އާދުވަހަކަށް އަރައިގެންއައި އިރާއިއެކު ލޫތް އޮފީހަށް ވައިން އިރު ފެނިގެން ދިޔައީ މުޅިން ތަފާތު މަންޒަރެކެވެ. މުއައްޒަފުން އެކި ކަންކަމުގައި އަވަސް އަރުވާލާފައި އުޅުންއިރު މުޅި މާހައުލު ވަނީ ހަލަބޮލިވެފައެވެ. ވެގެން އުޅޭގޮތެއް އޮޅުން ފިލުވާލަން އުޅެނިކޮން ލިފްޓުން ނިކުއިން ފަވާޒް ފެނުމުން ލޫތް އެދިމާއަށް މިސްރާބްޖެހިއެވެ. މީގެ ދެދުވަސް ކުރިން ހިނގި ދެބަސްވުމަށްފަހު އެދެމެދުގައިވި ނުތަނަސްކަން ދުރުކޮށްލުމަށް އޭނާ ނިންމިއެވެ. “ފަވާޒް.. ކިހިނެތް ވެގެން މިހާ ހެނދުނާ އެންމެން މާ ހައިޕާ ވެގެން މިއުޅެނީ؟” ލޫތް […]
ވާހަކަ އަޕްޑޭޓް ވާންޖެހޭ ދުވަހުގައި އަޕްޑޭޓް ނުކޮށްދެވުނީތީ ހުރިހައި ކިޔުންތެރިން ހިތްހަމަ ޖައްސާލުމަށްޓަކައި މިބައި އަވަހަށް އަޕްޑޭޓްކޮށްދިނީ!! 54 ވަނަ ބައިގައި “އަހަރެން” ގެ ނަމުގައި ކޮމެންޓްކޮށްފައިވާ ކުއްޖާއަށާއި ދެންވެސް ވާހަކަ އަޕްޑޭޓް ނުވެގެން ރުޅިން ތިބި ހުރިހާ ކުދިންނަށް މިބައި ހާއްސަކޮށްލަން/ “އަވަހަށް ތައްޔާރ……….” އީމަންގެ ޖުމުލަ ފުރިހަމަ ނުވަނީސް އިޔާނާ ފާހާނާއަށް ވަނެވެ. އިޔާނާގެ މި އަވަސް ހަރަކާތުން އީމަންއަށް ހައިރާންކަން ލިބުނެވެ. އިޔާނާ ތައްޔާރުވެގެން ނިކުތް އިރު އީމަން އިނީ އެނދުގައެވެ. އިޔާނާ […]
“އަހަރެންނާ އަދި އެންމެ ފަހަރަކު ބައްދަލު ކޮށްލަދީ” އެންމެފަހުން ފޯނަށް އައިސްފައި އިން މެސެޖް ޑިލީޓް ކޮށްލިއިރު ނައުމާގެ ލޮލުން ކަރުނައިގެ މުތީއެއް ނީރާލާފައި ވެއެވެ. މިޔަދު މިދުވަސް އަންނާނެކަން އެނގުނުނަމަ އޭނާ އަދި ކެތްކުރީހެވެ. އަދި އެއްރޭ ހިތްދަތި ކަމުގައި ކަރުނަ އަޅާލައަޅާލާ އޮވެ ނިދީހެވެ. އަދިއެއްރޭގެ ނިދިން މަހުރޫމުވެ ދެލޯފަދަ ލޯބިވާ ދެކުދިންގެ ހައްޤުގައި ހޭލާ މަސައްކަތްކުރަން އިނީހެވެ. އަދިއެއްރޭ އެ އެކަނިވެރިކަމުގެ ދާންމަތީގައި ފުރޮޅިލަފުރޮޅިލާ އޮތީހެވެ. އަދި އެއްރޭ އިންތިޒާރުގައި އަލިވިލެންދެން އޮތީހެވެ. […]
“ޔެއާ… އިޒިންޓް ޝީ ހޮޓް؟” އަމީން ރީނާ އަށް އިށާރާތްކޮށް ހީގަންނަމުން ބުނެލިއެެވެ. އެއާއެކު ރީނާއަށް ހީވީ މީހަކު އޭނާގެ މެއަށް ހޫނު ފެން އެއްޗެއް ޖެހިހެންނެވެ. މިހާރު އޭނާއަށް ފެންނަމުން އެދަނީ ކުރީގެ ހިތްހެޔޮ ރަނގަޅު އަމީން އެއް ނޫނެވެ. މިއީ ކޮންތަނެއް ބާވައެވެ؟ އަމީން އަށް މިތަން އެނގެނީ ކިހިނަކުން ބާވައެވެ؟ އަމީން އޭނާ މިތަނަށް ގެންނަން ޖެހުނީ ކީއްވެގެން ހެއްޔެވެ؟ ތަފާތު ސުވާލުތަށް އޭނާގެ ސިކުނޑިއަށް ވެރިވާން ފެށުމުން ބޮލުގައި ކުޑަ ރިހުމެއް […]
“އެންމެ ރަނގަޅު” ޒެކަން ވިސްނާލާފައި ކުރު ޖަވާބެއްދިނީ ބައްޕަގެ އުންމީދުތަކާ ދޭތެރޭގައި ވިސްނާލާފައެވެ. އޭނައަށް އުފަލެއް ނުލިބުނަސް ބައްޕަ އުފަލުގައި ހުންނަތަން ދެކެން ޒެކަންގެ ފުރާނަވެސް ގުރުބާން ކުރަން ބޭނުންވެއްޖެއެވެ. އާ ހެނދުނަކަށް ލޯ ހުޅުވާލެވުމާއެކީގައި ޔަލަކްގެ ސިކުނޑިއަށް ފުރަތަމަވެސް ބޮނޑިވެގެންއައީ ޒެކަންގެ ޖުމްލަތަކެވެ. ޒެކަންއަށް ނޭނގުނަސް ޔަލަކް ގެ ހިތައް ކިތަންމެ އަނިޔާއެއް އެބަސްތަކުން ލިބިއްޖެއެވެ. ތެދުވާހިތްނުވެފައި އެތައް އިރަކު އޮތުމަށްފަހު ޔަލަކް އެނދުން ތެދުވެ ފާހާނާއާއި ދިމާއަށް ހިނގައިގަތީ މިއަދު ޒެކަންގެ ގެޔަށް ނުދާން […]
