
ސިއްރު ސިއްރުން ހިތޭ މިލްކު ކޮށްލީ ކަލާ… (ފަސްވަނަބައި)
ޒެކަންގެ ގެޔަށް އާދެވުމާއެކު ޔަލަކްއަށްވީ އެހެންދުވަސްދުވަހުވެސް ހަމަ ވާވަރެވެ. އެހެނަސް ހަމަޖެހެން މަސައްކަތްކުރަމުން ގެޔަށްވަދެ ދެކޮޅުހޯދާލުމަށްފަހު ބަދިގެޔަށްވަމް އިރު ހެނދުނުގެ ނާސްތާ ތައްޔާރުކުރުމުގައި އަވަދިނެތި ދެމީހަކު އުޅުނެވެ. ޔަލަކް އަތްމަތި އަވަސްކޮށްލައި ކޮފީހަދާނިންމާލުމަށްފަހު ޒެކަންގެ ކޮޓަރިއަށްދާން ހިނގައިގަތްއިރު ހިތުތެރޭގައި އޮތްހިޔާލަކުން ހިތް ބާރަށްތެޅެން ފެށިއެވެ. ޔަގީނުންވެސް މިއަދު ޒެކަންއާއި ކުރިމަތިލާން ޖެހޭނެއެވެ. ބިރުންހުރެ ޒެކަންގެ ކޮޓަރިޔަށްވަދެ ސައިޑްޓޭބަލްމަތީގައި ކޮފީތަށި ބަހައްޓަން ކައިރިވެލުމާއެކު ޔަލަކްއަށް ސިއްސައިގެންގޮސް ތެޅިގަނެވުނީ ފާޚާނާގެ ދޮރުހުޅުވާލި އަޑުއިވުމުންނެވެ. ކޮފީތަށި އަތުންދޫވުމާއެކު އެނދުމަތީގައި ބާއްވާފައިއޮތް ހުދުގަމީސްމަތީގައި ޖެހިފައި ތިރިއަށްގޮސް ޓައިލްސްތައް މައްޗަށް ވެއްޓި ތަޅައިގެންދިޔަ އަޑު މުޅިތަނުގެ ހިމޭންކަން މުގުރާލައިފިއެވެ. ޔަލަކްއަށްކުރެވުނުކަމަކީ ބިރުން ފުރަގަސްދެވުނީއެވެ. ކަނާތުގެ ޝަހާދަތް އިނގިލި އަނގަޔަށްލައި ދަތްތަކުން ބާރަށް ފިއްތާލެވުނީ ހިތް ތެޅިގަތްލެއް ބާރުކަމުންނެވެ.
“ތި ދެއަތުގަ ވަރެއްވެސް ނުހުންނަނީތަ؟” ވެއްޓިތެޅުނު ކޮފީ ތައްޓާއި ކޮފީތައް އެޅިގެންދިޔަ އޭނާގެ ގަމީހަށް ބަލާލުމާއެކު ފުރަގަސްދީގެން ހުރި ޔަލަކްއާއި ދިމާއަށް ޒެކަންއަށް ހަޅޭއްލަވައިގަނެވުނީވަކި ގޮތެއް ބަލާފައެއްނޫނެވެ. “ކަލޭމެންގެ ހިތުގަ އެއްވެސް ކަމެއްކުރުމުގައި ރަނގަޅު ނިޔަތެއް ނޯންނާނެ. ރީތިކަމުގެ ފުރަގަހުގައި ތިބި މަކަރުވެރިބައެއްތީ ” ޔަލަކް ފުރަގަސްދީގެން އަނގައިން ނުބުނެ ހުރުމުން ޒެކަން އިތުރަށް ރުޅިގަދަވީ އިޚްތިޔާރަކާއި ނުލައެވެ. އެހެނަސް ޒެކަންގެ ލަފްޒުތައް ޔަލަކްގެ ކަންފަތުގައި ގުގުމާލީ ހޮނު ގުގުރިއެއްފަދައިންނެވެ. އެ ކުޑަ ބަސްކޮޅުގައި އެކުލެވިގެންދިޔަ ރަހުމުކުޑަކަން ޔަލަކްގެ މުޅި ހިތާ ޖިސްމު ސިއްސުވާލައިފިއެވެ. ރުޅިވެރިކަން އެކުލެވިގެންދިޔަ އެބަރު އަޑުން ޔަލަކްގެ ވަށައިގެންވި ފަޒާ ވެސް ގުޑުވާލައިފިއެވެ. ހުރި ފިޔަވަޅުމަތީގައި ގުޑިލަންވެސް ނޭނގިފައި ޔަލަކްއަށް ހުރެވުނީ ލިބުނު ކުއްލިސިހުމުގައެވެ.
