Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

މަންޝާ (ތޭވީސްވަނަ ބައި)

Shax Lyn Level 4100 Stories10 Stories500 Comments100 Comments
June 11, 2016 7 Mins Read
24 Comments

“މަންޝާ ގައި އިނގިލި ކުރިއަސް ނިޖައްސާހެތި… އަޑު އިވިގެއި… މަމީ ނިބެއި މީހަކާކަން ދައްކަލާށުން…” (މަންޝާ ގައިގަ އިނގިލި ކުރިވެސް ޖައްސާނުލާތި… އަޑު އިވިއްޖެތަ.. އަހަރެންނަކީ ނުބައި މީހެއްކަން ދައްކާލާނަން…) ޒިބާން ރުޅިގަނޑު ދިޔައީ ގަދަވަމުންނެވެ. ޒިބާންގެ ހަޅޭކުގެ އަޑާއި އެކީ ވިދާޅުމަށްފަހު ގުގުރާލިއެވެ.

ދެން ހުރި މަޚްލޫގު ބަރު އަޑުން ހޭންފެށިއެވެ. “ތަކަށް ނިއެނގެއި… އިންސާނުންނަކީ ހައުދަހައި މަކަރޮވެރި ބާކީންނޭ… ތައް އަދިފަހުން ވިސްނޭހެއް” (ކަލެއަކަށް ނޭނގޭތަ؟.. އިންސާނުންނަކީ ހާދަ މަކަރުވެރި ބައެކޭ… ކަލެއަށް އަދި ފަހުން ވިސްނޭނެ…)

އެބުނި އެއްޗަކާއި ދެތެރޭ ޒިބާން ވިސްނާލަން ހުއްޓާ އޭނާ އެތަނުން ގެއްލުނެވެ. އަދި އެ ނަގޫރޯޅީ މަޑުވެއްޖެއެވެ. ޒިބާން އަވަސްވެގަތީ މަންޝާ ހުރި ތަނެއް ހޯދާށެވެ. އިތުރު ހާނިއްކައެއް މަންޝާއަށް ދީފާނެތީއެވެ.

*** *** *** *** *** ***

އަޒީމާ އެކު ގެއަށް އައިސް ވަނުމަށްފަހު މަންޝާ އަވަސް ވެގަތީ އޭނާގެ ދަބަސް ތައްޔާރު ކުރާށެވެ. ބޭނުންވާނެ މުހިއްމު އެއްވެސް އެއްޗެއް ނުގަނެ ހުރިތޯ ޗެކްކުރާށެވެ. އަލަމާރި މަތީގައިވާ ލަގެޖް ނަގައި އޭގައިހުރި ހިރަފުސްތައް ފޮޅާލީ ބެލްކަންޏަަށް ނެރުމަށްފަހުގައެވެ. ލަގެޖް ރީތިކޮށްލުމަށްފަހު އަލަމާރި ތެރެއިން ބައެއް ސާމާނުތައް ނެގިއެވެ. މަންޝާ ގެންްގުޅޭ ގިނަ އަންނައުނުތައް ޕެކްކުރާތަން ފެނުމުން އަޒީމް ހުރީ ހައިރާން ވެފައެވެ.

“މަންޝާ ތިއުޅެނީ ރަށަށް އެއްކޮށް ބަދަލުވާންތަ؟… ހާދަ އެއްޗެއް ތި ގެންދަނީ…” އަޒީމް ސުވާލުކޮށްލީ ފާޚާނާއިން ނުކުމެ ގޭތެރޭގައިލާ ޝޯޓް ބުރި މަހާލަމުންނެވެ.

“މީ މަން ނުލާ ހެދުންތަކެއް… ރަަށުގަ އުޅޭނެ މި ލެވޭނެ ކުދިން…. އެއްލާލުމަށްވުރެއް އެކުދިންނަށް ދިނަސް މާ ރަނގަޅުވާނެ… މަންއަށް ބާރުވެގެން މި ހެދުންތައް ނުލެވިފަ މިހުރީ… އަނެއްކޮޅުން ނުލާހިކު އާ ވާނެ…” މަންޝާ ވާހަކަ ދެއްކީ ދެބަރިއަކަށް ހެދުންތައް ވަކި ކުރަމުންނެވެ.

މަންޝާ ކުރަމުން ދިޔަ މަސައްކަތަށް ބަލަން ހުރުމަށްފަހު އަޒީމް ކޮޓަރިން ނުކުތުމަށް ހިނގައިގަތީ ކާން ހަދައި ދިނުމަށް އެދެމުންނެވެ. ކޮޓަރިން ބޭރަށް ނުކުމެ ނުކުމެ ހުރި އަޒީމާ ދިމާއަށް މަންޝާ ބަލާލިވަގުތު ދެލޯ މުދުނަށް އެރިއެވެ. ހިނދުކޮޅަކަށް މަންްޝާގެ ހަރަކާތް ހުއްޓުނެވެ. އަޒީމްގެ ބުރަކަށީގައި ކުރެހިފައިވާ ވަކިތަކުގެ ރަތް ނިޝާންތަކެވެ. މަންޝާއަށް އޭނާގެ އިނގިލީގެ ނިޔަފަތިތަކަށް ބަލާލެވުނެވެ. މަންޝާގެ ނިޔަފައްޗަކީ އަބަދުވެސް ވަކި ނޭޅޭ ވަަރަށް ކުރުކޮށް ކަނޑާފަ ހުންނަ ނިޔަފައްޗެވެ. މަަންޝާގެ ހިތުގައި އެތައް ސުވާލެއް ފެންމަތިވިއެވެ.

