” ޝާޔަލް މިތަނަށް މިގެނައީ ވަރަށް މުޙިއްމު ވާހަކައެއް ދައްކަން ވެގެން.. އަހަރެން ދައްކާ ހުރިހާ ވާހަކައެއް އަޑުއެހުމަށްފަހު ޝާޔަލް ބޭނުން ކޮންމެ ޖަވާބެއްދިނަސް އަހަންނަށް އެންމެ ރަނގަޅު.. އަހަންނަށް އިނގޭ ޝާޔަލް އަހަރެންނާއި ކައިވެނިކުރަން ބޭނުންވާކަން.. އެކަމަކާ އަހަރެންވެސް ދެކޮޅެއްނޫން.. އަހަރެންވެސް ބޭނުންވަނީ ކައިވެއްޏެއްކޮށް އުފާވެރި ދިރިއުޅުމެއް ހޯދަން.. ޝާޔަލްވެސް އިނގޭނެ މިހާރު އަހަރެން އަދާކުރަންޖެހޭ ޒިންމާތަކާއި މަސްޢޫލިއްޔަތުތައް އިތުރުވެއްޖެކަން.. މީގެކުރިން އާއިލާގެ ހުރިހާ ކަމެއް ދޮންބެ ބަލަހައްޓަމުންދިޔަސް މިހާރު އަހަރެންކަން އެ ޒިންމާތައް އަދާކުރަންޖެހޭނީ.. […]
ހަފްތާއެއްގެ ފަހުން އަދްހަމްމެންގެ ރަށަށް އާދެވުނެވެ. ހުދު ދޮންވެލިގަނޑާއި ސާފު މޫދެއް ލިބިފައިވާ ރީތި ރަށެކެވެ. ކުޅިތަކާއި ހިތްގައިމު ތުނޑިއެއް ލިބިފައިވާ ޤުދުރަތީ ރީތި މަންޒަރުތައް ފުރިފައިވާ ތަފާތު މާޙައުލެކެވެ. މޫދު ފެނުމުން އެތައް ދުވަސްތަކެއްފަހުން ނޫރުގެ މޫނުމަތިން އުފާވެރިކަން ފެނުނެވެ. “ޑެޑީ..” އަހަރެން ހުރީ ބިއްލޫރިކޮޅެއްހާ ސާފު މޫދަށް ބަލަހައްޓައިގެންނެވެ. ނޫރު އައިސް ބައްދާލީ އަހަރެންގެ ދެފައިގައެވެ. ފުރަގަހުން ފެންނައިރަށް ގިނަ މީހުންނަށް ދޮންބެއާއި ވައްތަރުކަމުގައި ބުނެއެވެ. ނޫރުއަށްވެސް އޮޅުނީ އެހެންކަމަށްވެދާނެއެވެ. އޭނަ ބުނި އެއްޗެއް […]
ނޫރުގެ ސުކޫލާއި ހަމައަށް ނުދެވެނީސް ގަޑި ޖެހިއްޖެއެވެ. އޭރު އަހަރުމެންނަށް ތިބެވުނީ ސުކޫލާއި ވަރަށް ކައިރީގައެވެ. އެހިސާބަށް ދެވުނުއިރު ކުދިންތައް ނިކުންނަންފަށައިފިއެވެ. ދުއްވާ އެއްޗެހި ދުއްވަމުންދާތީ އަހަރުމެން ތިބީ މަގު ހުރަސް ނުކުރެވިފައެވެ. ދުވެފައި ބޭރަށް ނުކުތް ނޫރުއަށް ދޮންބެ ފެނުމުން އެމޫނުމަތިން އުފާވެރިކަން ފެނުނެވެ. އޭނަ އުޅުނީ ދުއްވައިގަންނާށެވެ. ނަމަވެސް މަންމަ އޭނަ އަތުގައި ހިފެހެއްޓިއެވެ. ގަދަދައްކާލަމުން ނޫރު ދުއްވައިގަތީ މަގާއި ދިމާލަށެވެ. މަންމައާއި ދޮންބެ އެދިމާލަށް ދުއްވައިގަތެވެ. ބާރު ސްޕީޑެއްގައި ދުއްވާފައި އައި ލޮރީއެއްއައީ […]
