ޒެކަންގެ ގެޔަށް އާދެވުމާއެކު ޔަލަކްއަށްވީ އެހެންދުވަސްދުވަހުވެސް ހަމަ ވާވަރެވެ. އެހެނަސް ހަމަޖެހެން މަސައްކަތްކުރަމުން ގެޔަށްވަދެ ދެކޮޅުހޯދާލުމަށްފަހު ބަދިގެޔަށްވަމް އިރު ހެނދުނުގެ ނާސްތާ ތައްޔާރުކުރުމުގައި އަވަދިނެތި ދެމީހަކު އުޅުނެވެ. ޔަލަކް އަތްމަތި އަވަސްކޮށްލައި ކޮފީހަދާނިންމާލުމަށްފަހު ޒެކަންގެ ކޮޓަރިއަށްދާން ހިނގައިގަތްއިރު ހިތުތެރޭގައި އޮތްހިޔާލަކުން ހިތް ބާރަށްތެޅެން ފެށިއެވެ. ޔަގީނުންވެސް މިއަދު ޒެކަންއާއި ކުރިމަތިލާން ޖެހޭނެއެވެ. ބިރުންހުރެ ޒެކަންގެ ކޮޓަރިޔަށްވަދެ ސައިޑްޓޭބަލްމަތީގައި ކޮފީތަށި ބަހައްޓަން ކައިރިވެލުމާއެކު ޔަލަކްއަށް ސިއްސައިގެންގޮސް ތެޅިގަނެވުނީ ފާޚާނާގެ ދޮރުހުޅުވާލި އަޑުއިވުމުންނެވެ. ކޮފީތަށި އަތުންދޫވުމާއެކު އެނދުމަތީގައި ބާއްވާފައިއޮތް ހުދުގަމީސްމަތީގައި […]
” ކީއްތިކުރީ! އެގުޅަނީ ޝުދޫއޭ.” އަހަރެން ހިތްހަމަ ނުޖެހުމުގެ ރާގަކަށް ބުނީމެވެ. ” ކޮންޝުދޫއެއް!! އެއްވެސް ޝުދޫއެއް ނޯންނާނެ.!!؟” އެހެން ބުނިގޮތަށް ޝާނާ އަހަރެންގެ ފޯން ނިވާލިއެވެ. ” ތިހެން ހަދާކަށް ނުވާނެ. އޭނަ ކިހާ ދެރަވާނެ ތިހެން ހެދީމާ. މީހުންނަށް ހެޔޮކޮށް ހިތާ އިޙްޞާންތެރިވާން ޖެހޭނެދޯ.” އަހަރެން ފޯން ހުޅުވަމުން ބުނީމެވެ. ” ރަނގަޅު. އެކަމަކު ތިކަމަށްވެސް ހުދޫދެއް އޮންނަން ޖެހޭނެދޯ.” ޝާނާވެސް ބުނީ ދޮގެއް ނޫނެވެ. ފޯނު ހުޅުވިތަނާހެން ޝުދޫ ގުޅަން ފެށިއެވެ. އަހަރެން […]
ކޭސްއާއިބެހޭ މުޙިއްމު މަޢުލޫމާތުތަކެއް ލިބިގެން އެކަމާ ބެހޭ ގޮތުން މަޝްވަރާކުރަން ބޭނުންވީއެވެ. ޝާޔަލްގެ ފޯން ރެކޯރޑްތައް ވަނީ މާނިއު ހޯދާފައެވެ. އޭގެން ފާހަގަ ކުރެވޭ ކަންތައްތައް ނޯޓުކުރުމަށްފަހު އެހެނިހެން ކަންތައްތަކާއި ބެހޭ ގޮތުން ވާހަކަދެކެވުނެވެ. ޝާލް ފުރާ ދުވަސްކަމުން އަހަރެން ތަންކޮޅެއް އަވަހަށް ގެއަށް އައީއެވެ. ފެންވަރާލައިގެން ޖައްސާލިތަނާ ނިދިއްޖެއެވެ. މެންދުރުނަމާދުގެ ބަންގީގެ އަޑަށް ހޭލެވުނީ ހުވަފެނެއް ފެނިގެންނެވެ. އެއީ ޙަޤީޤަތަށްވީނަމަ.. ނޫން ނޫން އެހެންނެއްނުވާނެއެވެ. ބޭއިޙްތިޔާރުގައި ދެފަރާތަށް ބޯހޫރާލެވުނެވެ. “ޝިމްބޭ.. އާދެބަލަ..” ނޫރު އައިސް އަތުގައި […]
