީ އަލީނާއެއް ނޫން ދޯ… ރަނާ މަ މަރާލީސް ކަންނޭނގޭ ޕްރޮޕޯސް ކުރިނަމަ….] ދެމީހުން މޭޒުދޮށުން ތެދުވެ ހިނިގަނޑެއް ޖަހާލިއެވެ. ވެއިޓަރ ގެނައި ބާކީ ފައިސާގައި ހިފަމުން މިޝްކާ ކަޔާންގެ ފަހަތުން އެ ކެފޭއިން ނުކުތުމަށް ހިނގައިގަތެވެ.

[އޯނޯ…. އަލީނާ ކައިރީ ޑިނާރގެ ވާހަކަ ނުބުނެވުނު… މިޝްކާ ހަނދާންކޮށް އަލީނާ ކައިރީ ބުނައްޗޭ… އިނގޭ… ވެނިސްޑޭ ނައިޓް…. މިތަނަށް… މިތާ އެރޭ ހާއްސަ ބުފޭއެއްވެސް އޮވޭ…. އޯކޭ…. ދެން ދަނީ އިނގޭ….] މިޝްކާއާއި ސަލާމް ކޮށްލުމަށްފަހު ކަޔާން ގެއާދިމާލަށް މިސްރާބު ޖެހިއެވެ.

އެ ދުވަހު ކަޔާންގެ މަންމަ ކަނޑުފެން ވާހަކަ ކިޔަން ނަގައިގެން އުޅުމުން ކަޔާނަށް އެފޮތް ލިބޭ ގޮތެއް ނުވިއެވެ. އެހެން ކަމުން ކަޔާންގެ ނިދި ބަރުވެފައިވާ ދެލޮލަށް އަރާމެއް ލިބޭތޯ ކޮޓަރިއަށް ވަދެ ފޯނު ޗާޖަށް ޖެހުމަށްފަހު ނިދޭތޯ މަސައްކަތް ކުރިއެވެ.

ކަޔާނަށް ހޭލެވުނީ ކޮޓަރީގެ ދޮރުގައި ކައިސަން ޓަކިޖަހާ އަޑަށެވެ. [ދޮންބޭ!… ދޮޮންބޭ!… ހޯދަން މީހަކު އައިސް އެބަހުރި…] ދެ ލޯ އުނގުޅަމުން ކަޔާން ތެދުވި އިރު ކޮޓަރިތެރެ މުޅިންހެން ވަނީ އަނދިރި ވެފައެވެ. އެނދުމަތިން ތެދުވެ ކޮޓަރީގެ ހޮޅިބުރި ދިއްލާލަމުން ކައިސަން ގާތު މި އަންނަނީ ކަމަށް ބުނެ ފާހާނާއަށް ވަދެ މޫނު ދޮވެލިއެވެ. މިގަޑީގައި ކަޔާން ހޯދަން އެއައީ ކާކުބާވައޭ ހިތަށް އެރިއެވެ. އަދި ޗާޖަރުން ކަޔާންގެ ފޯނު ވަކިކޮށްލަމުން ކޮޓަރިން ނުކުތީ ފޯނަށް މީހަކު ގުޅާފައި އިންތޯ ބަލަމުންނެވެ.

ކޮޓަރިން ނުކުތް އިރު މުޅި ގޭތެރެ އެއްވަސް ކޮށްލާފައިވަނީ މަންމަގެ މޮޅެތި ރެސިޕީތަކަށް ތައްޔާރުކޮށްފައިވާ ކެއުންތަކުންނެވެ. ހެނދުނު ސައި ބުއި ގޮތަށްހުރި ކަޔާން ބަނޑުން އަޑު ގޮވަން ފެށުމުން ބަނޑުގައި ފިރުމަމުން ސިޓިންގް ރޫމަށް ދިޔައެވެ. ސޯފާގައި އިށީނދެގެން އިން މީހަކާ މަރީޝާ ވާހަކަ ދައްކަމުން ދިޔައެވެ. ކަޔާނަށް އެހިސާބަށް ދެވުނުު އިރު އެއީ ވިޝާލް ކަން އެނގުނެވެ. ކުއްލިއަކަށް ކަޔާންގެ ހަނދާނަށް ރޭގައި މިގެއަށް ކާން އައުމަށް މަންމަ ދައުވަތު ދިން ހަނދާން ވުމުން ކަޔާންގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ.

ކަޔާން ފެނުމުން ވިޝާލް ސޯފާއިން ތެދުވިއެވެ. ވިޝާލަށް ހަނާ އަޅާލަމުން ކަޔާން އޭނާގެ ކޮޓަރިއާ ދިމާލަށް މިސްރާބު ޖެހީ ވަރަށްބޮޑު ވާހަކައެއް ދައްކަން ބޭނުންވެގެންނެވެ. ކޮޓަރިއަށް ވަނުމަށްފަހު ކަޔާންގެ އެނދުގައި ވިޝާލް ޖައްސާލިއެވެ.

[ހެއި… ކިހިނެއްވީ ތިދެމީހުން އަސްލު ބްރޭކް އަޕް ވީ…] އަހަން ނާހަން ހުރެފައި ކަޔާން ކޮށްލި ސުވާލަކުން ވިޝާލްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. [ކީކޭ… މިޝްކާ އެންޑް މީތަ؟…] ވިޝާލް ޔަގީންކޮށްލަން އަހާލިއެވެ.

ކަޔާން ހޫން ލައްވާލަމުން ލާނެއް ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިވީީތަން ވިޝާލަށް ފެނުނެވެ. ބާލީހެއް ފާރުގައި ލައްކޮށްލަމުން ވިޝާލް އެ ބާލީހުގައި ބުރަކަށިޖައްސާ ލެގިލަމުން ވާހަކަ ދައްކަން ފެއްޓިއެވެ.

[އަސްލު… އަހަރެމެެން ދެމީހުން ވަރަށް ހިޔާލު ތަފާތު…. ދެމީހުންނަށް އެކަކު އަނެކަކު ރީތިވެގެން ރައްޓެހިވީ… ބަޓް އޭތި ވާކެއް ނުކުރި… ކިހިނެއް އެހާ ތަފާތު ހިޔާލެއްގެ ދެމީހުންނަށް އެކީގައި އުޅެވޭނީ…. އަނެއްކޮޅުން މިޝްކާވެސް ވަރަށް އަންޑަސްޓޭޑިންގް… ސޯ ވީ ބްރޯކްއަޕް… ނައު ވީ އާ ފްރެންޑްސް…. އައި ނޯ ޔޫ ފީލް ސްޓްރޭންޖް…. މަގޭ ކައިރީ މިޝްކާ ބުއްޏޭ ކަޔާން ދެއްކި ވާހަކަ އަބައުޓް އަސް….]

[އޯކޭ.. އޯކޭ… ނައު އައި ބިލީވް ޔޫ…] ކަޔާން ހިނިގަނޑެއް ޖަހާލަމުން އެހެން ބުނެލީ ވިޝާލް ހިތްހަމަޖައްސައި ދޭށެވެ.

[ތެދެއްތަ؟ ޔޫ ސްޓިލް ލަވް އަލީނާ…. އެމަންޖެ އެހާވަރުން އުޅޭ ހެނެއް ހިޔެއް ނުވޭ…. ކަޔާން ދެން އެހެން ކަމަކާ އުޅެންވީނުން…] ކަޔާނާ މުޚާތަބުކޮށް ވިޝާލް ދެއްކިވާހަކައިން ކަޔާނަށް ސިހުމެއް ލިބުނެވެ. [ކީކޭ ތި ކިޔަނީ…. މަށަކަށް ނުވިސްނުނު…] ވިޝާލް އެ ދެއްކި ވާހަކައިން ކަޔާން އިންތިހާއަށް ދެރަވިއެވެ.