ޝައްކުގެ ނަޒަރަކުން އަޒީމާ ދިމާއަށް ބެލެމުން ދެވުނެވެ. ނަމަވެސް އެކަަން މަންޝާގެ ހިތެއް ގަބޫލެއް ނުކުރެއެވެ. އެކަންތައް ޔަގީން ކުރަން ބޭނުންވިއެވެ. މަންޝާ ކުރަން ހުރި މަސައްކަތް ބެހެއްޓުމަށްފަހު ކޮޓަރިން ނުކުމެގެން ދިޔައީ އަޒީމަށް ކާން ހަދާށެވެ. މޭޒުމައްޗަށް ކާން ހެދުމުން އަޒީމް ކާން އައެވެ.

“މަން ނުކާނަންތަ؟…” އަޒީމަށް އެކަނި ކާން ހަދާފަ ހުރިތަން ފެނުމުން އޭނާ ސުވާލުކޮށްލިއެވެ.

ޑައިނަމޯއިން ސަބްމެރިންް ކައިގެން ހުރީމަ އަދި ބަނޑުހައި ނުވާ ވާހަކަ މަންޝާ ބުންޏެވެ. އަޒީމަށް ޖޫސްތައްޓެއް ގިރައިދޭން ހުރި މަންޝާ ވަގުވަގަށް އަޒީމްގެ ހަށިގަނޑަށް ބަލަމުން ދިޔައެވެ. އަޒީމްގެ ކަންފަތް ދޮށުގައި ރަތްވެފައިހުރި ދެ ތަނެއް ފެނުނެވެ. ގިރަގިރާ ހުރި ޖޫސްތަށި އެވަގުތު ބަނޑުން ނުވީ ކިރިޔާ އެވެ.

“ކިިނެއްވީ މަން؟… ” މަންޝާ ތެޅިގެންތަން ފެނިފައި އަޒީމް ސުވާލުކުރީ އަނގަފުރާ ބަތް ބަހައްޓައިގެން ހުރެއެވެ.

ކަމެއް ނުވެއޭ ބުނުމަށްފަހު މަންޝާ ގޮސްވަނީ ކޮޓަރިއަށެވެ. މަންޝާގެ ހިތަށް އުނދަަގޫވިއެވެ. އަޒީމާ އެހެން އަންހެނަކު ގާތްވުމަށް މަންޝާގެ ހިތެއް ނޭދެއެވެ. އަޒީމް ސިއްރު ގުޅުމެއް ހިންގަނީ ހެއްޔެވެ. މަންޝާ ހިތުގައި ޖެހުނެވެ. ނަމަވެސް އެވާހަކަ ދައްކަން ބޭނުމެއް ނުވިއެވެ.

ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ހިފަހައްޓަން މަސައްކަތް ކުރަމުން ދިޔަ މަންޝާއަށް ކަމެއް ހަނދާންވި ކަހަލައެވެ. އަޒީމް ބޭވަފާތެރިވުމުން އެކަމާ މަންޝާ ގާތަށް ރުޅިއަންނަ ގޮތް ވިއެވެ. އެވަގުތު މަންޝާއަށް ވެވިފައިވާ ބޭވަފާތެރިކަން ހިތަށް ވަނުމުން އެކަމާއި ކަންބޮޑުވިއެވެ. އަޒީމްދެކެ ރުޅިއައުމުގެ ހައްޤެއް މަންޝާގެ ކިބަޔަކު ނެތެވެ.  

އެނދުމަތީ އޮތް އަޒީމްގެ ފޯނު ރިންގްވީ އެވަގުތެވެ. މަންޝާ ބަލާލިއެވެ. މަންޝާގެ އަންނައުނު ތަކުތެރޭގައިވާ ފޯނު ނެގިއެވެ. އެ ނަންބަރަކީ ފޯނަށް ސޭވްކޮށްފައިވާ ނަންބަރެއް ނޫނެވެ. ފޯނު ނަގާ މަންޝާގެ ކަންފަތުގައި ޖައްސާލިއެވެ. ބަހެއް ނުބުނެ ހުރީ  މަންޝާގެ ރުއިން ކޮންޓްރޯލް ކުރާށެވެ.

“އަންގާސް ނިލައި ދީ ގެއީ… މިރެއިއަސް މިކެޑަށް އޭއްވީނު… ވަރަށް ލޯބިވެއި… އަޒީމާ ނިލައި ނިވޭނޑުވޭހެއް… ތޭމި ހިތުގެ ވިންދަކީ… އައި މިސްޔޫ…. (އަންގާވެސް ނުލާދޯ ދިއައީ… މިރޭވެސް މިކޮޅަށް އަންނަންވީނުން… އަޒީމާ ނުލާ ނޫޅެވޭނެ… ތީ މި ހިތުގެ ވިންދަކީ… އައި މިސްޔޫ…)