ވެހެމުންދިޔަ ބޯވާރޭ ތެރޭ އެއް އަތުން ކުޑައެއް ހިފައިގެން އައިފާ މާލޭގެ ފެންބޮޑުވެފައިވާ މަގެއް ހުރަސް ކުރަމުންދިޔައެވެ. ލައިގެން ހުރި ޖީންސް ފައިގެ ކަށިމައްޗާއި ހަމައަށް އޮޅާލެވިފައި ވާއިރު އެއްއަތުން ދަބަސް ގަޔާއި ކައިރިކޮށްލެވިފައި ވެއެވެ. ޖެހެމުންދިޔަ ބާރު ވައިރޯޅި ތަކުން ކުއްލި ކުއްލިއަށް ކުޑަ ވިއްސައިގެން ދާއިރު ދެއަތުން ބާރަށް ކުޑައިގައި ހިފަހައްޓާލައެވެ. މިހާ ވިއްސާރަ އިރުވެސް މާލެ މަގުތަކުގައި ދުއްވާ އެއްޗެހި ގިނަކަމުން، ކައިރިން ލާފައި ދާ ސައިކަލު ތަކުން ފެންބުރައި ޖީންސްގެ ބޮޑުބައެއް […]
“ޔަޝް ބޯޓު ދިޔަވަނީ ބޯޓުގެ ފަހަތުން ބޮޑުބައެއް އޮތީ ހަލާކުވެސްވެފަ” ދެލޯބޮޑުކޮށްގެންހުރެ އެދިމާއަށްބަލަމުން އަޔާން އެހެންބުނިއިރު މީހާ ހުރީ ބިރުންގޮސް ދާހިތްލާ ފޯވެފައެވެ. “އަޔާން ސަކަރާތް ނުޖަހާ ކޮންމެ ކަމެއްގަވެސް ހައްދެއް އޮންނަންވާނެ ކަންނޭނގެ، އެގޭތަ ތިކިޔޭ އެއްޗެއް” މިފަހަރުވެސް ޔަޝްފާ ރުޅިއައީ އަޔާން ސަމާސާކުރަނީ ކަމަށްހީކޮށެވެ. “ކޮއްކޯ މި ލައިފްޖެކެޓް އަޅައިގެން އާދޭ ބޯޓުގެ ކުރީކޮޅަށް، ބޯޓުގެ ކައްޕި މިހާރު ކޯސްޓް ގާރޑަށްވެސް އަންގައިފި” ޔަޝްފާ އެހެންބުނިތަނާ އަޔާން ކައިރީގައި މީހަކު އެހެންބުނިއަޑު އިވުނެވެ. ކަމެއް […]
ޖަންނަތު ހިފަހައްޓައިގެން ހުރި ކަރުނަތައް ބޭރުވާން ފެށީ ޖަންނަތު މަންމަގެ ވާހަކަ ހިދާޔާ ދައްކަން ފެށުމުންނެވެ. ޖަންނަތު މަންމައާއި ބެހޭގޮތުން ނޭދެވޭ ވާހަކައެއް ދައްކާއަޑު އެހުމަކީ ޖަންނަތުއަށް ކުޅަދާނަ ކަމެއް ނޫނެވެ. ޒައިދާން ގެއިން ނުކުތީ ޔަޒަން ބަލާ ދާށެވެ. ނަމަވެސް ހުއްޓުން އެރީ ހިދާޔާ ޖަންނަތުއާއި ދިމާއަށް އެއްޗިހި ކިޔާތަން ފެނުމުންނެވެ. ކިޔާ އެއްޗިހީގެ އަޑެއް ޒައިދާންއަށް ނީވުނެއް ކަމަކު ހިދާޔާ ޖަންނަތުއަށް އެއްޗިހި ކިޔާކަން ދުރުން ބަލައިލާ އިރު ވެސް އިނގެ […]
