ިތް ބޭނުމޭ..15 ” އަހަރެންގެ ބޭބީ އެއްނޫންތަ ދެން ލިލީ ބަނޑުގަ ތި އޮތީ؟ ޑޭމިޓް ލިލިއަން!! އަހަރެން ގާތު ނުބުނެ ޒެއިން ގާތު ބުނެވިއްޖެ ދޯ؟ އަހަރެންނަށް ލިލީ ޓްރަސްޓް ކުރަނީ ހަމަ އެހައި ކުޑަކޮށްތަ؟” އެޒިލް ލިލިއަން ގެ އަތް ދުރުކޮށްލަމުން ގޮސް އެނދުމަތީ އިށީނދެ ދެ އަތުން މޫނު ފޮރުވައިލިއެވެ. ހަދަންވީ ގޮތެއް ނޭނގިފައި އިރުކޮޅަކު ހުރުމަށްފަހު ލިލިއަން ގޮސް އެޒިލް ގާތު އިށީނެވެ. އަދި މަޑުމަޑުން އެޒިލް ގެއަތް މޫނުން ނައްޓުވަމުން […]
“މިތާ ތިއްބާ މީހަކަށް ފެނިއްޖެއްޔާ ކަމަކު ނުދާނެ.” މަލަކާ އެހެން ބުނުމުން އިޒްޔާންވެސް ވިސްނާލިއެވެ. މަލަކާ އެބުނީވެސް ދޮގެއް ނޫނެވެ. މިރޭ ގުޅަން އެއްބަސްވެފައި ދެމީހުންވެސް ވަކިވީ އިތުރަށް އެތާނގައި ތިބުން އެއީ ރަނގަޅު ގޮތަކަށް ނުވާނެތީއެވެ. އަޒްފާ ދެކޮޅަށް ހިނގަމުން ދިޔަގޮތުން ކޮންމެވެސް ބޮޑު ކަމަކާ ވިސްނަނީކަން އެނގެއެވެ. ފަޔާޒް ކޮޓަރިއަށް ވަދެ އެނދުގައި ޖައްސާލަމުން ދެތިން ފަހަރު ގޮވާލުމުންވެސް ބަހެއް ނުބުނެ އަޒްފާ އެގޮތުގައި ހިނގާލަ ހިނގާލާ ހުއްޓެވެ. ފަޔާޒް ތެދުވެ ތަންކޮޅެއް ބާރަށް […]
ކުރިމަތީގައި ހުރި އަންހެން ކުއްޖާ ފޯނު ބޭއްވުމަށްފަހު ފަސް އެނބުރި ހިނިތުންވެލިއެވެ. “މިސް ރިއުމާން. އައި ވޮސް ލުކިން ފޯވާޑް ޓު މީޓް ޔޫ.. އަޅުގަނޑު މިއީ މި ވެބެސައިޓްގެ މާކެޓިން ހެޑް ލައިބާ ނަޒީރް.” ލައިބާ އަތް ދިއްކޮށްލުމުން ރިއުމާން ހިނިތުން ވެލާފައި ސަލާމް ކޮށްލިއެވެ. “ރިއުމާން..” ގޮނޑީގައި އިށީންނަމުން ރިއުމާން ބުނެލިއެވެ. “ސޯ.. މިއުޅެނީ މިހާރު އާ މާކެޓިން ސްޓްރެޓަޖީއެއް ފަށަން.. ހުރިހާ ކަމެއް ބަދަލު ކޮށްލާފައި މި ވެބްސައިޓްގެ ލުކް ވެސް ބަދަލުކޮށްލަން. […]
ހެދުނު 6:45 ގައި ސްކުލަށް ދިއުމަށްޓަކައި މަންމަ އާއި އެކު ގެއިން ނުކުތީމެވެ. ގަނެފައި ހުރި ލަދެއްގެ ބޮޑުކަމުން އެތެރެ އެތެރެއިން އަހަރެން ވެފައި ހުރި އުފާ ބޭރުވެސް ނުވެއެވެ. މިނެއްޓެއް ހާ އިރު ތެރޭ ސްކޫލު ދޮށަށް ދެވިއްޖެއެވެ. އަހަރެން ވަރުގެ ހައެއްކަ ކުދިން ސްކޫލް ދޮށުގައި ތިއްބެވެ. މިއީ އަހަރެއް ނާއެކު އެއަހަރު ގްރޭޑް 1 އަށް ވަތް ކުދިންނެވެ. ގިނަ ކުދިންނަކީ ގޯތިތެރޭގައި ބަތްކައްކާ ކުޅެން އެކުގައި އުޅޭ ކުދިން ނެވެ. ހިތަށް […]
އެތައް އާދޭހަކަށް ފަހުގައިވެސް މަންމަގެ ޖަވާބު ބަދަލު ނުވުމުން އަހަރެން ގޮތެއް ނިންމީމެވެ. ” މަންމާ.. އަހަރެން ވަރަށް ލޯބިވޭ އޭނަ ދެކެ..އަޔާވެސް އަހަރެންދެކެ ވަރަށް ލޯބިވޭ. އަހަންނަށް އޭނާއާ ނުލާ ނޫޅެވޭނެ. މަންމައަށް ވިސްނޭނެނަމަ..މަންމަވެސް ހެއްދެވި ފަރާތުންނޭ އޭނަވެސް ހެއްދެވީ. އެއީ އޭނަގެ ކުށްތަ؟ ކީއްވެތަ މަންމައަށް ނުވިސްނެނީ. ދުލަށް އައިހާ އެއްޗެއް މަންމަ އޭނާއާ ދިމާލަށް ގޮވާލިއިރު މަންމަގެ ހިތަކަށް ނާރާތަ އޭނާގެ ހިތަށް ލިބޭނެ އަނިޔާ. މަންމަ ކިތަންމެ ނުރުހުނަސް އަހަރެން އޭނައާ […]
