“މިދަނީ ހިދާޔާއްތާ!” ޖީލާން ސޯފާއިން ތެދުވެ ލައިގެން ހުރި މަތިކޮޅު ކުޑަކޮން ދަމާލާ ރީތިކޮށްލި އެވެ. އަދި ބޮލުގެ އިސްތަށިގަނޑުގައި އަތް ކާތާލަމުން ހިގައި ގަތެވެ. ބުޑު އަނބުރާލަމުން ފަރިގޮތަކަށް ހިނގާލާފައި ދިޔަ ޖީލާން އާއި ދިމާއަށް ބަލަހައްޓާއިގެން އަބްޔާން އިނެވެ. ހަވީރު ވަމުން އައި ވަގުތު އަބްޔާން ނުކުތީ ނޫރުގުޅުމުން ކޮފީއަކަށް ދާށެވެ. ސައިކަލަށް އަރާ ބަލައިލި އިރު މުރަކަގެއިން ނިކުމެގެން ފުންމަމުން ފުންމަމުން ކުޑަކުޑަ ޔާނާ އަންނަތަން ފެނުނެވެ. “އަބީބޭ..” ޔާނާ އައިސް އަބްޔާން […]
ނިކަން އަވަހަށް ތައްޔާރު ވެގެން އެންމެނަށް މާލެ ދެވުން އިރު އިރުއޮއްސި އަނދިރި ވެއްޖެ އެވެ. ދިޔަ ގޮތަށް އެންމެން ވެސް ދިޔައީ ހޮސްޕިޓަލަށެވެ. ހޮސްޕިޓަލަށް ދެވުމުން ލިބުނީ ވަރަށް ވެސް ހިތާމަވެރި ހަބަރެކެވެ. ކުޑަ މިނިޓުކޮޅެއް ކުރިން ޒައިދާން ދުނިޔެ ދޫކުރި ހަބަރެވެ. ޖަންނަތުއާއި ދެންތިބި އެންމެނަށްވެސް ލިބުނު ހަބަރުން ލިބުނީ ބޮޑު ސިހުމެކެވެ. އެއީ ގަބޫލު ކުރަން ދަތި ޙަބަރަކަށް ވިއެވެ. ޔަޒަންއަށް ލިބޭނެ ނިކަމެތިކަން ހިތަށް ވަނުމާއި އެކު ޔަޒަން ގައިގައި ބައްދަ […]
ފެންކަޅިވެފައި އެމަންޒަރު ބަލަން ޖަންނަތުއަށް ހުރެވުނީއެވެ. ބުނާނެ އެއްޗެއްވެސް ޖަންނަތުގެ ދުލަކަށް ނައެވެ. އެވަގުތު ތުއްތު ތުއްތު ޔާނާ އުރާލައިގެން އާޔަތު ނުކުތެވެ. އެންމެން އެދިމާއަށް ބަލައިލިއެވެ. އާޔަތު އަތުގައި އިން ފުށްގަނޑެއް ކަހަލަ ދިހަ މަހުގެ ޔާނާ ފެނިފައި ހިދާޔާއަށް މަޑަކުން ނީނދެވުނެވެ. ތެދުވެގެން ގޮސް ޔާނާ އުރާލިއެވެ. އަދި ނިކަން ލޯބިން ކޮލަށް ބޮސް ދިނެވެ. އަދި ބައްދާލި ގޮތުން ހީވަނީ އަމިއްލަ ދަރިއަކު ނުފެނި ދުވަސްތަކެއް ކޮށްފައި ލިބުމުން ބައްދާލި ހެނެވެ. ހިދާޔާ […]
ޖަލްސާނިމުމުން ބައެއް މީހުން ތަނުން ދާން ފެށި އެވެ. އެވަގުތު އާޔަތުވެސް ދިއުމަށް ނިކުންނަނީ އެވެ. އަބްޔާން ވެސް އާޔަތު ފަހަތުން ހިގައި ގަތެވެ. ދޮރުން ވަދެގެން އައި މީހާއަށް ބޭރަށް ނުކުނަން ދިޔަ އާޔަތު ނުފެނުމުން ގޮސް ލައިގަނެވުނީ އާޔަތު ގައިގަ އެވެ. އާޔަތު އެމީހާ ގައިގައި ޖެހިފައި ވެއްޓެން ދިޔަ އެވެ. އެވަގުތު އެމީހާ ވެސް އަދި އަބްޔާން ވެސް އާޔަތާއި ދިމާއަށް އަތް ދިއްކޮށްލީ އާޔަތު ހިފެހެއްޓުމަށެވެ. އަބްޔާން ހިފެހެއްޓުމުގެ ކުރިން އާޔަތު […]
