Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެވިއްސާރަ ރޭ… ފަސްވަނަބައި

nizam Level 110 Stories
January 17, 2017 4 Mins Read
3 Comments

ކުއްލި އަކަށް ވިދާލި ވިދުވަރާ އެކު ޖަހާލި ގުގުރިން ސިއްސައިގެން ގޮސް ނީޝާމުގެ އަތުން އަހަރެންގެ އަތް ދޫވިއެވެ. އެހިނދު ނީޝާމު އަހަރެންގެ އަތުގައި ހިފަން ވަރަށް މަސައްކަތް ކުރިއެވެ. އަހަރެން ވެސް އަތަށް ބާރުލައި ކުރިޔަށް ޖަހައި ގަތީމެވެ. އަހަރެން ބޭނުންވީ ކޮންމެ ޚާލެއްގައި ވިޔަސް ނީޝާމު އާ ވަކި ނުވުމަށެވެ.

އެހެނަސް އަހަރެން ބަލަ ބަލާ އޮށްވާ އެކަނު އަނދިރި ތެރެއިން އަހަރެންނަށް ނީޝާމު ގެއްލުނީއެވެ. އެހިނދު އަހަރެންގެ ގައިން ވަރު ދޫވާ ހެން ހީވިއެވެ. ލޯ ފުސް ވަމުން ގޮސް ވަރު ބަލި ކަމާއެކު ދެލޯ މެރުނީ ހިތާ ދެކޮޅަށެވެ. އެހިނދު ވީ ގޮތެއް ޚުދު އަހަރެން ނަކަށް ނޭންގުނެވެ.

އަހަރެން ނަށް ހޭވެރިކަން ވީ އިރު އަހަރެން އޮތީ ގެއެއްގެ ސިޓިން ރޫމް ތެރޭގަ ބަހައްޓައިފަ ހުރި ކުޑަ ވަރެއްގެ އެނދެއް ގައެވެ. އޭރު އަހަރެން ކައިރީ މުސްކުޅި ފުރައިގެ އަންހެނަކާ ފިރެހެނެއް ވެސް އިނެވެ. ބޮލުގައި ކުޑަ ރިހުމެއް ހުރި ނަމަވެސް އެމީހުން ފެނުމާއެކު ފުށްމައިގެން އަހަރެން ނަށް ތެދު ވެވުނެވެ.

އެހިނދު އެމީހުން ވަރަށް އޯގާތެރި ކަމާއެކު އަހަރެން އެނދުގައި ބާއްވާ އަރާމު ކުރުމަށް އެދުނެވެ. ނުވެސް ދަންނަ ބަޔަކު އެހާ ހިތްހެޔޮ ކޮން ކަންތަށް ކުރީތީ އަހަރެން އޮތީ ވާނުވާ ނޭންގި ފައެވެ. އަދި އަހަރެން ވަރަށް ހައިރާން ވެސް ވިއެވެ. އަދި ހިތުގައި އެތަށް ސުވާލެއް އުފެދުނެވެ. އަނެއްކާ މި ފެންނަނީ ހުވަފެނެއް ނޫން ބާއޭ ވެސް ހިތަށް އެރިއެވެ. ނޫންނަމަ ހަޤީޤަތެއް ބާއެވެ؟ އަހަރެން ކުޑަ ކޮން ހާސްވާ ގޮތް ވިއެވެ.

ނިންމަންވީ ކިހިނެއް ކަމެއް ޔަޤީން ނުވުމުން އަހަރެންނަށް މަޑަކުން ނޯވެވުނެވެ. އެގޮތުން ދެލޯ ބޮޑުކޮށް އަހަރެން މި އޮތީ ކޮން ތާކުތޯ އާ ތީ ކޮން ބައެއްތޯ އެމީހުން ގާތު އަހަރެން އެހީމެވެ. އެވަގުތު ކަންތަށް ހިނގައި ދިޔަގޮތް ވަރަށް ތަފުސީލް ކޮށް އެމީހުން އަހަރެން ނަށް ކިޔައި ދިނެވެ. އަދި އެއީ ކޮން ބައެއްކަން ވެސް ބުނެދިނެވެ.

