ކޮޓަރިއަށް ވަދެވުމާއެކު ޝިކާގެ ބޮލަށް ވެފައިވާ އުނދަގުލާއެކު ނިދިއަންނަން ފެށިއެވެ. އަދި އެވާހަކަ މާދަމާ ކިޔައިދޭންޖެހޭނެ އޭ ބުނެ ފެންވަރައިގެން އައިސް ޖައްސާލިތަނާހެން އޭނާއަށް ނިދިއްޖެއެވެ. ރީނާވެސް ފުންނޭވައެއް ދޫކޮށްލުމަށްފަހު އެނދައް އަރާ އޮށޯވެލިއެވެ. އޭނާގެ ލޮލުން ހޯސްލާފައި އެވަގުތު ކަރުނަ ފައިބަން ފެށީ މާޒީގެ ހަނދާންތައް އާ ވާން ފެށުމުންނެވެ. *********** ހެނދުނު ހޭލެވުނު އިރުވެސް ޝިކާ ގެ ބޮލުގައި ކުޑަ ރިހުމެއް އުފެދިފައިވެއެވެ. ހިތްވަރުކޮށްލާފައި ތެދުވެ ޕެނެޑޯލް ގުޅައެއް ކައިލުމަށްފަހު ސްކޫލަށް ދާން ތައްޔާރުވާން […]
ޕްރެސް ކޮންފަރެސް ނިންމާލާފައި ނިކުތްއިރު އަހަރެންގެ ގައިގާ ހިރިލާނެވަރެއްވެސްނެތެވެ. ވަރުބަލިކަން ބޮޑަށް އިޙްސާސްކުރެވުނީ ތަނެއްގައި ހަމަޖެހިލެވުމުންނެވެ. އެތެރެހައްޓަށް ކާއެއްޗެއް ލުމުން ހަށިގަނޑު އެދެންފެށީ އަރާމުކުރުމަށެވެ. މަސައްކަތާއި ކުރިމަތީ ހިތާއި އަރައިރުންވަމުންނެވެ. ހަށިގަނޑުގެ ލޮޑުކަމާއެކު މަސައްކަތްކުރަން ޖެހުމުން ދޭން ޖެހޭ އެންމެ ފުރިހަމައަށް ސަމާލުކަން ނުދެވޭ ފަހަރުވެސް ދިޔައެވެ. އެހެންކަމުން ފޯން ނަގާ ޝިއުޒްއަށް ގުޅާލީ ކުޑަކޮށް ބޯހަމަޖައްސާލުމަށެވެ. “ހަލޯ ތިއްތީ..ޕްލީޒް އަހަރެން ސަލާމަތްކުރޭ..” ޝާލީގެ ރުއިމުގެ އަޑުއިވުމުން ހިތަށް ވެގެންދިޔަ ގޮތް ބުނެދޭންވެސް ނޭނގުނެވެ. ވެފައިހުރި ވަރުބަލިކަން […]
# # # # # ކުޑަ ކުޑަ ފަސްއަހަރައްދާ އިޒާން ގޭތެރޭގައި ކަރުދާހުން ބޯޓެއް ހިފައިގެން ދުވެ ދުވެފައި އުޅެއެވެ. ސަފުޒާ ރުޅި ގަދަވެގެން އަޑު ގަދަ ކުރާތަން ފެނުމުން ހެވިލާފައި އުޅުނު ކުއްޖާ މަޑު ޖެހިއްޖެއެވެ. މިހާރަކަށް އައިސް އެއީ ކޮންމެ ދުވަހެއްގެވެސް އާދައެވެ. އިޒާންގެ ބައްޕަ އެހެން އަންހެނަކާއި ހިތާވުމުން ސަފުޒާ ހުންނަނީ އަބަދުހެން ރުޅި ގަދަ ވެފައެވެ. އަބަދުހެން ކަމަކީ ތަޅާ ފޮޅައި އަރާރުން ވުމެވެ. ވާނުވާ އެނގޭ ވަރުވެފައި ހުރި […]
ގިޓާގެ ނަރުތަކުގެ އެހީގައި ނާވީ އޭނާގެ ހިތުގެ އިޙްސާސުތަށް ބޭރުކުރަމުން ދިޔާއީ މިންޝާ އާއި އެކު ބިނާ ކުރަމުންދާ ލޯބީގެ ގަނޑުވަރުގެ ފޮނި މަންޒަރުތަށް ހިތަށް ސިފަކުރަމުންނެވެ. ފަހަރެއްގައިވެސް އެ ގަނޑުވަރު ބިނާކޮށް ނިމުމުގެ ކުރިން ވަރުގަދަ ޒަލްޒަލާ އެއް އައިސް ބިމާ ހަމަކޮށްލަފާނެ ކަމުގެ އެއްވެސް އިޝާރާތެއް ނެތިއެވެ. ************************************************* މިންޝާ ދަރިފުޅާ އަވަސް ކޮށްބަލަ.. މިހާރު ގަޑި ޖެހެން އެހެރަ ފަނަރަ މިނެޓަށް ވީ.. އަމިއްލަ އޮފީހެއްގަ އުޅުނަސް ގަޑިއަށް ފަރުވާތެރި ވާންވާނެއެއްނު.. […]