[ވޮލީ މެޗް ކުޅުނު ރޭވެސް އެތަނަށް އަލީނާ ގެންދިޔައީ މިޝްކާ… އެންމެ ފުރަތަމަ ދިމާކުރި ކޮފީއަށްވެސް އަލީނާ ގޮވައިގެން ދިޔައީ މިޝްކާ… އަސްލު އަލީނާ އެދަނީ ކަޔާނާ ބައްދަލުކުރާކަށް ނޫން… މިޝްކާގެ އެދުމަށް އޭނާ އެދަނީ….]

ކަޔާންގެ ސިކުނޑިއަށް އެކި ދުވަސްތަކުގެ ވާހަކަތަކާއި ކަންތައްވެފައި ހުރި ގޮތް ހަނދާންވަމުން ދިޔައެވެ. [އަހަރެން މިޝްކާ ކައިރީ ބުނިން ބުދަ ދުވަހުގެ ރޭގެ ޑިނަރއަށް އަލީނާ ގެނެސްދެއްޗޭ…] މިއަދު މިޝްކާ ފަރާތުން އެދުނު ކަންތައް ހިތަށް އެރުމުން އެވާހަކަ ވިޝާލާ ހިއްސާކުރިއެވެ.

އެދެމެދުގައި ދެކެވެމުން ދިޔަ ވާހަކަ އެހިސާބުން މެދުކެނޑުނީ ކަޔާންގެ ކޮއްކޮ ކައިސަން އައިސް ކޮޓަރީ ދޮރު ހުޅުވާލުމުންނެވެ. ދޮރު ހުޅުވާފަ އެތެރެއަށް ބޯ ދިއްކޮށްލި ކައިސަނާ ދިމާލަށް ކަޔާނާ ވިޝާލާ ދެމީހުންނަށް އެއްފަހަރާ ބަލާލިއެވެ. [މަންމަ ބުނީ ކާން އަންނާށޯ…] ކައިސަން މިހެން ބުނުމަށްފަހު ކާ ކޮޓަރިއާ ދިމާލަށް ދުއްވައިގަތެވެ. ކަޔާނާ ވިޝާލާ ދެމީހުން އެކީގައި ކާން ދިއުމަށް ހިނގައިގަތެވެ.

ސުފުރާމަތީގައި އަތުރާފައިވާ ސާމާނަށް ބަލާލަމުން ވިޝާލް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަނގަހުޅުވައިގެން ހުރި ވިޝާލާ ދިމާލަށް ބަލަންހުރެ ކަޔާން ގޮނޑީގައި އިށީނީ ހިނިތުންވަމުންނެވެ. ހަށިފުރާ ފުންނޭވާއެއް ދަމާލަމުން ވިޝާލްވެސް ގޮނޑީގައި އިށީނެވެ. މަރީޝާ އައިސްއަލަމާރިން ޖޫސް ފުޅި ނަގައިގެން ދެ ބިއްލޫރި ތައްޓަށް ޖޫސް އަޅައިދެމުން އަވަހަށް ކާންފަށާށޭ ބުނެލިއެވެ.

ކުޅުދިޔާވެފައި ހުރި ވިޝާލް ކެއުމާއިގެން އަވަސްވެގަތެވެ. ސްޕެގެޓީއާއި، ފްރައިޑް ނޫޑްލްސްއާއި އެކު ކުކުޅެއް ފިހެލާފައި އޮތެވެ. ޑެޒާރޓްއަށް ޗޮކްލެޓް މޫސް ހަދާފައި ހުއްޓެވެ. އަނގަޔަށް ފުރަތަމަ ލީ ސަމްސަލާއި އެކު ހޫންން އަޅުވާލަމުން ކަމުން ދިޔަ ވިޝާލް މޫނަށް ޖައްސަމުން ދިޔަ ވައްތަރު ފެނި މަރީޝާއަށް ހެވުނެވެ. [ސިރިއަސްލީ ދައްތަ ރެސްޓޯރަންޓެއް ހުޅުވަންވީނުން…. ހާދަ މީރޭ… މަ އިންނަ ކުއްޖާ މިގެއަށް ގެންނާނަން މިހާ މީރުކޮށް ކައްކަން ދަސްކުރަން…. ވަރަށް މީރު…. ރެސްޓޯރެންޓް ތަކުން ވަރަށް ކެވިއްޖެ… އެކަމަކު މިހާ މީރު ކެއުމެއް އަދި ނުކަން….] ވިޝާލްގެ ތައުރީފް ބަސްތައް އަޑުއަހަން ހުރި މަރީޝާ ހުރީ ވަރަށް އުފަލުންނެވެ.

ކަޔާން ކައި ނިމުނު އިރުވެސް ވިޝާލް މޭޒުދޮށުން ތެދުވަން ހިތަކަށް ނޭރިއެވެ. ސުޕާރީއެއް ކަނޑާލައިގެން އަނގަޔަށް ދެތިން ފުއް ލައިގެން އައިސް ކަޔާން ސިޓިންގެ ރޫމުގަ މަޑުކޮށްގެން އިނީ ވިޝާލް ކައި އަވަދިވަންދެނެވެ. ވިޝާލް އައިސް ކަޔާން ގާތުގައި އިށީނދެ ޓީވީން ކަޔާން ބަލަންހުރި ޕްރޮގްރާމަށް ބަލާލަމުން ސޯފާގައި ހަމަޖެހިލިއެވެ. [ސީރިއަސްލީ އަހަރެން ވަރަށްފުލް… ދެން ދަނީ ގެއަށް މިހާރު ނިދި އަންނަން ފަށައިފި….] ވިޝާލް މިހެން ބުނެ ސޯފާއިން ތެދުވެ ގެއިން ދިޔުމަށް ހިނގައިގަތެވެ. [ދައްތާ ވަރަށް މީރު ކެއުން… އަދި މިހެން އުޅެފަ އަންނާނަން… ގުޑް ނައިޓް….] ގޭ ދޮރުން ބޭރަށް ނުކުމެ ފައިވާނަށް އަރަމުން އެންމެންނަށް ސަލާމް ކޮށްލަމުން ވިޝާލް ނުކުމެގެން ދިޔައީއެވެ.

ޓީވީން ދައްކަމުން ދިޔަ ޕްރޮގްރާމަށް ގެއްލިފައި އިން ކަޔާން ސޯފާއިން ތެދުވީ ކަޔާންގެ ބައްޕަ ގެއަށް އައުމުންނެވެ. ބައްޕަ ބަލަން ބޭނުންވާނެ ޗެނަލަށް ޓިއުން ކޮށްލުމަށްފަހު ކަޔާން އަވަސްވެގަތީ އޭނާގެ ކޮޓަރިއާ ދިމާލަށެވެ. އޭރު ކައިސަން ކައިގެން ނިދަންދަމުން މިއަދު ކައިސަން ކުރެހި ކާޓޫން ކެރެކްޓާރެއްގެ ކުރެހުން އޭނާގެ ދޮންބެއަށް ދައްކާލިއެވެ. ކައިސަންގެ ކުރެހުމަށް ބަލަން ހުރުމަށްފަހު މި ހުކުރުދުވަހު ދޮންބެއާއި ދެމީހުން ކުރަހަން ޕްލޭން ކުރުމަށްފަހު ކައިސަން ކޮޓަރިއަށް ފޮނުވާލަމުން ކަޔާންގެ ކޮޓަރިއަށް ދިޔުމަށް އަވަސްވެގަތެވެ. އެނދުގައި ޖައްސާލުމަށްފަހު ދެލޯ މަރާލިއެވެ. އޭރު ކަޔާންގެ ސިކުނޑީގައި އެނބުރެމުން ދިޔައީ މިއަދު ވިޝާލް ދެއްކި ވާހަކައެވެ. އަލީނާގެ ހަނދާންތަކާ މެދު ވިސްނަން އެހެން އޮއްވާ ކަޔާނަށް އެރޭ ނިދިއްޖެއެވެ.