ޔަލަކްއަށް ހަމަހޭވެރިކަންވީ ޒެކަން އަތުގައި ހުރި ބާރެއްލާފައި ފާހާނާގެ ދޮރު ޖަހާލުމުންނެވެ. ތެޅިގަނެފައި އަވަހަށް ކޮޓަރިން ނިކުންނަން ހިނގައިގަތްއިރު ކޯތާފަތްމަތިން ތިރިއަށް ރޮނގުދެމިގެންދިޔަ ކަރުނަތިކި ޔަލަކް ފޮހެލީ ވަރަށްވެސް ސިއްރުންނެވެ. ބަދިގެޔަށް ވަދެވުނު އިރުވެސް ޔަލަކްއަށް ލިބުނު ސިހުން މުޅިން ފިލައިގެން ނުދެއެވެ. ވާނުވާ ނޭނގިހުރި މީހެއް ފަދައިން ގަބުވެފައި ހުރެ އަނެއްކާވެސް ކޮފީ ހަދާ ނިންމާލާފާއި އެހިފައިގެން ޒެކަންގެ ކޮޓަރިޔަށް ހިނގައިގަތްއިރު ހަމަ ހަގީގަތުގައިވެސް ޔަލަކް އެކޭ މަރުވެފައިވާ މައްޔިތެކޭ އެއްވެސް ތަފާތެއް ނެތެވެ. ޔަލަކްގެ ހުސްވެފައިވާ ސިކުނޑިޔަށް އެއްވެސް ހިޔާލަށް ނާންނަފަދައެވެ. ކުރެވެނީ ކީއްކަންވެސް ނޭނގިހުރިހާލު ޔަލަކް ކޮފީ ހިފައިގެން ޒެކަންގެ ކޮޓަރިޔަށްވަންއިރު ގޭގައި މަސައްކަތްކުރާ މީހެއް ކޮފީތަށި ވެއްޓުނުތަން ސާފުކުރަނީއެވެ. ޔަލަކް ގޮސް ސައިޑްޓޭބަލްމަތީގައި ކޮފީތަށި ބަހައްޓާފައި ސީދާވެލިއިރު އެމީހާ ކޮޓަރިން ނިކުންނަނީއެވެ.
“ކަންތައްތައް ކުރަން ނޭނގޭ މީހުން ވަޒީފާ އަދާނުކޮށް ގޭގައި ތިބުން ރަނގަޅުވާނީ” ކޮޓަރިން ނިކުންނަން ދޮރާދިމާއަށް އެނބުރުނު ޔަލަކްއަށް ހުއްޓެވުނީ ފަހަތުން ޒެކަންގެ އަޑުއިވުމުންނެވެ. ކޮންފަދަ އަގުހުރި ފިލާވަޅެއްހެއްޔެވެ؟ އެހެނަސް އެއީ ޔަލަކް ގަސްތުގައި ކުރި ކަމެއްނޫނެއްނޫންހެއްޔެވެ؟ ކަންތައްތައް ގޯސްކޮށް ކުރެވޭނީވެސް އެކަންތައް ކުރާމީހާގެ އަތަކުން ނޫންހެއްޔެވެ؟ ވީއިރު ޒެކަން އެހާވަރު އެވީ ކީއްވެހެއްޔެވެ؟
ޔަލަކްގެ ލޮލަށް ކަރުނަތައް ބޮނޑިވެގެން އައުމާއެކު ކޮޓަރިން ނިކުންނަން ދުއްވައިގަނެވުނީއެވެ. ޔަލަކް ހުއްޓުނީ ގެއިން ނިކުންނަ ގޭޓާހަމަޔަށް ދެވުމުންނެވެ. އޭރު ޔަލަކްގެ ދެލޮލުން އޮހެމުންދިޔަ ހޫނު ކަރުނަތަކުން ކޯތާފަތްތެމެނުން ދިޔައެވެ. ދެއަތުން މޫނުފޮރުވާލުމަށްފަހު ޔަލަކް ރޯންފެށީ ވަށައިގެނވި އެއްވެސް ކަމަކަށް ވިސްނާނުލާހުރެއެވެ. އެހެން ކަމަކަށް އިސްކަންދެވޭވަރަށްވުރެ ޔަލަކްގެ ހިތަށް މާ ތަދުވެއްޖެއެވެ. ދުވަހަކުވެސް މީހަކު ޔަލަކްއާއި އެފަދަ ގޮތަކަށް ވާހަކަދައްކާފައި ނުވާ ތާނގައި މިވީހާތަނަށް އެހާ ބާރަށް އެއްވެސް މީހަކު ޔަލަކްއަށް އެއްޗެއްވެސް ބުނެފައެއްނެތެވެ. ވީއިރު ޔަލަކް ކެތްކުރަން ދަންނާނީ ކިހިނެއްހެއްޔެވެ؟
ބެލްކަނީގެ ރެއިލިންގައި ދެއަތުން ހިފަހައްޓާލައިގެން ހުރި ޒެކަންއަށް ސާފުކޮށް އެމަންޒަރު ފެންނަމުންދިޔައެވެ. އެހެނަސް ޒެކަންގެ ހިލަހިތައް އެއްވެސް އަސަރެއް ނުކުރީ އެ ހިތް ހިލައަށްވުރެ ހަރުކުރީވެސް ހުދު އަންހެނަކަށްވީތީއެވެ. ހަމަޖެހިލާފައި ކޮޓަރިޔަށްވަދެ ސައިޑްޓޭބަލް ކައިރީގައި މަޑުކޮށްލުމަށްފަހު ކޮފީތަށި ނަގައި އެއްމިޔަކަނުންހީލުމުން އެފިރިހެންވަންތަ މޫނަށް އެޅިގެންދިޔައީ ހާސް އަންހެންކުދިން ފިދާވާފަދަ އަޑިކޮޅެކެވެ. ލަސްލަހުން ކޮފީބޮއި ނިންމާލަމުން ތަށި ބަހައްޓާފައި އަލަމާރި ހުޅުވާލުމަށްފަހު ދަނބުކުލައިގެ ގަމީހެއް ނަގައި ތައްޔާރުވާންފެށީ އޮފީހަށްދިޔުމަށެވެ.
