Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަފާތެރި މަވީމޭ…. 5 ވަނަބައި

Shiya Level 110 Stories100 Login
January 16, 2017 5 Mins Read
12 Comments

 

ލަޔާލީ ހަށަމްބަނދެގެން ހުރެ ލޫކަސް އަށް ވިސްނުވައި ދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ލަޔާލީ ހިތުގައި އަބަދުވެސް ވަނީ ޒޭންގެ ނަމެވެ. ނަމަވެސް ލަޔާލީ ޒޭން މަތިން ހަނދާންކުރާކަށް މިހާރަކު ބޭނުމެއްނޫނެވެ.

 

***********

މެންދަމުގެ ވަގުތެކެވެ. އީމާ އޮތީ ނިދާފައެވެ ހޭލެވުނީ ފޯން ރިންގ ވާއަޑަށެވެ. ތެދުވެގެން ގޮސް  މޭޒުމަތީގައި އޮތް ފޯނު ނަގައި ފޯނަށް ބަލައިލިއެވެ. ގުޅީ ޒޭން އެވެ. އީމާ އަވަހަށް ފޯން ނަގައި ކަންފަތުގައި ޖެހިއެވެ.

” ހަލޯ!…” އީމާ ބުންޏެވެ.

” އީމް!…  ދިމާ ކޮށްލެވޭނެތަ؟ ބޭނުން ވާހަކައެއް ދައްކާލަން… ” މަޑުމައިތިރި ރާގަކަށް ޒޭން އެހެން ބުނުމުން އީމާ ހުރީ ކަންބޮޑުވެފައެވެ.

” މިގަޑީގަ؟… ޒޭން ނުވެސް ނިދަނީތަ؟… ހޫމް އާދޭ މިގެއަށް..”

” އޯކޭ މިދަނީ ފަސް ވަރަކަށް މިނެޓް ތެރޭ…” އެހެން ބުނެފައި ޒޭން ފޯން ކަނޑާލިއެވެ. އީމާ ހުރީ ވަރަށް ހިތްނުތަނަވަސްވެފައެވެ.

ދޮރުގައި ބެލްޖެހުމުން އީމާ ބާރަށް ގޮސް ދޮރު ހުޅުވައިލުމާއި އެކު އެތެރެއަށް ވަދެގެންއައީ ޒޭން އެވެ.

” ޒޭން!..” އީމާ އަށް އެއްވެސް ޖަވާބެއް ނުދީ ޒޭން ގޮސް ކޮޓަރިއަށް ވަނެވެ. އީމާވެސް ޒޭންގެ ފަހަތުން ގޮސް ކޮޓަރިއަށް ވަދެ އެނދުގައި އިށީނެވެ. ޒޭންވެސް އީމާގެ މަގަތުގައި އިށީނެވެ. އަދި ބުންޏެވެ. ” އީމް އަހަރެން ރާއްޖެތެރޭ ރަށަކަށް ފުރަން ޖެހިއްޖެ!..  ދެމަސް ދުވަހުގެ ކޯހަކަށް … އެހާ ގިނަ ދުވަހު ކިހިނެއް އީމް އާއި ދުރުގައި ހުންނާނީ…. ” ދެރަވެފައިހުރެ ޒޭން ބުންޏެވެ. ” ޒޭން!.. އެންމެ ދެ މަހެއްނު… ކީއްވެ ނުހުރެވެންވީ…. އީމް އަށް ހުރެވިދާނެ..” އީމާ ބުނެލިއެވެ. ” އެހެންވެގެންތަ  މިގަޑީގަ ތިއައީ ތިވަރުން… ހީކުރީ ވަރަށް ބޮޑު ކަމެއް ދިމާވީ ކަމަށް..”

” ކުޑަކަމެއްތަ މީ؟.. ނުގޮސްފިނަމަ ވަރަށް ގެއްލުން ދައްކާނެ!.. ”

އެހެންތަ؟… ”

” ހޫމް.. އީމް ކޮބާތަ ލަޔާ މިހާރު؟.. ވަޒީފާއިން ކެނޑެން ސިޓީ ލާފަ އެބައިން… އަނެއްކޮޅުން ލޫކަސްގެ ހަބަރެއްވެސް ނުވޭ!.. އީމް އަށް ގުޅިތަ؟… ”

” ނޫން! ނުގުޅާ!.. އެކަމަކު  އެއްދުވަހަކު އިން މެސެޖް އެއް ކޮށްފަ  މެރީ ކުރަންވެގެންނޯ މިއުޅެނީ…”

އީމާ އެހެން ބުނުމާއި އެކު ޒޭން ފުންމައިގެން ކަހަލަ ގޮތަކަށް އެނދުން ތެދުވިއެވެ. ޒޭން ހުރީ ވަރަށް ހިތް ނުތަނަވަސް ވެފައެވެ. ގޮތް ހުސްވެފައެވެ. ” އޭ ކީކޭ؟ މެރީ ކުރަނީއޭ!.. ކާކާ؟”