ހޯމަދުވަހު އޮފީހަށް ދިޔުމުން އޮފީސް ފަރާތުން ވޮލީ ޓީމަށް ވަރަށް ހޫނު މަރުހަބާއެއް ކިޔެެވެ. އެދުވަސް ނިމިގެން ދޔައީ ކަޔާނަށް ވަރަށް ބިޒީ ދުވަހެއްގެ ގޮތުގައެވެ. ރޭގަނޑު ކަޔާންމެންގެ ވޮލީ ޓިމަށް އޮފީހުން ދިން ހާއްސަ ކެއުމަކަށް އެރޭ ކަޔާނަށް ދާން ޖެހުނެވެ.

އަންގާރަ ދުވަހު ކަޔާން އޮފީހަށް އައީ ވަރަށް އަވަހަށެވެ. މިއަދު އޮފީހުގެ ހުރިހާ މަސައްކަތެއް އަވަހަށް ނިންމާލުމަށްފަހު ކަޔާން ބޭނުންވީ އަވަހަށް ގެއަށް ދާށެވެ. އޮފީސް ނިމިގެން ގެއަށް ދިޔުމުގެ ކުރިން ކަޔާން އަވަސްވެގަތީ އެއްކަލަ ކެފޭ ދޮށަށް ދިޔުމަށެވެ. ބުދަ ދުވަހުގެ ރެއަށް ހަތަރު މީހުންނަށް އެރޭގެ ހާއްސަ ބުފޭއަށް ޓިކެޓް ނެގިއެވެ. އަދި އެ ޓިކެޓް ތަކާއި އެކީ ގެއަށް އައީ ވަރަށް ހަމަޖެހިލައިގެން ހުރެއެވެ.

ކަޔާން ގެއަށް ވަދެ މޭޒު ދޮށުގައި އިށީނދެ ކާން އިންއިރު އެ ބުފޭ އޮންނަ ރޭގައި އަލީނާއަށް ޕްރޮޕޯސް ކުރާނެ ސަޅި ގޮތަކާއި ދޭތެރޭ ވިސްނަމުން ދިޔައެވެ. ކައި ނިމިގެން އަތް ދޮވެ އައިސްއަލަމާރިން ފެންފުޅިއެއް ނަގައިގެން ކަޔާން ކޮޓަރިއަށް ދިޔުމަށް އަވަސްވެގަތެވެ. އެ ދަނޑިވަޅުގައި ކަޔާނަށް މަރީޝާ ގޮވާލިއެވެ. އެ އަޑަށް ކަޔާން ފަސްއެނބުރި ބަލާލިއިރު ކަނޑުފެން ވާހަކަ ފޮތް މަންމަ ދިއްކޮށްގެން ހުރިތަން ފެނުނެވެ.

ވާހަކައިގެ ނުނިމި އޮތްބައި ނުކިއި އޮތްކަން ކަޔާނަށް ހަނދާންވީ ދެނެވެ. [މަންމަ މިވާހަކަ އެއްކޮށް ކިޔައި ނިއްމާލީތަ؟..] ކަޔާންގެ މަންމައާއި ސުވާލުކުރުމުން މަރީޝާ ބޯ ޖަހާލަމުން ކާ މޭޒޫމަތީ ހުރީ ތަށިތައް ނަގަން ހިނގައިގަތެވެ. [އާން… ދެރޭ މަތިން ކިޔައި ނިއްމާލައިފިން… ތީ ވަރަށް ރީތި ވާހަކައެއް….] ކަޔާންގެ މަންމަގެ ދުލުން ނުކުތް ތަޢުރީފްގެ ބަސްތައް އަޑު އިވުމުން ކަޔާން ވަރަށް އުފާވިއެވެ.

ކޮޓަރިއަށް ވަދެ ގަމީސް ބޭލުމަށްފަހު ކަޔާން އެނދުގައި ޖައްސާލީ ކަޔާން ކިޔާފައިވާ ހިސާބު ހޯދައިގެން ކިޔާލާށެވެ.

*** *** *** *** *** ***

ނޫނެކޭ ބުނަމުން ޒީކް ދެއަތަށް ބޯހޫރާލިއެވެ. އަދި މިރޭ އެމީހުންނާ އެކީ ހިނގާލަން ނުދޭވޭނެ ވާހަކަ ބުނަމުން ޒީކް ގެއަށް ދާން ހިނގައިގަތެވެ. ޒީކް ހިފަހައްޓަން ތޫބާ މަސައްކަތެއް ނުކުރެއެވެ. ނަމަވެސް ޒީކް ގެއަށްތޯ ދަނީ ބެލުމަށް ތޫބާ ސުވާލުކޮށްލިއެވެ. ޖަވާބުގައި ޒީކް ބޯޖަހާލަމުން ފަސްއެނބުރި ދިޔައީއެވެ. ބިލަށް ފައިސާ ދެއްކުމަށްފަހު ރެސްޓޯރެންޓުން ބޭރަށް ނުކުތް މަޒީންގެ މޫނުމަތިން ކުރިން ފާޅުވަމުން ދިޔަ ހިނިތުންވުން މިލާ މޯޅިވީ ތޫބާ އެކަނި ބޭރުގައި ހުރިތަން ފެނުމުންނެވެ.

ޒީކް ބޮލުގައި ރިއްސާތީ ގެއަށް ދިިޔައީ ކަމަށް ތޫބާ ބުނުމުން މަޒީންވެސް ހިނގައިގަތީ އެކަނިމާ އެކަންޏެވެ. ވިޝާލާއި ތޫބާ އަތުގުޅާލައިގެން އަތިރިމައްޗާ ދިމާލަށް ހިނގައިގަތެވެ.

ޝިފާން ގެއަށް އައިސް ވަދެވުމާއި އެކީ ބޭނުންވީ ބޯ ދޮވެގެން ފެންވަރާލާށެވެ. ކޮޓަރީގެ ދޮރު ހުޅުވާލިއިރު ފެންނަމުން ދިޔައީ ކަނު އަނދިރިކަމެވެ. ކޮޓަރި ތެރެއިން މީހަކު ލޮލަށް އިގިލި ކޮށްޕާލިއަސް ނޭނގޭނެއެވެ. އެހެންކަމުން ކޮޓަރިއަށް ވަންނަަ ދޮރު ކައިރީގައި ހުރި ސްވިޗަށް ފިތާލަމުން ކޮޓަރީގެ ބޮކި ޝިފާން ދިއްލާލިއެވެ. ނިދާ ބޮކީގެ މަޑު އޮރެންޖް އަލިން ކޮޓަރިތެރެއަށް ފަނޑު އަލިކަމެއް ވިއެވެ. އެނދުގައި އޮށޯވެގެން ފުން ނިންޖަކުން ލުޔޫނާ ނިދާފައި އޮތްތަން ޝިފާނަށް ފެނުނެވެ. ލުޔޫނާ ގާތުން އޮޅުން ފިލުވަން ބޭނުންވާ އެތައް ސުވާލެއް އެބަހުއްޓެވެ. ނަމަވެސް އޭނާ ނިދާފައި އޮތުމުން އުނދަގޫ ކުރަން ޝިފާން ބޭނުން ނުވީއެވެ.

ފާހާނާއަށް ވަދެ ބޯ ދޮވެ ފެންވަރައިގެން ޝިފާން ނުކުމެ ނިދަންލާ ސޯޓުބުރި ލިއެވެ. ފިނިވާތީވެ އޭސީ ނިއްވާލުމަށްފަހު ކޮޓަރީގެ ކުޑަ ދޮރުކައިރީގައި މަޑުކޮށްލައިގެން ހުރިއިރު ޝިފާންގެ ހަނދާނަށް އަންނަން ފެށީ އެ ދުވަހުގެ ކަންތައްތަކެވެ. ރަނާގެ ހަށިގަނޑަށް އެމީހުން ހެދި ގޮތެވެ.

