ސިއްސައިގެން ގޮސް ހޭލެވުނު އާހިލް އެނދުމަތީގައި އިށީނދެލި އިރު މައިނޭވާ ލެވެމުން ދިޔައެވެ. ނިއްކުރި މަތިން ދާތިކިތަށް ފާޅުވާން ހުއްޓެވެ. ބޮލުގައި މީހަކު ތަޅާހެން ހީވާކަހަލަ ރިހުމެއް އުފެދިފައިވީ އިރު ދެއަތުން ބޮލުގައި ހިފައްޓާލި ނަމަވެސް އެއަޑު ކެނޑޭ ގޮތެއްނުވިއެވެ. “އާހިލް.. އާހިލް ދަރިފުޅާ.” ދޮރުގައި ތަޅަމުން ދިޔަކަން އާހިލްއަށް ރޭކާލީ އިރުކޮޅެއް ފަހުންނެވެ. ބޮލުތެރޭ އިވެމުން އެދިޔައީ އެއަޑުކަން ޔަޤީން ވުމުން ގައިމަތީގައި އޮތް ކުއިލްޓު ނަގައި ހޫރާލަމުން ހިނގައިގަން ވަގުތު އަރި އަޅާ ނުލީ […]
ވިދާލި ގަދަ ވިދުވަރާއިއެކު އުޑުމަތި އެކީ އެކައްޗަކަށް އަލިވެގެން ދިޔަ ވަގުތު ބޯވިލާތަކުގެ ނިވަލުން ކެރިގަނޑު އޮއްސާލީ އެއްފަހަރާއެވެ. ގަސްތަކުގެ ފަތްތަށް ގަދަވަޔާއި އެކު ވިއްސިގެން ދާއިރު ގުގުރީގެ ބާރު އަޑުފަށްގަނޑުން މުޅި ފަޒާ ގުގުމާލައެވެ. މާހައުލަށް ގަދަ ފިންޏެއް ވެރިވެފައި ވާއިރު ކަނު އަނދިރީގެ ތެރޭގައި ‘ރޯޒްވެލް’ ފެންނަނީ ބޮޑު ނާމާން ގަނޑުވަރެއް ސިފައިގައެވެ. ދަގަނޑުން ފަރުމާކޮށްފައި ހުރި ބޮޑު ގޭޓުގައި ފިނިފެންމަލެއްގެ ނިޝާން ވީއިރު އެތެރޭގައި ވަނީ ފުރިހަމައަށް އިމާރާތް ކުރެވިފައި ހުރި ގެއެކެވެ. […]
There’s a truth not many know About the world while you’re asleep That the wind slips through your window To steel the secrets that you keep And if you don’t believe me Then you’re welcome to your doubt But have you never stopped to wonder ؟What it’s whispering about What else in the world Could […]
ދެއަތް ދެއަތާއި މޮޑެމުން ދިޔައިރު އިސްޖެހިފައި އިން ރިއުމާންގެ ހިތް އޮބި ނޯންނަ ވަރަށް ތެޅެމުން ދިޔައެވެ. އަތުގައި އަޅާފައި އޮތް ރަން ކެވެލިފަށަށް އިރުއިރު ކޮޅުން ދަމާލާއިރު އެ އިނގިލިތަކުގައި މަޑު ތުރުތުރު އެޅުމެއް ހުއްޓެވެ. އޭނާ ވަށައިގެން އެކި މީހުން ހަރަކާތް ތެރިވާކަން އިނގޭ އިރުވެސް ރިއުމާންއަށް އިހުސާސް ކުރެވެނީ އެކަނިވެރިކަމެވެ. އިވޭ ކޮންމެ އަޑަކާއި ފެންނަ ކޮންމެ މަންޒަރެއް ފޭދެމުން ދިޔަހެން ހީވެއެވެ. “ރިއު..” ކުއްލިއަކަށް އޭނާގެ އަތުގައި ހިފާލަމުން އެނަން ގޮވާލި […]
“ނިކުމޭ! ހަމަ މިހާރު މިގެއިން ނިކުމޭ.” އާޒިމް ހަރުކަށި ކަމާއިއެކު މިހެން ބުނިއިރު އައްޔާދްގެ ފަހަތުގައި ހުރި ރިއުމާން ގުޑި ވެސް ނުލާ ހުރި ތަނުގައި ހުއްޓެވެ. އޭރު އަނާ ވެސް ކޮޓަރިން ނިކުމެ ހުރިއިރު އައްޔާދްގެ މޫނުމަތިން ނުރުހުމުގެ އަސަރު ފާޅުވަމުން ދިޔައެވެ. “ބައްޕާ! ތިގޮތަށް ރިއުމާންއަށް އަމުރެއް ނުކުރެވޭނެ.. އޭނަ މިގެއަށް އައީ އަހަރެން ކައިރިއަށް.” އައްޔާދް ހިތްހަމަ ނުޖެހިފައި ވީއިރު މާ އަޑުގަދަ ނުކުރާން މަސައްކަތް ކުރިއެވެ. “ބައްޕައޭ؟ ކިޔާނެ ކަމެއް ނެތް […]