ހިތްވަރުކޮށްލާފައި ދެލޯ ފޮހެލަމުން ޔަލަކް ގޭޓު ހުޅުވާލާފައި ނިކުމެ ޒަޔާންއަށް ގުޅާލީ ކިޔާލް ގެންނަން ބޭނުން ނުވާތީއެވެ. ކިޔާލް އޭނާގެ ކޮންމެ ކަމެއް އެހާމެ ރަނގަޅަށް ދެނެގަންނާތީއެވެ. ކިޔާލްގެ އެތައް ސުވާލަކަށް ޖަވާބުދޭން ޖެހޭނެކަން އިނގޭތީއެވެ. ގިނައިރުތަކެއްނުވެ ޒަޔާންއައިސް ސައިކަލް މަޑުކޮށްލުމާއެކު ހަމަޖެހޭގޮތް ދައްކާލަމުން ޔަލަކް ޒަޔާންގެ ފަހަތައް އަރައިފިއެވެ. ޒަޔާން ސައިކަލް ދުއްވާލި ވަގުތާއި ޒެކަން ކާރުގައި މަގުމައްޗަށް ނުކުތުމާއި އެކުއެކީގައި ދިޔުމުން ޒެކަންގެ ލޮލުގައި ކިތަންމެ ރަނގަޅަކަށްވެސް ޔަލަކްގެ ރޭގަނޑެއްފަދަ ދިގު އިސްތަށިގަނޑު އަޅައިގެންފިއެވެ. އެހެނަސް ޒެކަންއެހެން ދިމާއަކަށް ނަޒަރު ހުއްޓާލީ ޔަލަކް ފިރިހެނެއްގެ ފަހަތުގައި އިނުމުން އެއީ ހަމަ ކޮންމެ އަންހެނެއްގެވެސް ގޮތޭ ހިތައް އަރާފައެވެ.
“ޔަލް އޯކޭތަ؟” ޔަލަކް ސައިކަލުން ފޭބުމާއެކު ޒަޔާންގެ ސުވާލު އަޑުއިވިގެންދިޔައެވެ. ޔަލަކް އިސްއުފުލާ ޒަޔާންގެ މޫނަށް ބަލާލިއިރު އެމޫނުމަތީގައިވި ކަންބޮޑުވުން ފެނިފައި ޔަލަކްގެ ހާލަތު ޒަޔާންވެސް ދެނެގެންފިޔޭ ހިތައް އެރުމާއެކު ޔަލަކް އަނެއްކާވެސް އިސްޖަހާލައިފިއެވެ. “އަހަރެން ރަނގަޅޭ ޒަޔާން ގަނޑާ” އެހެނަސް ހަމައެސިކުންތުގައި ހަމަޖެހޭގޮތް ދައްކަން މަސައްކަތްކުރަމުން ޔަލަކް މޫނަށްގޮތެއް ހަދާލާފައި ޒަޔާންގެ ކޮޑުގައި މަޑުމަޑުން ޖަހައިލީ އެ އަމަލުން ޒަޔާންގެ އެވިސްނުން ބަދަލުވާނެކަމަށް ހިތާހިތުން ދުޢާކޮށްލަމުންނެވެ. ނަސީބަކުން ދެން ޒަޔާންވެސް ހީލަމުން ބޯޖަހާލިތަން ފެނިފައި ޔަލަކް ގެޔަށް ވަންނަން ހިނގައިގަތުމުން ޒަޔާން ޔަލަކްއަށް ބަލާލި ފުން ނަޒަރުގެ ފަހަތުގައި ފޮރުވިފައިވީ ކޮސްއަސަރުތަކެއްކަން އިނގޭނީ އެހިތަށެވެ.
