Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރުގައި ހުރިން (9)

Ryn
June 11, 2016
6 Mins Read
72 Views
26 Comments

 

“އައްސަލާމް އަލައިކުމް… އޭޑީކޭ ހޮސްޕިޓަލް…” އެކޮޅުން ފޯނު ނެގުމާއި އެކު ބުނެލިއެވެ. “ވައަލައިކުމް ސަލާމް…. ތިކޮޅުން ޖޮބްއަކަށް އިއުލާންކޮށްލައްވާފައި އިނީމަ…. އަދިވެސް ބަލައިގަންނަންތޯ އެޕްލިކޭޝަންތަށް؟” ސުމާ ސުވާލުކޮށްލިއެވެ. ވާހަކަ ދެއްކީ ކިތަންމެ ރީތިކޮށްނަމަވެސް އޭނާ ހުރީ ބިރުގަނެފައެވެ.

“އާދެ… މާދަން ނޫން އަނެއްދުވަސް އެއީ ޑިއު ޑޭޓް.. އަދިވެސް ފޮނުވާލެވިދާނެ….” އެކޮޅުން ވާހަކަދެއްކިއެވެ. ސުމާ ވަޒީފާއާއި ބެހޭ މައުލޫމާތު އޮޅުން ފިލުވާލިއެވެ. އަދި ބޭނުންވާނެ އެއްޗެހި އޮޅުންފިލުވާލާ ފޯނު ކަނޑާލީ ހިތްހަމަޖެހިގެން ހުރެއެވެ. އަވަސްއަވަހަށް ބައެއް މުހިންމު މައުލޫމާތުތަށް ހޯދައިގެން އެ ތަކެތީގެ ފޮޓޯ ކޮޕީ ނަގާލުމަށްފަހު އޭޑީކޭ ހޮސްޕިޓަލުން ދެއްވި އީމެއިލްއަށް ފޮނުވާލިއެވެ. ސުމާ ހިތްބިރުގަންނަންފެށީ އޭނާއަށް ވުރެންވެސް ޤާބިލްކުދިން ތިބޭނެކަން އިނގި އޭނާއަށް ވަޒީފާ ނުލިބިދާނެތީއެވެ. އޭނާއަށް މިހާރު ވަޒީފާއަކީ ވަރަށް މުހިންމު އެއްޗެކެވެ. ސުމާ ލެޕްޓޮޕް ކޮޓަރިއަށް ލުމަށްފަހު ބޮލަށް ބުރުގާ މަހާލައިގެން ބޭރަށް ނިކުމެލީ އެ ހަބަރު މިޝްޔާމެންނަށް ދިނުމަށްޓަކައެވެ. އޭނާއާއި އެންމެ ގާތްކޮށް އުޅެނީ އެމީހުންނާއި ކަމަށްވެފައި އުފާވެރިކަމެއް ދިމާވުމުން މީހެއްކައިރި ނުބުނެ ހުރުން ސުމާއަށް އުނދަގޫވާތީއެވެ. ލިފްޓް ގްރައުނޑްފްލޯރ ގައި އިނުމުން ލަސްވާނޭ ހިތާ ސިޑިން ފައިބަމުން ދިޔަ ސުމާގެ ހިތް ހުރީ އަވަސްވެފައެވެ. އެ ކަމުގެ ސަބަބުން މިޝްޔާ އުޅޭގޭގެ ބެލްވެސް ޖެހުނީ ދެތިން ފަހަރުއެވެ. އެކޮޅުން ދޮރު ހުޅުވި މަރިޔަމް ހުރީ ހާސްވެފައެވެ. ކަމެއްވީކަމަށް ހިތާ އޭނާ ސުމާއާއި ދިމާލަށް ބަލަން ހުރީ ދެލޯ ބޮޑުކޮށްލައިގެން ހުރެއެވެ.

