އޮއްސެމުން ދިޔަ އިރަށް ބަލަހައްޓައިގެން އެ ހުރީ އަހަރެންގެ ހިތުގެ ރާނީއެވެ. ހަށިގަނޑުގެ ފުރާނައެވެ. އަހަރެންގެ ލޯބީގެ ބަގީޗާގައި ފޮޅުވަން ބޭނުންވާ ހަމައެކަނި މަލެވެ. އެއްވެސް ފިކުރެއް ޚިޔާލެއް ނެތި ޤުދުރަތުގެ ހިތްގައިމު މަންޒަރުން ލައިޝާ އުފަލާއި ހިތްހަމަޖެހުން ހޯދަމުންދާއިރު އެ އަޖައިބެއްފަދަ ރީތި ހިނިތުންވުމުން އަހަރެން އުފަލާއި ހިތްހަމަޖެހުން ހޯދަމެވެ. އެހެނަސް ސިއްރުންނެވެ. ލައިޝާއަށާއި މުޅިދުނިޔެއަށްވެސް ސިއްރުންނެވެ. ހިތިފަތު ބުމައަކާއި، ބޮޑު ދެލޮލާއި، އެންމެ އެކަށޭނަ ވަރުގެ ނޭފަތާއި ފިޔާތޮށި ކުލައިގެ ތުންފަތުގެ ވެރިޔާ ލައިޝާއަކީ […]
އޭރު އަހަރެންގެ ހިތްވަނީ އުފަލުން ފުރިފައެވެ. އަހަރެންގެ މަސައްކަތަށް އަނެއްކާވެސް ފަސޭހަވީއެވެ. ކޮންމެ މީހެއްގެވެސް ބަލިފައެއް ވާނެއެވެ. އަހަރެންގެ އާއިލާ އަހަރެންގެ ބަލިފަޔަށް ވީގޮތަށް އަޔާޒްގެ ބަލިފަޔަކީވެސް އޭނަގެ އާއިލާއެވެ. އަހަރެންނަށް މިހާރު ބޭނުންގޮތަކަށް ކުޅިބައި އަތުރާލެވޭނެއެވެ. ބޭނުން ކުޅިއެއް ބޭނުންގޮތަކަށް ޔޫސް ކުރެވޭނެއެވެ. އަޔާޒް ހުންނަން ޖެހޭނީ ބަލާށެވެ. މިފަހަރު އޭނަ ބޭނުން ގޮތަކަށް މިކަންތަށް ނުނިމޭނެއެވެ. މަރުގެ މައްސަލައެއްގައި އޭނަ ހައްޔަރު ނުކުރެވުނަސް މިހާރުވެސް އަހަރެންނަށް އޭނަ ހައްޔަރު ކުރެވޭ ވަރަށް ހެކި ލިބިފައި […]
“އައްދޯތް….” ކުއްލިއަކަށް ބޮލަށް އެރި ބާރު އެތިފަހަރާއިއެކު ރުނާއަށް ރޮއިގަނެވުނެވެ. ވީތަދުން ބޮލުގައި އަތްއަޅައިގެންހުރެ ފަހަތަށް އެނބުރި ބަލައިލި ވަގުތު ދަނޑިބުރިއެއް ހިފައިގެން ހުރި ފިރާޝް ނުލަފާ ވައްތަރަކަށް ހެމުންދިޔައީ އޭނާގެ ހިތުގައި ރުނާއަށްޓަކައި އެއްވެސް ރަހުމެއް ނުވާފަދައިންނެވެ. އޭރުވެސް ރުނާގެ ބޮލުގެ ފަޅައިގެން ގޮސްފައިވާ ތަނުން ފައިބާ ލޭތިކިތައް އޭނާގެ އަތުގެ އިނގިލިތަކުގެ ދޭތެރެއިން ކޯތާފަތްމައްޗަށް ފޭދެމުން ދެއެވެ. އެވަގުތު ރުނާއަށް ހީވީ އޭނާގެ ވަށައިގެންވާ މާހައުލު އެއްކޮށް އެނބުރެން ފެށިހެންނެވެ. ބޮލަށް އަރާފައިވާ އެނބުރުންގަނޑު […]
“އަނެއްކާ ކޮންކަމެއްބާ.. ބުނެބަލަ އޭރުންނު އުފާވާން އިނގޭނީ..” ނީރާ ކުޑަކޮށް ސީރިއަސް ވިއެއެވެ. “އިހަށް ބުނެބަލަ ރާބިއްތަ ދިޔައީ ކޮންތާކަށް؟” ޝާއިން އެހެން އަހާލީ ނީރާގެ މަންމަ ރާބިޔަތި ދިޔަތަނެއް އޮޅުން ފިލުވާލާށެވެ. “ޑޮކް އަށް ދައްކަން މިއަދު މީ 17 އެއްނު. އަހަރެން ހަނދާނެއްވެސް ނެތް.. ރޭގައޭ މަންމަ ބުނީ.. ޝައިން އިނގޭތަ.. އައި އެމް ސޯ އެކްސައިޓެޑް.. ވިސްނާލަބަލަ އަހަރެންނާއި ކުޑަ ކޮއްކޮ އާއި ވާއު.. ދެން އިނީ އެންމެ ދެ މަސް.. އިރާދަ […]