“ޖަންނާ، ޖަންނަ ތީ ވަރަށް އަގުބޮޑު މީހެއް. ޖަންނައަށް އިހުސާސް ވެސް ނުކުރެވޭހާ އަގުބޮޑު. ޖަންނަ ބޭނުންނަމަ އަހަރެން ޖަންނައާއި މެރީ ކޮށްފާނަން. އަހަރެން އަބަދުވެސް ޖަންނައާ “ޖަންނާ، ޖަންނަ ތީ ވަރަށް އަގުބޮޑު މީހެއް. ޖަންނައަށް އިހުސާސް ވެސް ނުކުރެވޭހާ އަގުބޮޑު. ޖަންނަ ބޭނުންނަމަ އަހަރެން ޖަންނައާއި މެރީ ކޮށްފާނަން. އަހަރެން އަބަދުވެސް ޖަންނައާ ވަރަށް ލައިކްވޭ. އަހަރެން މިހިރީ ޖަންނައާ މެރީ ކުރަން ތައްޔާރަށް.” މާޒިދު އެހެން ބުނުމުން ޖަންނަތުއަށް މާޒިދުއާއި ދިމާލަށް ހައިރާންވެފައި […]
” ވާ. ވާ . ވާ. ބަފައިބޭ ޕިސް. ޕިސް.” ދޮރު ކުރިމަތިގައި ހުރެ މީހަކު އަތްބަޑި ތަޅާތަން ފެނުމުން އެންމެނަށްވެސް ބަލައިލެވުނީއެވެ. އެއީ އެމީހުންނަށް ހީވެފައި އޮތް ގޮތުގައި ލާމިއުއެވެ. އަނެއް ގޮތަށް ބުނަނީނަމަ އީލާމްއެވެ. އީލާމް ވަތް ގޮތަށް އައިސް ނަޝީދުގެ ކުރިމަތީގައި ހުއްޓެލިއެވެ. އެންމެނަށް ހައިރާންވެފައި ތިބެވުނީ ލާމިއުއާއި އީލާމްއާއި ދިމާލަށް ބަލާންށެވެ. ދެންމެ ވަދެގެން އެއައީ ލާމިއު ކަމަށް ވާނަމަ ޝާންއަކީ ކާކު ހެއްޔެވެ؟ ” ހެހެހެ.. ހާދަ ހެއްވަޔޭ ދޯ. […]
އުޑުމަތީގައި ނަގަމުން ދިޔަ ބޯވިލާތަކުގެ ނިވަލުގައިވި އިރުގެ ރަންދޯދިތައް ފަނޑުކޮށް ޖައްވަށް ވެރިވެފައިވެއެވެ. ރޭގައި ވެހުނު ބޯވާރޭގެ ފިނިކަން މާހައުލުގައި ހިފާލާފައި ވުމުން ހިއްސުތަކަށް ފިނިކަން ގެނުވައެވެ. ‘ޕެސިފްލޯރާ’ގައި އާދައިގެ މަތިން ހެނދުނުގެ ނާސްތާ ކުރުމަށް މޭޒުދޮށަށް އެއާއިލާގެ އެންމެން ޖަމާވަމުން ދިޔައެވެ. ކުޑަކުޑަ ލޫލު އޭނާގެ ކިރުތަށި ބޮމުން ދިޔައިރު ލައިގެން ހުރީ އޭނާ ދާ ނާސަރީ ޔުނީފޯމެވެ. އާޒިމާގެ އެންމެ ހަގަށް ހުރި އާލާ ޕާނުގައި ޖޭމް ހާކަން އިންއިރު އަދި އިނީ ސްކޫލަށްދާން […]
އެދުވަހުގެ މެންދުރުފަހު އަހަރެންނާއި ކޮއްކޮ އަދި ޝަހުދު ބައްދަލުކުރީމެވެ.ބޭނުމަކަށްވީ ނާދް އާއި ބެހޭގޮތުން މަޝްވަރާކުރުމެވެ.. “މިއަދު ހެނދުނު އަޒްހާން ގުޅި އަހަންނަށް.. ބުނި ޕޮލިހަށް އަންގައިފީމޯ ..އަސްލު ކުރިން އަހަރެންނާއި ވާހަކަދައްކަ ދައްކާފައި،ރަޝާއަށް އިންޒާރު ދިންފަހުންނުގުޅެނީ.. ވާނުވާއެއްނޭންގެ. ބޯހަލާކު” ޝަހުދު ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ. އެވަގުތު އޭނާގެ ފޯން ރިންގްވާންފެށިއެވެ. އޭނާ ފޯނުނަގާ އެކޯލަށް ޖަވާބުދިނެވެ. “ހަލޯ!.. އާދެ!.. އަޅުގަނޑު މިދަނީ އިނގޭތޯ.!ލައްބަ!” ޝަހުދު ފޯން ކަނޑާލަމުން އަހަރެމެންގެ މޫނަށް ބަލާލިއެވެ.. ސުވާލެއް ނުކުރެވިއުޅެނިކޮށް އޭނާ ވާހަކަދައްކަން […]