ޝިއާޒް ހުރީ ފާހަނާގައި ފެންވަރާށެވެ. މާގަނޑުން ފެންތައް ޝިޔާޒްގެ މޫނަށް އޮހެމުން ދިޔައިރުވެސް ޝިޔާޒްގެ ލޯ ކުރިމަތިން ސިފަވަމުން ދިޔައީ ޖުމާނާގެ ރީތި ތަސްވީރެވެ. ހަނދާކުރަން ބޭނުން ނުވިޔަސް ޝިޔާޒް ހިތުގެ އަޑީގައި އަދިވެސް ވަނީ ޖުމާނާގެ ނަމެވެ. ދުވަހަކުވެސް އެ ނަމަށް ފަނޑުކަމެއް އައްނާނެހެންނެއް ހިޔެއްނުވެއެވެ. ޖުމާނާ ގުޅުމުން ޝިޔާޒް ރުޅިއައިސްފަ ވާހަކަ ދެއްކި ނަމަވެސް، ހަގީގަތުގައި ޖުމާނާއައްޓަކައި ޝިޔާޒްގެ ހިތުގައި އަދިވެސް ވަނީ ލޯތްބެވެ. “ޖުމާ..!”ޝިޔާޒް މަޑުމަޑުން އެނަން ކިޔައިލިއެވެ. ޝިޔާޒަށް ހީވަމުން […]
“ޑެޑީ! ކީއްވެ މަންމިއާ އާޝިޔާއްތަ ރޮނީ؟” މިހުރިހާ ކަމެއް ބަލަންހުރި ކުޑަކުޑަ އިވާން ލޫތުގެ އަތުގައި ހިފާ ދަމާލަމުން އަހާލިއެވެ. ލޫތު ގުދުވެ އޭނާގެ ލޯބިވާ ދަރިފުޅު އުރާލައިގެން ނުކުތީ މިލީއާއި އާޝިޔާއަށް އެކަހެރިކޮށް ވާހަކަދައްކާލަން ވަގުތުކޮޅެއް ބޭނުންވާނެކަން އެނގޭތީއެވެ. ލޫތުއާއެކު އިޒްޔާންވެސް ބޭރަށް ނުކުތެވެ. އޭރު އޭނާގެ ހިތަށް ބަޔާންކުރަންދަތި އުފަލެއް ލިބިފައިވެއެވެ. ހުރިހާ ކަމެއްވެސް ރަނގަޅުވަމުންދާކަމުގެ ފެހި ސިގުނަލް ލިބުމުންނެވެ. ރޮއިރޮއި ވަރުބަލިވެފައިވާ ދެބެން އެނދުގައި އިށީނދެ އެދެމީހުންގެ ދިރިއުޅުމުގައި ކަންތައް ވެގެންދިޔަ ގޮތް […]
ހަމަ އެވަގުތު ކުއްލިއަކަށް ކޮޓަރި ދޮރުގައި މަންމަ ޓަކި ޖަހާލިއަޑަށް، ސިއްސައިގެން ގޮސް މެހެކް ގެ އަތުން ފޯން ދޫވެގެން ވެއްޓުނެވެ. ލޯ މަރާލުމާއެކު ކަރުނަތައް ހޯސްލާފައި ފައިބައިގަތެވެ. “ދަރިފުޅާ ދޮރު ހުޅުވަބަލަ”. މެހެކް ހުއްޓުން އަރާފައި އިންދާ މަންމަ ބުނެލިއަޑަށް އޭނާ އަވަސް އަރުވާލާފައި ވެއްޓިފައި އޮތް ފޯން ނެގިއެވެ. އޭރު ފޯންގެ ބެޓެރިއާއި މަތިގަނޑުވެސް އޮތީ މާ ދުރުގައެވެ. ވެއްޓުނު ގޮތުން ފޯން ސްކްރީންވެސް ކޮންމެވެސް ވަރަކަށް ވަނީ ތެޅިފައެވެ. ފޯން ފެނުމާއެކު އޭނާއަށް […]
“އިކާން މިރޭ ވީ ސްޓޫޑިއޯގަ.. ބުނި ގެއަށް އައުމުގެ ކުރިން ގުޅާނަމޭ… އޭނަ އައުމުގެ ކުރިން ސްޓޫޑިއޯއަށް ދޯ ދާންވީ…” ފައިވާނަށް އަރަމުން ތާރާއަށް ފެންނަ ގޮތް ހާމަކުރިއެވެ. “ތިވެސް ވަރަށް ސަޅި ގޮތެއް… އޭނަ ހިތަކަށްވެސް ނާރާނެ ތާރާ ސްޓޫޑިއޯއަށް ގޮސްދާނެއެކޭ ނޫންތަ… ހިނގާ އަވަހަށް ދަމާ… ދެޓްސް އަ ގުޑް ޕްލޭން..” ދޮރު ހުޅުވާލަމުން އުލްފާ ބޭރަށް ނުކުމެ ލިފްޓާ ދިމާއަށް ހިނގައިގަތެވެ. އުލްފާގެ ފަހަތުން ތާރާ މިސްރާބު ޖެހިއެވެ. ތާރާގެ ލޯ ތޮޅެން […]