އެހާހިތްވަރުން ޔަލަކް ހިފަހައްޓައިގެން ހުރި ކަރުނަތައް ކޮޓަރިޔަށް ވަދެވުމާއެކު އޮހިގަތީ ޔަލަކްގެ ދެތުންފަތްދޭތެރެއިން މަޑުއާހެއްގެ އަޑުއިވިލާފައެވެ. އެނދުމައްޗަށް ވެއްޓިގަތުމާއެކު ޔަލަކްއަށް ބާރަށް ރޯންފެށުނީ ޒެކަންގެ ބަސްތައް ކަންފަތުގައި ގުގުމައިގަތުމުންނެވެ. ޒެކަންގެ ފުރަތަމަ ލަފްޒު ހަނދާނަށް އައުމާއެކު ޔަލަކްގެ ހިތައް ތުނޑު ތޫނު ވަޅިއެއް ހެރުނުފަދައެވެ. ޒެކަން އެހާރުޅިއައީ ހަމަ ޒެކަންގެ ގަމީސް ހަޑިވުމުން ހެއްޔެވެ؟ ނޫނީ ކޮފީތަށި ތަޅައިގެންދިޔުމުންހެއްޔެވެ؟ ނޫނީ……. ޒެކަން އެހެން ބުނަންވީ ކީއްވެހެއްޔެވެ؟ ގަމީސް ހަޑިވެގެން ރުޅިއައިނަމަ ރަނގަޅު ނިޔަތެއް ހިތުގައި ނޯންނާނޭ އެބުނީ ކީއްވެހެއްޔެވެ؟ ކޮފީތަށި ތަޅައިގެން ދިޔުމުން ރުޅިއައިނަމަ މަކަރުވެރި ބައެކޭ ބުނަންވީ ކީއްވެހެއްޔެވެ؟ ގައިމުވެސް ޒެކަން އެހެންކީ ހަމައެކަނި ޔަލަކްއަށް ނިސްބަތްކޮށްގެންނޫންކަން ޔަގީނެވެ. އެހެންނަމަ މަކަރުވެރި ބައެކޭ ނުބުނާނެއެވެ. އެއީ ޔަލަކްއަށް އެކަނި ބުނި ބަހެއްނަމަ ކަލޭމެނެކޭ ނުބުނާނެއެވެ. ވިސްނުމުގެ ތެރެޔަށް ގެނބިގެންދިޔަ ޔަލަކްގެ ރުއިން މަޑުގިސްލުމަކަށް ބަދަލުވެ ދެލޯމެރެމުންދިޔައިރު އެސްފިޔަތަކުގެ ތެރެއިންވެސް ޔަލަކްއަށް ޒެކަން ސިފަވިއެވެ.
ޔަލަކް ސިހިގެންދިޔައީ ޝެހެނާޒްއައިސް ގޮވަން ފެށުމުންނެވެ. ދެލޯ ހުޅުވާލަމުން ހަނދާންވީ ކޮޓަރި ތަޅުނުލެވޭ ކަމެވެ. ޔަލަކް ކުޑަކޮށްތެދުވެލައި ފޯނުން ގަޑިބަލާލުމުން ޝެހެނާޒް ސުވާލުކޮށްލީ ޑިއުޓީއަށްނުދާ ދުވަހެއްހޭ ކިޔާފައެވެ. ޑިއުޓީ އޮތީ މެންދުރުފަހުގައޭ ބުނެލަމުން ޔަލަކް މަންމަގެ މޫނަށް ބަލައިލިއެވެ. “ދަރިފުޅު ބަލީތަ؟” ކަންބޮޑުވެފައިވާ އަޑަކުން ޝެހެނާޒް އެހެންބުނެލީ ޔަލަކްގެ ރަތްވެފައިވާ ދެލޯފެނުމުންނެވެ. “ކުޑަކޮށް ބޮލުގައި ރިއްސަނީ.” ޔަލަކް އެހެންބުނެލީ ހަމަރަނގަޅަށްވެސް ބޮލުގައި ރިއްސާފައިހުރުމުންނެވެ. އަވަހަށް ސައިބޮއިގެން ބޭސްކާން އައުމަށްބުނެފައި ޝެހެނާޒް ކޮޓަރިން ނިކުންނަން ހިނގައިގަތީ ޔަލަކް ބޮލުގައި ލޯތްބާއެކު ފިރުމާލާފައެވެ.