މަންޝާގެ އަތުން ފޯނު ދޫވިއެވެ. ފޯނު ވެއްޓުނީ އެނދު މައްޗަށެވެ. ފޮނު ދޫވިކަން އެނގުމުން އަވަހަށް ފޯނު ނެގިއެވެ. މަންޝާ ހުރީ ޝޮކެއްގައެވެ. މަންޝާ އަވަސް އަވަހަށް އެފޯނު ކޯލު ކަނޑާލިއެވެ. ބަހެއް ބުނަން ބޭނުންވިޔަސް ބަހެއް ބުނެވޭ ގޮތެއް ނުވިއެވެ. މަންޝާވެސް މިވަނީ އަޒީމަށް ބޭވަފާތެރި ވެފައެވެ. ހިތް ކުދިކުދި ވެފައިވާ ހާލުގައި މަންޝާ އެފޯނާ ދިމާއަށް ބަލަން ހުއްޓެވެ. އެކޮޅުން ދެއްކި ވާހަކަ ފުރިހަމައަށް ދޭހަ ނުވިއަސް އެއީ އަޒީމާ ގުޅުން ބާއްވާ އަންހެން ކުއްޖާކަން އޭނާއަށް ކަށަވަރެވެ. އެ އަންހެން ކުއްޖާ ބުނި ލަފްޒުތައް ސިކުނޑީގައި ހަރުލާފައި ހުރިއެވެ.

“އައި މިސްޔޫ…. އައި މިސްޔޫ…. އައި މިސްޔޫ….” މަންޝާ ރުޅިއަންނަ ގޮތް ވިއެވެ. އެހެންކަމުން އެވަގުތު މަންޝާގެ ފޯނު ހޯދަން ފެށިއެވެ. ރުޅި އައިސްފައި ހުރުމުން ފޯނު ވީތަނެއްވެސް ނޭނގުނެވެ. އެއްލި ކަޅިން ރީތިވާ މޭޒުމަތީގައި އޮތް ފޯނު ފެނުމުން އަވަހަށް ފޯނު ނަގާ އެއަަންހެން ކުއްޖާ ކީ ބަސްތައް ހަނދާން ހުރި ގޮތަކަށް މެސެޖެއްގައި ލިޔެލިއެވެ. އަދި އެ މެސެޖް ސޭވްކޮށްލިއެވެ.

މަންޝާއަށް ސިހުމެއް ލިބުނީ އަނެއްކާވެސް އަޒީމްގެ ފޯނު ރިންގް ވުމުންނެވެ. ހަމަ އެ ނަަންބަރެވެ. މަންްޝާ ފޯނު ހިފައިގެން ގޮސް މޭޒުދޮށުގައި ކާން އިން އަޒީމްގެ އަތަށް ދިއްކޮށްލިއެވެ. ފޯނުގައި ހިފަމުން ކާކުހޭ އަޒީމް އަހާލީ ނިތަށް ރޫ ގިނަކޮށްލަމުންނެވެ. ނޭނގޭ ބުނާ ފަދައަކުން މަންޝާ ދެކޮނޑު އަރުވާލަމުން ގޮސް ހުއްޓުނީ ސިންކުގައި ހުރި ތަށިތައް ނަގާށެވެ. އަޒީމް ފޯނު ނަގާ ކަންފަތުގައި ޖަހާލިއެވެ. މަންޝާ ހުރީ އަޒީމްގެ މޫނަށް ބަލާށެވެ. މި ފޯނުކޯލާ އަޒީމްއާ ހުރި ގުޅުން ފަހުމްކުރަން ބޭނުންވެފައެވެ.

އެކޮޅުން ވާހަކަ ދެއްކުމުން އަޒީމްގެ މޫނުމަތީ ކުލަވަރު އެކީ ބަދަލުވެގެން ދިޔައެވެ. ހިނިތުންވަމުން އަޒީމް ހޫންއޭ އަޅުވާލިއެވެ. އަދި ސިންކު ދަށަށްގޮސް މަންޝާއާ ކައިރިވެލަމުން އިސްކުރުދަށަށް އަތްދިއްކޮށްލީ އަތް ދޮވެލާށެވެ. އައިސްއަލަމާރި ތެރެއިން ފެންފުޅިއެއް ނަގައިގެން ކޮޓަރިއަށް ދިޔައީވެސް އެފޯނުގައި ހުރެއެވެ. މޭޒުމަތީ ހުރި ތަށިތައް ނެގި އިރު މަންޝާއަށް ހުރީ ރޮވިފައެވެ. އަޒީމަށް އެއަންހެން ކުއްޖާ ހާއްސަވެފައިވާ މިންވަރު އޭނާގެ މޫނުމަތިން މޭރުވުމުންނެވެ. މަންޝާއަށް މިހެން މި ދިމާވީ އޭނާއަށް އުޅެވުނު ގޮތުންނޭ އޭނާގެ ހިތަށް އެރިއެވެ.

ކޮޓަރިއަށް މަންޝާ ދިޔައިރު އަޒީމް ހުރީ ބެލްކަނީގައި ފޯނުން ވާހަކަ ދައްކާށެވެ. ކޮޓަރިއަށް މަންޝާ ވަނުމާއި އެކު އަޒީމް ބެލްކަނީގެ ދޮރު ކަހާލިއެވެ. ހިނިތުންވަމުން އަޒީމް ވާހަކަ ދައްކަމުން ދިޔައިރު އެދެމެދުގައިވާ ގާތްކަން މަންޝާއަށް އިހްސާސްވިއެވެ. މަންޝާއާ އަޒީމްގެ ކައިވެނީގެ ގޮށްމޮހެވެން އުޅޭކަމުގެ ސިގްނަލް އަޅަން ފެށިއެވެ. ބެލްކަނިތެރޭ ހުރެ ކޮޓަރިއަށް ވަންނަމުން އަޒީމް ވާހަކަ ދެއްކީ މަންޝާ އާއެވެ.

