ޝިކާ ބަލާލިއިރު ރޮކެޓެކެވެ. “ލުކް އިންސައިޑް!” ރޮކެޓުގެ ބޭރުގައި އެހެން ޖަހާފައި އޮތުމުން ޝިކާއަށް ލިބިގެންދިއައީ ހައިރާންކަމެވެ. ވަށައިގެން ނަޒަރު ހިންގާލިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ތެޅިތެޅި އޮތް ހިތަކާ އެކު އޭނާ އެ ރޮކެޓް ނިއުޅާލީ އެތެރޭގައި އޮތް އެއްޗެއް ކިޔާލުމަށެވެ. ޝިކާ ރޮކެޓް ނިއުޅާލާފައި އެތެރެ ބެލިއިރު އޭނާ ހީކުރި ގޮތާ ޚިލާފަށް އެއްވެސް އެއްޗެއް ލިޔެފައެއް ނެތެވެ. މޫނަށް ވައްތަރެއް ޖައްސާލަމުން ކައިރީގައި ހުރި މޭޒުމަތީގައި ކަރުދާސްގަނޑު ބާއްވައިފައި އޭނާގެ މަސައްކަތާއިގެން […]
ޒައިޝާ ޒިޔާންގެ ލޮލަށް ބަލާލިއެވެ. އެ ލޮލުގައިވީ މަސްތު ކަމުން ޒައިޝާ އަށް ބޭއިޙްތިޔާރުގައި ލޯ މަރާލެވުނެވެ. ޒިޔާން އަށް ދަޢްވަތު ދޭފަދަ ގޮތަކަށެވެ. ޒިޔާން މަޑުމަޑުން ޒައިޝާ ގެ ތުންފަތުގައި ބޮސްދިނެވެ. ޒައިޝާގެ މޫނަށް ބަލާލުމަށްފަހު އިތުރަށް އެ ތުންފަތުގެ މީރުކަން ލިބިގަތެވެ. އެ މަންޒަރު ބަލަން މެދު އުޑުގައި ހުރި ހަނދުވެސް ލަދުން ވިލާ ގަޑެއްގެ އެހީހޯދިއެވެ. ޒިޔާން ޒައިޝާ އާއި ދުރުވެލީ ނޭވާ ކުރުވުމުންނެވެ. އެއިރު ޒައިޝާވެސް މަޑުމަޑުން ފުން ނޭވާ ލަމުން […]
ކާރުގެ ބަރުގޮނުގެ އަޑަށް އިޔާނާއަށް ސިހި ދެލޯހުޅުވާލެވުނެވެ. “އީމަން!” ނޭވާ ހާސްވެފައި ހުރެ ބުނެލެވުނެވެ. ކުރިމަތީގައި މަޑުކޮށްފައި އޮތް ކާރުން އަނެއްކާވެސް ބަރުގޮނުއެޅި އަޑަށް ސިއްސައިގެން ދިޔައެވެ. ކާރުތެރޭގައި ހިނިތުންވެލައިގެން އިން އީމަން އިޔާނާއަށް ފެނުނު ހިނދު ބޮލަށް އިތުރަށް ބާރުކުރަންފެށިއެވެ. އޭނާއަށް އީމަން މިފެނުނީ ކީއްވެ ހެއްޔެވެ؟ އޭނާއާ އީމަންއާ ކުރިން ގުޅުމެއް އޮތީ ހެއްޔެވެ؟ އެކަމަކު ކިހިނެތް ހެއްޔެވެ؟ ވިސްނެމުންދިޔަވަރަކަށް އިޔާނާއަށް އިތުރަށް އުނދަގޫވަމުންދިޔައެވެ. އީމަން އިޔާނާއަށް އައުމަށް އެދި ހަނާއެޅިޔަސް އިޔާނާގެ ތަބީޢަތް […]
