Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޝުދޫ ******* (18) ވަނަ ބައި

DESTINY2020 Level 210 Stories
June 12, 2016 2 Mins Read
18 Comments

” ކީއްތިކުރީ! އެގުޅަނީ ޝުދޫއޭ.” އަހަރެން ހިތްހަމަ ނުޖެހުމުގެ ރާގަކަށް ބުނީމެވެ.

” ކޮންޝުދޫއެއް!! އެއްވެސް ޝުދޫއެއް ނޯންނާނެ.!!؟” އެހެން ބުނިގޮތަށް ޝާނާ އަހަރެންގެ ފޯން ނިވާލިއެވެ.

” ތިހެން ހަދާކަށް ނުވާނެ. އޭނަ ކިހާ ދެރަވާނެ ތިހެން ހެދީމާ. މީހުންނަށް ހެޔޮކޮށް ހިތާ އިޙްޞާންތެރިވާން ޖެހޭނެދޯ.” އަހަރެން ފޯން ހުޅުވަމުން ބުނީމެވެ.

” ރަނގަޅު. އެކަމަކު ތިކަމަށްވެސް ހުދޫދެއް އޮންނަން ޖެހޭނެދޯ.” ޝާނާވެސް ބުނީ ދޮގެއް ނޫނެވެ.

ފޯނު ހުޅުވިތަނާހެން ޝުދޫ ގުޅަން ފެށިއެވެ. އަހަރެން އެއް ފަހަރު ފޯނަށް ދެން ޝާނާގެ މޫނަށް ބަލާލީމެވެ. ޝާނާ އެއްޗެކޭ ނުބުނެ ދިމާކުރުމުގެ ރާގަަކަށް ހީނލިއެވެ. އަހަރެން އަޅައެއް ނުލައެވެ. ޝުދޫގެ ފޯނު ނުނަގާ ” ބިޒީ ” އޭ ކިޔާފައި އަހަރެން ޓެސްޓެއް ކޮށްލީމެވެ.

” އައި އޭމް ވޮޗިންގ ޔޫ” ޝުދޫ ފޮނުވާލި މެސެޖްގައިވަނީ އެހެންނެވެ.

އަހަރެން މަޑުމަޑުން ސިޓްރޯންގެ ތެރޭއަށް ނަޒަރު ހިންގާލީމެވެ. ހުރިހާ މޭޒެއްގައިވެސް ތިބީ ދެ ޖިންސްގެ ޒުވާނުންނެވެ. އަނެއްކާ މިތަނުގައި ޝުދޫ އެބަ އިންބާވައެވެ؟ އަހަންނަށް އެގުޅަނީ އަހަރެން ފެނުމުން ބާވައެވެ؟ ނޫނީ ހަމަ އާދައިގެ މަތިން ޖެއްސުން ކުރަން ބާވައެވެ؟ އަހަރެން އެ މެސެޖަކަށް ޖަވާބެއް ނުދެމެވެ.

އިރުކޮެޅެއް ފަހުން ވޭޓަރ އައިސް އަހަރެމެންގެ ކާއެއްޗެހި މޭެޒުމަތީގައި އަތުރާލިއެވެ.

” ސުވާލެއް ކޮށްލަންތަ؟” ފެންފޮދެއް ބޯލަމުން ޝާނާއަށް ބަލާލަމުން އަހަރެން ބުނީމެވެ.

” އޯކޭ.” އަވަސް އަވަހަށް ޝާނާ ބުނެލިއެވެ.

” އަސްލުކީއްވެތަ ޝުދޫ ގުޅުުމުން އަހަރެންގެ ފޯން ތި ނިވާލީ. އަނެއްކާ ޝާނާ ދަންނަންތަ ޝުދޫ؟ ” ސީރިއަސް ރާގެއްގައި އަހަރެން އަނހާލީމެވެ.

” ނޫން. ނުދަންނަން. ރަނގަޅީވެސް ދުވަހަކުވެސް ނޭނގުނިއްޔާ.” އަވަސް އަވަހަށް ޝާނާ ބުނެލިއެވެ.

” އެކީއްވެގެން؟” އަނެއްކާވެސް އަހަރެން ސުވާލެއްކޮށްލީމެވެ.