“ކިހިނެއްވީ ސުމްކޮ؟؟؟؟” މަރިޔަމް ސުމާއާއި ދިމާ ބަލައިލަމުން ބުނެލިއެވެ. އޭނާގެ އަޑުގައިވަނީ ހާސްކަމެވެ. “މަރީ ދައްތާ…………..އަޅުގަނޑު ވަޒީފާއަކަށް އެޕްލައި ކޮށްފިން…” ސުމާ މަރިޔަމް ގައިގާ ބައްދާލަމުން ބުނެލިއެވެ. ސުމާހުރީ އެ ވަޒީފާއަށް ކުރިމަތި ލެވުމުންވެސް އުފާވެފައެވެ. އޭނާގެ ހުވަފެންތަށް ސީދާ ކުރެވޭނެ ފުރަތަމަ ފިޔަވަޅަކީ އެއީއެވެ. ވަޒީފާ ނުލިބުނަސް އަދިވެސް އޭނާ މަސައްކަތްކުރާނެއެވެ. މަރިޔަމް ސުމާގެ ކޮނޑުގައި އަތްހާކާލިއެވެ. “އިރާދަކުރެއްވިއްޔާ ސުމްކޮއަށް ލިބޭނެ ވަޒީފާ…” މަރިޔަމް ހީކުރީ ސުމާ ހުރީ ބިރުގަނެފައި ކަމަށެވެ. ރީހަންމެންވެސް ފުރަތަމަ ވަޒީފާއަށް ކުރިމަތިލިއިރު އުޅުނީ ހަމަމިހެންނެވެ. ސުމާ މަރިޔަމް ކައިރިން ދުރަށްޖެހިލިއެވެ. “ދައްތާ…. އެކަމް އަޅުގަނޑަށްވުރެ މޮޅު ކުދިންވެސް ތިބޭނެ އެއްނު.. އެކަމަށް ގާބިލުކުދިން…” ސުމާ އޭނާގެ ހިތްބަންޑުންކޮށްލިއެވެ. ހިތުގައި ވީ ވާހަކަތަށް ހިއްސާކޮށްލަން ބޭނުންވީއެވެ. ބޮޑުމީހެއްގެ ކައިރިން މިފަދަ ކަމަކަށް ލަފާ ހޯދުން އެއީ އެންމެ ރަނގަޅުކަން ކަމުގައި ސުމާއަށް އެވަގުތު ވިސްނުނެވެ. ” ސުމްކޮ ހުއްޓާ އިތުރު މީހަކަށް ނުލިބޭނެ. މަރީދައްތަ ބުނީތީވެސް ބަލަންހުންނާތި.. އިރާދަކުރެއްވިއްޔާ ހަމަ ސުމްކޮއަށް ވަޒީފާ ލިބޭނީ..” ސުމްގެ އަތުގައި ހިފައިގެން އެތެރެއަށް ވަންނަމުން މަރިޔަމް ބުނެލިއެވެ.

ރޭގަނޑުގަޑީގައި އެހާ ގިނައިން ބެލްޖެހި އަޑުއިވިގެން ކޮޓަރިތެރޭ އޮތް ރީހަންއާއި މިޝްޔާވެސް ކޮޓަރިން ނިކުތެވެ. އެވަގުތު މަރިޔަމް ސުމާ ގެންގޮސް ސޯފާގައި ބައިންދަނީއެވެ. “ކިހިނެއްވީތަ ސުމް؟؟” ރީހަން އެމީހުންނާއި ކައިރިވެލަމުން ބުނެލިއެވެ. މިޝްޔާ ސުމާއާއި ދިމާ ބަލަންހުރެ ރީހަންގެ ފަހަތުން ހިނގާފައި އައެވެ. “ހެހެ.. އެއީ ޖޮބްއަކަށް އެޕްލައި ކުރީމަ.. އެވާހަކަ ބުނެލަން..” ސުމާ ބުނެލީ ލަދުގަނެފައި ހުރެގެންނެވެ. އޭނާގެ ސަބަބުން އެމީހުންނަށް އުނދަގޫވީއޭ ހިތާއެވެ. “ދެން ލިބުނީތަ؟؟؟؟” މިޝްޔާ އެހެން ބުނެލީ ސުމާ އެހާ ގިނައިން ބެލްޖަހާފައި ގެއަށް އެއައީ ވަޒީފާ ލިބުނީމަކަމަށެވެ. “ނޫން.. އެޕްލައި ކޮށްގެން މިއައީ..” ސުމާ އިސްޖަހާލައިގެން ހުރެ ބުނެލިއެވެ. އޭނާއަށް މާ ބޮޑަށް އުފާވެވުނީއެވެ. “ހަހަހަ.. ސާބަހޭ ސުމްކޯ…. އަދި ވަޒީފާ ލިބުނީމަ ކިހިނެއްބާ ވާނީ…” ރީހަން ހޭންފެށިއެވެ. ސުމާ މަރިޔަމްއާއި ދިމާ ބަލައިލީ ރީހަން މަލާމަތްކުރާތީއެވެ. “ރީހަން.. ދެން އެއީ ހޭވަރުކަމެއްނޫނޭ….. ސުމްކޮ ހަބަރު ދޭން އެއައީ ދޯ.. ހަމައެހެން އުޅުނީ ރީހަންވެސް ވަޒީފާއަށް ފުރަތަމަ ލީއިރު… ދެން ކޮންއިރަކުން ގުޅާނީ؟” މަރިޔަމް އެއްފަހަރު ރީހަންއަށް އަނެއްފަހަރު ސުމާއާއި ވާހަކަދެއްކިއެވެ. “ހީވަނީ ދެތިން ދުވަސް ތެރޭ ގުޅާނެހެން….” ސުމާ ބުނެލީ ހީލުމަށްފަހުގައެވެ. ރީހަން މޫނުކުނިކޮށްގެން އެތާހުރުމުން މިޝްޔާ ހޭންފެށިއެވެ.