އެއީ ނ.ހޮޅުދޫ ބައެއް ކަމަށާ އެރޭ އެމީހުން ވެސް ރަށަށް ދާން އައީ އެހެންލާފާ ކަމުން އެހެން އައުމުގެ ތެރޭގައި ވިދާލި ވިދުވަރާ އެކު އަލިވި ވަގުތު ދޯންޏާ ތަންކޮޅެއް ދުރުން ރާޅާ ދެމެމުން ދިޔަ ފިލާ ގަނޑެއް މަތީ އެއްޗެއް އޮތް ހެން ހީވުމުން ޔަޤީން ކޮށްލުމަށް ޓަކައި ދޯނި ގޮސް ފިލާ ގަނޑާ ކައިރި ކޮށް ޓޯޗުން އަލި ކޮށްލާ ބެލި އިރު އޮތީ މީހެއް ކަމަށެވެ. އެހެނަސް އޭރު ހަށިގަނޑު ގައި އެއް ވެސް ހަރަކާތެއް ނެތް ކަމާށާއި ނަމަވެސް ހަށިގަނޑުގައި އަތްލި އިރު ނޭވާ ލާކަން ކަން ޔަޤީން ވާތީ އެމީހުން އައި އިރު ރަށަށް ގެނައީ ކަމުގައެވެ.

އެހެނަސް ގެނައި އިރު އެއީ ކޮން ރަށެއްގެ ކާކު ކަމެއް ވެސް ނޭންގޭ ކަމަށެވެ. އަދި އޭރު އެމީހުންނަށް މުހިންމު ވީ އެއީ ކޮން ރަށަކު ކާކުތޯ ބެލުން ނޫން ކަމަށާ އެމީހުންނަށް މުހިންމު ވީ އިންސާނިޔަތަށް ޓަކައި މީހެއްގެ ފުރާނަ ސަލާމަތް ކޮށްދިނުން ކަމުގައެވެ. އެވަގުތު އަހަރެން ހެއްދެވި ފަރާތަށް ޝުކުރު ކުރީމެވެ. އަދި އެމީހުންނަށް ޝުކުރު އަދާ ކުރަމުން އަހަރެން ވެސް އަހަރެންނަށް ދިމާވި ހިތާމަވެރި ހާދިސާ ފެށިގެން ނިމެންދެން އަސަރާ އެކު އެމީހުންނަށް ކިޔައި ދިނީމެވެ.

އެވަގުތު އެމީހުން އަހަރެންނަށް ވަރަށް ނަސޭޚަތް ދިނެވެ. އެކަމާ ދެން ނުވިސް ނުމަށެވެ. އެހެނަސް އެކަމާ ނުވިސްނާ އަހަރެންނަށް އުޅެވޭނީ ކިހިނެއް ހެއްޔެވެ؟ އަހަރެން ނީޝާމު އާ އިނީ ވަރަށް ފޮނި ހުވަފެން ތަކަކާ އެކުއެވެ. ނަމަވެސް އެ ހުވަފެން ތަކުގައި ކުލަ ނުޖެހި އުޅެނިކޮން އަހަރެންގެ ދިރިއުޅުން މިވަނީ އެފުއް މިފުށަށް ޖެހި ފައެވެ. ފުށް މިން ނޭންގޭ އަނދަ ވަޅަކަށް ވެއްޓި ފައެވެ.

