
“ބޭބޭ އެއީ އަސްލު ވަރަށް އަގުބޮޑު ފޯނެއް. އެ ބޮޑު އަގު ދިނުމުގެ ބަދަލުގަ އަޅުގަނޑަށް ވަރަށް ރަނގަޅު އަޅުގަނޑު ލަންކާއަށް މި އައި ދުވަސްކޮޅަށް ދައްކަންޖެހޭ ލާރިކޮޅު މަދުކޮއްލަ ދީފިއްޔާ. އަޅުގަނޑަށް ބޭބެމެންނާއެކީ މި ޗުއްޓީގަ އުޅެވިދާނެތަ؟” އައިމަން ބުނެލި ވާހަކައިން ޝިޔާ ސިހުމަކާއެކީ އިސްއުފުލާލިތަން އޭނައަށް ފެނުނެވެ. އެ މޫނުމަތިން ނުރުހުންތެރިކަން ފެނިފައި އައިމަންގެ މޫނުމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. އެވަގުތު ޝިޔާގެ ކައިރީގައި ހުރި ފިރިހެން މީހާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
“އެންމެ ރަނގަޅު. ދެން ޖެހޭނީ ތި އެދޭ ގޮތަކަށް ބަދަލުދޭންތާ…..މި ހަފްތާގަ ތަންކޮޅެއް އުނދަގޫވެދާނެ އެގޭގަ އުޅެން. ތިމާގެ ބަޔަކު އައިސްގެން މިއުޅެނީ. މި ދުވަސްކޮޅު ވަކިން ކޮޓަރިއެއް ނުލިބިދާނެ ފަހަރެއްގަ. އައިމަން އެކަނިތަ އައިސްގެން ތިއުޅެނީ؟” ފިރިހެން މީހާ ވާހަކަ ދައްކަމުން ގޮސް އެންމެ ފަހުން ސުވާލެއްކޮށްލިއެވެ.
“ލައްބަ.” އައިމަން އެ ފިރިހެން މީހާއާއި ހަތަރުކަޅި ހަމަކޮށްގެން ހުރެ އެހެން ބުނެލި ގޮތުން އޭނަ ހެދީ ދޮގެކޭ އެކަކުވެސް ނުބުނާނެއެވެ. އޭނަގެ އެ ޖަވާބުން އެ ފިރިހެން މީހާއާއި ޝިޔާގެ މޫނުމައްޗަށް ވެސް ޙައިރާންކަން ވެރިވިއެވެ.
“އެކަނިމާއެކަނި ދަތުރުކުރަން އެކޮއިގެ ޢުމުރު ކިހާވަރެއްތަ؟” ފިރިހެން މީހާ ސުވާލު ކުރިއެވެ.
“20 އަހަރު.” އައިމަން ހިނިތުންވުމަކާއެކީ އަނެއްކާވެސް ދޮގެއް ހަދާލިއެވެ. އޭނަ ދޮގު ހެދީ އެއިން ޝިޔާއަށް މަޖާވާނެއޭ ހިތާއެވެ. އެހެނަސް ފިރިހެން މީހާ ބޯޖަހާލި ހިނދު ޝިޔާ އައިމަނަށް ބަލަން ހުރެ ދެލޯ ބޮޑުކޮށްލަމުން ދެބުމަ ކައިރިކޮށްލި ގޮތުން އައިމަންގެ ހިނިތުންވުން ފަނޑުވިއެވެ.
“އާނ އެހެންވެއްޖެއްޔާ ހިނގާ މިހާރުއްސުރެ އަހަރުމެން ވޭނުން އަހަރުމެންގެ ގެއަށް. ތި އުޅޭ ހޮޓެލެއްގެ ނަން ބުނެފިއްޔާ ހެދުން ފޮށި ނަގަން ދެވިދާނެ.” ފިރިހެން މީހާ އެހެން ބުނެލިތަނާހެން އައިމަނަށް ވާހަކަ ދެކެވުނެވެ.