” އަހަރުމެންނަށް އޭނައާއި ބައްދަލުކުރެވިދާނެތަ؟” އެކަރުނުން ފުރިފައިވާ ދެލޯ ފެނުމުން ހާދަ އަސަރެއްކުރެއެވެ. އޭނަ ބޯޖަހާލަމުން އައުމަށް އެދުނެވެ. އޭނަ ހުއްޓުނީ އެންމެ ބިއްދޮށަށްހުރި ކޮޓަރީގެ ދޮރުމަތީގައެވެ. އެތެރެއަށްވަތްއިރު މެޝިނުތަކުގެ އަޑު އިވެމުންދިޔައެވެ. މުޅި ކޮޓަރިތެރެވަނީ ހޮސްޕިޓަލެއްގެ ކޮޓަރިއެއް ފަދައިން ތައްޔާރުކޮށްފައެވެ. ކޮޓަރީގެ މެދެއްހާ ހިސާބުގައި ބެހެއްޓިފައިވާ އެނދުގައި އަންހެންކުއްޖަކު އޮތެވެ. އޭނައޮތް އެނދު ކައިރީގައި ތަފާތު މެޝިންތައް ބެހެއްޓިފައިވެއެވެ. އަހަރެން އޭނަ ކައިރިއަށް ހުއްޓިލީމެވެ. ދެލޯމެރިފައިވާއިރު އޭނަގެ މޫނުމަތިން ފެންނަމުންދަނީ ވީރާނާކަމެވެ. މުޅި ކޮޓަރިތެރެއަށް ނަޒަރު […]
” ކަލޭ ބޭނުންވި އެއްވެސް ކަމެއް ނުވިއެއްނު.. ޝާޔަންގެ ހުރިހާ މުދަލެއް އެވަނީ ޝާޔަލްގެ ނަންމަތީގަ.. ހުރިހާ ޕްލޭންތަކެއް ފެއިލްވީނު.. ދެން ކީއްކުރާނީ؟” އަހަރެން އޭނަގެ މޫނަށް ބަލާލީމެވެ. އެވަގުތު އޭނަ ބާރުބާރަށް ހޭންފެށިއެވެ. އޭނަ ބޭނުންވި ގޮތަށް ކަންތައް ނުވުމުން އޭނައަށް ޝޮކެއްލިބި މޮޔަވީ ހެއްޔެވެ؟ ” ތިހީކުރަނީ އަހަރެން މިހުރިހާ ކަމެއް ކުރީ ޝާޔަންގެ މުދާތައް ހޯދަންކަމަށްތަ މޮޔަޔާ؟ އަހަރެން ކީއްކުރަން އެމީހުންގެ މުދާތައް ހޯދަންވީ؟” އޭނަގެ މޫނުމަތީގައި ލަދުވެތިކަމުގެ ކަންފުޅެއްވެސް ނުވެއެވެ. ފައިސާއާއި […]
” ހަލޯ ސަރ ޝިމާލް… ޕްލީޒް ހެލްޕްމީ..” ފޯނުގެ ބެޓެރީ ލޯވުމުގެ ސަބަބުންނިވުނީއެވެ. އެކަމަކުވެސް އަހަރެން އުންމީދު ކަނޑާލާކަށް ގަސްތެއްނުކުރަމެވެ. ޝާޔަލްނަގާ އަތްދަނޑިމައްޗަށް އުފުލާލަމުން ކުރިއަށް ހިގައިގަތީމެވެ. ދޮރާއި ހަމައަށް ދެވޭވަރުވީއިރަށް ދެމީހަކު އައިސް އެތެރެއަށް ވަދެގަނެފިއެވެ. ޝާޔަލް އެއްފަރާތެއްގައި ބާއްވަމުން ކައިރީގައިހުރި ދަގަނޑު ހޮޅިތަކުގެތެރެއިން ހޮޅިއެއްނަގާ އެކަކުގެ ބޮލުގައި ޖެހީމެވެ. އޭރު ފަހަތުން އައިސް އަހަރެންގެ އުނަގަނޑުގައި އަނެއްމީހާ ޖަހައިފިއެވެ. ބަލާކަށްނުހުރެ އޭނަގެ ބޮލުގައިވެސް ބާރުގަދަ އެތިފަހަރެއް ޖަހައިފީމެވެ. ހަށިގަނޑުގައި އަޅަމުންދިޔަ ވޭންތަކަކަށް ނުބަލާ ޝާޔަލް […]
