“ޔަޝް ބޯޓު ދިޔަވަނީ ބޯޓުގެ ފަހަތުން ބޮޑުބައެއް އޮތީ ހަލާކުވެސްވެފަ” ދެލޯބޮޑުކޮށްގެންހުރެ އެދިމާއަށްބަލަމުން އަޔާން އެހެންބުނިއިރު މީހާ ހުރީ ބިރުންގޮސް ދާހިތްލާ ފޯވެފައެވެ. “އަޔާން ސަކަރާތް ނުޖަހާ ކޮންމެ ކަމެއްގަވެސް ހައްދެއް އޮންނަންވާނެ ކަންނޭނގެ، އެގޭތަ ތިކިޔޭ އެއްޗެއް” މިފަހަރުވެސް ޔަޝްފާ ރުޅިއައީ އަޔާން ސަމާސާކުރަނީ ކަމަށްހީކޮށެވެ. “ކޮއްކޯ މި ލައިފްޖެކެޓް އަޅައިގެން އާދޭ ބޯޓުގެ ކުރީކޮޅަށް، ބޯޓުގެ ކައްޕި މިހާރު ކޯސްޓް ގާރޑަށްވެސް އަންގައިފި” ޔަޝްފާ އެހެންބުނިތަނާ އަޔާން ކައިރީގައި މީހަކު އެހެންބުނިއަޑު އިވުނެވެ. ކަމެއް […]
ޖަންނަތު ހިފަހައްޓައިގެން ހުރި ކަރުނަތައް ބޭރުވާން ފެށީ ޖަންނަތު މަންމަގެ ވާހަކަ ހިދާޔާ ދައްކަން ފެށުމުންނެވެ. ޖަންނަތު މަންމައާއި ބެހޭގޮތުން ނޭދެވޭ ވާހަކައެއް ދައްކާއަޑު އެހުމަކީ ޖަންނަތުއަށް ކުޅަދާނަ ކަމެއް ނޫނެވެ. ޒައިދާން ގެއިން ނުކުތީ ޔަޒަން ބަލާ ދާށެވެ. ނަމަވެސް ހުއްޓުން އެރީ ހިދާޔާ ޖަންނަތުއާއި ދިމާއަށް އެއްޗިހި ކިޔާތަން ފެނުމުންނެވެ. ކިޔާ އެއްޗިހީގެ އަޑެއް ޒައިދާންއަށް ނީވުނެއް ކަމަކު ހިދާޔާ ޖަންނަތުއަށް އެއްޗިހި ކިޔާކަން ދުރުން ބަލައިލާ އިރު ވެސް އިނގެ […]
“ދަރިފުޅާ… ބައްޕަ ބަލާނަން އިނގޭ ތިކަން ކޮއްދެވޭތޯ..” ހުސައިން ވަރަށް ލޯބިން އަހުލާ ގެ ކޮލުގައި ހިފާލަމުން ބުނެލިއެވެ. “ޝުކުރިއްޔާ ބައްޕާ..” އަހުލާ އުފަލުން ހުސައިން ގައިގައި ބައްދާލަމުން ބުނެލިއެވެ. ********** އެދުވަހު ޝިކާ ގެއަށް އައިސް ވަތް އިރު ހީވަނީ ފޮޅިފައިވާ ފިނިފެން މަލެއް ހެންނެވެ. އޭނާ ހުރީ އެހާ ވެސް އުފާވެފައެވެ. ގެއަށް އައިސް އޭނާ އެންމެ ފުރަތަމަވެސް ގުޅާލީ އޭނާގެ ބައްޕައަށެވެ. ޝިކާ އަށް މަތީ މާކްސް ލިބުމުން ސަމީރު ވަރަށް އުފާވިއެވެ. […]