“މަން… ދެންމެ ފޯނު ނެގިންތަ؟…” އެނދުގައި އިށީނދެގެން އިން މަންޝާއަށް ސިހުމެއް ލިބުނެވެ. އަވަހަށް ވިސްނާލީ ދޭނެ ޖަވާބަކާއި ދޭތެރޭއެވެ.

“އާން… ފޯނު ނެގިން.. އެކަމު އެކޮޅުން ދެއްކި ވާހަކައެއް ނީވޭ… އެހެންވެ ފޯނު ކަނޑާލީ… ކިހިނެއްވީ؟…” މަންޝާއަށް އެ އަންހެން ކުއްޖާގެ އަޑު ނީވޭ ކަމަށް ހެދިއެވެ.

“އެގުޅީ ރިޒްވީއޭ…. ރޭގަ ވިއްސާރަކަމުން އެކޮޅުގަ ކުރަން ޖެހޭ މަސައްކަތްތައް އެއްކޮށް ނުނިންމުނު.. އެހެންވެ އަހަރެން މިދަނީ ހުޅުމާލެއަށް ދާން… އޭނަ ބުނި ރަނގަޅު އަގެއް މަސައްކަތައް ކިޔާށޯ… ދަބަހަށް ޔުނީފޯމެއް ލާބަލަ.. އޭރުން މާދަމާ ވަޒީފާއަށް ދާނީ އެކޮޅުން…” އަޒީމް އެހެންބުނަމުން ގޮސް އަލަމާރި ތެރެއިން ޓީޝާޓެއް ގަޔަށް މަހާލިއެވެ. އަދި މޫނު ބަލާ ލޯގަނޑު ކައިރީ ހުރެ ބޮލުގައި ހެއަރ-ޖެލްކޮޅެއް ލަމުން އިސްތަށިގަނޑު ރީތިކޮށްލިއެވެ.

މަންޝާ އިނީ ހަތަރު އުދަރެސް ފެނުޖެހިފައެވެ. އަޒީމް އެހާ ފަސޭހައިން ބޮޑު ދޮގެއް އެ ހެދީ ކިހިނެއް ހެއްޔެވެ. މަންޝާއަށް ޔަގީނެވެ. އެގުޅީ އެއަންހެން ކުއްޖާއެވެ. މަންޝާ ބުނާ އެއްޗެއް ބަލާފައި އަޒީމްގެ ޖަވާބު ބަދަލު ކޮށްލީއެވެ. އަޒީމްގެ ދަބަހަށް ޔުނީފޯރމް ލުމަށްފަހު އަޒީމަށް ހަވާލުކުރި މަންޝާ ހުރީ ބަޑިފަޅައިގެންދާން ކައިރިވެފައެވެ. މަންޝާގެ މޫނަށް ނުބަލާ، އަޒީމްގެ ބޮޑީސްޕްރޭ ފުޅިއާ ރީތިވާން ގެންގުޅޭ ބައެއް ސާމަނުތައް ދަބަހަށް ލިއެވެ.

ގެއިން ނުކުންނަން އަޒީމް ހިނގައިގަތް އިރު މަންޝާއާ ދިމާއަށް ބަލައިވެސް ނުލައެވެ. ދޮރުން ބޭރަށް އަޒީމް ނުކުތުމުން މަންޝާ ގޮވާލިއެވެ. އަޒީމަށް މަންޝާ އެއީ އެތާހުރި މީހެއްކަން ރޭކާނުލީމައެވެ. މަންޝާއާ ދިމާއަށް ބަލަން ހުރުމަށްފަހު އެތެރެއަށް ވަދެ މަންޝާގެ ގައިގާ އަޒީމް ބައްދާލިއެވެ. އަދި މަންޝާގެ ނިތްކުރިއަށް ބޮސްދިނުމަށްފަހު އަޒީމް ގެއިން ނުކުމެގެން ދިޔައީއެވެ. އަޒީމަށް އައިސްފައިވާ ބޮޑު ބަދަލު ފެނި މަންޝާ އެކަމާ ހިތާމަ ކުރިއެވެ. ނަމަވެސް ޝަކުވާއެއް ކުރަން މަންޝާ ފަސް ޖެހުނީ އޭނާއަށް ކުރެވިފައިވާ ކުށްް ސިފަވުމުންނެވެ. ކުށްވެރިއަކީ އަޒީމް އެކަންޏެއް ނޫނެވެ. ދޮރު ތަޅުލުމަށްފަހު ކޮޓަރިއަށް މަންޝާ ވަނީ ރޮމުންނެވެ.