“ސުމްއަށް ޖޮބް ލިބުނީމަ މިގެއަށް ދޯ ޒިން ގެންނާނީ.. ޕްލީސް ސުމް… ޕްލީސް ޒިން މިގެއަށް ގެނޭ…” މިޝްޔާ ކުއްލިއަކަށް އެހެން ބުނެލިއެވެ. އޭނާ ކުޑަކުއްޖަކު އާދޭސްކުރާ އުސޫލުން ސުމާ ކައިރި އާދޭސްކުރަމުންދިޔައެވެ. “އަޅެ، ދެން އެހެން ގެއެއްވެސް ނެތޭ ޒިން ބަހައްޓާކަށް… ދެން ލިބުނީމަ އިނގޭނީ…” ސުމާ ބުނެލީ ވަރަށް ހިނިއައިއްސާހުރެެއެވެ. “އުނހު ލިބޭނެ ހަމަ… ޒިން އަންނާނީވެސް މިގެއަށް… އިރާދައިން…އޯކޭކޭކޭކޭ؟؟؟” ރީހަން ވެސް މިޝްޔާއައި އެއްބައިވެލަމުން ބުނެލިއެވެ. “ހަހަ އޯކޭ…” ސުމާ ބުނެލިއެވެ. ކުޑައިރުކޮޅަކު ވާހަކަ ދައްކަން ހުރުމަށްފަހު ސުމާ ދަނީއޭ ބުނެ ނިކުމެގެން ދިޔައީ އެންމެންނަށްވެސް ބާއްޖަވެރި ރެއަކަށް އެދުމަށްފަހުގައެވެ. ސުމާ ގެއަށްވަދެ ތަޅުލުމަށްފަހު ނިދަން އޮވެލީ އެތަށް ހުވަފެންތަކެއް ސީދާ ކުރެވޭނެ ކަމުގެ އުއްމީދުގައެވެ

……..

އާ ދުވަހަކަށް އިރު އެރުމާއި އެކު ސުމާވެސް އޭނާގެ ކަންތަކައިގެން އުޅެންފެށިއެވެ. ނަމަވެސް ހިތުގައި ވަނީ އެންމެ ކަމެކެވެ.

“ރިޝް……. 7 ވަނަ ފްލޯރ އެއީ…..” ސައިކަލުގައި އައިސް ސުމާގެ ގޭ ދޮރުމައްޗަށް މަޑުކުރި މާޒިން ރިޝްފާ ކައިރި ބުނެލިއެވެ. ރިޝްފާ ސައިކަލުން ފޭބިއެވެ. “ރިޝް….. އަދި އެއްފަހަރު ވިސްނާލަންވީނު.. ޕްލީސް ޑޯންޓް ޑޫ ދިސް…. އިޓް ވިލް އޮންލީ އެފެކްޓް އަސް… އެން އައި ޑޯންޓް ވޯންޓް ދެޓް ޓު ހެޕަން..” މާޒިން ދުރުބަލަހައްޓައިގެން ހުރެ އެހެން ބުނެލީ ރިޝްފާއާއި ވެސް ހަތަރު ކަޅު ހަމަކުރަން ބޭނުންނުވާތީއެވެ. “ޒިން…. ކަމެއްވެގެން ދޯ ރިޝް މިގޮތަށް ކަންކުރަން މި ވިސްނީ.. ސޯ ލީވް އިޓް ޓު މީ…. އެން މި ދެމެދަށް އެއްވެސް ކަމެއްވެސް އަދި އެފެކްޓެއްވެސް ނުކުރާނެ… އިޓްސް އަ ގެރެންޓީ…” ރިޝްފާ މާޒިންގެ އަތުގައި ހިފާލުމަށްފަހު އެހެން ބުނެލީ އޭނާއަށް އިތުބާރުކުރާށޭ ބުނާފަދަ ގޮތަކަށެވެ. މާޒިން ރިޝްފާ ދަންދެން އެތާ ހުރުމަށްފަހު ސައިކަލުގައި ދިޔައީ އެގޭ ކައިރިވެސް އޭނާ އުޅެން ބޭނުންނުވާތީއެވެ. ކިތަންމެ ދުރަށް ދިޔަކަމުގައިވިޔަސް ކިތަންމެ ވަރަކަށް ސުމާއައި ދުރުވާން އުޅުނަސް އޭނާގެ ހިތްވަނީ ސުމާގެއަތުގައެވެ. އެ އަނބުރާ އޭނާއަށް ލިބިދާނެހެއްޔެވެ؟

ސުމާ ޒިންގެ ފޮތްތަކަށް ގަނޑުލައްވަން ހުރިއިރު ޒިން ކައިރީގައި ސުމާ ކުރާ ކަންތަށް ބަލަންއިނެވެ. ސުމާ އިނީ ލަވައެއް ކިޔާލަ ކިޔާލައެވެ.

