އެނދުމަތީގައި ހުޅުވާފައި ހުރި ފޮއްޓަށް ރިއުމާން ހެދުންތައް އަޅަމުން ދިޔައިރު ހާޖަރާ ކައިރީގައި ބައެއް އެއްޗެހި ފަތްޖަހަން އިނެވެ. ކޮތަޅުތަކުގައި ހުރި ސާމާނުތަށް ފޮށިގަނޑުތަކަށް އަޅައި ނިމިފައި ވީއިރު އަދިވެސް ބައެއް އެއްޗެހި ނޭޅި ހުއްޓެވެ. “ދަރިފުޅު އެ ކޮތަޅުގައި ހުރި އެއްޗެހި ފޮށިގަނޑަށް އަޅައި ހުރިހާ ފޮށިގަނޑުތަކެއް ބަންދު ކުރަން އުޅޭ.. މަންމަ ހެދުންތައް އަޅާލަ ފާނަން.” ހާޖާރާ އަތުގައި އޮތް ހެދުން ފޮށިތެރެއަށް ލަމުން ބުނެލިއެވެ. ރިއުމާން ފަރިތަކަމާއި އެކު ކޮތަޅުގައި ހުރި އެއްޗެހިތައް […]
ޕާޓީގެ ހަލަބޮލިކަމުގެ ތެރޭގައި ދުރުގައިހުރި ގޮނޑިއެއްގައި އިން މާއިންގެ ނަޒަރު ހުއްޓިފައި ހުރީ ދުރުގައިހުރި ޖުމާނާއަށެވެ. ރައްޓެހި ކުދިން އެއްކޮށްގެން އެކި ގޮތްގޮތަށް ސެލްފީ ނަގަމުން ދިޔައިރު ދުނިޔޭގައި ހިނގަމުންދާ އެއްވެސް ކަމަކާމެދު އޭނާގެ ވިސްނުމެއް ނެތްކަން އެނގެއެވެ. ޕާޓީއަށް އައިސްތިބި ގިނަ ބައެއްގެ ނަޒަރު އޭނާއަށް އަމާޒުވެފައިވާއިރުވެސް އެކަމާ އޭނާގެ ފަރުވާލެއް ނެތެވެ. މި އުފާވެރި މާހައުލުގައި ފޮޓޯ ނަގަންހުރި ޖުމާނާ ސިހުނީ ކުއްލިއަކަށް މީހަކު އޭނާގެ އަތުގައި ހިފާ ދަމައިގަތުމުންނެވެ. “އާހް… އިޒް! މަގޭ […]
“ލައިޝާ” ފަރީއްތަ ވަރަށް ބާރަށް ގޮވައިލިއެވެ. ސިއްސައިގެން ގޮސް އަހަރެން އަރައިގެން ހުރި ގޮނޑި ވެއްޓުނެވެ. އޭރު ކަރަށް ވާން ވަމުން ދިޔައެވެ. އަހަރެން ކުރަން އުޅުން ކަންތައް ފެނިފައި ސިހުނު ވަރުން ފަރީއްތަ ދުވެލާފައި އައިސް ގޮނޑި އަހަރެންގެ ފައި ދަށުގައި ބެހެއްޓިއެވެ. އަހަރެންގެ ފައި ގޮނޑީގައި ޖެހުމުން ފަރީއްތަ އަހަރެންގެ ކަރުން ގޮށް މޮހައިލިއެވެ. “ބައްޕާ…” ފަރީއްތަ ވަރަށް ބާރަށް ކާފައަށް ގޮވައިލިއެވެ. ފަރީއްތަ މާ ބާރަށް ހަޅޭތްލަަވަން ފެށުމުން ކާފަ ދުވެލާފައި އައެވެ. […]
ގޮޑުދޮށުގައި އެއްވެފައިވާ މީހުންތައް އަވަސް ވީގޮތަކުން ކައިރީގައި ހުރި ގެއަކުން ބަރޮލެއްނެރެ ހަމްޒާން ބަރޮލަށް ލައިގެން ސިއްޙީމަރުކަޒަށް ގެންގޮސްފިއެވެ. އަދި ބަލިމީހުން ބަލާ ކޮޓަރިއަށް ހަމްޒާން ވެއްދިއެވެ. ސިއްޙީމަރުކަޒުގައި ހިދުމަތް ދެއްވާ ހެލްތުވޯކަރ ހަމްޒާން ބެލުމަށް ކަށިގަޑު ހިފައިގެން ވަރަށް ހަލުވިކަމާއެކު އެކޮޓަރިއަށް ވަދެގެން ދާތަން ފެނުނެވެ. ސިއްޙީމަރުކަޒުގެ ބޭރުގެ ހާލަތަށް ބަލާއިރު ރަށުގެ ރައްޔިތުން ހެން އެތަނަށް ވަނީ އެއްވެފައެވެ. ކުދިބޮޑު އެންމެންނެވެ، އެމީހަކު ކުރަން ހުރި މަސައްކަތެއް ދޫކޮށްލާފައި އެތަނަށް އައިސްފައި ވާކަން މީސްތަކުންނަށް ބަލާލުމުން ވަރަށް ރަނގަޅަށް ދޭހަވެއެވެ. ތެމިގެން ތިބިމީހުންނާއި މަސައްކަތުގައި އުލުނުމީހުން އެތިބި […]