*** *** *** *** *** ***

ރަށުތެރޭގައި މީހުން ހަމަހިމޭން ވުމުން ޝިފާނަށް ގުޅައިގެން ޝައިބާން ކުރި ޕްލޭން ކިޔައިދިނެވެ. އެ ކޯލެއްގެ އިންތިޒާރުގައި ޝިފާން ހުންނަތާ ކޮން އިރެއްހެއްޔެވެ. ގެމެންދޫގެ އެ ފަޅުގެއިން ކުދިކުދިވެފައިވާ ފާރުގެ ދަށުގައި ރަނާ އޮތްކަން އެނގިހުރެ ކުޑަހުވަދޫއަށް އައިތާ ފަސް ގަޑިއިރު ވީއިރުވެސް ޝިފާނަށް ހަމަޖެހެވޭ ގޮތެއް ނުވިއެވެ. ގޭތެރޭގައި ހުރިއިރުވެސް ހާސްވެގެން ސޯބެއްހެން އެނބުރެމުން އިރުއިރުކޮޅުން ޝައިބާން ގުޅާތޯ ފޯނަށް ބެލެމުން ދެވުނެވެ.

ޝައިބާންގެ ޕްލޭން ހާމަކުރުމުން އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ޝިފާން ނިންމިއެވެ. ޝައިބާން ބުނި ބުނުމަށް ޝިފާން ގެއިން ނުކުމެގެން ދިޔައީ އެގޭ މީހުން ކައިރީ ޝައިބާންއާ ދެމީހުން ބޭރަށް ދަނީކަމަށް ބުނަމުންނެވެ. ފަހަރުގައި ގެއަށް އަންނަލެއް ލަސްވާނޭ ވެސް ބުނުމަށް ފަހުގައެވެ.

ޝިފާންމެން ގޭ އެންމެންވެސް ޝިފާނަށް ހަމްދަރުދީ ވެއެވެ. ރަނާއަކީ ޝިފާންގެ ލޯބިވެރިޔާކަން އެނގުމުން އެންމެވެސް ޝިފާނަށް ހިތްވަރުދެމުން ދިޔައެވެ. ލޯބިވާ މީހަކު ގެއްލުމުން ޝިފާނަށް އައިސްފައިވާ ބަދަލުތައް އެމީހުން ބަލައިގަތެވެ. މިކަހަލަ ދަނޑިވަޅެއްގައި ބޭނުންވާނީ އެންމެ ގާތްއެކުވަރިޔާގެ އަޅާލުމާއި އެއްބާރުލުންކަން އެމީހުންނަށް ވިސްނުނެވެ.

ޝައިބާނާ އެކީ ބަނދަރު ކައިރިޔަށް ދިޔައިރު އެގަޑީ އެހިސާބުގައި މީހުން ވަރަށް މަދެވެ. މީހަކަށް ފެނިދާނެތީ ހާސްވާން ނުޖެހޭނެ ކަހަލަ ދަނޑިވަޅަކަށް ބަލާފައި މިގަޑީގައި ދާން ޝައިބާން ނިންމީ ކީއްވެގެންކަން ޝިފާނަށް ނަގައިގަނެވުނެވެ. ޝައިބާން ހޯދާފައިވާ ދޯންޏަށް ޝިފާން އެރީ ތެޅިތެޅިއޮތް ހިތަކާއި އެކީގައެވެ. ދެމީހުން ދޯންޏަށް އަރާ ހަމަޖެހިލަމުން ދޯނި ދުއްވާލީ ހުންގާނު ދޫނިގައި ޝައިބާން ހިފައިގެން ހުރެއެވެ. މަޑު ދުވެއްޔެއްގައި ކުޑަހުވަދޫ ނެރުން ބޭރަށް ނުކުތުމަށްފަހު ދޯނި ސްޕީޑުގައި ދުއްވާލީ ގެމެންދޫ ފަޅުރަށް ފައްޗާ ދިމާލަށެވެ.

ރެއަކީ އުޑުމަތި ބަނަ ރެއެކެވެ. ވައިގަދަކަމުން ކަނޑުވެސް ފުދޭވަރަކަށް ގަދައެވެ. މޫސުން މިހެން އޮއްވާވެސް އެމީހުންގެ މި ދަތުރު ފަސްކުރާކަށް ބޭނުމެއް ނުވިއެވެ. މިރޭން މިރެއަށް އެމީހުން ގޮތެއް ނިންމަން ޖެހޭތީއެވެ. ރާޅާތަޅަމުން ދިޔައިރު ދެމީހުންގެ ހިތުގައިވެސް ބިރުވެރިކަމެއް ވިއެވެ. ދެމީހުންވެސް ތިބީ އެކަކު އަނެކަކަށް ފަސްޖެހިފައި ހުރިކަން ދައްކަން ބޭނުން ނުވެފައެވެ. ފަޅުރަށްތަކުގެ ތެރެއިން އެތެރެވީ އިރު އެ ސަރަހައްދު އަނދިރިކަމުން ދޯނީގައި އޮތް ބޮޑު ޓޯޗު ބައްތި ނަގާ ދިރުނބާކޮޅަށް ގޮސް ޝިފާން ދިއްލާލިއެވެ. މަޑު ދުވެލީގައި ދޯނި ދުއްވަމުން ދިޔައީ ގެމެންދޫ ފަޅުރަށް ފަތި ތެރެއަށް ވަންނަ ހިސާބަކީ ވަރަށް ތިލަ ތަނަކަށް ވެފައި އެސަރަހައްދުގައި ބޮޑެތި މުރަކަތައް ހުންނާތީއެވެ.

ރަށަށް އެރުމަށްފަހު ޝިފާނާ ދެމީހުން މިސްރާބުޖެހީ އެ ފަޅުގެއާ ދިމާލަށެވެ. ވިދާލާ ވިދުވަރުގެ އަލިން މުޅިރަށް ފެންނާނެހެން އަލިިވެގެން ދެއެވެ. އޭގެ ވަގުތު ކޮޅަކަށްފަހު އިވުނު ބާރު ގުގުރީގެ އަޑާއިއެކީ ދެމީހުންނަށް މަތި ބަލާލެވުނެވެ. ވިއްސާރަ ވިލާތަކުން އުޑުމަތި ވަނީ ރަތްކޮށްލާފައެވެ. ފަސްޖެހިފައި ހުރެ ނަމަވެސް ޝައިބާން ކުރިއަށް ހިނގައިގަންނަމުން ޝިފާންގެ އަތަށް ޓޯޗު ބައްތިއެއް ދިއްކޮށްލިއެވެ. އޭރު ޝައިބާންގެ އަތުގައި އޮތް ބައްތި ދިއްލާލަމުން ކުރިއަށް އަލިކޮށްލިއެވެ.

ރޭގަނޑުގެ ވަގުތެއް ކަމުން ރަށުތެރެ ވަރަށް ނާމާނެވެ. އަޑެއް ބަޑެއް ނީވެއެވެ. އިވެމުން ދިޔައީ ރޫސްލާފާ ޖެހޭ ވައިރޯޅީގެ އަޑާއި މޫދުގެ ލޮނުގަނޑު ގޮނޑުދޮށަށް ބީއްސުމުން ގޮވާ އަޑެވެ. އަތުން ޓޯޗު ބައްތި ހިފައިގެން ދެމީހުން އެއްގަމަށް އަރައިގެން ދިޔައިރު ދެމީހުންވެސް އެކަކު އަނެކަކާ ވާހަކައެއް ނުދައްކައެވެ. ފަޅުގެއާ ހަމަޔަށް ދެވުމުން ޝައިބާން ޓޯޗް ބިންމަތީ ބޭއްވުމަށްފަހު ގާބުރިތައް ދުރުކުރަން ފެށިއެވެ. ގާފުނި މަތިން ގާތައް ނަގަމުން ދިޔަ ވަރަކަށް ގާފުނީގެ އަޑީގައި އޮތް ރަނާގެ ހަށިގަނޑު ހާމަވެ ފެންނަމުން ދިޔައެވެ. ރަނާގެ ހަށިގަނޑުގެ އެތަން މިތަން ރަތްވެ ނޫފައިގަންފައި ހުރި އިރު މުޅި ހަށިގަނޑުގައި ވަނީ ކިސަޑާއި ވެއްޔެވެ. ނަމަވެސް އޭނާ އޮތީ ރޯ އޮރިޔާމުން ކަން އެނގެއެވެ. ރަނާގެ ހަށިގަނޑު ދަށުން ކިސަޑު މުށިފާޑު ކުލަޔަކަށް އޮތް ފޮތިގަނޑެއް ފެނުނެވެ. އެއީ އެމީހުން ގެންގުޅުނު ހުދު ކުލައިގެ ބެޑްޝީޓް ގަނޑު ކަން އެމީހުންނަށް އެނގުނެވެ.