“އޭ…  ހިތާ…. ހިތްއެދޭ.. މަންޒިލޭ ތީ މަގޭ…

އޭ ހިތާ ހިތްއެދޭ….. މަންޒިލޭ ތީ މަގޭ…

އިހްސާސްވޭ މެއަށް… ފިނިކަން ތިދޭ……”

“މަންމީ މަންޒިލޭ އެއީ ކޯޗެއް..” ސުމާ ކިޔަ ކިޔަ އިން ލަވަ ހުއްޓުނީ ޒިން އެ ސުވާލުކުރުމުންނެވެ. ސުމާއަށް ހެވުނެވެ. “މަންޒިލަކީ މީހުން ބޭނުންވާ އެއްޗެއް.. އިންގްލިޝް އިން ބުނާނަމަ އިޓްސް ގޯލް.. ޓާރގެޓް.. އިނގިއްޖެ ދޯ ބޭބީއަށް… ޒިންގެ މަންޒިލަކީ އައިސްކޯން ފިހާރައެއްނު ދޯ… ހެހެ އެގޮތަށް…” ސުމާ ކުޑަގޮތަކަށް ބުނެލިއެވެ. “މަންމީ..ޒިންގެ ފޭވްރިޓް ލަވަ ކިޔައިދީބަ..”

“ހުމްމްމް ހުމްމްް މްމްމް… މީ ނާނާ އޭ…. ނިދި ފިލާތީ…..

އޯގާވެ ދޭނަން.. ލޯބިން ހީލީމާ.. އޯ… ނިންދަވާނީ….

މީނާނާއޭ… ނިދި ފިލާތީ…. ”

“އުޕްސް ބެލްޖަހާ އެބަ.. އެބަ އަންނަން އިނގޭ.. ޒިން ބަލަންޗޭ އިނގޭ އެން ޔެސް ކަތުރުގަ އަތްނުލާތި…” ސުމާ ކައިރީގައި އޮތް ބުރުގާ އަޅާލަމުން ތެދުވެފައި އެހެން ބުނެލީ ޒިން އަށް ވިސްނައިދޭ ރާގަކަށެވެ. އަވަސް އަރުވާލަމުން ސުމާ ދޮރާއި ދިމާލަށް ދިޔައެވެ. ދޮރު ހުޅުވުމާއި އެކު ކުރިމަތީ ހުރި ކުއްޖާ ފެނި ސުމާގެ ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. ހިތަށް ބިރުވެރިކަން ވަނެވެ. އެ ހުރިގޮތަށް އޭނާއަށް ހުރެވުނީއެވެ. “ވަންނާކަށް ނުބުނާނަންތަ…؟” ރިޝްފާ ބުނެލިއެވެ. ސުމާ ސިއްސައިގެން ދިޔައެވެ. އަދި އެތެރެއަށް ވަންނަން ތަން ދިނުމަށްފަހު ދޮރުން ބޭރުބަލައިލިއެވެ. ދެފަރާތް ރަނގަޅަށް ބަލާލުމަށްފަހު ސުމާ އެތެރެއަށް ވަންނަމުން ދިޔަ ރިޝްފާއަށް ބަލައިލިއެވެ. “ޑޯންޓް ވޮރީ ރިޝީއެއް ނާދެ… އަސްލު މިއައީ ވަރަށް ބޮޑަށް ސޮރީ އޭ ބުނެލަން ވެގެން.. ރޭގަ ވީ ހުރިހާ ކަމަކަށް…” ރިޝްފާ ސުމާއާއި ދިމާ ބަލަން ހުރެ ބުނެލިއެވެ. ސުމާ ފުން ނޭވައެއް ދޫކޮށްލުމަށްފަހު ދޮރު ލެއްޕިއެވެ. އަދި ހުރިތާ ހުރީ ރިޝްފާއަށް ފުރުސަތު ދީގެންނެވެ. “އިނގޭ ރޭގައި ވީ ހުރިހާ ކަމަކީ ވަރަށް ގޯސްކޮށް ވީ ކަމެއްކަމަށް.. ގަބޫލުކުރަން.. އެކަމަށް ވަރަށް ބޮޑަށް ސޮރީ.. ރޭ އަސްލު ހުރެވުނީ އެކަހަލަ މޫޑެއްގައި ދެން އަނެއްކާ ރިޝީ އުޅުނު ގޮތުން.. އަމް ސޮރީ” ރިޝްފާ މަޑުމައިތިރިކަމާއި އެކު ވާހަކަ ދައްކަމުން ދިޔައިރު އޭނާ ހުރީ ދެއަތް ދެއަތާއި މޮޑެލަމޮޑެލައެވެ. ސުމާ ހިނިތުންވުމެއް ދިނުމަށްފަހު އެންމެ ރަނގަޅުކަމަށް ބުނެލިއެވެ. ކިތަންމެ ބޮޑު ދެރައެއް ސުމާއަށް ދިން މީހަކަށް ފަސޭހަކަމާއި އެކު ސުމާއަށް އޭނާ މާފްކުރެވޭނެއެވެ. އޭނާގެ ހިތުގައި އެއްވެސް އެއްޗެއް ބާއްވާކަށް ބޭނުމެއްނުވެއެވެ.

