މިއީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. އެސްފިޔަ ޖަހާލަންވެސް ހަނދާންނެތިފައި އިނދެ އަހަންނަށް ބެލެމުންދިޔައީ އޮއްސެމުންދިޔަ އިރާއި އެ އިރުގެ ދޯދިދައް ދުނިޔެމައްޗަށް ގެންނަމުން ދިޔަ ކުލަތަކާ ކަނޑުގެ ލޮނުގަނޑަށް އަޅުވަމުން އެދާ ވިދުވަރުގެ ފުރިހަމަކަމަށެވެ. ދަތުރުކުރަމުންމިދާ ލޯންޗު އޭގެ އެންމެ ބާރު ދުވެލީގައި ކަނޑުގެ ވިދުންގަދަ ލޮނުގަނޑު ދެފަރާތައް ކަހަމުންދާއަޑު ނުހަނު ހިތްގައިމެވެ. މި ހިއްގައިމުކަމުގެ އިންތިހާގައިވެސް އަހަރެންގެ ސިކުނޑީގައި މަޑުމަޑުން ކޮށައިލީ އަހަރެންގެ މާޒީއެވެ. ކެތްތެރިކަމާ އިތުބާރުގައި ހިފަހައްޓަމުން އައި އަހަރެންގެ […]
“ބައްޕަ ދަރިފުޅުގެ ކައިވެންޏަށް ރަނގަޅުކުއްޖަކު ހޯދައިފިން.” މެންދުރުގެ ކެއުމުގެ ތެރެއިން ނާސިރު ޒެކަންއާއި ވާހަކަދެއްކިއެވެ. އެހެނަސް ޒެކަންގެ މާބޮޑު ސަމާލުކަމެއް އެކަމަކަށް ނުލިބުނެވެ. “ކައިވެނީގެ ކުރިން ދަރިފުޅު ޖެހޭނެ އެއްނު އެ ކުއްޖާއާއި ބައްދަލުކޮށްލާ ވާހަކަދައްކާ ހަދާލަން.” އަނެއްކާވެސް ނާސިރު އިއްވައިލިއެވެ. “ނޫން ބައްޕާ. ކޮންމެހެން ބައްދަލު ނުކުރިޔަސް ބައްޕަގެ ހޮވުން އަޅުގަނޑަށްޓަކައި ފުރިހަމަވާނެކަން އަޅުގަނޑަށް އިނގޭ.” ޒެކަން އެހެންބުނެލީ އަންހެނުންނަށް ނަފްރަތުން ފުރިފައިވި އެހިތުގައި ފަރުދާ އަޅާލަމުން މަޑުމައިތިރިކަމާއެކީގައެވެ. “އެންމެ ރަނގަޅު. އެކަމަކު ކައިވެނީގެ ވާހަކަ […]
“އެންމެ ރަނގަޅު” ޒެކަން ވިސްނާލާފައި ކުރު ޖަވާބެއްދިނީ ބައްޕަގެ އުންމީދުތަކާ ދޭތެރޭގައި ވިސްނާލާފައެވެ. އޭނައަށް އުފަލެއް ނުލިބުނަސް ބައްޕަ އުފަލުގައި ހުންނަތަން ދެކެން ޒެކަންގެ ފުރާނަވެސް ގުރުބާން ކުރަން ބޭނުންވެއްޖެއެވެ. އާ ހެނދުނަކަށް ލޯ ހުޅުވާލެވުމާއެކީގައި ޔަލަކްގެ ސިކުނޑިއަށް ފުރަތަމަވެސް ބޮނޑިވެގެންއައީ ޒެކަންގެ ޖުމްލަތަކެވެ. ޒެކަންއަށް ނޭނގުނަސް ޔަލަކް ގެ ހިތައް ކިތަންމެ އަނިޔާއެއް އެބަސްތަކުން ލިބިއްޖެއެވެ. ތެދުވާހިތްނުވެފައި އެތައް އިރަކު އޮތުމަށްފަހު ޔަލަކް އެނދުން ތެދުވެ ފާހާނާއާއި ދިމާއަށް ހިނގައިގަތީ މިއަދު ޒެކަންގެ ގެޔަށް ނުދާން […]