“ނޫން ނޫން ބޭބެ! އަހަރެން މިއަދުގެ ވަގުތެއްގަ އަމިއްލައަށް ގޮސް ނަގާފާނަން. އިޓްސް އޯކޭ، ރިއަލީ. އަހަރެން އެހެންނޫނަސް މިއައީ އަމިއްލައަށް ލަންކާގެ އެކި މަގުތަކުން ދަތުރު ކުރާހިތުން.” އައިމަން ހިސާބެއްގެ ނުތަނަވަސްކަމަކާއެކީ ބުނެލިއެވެ. އޭނަ އެހެން ބުނުމުން ފިރިހެން މީހާ ފުން ނޭވައެއް ދޫކޮށް ބޯޖަހާލިއެވެ.
“އެންމެ ރަނގަޅު. އެހެންވެއްޖެއްޔާ ހިނގާ. ޝިޔާ، ދޮންތުމެން ކައިރި ބުނޭ ތިރިއަށް އަންނާށޭ ބައްޕަ ބުންޏޭ. އައްކޮ ކޮބައިތަ މިހާރު؟” ފިރިހެން މީހާ ޝިޔާއާއިވީ ފަރާތަށް އެނބުރިލިއެވެ.
“އައްކޮ އޭރު ދުވެފަ ދިޔަ ގޮތަށް ދިޔައީ ދޮންތު ކައިރިއަށް. އެތަން ފެނިފަ އަހަރެން އިތުރަށް އަޅާނުލާ ބައްޕަ ކައިރިއަށް ދިޔައީ.” ޝިޔާ ކިޔައިދިނެވެ.
“ރަނގަޅު……..އެއީވެސްވާ ވަރެއްގެ ކުއްޖެއް!” ފިރިހެން މީހާ އެހެން ބުނެލުމުން ޝިޔާ ހީލިއެވެ. އެ ހިނިތުންވުން ފެނިފައި އައިމަނަށް ހީވީ އޭނައަށް މީގެ 2 އަހަރު ކުރިއަށް ދެވުނީ ހެންނެވެ. ޝިޔާ މީގެ ދެއަހަރު ކުރިއާއި ބަލާއިރު ހަމަ އެއްވެސް ތަފާތެއްނެތެވެ. އެއީ ހަމަ އެ ވަށް މޫނެވެ. އެ ދިގު އެސްފިޔަތަކުން ހިޔާ އެޅިފައިވި ދެލޮލެވެ. އެ ގަދަ ދެބުމައެވެ. އެ އޮމާން ތުންފަތެވެ. ހަމަ އެދުވަސް ގޮތަށް މިއަދު ވެސް އެ މޫނުން ނަޒަރު ވަކިކޮށްލާކަށް އައިމަންގެ ދެލޯ ނުކުޅެދުނެވެ. އެ ސޫރައިން އެ ދެލޯ ވަކިވެގެން ދިޔައީ ޝިޔާ އޭނަގެ ބައްޕައާއެކީ އައިމަނަށް ފަސްދިނުމުންނެވެ. ހަމަ އެއާއެކު އޭނައަށް ކުރިއަށް ފިޔަވަޅެއް އެޅެން އުޅުނެވެ. އެހެނަސް އޭނަ ފިޔަވަޅުތައް އަޅަންޖެހޭނީ ވަރަށް ފަރުވާތެރިކަމާއެކީކަން ދަނެގެން އައިމަން އޭނަގެ އަމިއްލަ ނަފްސު ހަމައަކަށް އެޅުވިއެވެ.
ޝިޔާ އެ ފްލޯގައި ތިބި އޭނަގެ ތިމާގެ މީހުން އެއްކުރަން ފެށި ވަގުތު އައިމަން ވަގުތުން ލިފްޓަށް އަރައި ތިރިއަށް ދިޔައެވެ. އޭނަގެ ނަސީބު ރަނގަޅުކަމުން އޭރުވެސް އަޒާނާއި ބޮޑުބޭބެމެން އެ ފްލޯގައި ތިއްބެވެ. އެމީހުންނާއި އަރާ ހަމަވުމާއެކު އައިމަން ވާހަކަ ދެއްކިއެވެ.