*** *** *** *** *** ***

ސޯފާގައި އިށީނދެގެން އިން މީރާގެ އަތަށް ފޯނުލައިގެން އިނީ އޭނާގެ ކޮއްކޮއަށް ގުޅޭތޯ ބަލަބަލައެވެ. ޓީވީން ދައްކަމުން ދިޔަ ޕްރޮގްރާމަށް ގެއްލިފައި އިން މީރާއަށް ސިހުމެއް ލިބުނީ އަތުގައި އޮތް ފޯނު ވައިބްރޭޓް ވާން ފެށުމުންނެވެ. ފޯނަށް މީރާ ބަލާލީ އެއީ އޭނާގެ ކޮއްކޮގެ ކޯލެއް ކަމަށް ހީކުރެވުމުންވެ. ނަމަވެސް އެއީ މަންޝާގެ މެސެޖެކެވެ. މެސެޖް ހުޅުވާލުމަށްފަހު މީރާ އެ މެސެޖް ކިޔަން މަސައްކަތް ކުރިއެވެ. ނަމަވެސް މީރާއަށް މެސެޖްގެ ކުރީބައި ދޭހައެއް ނުވިއެވެ. މެސެޖްގެ ފަހަތުގައި ލިޔެފައިވާ ލިޔުންކޮޅު އޭނާ ކިޔާލިއެވެ. އަދި އެއަށްފަހު ސޯފާއިން ތެދުވެގެން ކޮޓަރިއާ ދިމާއަށް ދިޔައީ ރިޔާޒް ހޯދާށެވެ.

ކޮޓަރީގެ ދޮރު ހުޅުވާލަމުން ރިޔާޒަށް މީރާ ގޮވާލިއެވެ. އެނދުގައި އޮށޯވެގެން އޮތް ރިޔާޒް މީރާއާ ދިމާއަށް އެނބުރެމުން އޭނާ ހިނިތުންވެލިއެވެ. ކިހިނެއްވީތޯ ސުވާލު ކުރުމުން މީރާ އޭނާގެ ފޯނު ދިއްކޮށްލަމުން އެ މެސެޖްގައި ލިޔެފައިވާ އެއްޗެއް ކިޔައި ދީބަލާށޭ ބުންޏެވެ.

ދެލޯ ހަނިކޮށްގެން ހުރެ އެ ލިޔުންކޮޅު ކިޔާލިއެވެ. ރިޔާޒްގެ ތުންފަތާ ކުޅެލީ ލާނެއް ހިނިތުންވުމެކެވެ. ރިޔާޒްގެ މޫނު މައްޗަށް ޖައްސަމުން ދިޔަ ވައްތަރު ފެނިފައި މީރާއަށް ހެވުނެވެ. އަދި ކިހިނެއްތޯ ވީ ސުވާލު ކޮށްލިއެވެ.

“ބަލާބަލަ މަންޝާ ރަނގަޅުކަން… ޔަގީނޭ އޭނާ އެ މަސައްކަތް ކުރަނީ އަޒީމަށް އައްޑޫ ބަހުން މެސެޖް ކުރަންކަން… އެކަމަކު މިއޮތީ ރޯ ނުބައިކޮށް…” ރިޔާޒް އެމެސެޖްގެ ކުށްތަންތަން ރަނގަޅު ކުރުމަށްފަހު އޭގެ މާނައާއެކީ ލިޔެދިނުމަށްފަހު މަންޝާއަށް ފޮނުވާލިއެވެ. ރިޔާޒް މެސެޖްކޮށް ނިމުމުން މީރާ އެ މެސެޖް ކިޔާލިއެވެ.

“އަންގާސް ނިލައި ދީ ގެއީ… މިރެއިއަސް މިކެޑަށް އޭއްވީނު… ވަރަށް ލޯބިވެއި… އަޒީމާ ނިލައި ނިވޭނޑުވޭހެއް… ތޭމި ހިތުގެ ވިންދަކީ… އައި މިސްޔޫ…. (އަންގާވެސް ނުލާދޯ ދިއައީ… މިރޭވެސް މިކޮޅަށް އަންނަންވީނުން… އަޒީމާ ނުލާ ނޫޅެވޭނެ… ތީ މި ހިތުގެ ވިންދަކީ… އައި މިސްޔޫ…)

“އާން ވަރަށް ސްވީޓް…..ރިޔާ އަަހަރެންވެސް ބޭނުން އައްޑޫބަސް ދަސްކުރަން…” ތުންގަނޑު ދަމައިގެން ހުރެ މީރާ އެހެން ބުނެލީ ޅަ ގޮތަކަށެވެ. ރިޔާޒް މީރާ ގާތު އެނދުގައި އިށީނުމަށް އެދުނެވެ.

އެނދުގައި އިށީންނަމުން މީރާ ވާހަކަ ދެއްކިއެވެ. “ރިޔާ…. އަހަރެން ކޮއްކޮއަށް ނުގުޅިގެން މިއުޅެނީ… ޕްރެގް ވާހަކަ ބުނަންވެގެން… ރިޔާޒް ވެސް ޓްރައި ކޮށްބަލަ… މަންމަ ކައިރީ ބުނެފިން،… ވަރަށް އުފަލުން ހުރީ… އެކަމު އަހަރެން ބުނިން މަންމަ ކައިރީ މާޝާ ކައިރީ ނުބުނައްޗޭ.. އަހަރެންނޭ ބުނާނީ…. މާޝާގެ ފޯނަށް ގުޅެތޯ ބަލާ… ގުޅިއްޖިއްޔާ ގޮވާލާ…” މީރާ ކޮޓަރިން ނުކުތީ ޓީވީން ދައްކަމުންދާ ޕްރޮގްރާމް ބަލާށެވެ.