“ޒަރީނާ” ސަނާއަށް ޒަރީނާ ފެނުމާއި އެކު ބޭއިހްތިޔާރުގައި އޭނާގެ ނަން ކިޔައިލެވުނެވެ. “ވަރަށް ހައިރާންވެއްޖެ ދޯ؟ ވަރަށް ގިނަ އެއްޗެހި ހިތަށް އެބަ އަރާދޯ؟ އަހަރެން ޝާމިން ކައިރީގަ ބުނެފަ އޮންނާނީ އެވާހަކަތަށް ކިޔައިދީފިއްޔާ އަހަރެން ކަންތަށް ކުރާނެގޮތުގެ ވާހަކަ” ސަނާއާއި ދިމާއަށް މަޑު ހިނގުމުގައި ހިނގާފައި އައި ޒަރީނާ އެހެންބުނެ ސަނާގެ ކުރިމައްޗަށް ހުއްޓުނެވެ. “ކަލޭ ކިހިނެތް 5 އަހަރު ދުވަހުގެ ތެރޭގަ ސަލާމަތްވީ؟ ކަލޭތީ ވަރަށް ލަދުކުޑަ ސުންޕާ…..” ސަނާއަށް އެހިސާބަށް ބުނެވުނު ތަނާ […]
” ނޫން .. ނޫން ” ސިއްސައިގެން ގޮސް ހޭލެވުނު އަންޖަލްގެ މޫނު ހުރީ ދަލުން ފެންވެރިފައެވެ. އަވަސް ނޭވާތަކެއް ލަމުން ދިޔައިރު އެ ދެލޮލުގައި ކަރުނަތަށް ވިދަމުން ދިޔައެވެ. ދެންމެ އެ ފެނުނީ ހުވަފެނެއް ކަމަށް ބަލާ އެކަން ހަނދާން ނައްތާލަން އަންޖަލް ކިތަންމެހާވެސް ބޭނުމެވެ. ނަމަވެސް އެއީ ހަމައެކަނި ފެނުނު ހުވަފެނެއް ނޫން ކަން އަންޖަލް އަށް އިނގެއެއެވެ. މަގަތުގައި ނިދާފަ އޮތް އޭނާގެ ފިރިމީހާ ދާނިޝް އަށް އިރުކޮޅެއް ވާންދެން ބަލަހައްޓައިގެން އިނުމަށްފަހު […]
އަރާމު ނިންޖަކުން ނިދާފަ އޮތް އައިރީން އަށް ހޭލެވުނީ އިރުގެ ރަން ދޯދިތައް އައިސް އެ މޫނަށް އެޅެން ފެށުމުންނެވެ. އެސްފިޔަތަށް ތަޅުވާލަމުން މަޑު މަޑުން ލޯ ހުޅުވާލުމަށް ފަހު ގަޑި ބަލާލުމާއިއެކު އައިރީން ގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ” އޯހް މައި ގޯޑް .. އެގާރަ ޖެހީ .. އެންޑް އެއްވެސް މީހަކު ރީން ހޭވެސް ލައްވަން ނައި .. އެކަމަކު އެހެން ދުވަސް ދުވަހު ހީވާނެ އެހެން ފަދަ ކަމެއް ހެން ނުހޭލައިގެން […]
“މި ނުލެވޭނެ ޖިއާ އަކަށް.. އޭނަ ލާންޖެހޭ އެއްޗެހި އިތުރު މީހަކަށް ނޭނގޭނެ” މަންމަ ދިޔަގޮތަށް ގޮސް ހެނދުން މެދުން ކޮށާލީ އަހަރެންގެ ލޮލުގެ ކުރިމަތީގައެވެ. މަންމައަށް ކުއްލިއަކަށް އެއައި ބަދަލުން އަހަރެން ހުރީ ހަދަން ވީގޮތް ނޭގިފައެވެ. މަންމަ ރުޅި އަންނަ ވަރުގެ ކަމެއް އަހަރެންނަށް ކުރެވިއްޖެ ހެއްޔެވެ. އެކަމަކު ނޫނެކެވެ.. މަންމަ އަދި މާފަށް އެދޭނެއެވެ. މިއީ ވަގުތީ ރުޅިގަނޑެކެވެ. “ދަރިފުޅާ… ދެން ނުރޮއި ހުއްޓާލާ… މަންމައަށް އެވާގޮތް ބައްޕައަށްވެސް ނޭނގެ.. ދޮންބެ ނިޔާވުމާ […]
ނީނާގެ އަތުގައި ހިފައިގެން ރަޝީދު ހިނގަން ފެށިއެވެ. “ބައްޕާ، ކޮންތާކަށް މިދަނީ؟” ނީނާ އަހާލިއެވެ. “މިދަނީ މޫދު ބަލާލަން، ދަރިފުޅު ވަރަށް މޫދު ކައިރިއަށް ދާހިތްވެއެއްނު ދޯ؟” ރަޝީދު ނީނާއަށް ޖަވާބު ދިނެވެ. “އާނ… އެކަމަކު ބައްޕައާ އެކީ އެކަނި ދާން ކެރޭނީ” ނީނާ ބުންޏެވެ. “އެހެންތަ؟” ރަޝީދު ހިނިއައިސްފައި ނީނާއަށް ބަލާލިއެވެ. އިރުކޮޅަކު ދެބަފައިން ވެސް ވާހަކަ ނުދައްކާ ތިބެ ކުރިޔަށް ދިޔައެވެ. “ނީނާ، ދަރިފުޅަށް ދިހަ އަހަރު ވާދުވަހު ހަދިޔާއަކަށް ބޭނުމީ […]