“ދޮންބެ އަހަރެން ދެން މިއަދަށްފަހު އުޅޭނީ ފްރެންޑެއްގެ ގޭގަ އިނގޭ؟ އަހަރެންގެ ފޯނު ދެންމެ ތެޅިއްޖެ. ސިމްވެސް ނުނަގާ މިއައީ. ފޯނަކާ ސިމެއް ގަނެގެން ދޮންބެމެންނަށް ގުޅާނަން. މިހާރު މިދަނީ އެ ފްރެންޑާއެކީ ވޭނެއްގަ ދާން. އޯކޭ؟” އައިމަން މާނޭވާ ލެވިފައިހުރެ އަވަސްއަވަހަށް ކިޔައިދިނެވެ.
“މަ….މަޑުކޮށްބަލަ. ތީ ކޮންކަހަލަ ފްރެންޑެއްތަ؟” ބޮޑުބޭބެ ސުވާލު ކުރިއެވެ.
“އެއީ އަލީއޭ. ވަރަށް އިންޓެލިޖެންޓް ކުއްޖެއް އެއީ. ޖެނުއަރީ އެގްޒާމްސްއަށް އެކުއްޖާގެ ފަރާތުން ވަރަށް ހެލްޕް ލިބޭ. ދޯ ޒާން؟” އައިމަން އަޒާނަށް ދޯ ދިނީ ނޫންކަމަށް ހަދާފައި އެއްލޯ މަރާލަމުންނެވެ. އެ ޢިޝާރާތް ދަނެގަންނަމުން އަޒާން ވެސް ވާހަކަ ދެއްކިއެވެ.
“އަ…..އާނ. އެއްކަލަ ޢަލީދޯ؟ ހެހެ…..ހެހެހެ….” ދޮގު ހަދަން ނޭނގޭ އަޒާން ގަދަކަމުން ކަހަލަ ގޮތަކަށް ހީލިއެވެ. އެހާވަރަށް ވެސް ބުނެވުނީތީ އޭނަގެ ހިތަށް އުނދަގޫވިއެވެ.
“ދޮންބްސް ދެން ޑޭޑް ކައިރި ބުނެލާތި އަހަރެން އެހެންތަނެއްގަ އުޅޭ ވާހަކަ. ޑޭޑް އޯކޭވާނެ.” އައިމަން އެހެން ބުނެލީ ޔަޤީންކަމާއިއެކީގައެވެ. އޭނައަށް ހީވެފައި އޮތީ ރަނގަޅަށެވެ. ބޮޑުބޭބެ އޭނަގެ ބައްޕައަށް ގުޅާލުމާއެކު ބައްޕަ އެއީ މާ ބޮޑު މައްސަލައެއް ނޫންކަމަށް ބުނެލީ މީހުން ދެނެގަތުމުގައި އައިމަންގެ ހުންނަ ހުޝިޔާރުކަމަށް އިތުބާރު ކޮށްފައެވެ. އަދި އައިމަން އޭނަ ހިތާމަކުރަންޖެހޭ ފަދަ ކަމެއް ނުކުރާނެކަމުގެ ޔަޤީންކަން އޮތީތީވެވެސްމެއެވެ.