*** *** *** *** *** ***

ޒަފްރީން އޮތީ ކުޑަ އެނދުގައި ނިދާފައެވެ. ޒުހާ އޮތީ ޒައިކާއެކު އޭނާގެ އެނދުގައި އޮށޯވެގެންނެވެ. ޒައިކަށް ވާހަކައެއް ކިޔައިދޭށެވެ. ފޮތުން ވާހަކަ ކިޔައިދެމުން ދިޔައިރު ޒައިކް އޮތީ މަންމަގެ އަތްމަތީ އޮށޯވެގެން ފޮތުގައި ކުރަހާފައިވާ މަންޒަރުތަކަށް ބަލާށެވެ. އެއީ ކޮންމެ ރެއެއްގެވެސް އާދައެވެ. ޒައިކް ނިދުމުގެ ކުރިން ވާހަކައެއް ކިޔައިދޭން ޖެހޭނެއެވެ. ޒައިކްއަކީ ވާހަކައަށް ލޯބިކުރާ ކުއްޖެކެވެ.

ވާހަކަ ކިޔައި ނިމުމާއި އެކީ ޒުހާ އަހާލިއެވެ. “އަދި ވާހަކައެއް ކިޔައިދެންތަ؟… މިފަހަރު ކިޔައިދޭނީ ލިޓްލް ރެޑް ރައިޑިންގް ހުޑްގެ ވާހަކަ….”

ޒުހާގެ ބަހަށް ޒައިކްގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. އެހެންކަމުން މަޑުމަޑުން ބޯ ހިއްލާލާ އެސޮރާ ދިމާލަށް ޒުހާ ބަލާލިއެވެ. ޒައިކަށް އޮތީ ނިދިފައެވެ. ހިނިތުންވަމުން ޒައިކްގެ ނިތްކުރިއަށް ޒުހާ ބޮސްދިނެވެ. އަދި ޒައިކްގެ ބޯދަށުން ޒުހާގެ އަތް މަޑުމަޑުން ދަމައިގަތެވެ. އެސޮރުގެ މަގަތުން ބާލީހެއް ޖައްސާލުމަށްފަހު އެނދުމަތިން ތެދުވެ ޒުހާ މޯޅިއަކަށް ދެމިލިއެވެ. ހަމައެވަގުތު ފޯނުގެ ރިންގް ޓޯން އަޑުން ކޮޓަރީގެ ހަމަހިމޭންކަން ކަނޑުވާލިއެވެ. ޒުހާ ތެޅިގަތީ އަވަހަށް ފޯނު ނަގާ އޭގެ ރިންގް ކަނޑާ ލެވޭތޯއެވެ. ދެކުދިން ކުރެއް ކުއްޖަކު ހޭލަފާނެތީއެވެ.

“ހަލޯ…” ކަންފަތުގައި ފޯނު ޖަހަމުން ޒުހާ ވާހަކަ ދެއްކީ ވަރަށް މަޑުމަޑުންނެވެ. އެއް އަތުން ޒަފްރީންގެ ކުޑަ އެނދުން ހެއްލާލަމުންނެވެ. ކުޑަކޮށް ލޯ ހުޅުވިފައިވާ އެ ތުއްތު ކުއްޖާ ޒުހާ ލައްވާލި ނާނާގެ އަޑަށް މަޑުމަޑުން ލޯ މަރާލިއެވެ.

“ޒުހާ… މަން… މަންއަށް ހީވަނީ އަޒީމް ވަގު ބިޓެއް ގެންގުޅެނީހެން…” މަންޝާ ފޯނުގައި ހުރެ ވާހަކަ ދެއްކީ ރޮމުންނެވެ. މަންޝާގެ އަޑު ބަދަލުވެފައި ހުރިކަން ޒުހާއަށް ނަގައިގަނެވުނެވެ. ޒުހާއަށް އެ ލިބުނު މެސެޖުން ހިނދުކޮޅަކަށް ބަސްހުއްޓުނެވެ.

“ކީކޭ… ރޮނީތަ؟ ކިހިނެއް ވީ ކަމެއްތީ؟… ކޮން އިރަކު އެނގުނީ…” ޒުހާ ދެލޯ ބޮޑުވެގެން ދިޔައެވެ. އަޒީމް އެފަދަ ކަމެއް ކޮށްފާނެކަން ޒުހާއަށް ގަބޫލެއް ނުކުރެވުނެވެ. ނަމަވެސް މީހުން ބަދަލުވެދާނެކަން އޭނާ ގަބޫލުކުރެއެވެ. މަންޝާ ކަން ހިނގާ ދިޔަ ގޮތް ތަފްސީލްކޮށް ކިޔައިދިނެވެ. އެ އަންހެން ކުއްޖާ ވާހަކަ ދެއްކީ އައްޑޫ ބަހުންކަމާއި، އޭނާ ކީ ހުރިހާ އެއްޗެއްގެ މާނަ މީރާ މެދުވެރިކޮށް ހޯދިގޮތްވެސް ކިޔައިދިނެވެ. ވާހަކަ އަޑުއަހަންހުރި ޒުހާ ހުރީ މަންޝާއަށް އެހީތެރިވެދޭން ބޭނުންވެފައެވެ.