ގާތައް އެއްކައިރި ކޮށްލުމަށްފަހު ރަނާ ގައި ދަށުގައިވާ ފޮތިގަނޑުގެ ދެކަނުގައި ޝައިބާން ހިފާލަމުން ޝިފާނަށް ބަލާލިއިރު ހަދާނެ ގޮތެއް ނޭނގިފައި ޝިފާން ހުރީ ރަނާގެ ހަށިގަނޑާ ދިމާލަށް ކަޅި ހުއްޓައިގެންނެވެ.

[ބެޑްޝީޓާ އެކީ އޭނަ ނަގާބަލަ… އޭރުން ފަސޭހަވާނީ އޭނަ ދޯންޏާ ހަމަޔަށް ގެންދަން….] ކަންތައް ކުރަންވީ ގޮތް ޝައިބާން ކިޔައި ދިނުމުން ޝިފާން އެގޮޮތަށް ކަންތައްކުރީ ޖެހިލުންވެ ހުރެއެވެ. އެ ބެޑްޝީޓް ގަނޑާ އެކީ ރަނާގެ ހަށިގަނޑު ނަގާ ދުރުގައި ބޭއްވިއެވެ. އެއަށްފަހު ޝިފާންމެން އަވަސްވެގަތީ އެ ގާފުނި ކުރިންހުރި ގޮތަށް މަތި މައްޗަށް ގާތަށް ބަހައްޓާ ގާފުންޏެއްހެން ހަދާލުމަށެވެ. އެތަނަށް އައިސްފައިހުރި ބަދަލު މީހަކަށް ނުފެންނާނެހެން އެމީހުން އެ ގާފުނި ކުރިން ހުރިގޮތަށް ފުނި ޖަހާލިއެވެ. ރަނާގެ ގައިދަށުގައިވާ ބެޑްޝީޓްގަނޑު ރަނާ ގައިވަށާ އޮޅާލުމަށް ޝައިބާން ޚިޔާލު ދިނެވެ. ދެން އެ ދެމީހުން ރަނާގެ ހަށިގަނޑުގެ ދެކޮޅުގައި ހިފައިގެން ރަށުން ފޭބުމަށް ހިނގައިގަތެވެ. ޝައިބާން މިކަހަލަ ކަންކަމަށް ހާދަ ކުޅަދާނައޭ އެވަގުތު ޝިފާންގެ ހިތަށް އެރިއެވެ. ދޯނި އަޅާފައިވާ ދިމާލުން އަތިރިމައްޗާ ހަމަޔަށް ދެވުނުއިރު އެ ދެމީހުން ތިބީ ވަރުބަލިވެގެން ހަންކެނޑިފައެވެ. އަތިރީ މަތީ ކަކޫ ޖަހައިގެން ތިބިއިރު ދެމީހުން މާނޭވާލަމުން ދިޔައެވެ.

ޖެހެމުން ދިޔަ ވައިރޯޅީގައި ހުރި ތެތްފިނިކަމުން އެދެމީހުންގެ ގައިން ހީބިހި ނަގަމުން ދިޔައެވެ. ޝައިބާން ޖީބުން ސިނގިރޭޓް ފޮށިނަގާ ސިނގިރޭޓެއް ރޯ ކޮށްލިއެވެ. ދެ ތިން ބުރުން ފުލުފުލުން ސިނގިރޭޓު އަވަހަށް ދަމާލުމަށްފަހު ސިނގިރޭޓު ބުރި މޫދާ ދިމާލަށް އެއްލާލިއެވެ. އެއަށްފަހު ރަނާގެ ހަށިގަނޑު ދޯންޏަށް އަރުވަން މަސައްކަތް ކުރިއެވެ.

ދޯންޏަށް އަރާ ހަމަޖެހިލުމަށްފަހު ޝައިބާން ގެނައި އަތްދަބަސް ތެރެއިން މައިލޯ ދަޅެއް ނެގުމަށްފަހު ޝިފާނާ ދިމާލަށް އެއްލިއެވެ. ކަރު ހިއްކާފަ ހުރިވަރުން ޝިފާން އެ ދަޅު ކަނޑާލިގޮތަށް އެއްފަހަރުން ތުންޖަހާ ބޯލާ ހުސްކޮށްލިއެވެ. ދެމީހުން ބޭނުންވީ އަވަހަށް އެރަށުން ދުރަށް ދާށެވެ. ދޯނި ދުއްވާލުމަށްފަހު މަޑު ދުވެލީގައި ވަށައިގެންވާ ފަޅުރަށްތަކުން ބޭރަށް ނުކުުތެވެ. ދޯނީގެ ދުވެލި ބާރުކޮށްލީ ފަޅުރަށްތަކުން ބޭރުވުމުންނެވެ. ޝިފާނަށް އިރުއިރުކޮޅާ ބެޑްޝީޓާ އެކު އޮޅާލަފައިވާ ރަނާއާއި ދިމާލަށް ބެލެމުން ދިޔައެވެ. ބުނެދޭން ނޭނގޭ ކަހަލަ ބިރުވެރިކަމެއް ހިތުގައި އުފެދެމުން ދިޔައެވެ. ކަންތައް ވީގޮތުން އެކަކު އަނެކަކު ކުއްވެރިނުކޮށް ތިބެން މަޖުބޫރުވިއެވެ. މިކަމަކީ ދެމީހުން އެކުވެގެން ކުރި ކަމަކަށް ވާތީއެވެ. ރަނާގެ އިއްފަތްތެރިކަމަށް އަރައިގަތީ ޝިފާންވެސް އެކަމަށް ފެން ބޮވައިގެންފާ ވާލެއް ބޮޑުކަމުންނެވެ.

ދޯނި ދުއްވާތާ ތިރީސް މިނެޓް ވީއިރު އެމީހުންނަށް މާ ކަނޑަށް ނުކުމެވިއްޖެއެވެ. ދޯނީގެ ދުވެލި މަޑުކޮށްލުމަށްފަހު ރަނާގެ ހަށިގަނޑު ކައިރިއަށް އައިސް ޝައިބާން ހުއްޓުނެވެ. ކަނޑުގެ ގަދަ ރާޅާއި އެކީ ދޯނި ތަޅުވަމުން ދިޔައެވެ. އިންޖީނު ކޮށިމަތީގައި އަޅާފައިވާ ސަތަރިގަނޑު ނަގާލިއިރު އެ ސަތަރިގަނޑުގެ ދަށުގައި ބޮޑު ވާ ބޮނޑިއެއް އޮތެވެ. ދޯނީގެ ދިރުނބާ ކޮޅުގައި އޮތް ނަގިލި ގެނައުމަށް ޝައިބާން އެދުމުން ޝިފާން އެ ނަގިލި ގެނައެވެ.