“އައްސަލާމް އަލައިކުމް… އޭޑީކޭ ހޮސްޕިޓަލް…” އެކޮޅުން ފޯނު ނެގުމާއި އެކު ބުނެލިއެވެ. “ވައަލައިކުމް ސަލާމް…. ތިކޮޅުން ޖޮބްއަކަށް އިއުލާންކޮށްލައްވާފައި އިނީމަ…. އަދިވެސް ބަލައިގަންނަންތޯ އެޕްލިކޭޝަންތަށް؟” ސުމާ ސުވާލުކޮށްލިއެވެ. ވާހަކަ ދެއްކީ ކިތަންމެ ރީތިކޮށްނަމަވެސް އޭނާ ހުރީ ބިރުގަނެފައެވެ. “އާދެ… މާދަން ނޫން އަނެއްދުވަސް އެއީ ޑިއު ޑޭޓް.. އަދިވެސް ފޮނުވާލެވިދާނެ….” އެކޮޅުން ވާހަކަދެއްކިއެވެ. ސުމާ ވަޒީފާއާއި ބެހޭ މައުލޫމާތު އޮޅުން ފިލުވާލިއެވެ. އަދި ބޭނުންވާނެ އެއްޗެހި އޮޅުންފިލުވާލާ ފޯނު ކަނޑާލީ ހިތްހަމަޖެހިގެން ހުރެއެވެ. އަވަސްއަވަހަށް ބައެއް […]
“މަންޝާ ގައި އިނގިލި ކުރިއަސް ނިޖައްސާހެތި… އަޑު އިވިގެއި… މަމީ ނިބެއި މީހަކާކަން ދައްކަލާށުން…” (މަންޝާ ގައިގަ އިނގިލި ކުރިވެސް ޖައްސާނުލާތި… އަޑު އިވިއްޖެތަ.. އަހަރެންނަކީ ނުބައި މީހެއްކަން ދައްކާލާނަން…) ޒިބާން ރުޅިގަނޑު ދިޔައީ ގަދަވަމުންނެވެ. ޒިބާންގެ ހަޅޭކުގެ އަޑާއި އެކީ ވިދާޅުމަށްފަހު ގުގުރާލިއެވެ. ދެން ހުރި މަޚްލޫގު ބަރު އަޑުން ހޭންފެށިއެވެ. “ތަކަށް ނިއެނގެއި… އިންސާނުންނަކީ ހައުދަހައި މަކަރޮވެރި ބާކީންނޭ… ތައް އަދިފަހުން ވިސްނޭހެއް” (ކަލެއަކަށް ނޭނގޭތަ؟.. އިންސާނުންނަކީ ހާދަ މަކަރުވެރި ބައެކޭ… ކަލެއަށް އަދި […]
“ލޫހާން..ކިއާ އަށް ކިހިނެތްވެފަ؟..”ކައިލާން ލޫހާން ފެނިލުމުން އޮޅުންފިލުވައިލުމަށް އަހައިލިއެވެ.”ނޭނގެ ތިއްތިބޭ..ޝީ އާސްކްޑް މީ ޓު ލީވް ހާރ އެލޯން ފޯ ސަމްޓައިމް..ސޯ އައި ކޭމް ބެކް..”ލޫހާން ޖަވާބުދިނުމަށްފަހު ދުއްވައިގަތީ ހުމާމް ވައްތަރު ޖައްސާތަން ފެނުމުންނެވެ.ކައިލާން މަޑުދުވެލިއެއްގައި ކިއާ އާއި ހަމަޔަށްދިޔައެވެ.”ކިއާ..ކިހިނެތްވީތަ އަނެއްކާ؟..”ކައިލާން ސުވާލުކޮއްލިއެވެ. “ކަމެއްނުވޭ..ހަމައިނީ..ކޮންކަމެއްދެން އޮތީ ރޭވިފަ؟”ކިއާ ސުވާލުކޮއްލިއެވެ.”ވަކި ދެން ކަމެއް ނެތް..ހަމަ މަޖާކުރުން..”ކައިލާން އޭނާއަށް އެނގިފައިހުރި ގޮތަކަށް ކިޔައިދިނެވެ.”އޯކޭ..ތިއްތިބޭ ..”ކިއާ ކައިލާން ދާން ހިނގައިގަތުމުން ގޮވައިލިއެވެ.”ޔެއާ؟”ކައިލާން ސުވާލުން ފުރިގެންވާ ނަޒަރަކުން ބަލައިލިއެވެ.”އަމްމްމް..ނަތިން ލީވް އިޓް..ލެޓްމީ އޯލްސޯ […]