“ޖަންނަ އަބަދު ވަޒީފާއަށް ދާތީ އޭނައަށް ވެސް ކިހާ ދަތިވާނެތޯ. އެހެންވެ އަޅުގަނޑު އެހެން މިބުނީ.” ހިދާޔާ ބުނެލި އެވެ. ނަސީރު ވިސްނާލަމުން ބޯޖަހާލި އެވެ. “ތީވެސް ތެދެއް. އަހަރެން ތިަކަމާ ވިސްނާލާނަން.” ނަސީރު އެންމެ ފަހުން ބުނެލި އެވެ. ހެދުނު ޖަންނަތު އޮފީހަށް ގޮސް ވަންއިރު އެކަކުވެސް ނެތެވެ. ރޭގައި ރުއިމުގެ ސަބަބުން މީހާގެ މޫނުމަތިން އެކަން ނިކަން ރީއްޗަށް އިނގެ އެވެ. ރިސެޕްޝަންގައި އެދުވަހު ލާމިޔާ އިނުމުން އެތަނުން ޖަންނަތު ސަލާމަތް ވީ […]
“ޝާޔަލް..” އޭނަ ބުނުމަށް މަސައްކަތްކުރަމުންދިޔައީ އެހެންނެވެ. މުޅިދުނިޔެވެސް އެނބުރިގެންދިޔަ ކަހަލައެވެ. އިތުރު ސުވާލެއް ނުކުރެވެނީސް ޑޮކްޓަރއާއެކީ ޒައިކް އެތެރެއަށް ވަދެއްޖެއެވެ. ޒައިކްގެ ބޯވަނީ ބެންޑޭޖުކުރެވިފައެވެ. ދިރުމެއްނެތް މީހެއްފަދައިން އެކޮޓަރިން އަހަރެންނަށް ނިކުމެވުނެވެ. ޝާޔަންއާއި ޒައިކްގެ ޙަޔާތް ބަރުބާދުކުރަން މަސައްކަތް އެކުރީ ޝާޔަލް ހެއްޔެވެ؟ ދުނިޔެއަށް އުފަންވެސް ނުވާ ފުރާނައެއް މަރުވެގެން އެދިޔައީ ހަމަ ޝާޔަލްގެ ސަބަބުން ހެއްޔެވެ؟ އެއްބަނޑު އެއްބަފާ ހަމައެކަނިހުރި ދައްތައަށް އެޙާލު ޖައްސަން އޭނަ ފަސްނުޖެހުނީބާއެވެ؟ ލޭގެ ގުޅުންމަތިންވެސް ހަނދާންނެތޭވަރަށް އޭނަގެ ހިތުގައި ނަފްރަތުވަނީ […]
“އަހުސަނުގަނޑާ ހެދި ލަހުން ރިޕްލައި ކުރެވެނީ..” ޝިކާ އަހުސަނާ ދިމާއަށް އެއްޗެސް ކިޔަމުން ރިޕްލައި އެއް ލިޔެލިއެވެ. އަދި ރަނާ އާ އެކު ލޯންޑަރީ އަށް އަނެއްކާވެސް ދިއައީ އިސްތިރިކޮށް ނުނިމޭތީއެވެ. ************ އެރޭ ޝިކާ އަކަށް ނުވެސް ނިދުނެވެ. ތަފާތު އެހެން ސްކޫލަކަށް ދާންޖެހޭތީ ޖެހިލުންވަނީއެވެ. އޭނާ އެންމެ ބިރުގަންނަނީ އޭނާއަށް ކުލާހުން ރަހުމަތްތެރިއަކު ނުލިބިދާނެތީއެވެ. ފުރޮޅި ފުރޮޅި އޮއްވައި ކުއްލިއަކަށް މީހެއް ދޮރުހުޅުވާލި އަޑަށް އޭނާ ދިއައީ ސިއްސައިގެންނެވެ. ބޯހިއްލާ ބަލާލިއިރު ނިދާ ބޮކީގެ […]
އުޑުމަތިވަނީ ނޫކުލަ އަރައަރައި ހުރި ވިއްސާރަ ވިލާތަކުން ބައްދާފައެވެ. ޖެހެމުންދިޔަ ގަދަ ވައިން އަމީނީމަގުގައި ހުރި ދިގު ގަސްތަކުގެ ފެހި ފަތްތަކުން ބޫން އަޑު އިވިއިވި ހުއްޓެވެ. މީސް ގިނަ މާލޭގެ ދުވާރު މަތީގައި މީހުންތައް ހޭލިމޭލި ވަމުން ދިޔައީ ވެހެން ތައްޔާރުވެފައިވާ ވިއްސާރަގަނޑުން ސަލާމަތްވެވޭތޯއެވެ. މަގުތައް މަތީގައި ދުއްވަމުންދިޔަ ވެހިކަލްތަކުގެ މަންޒިލަކީ ދުއްވާ މީހާ ތެމި ފޯވުމުގެ ކުރިން ވަދެވޭނެ ކޮންމެ ވެސް ނިވާފަތްގަނޑެކެވެ. ނާޒްލީން ހިނގަމުން ދިޔައީ އޭނާޔަށް ހިނގޭނެ އެންމެ އަވަހަށެވެ. ޖެހެމުންދިޔަ […]