ޒެކަންގެ ގެޔަށް އާދެވުމާއެކު ޔަލަކްއަށްވީ އެހެންދުވަސްދުވަހުވެސް ހަމަ ވާވަރެވެ. އެހެނަސް ހަމަޖެހެން މަސައްކަތްކުރަމުން ގެޔަށްވަދެ ދެކޮޅުހޯދާލުމަށްފަހު ބަދިގެޔަށްވަމް އިރު ހެނދުނުގެ ނާސްތާ ތައްޔާރުކުރުމުގައި އަވަދިނެތި ދެމީހަކު އުޅުނެވެ. ޔަލަކް އަތްމަތި އަވަސްކޮށްލައި ކޮފީހަދާނިންމާލުމަށްފަހު ޒެކަންގެ ކޮޓަރިއަށްދާން ހިނގައިގަތްއިރު ހިތުތެރޭގައި އޮތްހިޔާލަކުން ހިތް ބާރަށްތެޅެން ފެށިއެވެ. ޔަގީނުންވެސް މިއަދު ޒެކަންއާއި ކުރިމަތިލާން ޖެހޭނެއެވެ. ބިރުންހުރެ ޒެކަންގެ ކޮޓަރިޔަށްވަދެ ސައިޑްޓޭބަލްމަތީގައި ކޮފީތަށި ބަހައްޓަން ކައިރިވެލުމާއެކު ޔަލަކްއަށް ސިއްސައިގެންގޮސް ތެޅިގަނެވުނީ ފާޚާނާގެ ދޮރުހުޅުވާލި އަޑުއިވުމުންނެވެ. ކޮފީތަށި އަތުންދޫވުމާއެކު އެނދުމަތީގައި ބާއްވާފައިއޮތް ހުދުގަމީސްމަތީގައި […]
އެ އާދަޔާ ޚިލާފު ހިޔާލުގައިހުރެ ޔަލަކް ބާރުހިނގުމެއްގައި ގޮސް ގެއިން ނިކުމެފައި ފުންނޭވާއެއް ދޫކޮށްލީ މިހުރިހާއިރު ނޭވާ ނުލާހުރި މީހެއްފަދައިންނެވެ. ގޯތިން ނިކުންނަން ދޮރާށީގައި ބާރަށް ހިފާލުމާއެކު ޔަލަކްއަށް އިހުސާސްވީ އަތައް ތަދުވާކަމެވެ. ނޭފަތުގައި ފިރުމާލެވުނީ ނޭފަތްވެސް އައްސިވެފައިވާހެން ހީވެގެންނެވެ. ވެއްޓުނުއިރު ލިބުނު އަނިޔާކަން އެނގުމާއެކު ޔަލަކްއަށް ބޯހޫރާލެވުނެވެ. އޭނައަށް އެވަރުވީ އެތެރޭގައި ހުއްޓާ ހަމަ ޒެކަންއަށް ހޭލެވިދާނެތީހެއްޔެވެ؟ އެހެންނުވާނެގޮތެއްވެސް ނެތެވެ. އެގަޑީގައި ޒެކަން ހޭލިނަމަ ހީކުރާނީ ޔަލަކް ވައްކަންކުރަން އުޅެނީކަމަށެވެ. ޒެކަންއަށް ނުފެންނަކަމެއްވެސް ނޭނގެއެވެ. އޭނައެއައީ […]
ކޮންމެ ދުވަހަކުވެސް ކަންތައްތައް ދާނީ މިގޮތައް ކަމަށްވަންޔާ އެންމެ ދުވަހަކުވެސް ޒެކަން ގެ މޫނު ފެނިނުލާނެކަން އެނގި ޔަލަކްގެ ހިތައް ތަދުވެއްޖެއެވެ. އެހެނަސް ހިޔާލުތަކުގައިހުރެ ކޮފީ ހަދާނިންމާލުމަށްފަހު ބަދިގެއިން ނިކުމެ ކޮނޑުގައި އަޅުވައިފައި އޮތް އަތްދަބަސް ރަނގަޅުކޮށްލަމުން ގެއިން ނިކުންނަން ހިގައިގަތެވެ. އެހެނަސް ދޮރާހަމަޔަށް ދިޔުމަށްފަހު ޔަލަކް ހުއްޓުނީ ކަމެއްފާހަގަވެގެން ކަހަލަގޮތަކަށެވެ. ފަސްއެނބުރި ޔަލަކް ބަލާލިއިރު މަސައްކަތު މީހަކު ހުރީ ޔަލަކްއަށް ބަލަހައްޓައިންނެވެ. ސުވާލުގެ ނަޒަރަކުން ޔަލަކް އެމީހާއަށް ބަލާލުމުން ވަރަށް އަދަބުވެރިކަމާއެކު އެމީހާ ބުނެލީ ޒެކަން […]