ޖަލްސާނިމުމުން ބައެއް މީހުން ތަނުން ދާން ފެށި އެވެ. އެވަގުތު އާޔަތުވެސް ދިއުމަށް ނިކުންނަނީ އެވެ. އަބްޔާން ވެސް އާޔަތު ފަހަތުން ހިގައި ގަތެވެ. ދޮރުން ވަދެގެން އައި މީހާއަށް ބޭރަށް ނުކުނަން ދިޔަ އާޔަތު ނުފެނުމުން ގޮސް ލައިގަނެވުނީ އާޔަތު ގައިގަ އެވެ. އާޔަތު އެމީހާ ގައިގައި ޖެހިފައި ވެއްޓެން ދިޔަ އެވެ. އެވަގުތު އެމީހާ ވެސް އަދި އަބްޔާން ވެސް އާޔަތާއި ދިމާއަށް އަތް ދިއްކޮށްލީ އާޔަތު ހިފެހެއްޓުމަށެވެ. އަބްޔާން ހިފެހެއްޓުމުގެ ކުރިން އާޔަތު […]
ޒައިދާން ޖަންނަތުގެ އަތުގައި ހިފާލައިގެން ބުފޭ އޮތް ދިމާލަށް ހިނގައި ގަތެވެ. އެވަގުތު ދުރުގައި އެމީހުނާއި ދިމާއަށް ނަޒަރު ހުއްޓާލައިގެން މީހަކު ހުރި ކަމެއް އެދެމީހުންނަކަށް ނޭގެ އެވެ. ދެމީހުން ގާތް ގޮތަކަށް ގޮސް ކާއެއްޗިހި އަޅަން އުޅޭތަން ބަލަން ހުރި އަބްޔާންގެ ލޮލުން ކަރުނަ ނިރާލާފައި ވެއެވެ. އެމީހުނަށް ނުފެންނާނޭހެން އެދެމަފިރިން އުޅޭ ގޮތް ބަލަމުން އަބްޔާން ދިޔަ އެވެ. “އަބީބޭ،” އާލިޔާ ފަހަތުން އައިސް ގޮވާލި އެވެ. އެވަގުތު އަބްޔާން އަވަހަށް ލޯ ފޮހެލިތަން […]
ކުއްލިއަކަށް ޖެހިގެން އޮތް ގޯޅިން ބާރަށް ނުކުތީ ކާރެކެވެ. ޒައިދާން ވެސް ސިއްސައިގެން ދިއުމާއި އެކު ކާރުގެ ބުރަކި ޖައްސަން ޒައިދާން އުޅުނެވެ. ޒައިދާންއަށް ބުރަކި ޖެއްސުނީ ކިރިޔާ އެވެ. ނޫންނަމަ އެކާރުގައި ޖެހި ނުރައްކާ ތެރި ކާރިސާއެއް އެރޭ ހިގީ ހެވެ. ބުރަކި ޖެއްސި ގޮތަށް ގުޑިވެސް ނުލާ ޒައިދާންއަށް އިރުކޮޅަކު އިނދެވުނީ އެވެ. އޭނާ ފުން ނޭވާއެއް ލިއެވެ. އަދި ސަލާމަތް ވީތީ ހިތާހިތާ ދުޢާ ކޮށްލަމުން ކާރު ދުއްވާލި އެވެ. ކުރިއަށް ވުރެން […]
އެގޮތަށް ޒައިދާން ބަލާތީ ގަތް ލަދުން ޖަންނަތު އަވަހަށް ތެދުވެ އެތަނުން ދާން އުޅުނެވެ. ނަމަވެސް ކުއްލިއަކަށް ހުށިޔާރު ކަމާ އެކު ޒައިދާން ޖަންނަތުގެ އަތުގައި ހިފެހެއްޓި އެވެ. ޖަންނަތު ފަހަތަށް ބަލައިލި އެވެ. “މީ ހުވަފެނެއްތަ؟” ޒައިދާންއަށް މަޑުމަޑުން އަހާލެ ވުނެވެ. ޒައިދާން ބަލަން އޮތް ގޮތުން ޖަންނަތު ކައިރިއަށް ހިނިވެސް އައެވެ. “މީ ހުވަފެނެއް ނޫން.” ޒައިދާންގެ ބޮލުގައި ޖަންނަތު އަނެއް އަތުން ޖަހާލަމުން ބުނެލި އެވެ. ޒައިދާންއަށް ހަމަހޭވެރިކަން ވީ ދެނެވެ. އަވަހަށް […]
“ހޫނ ހޫން… ދެން ހެވޭ… ” އަބްޔާން ސައިކަލު އިސްޓާޓުކޮށްލަމުން ބުނެލި އެވެ. “ކަލޭ ބޭނުމިއްޔާ ކަލޭ އެކަން ކުރޭ.” “މަގޭ ޒިޔާދާ ހުއްޓާ މަށަކަށް އެހެން ކަމެއް ނުވާނެ.” ނޫރު ހިނިގަޑެއް ޖަހާލަމުން ބުނެލި އެވެ. އަބްޔާން ބޯޖަހާލަމުން އިތުރު އެއްޗެއް ނުބުނެ އެވެ. ދެމީހުން ގޮސް ވަނީ ކައިރީގައި ހުރި ކެފޭ އަކަށް ހެދުނުގެ ނާޝްތާ ކުރާށެވެ. ދެމީހުން ވެސް ތިބީ ވަރަށް ހާންތި ވެފައި ކަމުން ގަދައަށް ކާލަން ލައްކަ ސާމާނަށް އޯޑަރު […]