“ސޯ ފްރެންޑްސް..” ރިޝްފާ ދަތްތަށް ފެންނަވަރަށް ހިނިތުންވެލަމުން ސުމާއާއި ދިމާލަށް އަތްދިއްކޮށްލިއެވެ. ދޮރުމަތީ ހުރި ސުމާ ހިނިތުންވެލުމާއި އެކު އައިސް ރިޝްފާއާއި ސަލާމްކޮށްލިއެވެ. “އަމް ރިޝްފާ…. ތީ ސުމާ ދޯ…” ރިޝްފާ ބުނެލިއެވެ. ސުމާ ހައިރާންކަމާއި އެކު ބޯ ޖަހާލިއެވެ. “ހެހެ އެހާ ޝޮކްނުވޭ.. ރިޝީ ބުނީ…. ރިޝީ މި ގެ ބުނެދިނީވެސް.. އޭނާ މައުލޫމާތު ހޯދައިފި ސުމާގެ… އެކަމް ޑޯންޓް ވޮރީ ރިޝް ހުއްޓާ ދެން ނުކެރޭނެ ސުމާއަށް އުނދަގުލެއް ކުރާކަށް…ރިޝީ އެހެންނޫނަސް މިއަދު ދޭ ރިސޯރޓަށް އެހެންވީމަ މާ ބޮޑު ކަމެއްވެސް ނުކުރެވޭނެ.. އެހާ އަޅައިނުލަންޗޭ އޭނާ ކިޔާ އެއްޗެއްސަށް.. އަބަދުވެސް އެހެން އުޅެނީ.. އަންހެންކުއްޖަކު ފެނުނީމަ.. މިހާރު ވިސްނައިދީ ވިސްނައިދީ ހަލާކުވެއްޖެ އެކަމް ކީއްކުރާނީ.. އެވަރަށް ބުނާއިރުވެސް….. އެނީވޭސް.. އިޓްވޯސް ނައިސް ޓު މީޓް ޔޫ އެން ތެންކްސް ފޯ ފޮރގިވިން މި..” ރިޝްފާ ވާހަކަދައްކަމުންދިޔައެވެ. ސުމާ ގެ ހިތުގައި އޮތް ބިރުވެރިކަން ފިލައިދިޔައެވެ. ނޭނގިނަމަވެސް ރިޝްފާއަށް ބަރޯސާކުރެވުނެވެ. އެއީ ސުމާގެ އާދައެވެ. ކުޑަވަގުތުކޮޅަކަށް މީހަކު ހިނިތުންވެލާ ވާހަކަ ދައްކާލުމުން ސުމާއޭނާއާއި މާ ބޮޑަށް ގާތްވެވި އޭނާއަށް ބަރޯސާ ކުރެވެއެވެ. ކޮންމެ ކޮންމެ މީހަކަށް ބަރޯސާ ކުރާކަށްނުވާނެއެވެ. ނޫންނަމަ ދެރަލިބޭނީވެސް ހުދު ތިމާއަށެވެ.

“އިށީނދެލަންވީނު އެބަ އަންނަން އެއްޗެއް ހިފައިގެން.. ޖޫސް އޯކޭ ދޯ..” ސުމާ ރިޝްފާއަށް އިށީންނަން ތަންދައްކަމުން ބުނެލިއެވެ.  ރިޝްފާ އިށީނދެލިއެވެ. އެއަށްފަހު މުޅި ގެއާއި ދިމާލަށް ނަޒަރު ހިންގާލިއެވެ. ސުމާ ބަދިގެއާއި ދިމާލަށް ދިޔައެވެ.