އެގޮތުގައި ހާސްކަމާއިއެކު ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓާ ސިހިގެންދިޔައީ، ކައިރީގައިހުރި އަނބުގަސް ތެރެއިން އިވެންފެށި އަޑަކުންނެވެ.ފާޑެއްގެ ތޫލި އަޑެކެވެ.ހީވަނީ އަންހެންކުއްޖެއް ހިމައަޑަކުން ހޭހެނެވެ.ނޫނެކެވެ.ބައެއްފަހަރު ހޭހެންވެސް، އަނެއްބައިފަހަރު ރޯހެންވެސް ހީވެއެވެ. މަޑުމަޑުން ގަސްކައިރިއަށް ދިޔައީ އެއަޑު ޔަގީންކޮއްލުމަށެވެ.. ނަމަވެސް އިރުކޮޅަކުން އެއަޑު ކެނޑިއްޖެއެވެ.. ޖެހިގެންހުރި ގޭ ގޯތިތެރެއިން ބަޔަކު ހީ ހަދީާ އަޑުކަމަށްބަލައި ގެއަށްވަނުމަށް ހިނގައިގަތްވަގުތު އަހަރެންގެ ނަމުން މީހަކު ގޮވާލައިފިއެވެ.އަންހެން އަޑެކެވެ.މާދުރުން ފުރޭނިގެން އަޑުއައިހެންވެސް ހީވެއެވެ.ކުރިއަށްއެޅި ފިޔަވަޅު މަޑުޖައްސާލާ ފަހަތަށްއެނބުރި ބަލާލީމެވެ.އެއްވެސް މީހަކުނެތެވެ.ކުއްލިއަކަށް ހަނދާންވީ ހާދީބެ ބުނި […]
“އެންމެން އަވަހަށް ވަރުބަލި ފިލުވައިުމަށްފަހު ތައްޔާރުވާން އުޅޭ..”ރަޝީދު ބާރަށްބުނެލިއެވެ.”ޔޭ!..”ލިއާ ދުވަމުން ދިޔައެވެ.ކިއާ އިނީ ބެލްކަނީގައި އޭނާގެ އެކުވެރި ޝީންއާއި އެކުގައެވެ.”ޝީން..”ކިއާވަރަށް ފާޑަކަށްގޮވައިލިއެވެ.”ކީކޭ..”ޝީން އަހައިލިއެވެ.”ޕިސް.. ކީ އަށް ވަރަށް އެހެންކަހަލަ ގޮތެއް އެބަ ވޭ..”ކިއާބުނެލިއެވެ.”ކިހިނެތްވީ..؟..ކުއަޖަކަށް ހިތްކީ؟..”ޝީންހެމުން އަހައިލިއެވެ.”ކީ..”ކައިލާން ވަރަށް އުފަލުން އައިސް ކިއާގެގައިގައި ބައްދައިގަތެވެ.”ކިހިނެއްވީ ތިއްތިބޭ؟..”ކިއާ ހައިރާންވެފައި އިނދެ އަހައިލިއެވެ.”ޑޫ މީ އަ ފޭވަރ..ޕްލީޒް..”ކައިލާން އަސްލު މަޢުޟޫ އަށް ބަދަލުކުރިއެވެ.”ޔެއާ؟..”ކިއާ ސުވާލުން ފުރިގެންވާ ނަޒަރަކުން އަހައިލިއެވެ.ކައިލާން އަށް އިތުރުއެއޗެކޭ ނުބުނެވެނީސް ޝީންއަށް ފޯނެއްއައެވެ.އެހެންކަމުން ޝީން ދުރަށްޖެހިލިއެވެ.ދެތިންމިނިންޓުތެރޭގައި ޝީން އެނބުރިއައެވެ.”އައިމް […]