[ކަލޯގެއާ މިގޮލާ ހާދަ ބަރޭ….] ޝިފާނަށް އެނަގިލި އިންޗިއެއްހާ މައްޗަށް އުފުލެނީ ކިރިޔާއެވެ. ނަގިލީގެ ބޮލުގައި ވާގަނޑުގެ އެއްކޮޅު ލައްވާ އައްސާލުމަށްފަހު ރަނާގެ ދެފައިގައި އެވަލުން އެމީހުން އައްސާލިއެވެ. ބެޑް ޝީޓް ގަނޑު އޭރުވެސް ވަނީ ރަނާގެ ހަށިގަނޑު ވަށާ އޮޅާފައެވެ. ރަނގަޅަށް ނުނެއްޓޭނެހެން ވައުގަނޑު އައްސާ ބާރުކޮށްލުމަށްފަހު، ފަހުގެ ސަލާމް ކޮށްލަން ޝައިބާން އެ ބެޑްޝީޓްގަނޑު ހާވާލިއެވެ. އަދި ރަނާގެ ކުރަކިވެފައިވާ ތުންފަތުގައި ބޮސްދިނުމަށްފަހު ޝިފާން ގާތުގައި ބުނެލިއެވެ. [ކަމްއޯން ސޭ ގުޑްބާއި… ދެން ރަނާ ފެނިދާނެތީ އުޅޭކަށް ނުޖެހޭނެ… އިޓްސް ގޮއިންގް ޓުބީ އޯވާ ސޫން…]

ރަނާގެ މޫނަށް ބަލާލަމުން ރަނާގެ ބޮލުގައި ޝިފާނަށް ފިރުމާލެވުނެވެ. އަދި އެންމެ ފަހު ފަހަރަށް ރަނާގެ މޫނަށް ބަލާލުމަށްފަހު ރަނާގެ ކޮނޑުގައި ޝިފާން ހިފިއެވެ. ޝައިބާން ހިފީ ރަނާގެ ފައި ކޮޅުގައެވެ. ކަނޑު ފައްތަން ރަނާގެ ހަށިގަނޑު އުފުލާލި ވަގުތުގައި ޝިފާންގެ އަތުގައި މީހަކު ހިފިހެން ހީވިއެވެ. ގަނެފައިހުރި ބިރުން ހަޅޭއްލަވަމުން ރަނާގެ ހަށިގަނޑުން ޝިފާން އަތްދޫކޮށްލިއެވެ. އެއްކޮޅުން ދޫވުމުން ރަނާގެ ފައިގައި ޝާއިބާނަކަށް ނުހިފޭއްޓުނެވެ. ބޯކޮޅުވަތަށް މޫދުގެ ތެރެެއަށް ރަނާ ޖެހުނެވެ. ޝިފާނަށް ވީގޮތް ފެނުމުން ޝައިބާން ހައިރާން ވިއެވެ. މޫދަށް ވެއްޓުނު ރަނާއަށް ބަލަން ހުރެ ޝައިބާން ސުވާލުކޮށްލީ ވާނުވާ ނޭނގޭ ހާލުގައެވެ. [ކިހިނެއްވީ…؟]

[އޭނަ މަރެއްނުވޭ…. އޭނަ މަރެއްނުވޭ…. ޝައިބާން… އޭނަ ދެންމެ މަގޭ އަތުގަ ހިފީ….] ބިރުން ހުރެ ޝިފާން ރޯމަހެއްހެން ތެޅެމުން ދިޔައެވެ. ޝައިބާން ލަހެއް ފަހެއް ނުކޮށް ވަލުގެ އަނެއްކޮޅު އައްސާފައިވާ ނަގިލި ކަނޑަށް ދޫކޮށްލިއެވެ. އަދި ޝިފާން ހަމަޔަކަށް އަޅުވަން މަސައްކަތް ކުރިއެވެ. [ތީ ޝިފާނަށް ހީވި ގޮތް…. ރަނާ ކިހިނެއް އެވަރުން ސަވައިވް ވާނީ.. މާބޮޑަށް ޝިފާން ބިރުގަތީދޯ…. ބީ ކޫލް..] ޝިފާނަށް ޝައިބާން ވިސްނައިދިނެވެ. އެވަގުތު ތުނިތުނިކޮށް ވާރޭ ވެހެން ފެށިއެވެ. ވެހެމުން ދިޔަ ވާރޭގައި އެދެމީހުން ކުޑަހުވަދޫއަށް ދިޔުމަށް މިސްރާބު ޖެހިއެވެ.

*** *** *** *** *** ***

ކުޑަދޮރުކައިރީގައި ހުރި ޝިފާން ސިއްސައިގެން ދިޔައީ އޭނާގެ އަތުގައި ފިނި އަތްތިލައަކުން ހިފާލުމުންނެވެ. ސިއްސައިގެން ގޮޮސް ޝިފާން އެއަތަށް ބަލާލަމުން ކައިރީހުރި އެ އަތުގެ ވެރިޔާއަށް ބަލާލެވުނީ ޖެހިލުންވެހުރެއެވެ. ބިރުން ވިރިވިރި ހުރި ޝިފާންގެ ކުރިމަތީގައި މިހުރީ ލުޔޫނާއެވެ. [ކޮން އިރަކު ގެއަށް އައީ؟… ހިނގާ ކާން ދާން….] ލުޔޫނާ ސުވާލުކޮށްލިއެވެ.

[އާން ހިނގާ ކާން….] އިތުރު ބަހަނާއެއް ނުދައްކާ ލުޔޫނާއާއި އެކީ ޝިފާން ތިރިއަށް ފޭބީ ކާގެއާ ދިމާލަށެވެ. ކާ މޭޒު ދޮށުގައި އިށީނދެ އިން އިރުވެސް ޝިފާންގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އެ ދުވަހުގެ ހަނދާންތަކެވެ. ރަނާ އެދުވަހު އޭނާގެ އަތުގައިި ހިފި ހިފުމަކީ ވީ ކުށްހީއެއް ބާވައެވެ. މިއަދު ރަނާ އެއުޅެނީ ޝިފާންގެ ކިބައިން ބަދަލުހިފަން އައިސް ހެއްޔެވެ. މީގެ ފަސް އަހަރު ކުރިން ޝައިބާން މޮޔަވި އިރުވެސް މުޅިންހެން ގޮވަމުން ދިޔައީ ރަނާގެ ނަމުންނެވެ. އެ ދުވަހު ޝައިބާން ދެއްކިވާހަކައަށް ބީރުކަންފަތެއް ދިނީ އެކަން ގަބޫލު ނުކުރެވޭތީއެވެ. ނަމަވެސް މިހާރު އެ ވާހަކަތަކާއި މެދު ޝިފާނަށް ވިސްނަން މަޖުބޫރު ވެއްޖެއެވެ. މިރޭ ޝިފާނަށް ތޮށިގަނޑުމަތިން އެ ފެނުނީ ރަނާ ނޫން ދެވަނަ މީހެއް ނޫނެވެ.

ކާ މޭޒުމައްޗަށް ކާން ހެދުމަށްފަހު ލުޔޫނާވެސް ޝިފާނާއި އެކީ އެއް ސުފުރާ މަތިން ކާން އިށީނެވެ. ތައްޓަށް ބަތްއަޅާ ކުޅިމަސް އަޅައިގެން އަތުން މޮޑެގެން ކާން އިނދެ ގުދަނާއި ބެހޭ ގޮތުން ލުޔޫނާ ސުވާލުކޮށްލިއެވެ. ފުން ޚިޔާލެއްގެ ތެރެއަށް ގެއްލިފައި އިން ޝިފާނަށް ކުރިމަތީ އިނދެ އޭނާގެ އަންހެނުން ދައްކަމުން ދިޔަ ވާހަކަތައް އަޑެއް ނީވެއެވެ. ޝިފާންގެ އަތުގައި ލުޔޫނާ ހިފާ ތަޅުވާލަމުން ޝިފާނަށް ގޮވާލީ ޝިފާން ގަބުއަރާފައި އެއް ތަނަކަށް ގެއްލިފައި އިންކަން ފާހަގަ ވުމުންނެވެ.