އައިމަން ފިހާރައިގެ ދޮރު މައްޗަށް މަޑުކޮށްލިތާ މާ ގިނައިރެއް ނުވެ ޝިޔާގެ ބައްޕަ ފިހާރައިން ނިކުތެވެ. ޝިޔާގެ ބައްޕަ އައިމަނާއި ހިނިތުންވެލަމުން އެތާ ކުރިމަތީގައި އޮތް ވޭނަށް އަރަން ދިޔަ ތަނާހެން ފިހާރައިގެ ދޮރު ހުޅުވި ބޮޑު ބައިގަނޑަކަށް ދިވެހި ބަޔަކު ނިކުންނަން ފެށިއެވެ. މެދު ޢުމުރުގެ އަންހެނުންނާއި އެކި ޢުމުރުގެ ކުޑަކުދިންނާއި ދެ ތިން ފިރިހެނުން ނިކުމެގެން އައިއިރު އެންމެންވެސް މުލަކު ބަހުން ވާހަކަ ދައްކަމުން ހެމުން ދިޔައެވެ. އެ އެންމެން އެކީގައި ގޮސް ޝިޔާގެ ބައްޕަ އެރި ވޭނަށް އަރަން ދިޔުމުން އައިމަންގެ ހިތް ގެނބުނެވެ. ވަކިން ކޮޓަރިއެއް ނުލިބިދާނެއޭ ޝިޔާގެ ބައްޕަ ބުނި ބަހުގެ މާނަ އޭނައަށް އެނގުންވީ އެވަގުތެވެ. އެހާ މީހުން ގިނަ މާޙައުލެއްގައި އޭނަ ޝިޔާއާއި ވާހަކަ ދައްކާނީ ކިހިނަކުންތޯ އޭނަގެ ހިތަށްއެރިއެވެ. ކޮންމެއަކަސް އެ އެންމެނާއެކީ އައިމަން ވެސް ގޮސް ވޭނަށް އެރިއެވެ. އޭނަ ޖެހުނީ މެދު ޢުމުރުގެ އަންހެނަކާއި ފުރާވަރުގެ ފިރިހެން ކުއްޖެއްގެ ދެމެދުގައެވެ. މުޅި ވޭން ތެރެ ތޮއްޖެހިފައި އޮތް ގޮތުން އޭނައަށް ނޭވާލާން ވެސް ދަތިވިއެވެ. އޭނައާއި ދިމާ ކުރިމައްޗަށް ވާގޮތަށް ހުރި ސީޓުގައި ކުޑަ ފިރިހެން ކުއްޖަކު އުނގުގައި ބަހައްޓައިގެން ހެމުން ދިޔަ ޝިޔާ ނެތް ނަމަ އޭނަ ހަޅޭއްލަވައިގަތްތާ އެތައް އިރެކެވެ. އެ މުޅި ދަތުރު މަތީގައި އޭނައަށް ފޫހިކަމެއްނެތި ޝިޔާއަށް ބަލަން އިނދެވުނެވެ. އޭނަގެ ނަޒަރުން ޝިޔާއަށް އުނދަގޫވަމުން ދިޔަކަން އެނގުނެއްކަމަކު އޭނައަށް އަމިއްލަ ނަފްސުގެ މައްޗަށް ބާރެއް ނުހިންގުނެވެ.
ގޭޓެއް ލެވިފައިވި ޝިޔާގެ ބައްޕަގެ ތަނަވަސް ގެއަށް ދެވުމާއެކު އައިމަން އެންމެނަށް ތަޢާރަފު ކުރެވިގެން ދިޔައެވެ. ޝިޔާގެ ބައްޕަ ކަންވީ ގޮތް ކިޔައިދިނުމުން ޝިޔާގެ ބައެއް ބޮޑުދައިތަމެން ހެވިފައި ތިބެ އެމީހުންގެ ބަހުރުވައިން ދެއްކި ވާހަކަތައް އައިމަނަކަށް ސާފެއްނުވިއެވެ. އޭގެ ތެރެއިން އެއްދައްތައަކު އައިސް އޭނަގެ ކޮލުގައި ބާރަށް ހިފާލި ގޮތުން އެމީހުން އޭނައަށް ތަޢުރީފުކުރަނީކަން އައިމަނަށް އެނގުންވިއެވެ. އެ ދައްތަމެން ދެއްކި