“ދަރިފުޅާ… ބައްޕަ ބަލާނަން އިނގޭ ތިކަން ކޮއްދެވޭތޯ..” ހުސައިން ވަރަށް ލޯބިން އަހުލާ ގެ ކޮލުގައި ހިފާލަމުން ބުނެލިއެވެ. “ޝުކުރިއްޔާ ބައްޕާ..” އަހުލާ އުފަލުން ހުސައިން ގައިގައި ބައްދާލަމުން ބުނެލިއެވެ. ********** އެދުވަހު ޝިކާ ގެއަށް އައިސް ވަތް އިރު ހީވަނީ ފޮޅިފައިވާ ފިނިފެން މަލެއް ހެންނެވެ. އޭނާ ހުރީ އެހާ ވެސް އުފާވެފައެވެ. ގެއަށް އައިސް އޭނާ އެންމެ ފުރަތަމަވެސް ގުޅާލީ އޭނާގެ ބައްޕައަށެވެ. ޝިކާ އަށް މަތީ މާކްސް ލިބުމުން ސަމީރު ވަރަށް އުފާވިއެވެ. […]
“އައްސަލާމް އަލައިކުމް… އޭޑީކޭ ހޮސްޕިޓަލް…” އެކޮޅުން ފޯނު ނެގުމާއި އެކު ބުނެލިއެވެ. “ވައަލައިކުމް ސަލާމް…. ތިކޮޅުން ޖޮބްއަކަށް އިއުލާންކޮށްލައްވާފައި އިނީމަ…. އަދިވެސް ބަލައިގަންނަންތޯ އެޕްލިކޭޝަންތަށް؟” ސުމާ ސުވާލުކޮށްލިއެވެ. ވާހަކަ ދެއްކީ ކިތަންމެ ރީތިކޮށްނަމަވެސް އޭނާ ހުރީ ބިރުގަނެފައެވެ. “އާދެ… މާދަން ނޫން އަނެއްދުވަސް އެއީ ޑިއު ޑޭޓް.. އަދިވެސް ފޮނުވާލެވިދާނެ….” އެކޮޅުން ވާހަކަދެއްކިއެވެ. ސުމާ ވަޒީފާއާއި ބެހޭ މައުލޫމާތު އޮޅުން ފިލުވާލިއެވެ. އަދި ބޭނުންވާނެ އެއްޗެހި އޮޅުންފިލުވާލާ ފޯނު ކަނޑާލީ ހިތްހަމަޖެހިގެން ހުރެއެވެ. އަވަސްއަވަހަށް ބައެއް […]
“މަންޝާ ގައި އިނގިލި ކުރިއަސް ނިޖައްސާހެތި… އަޑު އިވިގެއި… މަމީ ނިބެއި މީހަކާކަން ދައްކަލާށުން…” (މަންޝާ ގައިގަ އިނގިލި ކުރިވެސް ޖައްސާނުލާތި… އަޑު އިވިއްޖެތަ.. އަހަރެންނަކީ ނުބައި މީހެއްކަން ދައްކާލާނަން…) ޒިބާން ރުޅިގަނޑު ދިޔައީ ގަދަވަމުންނެވެ. ޒިބާންގެ ހަޅޭކުގެ އަޑާއި އެކީ ވިދާޅުމަށްފަހު ގުގުރާލިއެވެ. ދެން ހުރި މަޚްލޫގު ބަރު އަޑުން ހޭންފެށިއެވެ. “ތަކަށް ނިއެނގެއި… އިންސާނުންނަކީ ހައުދަހައި މަކަރޮވެރި ބާކީންނޭ… ތައް އަދިފަހުން ވިސްނޭހެއް” (ކަލެއަކަށް ނޭނގޭތަ؟.. އިންސާނުންނަކީ ހާދަ މަކަރުވެރި ބައެކޭ… ކަލެއަށް އަދި […]