ނީޝާމު ގެ އެހީ  އެންމެ ބޭނުންވި ވަގުތު ނީޝާމު ވެސް އެވަނީ އަހަރެންނާ ވަކިވެ މާ ދުރަށް ގޮއްސައެވެ. ވީ ތަނެއް ނޭންގި ގެއްލި ފައެވެ. ދުނިޔޭގަ ހުރި ކަމެއް އަދި ނެއް ކަމެއް ވެސް ނޭންގެއެވެ. އަނެއް ކޮޅުން މަންމަމެން ދުނިޔޭގަ ތިއްބަސް އަހަރެންނަށް އެއީ ނެތް ބައެކެވެ.

ކަން މިހެން އޮތް އިރު ދުނިޔެ މަތީ އަހަރެންނަށް އަޅާލާނެ އިތުރު މީހަކު ނެތެވެ. އަދި ދާނެ ތަނެއް ނެތް އިރު ގޮސް ވަންނާނެ ގެ އެއްވެސް އަހަރެންގެ ނެތެވެ. މިއަދު އަހަރެން މިވަނީ ހާލުގައި ޖެހި ބިކަ ވެފައެވެ. އެވަގުތު އަހަރެންގެ ބަދު ނަސީބު ކަން ހިތަށް އެރުމުން މޫނުމަތީ ދެއަތް އެޅުމާ އެކު އަހަރެންނަށް ރޮވެން ފެށުނެވެ.

އެވަގުތު ދައްތަ އަހަރެން ކައިރީ އެނދު މަތީ އިށީނދެ އަހަރެންގެ ބުރަކަށީގަ ފިރުމާލަމުން އަހަރެންނަށް ހިއްވަރު ދިނެވެ. ދުނިޔޭގަ އުޅޭއިރު ކަންތައް ތަކާ ވެސް ދިމާ ވާނެއެވެ. އެކި މީހުންނާ ދިމާ ވާނީ އެކި ކަންތައް ތަކެވެ. އެހެނަސް ކަމެއްވާ އިރަށް މީ އަހަރެންނަށް ހުރިގޮތޭ ކިޔާ ދުނިޔެ މަތިން ފޫހި ވާކަށް ނުޖެހެއެވެ. ދައްތަ ވެސް ޤަބޫލު ކުރަމެވެ. އަދި ކަންތައް ތި ދިމާވި ގޮތުން ދެރަވާނެ ވަރު ޚުދު ދައްތަ ޔަށް ވެސް އިހުސާސް ކުރެވެއެވެ.

ނަމަވެސް އަހަރެމެންނަށް އޮތީ އެކަން ކަމުން އިބުރަތް ޚާސިލްކޮށް އެފަދަ ކަމެއް ތަކުރާރު ނުވޭތޯ މަސައްކަތް ކުރުމެވެ. އެހެންވެ އެކަމާ ވިސްނާ މީހާ ހަލާކުވެ ނު ދިއުމަށެވެ. އަދި ދެރަ ނުވުމަށެވެ. މާޔޫސް ވެ ކަރު އެލުވައި ނުލުމަށެވެ. އަހަރެން ބޭނުން ނަމަ ބޭނުން ދުވަހަކު އެ ގޭގައި އަހަރެންނަށް ހުރެވޭނެ ވެސް ކަމަށެވެ.

އަދި އެމީހުން ދުނިޔޭގަ ތިބި ހާ ހިނދަކު އެއްވެސް ދެރަ އެއް އަހަރެން ނަށް ނުލިބޭނެ ކަމަށް ވެސް ބުނަމުންނެވެ. އެހިނދު ދައްތަ ގައިގާ އަހަރެންނަށް ބައްދައި ލެވުނީ މަރު ވަމުން ދިޔަ އަހަރެންގެ ހިތައް ދިރުމެއް ލިބި އުފާވެރި ކަމުގެ ކަރުނުން ދެ ލޯ ފުރިގެން ދިޔަ ވަޤުތު ހެއްދެވި ފަރާތަށް ޝުކުރު ވެސް ކުރަމުންނެވެ. އަދި ހިތަށް ލިބުނު ހަމަ ޖެހުމެއްގެ ވެސް ބޮޑު ކަމުންނެވެ.