ސިއްސައިގެން ދިޔަ ޝިފާން ތެޅިގަންނަމުން ގޮނޑިން ތެދުވެ ލުޔޫނާގެ އަތުގައި ލައްކެއް ޖަހައި ބާރުކޮށްލިއެވެ. ލުޔޫނާގެ އަތުގައި ހިފާފަހުރިލެއް ބާރުކަމުން ލުޔޫނާގެ އަތަށް ތަދުވެ ރޮވޭ ގޮތްވިއެވެ. [ރަނާ ކޮބާ؟… އޭނާ މަރެއްނުވޭ… މަށަށް އެނގޭ އޭނަ މަރެއްނުވޭ…] ޝިފާންގެ ދުލުން ނުކުންނަމުން ދިޔަ ބަސްތައް އަޑުއަހަންހުރި ލުޔޫނާ ހުސްކޮށްއޮތް އޭނާގެ އަތުން ޝިފާންގެ މޫނުމަތީގައި ޖެހިއެވެ. ޝިފާނަށް ހަމަބިމަށް ފޭބުމުން އޭނާއަށް ކަންތައް ކުރެވުނު ގޮތް ވިސްނިފައި އިންތިހާއަށް ދެރަވިއެވެ. ޝިފާން އަނބުރާ ގޮނޑީގައި އިށީނދެ ކެއުމައިގެން އަވަސްވެގަތެވެ. ޝިފާންގެ އަމަލުހުރިގޮތުން ލުޔޫނާގެ އަރުތެރެއިން އެންމެ ބަތްފުކެއްވެސް ނުނދިރުނެވެ. ބަތްތަށި ކުނި ވަށިގަނޑަށް އަޅާލުމަށްފަހު ޝިފާން ކޭ ތަށިތަކާއި އެކީ ތަށިތައް ދޮންނަން ސިންކު ދޮށަށް ދިޔައެވެ. ކައި އަވަދިވެގެން ޝިފާން ކޮޓަރިއަށް ދިޔައިރުވެސް އޭނާގެ ސިކުނޑީގައި މިރޭ ރަނާ ފިޔަވާ އިތުރު ޚިޔާލެއް ނޭބުރެއެވެ.

*** *** *** *** *** ***

ރެސްޓޯރަންޓުން ނުކުތް ގޮތަށް ޒީކް މިސްރާބު ޖެހީ އަތިރި މައްޗަށެވެ. ކެއުމަށްފަހު މަޒީންމެން ހިނގާލަންދާން ބުނެފާނެތީ އޭނަ ޖެހިލުން ވިއެވެ. މާޒީގައި ދިމާވި ކަންތައްގަނޑު ހިތަށް އައުމުން މަޒީނާއި ވިޝާލް ސިފަވެގެން ދިޔައީ ޝިފާން އާއި ޝައިބާންގެ ސިފައިގައެވެ. ނުރޯން ހުއްޓަސް ޒީކްގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަތައް ފައިބަމުން ދިޔައެވެ. ލޮލުގައި ޖައްސާފައިވާ މަސްކަރާގެ ދެލިކުލަ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކާއި އެކީ ފޭދިގެން ފައިބަމުން ދިޔައެވެ.

ތޮށިގަނޑު ކައިރީ ހުއްޓިގެން ހުރިއިރު ޒީކަށް އިހްސާސް ވަމުން ދިޔަ ކަންތައްގަނޑުގެ ސަބަބުން އޭނާގެ ރުއިމުގެ އަޑު ގަދަވަމުން ދިޔައެވެ. ދެ ލޯ މަރާލުމަށްފަހު ތުންފަތުގައި އަތް ހާކާލެވުމުން ޒީކަށް ސިފަވަމުންއައީ ޝައިބާން ރަނާގެ ތުންފަތުގައި ބޮސްދިން މަންޒަރެވެ.

*** *** *** *** *** ***

ތުންފަތަށް ތެތްކަމެއް އިހްސާސްވުމުން ރަނާގެ މެރިފައިވާ ދެލޯ ހަރަކާތް ކޮށްލިއެވެ. ނަމަވެސް ރަނާއަކަށް އޭނާގެ ލޮލެއް ނުހުޅުވުނެވެ. ރަނާ މަޑުމަޑުން ހޭ ޖެހެމުން އައި އިރު ޝިފާނާއި ޝައިބާން ދައްކަމުން ދިޔަ ވާހަކަ ރަނގަޅަށް ސާފުކޮށް އަޑު އިވުނެވެ. [ކަމްއޯން ސޭ ގުޑްބާއި… ދެން ރަނާ ފެނިދާނެތީ އުޅޭކަށް ނުޖެހޭނެ… އިޓްސް ގޮއިންގް ޓުބީ އޯވާ ސޫން…] އެ އިވެމުން ދިޔައީ ޝައިބާންގެ އަޑުކަން ރަނާއަށް ޔަގީން ވިއެވެ.

އޭގެ ހިނދުކޮޅެއް ފަހުން ރަނާގެ ބޮލުގައި މީހަކު ފިރުމާލލިކަން އިހްސާސްވިއެވެ. އެ މާހައުލުން ރަނާއަށް އިހްސާސްވަމުން ދިޔައީ ފިނިކަމެވެ. ތުރުތުރު އަޅާހާލުގައި އޮތް ރަނާވަނީ އިންތިހާއަށް ބަޑުހައިވެ ފެންބޮވައި ގެންފައެވެ. މުޅިގައިގައި ބުނެދޭން ނޭނގޭ ކަހަލަ ރިހުމެއް އުފެދިފައި ހުއްޓެވެ. އަރުތެރެ ބެދިފައިވާ ކަހަލަ ގޮތެއް އިހްސާސް ވަމުން ދިޔުމުން ހިންދިރުވާލާނެހާ ވަރުވެސް ރަނާގެ ހަށިގަނޑަކު ނެތެވެ. ތެދުވަން މަސައްކަތް ކުރަން އުޅުނަސް ބޯ ހިއްލާލާނެހާ ވަރުވެސް ރަނާގެ ގަޔަކު ނެތެވެ.

މާގިނަ އިރެއްނުވެ މީހަކު ރަނާގެ ކޮނޑުގައި ހިފިކަން އިހްސާސް ވިއެވެ. ހަމަ ދެވަނަ އެހެންމީހެއްގެ ދެއަތުން ފައި ތިލާގައި ހިފިކަން ރަނާއަށް އިހްސާސްވިއެވެ. ރަނާއަށް އިވެމުން ދިޔައީ ރާޅުޖަހާ އަޑެވެ. ހިތްވަރުކޮށްލާފައި ދެލޯ މަޑުމަޑުން ހުޅުވާލިއިރު ޝިފާނާ ޝައިބާން ވެގެން ރަނާ ކަނޑަށް ވައްޓާލަނީއެވެ. ރަނާ މިހެން މަރުވާކަށް ބޭނުމެއް ނުވިއެވެ. ރަނާގެ އަތަށް ގެނެވުނު ކުއްލި ހަރަކާތާ އެކީ ޝިފާންގެ އަތުގައި ހިފުނެވެ. ރަނާ ހީކުރީ އެމީހުންނަށް ރަނާ މަރުނުވާކަން އެނގިއްޖެނަމަ ރަނާ ކަނޑަށް ދޫކޮށްނުލާނެ ކަމަށެވެ. ނަމަވެސް ކަންތައްވީ ހީކުރިގޮތާ މުޅިން ޚިލާފަށެވެ. އެމީހުން ރަނާގެ ހަށިގަނޑު ކަނޑަށް ވައްޓާލިއެވެ.

ލޮނުގަނޑު ތެރެއިން ރަނާ އަޑިއަށް ދާން ފެށުމުން އެ ބެޑްޝީޓް ގަނޑުން މިންޖުވާން ތެޅެން ފެށުނެވެ. އަތްފައި ތަޅުވަމުން ދިޔައީ ހިތްވަރުންނެވެ. ދެ އަތާ ދެފައި ތަޅުވަމުން އެ ފޮތިގަނޑުން ސަލާމަތްވާން މަސައްކަތް ކުރަމުން ދިޔައެވެ. ބެޑްޝީޓްގަނޑު ހަށިގަނޑުން ވަކިވުމުން ބަރަހަނާ އެހަށިގަނޑަށް ފިނިކަން އިހްސާސްވަމުން ދިޔައީ އިންތިހާއަށެވެ. ފެން މައްޗަށް އަރަން އަތް ފީނާލީ ނަމަވެސް ރަނާއަށް ގޮތްނޭނގޭ ބާރަކާއި އެކީ ފުންކަނޑުގެ އަޑިއަށް ގެނބެމުން ދިޔައެވެ. ފުނަށް ދިޔަވަރަކަށް ފެންނަމުން ދިޔައީ ކަޅު އަނދިރިކަމެވެ.