ބޭނުންނުވިޔަސް ދެލޮލަށް ވެރިވަމުންދިޔަ ނިދީގެ އަސަރަކަށް ބާރެއް ނުފޯރުވުނެވެ. މަޑުމަޑު ގިސްލުމެއްގެ އަޑު ކަންފަތުގައި ޖެހުނެވެ. ފަރާތް ފަރާތް ހޯދާބަލާލިއިރުވެސް އެއްވެސް މީހެއްގެ ހިލަމެއްނުވެއެވެ. އަނދިރިކޮށް އޮތް ހަނި ދިގުމަގަކުން އަހަރެން ހިގައިގަތީމެވެ. އެއަޑު އަންނަމުންދަނީ އެމަގުންނެވެ. އަހަރެން ދުވެފައި އެމަގު ނިމޭ ހިސާބަށް ދެވޭތޯ މަސައްކަތްކުރީމެވެ. ނަމަވެސް ކުރިއަށްދާ ވަރަކަށް މަގު ދިގުވަމުންދާހެންހީވެއެވެ. އޭރުވެސް އެގިސްލުމުގެ އަޑު މެދުކެނޑުމެއްނެތި އިވެމުންދިޔައެވެ. ކުރިއަށް ހިނގައިގަތްއިރު ފުރަގަސްދީގެންހުރީ ހަށިގަނޑުން ބިޔަބޮޑު މީހެކެވެ. އަހަރެންގެ ހިޔަނި ފެނުމާއެކީ އޭނަ އަހަރެންނާވީ […]
“ސަރ އައި ތިކް ޝީ އިޒް ކިޑްނެޕްޑް..” އަހަރެންނާއި ދިމާލަށް އެނބުރެމުން މާނިއު ބުންޏެވެ. އެހެންވެދާނެއެވެ. ޝާޔަލް އަހަރެންނަށް ގުޅީ މުޙިއްމުކަމެއްގެ ވާހަކަ ބުނަން ކަންނޭނގެއެވެ. ފަހަރެއްގައި ޝާޔަންގެ ކޭސްއާއިބެހޭ މުޙިއްމުކަމެއް އޭނައަށް އެނގިފައި އޮވެދާނެއެވެ. އަނެއްކާ ޝާޔަން ދިޔަމަގުން އޭނަވެސް.. ނޫން ނޫނެކެވެ. ﷲ އިރާދަކުރެއްވިއްޔާ އެހެންވިޔަކަ ނުދޭނަމެވެ. ޝާޔަންއަށްވި ވައުދަށްޓަކާވެސް އަހަރެން ޝާޔަލް ސަލާމަތްކުރާނަމެވެ. ޝާޔަލްގެ ކާފަގެ ކަމެއްނޫންބާއެވެ؟ ޒައިކްއާއި ކައިވެނިކުރަން އެއްބަސްނުވުމުން ބިރު ދައްކައިގެން އެކަން ކުރަން އުޅެނީ ކަމަށްވެސް ވެދާނެއެވެ. “އެހެންވީއިރު […]
“ބިކޯޒް ނޫރު އިޒް މައި ޑޯޓަރ..” ކުރިއަށް އަޅަން ނެގި ފިޔަވަޅު ހުއްޓާލެވުނީ ޒައިކްގެ ޖުމްލަ ހޮނު ގުގުރިއެއްހެން ކަންފަތުގައި ޖެހުމުންނެވެ. ނޫރު ޒައިކްގެ ދަރިއަކަށް ވާންވީ ކީއްވެހެއްޔެވެ؟ “ވަޓް؟؟” އަހަރެންނަށް ލިބުނީ ހައިރާންކަމެވެ. މީރާއާއި ޒައިކްގެ ގުޅުމެއް އޮތީ ހެއްޔެވެ؟ އޭނަ ޝާޔަންއަށް ބޭވަފާތެރިވީ ހެއްޔެވެ؟ “މީގެ ފަސްވަރަކަށް އަހަރުކުރިން އަހަރެން މަސައްކަތްކުރީ ހަނިމާދޫ ޕޮލިސްޓޭޝަނުގަ.. އޭރު މީރާއާއި ދިމާވީ.. މީރާއާއި ދިމާވެ ގުޅުންބަދަހިވެގެން ދިޔައިރު އަހަންނަކަށް ނޭނގެ އެއީ މީހެއްގެ އަނތްބެއް ކަމެއް.. މީރާވެސް […]