“އަހަރެން ނަވާފް ކައިރީ ބުނަންތަ؟.. ނަވާފަށް އޭނާއަށް ވިސްނައި ދެވޭނެދޯ…” ޒުހާ ބޭނުންވީ މަންޝާއަށް އެކަމުގެ ހައްލެއް ހޯދައިދޭށެވެ. ނަމަވެސް މަންޝާ އެގޮތަށް ކަންކުރަން ބޭނުންނުވާ ކަމަށް ބުންޏެވެ. އެތައް އާދޭހަކާ ވާހަކަތަކެއް ދެއްކަމުން ޒުހާ ދިޔައީ އެ ދެމަފިރިންގެ ގުޅުން ރަނގަޅު ކުރާނެ ގޮތްތައް ކިޔައިދެމުންނެވެ. މަންޝާއަކަށް އިތުރަކަށް ކެތެއް ނުކުރެވުނެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާއަށްް ސިއްރުން ކުރި ކަންތައް ކިޔައިދިނެވެ. ޒިބާންއާ އެކީ ހިންގުނު ލޯބީގެ ކުޅިގަނޑު ކިޔައިދިނެވެ. މަންޝާގެ ހިތުގައި ޒިބާނަށް ހާއްސަ މަގާމެއް ދެވިފައިވާ ވާހަކަވެސް ކިޔައިދިނެވެ. ނަމަވެސް މަންޝާ އިތުރަށް އެ ގުޅުން ކުރިޔަށް ނުގެންދަން އަޒުމް ކަނޑައެޅި ވާހަކަ ވެސް ބުނެދިނެވެ.

ޒުހާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަޒީމް އެކަނި ކުށްވެރި ކުރެވޭކަށްވެސް ނެތެވެ. މަންޝާ އެވަނީ މާބޮޑު ގޯހެއް ހަދާފައެވެ. ފިރިމީހާއަށް އޮޅުވާލާ ޒިބާނާއެކު ޒިނޭގެ ގުޅުން ހިންގާފައެވެ. ޒުހާ ވަރަށް ނަސޭހަތް ދިނެވެ. އެފަދަ ގޮތަކަށް ނޫޅޭށޭ ބުނެ ހިތްވަރު ކުރަން ނަސޭހަތް ދިނެވެ. އަދި އަމިއްލައަށް ކުރެވިފައިވާ ކުށުގެ ވާހަކަ ފިރިމީހާއަށް ކިޔައިދިނުމަށް ނަސޭހަތްތެރި ވިއެވެ. އެއަށްފަހު ތައުބާވުމަށްވެސް ޒުހާ އެދުނެވެ.

މަންޝާއަށް އެކަމާ ކުރިމަތިލާން ނުކެރޭނެކަމާއި އަދި ފަހުން އަޒީމް ގާތު އެވާހަކަ ބުނަން މަޑުކުރަން އޭނަ ބޭނުންވާ ކަމަށް ބުންޏެވެ. ފޯނު ކަނޑާލުމަށްފަހު ޒުހާއަށް ހިނދުކޮޅަކަށް ގަބުއަރާފައި ހުރެވުނެވެ. މަންޝާ އެ ފިރިހެން ކުއްޖާގެ ވާހަކަ ދެއްކި ހިސާބުންވެސް ކަމެއް ހިނގާފާނެކަމުގެ ބިރު ޒުހާގެ ހިތުގައި އަށަގެންފައިވިއެވެ. އެންމެފަހުން މަންޝާމެން ގެއަށް ޒުހާ ދިޔަފަހުން އަދި މަންޝާއާ ބައްދަލެއް ނުވެއެވެ. ޒުހާއަށްވެސް ޚަބަރެއް ބަލައި ނުލެވުނީ އޭނާ އުޅެން ޖެހޭލެއް ބުރަ ކަމުންނެވެ. އެހެންކަމެއް ހަނދާންވާ ވަރެއްވެސް ނޫނެވެ. އެކުވެރިޔާގެ ހަޔާތުގައި ކުރިމަތިލަމުންދާ ގޮންޖެހުންތަކުން ޒުހާގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. ހިތާ ހިތުން މަންޝާއަށް ރަނގަޅު ގޮތެއް މެދުވެރިކޮށް ދެއްވުމަށް އެދި ދުޢާ ކުރެވުނެވެ.

*** *** *** *** *** ***

ބެލްކަނީގެ ބިއްލޫރިގަނޑު ކައިރިން ފާޅުވަމުން ދިޔަ ރަތްކުލައިގެ އަލިގުޅަ ހުރީ މަންޝާގެ ހަރަކާތްތަކަށް ބަލާށެވެ. އެނދުމަތީގައި އިނދެ ހެދުންތައް ފަތް ޖަހަމުން މަންޝާ ދިޔައީ ފޫހިގޮތަކަށެވެ. އޭރުވެސް ދެލޮލުން ކަރުނައިގެ އަސަރު ފާޅުވަމުން ދިޔައެވެ. ދޭތެރެއަކުން ނޭފަތް ދަމާލާ ކޯތާފަތުގައި ހުރި ކަރުނަތައް އަތުގެ ނުފުށުން ފޮހެލައެވެ.