ޔަލަކް އެނދުންތެދުވެލައި ހަށިގަނޑު ތެދުކޮށްލުށްފަހު ބަލައިލެވުނީ ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔަ އަޑުއިވުމުންނެވެ. އޭރު އީލަކް އެތެރެއަށް ވަދެގެން އަންނަނީއެވެ. “ދޮންތާ” އަކުރުތަކަށް ބާރުލާފައި އީލަކް ގޮވާލިގޮތުން ޔަލަކް ކުޑަވަގުތުކޮޅަކަށް ނަމަވެސް ހިތުގެ ހާލު ހަނދާންނެތިގެން ނިކަން ފުންކޮށް ހިނިތުންވެލައިފިއެވެ. އީލަކްގެ މޫނުމަތިން އަބަދުމެ ފެންނަން ހުންނަ މައުސޫމުކަން މިއަދުވެސް އެންމެ ތާޒާކަންމަތީގައި ފެންނަން ހުރުމުން ޔަލަކް އީލަކްއަށް ބަލައިލީ ލޯބިވެތި ނަޒަރަކުންނެވެ. “ކިހިނެއްވީ ދޫންޔާ؟” އީލަކްގެ މޫނުމަތިން ކުޑަ ހިތްހަމަނުޖެހުމެއް ފެންނަން ހުރިހެން ހީވެގެން ޔަލަކް އަހައިލީ ވަރަށްވެސް ލޯބިންނެވެ. “އަޅުގަނޑު ބުރުގާ އަޅަންބޭނުން” ބޮޑާހާކާލާފައި އެހެންބުނެލަމުން އީލަކްގެ ތުންކޮޅު އޫކޮށްލިގޮތްވެސް އެހާމެ ފުރިހަމައެވެ. ހިނިތުންވެލާފައި ޔަލަކްގެ ހިތާހިތުން ފުރަތަމަވެސް ދުއާ ކޮށްލެވުނީ އެންމެހާ އެސްފީނާތަކުން ކޮއްކޮ ސަލާމަތްކޮށްދެއްވުންއެދިއެވެ. އެޔަށްފަހު މަޑުމަޑުން އީލަކްއާއި ކައިރިޔަށް ޖެހިލައި އެނދުމަތީގައި ބައިންދާފައި އީލަކްގެ ކުރިމައްޗަށްވާގޮތައް ދެކަކޫ ޖަހާލާފައި އިށީންދެލިއެވެ.
“ކޮއްކޮ ބޭނުމިއްޔާ މަންމަ ކައިރީގައި ބުނެގެން ހަމަ ބުރުގާ އަޅަންވީއޭ. ތިހާ ތުންކޮޅު ދިގުކުރަންވީ ކަމެއް ނޫނެއްނު އެއީކީ.” ޔަލަކް އީލަކްގެ ވަށްކޮލުގައި ހިފާލާފައި އެހެންބުނުމުން އީލަކްވެސް ހިނިތުންވެލައިފިއެވެ. ދެކުދިން އެގޮތުގައި ވާހަކަދައްކަން އެތައް އިރަކު ތިބުމަށްފަހު ޔަލަކް ފެންވަރަން ދާން ހިނގައިގަތުމުން އީލަކް ކޮޓަރިން ނިކުންނަމުން ގޮވައިލީ ދޮންބެ އަންނަން އުޅޭނެއޭ ކިޔާފައެވެ.
އެދުވަސް ލަސްލަހުން ފާއިތުވެގެންދިޔައިރު ޔަލަކް ގިނައިރު ހޭދަކުރީ ކޮޓަރީގައެވެ. ޑިއުޓީއަށް ދާހިތް ޔަލަކް ނުވީ މިއަދު ކަންތައް ހިނގާދިޔަގޮތުން ފޫހިވީވަރުންނެވެ. ކިޔާލްވެސް އޭނާގެ ޕޭޝަންޓްއެއް ހާލުބޮޑުވެގެން ހޮސްޕިޓަލުގައި ގިނައިރު އުޅެންޖެހުމުން ގޭގައި ޔަލަކްމެނާއި ސަކަރާތް ޖަހާލާނެ ވަގުތެއްނުލިބުނެވެ. އަނެއްކޮޅުން އީލަކް ކިޔެވުމާއިގެން އުޅޭ ދުވަސްކޮޅެއްކަމުން ޔަލަކް ކުޑަކޮށް އެހީތެރިވެލާފައި އީލަކްއަށް މާބޮޑަށް އުނދަގޫ ނުކުރަންވެގެން ބާކީ ވަގުތުތައް ހޭދަކުރީ ޝެހެނާޒްއާއި އެކީގައެވެ.
“ދަރިފުޅު ދެން ހަމަ ކައިވެންޏެއް ކުރަން ނުވިސްނަންތަ؟” އިންތިހާ ރިހުން އެކުލެވިގެންވި އަޑަކުން ޒެކަންއަށް ބަލާލާފައި ނާސިރު އެހެންބުނެލީ ޒެކަންއާއި އެކު ޒެކަންގެ ގޭގައި ރޭގަނޑުގެ ކެއުމަށް އިންސާފުކުރަމުންނެވެ. ބައްޕަގެ އެ ޖުމްލައިން ޒެކަންގެ ކަންފަތައް ކިތަންމެ އުނދަގޫވިޔަސް ޖަވާބުގައި ބުނާނެ އެއްވެސް އެއްޗެއް ޒެކަންގެ ހިތަކަށް ނައެވެ. “މިހާރު ދަރިފުޅުގެ އުމުރުން 27 އަހަރުވީ. ބައްޕަ ބޭނުން ދުނިޔޭގައިހުރެ ދަރިފުޅު އުފަލުގައި އުޅޭތަންދެކިލަން.” ކުރިން ބުނި ޖުމްލަޔަށް ސަމާލުކަންނުދީ ޒެކަން ކެއުމާއިގެން މަސްއޫލުވުމުން އަނެއްކާވެސް ޒެކަންގެ ސަމާލުކަން ހޯދޭތޯ ނާސިރު މަސައްކަތްކުރިއެވެ.