އެއްވާހަކައަކުން ދުރުގައި ހުރި ޝިޔާގެ ކޮންޓްރޯލް ކުރެވުނު ހުނުމެއްގެ އަޑު އިވިފައި އައިމަނަށް އެ ދިމާލަށް ބަލާލެވުނެވެ. އެވަގުތު ޝިޔާ އަނގަމަތީގައި އެއްއަތް އަޅައިގެން ހުރިއިރު އެ ލޮލުގައި ވިދުމެއްވިއެވެ. އެ ދެލޯ އައިމަންގެ ދެލޮލާއި ބައްދަލުވީތަނާހެން ޝިޔާ ވަގުތުން އަތް ތިރިކޮށްލަމުން ސީރިއަސްވެލިއެވެ. އެއަށްފަހު އިސްޖަހާލަމުން ދުރަށްދާން ހިނގައިގަތެވެ. އައިމަން ބަލަބަލާ ހުއްޓާ ޝިޔާ ގޮސް ވަނީ އޭނަގެ ކޮޓަރިއަށެވެ. ޝިޔާއަށް ހެވުނީ ކީއްވެބާއޭ ހިތަށްއެރި ވަގުތު ޝިޔާ ކޮޓަރިއަށް ވަންނާނީ ކީއްކުރަންތޯ ވެސް އައިމަންގެ ހިތަށްއެރިއެވެ. ޝިޔާ ދިޔައީ ހެދުން ބަދަލުކުރަން ކަމަށް އޭނަގެ ހިތް ބުނި ހިނދު އެ ހިތް އުފާވިއެވެ. ޝިޔާ ނިކުންނައިރު ހުންނާނީ ކުރު ހެދުމެއްގައި ބުރުގާއަކާވެސް ނުލާކަމަށް އައިމަނަށް ނިންމުނެވެ. އެ ދިގު ހެދުމާއި ބުރުގާއަކީ ހަމައެކަނި ގެއިން ބޭރުގައި އަޅާ އެއްޗެއް ނޫންހެއްޔެވެ؟ އެ އުޅުން ދީނާއި އެއްގޮތް ނުވިޔަސް މީހުން ފަސޭހައަކަށް އުޅޭ ގޮތަކީ އެއީ ނޫންހެއްޔެވެ؟ ރަށުގައި އުޅޭ އަވަށްޓެރި ގޭގެ ދައްތަމެންގެ ފަރާތުން އައިމަނަށް ނިންމުނު ނިންމުމަކީ އެއީއެވެ.
އެހެނަސް ޝިޔާގެ ފަރާތުން އައިމަނަށް ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ. މެންދުރު ކެއުމަށްޓަކައި ޝިޔާ ކޮޓަރިން ނިކުތްއިރު ވެސް ހުރީ ހަމަ އެފަދަ ދިގު ހެދުމަކާއި ބުރުގާއެއްގައި އިސްޓާކީނަށްވެސް އަރައިގެންނެވެ. ހަމައެކަނި ތަފާތަކަށްވީ ބުރުގާގައި ޕިންތަކުގެ ބަދަލުގައި ގޮށެއް ޖަހާލެވިފައިވުމެވެ. އެހާ އުއްމީދު ކޮށްގެން ހުއްޓާ ވެސް ޝިޔާ “ރީތިކޮށް” ހުންނަ މަންޒަރު ނުފެނުނު ކަމަށްޓަކައި އައިމަންގެ މޫޑު ޚަރާބުވިއެވެ. އިތުރަށް މޫޑު ޚަރާބުވަމުން ދިޔައީ އޭނަ ޝިޔާއާއި ވަކިން ވާހަކަ ދައްކަން ފުރުޞަތެއް ނުލިބޭ ކަމަށްޓަކައެވެ. އޭނަ ކެތްތެރިކަމެއްނެތި އިންތިޒާރު ކުރަމުން ދިޔައީ ރޭގަނޑު ވާނެ އިރަކަށެވެ. ރޭގަނޑު އެންމެން ނިދައި މުޅި ގެ ހިމޭންވުމުން ހަމަ ގައިމުވެސް އޭނައަށް ޝިޔާއާއި ވާހަކަ ދެއްކުމުގެ ފުރުޞަތެއް ލިބިދާނެކަމަށް އައިމަންގެ ހިތް ބުންޏެވެ.