ދުވަސްތައް މާޒީ އާ އެކު ފާއިތު ވަމުން ދިޔައެވެ. މިހާރު އަހަރެން ދިރިއުޅެމުން މިދަނީ ނ.ހޮޅުދޫ ގައެވެ. އެ އާއިލާ ގެ އަޅައި ލުމާއި ލޯބީގެ އިތުރުން ހުރިހާ އުފަލެއް ވެސް އަހަރެންނަށް ލިބެމުންނެވެ. އެ ގޭގަ އަހަރެންނަށް މަނާ އެއް ވެސް ކަމެއް ނޯވެއެވެ. އަނެއް ކޮޅުން އެމީހުން އަހަރެންނަށް އެއް ވެސް ކަމެއް އުނި ވިޔަކަށް ވެސް ނުދެއެވެ.

އެމީހުން އަހަރެންނަށް އެހާ ވެސް ރަނގަޅެއެވެ. އެމީހުންނަށް ޝުކުރު އަދާ ކުރާނީ ކިހިނެއް ކަމެއް ވެސް އަހަރެން ނަކަށް ނޭންގެއެވެ. އަމިއްލަ ދަރި އެއް ނޫންކަން އެނގޭ އިރު ވެސް އެމީހުން އަހަރެން ނަށް އެހާ ވެސް ހެވެ.

އަހަރެން އިނީ ބަލިވެކަން އެނގުމުން އެމީހުން ކުރިން އަހަރެންނަށް އަޅައިލި އަޅައި ލުމާއި ދެމުން އައި ލޯބި ވެސް ދެގުނަ އަށް އިތުރު ވިއެވެ. އަދި އެ މީހުންގެ އަމިއްލަ ދަރިއެއް ފަދައިން ދަތި ވަނީ ކޮން ކަމަކަށްތޯ އާ އެ މީހުންގެ ފަރާތުން ބޭނުންވަނީ ކޯއްޗެއް ތޯ ކަނޑަނޭޅި އަހަރެން ކައިރީ އަހަމުން ދިޔައެވެ.

އަދި އުފަން މަންމަ ނޫން ކަމުގެ އެއްވެސް އިހުސާސެއް އެމީހުން އަހަރެންނަށް ވިޔަކަށް ނުދެއެވެ. އެހެން ކަމުން އަހަރެންނަށް ޤަބޫލު ކުރެވެމުން އައީ އެއީ ހަމަ އަހަރެންގެ އުފަން މަންމަ ގެ ގޮތުގައެވެ. ސަބަބަކީ އެމީހުން އަހަރެން ދެކެ އެހާ ވެސް ލޯބި ވާތީއެވެ. ހަމަ އެކަނި ތަފާތަކީ އުފަން ދަރި އަކަށް ނުވި ކަމެވެ.

އެގޮތުގައ މަސްތަށް ފާއިތު ވެގެން ދިޔައީ ހީ ވެސް ނުކުރާހާ އަވަހަށެވެ. އެގޮތުން އެ އާއިލާގެ ފަރާތުން ލިބެމުން ދިޔަ ލޯތްބާއި އޯގާތެރި ކަމާ އެކު އަހަރެންގެ ބަނޑަށް ނުވަ މަސް ފުރި ހަނދު މަހުން ނުވަ ވަނަ އަށް ވީ ރޭ ލޯބި ލޯބި އަންހެން ކުއްޖަކު އަހަރެންނަށް ލިބުނެވެ. ފުރަތަމަ ފަހަރަށް ދަރިފުޅު ފެނުނު ވަޤުތު އެވީ އުފާ އަހަރެންނަށް މިހެން ލިޔުމަކުން ބަޔާން ވެސް ކޮށް ނުދެވޭނެއެވެ.