“އަޅުގަނޑު ނުވިސްނަން ކައިވެނި ކުރާކަށް. އަޅުގަނޑު ބޭނުންވެގެން ދުވަހަކުވެސް ކައިވެންޏެއް ނުކުރާނަން.” ޒެކަން އެހެންބުނެލިއިރު އިސްޖަހައިލީ އެބަސްތަކުން ބައްޕަގެ މޫނަށްވެރިވާނެކުލަތައް ރަނގަޅަށް އެނގި ބަލަން ކެތްނުވާނެތީއެވެ. “ބައްޕަ ދަރިފުޅަށް ކުއްޖަކު ހޯދައިދެންތަ؟” ނާސިރުގެ ޖުމްލައިން ޒެކަންއަށް އިސްއުފުލާ ބަލާލެވުނީ ހައިރާންވެގެންނެވެ. މި 4 އަހަރުތެރޭގައިވެސް ނާސިރު ބުނެފައިނުވާ ބަހެކެވެ. މިހުރިހާ ދުވަހު ނާސިރު އެހުރީ ޒެކަން އަލުން އާ ފެށުމަކުން ފަށައި ބައިވެރިޔަކު ހޯދާނެ ކަމުގެ އުންމީދުގައެވެ. އެހެނަސް ޒެކަން އަމިއްލަޔަށް ބޭނުންވެގެން ދެން އެކަމާއި ކުރިމަތި ނުލާނެކަން ނާސިރުއަށް މިހާރު ޔަގީންވެއްޖެއެވެ.
ޒެކަން ފުންކޮށް ވިސްނާލަން ޖެހުނީ ބައްޕައާއި ދޭތެރޭގައެވެ. ކުޑައިރުން ފެށިގެން މަންމައެއްގެ ލޯތްބާއި ނުލައި ނާސިރު ޒެކަން ބަލާބޮޑުކުރީ ކޮންފަދަބުރަކޮށްއުޅެމުންހެއްޔެވެ؟ އެއިން އެއްވެސް ކަމެއްގެ ބަދަލު ޒެކަންއަށްދެވޭނެ ހެއްޔެވެ؟ ނުވިތާކަށް އޭނަ މިއުޅެނީ ބައްޕައޭނައަށް ގަނެދިން ގޭގައި ވަކިންނެވެ. ބައްޕަގެ ހިތައް ހާދަ ތަދުވާނެއެވެ. މިހުރިހާ ކަމެއް ބަދަލުވީ ހަމަ އެ އަންހެނާގެ ސަބަބުންނެވެ. ޒެކަންގެ ހުރިހާ އުފާތަކެއް ފޭރިގަތީ އެ ނުބައި އިންސާނާއެވެ. އޭނަގެ ބައްޕަގެ މޫނުމަތިން ތާއަބަދު ފެންނަންހުރި ހިނިތުންވުން ދާއިމީ ހިމޭން ކަމަކަށް ބަދަލުވީވެސް ހަމަ އެ މަކަރުވެރިޔާގެ ސަބަބުންނެވެ. އަންހެނުންނަކީ ގޮތެއް ނެތް ބައެކެވެ. އެއްވެސް ރަހުމެއް ކުލުނެއް ހަމްދަރުދީއެއް ނުހުންނަ ބައެކެވެ. މަކަރުވެރިކަމުގެ ސާލުއޮޅައިގެން އެހެންމީހުންގެ ލޯމައްޗަށް ހިތްހެޔޮކަން ދައްކައިގެން ތިބޭ ހިޔާނާތްތެރިބައެކެވެ. ކައްވަޅުގައިއޮތް ޒެކަންގެ މަންމަ ނޫން އެހެން އެއްވެސް އަންހެނަކަށް ޒެކަންގެ ހިތް ދުވަހަކުވެސް ހެވެއްނުވާނެއެވެ.
“އެންމެ ރަނގަޅު” ޒެކަން ވިސްނާލާފައި ކުރު ޖަވާބެއްދިނީ ބައްޕަގެ އުންމީދުތަކާދޭތެރޭގައި ވިސްނާލާފައެވެ. އޭނައަށް އުފަލެއް ނުލިބުނަސް ބައްޕަ އުފަލުގައި ހުންނަތަން ދެކެން ޒެކަންގެ ފުރާނަވެސް ގުރުބާން ކުރަން ބޭނުންވެއްޖެއެވެ.
-ނުނިމޭ-
83 Comments!
Comments are closed.
Hurihaa kudhinnah mibai vx kamudhaane kamah hykuran.. 🙂
v.reethi:)
Thnkyu amy,, 🙂
Yay! me 1st.. V reethi hurihaa baeh ves 🙂
NO 2nd 😛
Hehe,, thnkyu harry,, 🙂
Wow,, mi part vvv reethi,, dhn kon irakun next part up kuraany?? Waiting 4the next part ingeyy,,??☺☺
Thnkyu ifaa,, next part In Sha Allah thursday ga inge,, 🙂
Vrh vrh vrh salhi mi prtvx…. Nd ushaa buni gothah dw v vx… Zekan Yalak aa dhimaalah halheylavaigathii.. hun.. Hate him… Dhn hurihaa anhenuneh goaheh nuvaanennu… BTW stwrii vrh salhi…. Whn nxt prt??