” ދެން އެވާހަކަ ނުދައްކާ. އަވަހަށް ކައިގެން އަހަރެން ގެއަށް ގެންގޮސްދީ. މިހާރު މާލަސްވަނީ. އިރުކޮޅަކުން ކަންނޭނގެ މަންމަ ގުޅާނީ އަހަރެން ގެއަށް ނައިސްގެން. އެހާ ދަންކޮށް ގެއަށް ވަނީމަ މައިންބަފައިން ހިތްހަމައެއް ނުޖެހޭނެ. މީމާލެ، މީ މިހާރު ނުރައްކާތެރި ތަނެއްދޯ.” ޝާނާ ފޯނުން ގަޑި ބަލާލަމުން ބުނިލިއެވެ.

” ރަނގަޅު ވާހަކައެއްތީ؟ އެކަމަކު މައިން ބަފައިން ހިތްހަމަޖެހޭނެތަ ހިލޭ ފިރިހެނެއްގެ ސައިކަލް ފަހަތަށް ތިހެން އަރައިގެން އައިސް ރެސްޓޯރެންޓުން ކާންދިންކަން އިނގުނީމާ؟” އަހަރެން ބުނީމެވެ.

” ތީވެސް ދޮގެއް ނޫން. އެކަމަކު އަހަންނަކީ ކުޑަކުއްޖެއްނޫން މިހާރު. އަހަރެން އުޅެންޖެހޭ ގޮތާއި ކުރަންޖެހޭ ކަންތައްތައް އަހަންނަށް އިނގޭނެ. އެއްވެސް މީހަކަށް އަހަރެން ދަމާލާފައިއިން ލައިން ކުރޮސްކޮށް އަހަންނަށް ހަމައަށް އާދެވޭނީ އަހަރެން ބޭނުންވާ ޝަރުޠު ހުރި މީހަކަށް. އަނެއްކޮޅުން އަހަރެން މައިންބަފައިންގެ އަގު ވެެއްޓޭކަމެއް އަހަރެން ނުކުރާނަން.” ޝާނާގެ ވާހަަކަ ފުރިހަމަ ނުވަނީ ޝާނާގެ ފޯން ރިންގްވާންފެށިއެވެ.

” މަންމަތަ އެގުޅަނީ.” އަހަރެން އަނހާލީމެވެ.

” ބައްޕަ. ހިނގާ އަވަހަށް ދަމާ.” އެހެން ބުނެފައި ޝާނާ އަވަސް އަވަހަށް ހިނގަމުން ކޭޝްކައުންޓަރަށް ގޮސް ބިލް ދައްކާލިއެވެ.

ޝާނާ ބިލް ދައްކަައިގެން އަންނަންވާއިރަށް އަހަރެން ގޮސް ސައިކަލް ސްޓާޓްކޮށްލީމެވެ. ޝާނާ އައިސް މަޑުމަޑުން ސައިކަލްގެ ފަހަތަށް އެރިއެވެ. ޝާނާ ބުނި ގެއަށް ދެވެންދެން މަންމަނެއްހެން އެއްވެސް ވާހަކައެއް ނުދައްކާ ޝާނާ އިނެވެ.

” ހުސްވީތަ ވާހަކަ؟” އަހަރެން ކުޑަކޮށް ހެމުން ބުނީމެވެ.

” ބައެއް ފަހަރު އެހާ ވާހަކަ ގިނަ ވިމާ ކަމަކު ނުދާނެ. އަނެއްކޮޅުން އާޒިމް ތިހުންނަނީ ޝުދޫގެ ޖާދޫގަ ޖެހިގެން މޫޑީވެފަ.” ޝާނާއަށް އެކަން އިނގުނީ ކިހިނެއް ހެއްޔެވެ؟

” ތިވެސް ދެން ދޮގެއްނޫން،” އަހަރެން ބުނީމެވެ.

” މިތަނަށް މަޑުކުރޭ.” ޝާނާ ބުނުމުން އަހަރެން މަޑުކުރީ މަޖީދީމަގުގައި ދިހަ ބުރިއަށް ހަދާފައި ހުރި ގެއެއްގެ ކުރިމަތީގައެވެ.

” ތޭންކްސް. ގުޑް ނައިޓް.” އަހަރެންގެ ކޮލަށް ދޮނެއް ދެމުން ޝާނާ ހިނގައިގަތީ އަހަންނަށް އަނގައިން ބުނާނެ އެއްވެސް ފުރުޞަތެއް ނުދީއެވެ.