އިރުއޮއްސެމުންދާ މަންޒަރު ބަލައިލުމަށްޓަކައި އާދައިގެމަތިން ޔަޝްފާ އޭނާގެ އެކުވެރި އިފާޝާއާއި އެކު ރަށުގެ މައިމަގުން ހިނގާފައި ދިޔައީ ތުނޑީ ކޮޅާއި ދިމާއަށް ދިއުމަށެވެ. ސްކޫލް ދައުރުން ފެށިގެން އެކުވެރިކަން ބަދަހިވަމުންގޮސް މިހާރު އެދެކުދިންގެ ގުޅުމަށް ފަސް އަހަރަށްވުރެ ގިނަދުވަސް ވެގެން ހިނގައްޖެއެވެ. ދެކުދިން އެކުގައި ގޮސް ތުނޑިމަށްޗަށް ނިކުތްއިރު ހަވީރު ފިންޏަށް ކުދިވެރިން ގޮވައިގެން އައިސްތިބި މީހުންތަށްވެސް ގެއާއި ދިމާއަށް ދިއުމަށް މިސްރާބުޖަހައިފިއެވެ. ތަނަށް ވެރިވެފައިވާ ހަމަހިމޭންކަމެވެ. ޖެހެމުންދާ ވައިރޯޅިތަކުންނާއި އެއްގަމަށް ބީއްސާމުންދާ ރާޅުތަކުގެ އަޑުފިޔަވައި އިތުރު […]
“ޑޭމް އިޓް! ބަލައިގެން އުޅެބަލަ!” ލޫތްގެ އަޑުގައި ހުރި ހަރުކަށިކަން އިވިމުން އައިފާ ސިހުނެވެ. “މިހެންނޭ ވާނީ ރާއްޖެތެރޭގެ ނުފޯރާ މީހުން މިކަހަލަ ތަންތަނަށް ގެންނަންޏާ!” ކަރުގައި އޮތް ޓައީ ނައްޓަމުން ލޫތް ބުނެލި ބަހުން އައިފާ ހައިރާންވިއެވެ. އެގޮތަށް އައިފާއާއި ދިމާކުރުމުން އޭނާ ހިތުގައިޖެހުނެވެ. ރުޅިވެސް އައެވެ. ރީތި ސިފައެއްގައި ހުރި ކަމަކު އެފަދަ އެއްޗެއް ބުނާކަށް ލަދެއް ނުގަނޭ ބާއޭ އައިފާ ހިތަށް އެރިއެވެ. އެއްޗެއް ބުނަން ހިތަށްއެރި ނަމަވެސް އެ ދުލުގައި ތަޅެއް […]
” އަޑު އަހާ. އަޑު އަހާ. އަދި އަހަރެންގެ ވާހަކަ އެއްކޮށެއް ނުނިމެޔޭ. އަހަރެން އަހަރެންގެ ދަރިންނަށްޓަކައި ހޯދީ އިތުބާރު ކުރެވޭ ތިން މީހުން. އިރާދަކުރެއްވިއްޔާ ދެން ދުވަހަކުވެސް މާޒީ ތަކުރާރެއް ނުވާނެ. މިފަހަރުގެ އިތުބާރު ހުރި އަދި ނަސީބުވެރި ތިން ފަރާތަކީ… އުނޫޝް ސާއިމް އަދި.. ” މިހެން ބުނަމުން ނަޝީދުގެ ފިޔަވަޅު އަވަސްވެގެން ދިޔައީ ލާމިއުމެން ތިބި މޭޒާއި ދިމާލަށްށެވެ. ލާމިއުއަށް އުފަލުން ގޮސް ނަށައިގަނެވުނެވެ. އަނެއްކާ ނަޝީދު އެއުޅެނީ އޭނައާއި ފަހުމާ ގުޅުވަން […]
ލޮއެއްބައްޓަކައި އަހަރެންގެ ދަތުރުގެ އޮޑި ހުއްޓަން މިޖެހުނީ ކަނޑުގެ މެދަށެވެ. އެހެން ގޮތަކަށް ބުނާނަމަ ދުއްވަ ދުއްވާ ހުއްޓާ އޮޑި އަޑިޔަށް ދިޔައީ އެވެ. އާއެކެވެ. ލޮއެއްބައްޓަކައި އަހަރެން މިކުރާ އިންތިޒާރުގައި ނިމުމެއް ނެތެވެ. އެހެންނަމަވެސް އެކަން އެނގި ހުރެވެސް އިންތިޒާރު ކުރެވެނީ އެވެ. މިގޮތުގައި 5 އަހަރުވެ އުމުރު ހުސްވިއަސް ހެވެއެވެ. ކަލާއެވެ. އަޑުއަހާށެވެ. އަހަރެންގެ ހިތުގެ އަޑު އަހާލަބަލާށެވެ. މީ ކަލާގެ މީހެކޭ ބުނި ގޮތައް މި ހިތުގެ އަޑު އެއްފަހަރު އަހާލަދޭށެވެ. ހެޔޮނުވާނެއެވެ. […]
” އިބްރާހީމްފުޅުބޭ ކަމެއް ކޮއްފައި މި ދޭނަން…. މި ބަލާ އާދޭ ތިންދުވަސް ފަހުން.. އޭރަށް ނިންމާލާނަން… ދެން ބުނަން.. މި ދޭން ޖެހޭނީ އެކުއްޖާގެ ވާއަތަށް… ވިސްނާތި މިބުނި ތަންކޮޅަށް…” އިބްރާހީމްފުޅު އެ ޗޮކުލެޓަށް އިޝާރާތް ކޮށްލަމުން ބުނެލިއެވެ. ހުސައިނު އިބްރާހީމްފުޅަށް ޝުކުރު އަދާކޮށްފައި އެގެއިން ނިކުންނަން ހިނގައިގަތް އިރު އޭނާގެ މޫނުމަތީގައިވަނީ ހިތްހަމަޖެހުމުގެ އަސަރުތަކެވެ. އަހުލާވެސް ހުރީ ނިކަން އުފަލުންނެވެ. މީހަކަށް ބޮޑު ދެރައެއް ދެވެން އުޅޭ އިރުވެސް އެދެމީހުންގެ ހިތަށް އެއްވެސް އެއްޗެއް […]