Aan dhw Ushaa,, zekan ulhey gotheh dhw,, hurihaa anhenun nuwaane ehnu eh gotheh dhw,, hehe,,? btw,, thnkyu so much inge,, 🙂
Vvvvvvvvvvvvvvv rythi but vaanehe dhuniyeyga story v noon. .
Hehe,, thnkyu,, 🙂
V reethi n avahah up kolaa thi ingey
Thnkx lai,, In Sha Allah thursday ga up kohdheynan inge,, 🙂
Vvvvvvv reethi
Thnkyu Youme,, 🙂
V v reethi mi story dhaa goi. Waiting 4 the next part. Next part avahah up koh dhehchey please please please please
Thnkyu so much Shaa xee,, In Sha Allah thursday ga up kohdheynan inge,, 🙂
V v v reethi thnks………..
Thnkyu so much ny,, 🙂
V v v reethi thnks………..
V v v reethi thnks………..
V salhi mi bai vs konirakun aneh part
Thnkyu laimaan,, In Sha Allah next part thursday ga inge,, 🙂
V perfect adhi storry mi dhaa goii v v reethi ngey nimumaa hamayah vx mihaa parfect waane kamah hope kurran..
Thnkyu so much Thaany,, I will try my best inge,, 🙂
Haadha reechey
Thnkyu Sama,, 🙂
Aslu vs vvvv salhi ….
Thnkyu so much shiya,, 🙂
Wow.. dhen zekan bappa kaiwenyah hoadhaanee yalak dhw . Dhen edhemeehun dhw kaiweni kureweynee.. excited..
Hehe,, neynge dhw Faathun,, thnkyu so much inge,, 🙂
nice keepitup
Thnkyu munee,, 🙂
thank u muneeT_T
v v nice.ekam maa kureee
Hehe,, nis adhi vx kuru tha?
next part vx avahah upp kohdhybaa …mihaar hurihaa stry thakuge therein vx mi stry emme rythy nd ainy emme kiyaaahiyyvany vx mi stry …..plx upp kohdhehchey avahah ….
Ehentha Ainy? Thankyu so much for the lovely comment inge,, In Sha Allah thursday ga up kohdheynan inge Ainy,, once again thnkx alot,, 🙂
Vvvvv reeti kiyaahitun ohva enimunee avahah aneh bai genes dheynveenun
Thankyu fn,, next part thursday ga ingey In Sha Allah,, 🙂
Vvvv reethi knme dhuwaheku ethah faharu mi stry up veythw balan … ????
Ehentha Ary,, thankyu so so much,, 🙂
V v v rythi mi story adhi kuriyah dhaagoii dhn huri bai thah vx mihaa furihama vaanekamah ummedhukuran. …foni myhekeydhw zekan gandu. ..?dhn hurihaa anhenun eh goi vaanetha …alhe dhn avahahh genesdhybala zekan ge maazee ….. ❤❤?????
Hehe,, dhw Appy,, adhi zekan ge maazee vx annaane inge,, thnkyu so much for the lovely comment,, :-)????
oh god zekan ves dhw..Huriha gals goaheh nuvaanu dhw mishaal..BTW Story hama Varah habbu ingey.. keep going.. ☺
Aan dhw aff,, thnkyu so much inge,, 🙂
hmmm kuru.vaahaka ehkoh kiyaan lhibeynama.???aslu mivaahaka v reethi
Hehe,, thnkyu nish,, 🙂
Zekan ge bappa hoadhadheynee yalak dhw zekan ah hehe…mishal vaane ingey zekan ah angaaladheyn hurihaa anhenun egoiy nuvaanekan hehe…v salhi hama…thursday ah waitting…
Hehe,, neynge ehnu Phy,, okay okay thikan angadheynan zekan ah,, hehe thnkyu 🙂
wow. v reethi
Thnkyu so much,, 🙂
mibaives varah reethi. waiting fr the nxt part!! 😀
Thnkyu Faxoo,, 🙂
V v v reeethi..❤ Emme kiyaa hivvaa eh vaahaka mee.. Dhen oii part ah inthizaazu kurany mi.. ?
Thnkyu MalMal,,:-) ❤
Zekan ah hoadhaidhey kujaky yalak ah vaanenama varah kiyaahih vaane. Varah reethi vaane. Mivaahaka kommedhuvahaku genes dheynvynu eyrah 1 vanaige story akah vaane pkx plz plc varah kiyaahohvey
Inaya alhugandu bxy koh ulheythy konme konme dhuwahaku up nukureweny,, In Sha Allah next part thursday ga inge,, btw, thnkyu so much,, 🙂
Seriously! Adhi coffee thashi bandun vaavaru kameh veekeeves noonennu! Clumsy hama. He wasnt wrong to say that at her…facepalm!!