އެރޭ 11:14 ވީ ވަގުތު އައިމަން ބިންމަތީގައި އޮތް އޭނަގެ ގޮދަޑިން ތެދުވިއެވެ. އަދި އެ ކޮޓަރީގައި ހުރި ސިންގަލް ބެޑްގައި ނިދިފައި އޮތް 10 އަހަރުގެ ޒައުލްއަށް ސަމާލުވެ ލަސް ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރީގެ ދޮރު އަޑެއް ނުކިޔާނެހެން ހުޅުވިއެވެ. އަދި ކޮޓަރިން ނިކުމެ މަޑުމަޑުން ދޮރު ލައްޕާލިއެވެ. ކޮޓަރި ބަރި ހުރި ގޯޅިއަށް އެޅިފައި އޮތީ ސިޓިންގް ރޫމުގައި ހުރި މޭޒުމަތީ ބޮކީގެ އައްޔެވެ. އެ ބޮކީގެ އެހީގައި އައިމަން ބާރަށް ތެޅެމުން ދިޔަ ހިތަކާއެކީ ކުރިއަށް ފިޔަވަޅުތައް އަޅަން ފެށިއެވެ. އޭނަގެ ލޯ އެކި ފަރާތް ފަރާތަށް ދަތުރުކުރަމުން ދިޔައީ މީހަކު ހުރިތޯ ބެލުމަށެވެ. ނުތަނަވަސްވެފައިވާ ހިތަކާއެކީ ސިޓިންގް ރޫމާއި ހަމަ ވިއިރު އެތަނުން އެއްވެސް މީހަކު ނުފެނުމުން އައިމަނަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. އެވަގުތު އޭނައާއި ނުހަނު ކައިރިން ޝިޔާގެ ކޮޓަރީގެ ދޮރު ފެނިފައި އޭނަގެ ހިތް އާދަޔާ ޚިލާފު ގޮތަކަށް ތެޅިލިއެވެ. އޭނަ އެ ދޮރުގައި އެއްއަތް ޖައްސާލުމަށްޓަކައި ލަސްލަހުން އަތްހިއްލަން ފެށިތަނާހެން ކުއްލިއަކަށް އިވެން ފެށީ ޤުރުއާނުގެ އަޑެވެ. ފިރިހެނެއްގެ އަޑުން ނާސް ސޫރަތް އިވެމުން ދިޔައިރު އެއީ ރެކޯޑިންގްއެއްކަން އައިމަނަށް އެނގުންވިއެވެ. އޭނައަށް ދެބުމަ ކައިރި ކޮށްގެން އެ އަޑުއަހަން ހުރެވުނީ ސިކުނޑިއަށް ވެރިވަމުން ދިޔަ އެތައް ސުވާލަކާއި އެކީގައެވެ. ޝިޔާ ފަހެ ޤުރުއާން ޖަހަނީ ކީއްވެ ހެއްޔެވެ؟ އެއީ ވެސް މި ގަޑީގައެވެ. ޤުރުއާން ކިޔަވައި ޤުރުއާން އަޑުއަހަންޏާ ވެސް އަހަންޖެހެނީ މަޣްރިބް ނަމާދާއި ޢިޝާ ނަމާދާއި ދެމެދުގައި އެކަނި ނޫންހެއްޔެވެ؟ ޝިޔާ މި ގަޑީގައި ޤުރުއާން އަޑުއަހަނީ ފަންޑިތައަކަށް ހެއްޔެވެ؟ ހަމަ އެއާއެކު ބިރުވެރި ޚިޔާލުތައް އައިމަންގެ ހިތަށް ވެރިވާން ފެށުމުން އައިމަނަށް ބޯހޫރުވާލެވުނެވެ. ޝިޔާގެ ކޮޓަރިން ޤުރުއާނުގެ އަޑު އިވުމުން އޭނަގެ ޙަޔާތުގައި ކޮންމެވެސް ގޯހެއް ވާކަން އައިމަނަށް ޔަޤީންކޮށް ނިންމުނެވެ. ޝިޔާއަށް އެއްވެސް ކަމެއް ނުވާނަމަ އޭނަ މިގަޑީގައި އަޑުއަހަމުން ދިޔައީހީ ކޮންމެވެސް ލަވައެކެވެ. އައިމަން އެކި ޚިޔާލުތަކުގައި ހުއްޓާ އެ ސޫރަތް ނިމި އަޑު ކެނޑިގެން ދިޔައެވެ. އައިމަނަށް ހަމައަކަށް އެޅުމަށްޓަކައި ސިކުންތުކޮޅަކަށް ހުރެވުނެވެ. އެއަށްފަހު އޭނަ އެ ދޮރުގެ ތަޅުގައި ހިފާލި ވަގުތު މީހަކު އޭނަގެ ކޮނޑުމަތީގައި އަތް އެޅިއެވެ.