ކުއްލި އަކަށް ވިދާލި ވިދުވަރާ އެކު ޖަހާލި ގުގުރިން ސިއްސައިގެން ގޮސް ނީޝާމުގެ އަތުން އަހަރެންގެ އަތް ދޫވިއެވެ. އެހިނދު ނީޝާމު އަހަރެންގެ އަތުގައި ހިފަން ވަރަށް މަސައްކަތް ކުރިއެވެ. އަހަރެން ވެސް އަތަށް ބާރުލައި ކުރިޔަށް ޖަހައި ގަތީމެވެ. އަހަރެން ބޭނުންވީ ކޮންމެ ޚާލެއްގައި ވިޔަސް ނީޝާމު އާ ވަކި ނުވުމަށެވެ. އެހެނަސް އަހަރެން ބަލަ ބަލާ އޮށްވާ އެކަނު އަނދިރި ތެރެއިން އަހަރެންނަށް ނީޝާމު ގެއްލުނީއެވެ. އެހިނދު އަހަރެންގެ ގައިން ވަރު ދޫވާ ހެން […]
އަހަރެންގެ ހިތް ކުދިކުދި ވީއެވެ. މާޔޫސީ ކަމާއެކު އަހަރެން ރޮވިފައިހުރެ އޭނަ ބުނިގޮތައް ކަންތައް ކޮށްދެވޭތޯ ބަލާނަން ކަމުގައި ބުނެ ފޯނު ބޭއްވީމެވެ. އެހެނަސް، އަހަންނަކަށް ކެތެއް ނުކުރެވުނެވެ. މެސެޖަކަށް ފަހު މެސެޖެއް އަހަރެން ފޮނުވަމުން ދިޔައީމެވެ. އޭނަދެކެ ވާ ލޯބި ހާމަކޮށްދެމުން އަހަރެން ދިޔައީމެވެ. ލޯބީގައި އާވާރާ ވެފައިވާ މީހެއް ފަދައިންނެވެ. ލޯބިވާ ވާހަކަ ނުބުނާ އެންމެ ދުވަހެއްވެސް ނުދާނެއެވެ. އޭނާގެ ހިތް މަޑުވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. އަހަރެންގެ ކައިވެނި ރޫޅުނުތާ މަސްދުވަސްވީ އަހަރެން […]
“ބޭބޭ އެއީ އަސްލު ވަރަށް އަގުބޮޑު ފޯނެއް. އެ ބޮޑު އަގު ދިނުމުގެ ބަދަލުގަ އަޅުގަނޑަށް ވަރަށް ރަނގަޅު އަޅުގަނޑު ލަންކާއަށް މި އައި ދުވަސްކޮޅަށް ދައްކަންޖެހޭ ލާރިކޮޅު މަދުކޮއްލަ ދީފިއްޔާ. އަޅުގަނޑަށް ބޭބެމެންނާއެކީ މި ޗުއްޓީގަ އުޅެވިދާނެތަ؟” އައިމަން ބުނެލި ވާހަކައިން ޝިޔާ ސިހުމަކާއެކީ އިސްއުފުލާލިތަން އޭނައަށް ފެނުނެވެ. އެ މޫނުމަތިން ނުރުހުންތެރިކަން ފެނިފައި އައިމަންގެ މޫނުމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. އެވަގުތު ޝިޔާގެ ކައިރީގައި ހުރި ފިރިހެން މީހާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ. […]
ލަޔާލީ ހަށަމްބަނދެގެން ހުރެ ލޫކަސް އަށް ވިސްނުވައި ދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ލަޔާލީ ހިތުގައި އަބަދުވެސް ވަނީ ޒޭންގެ ނަމެވެ. ނަމަވެސް ލަޔާލީ ޒޭން މަތިން ހަނދާންކުރާކަށް މިހާރަކު ބޭނުމެއްނޫނެވެ. *********** މެންދަމުގެ ވަގުތެކެވެ. އީމާ އޮތީ ނިދާފައެވެ ހޭލެވުނީ ފޯން ރިންގ ވާއަޑަށެވެ. ތެދުވެގެން ގޮސް މޭޒުމަތީގައި އޮތް ފޯނު ނަގައި ފޯނަށް ބަލައިލިއެވެ. ގުޅީ ޒޭން އެވެ. އީމާ އަވަހަށް ފޯން ނަގައި ކަންފަތުގައި ޖެހިއެވެ. ” ހަލޯ!…” އީމާ […]
އަނެއް ދުވަހު އަހަރެން މާލެ ދާން ފުރީމެވެ. އައުސްއާއި އޭގެ ފަހުން ބައްދަލެއް ނުވިއެވެ. އެކަމާ އަހަރެން ވަރަށް ހިތާމަ ކުރީމެވެ. ނަމަވެސް އައުސް މާލޭގައި އުޅޭތީ ކުޑަކޮށް ހިތްހަމަ ޖެހުނެވެ. އެހާ ބޮޑު ތަނަކުން އަހަރެންނަށް އައުސް ފެންނާނީ ކިހިނެއް ހެއްޔެވެ؟ މާލެ ދާން ފުލައިޓަށް އެރީއްސުރެ އަހަރެންގެ ގައިން ދާހިތްލަމުން ދިޔައެވެ. ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. ބިރުވެރިކަމެއް އިހުސާސް ކުރެވެމުން ދިޔައެވެ. އެއީ އައްޑޫއަށް އައުމުގެ ކުރިން އަހަރެން އިހުސާސް ކުރަމުން ދިޔަ […]