=ނުނިމޭ=

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

DESTINY2020

Level 210 Stories

Other Articles

Previous

އަހަރެންގެ ވާހަކަ (ބާވީސްވަނަ ބައި)

Next

ސިއްރު ސިއްރުން ހިތޭ މިލްކު ކޮށްލީ ކަލާ… (ފަސްވަނަބައި)

Next
June 13, 2016

ސިއްރު ސިއްރުން ހިތޭ މިލްކު ކޮށްލީ ކަލާ… (ފަސްވަނަބައި)

Previews
June 12, 2016

އަހަރެންގެ ވާހަކަ (ބާވީސްވަނަ ބައި)

18 Comments!

  1. Shuhoo says:
    June 12, 2016 at 11:57 pm

    Mihaa dhuvas kohfavx ehaa kuru kon but reethi

  2. annmn says:
    June 12, 2016 at 11:59 pm

    Wots this

  3. dhatha says:
    June 13, 2016 at 5:09 am

    Mi vaahaka handhaan nethifa mi haaru mi hiree aslu vaa gothakee vara kiyaa hivaa vaahakae vess kuliya ka gelidhaane ehenvae mihaaru esfiyaige vaahaka kiyaa hikedifa

    1. shoodha says:
      June 13, 2016 at 12:31 pm

      esfiya in ves mikahala aharaku effaharu part eh upload kuraakahala meehunnah chance dheyne kameh nethey aslu.

  4. SaaShaa says:
    June 13, 2016 at 12:27 pm

    after a year. mi varun up nukuriyyaa rangalhu vaany. aharaku effaharu upload kurevey eccheh kiyaakah nulhen. kiyaaneh vaahaka eh nethigen ulhunas mi varuge eccheh kiyaakah nuvaane

  5. shai says:
    June 13, 2016 at 12:29 pm

    destiny vaahaka liyun huttaalan feney

  6. Shoo says:
    June 13, 2016 at 1:58 pm

    Destiny dhuwax kohlaafa waahaka genesdhinkan rangalhu. Dhn balan v awahah upp kohdheweytho okay Warah rythi Mi bai wex So Gud Luck For Next Part..

  7. Anonymous says:
    June 13, 2016 at 2:50 pm

    Destiny vaahaka liyun huttaalaaha ,, namaadhukoh heyo amalu gina kuran aadhakurey… ? .. Alhukamuga gina vaguthu heydha kurey..

  8. Faxoo says:
    June 13, 2016 at 7:38 pm

    mibaives varah reethi. hama Vaahaka fattaigen 17 vana baya hama ah kiyaa nimuma eku 18 vana bai thi up kury hehe 😀 Well done Destiny 🙂 waiting fr the nxt part

  9. umaimath says:
    June 13, 2016 at 9:56 pm

    next part up kuranyy konirukun tha

    1. Ajjff says:
      June 13, 2016 at 11:06 pm

      Anna aharu moduvahu

    2. Ajjff says:
      June 13, 2016 at 11:06 pm

      Anna aharu miduvahu

  10. annmn says:
    June 13, 2016 at 11:22 pm

    Yup. You are right. He tld me the same when i asked abt the next part.

  11. jeena says:
    June 15, 2016 at 2:20 pm

    hope to see the 19th part atleast in next year.. ekam vx kiyaanan. rythi viyya

  12. Binnaa says:
    June 15, 2016 at 2:55 pm

    Don’t worry, you ll see it next year,,,,,

    1. Faxoo says:
      June 15, 2016 at 5:27 pm

      next year o.O

  13. Shaaaa says:
    June 26, 2016 at 5:56 am

    Next yearooooooooooooo

  14. zoe says:
    September 12, 2016 at 10:37 am

    midhiya aharu july 16 ga dhivehi vaahaka site ah 7 vana bayaa hama ah liyefa anekka esfiya ah edhuvahu mivaahakaige furathama bai up koffa. dhen anekka mi vaahaka fennaany kon site akun baa???
    kurevey varu ge kanthah kuran ulhuniyaa rangalhu vaany.
    mi vaahaka ah kiyun theringe support eha bodah libey iru mivaahaka nimmaaladheyn v nu.
    mivaahaka fashaafa anekka ehn vaahaka eh fashaafa. kalo faharaku vaahaka eh liye nimmabala

Comments are closed.

Next Episodeޝުދޫ*******(19)←


All Right Reserved!