“ޔުއާން.. ” ތަންކޮޅެއް ބާރަށް އޭނާ ގޮވާލިއެވެ. ޔުއާން ދެލޯ ހުޅުވާލުމާއެކު ކައިރީގައި ހެދުމެއްނެތް ހާލުއޮތް އިޝާލީ ފެނުމުން އޭނާ ޖެހެވުނީ ފަހަތަށެވެ. މިވަނީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ. ސިޑިން އަރަމުންއައި އިޒާންއަށާއި ރުކާޔަތަށްވެސް އެއަޑު އިވިގެން ދިޔައެވެ. ދޮރުމަތީގައި ދެލޯ ބޮޑުކޮއްލައިގެން ހުރި އަވީން ފެނުމުން ޔުއާނަށް އަވަހާއި އެދިމާލަށް ދުއްވައިގަނެވިއްޖެއެވެ. ނަމަވެސް އަވީން ބަނޑާއިއެކު ދުވެފައި ސިޑިއާއި ދިމާލަށް ހިނގައްޖެއެވެ. ޔުއާންވެސް ސޯޓުކޮޅުގައި އޭރު ފަހަތުން އާދެއެވެ. އަވީންގެ ފައި ސިޑީގެ އަރިމަތީގައި ފައިއެޅުމުން […]
” ތިހެން ވެއްޖިއްޔާ ވަރަށް ރަނގަޅު. އަހަންނަށްވެސް އެނގޭ ސާއިމް އީނޫދެކެ ލޯބިވާވަރު. އެކަމް އީނޫއަށް ސާއިމްދެކެ ލޯބިވެވިދާނެކަމާއިމެދު ޝައްކު. އިންޝާ ﷲ ޔޫ ކޭން ޑޫ ދެޓް. ” ކުޑަކޮށް ކަންބޮޑުވެ ހުރެ ފަހުމާ ބުންޏެވެ. އެވަގުތު ކޮޓަރީގެ ތަޅުގައި މީހަކު ހިފައިލިއެވެ. ފަހުމާއާއި އީނާޝް އާއި ދެމީހުންނަށް އެއްފަހަރާ ބަލައިލެވުނު އިރު ނަޝާޔާއެވެ. ދެމީހުންގެ މޫނުމަތިންވެސް ފާޅު ވޭވޭ ހުރި ނުތަނަވަސްކަމެވެ. އަނެއްކާ ނަޝާޔާއަށް ހުރިހާ ވާހަކައެއް އަޑު އިވުނީ ހެއްޔެވެ؟ މިޔޮއް ހުރިހާ […]
ލޮތްބަށްޓަކާ މި ހިތް ތެޅެމުންދާތާ މިހާރު ފަސް އަހަރު ވަނީއެވެ. އަހަރެން ކުރިންވެސް އަޒުމްކަނޑައެޅިފަދައިން އަހަރެންގެ ފުރަތަމަ އަދި އެންމެ ފަހު ލޮތްބަކީވެސް ތީއެވެ. ތި ލޮތްބަށްޓަކާ ކިތަންމެ ދުވަހަކު، ކިތަންމެ ރެއަކު މި ހިތް ރޮމުން، ތެޅެމުން ދޭ ހެއްޔެވެ. ނަމަވެސް، މި ހިތުގައި ފޮރުވެފައިވާ ދެރައާއި ކެކުޅުން ދެނެގަންނާނީ ކާކު ހެއްޔެވެ؟ ލޯތްބަކީ ހިތި އެއްޗެކޭ ވަރަށް ގިނަ މީހުން ބުނެ އުޅެއެވެ. ނަމަވެސް އަހަރެން ގަބޫލް ކުރަމުން އައި ލޯތްބަކީ ވަރަށް ފޮނި އަދި […]