“އައްޔާދް.. އައްޔާދް.” އޭނާގެ ނަން ގޮވާލި އަޑު އިވެމުން ދިޔަ ނަމަވެސް މެރިފައިވީ ދެލޯ ހުޅުވާލާނެހައި ހިތްވަރެއް ނުލިބުނެވެ. ފުން ނިދިން ހޭލަން ބޭނުންވި ނަމަވެސް ހީވަނީ އިތުރަށް ނިދީގެ ތެރެއަށް ގެނބިގެން ދާ ހެންނެވެ. މަޑު އަތްތިލައެއް އޭނާގެ ކުރު އިސްތަށި ކޮޅުގައި ބީހިލި ކަމުގެ އިހުސާސް ވުމުން އައްޔާދް ސިހިފައި ދެލޯ ބޮޑުކޮށްލިއެވެ. އޭރު އެނދުގެ ފަޑީގައި ލެނގިލައިގެން އިނދެވުނު ގޮތުން ކަރަށް ނާރެއް އަރާފައި ވީއިރު ކުއްލިއަކަށް ހޭލެވުމުން ބޮލަށް ވެސް ގޮތެއް […]
އިރު ފެނުން ތޮޅެލިއިރު މުޅި ޖައްވު އާދުވަހަކަށް މަރުޚަބާ ކިޔަމުން ދިޔައެވެ. ކޮވެލީގެ ހިތްގައިމު ރާގު އެކި ކޮޅުކޮޅުން އިވެމުން ދިޔައިރު ހެނދުނުގެ އަރާމު އަވި މަގުތަކަށް އެޅިފައިވިއެވެ. ގޭދޮރުމަތީ ކުނިކަހަން އޮތް ހާޖަރާ އިލޮށިފަތިން ފަތްތަށް އެއްތަން ކުރަމުން ދިޔައެވެ. އޭރު ކައިރި ގޯތީގެ މީހުން ވެސް ހެނދުނަށް މަގުމަތި ކަހަމުން ދިޔައިރު ކުދި ދަރިންތައް ބޯޅަ ކުޅެ ރަށުތެރޭގައި ހޭލަމޭލަވެ އުޅެއެވެ. ގޯންޏަކަށް ފަތްތަށް އެއްކޮށްލުމަށްފަހު އަޅާލަމުން ހާޖަރާ ތެދުވެ ހިންދެމިލިއެވެ. ނިއްކުރީގައި ހިއްލާފައިވާ […]
“ބައްޕަ ކިޔާ އެއްޗަކާއި ދޭތެރޭ ނުވިސްނަބަލަ.. އަހަރެން ދޯ މިއުޅެނީ ރިއުއާއި އިންނަން. ބައްޕައެއް ނޫން ކަންނޭގެ. ބައްޕަ ނުޤަބޫލުގައި ވެސް އެކަން ކުރެވޭނެ..” ރިއުމާންގެ އަތުގައި ހިފާލައިގެން ހުރެ އައްޔާދް ވާހަކަ ދައްކަމުން ދިޔައިރު ރިއުމާން ހުރީ ތިރިން ފެންނަން އޮތް މޫދުގެ ލޮނުގަނޑަށް ނަޒަރު ހުއްޓާލައިގެންނެވެ. ހަވީރުގެ ހިޔާ ޖެހިފައިވީ އިރު ސުނާމީބިނާގައި އެތަށް ބަޔަކު އެމީހުންގެ ކުދި ދަރިންތައް ގޮވައިގެން އައިސް އުޅެއެވެ. ލަކުޑިން ހަދާފައި ހުރި ފެންސުގައި އަތް އަޅުވާލައިގެން ރިއުމާން […]
އާޒިމްގެ ލޮލުން އިންތިހާ ނަފްރަތު ފާޅުވާން ހުރިއިރު އޭނާ ބަލަން ނުހުރެ ހަރު ފިޔަވަޅުތަކެއްގައި ރިއުމާންއާއި ދިމާއަށް އަންނަން ފެށިއެވެ. އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ޖެހިނުލައި ރިއުމާން ހުރީ އޭނާގެ ގޮތުގައި ކޮންމެ ކަމެއް ކުރިމަތި ވިއަސް ފަސް ނުޖެހޭން ނިންމައިގެންނެވެ.”ކީއްކުރަނީ ތި މިތާ؟ ދޭ ހަމަ މިހާރު!” އާޒިމް އައިގޮތަށް އައިސް އަމުރު ކުރުމުން ރިއުމާން ހައިރާންވިއެވެ. އޭނާ ދެކެ އާޒިމް އެހައި ރުޅިއައިސްފާނެ ކަމަކަށް ފަހަރެއްގައި ވެސް ހިއެއް ނުކުރެއެވެ. އޭރު އައްޔާދް […]