އިރުގަނޑަކަށްފަހު އަކްމަލް ނިޝާގެ އަތުގައި މަޑުމަޑުން ހިފާލަމުން ބޯހޫރާލީ ނުރޯށޭ ބުނަމުންނެވެ. އެހިނދު ނިޝާ ގެނެސް އަކްމަލްގެ މޭތެރޭގައިލާ ފޮރުވާލިއެވެ. އަކްމަލް ނިޝާގެ ހަށިގަނޑުގައި ބައްދާލިއެވެ. ” ދެން ނުރޯތި އިނގޭ. އަހަންނަށް އިނގޭ އެއީ ނިޝާ ކުރި ކަމެއްނޫންކަން. އެހެން މީހަކު ކުރިކަމަކުން ނިޝާގެ ދިރިއުޅުން ހަލާކު ވާކަށް ނުޖެހޭ. އަހަރެންގެ ލޯބި އެއަށްވުރެ މާ މާތްވެފައި މަތިވެރި. ދެން ބުނެބަލަ ވިލް ޔޫ މެރީ މީ… ” އަކްމަލްގެ ވާހަކަތަކުން ނިޝާގެ ލޮލުގައިވި ކަރުނައިގެ […]
ރޭގަނޑުގެ ކެއުމަށް އައުސް އާއި އާލިމް އިންސާފު ކުރަމުން ދިޔައެވެ. ކައިރީގައި އަމީރާ ވެސް އިނެވެ. “ދެން ބައްޕައާ ވާހަކަ ދައްކަބަލަ… ތިހެން އުޅޭކަށް ނުވާނެ!” އަމީރާ ދެދަރިންނަށް ވިސްނައިދެމުން ދިޔައެވެ. “އެ އަންހެން މީހާއާ އިނދެގެން އުޅޭހާ ހިނދަކު ބަލައިވެސް ނުލާނަށް… މަންމައަށް ކެތްވާކަން…” ރުޅި އައިސްގެން އާލިމް ބުނެލިއެވެ. “އެއީ ނިކަމެތި އަންހެނެކޭ… މަންމައަށް ކެތް ވަންޏާ ދަރިފުޅު މެންނަށް ވެސް ކެތްވާން ޖެހޭނެ އެއްނު…” އަމީރާ ވިސްނައިދެވޭތޯ އުޅުނެވެ. ނަމަވެސް އެކަކުވެސް އަޑެއް […]
3ވަނަ ބައި “އައްދެ މަ ހީކުރީ ތަންކޮޅެއް އަވަސް ކަމަށް އަދި އާދެވުނުލެއް، މިހާރުވެސް މީހަކު ތުމުގަ ސޮންދި އެލިފަ ވިއްޔަ” މާހިން އަޔޫމީ އަށް ލޯ ހަނި ކޮއްލަމުން ބުނެލިއެވެ. އަޔޫމީ ހުރީ މާހިން އަށް ނުބަލަން ކަމަށް ސައިޑަކަށް އެނބުރިގެންނެވެ. މާހިން އަށް މަޖާވިއެވެ. “މާހިން ބްރޯ! އެނގޭތަ މި އަޔޫ އެއުޅެނީ އޭނަ ފަހަތުން މީހަކު އަޅައިގަނެގެންނު. ދޯ އަޔޫ! އަދި އަޔޫ ވެސް ބުނީ އޭނަ ހާދަ ރީއްޗޯ” ޝެލީ […]
ނަޖުވާގެ ހިތަށް އަރަމުން ދިޔައެވެ. ޝިޔާޒް އަށް ވެގެން އެއުޅެނީ ކީތް ބާއްވައެވެ؟ އޭނާ އަހަންނާދޭތެރޭ ހިތްހަމަ ނުޖެހިގެން އެއުޅެނީ ކޮންކަމަކާ ބާވައެވެ؟ އަހަންނަށް ކީއްކުރެވުނީ ބާވައެވެ.؟ ޝިޔާޒް މިހާރު އަހަންނާއެކު ލޯބިން ކުޑަ ވަގުތުކޮޅެއްވެސް ހޭދައެއް ނުކުރެވެ. އަބަދުވެސް ހީވަނީ ކޮންމެވެސް ކަމަކާ އަހަންނާ ދޭތެރޭ ހިންހަމަނުޖެހިފަ ހުންނަހެންނެވެ. ” ކީއްވެ ޝިޔާޒް ނަޖޫއާ ދޭތެރޭ ހިންހަމަ ނުޖެހެންވީ؟..” ޝާނާ އެހިއެވެ. ޝާނާ އަކީ ނަޖުވާގެ އެންމެ ގާތް އެކުވެރިޔާއެވެ. ދެމީހުން ވާހަަދައްކަން ތިބީ […]
ނަމަވެސް ކޮންމެ ފަހަރަކު ވެސް ބުނެވެނީ ބައްޕަ އަދި އަންނާނެ ކަމުގައެވެ. އެގޮތުން ފަހުން ފަހުން އައިސް އެކަމާ އަހަރެން ނަށް ވިސްނަން މަޖުބޫރުވިއެވެ. އަބަދަކު ދަރިފުޅަށް ދޮގު ހަދައިގެން ވެސް ނޫޅެވޭނެއެވެ. ކޮންމެ ވެސް ދުވަހަކުން ދަރިފުޅަށް ހަޤީޤަތް ވެސް އެނގޭނެއެވެ. އެ ދުވަހަކުން ދަރިފުޅު އަދި މާ ދެރަ ވާނެއެވެ. އަނެއް ކޮޅުން ދަރި އަކަށް ބައްޕަ އެއްގެ ލޯބި މުހިންމު ވާނީ ކިހާ ވަރަކަށް ކަން ވިސް ނޭތީއެވެ. މަންމަގެ ލޯތްބާ އެއް […]