Alhe hama in gothah in copy ekey mii… “The Girl He Never Noticed” my fav story. Bring something original
Mi vaahakaige mi part kudakoh thafaathu viyas hama ehen hurihaa episode thah ei hama saara bunaagothah the girl he never noticed ge copy eh.. its rude to copy others work mishaal
Really… Mishal Write Ur Own Stories… Not Others Hard Work Ok… Copy Koffa Hama.. Mihaaru Mladives Ge ves gina kudhin kiyaey Wattpad .. so we knw this a copy
wow mishal …..just wow????mi haaaaaaaaaaaaa nice nice nice nice story eh adhi dhuhuku ves nukiey……mihaar ee my mishal ge big fan eh?????❤i love this story v much…………….???mishal thy hama best…..lov ya?next part mi ah vuren dhigu koh avahah up kohdheyne kamah uhmeeedh kuran??
Thnkyu so so much sweet ee,, ❤❤ In Sha Allah will upload next part on thursday inge,, luv all who support me like u do,, 🙂 ❤❤
Ok. But there are certain things you must think when you write, hope you ll think about it when you upload next part
Konme reader eh wiyas story ga rangalhu kuran jehey kameh oi nama bunelan waane,, alhugandu ufalaa ekyga balaigannaanan,, n In Sha Allah e kan kan rangalhu kuraanan,, alhugandah vx kuriyah dheweyny thi readers ge help libigen,, rangalhu kanthakaa rangalhu noon kanthah thah kiyaidhygen,, faharuga alhugandu liyaa ehchehga hunna mistakes alhugandah faahaga nuwedhaane,, readers ah bodah faadu vx kiyeyny,, ehen v ma alhugandu ge v bodu edhumeh ehvx kameh rangalhu kuran oi nama ekameh bunedhinun,, eyrun In Sha Allah rangalhu kuraanan.. 🙂
N alhugandu ge story ah readers thi dhey support ahtakaa v v v bodah shukuriyya,, thnkx alot all.. :-)❤❤❤
VVV lobi mibaivas
Thnkyu rosy,, 🙂
mishal keeve sara ge comment ah reply nukuranee..mi Copy ey nooniyaa Ekudhin Kaari unanveenun….Anekka Copy Ey veematha Alhaa nulee..aharen ves vejje wattpad in ekudhin ebunaa Vaahka ey hodhaagen.. mivaahakayaa ey goy tho balan
Alhugandu kurin vx bunefa onnaany egothah comment kuri hurihaa kudhin kairyga ehgoi kanthah huttas mi copy eh nooney,, alhugandu v rythikoh bunedhyfa onnaany sharu,, 🙁
Ehgoi kanthah huredhaane. ekam mii hama copy eh. Alhugandu vx The girl he never noticed vx kiyaafa mi vaahaka vx kiyaafa mihen mibuny.
V ves hihgaimu vaahaka eh….keeep it up..?????
Thnkyu Schuhu,,, 🙂
dhevana faharah alun ehkon mi vaahaka mi kiyaalii
Alhe ee ah ehaa vx kamudhey tha mi story? Btw thnkyu so much ee thi dhey support ah,, u became a special one to me,,❤ baeh kahala negative comments ayas alhugandu ge hiyywaraky thi kahala alhugandah support kuraa readers,, so i really don’t knw how to thankyu for that,, i jux luv u all so much,, thnkyu,, 🙂
hehe…thanx mishal….akahala comment kura kudhin a ulhenii j vegen…..amyhun kiya ehchehsah alha nulahchey igey mishal☺☺
Mishal..wat time you are going to update today.
Mishal alhey today is thursday adhvx upp nuvey …alhe upp kohdhyba ainy kiyaahithun moya vany mioh …hehehe
Dnt point fingers on mishal cox i hav readed that “the girl he never noticed” …ehgoy thankolhaky mi stry ga yalak vx coffee shop ehga wrk kuraa thankolhu ekani dhn ehvx gothakah e stry aa gulhumeh neyy …so plx go on wid yur own businesses plx …
nt only working in a coffee shop but doing an art in his coffee and him assigning her to make his coffee every morning… all same.. and as far as i remember, in dat story dat boy is also a richie rich like zekan.. n morning coffee ga different art eh e girl hedhyma eh dhuvahu e male lead v.habeyhah dheyne e kujja ah.. mi part ga echchehi kee ehn kameh vgn bt still echchehi kiyaifitha dw… till nw there are similar things.. atleast writer should admit the fact that this story is inspired from “the girl he never noticed” kan.. its nt a problem.. ekam egey story kuriah dhaa gothun e same story noonkan.. cox e story e gothakah nugenesdheveynethee as our culture and bilief are different..
Alhe kobaatha v kiyaahithun …abadhu beleny up vefathw
I agree with u ainy…english vaahakeh nueh kiyan,bt frnd eh kiyaathy ahaalin,coffee shop ga ulheythan ehgoiy,bt mishal bunaahen mi vaahaka e aa thafaathu…nxt part date ah nugenesdhevunee mishal bsy veetha hehe…knmme kahala hiyaalakah ves mishal vaane maruhabaa kiyan ingey…eyrun kuriah dhaan faseyha vaane…vaahaka hama v salhi