އެނދުގައި އިށީންދެގެން މަންޝާ އިނީ ބެލްކަންޏަށް ފުރަގަސްދީގެންނެވެ. އެހެންކަމުން ބެލްކަނީގައި ހުރިމީހަކު މަންޝާއަކަށް ނުފެނެއެވެ. ޓައިލްސްމަތީ ހުޅުވާފައިވާ ލަގެޖްގެ ތެރެއަށް ފަތްޖަހާފައި ހުރި ހެދުންތައް ތަރުތީބުން ބަހައްޓަމުން ދިޔައެވެ. މާދަމާ ރެއަކީ ރަށަށް ދާން ހަމަޖެހިފައިވާ ރެއެވެ. ފޮށި ތައްޔާރު ކުރަމުން ދިޔައިރު މަންޝާގެ ސިކުނޑިވަނީ މުޅިން އެހެން ދުނިޔެއެއްގައެވެ. މަންޝާގެ މަގަތުން އެނދުމަތީ އޮތް ފޯނު ރިންގްވުމުން ފޯނަށް ބަލާލިއެވެ. އެގުޅަނީ ޒިބާނެވެ. މަންޝާ ފޯނަށް ބަލަން ހުރުމަށްފަހު އެ ފޯނު ބިޒީ ކޮށްލިއެވެ. އަނެއްކާވެސް ފޯނު ރިންގްވިއެވެ. އެ ފޯނަށް ޖަވާބު ދޭކަށް މަންޝާ ބޭނުމެއް ނޫނެވެ. ތަކުރާރުކޮށް ފޯނު ރިންގްވަމުން ދިޔައެވެ. ފޯނު ރިންގްވާ އަޑު ނޫން އަޑެއް އެކޮޓަރި ތެރެއަކުން ނީވެއެވެ. ދެލޯ މަރާ ފިއްތާލަމުން މަންޝާގެ އިސްތަށިގަނޑުގައި ހިފާ ބާރުކޮށްލެވުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shax Lyn

Level 4100 Stories10 Stories500 Comments100 Comments

Other Articles

Previous

ލޯތްބޭތީ ހިތްއެދޭ.. (5)

Next

އިންތިޒާރުގައި ހުރިން (9)

Next
June 11, 2016

އިންތިޒާރުގައި ހުރިން (9)

Previews
June 11, 2016

ލޯތްބޭތީ ހިތްއެދޭ.. (5)

24 Comments!

  1. Reesham says:
    June 11, 2016 at 8:06 pm

    V v reethi. Next part ge inthixaarugaa

    1. Shax Lyn says:
      June 15, 2016 at 2:48 am

      Varah bodah Shukuriyyaa!…… @Reesham 🙂

  2. Niyuan says:
    June 11, 2016 at 8:30 pm

    Varah salhi??

    1. Shax Lyn says:
      June 15, 2016 at 2:49 am

      Thanks Niyuan… 🙂

  3. ?Ňåjùüú? says:
    June 11, 2016 at 8:31 pm

    V reethi…. Waiting 4 the nxt part.. Avaha up kohdheyne kamah heekuran ????☺

    1. Shax Lyn says:
      June 15, 2016 at 2:49 am

      In-sha Allah Soon… thanks..:)

  4. Same says:
    June 11, 2016 at 8:35 pm

    vvvv reethi

  5. Aish says:
    June 11, 2016 at 8:55 pm

    Very nice mi part ves. Avahah up kohdhehchey ingey

  6. Ahmed Ammu says:
    June 11, 2016 at 8:56 pm

    Habeysss ?

  7. Shahi says:
    June 11, 2016 at 9:58 pm

    V interesting waiting for the next episode

  8. Theeni says:
    June 11, 2016 at 10:16 pm

    Varah Varah Varah reeethi.

  9. ny says:
    June 12, 2016 at 12:22 am

    Reethi vaahakae…………..avaha nxt part up kodechey. ……,

  10. ❤ says:
    June 12, 2016 at 2:32 am

    Nice but reethi kamun kuruhen heevani..avas kohdheh cheyy waiting waiting ….?

  11. Mary says:
    June 12, 2016 at 3:49 am

    Mee evvanaige vaahakaeh…. Thanks… burakoh ulhmunves roadhamahu genesdheythee…. Thanks alot.. I love the way this storys going…. Mansha ah vaanee kihinehba

  12. gurey says:
    June 12, 2016 at 4:14 am

    Azeem heybalivefa ehereee….

  13. meesha says:
    June 12, 2016 at 5:39 am

    Varah reethi

  14. fathun says:
    June 12, 2016 at 12:08 pm

    mi azeem ulhey gothe. adhi mansha hutaves 4ne in talk kurany

  15. ainth says:
    June 12, 2016 at 12:17 pm

    varah salhi mi part vx

  16. Zeyba says:
    June 12, 2016 at 12:36 pm

    Mansha jeheynee balan hunnan… Azeem loabivaanee aharen dheke… Hahahaha

  17. mansha says:
    June 12, 2016 at 5:29 pm

    no he x mine. tihen adhi jahala malhiega azym eh nubedheyne. rasha nudhaanvy kaneyge

  18. mansha says:
    June 12, 2016 at 5:29 pm

    shaaz please man beynume noon rasha dhaaka

  19. kokaa says:
    June 14, 2016 at 1:32 am

    vv salhi..keep it up shax ????

  20. Shax Lyn says:
    June 15, 2016 at 2:51 am

    hurihaa kiyuntherinah vara bodah Shukuriyyaa.. Vaahaka ah thi dhevvaa tharu heebah alhuganduge hithuge emme fun minun shukuru dhannavan… in sha allah…. varah avahaha aneh baives genesdheynan…. roadhamas kamun hafthaaaku episde eh genesdheyne kama bunefaivaane… 🙂

  21. same says:
    June 18, 2016 at 7:26 pm

    Next part konirakun?

Comments are closed.

Next Episodeމަންޝާ (ސައުވީސްވަނަ ބައި)←


All Right Reserved!