“މަންމީމީމީ…… ޒިން މިހާރު ފޫހި ވެއްދެ އެތާ އިނދެ” ޒިން ކޮޓަރިން ނުކުމެލަމުން ސުމާއަށް ގޮވާލިއެވެ. “ލައްބަ ބޭބީ….. ދައްތަ އަކު އައީހޭ އެއިނީ.. ދައްތައާއި ސަލާމްކޮށްލަބަ…. މަންމި ދާނަން ފަހުން އެކަންތަށް ކުރަން..” ސުމާ ބަދިގޭގައި ހުރެފައި އެހެން ބުނެލީ ތަންކޮޅެއް ބާރަށެވެ. ސުމާގެ އެދުމަށް ޒިންއައިސް ރިޝްފާއާއި ސަލާމްކޮށްލިއެވެ. “ދައްތީ.. ޒިންއަށް ހީވަނީ ދައްތި ފެނުނުހެން….” ޒިން ރިޝްފާއާއި ސަލާމްކޮށްލަމުން އެހެންބުނެލީ ރިޝްފާގެ މޫނަށް ނަޒަރު ހިންގާލައިގެން ހުރެއެވެ. “ހެހެ ވެދާނެ ފެނުނީކަމަށް ދޯ.. ކީއްކޮށްލަނީތަ ޒިން ދޯ ކިޔަނީ..” ރިޝްފާ ޒިންގެ ކޮލުގައި ހިފާލަމުން ބުނެލިއެވެ. “ލައްބަ މާޒިން ކިޔަނީ… ޒިން އާއި މަންމިއާއި މިގެން ޒިންގެ ބުކްސްއަށް ސެލޯފިން ލައްވަނީ ދޯ މަންމީ….” ޒިން ބުނެލިއެވެ. އެއަށްފަހު ކޮޓަރިތެރެއަށް ދިޔައެވެ.

“ހެހެ އެ ދިޔައީ ދޯ ޒިންވެސް..” ސުމާ ޓްރޭއަކަށް ޖޫސްތަށްޓަކައި ކުކީސްކޮޅެއް އަޅާފައި ހުރި ތަށްޓެއް ލައިގެން ރިޝްފާ ކައިރިއަށް އަންނަމުން ބުނެލިއެވެ. މޭޒުމަތީ ޓްރޭ ބޭންދުމަށްފަހު ރިޝްފާ ކައިރި ކާންބުނެލިއެވެ. ރިޝްފާ އޭނާގެ ވާހަކަތަށް ދައްކަމުންދިޔައިރު ހީވަނީ ދުވަސްވީ ދެ ރަހުމަތްތެރިންހެންނެވެ. ސުމާވެސް ރިޝްފާގެ ވާހަކަތަކަށް ޖަވާބުދެމުން ދެތިން އެއްޗެއް ބުނަމުން ދިޔައެވެ. ސުމާ މާ ބޮޑު ވާހަކަތަކެއް ނުދައްކައެވެ. “ވަރަށް މީރު އިނގޭ ކުކީސް… ކޮންތާކުން ގަތީ؟ ތި ގަންނަން ވެއްޖެ..” ރިޝްފާ ފަހު އެތިކޮޅު ކަމުންބުނެލިއެވެ. “ހެހެ އެއީ ހަދާފަ… މެލޭ ރެސިޕީ ހެހެ… މީރިއްޔާ އަދި ގެނެސްދެންތަ؟” ސުމާ އެހެން ބުނެލުމުން ރިޝްފާ ވަގުތުން ނޫނެކޭ ބުނެލިއެވެ. “އަނެއްކާ ފަލަވާނީ..” ސުމާ ޓްރޭ ހިފައިގެން ތެދުވިތަނާ ރިޝްފާ އެހެން ބުނެލިއެވެ. ސުމާ ހެމުން ހެމުން ބަދިގެއާއި ދިމާލަށް ގޮސް ޓްރޭ ބަހައްޓާފައި އަނެއްކާވެސް ރިޝްފާ ކައިރި އިށީނދެލިއެވެ.

“ހެލްޕެއް ބޭނުންތަ؟ ވަރަށް މޮޅުވާނެ ސްލޯފިން ލައްވަން..” ރިޝްފާ ބުނެލިއެވެ. ސުމާ ނޫނެކޭ ބުނުމުންވެސް ރިޝްފާ އެއްބަހެއްނުވިއެވެ. އެންމެފަހުން ސުމާއާއި އެކު ކޮޓަރިއަށް ގޮސް އޭނާވެސް ޒިންގެ ފޮތްތަކުގައި ސެލޯފިންލައްވަމުން ދިޔައެވެ. އެނދުމަތީ ޓެބްލެޓްއިން ކުޅެން އިން ޒިން އެމީހުން ވަނުމާއި އެކު ފޮތްތަށް ކައިރި އައިސް އިށީނދެލިއެވެ. އެއަށްފަހު އެމީހުން ކުރަމުން ދިޔަ ކަންތަށް ބަލަމުންދިޔައެވެ.