އުފަލުން ގޮސް އަހަރެން ނަށް ރޮވުނެވެ. މޫނުމަތި ނީޝާމު ގެ މޫނުކޮޅާ އެއްވެސް ތަފާތެއް ނެތެވެ. ދެ ލޮލާއި އަނގަ މަތި ވެސް ހީވަނީ ހަމަ ނީޝާމު ހެންނެވެ. ލޯބި ވެފައި އެހާމެ ރީއްޗެވެ. ފުރަތަމަ ލިބޭ އަންހެން ދަރި އަކަށް ކިޔާނީ ލީޝް ކަމަށް ނީޝާމު ބުނެފައި އޮތުމުން ދަރިފުޅުގެ ނަމަކަށް އަހަރެން ކީ ވެސް ލީޝް އެވެ. އެއީ އަހަރެންގެ ފުރަތަމަ ލޯބީގެ ނިޝާނެއް ކަމުގައި ވެސް ހެދުމަށެވެ. އެގޮތުން އަހަރެން ދަރިފުޅު ބަލަމުން އައީ ވެސް އެއީ ނީޝާމް އަހަރެންނާ ހަވާލު ކުރި އަމާނާތެއްގެ ގޮތުގައެވެ.

ހަފުތާތަށް މަސްތަކަށް މަސްތަށް އަހަރު ތަކަށް ބަދަލު ވަމުން ގޮސް މިހާރު އަހަރެންގެ ދަރިފުޅަށް ހަތަރު އަހަރު ފުރި ފަސް އަހަރު ފުރެނީއެވެ. ދަރިފުޅަށް ހެޔޮވިސްނޭން ފެށި ފަހުން ކޮންމެ ދުވަހަކު ހެން ބައްޕަ ކޮބައިތޯ އަހަރެން ކައިރީ އަހައެވެ. އެހެން އަހާލާ ކޮންމެ ފަހަރަކު އަހަރެންގެ ލޮލުން ކަރުނަ ހިލެއެވެ. އެރޭގެ ހާދިސާ މަތިން ހަނދާންވެ ހުއްޓުން އަރާފަ ހުރެވެއެވެ. ދަރިފުޅު ކައިރީ ދޮގު ހަދަން ބޭނުން ނުވާތީއެވެ. ނަމަވެސް ކޮންމެ ފަހަރަކު ވެސް ބުނެވެނީ ބައްޕަ އަދި އަންނާނެ ކަމުގައެވެ.

އެގޮތުން ފަހުން ފަހުން އައިސް އެކަމާ އަހަރެން ނަށް ވިސްނަން މަޖުބޫރުވިއެވެ. އަބަދަކު ދަރިފުޅަށް ދޮގު ހަދައިގެން ވެސް ނޫޅެވޭނެއެވެ. ކޮންމެ ވެސް ދުވަހަކުން ދަރިފުޅަށް ހަޤީޤަތް ވެސް އެނގޭ ނެއެވެ. އެ ދުވަހަކުން ދަރިފުޅު އަދި މާ ދެރަވާނެއެވެ. އަނެއް ކޮޅުން ދަރިއަކަށް ބައްޕަ އެއްގެ ލޯބި މުހިއްމު ވާނީ ކިހާ ވަރަކަށް ކަން ވިސް ނޭތީއެވެ.

ނުނިމޭ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

nizam

Level 110 Stories

Other Articles

Previous

ވީ ލޯބިން (3)

Next

ލައިފް (4 ވަނަ ބައި)

Next
January 17, 2017

ލައިފް (4 ވަނަ ބައި)

Previews
January 17, 2017

ވީ ލޯބިން (3)

3 Comments!

  1. saamii says:
    January 17, 2017 at 12:53 am

    Varah reethi ??

  2. mimmi says:
    January 17, 2017 at 12:08 pm

    v reethi <3

  3. Maree says:
    January 17, 2017 at 2:35 pm

    vvv reethi

Comments are closed.

Next Episodeއެވިއްސާރަ ރޭ… ހަވަނަބައި←


All Right Reserved!