ނުނިމޭ
2816 Comments
Comments are closed.
Assalam’alaikum. mirey thiya kiyuntherin jana ah rulhivun haqqu. hama ehaaves kurukoh migenesdhevuny. Aslu jana ah libey madhu free time ge therein miadhu libeyne kamah ummeedhu kuri eh gadi iru kandhimaakuri gothun libey gotheh nuvi. ehenvyma veegoiy mee. dhen oiy bai rangalhu kureveytho balaanan In Sha Allah. Ebai wednesday ga In Sha Allah 🙂
Haadha kurey..
Ekam vx v salhi nge….
Keep going jana…
kuru vi kamattakai maafah edhen. dhen oiy bai rangalhu kureveytho balaanan In Sha Allah. Alhamdhulillah! (All praise and thanks belong to Allah). Jazakillah Khairan for the support 😀
Masha allah varah reethi. .❤?
Alhmdhulillah! <3 😀
Kaakubaaaaaa????????
hehe…..engidhaane dhen oiy bain In Sha Allah 😀
v salhi! n v kuru. shafag n visham ge bai ves gennachey nxt ep ga…..
Alhamdhulillah! thikamaa medhu eba visnan In Sha Allah 🙂
ASSalaam alaikum alhugadah vvreethi mivaahaka bodahbeynun vaney safag ge by kiyaaln vfoohi anme fahun genes dhevvi part ga safag ge vaahaka ehgothakavves hushaalhuvvavaafanetheemaa maashaa Ahllah v ibraiy libey muslim anhennunge aslu dhiri ulhun thamseel vamun dhaa goy mivaahaka invarahgalhah olhun filaa.
Wa’alaikumussalam wa rahmathullah! 😀 hehe…..adhi Aiman menge bai reethi nuvegen ulheny mi bai rangalhah nufesheythyve ey 😀 In Sha Allah adhi rangalhu vegen dhaane mi bai in ves libey maigandu ibraiy thakaa hama ah dhiyaima 🙂 jana masakkaiy kuraanan veehaaves reethi kureveytho In Sha Allah. hehe…..hama ekani muslim anhenunge dhiriulhun hunna goiy ekani dho adhi fennamun midhany 😛 hehe….varah ufaavejje kameh olhun filaakan engunyma. dua aky mi vaahakain thiya kiyuntheriyaa ah veehaaves gina faidhaa thakaai ibraiythah libigen dhiyun. adhi jana ah ves e ibraithakaa eggothah ulhumuge thaufeequ dhevvun. Ameen! 🙂
I am a silent reader. I have read many religious stories also. But this story is unique. The messages in given in this story are very inspiring. Infact I have tried to apply some of Shafaq’s techniques and they have even worked. Thankyou Janna.
Alhamdhulillah! 🙂 i guess i’ve reached my goal to some extent. my intention behind authoring these stories is to bring about religious narratives that are interesting, exciting and beneficial all at the same time. My goal is not just to show a person repenting, but how the repentance happens. I try my best to make these stories relatable especially for the young people out there so that all of us eventually find our way back to Allah In Sha Allah. So do support this effort by sharing it with others In Sha Allah. And that would be a good way to thank me 🙂 May Allah put barakah in every good deed that we do. Ameen!
reethi 🙂
masha allah
waiting for next part
Nice.. Avahah upkohdheche mirey.. <3
O level hadha rangalhu results hoadhi hurihaa kudhinnah vvvv bodah Congra!!!!!!!!!!!