ފޮތްތަށް ނިންމާލުމަށްފަހު ރިޝްފާ ދެން ދަނީއޭ ބުނެ ދިޔައީ އިތުރަށް އިނުމުން ލަސްވެދާނެތީއެވެ. ސުމާ ރިޝްފާ ދަންދެން ދޮރުމަތީ ހުރުމަށްފަހު ދޮރުލައްޕާލިއެވެ. އަދި ހިނިތުންވެލަމުން ބުރުގާ ސޯފާ މައްޗަށް އެއްލާލުމަށްފަހު ކޮޓަރިއަށް ވަނެވެ.

…..

“ޒިން… އަމް ހޯމް ނައު.. ހުމްމް އަނެއްހެން މާ ބޮޑު ވާހަކަތަކެއް ނުދެއްކެ.. ބަޓް ޝީ އިޝް ސްވީޓް ވަރަށް ވަރަށް ރަނގަޅު އިނގޭ އަސްލުވެސް…. އައި ނީޑް އަ ފްރެންޑް ލައިކް ހާރ… ހުމްމް ހުމްް.. ފުރަތަމަ ދުވަހަކު ދެން ނޭނގިދާނެއެއްނު… ލީވް އިޓް ޓު މީ ސްޓޫޕިޑް…………………..” ރިޝްފާ ކުރުގޮތަކަށް މާޒިން ކައިރި ވީ ކަންތަށް ކިޔައިލަދިނެވެ.

— އަނެއްދުވަހުގެ މެންދުރު —

ސުމާ ޒިން ސުކޫލަށް ލާފައި ގެއަށް އައިގޮތަށް އެނދުމަތީ އޮތީ ފޫހިވެފައެވެ. ދުވަހަކީ ކުޑަކޮށް ވިއްސާރަ ދުވަހެއްކަމަކު ވިއްސާރަ ވާނެކަމުގެ އުއްމީދެއްނެތެވެ. ޒިން ސުކޫލަށް ދިޔުމުން އޭނާ އޮތީ ފޫހިވެފައެވެ. މަޖާކޮށްކުރާނެ ކަމެއްވެސް ނެތެވެ. އެހެންއޮތިއްޔާ އޭނާއަށް ވިސްނޭނީކަން ހުދު އޭނާއަށްވެސް އިނގެއެވެ.

“މާ މަލުގެ މީރު ވަސްތަކުން.. މާޒީ ހަނދާން ވަނީ…

ލޯބީގެ އިންތިޒާރުގައި ތި ހިޔާލު އާވަނީ……

ނާހާށޭ ކީއްވެހޭ… ނުބުނާށޭ ނޫނެކޭ… ހިތްވެސް ދިނީމޭ….”

ސުމާ ބާލިހެއްގައި ބައްދާލަމުން ލަވައިގެ އެ ބައިތު ކިޔާލީ ތުންފަތްމައްޗަށް ރަކި ހިނިތުންވުމެއް ވެރިކުރަމުންނެވެ. ވިސްނަން ބޭނުންނުވިޔަސް އޭނާއަށް ވިސްނެނީއެވެ. މާޒިންއާއި މެދުގައެވެ. މާޒިން ހުރި ގޮތް އަދިވެސް ސިފަވަނީއެވެ. މާޒިންގެ އެ ރީތި ހަށިގަނޑެވެ. އެރީތި އިސްތަށިގަނޑެވެ. އެ އަލި މޫނެވެ. އެ ހިޔާލުގައި އޭނާ އޮއްވާ ސިއްސައިގެން ދިޔައީ ފޯނެއް އައުމުންނެވެ.

-ނުނިމޭ-

80
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ryn

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

މަންޝާ (ތޭވީސްވަނަ ބައި)

Next

އަސަރު 13

Next
June 12, 2016

އަސަރު 13

Previews
June 11, 2016

މަންޝާ (ތޭވީސްވަނަ ބައި)

26 Comments

  1. Shani says:
    June 11, 2016 at 8:21 pm

    V v reethi

  2. Ryn says:
    June 11, 2016 at 8:22 pm

    hey guys.. here is the next part.. hope u ppl will like it.. and yeah thankyw for the wishes for ramaxan.. n how is ur roadha going on? my roadha is tiring but superb as i have to go to classes… exams are near.. full time class.. 🙁 -_- ehnve late vany vx i mean uploading it night ga.. i really dont have time to write but i do after 12 reyganduge lol… thats when i will be real kh free.. i am sorry guys ingey.. n someone asked me where i live.. so dear i am living somewhere away from maldives.. its been a year.. n i am studying here.. n i miss u too hurihaa miss u ey bunaa kudhin ah n luv u too vx.. hehe. so enjoy the day n keep praying n smiling 😉

  3. Naana says:
    June 11, 2016 at 8:25 pm

    Vvvvvvvvvvvvvvvvvvv reeethi stryeh keep it up ryn…n miss u 2

  4. Kitty says:
    June 11, 2016 at 8:28 pm

    So nice next part dhigu koh dhechey

  5. Shaaa says:
    June 11, 2016 at 8:40 pm

    Story kuriah dhaa goii vv nice.. v wait kurevey. Keep writting. N best of luck for ur exams. Happy ramazan.