ތިންކުދިން އެކީގައި މެންދުރުގެ ކެއުން ނިންމާލުމަށްފަހު ސިޓިންރޫމުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ކޮންމެ ކުއްޖަކުވެސް އެކުއްޖެއްގެ ކޮޓަރިޔަށް ވަނީ އަރާމުކޮށްލާށެވެ. ޔަލަކް އެނދުގައި އޮށޯވެލަމުން ފުން ނޭވާއެއް ދޫކޮށްލީ އެވަގުތުކޮޅު ނައިސްގެން ހުރި މީހަކު ފަދައިންނެވެ. އެހެނަސް ބަރުކަން ވެރިވި ދެލޮލުން ފެނުނީ ތަފާތު ތަސްވީރެކެވެ. މީގެކުރިން ދުވަހަކުވެސް ޔަލަކްގެ ހިތައް ކޮށްފައިނުވާފަދަ އިހުސާސެކެވެ. ކޮފީ ޝޮޕްގައި އުޅެމުންއަންނަތާ ދެއަހަރު ވާން ކައިރިވެފައިވިއިރު ކިތަންމެ ފިރިހެނަކު ފެނެއެވެ. ކިތައްމެ މިޒާޖެއްގެ މީހުންނެއް ފެނިއްޖެއެވެ. އެކަމަކު އެއިން މީހަކަށްޓަކައި ސިކުންތަކަށްވެސް […]
ކޮފީޝޮޕަށް އަންނަ ކަސްޓަމަރުން މާ ގިނަދުވަހެއްކަމުން މެންދުރުވާން ކައިރިވިއިރު ޔަލަކް ހުރީ ވަރުބަލިވާގޮތްވެފައެވެ. އެހެން ސްޓާފުން އުޅުނަސް ގިނަ މޭޒުތަކަށް ހިނގަނީ އޭނައެވެ. ދެންމެ ވަދެގެން އައި ގްރޫޕަށް ކޮފީ ގެންގޮސްދިނުމަށްފަހު ޔަލަކް އައިސް ކައުންޓަރުދޮށުގައި އިށީނދެލީ ދެފަޔަށް ލުޔެއްދިނުމުގެ ނިޔަތުގައެވެ. އެހެން އިންނަތާ އިރުކޮޅެއްނުވެ ކައިރީގައި އިން އީރާ ޔަލަކްގެ ގައިގާ ސިއްރުން ކޮއްޓާލީ ދޮރުން ވަދެގެން އަންނަ ޒުވާނާ ދެއްކުމަށެވެ. ޔަލަކް އިސް އުފުލާ ޝައުގުވެރިކަމެއް ނެތްގޮތަކަށް ބަލާލުމަށްފަހު ތެދުވެ ހިނގައިގަތީ އެހެންމީހުންނާ ވަކިން ދުރުގައި […]
“އީޝަލް” މާޔޫސްވެފައި އިންދައި އަހަންނަށް ފަހަތް ބަލާލެވުނީ ފަހަތުން އަހަރެންގެ ނަމުން ގޮވާލި އަޑު އިވުމުންނެވެ. ހައިރާންވެ ހުރެ ކޮޅަށްތެދުވެ ނާއިލްގެބޭބެ އާމިރުއަށް ބަލާލުމަށްފަހު އަހަރެންގެ ލޯ ވަށައިގެން ހިނގައިލީ ނާއިލް ފެންނަން ނެތުމުންނެވެ. މިވެސް ނާއިލްގެ ޕްލޭނެއް ކަންނޭނގެއެވެ. އެހެންހިތައި ހުއްޓާ އަހަރެން ސިހިގެންދިޔައީ އަނެއްކާވެސް އާމިރު އަހަންނަށް ގޮވާލުމުންނެވެ. ނާއިލް އަހަންނަށް ނާއިލްގެ ބޭބެއާއެކު އެތައް ފޮޓޯއެއް ފޮނުވާފައިހުރުމުން އަހަންނަށް ބޭބެ ފާހަގަ ކުރަން އުނދަގުލަކަށްނުވީއެވެ. ހިނިތުންވެލަމުން އަހަންނަށް ފުރަތަމަވެސް ގޮސް އަހާލެވުނީ ނާއިލް […]