“ކޮން އެ އަންހެން ކުއްޖާއެއްތަ؟ އޭނައަށް ކިޔަނީ ރިއުމާން!” އައްޔާދް ވެސް ހަރުކަށި ކަމާއި އެކު ވާހަކަދެއްކި އިރު އޭނާ އަޑު މަޑު ކުރެވޭތޯ ބެލިއެވެ. އެގޮތަށް އެއްވެސް ސަބަބަކާއި ނުލައި ކުރިން ވެސް ދަންނަ ކުއްޖެއް ދެކެ ބައްޕަ އެހައި ނަފްރަތު ކުރަންވީ ކީއްވެ ކަމެއް އޭނާއަކަށް ހަމަ ނުވިސްނުނެވެ. “އަހަންނަށް ހެވޭ އޭނައަށް ކޮންމެ ނަމެއް ކިޔަސް! މީގެފަހުން އޭނައާއި އެއްވެސް ގުޅުމެއް ބާއްވައިގެން ނުވާނެ! އަޑު އިވިއްޖެ!!” އާޒިމް ރުޅި އައިސް ރަތްވެފައި […]
އައްދޯތް! ވަރަށް ބާރަށް އަހަރެން ނަށް ބުނެވުނެވެ. ކުލާހަށް ވަދެ އިށީދެވުމާއި އެކު ގޮވާލެވުނީ މިހެންނެވެ. ވާނީވެސް އެހެންތާއެވެ. ފޫކޮޅަށް ހެރުނީ ކޮންޕާސް ކައްޓެވެ. އިނާސް ގެ އަނެތް ހަމަލާއެވެ. ވީތަދުން ހުރެވުނު ތަންވެސް ނޭގުނެވެ. ބާރައް ރޮއިގަނެވިއްޖެއެވެ. މުދައްރިސް އައިސް ވީނުވީއެއް ބެލުމަށް ފުހު އިނާސް އޮފީހަށް ގެންދިޔައެވެ. އެއާއި އެކު ގްރޫޕްގައި ތިބި ކުދިންތައްވެސް އޮފީހަށް ހާޒިރުކުރިއެވެ. ދުވަސް ފާްއިތުވެގެން ދިޔައީ މިކަހަލަ ގޮތަކަށެވެ. އަދި ފަހުން އިގުނުގޮތުގައި އޭނާވަނީ ސްކޫލުން ސަސްޕެންޑްކޮށްފައެވެ. އަލްހަމްދުލިﷲއެވެ. […]
ޝިޔާ މި ގަޑީގައި ޤުރުއާން އަޑުއަހަނީ ފަންޑިތައަކަށް ހެއްޔެވެ؟ ހަމަ އެއާއެކު ބިރުވެރި ޚިޔާލުތައް އައިމަންގެ ހިތަށް ވެރިވާން ފެށުމުން އައިމަނަށް ބޯހޫރުވާލެވުނެވެ. ޝިޔާގެ ކޮޓަރިން ޤުރުއާނުގެ އަޑު އިވުމުން އޭނަގެ ޙަޔާތުގައި ކޮންމެވެސް ގޯހެއް ވާކަން އައިމަނަށް ޔަޤީންކޮށް ނިންމުނެވެ. ޝިޔާއަށް އެއްވެސް ކަމެއް ނުވާނަމަ އޭނަ މިގަޑީގައި އަޑުއަހަމުން ދިޔައީހީ ކޮންމެވެސް ލަވައެކެވެ. އައިމަން އެކި ޚިޔާލުތަކުގައި ހުއްޓާ އެ ސޫރަތް ނިމި އަޑު ކެނޑިގެން ދިޔައެވެ. އައިމަނަށް ހަމައަކަށް އެޅުމަށްޓަކައި ސިކުންތުކޮޅަކަށް ހުރެވުނެވެ. […]
3 ވަނަ ބައި ޖަމީލާ ދިޔަގޮތަށް ދިޔައީ ދުންޔާގެ ކޮޓަރިއަށެވެ. މާދުރަށްވެސް އޭނާ ރޯއަޑު އިވެއެވެ. “އަޅެ ދަރިފުޅާ ހުއްޓާލަބަލަ ތަގްދީރުގައި ވާން އޮތްކަމެއް ވާނެ” “މަންމާ އަހަރެންނަށް ކުޑައިސުރެ އަހަރެންނަށް ވަނީ މިހެންނެއްނު އަސްލު ޝާހިދު ދެކެ ކުރީގައި ލޯބިވީ އަހަރެންނެއްނޫންތަ އެކަމަކު ކާވެނި އެކުރަނީ ދައްތަޔާ ކިޔެވުމުގެ ރޮނގުންވެސް ދައްތަ އަހަރެން ފެއިލް ކޮޮށްލި އޭނާ ވިހަލާ ހަރުފައެއް ފަދައިން އަހަރެންގެ އުފާ ތަކަށް ވިހަލާފި މިކަމަށް ޓަކައި އަހަރެން ދައްތަޔަށް ދުވަހަކުވެސް މާފެއް […]