  6. ?Ňåjùüú? says:
    June 11, 2016 at 8:41 pm

    Mi part vx v reethi.. Nxt part thankolhey dhigu kohlachey..

  7. Shaaa says:
    June 11, 2016 at 8:43 pm

    Story kuriah dhaa goii vv nice.. v wait kurevey. Keep writting. N best of luck for ur exams. Happy ramazan. Keep smiling

  8. Xaan says:
    June 11, 2016 at 8:48 pm

    V reethi vaahaka bt hafthaaku 2dhuvahu gennanama

  9. ken? says:
    June 11, 2016 at 9:42 pm

    awwnnnn…rynoooooo☺ vaahaka hama v obi ingey….n i really appreciate ur work….n yeha study well n achieve good marks in ur exams…goodluck n enjoy

  10. Ushaa says:
    June 11, 2016 at 9:50 pm

    Wow.. Vrh salhi… Its fab

  11. ina says:
    June 11, 2016 at 10:20 pm

    Wowwwwww wowww wowww rynuuuuu vrh vrh vrh nyv mi prt vx… Bt tht risfa gandah kmmvx gotheh hadhaabala rynuu.. I hate hr.. Huh 😛 .. Hehe.. 😉 alhe xin n sumko gulheyny knirakunthr??? Vrh miss vey ingey.. Tgc.. N study well ingey rynuuu.. 🙂

    1. lai says:
      June 11, 2016 at 10:40 pm

      haha risfa eh nooney ina .. its rishfa 😛 😉 .. btw vvvvvv nice mi bai vess .. miss u alot rynuu .. tgc .. n best of luck … waiting fr nxt prt

  12. rish says:
    June 11, 2016 at 11:15 pm

    wow… dhen vaane gothakaaa medhu viseney….
    v v v v salhi ey buneveynee…

  13. Lyn says:
    June 11, 2016 at 11:35 pm

    heyyyyy ryyyyyyynnnnn……hg….???.. mi prt vx varaaaaaaaaaaah varaaaaaaaaaaaaaaaah thihthi? nd avahah maxin r suma r gulhavabaa dhn??.. story ah lyk eh.. vrh vrh vrh miss vey ingey…. nxt prt avahah up khdhehchey… all da bst? tvgc☺☺☺☺☺

  14. mary says:
    June 12, 2016 at 12:27 am

    Varah salhi engey avahah up kohdhehchey

  15. sara says:
    June 12, 2016 at 12:49 am

    Long tym since i commented on your story.. ekam baraabarahkiyan comment nukurevunas.. and still hama 1 of d best .. keep it up..

  16. sara says:
    June 12, 2016 at 12:50 am

    Gud luck for ur studies and do ur best…

  17. Thaany says:
    June 12, 2016 at 11:02 am

    Storry v reethi bt thankolheh kuree ryn bixy v dw ehn vany waiting waiting…next part n best of luck u r exam…miss yu tooo…my fav girl..luv yu

  18. sweet angle . says:
    June 12, 2016 at 11:58 am

    gud luck ryn…

  19. Leen says:
    June 12, 2016 at 1:03 pm

    Ryn ur stories are superb…v reethi mi part vex..:*

  20. Saajidh says:
    June 12, 2016 at 1:39 pm

    V salhi mibaives… Mi Rishfaa ran’galhu bon’dieh boigen kanneynge ninmaany…

  21. Appy says:
    June 12, 2016 at 2:35 pm

    V rythi mi part vx …ok ok ryn I can understand ey? ..rangalhah kiyavan vaanehnu …bst of luck for the exam ☺??

  22. Rosy says:
    June 12, 2016 at 5:52 pm

    Cv lobi mibaivas

  23. kennukbee says:
    June 16, 2016 at 10:24 am

    Lyyynuuuuuuu ?varah rythi… nxt prt whn… cnt wait…btw all the bst for ur exams… n miss u n luv u a lot…

  24. umaimath says:
    June 17, 2016 at 4:43 pm

    waiting for next part

  25. Mari says:
    June 25, 2016 at 10:01 am

    Plxxxx avahah up koh dhybaaa..kiyaaa hivany..waiting ..waiting..

Comments are closed.

All Right Reserved!