ނޭވާ ހުސްވެގެން އަނގަހުޅުވުމުން އަނގަފުރިގެން ދިޔައީ ކަނޑުފެނުންނެވެ. ނޭވާނުލެވި ހާސްވަމުން ދިޔައިރު ހީވީ މޭ ފަޅާފައި ފުއްޕާމޭ ނުކުމެދާނެހެންނެވެ. ރަނާގެ ހަށިގަނޑަށް އިތުރު ހަރަކާތެއް ނުގެނެވުނެވެ. މުޅި ހަށިގަނޑުން ބާރު ދޫވެ ލޮނުގަނޑު ތެރޭގައި އޮޔާއެކީ ހެލެމުން ދިޔައީ ރަނާގެ އަމިއްލަ ބާރަކު ނޫނެވެ.

= ނުނިމޭ =

16
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Tags:

"ޕެރަނޯރމަލް" "ފިކްޝަން"

Share Article

Follow Me Written By

Shax Lyn

Other Articles

Previous

ހަޔާތުން ފިލާވަޅެއް

Next

ޝެރިން (31 ވަނަ ބައި)

Next
December 28, 2015

ޝެރިން (31 ވަނަ ބައި)

Previews
December 28, 2015

ހަޔާތުން ފިލާވަޅެއް

39 Comments

  1. Shax Lyn says:
    December 28, 2015 at 1:38 pm

    hope u guys wud love this part…. <3

  2. Rai says:
    December 28, 2015 at 1:57 pm

    Varah reethi mi vaahaka.

    1. Shax Lyn says:
      December 28, 2015 at 2:15 pm

      thanks Rai….

  3. Kudi says:
    December 28, 2015 at 2:02 pm

    V loabi

    1. Shax Lyn says:
      December 28, 2015 at 2:13 pm

      Thanks kudi

  4. Munko1234 says:
    December 28, 2015 at 2:04 pm

    Shax this stry s awsme……………………Kn irakn next part up kuraanee…………………..Ohh!!poor Rana……………………..Avahah up kohdhehchey……………And I’m the first…………..hehe…………:p 😀

    1. Shax Lyn says:
      December 28, 2015 at 2:13 pm

      Thank Munko…. will upload the next part on 31st December ge regandu…..

  5. risha says:
    December 28, 2015 at 2:07 pm

    woh..nice..sifakurun tah varah salhi..hee vanee hama real koh fehnahen.. story varah habays..

    1. Shax Lyn says:
      December 28, 2015 at 2:15 pm

      thanks rishaa… 🙂

  6. Arsy says:
    December 28, 2015 at 2:11 pm

    salhi mi part ves..

  7. Anonymous says:
    December 28, 2015 at 2:17 pm

    vrh habeys mi vaahaka..

  8. aathi says:
    December 28, 2015 at 2:17 pm

    Ow..so sad.. :(..story vrh rythi igey shax..;)

  9. Shax Lyn says:
    December 28, 2015 at 2:20 pm

    thanks @Arsy, @Anonymous, @Aathi thank you for reading in bringing out ur views…. this means alot

  10. saadhu says:
    December 28, 2015 at 2:33 pm

    V reethi

  11. nukko says:
    December 28, 2015 at 2:34 pm

    Woww wow wow
    Poor poor rana… alhey… v v rythi sifa kurun. Gud luk shax
    Cant wait for nxt part

  12. ravualko says:
    December 28, 2015 at 2:52 pm

    Wowwwwww vrh vrh reethi…

  13. gurey says:
    December 28, 2015 at 3:15 pm

    I thought rana ah hadhagoiy e nimunee kamah…. alhe… mibai kiyaafa i cudnt control myself…. shaz kill that shifan soon… or ill kill him…. haadha rulhi gadha veyey… konthaaku nulafaaa meehehtha eiii….. story hama habeys…..

  14. Tulip says:
    December 28, 2015 at 3:19 pm

    Hey ..awsm..n nice story love it?

  15. shabee says:
    December 28, 2015 at 4:07 pm

    ahchee…mi konchehtha???vvvvvvvvvvvvv hadi…dhen nuves kiyaanan

    1. zul says:
      December 28, 2015 at 6:31 pm

      Kaaku bunegen thi kiyaneee….. kaaku majuboorukureee…. kaley dhen reethi vaahakaeh liyan veenun

    2. ravupinky says:
      December 29, 2015 at 5:24 am

      shabee sisy keevetha thihen buny…sisy ah hadi nama comment nukurachey ingey……love u and miss u….tgc.

  16. Nabee Jiaa says:
    December 28, 2015 at 4:22 pm

    mihaathanah kiyaa enme furihama enme reethi vaahaka mee… v v v v v v v v salhi. u are the best and best…

  17. Nasha says:
    December 28, 2015 at 4:30 pm

    Wow awesome story I love each part just tell me this is this based on a true story?

  18. shaly says:
    December 28, 2015 at 4:33 pm

    v v v reethi stry…. hama rangalhah vesh rovijje…. thi sifaan maraalanvaany v v v aniyaa dhyfa.. shaz…

  19. BODU UDHAGULEH says:
    December 28, 2015 at 4:49 pm

    meehaku ajaibeh nuvaanetha.. alhe kaakubunegn thikiyaniii… hadiyas rychas cmmnt nukoh hurebala. fanifakusa gandu

    1. BODU UDHAGULEH says:
      December 28, 2015 at 4:50 pm

      tht cmmnt was meant to shabee… I lov this stry… ur the bxt shaax

  20. MarSha says:
    December 28, 2015 at 5:02 pm

    Mi vaahaka kiyamun dhaa iru kurimathin fenna hen hyvany eki scene thah.. ehaaves rythi sifakurumaa ibaaraaiy kurun… haadha nubai myhun ulheyey dho.. my adhi vaahaka akas hagygathugaves mihaa nubai myhun dhuniyeyga eba ulhey viyya… really this story has become one of the best stories i hav ever read… great work shazlyn… great work!!!!

  21. hunaa says:
    December 28, 2015 at 8:53 pm

    Wow v reethi hama hyvany aslu manxaru fennahen v asarugadha shax u r my favrt writer

  22. mary says:
    December 28, 2015 at 10:21 pm

    love to read this… its easy to read… the flow of ur writing is so amazing

  23. Aish aleena says:
    December 28, 2015 at 11:10 pm

    Shifaan ah vuren shaibaan dho goahee haadha nulafaa bayekeh seriously my blood boils

  24. Reen says:
    December 28, 2015 at 11:46 pm

    Very very touching. Can picture very clearly. Waiting for the next part.

  25. naaz says:
    December 29, 2015 at 12:52 am

    Vvvvvv reethi

  26. ravupinky says:
    December 29, 2015 at 5:25 am

    v v v v v reethi mi part vx….waitin 4 the next part…goodluck..hehe

  27. ina says:
    December 29, 2015 at 9:03 am

    V v v nice mi part vx…kyp it up

  28. Maree says:
    December 29, 2015 at 10:55 am

    Aww poor girl.. Suffocate kuraane goi I can imagine 🙁 Varah nice descriptions ! You’re the best shaz!! Love all your work . I’m so happy that I’m getting support from you 🙂

  29. looloo says:
    December 29, 2015 at 11:04 am

    v v v v v nice

  30. Kokky says:
    December 29, 2015 at 8:13 pm

    Ohh My Freaking GOD… This is so beautiful..
    Sifakurun thah vrh Salhi.. ur the best 🙁

  31. Anonymous says:
    December 30, 2015 at 12:36 pm

    Hus haasaru. V hadi mi vaahka. Maves miadh vure reethi koh liyaanan.

  32. mariyam says:
    December 30, 2015 at 1:12 pm

    V v v v varah reathi wahakaeh… Waiting for next part…

Comments are closed.

All Right Reserved!