” ލޫކަސް އާ…”

” ހޫމް މަށަށް އޭރުވެސް ހީވިއޭ ތިހެންހެން ތިކަންތަށް ނިމިގެން ދާނީ… ލޫކަސް އަހަރެންގެ އެހާ ގާތް ރަޙްމަތްތެރިއަކަށް ހުރެ އެވަރުގެ ކަމެއް ކީއްވެ ކުރީ؟.. އޭނަ އަށް އިނގޭނެ އަހަރެން ލަޔާދެކެ އިންތިހާއަށް ލޯބިވާކަން” ޒޭން ހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ. ބުރަކަށީގައި ދެއަތް ވިއްދާއިގެން ހުރެ ޒޭން އަށް އަނގައިން ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގެއެވެ.. ޒޭންގެ އަގައިން ބޭރުވި އެ ބަސްތަކުން އީމާގެ ހިތުގައި ބިންވަޅުނެގުނެވެ. އީމާއަށް އެވަގުތު އިހްސާސް ވީ އެކަނިވެރިކަމާއި ހިއްދަތިކަމެވެ.

” ޒޭން!.. ކީކޭ ތިކިޔަނީ؟.. ލަޔާލީ ދެކެ އިންތިހާޔަށް ލޯބިވެޔޭ! ދެން އަހަރެން މީ ކާކު އެހެންވިއްޔާ؟… ޒޭން ލަޔާލީ ދެކެ ލޯބިވާއިރު ކީއްވެ އަހަންނަށް ތިހާބޮޑު ދެރައެއް ތިދިނީ…. އަހަރެން ހީކުރީ ޒޭން ލޯބިވަނީ ހަމައެކަނި އަހަރެން ދެކެ ކަމަށް…” އީމާ ބޮލުގައި އަތް އަޅައި ރޯންފެށިއެވެ. ޒޭން އަށް ގޮތް ހުސްވިއެވެ. އެއްކޮޅުން އަބަދުވެސް އެމީހަކަށް ހިތް އެދި އެދި ހުރި ޒޭން އެންމެ ލޯބިވާ ލަޔާލީ އަނެއްކޮޅުން އެމީހަކާއެކީ ދިރިއުޅެން ގަސްދުކޮށްފައިވާ އީމާ،. ދާނޭ ދިމާލެއް ޒޭން އަކަށް ނޭނގުނެވެ. މަޑު މަޑުން އީމާގެ އަތުގައި ހިފާލިއެވެ. އީމާ އަތް ފޮޅާލިއެވެ. ޒޭން ހުރީ ގަނޑުވެފައެވެ. ބުނެވުނު އެއްޗަކުން އީމާގެ ހިތުގައި ޖެހުނުކަން އިހްސާސް ވުމުންނެވެ.

” އީމް!.. ޕްލީޒް.. ވާހަކަ ދައްކަބަލަ…. ” ޒޭން އީމާގެ ކޮނޑުގައި އަތްއަޅާލަމުން ބުންޏެވެ. ” ވާހަކަ ދެއްކުމުގެ ބޭނުމެއް އެބައޮތްތަ ޒޭން؟… އަހަރެން ދެކެ ލޯބިނުވާ މީހަކާ އެކީ ކިހިނެއް އަހަރެން…. ” އީމާގެ ވާހަަކަ ނުނިމެނީސް ޒޭން އީމާގެ އަނގަމަތީގައި އަތް އެޅިއެވެ. ” ޕްލީޒް…   ތިހެން ނުބުނޭ… ކާކުތަ ބުނީ އަހަރެން އީމް ދެކެ ލޯބި ނުވެއޭ… ” ޒޭން އެހެން ބުނަމުން އީމާ ގައިގަ ބައްދާލިއެވެ. އަދި މަޑުމަޑުން އެނދުގައި ބާއްވާލިއެވެ. ޒޭން ހަދަނީ ދޮގުކަން އީމާއަށް އިނގެއެވެ. ނަމަވެސް އީމާ ކޮންމެފަދަހާލެއްގައި އުޅެންޖެހުނު ކަމުގައިވިޔަސް  އޭނާގެ އަތުން ޒޭން ބީވެގެން ދާކަށް ބޭނުމެއްނުވެއެވެ.

” ދެން އެވާހަކަ ނުދައްކާ… ” ޒޭން އީމާ ކައިރީގައި އޮށޯވެ އޮވެގެން އީމާގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ.

” ޒޭން!.. އަހަރެން ޒޭން ދެކެ ވަރަށްބޮޑަށް ލޯބިވޭ.. އަހަންނާ ދުރަށް ނުދައްޗޭ! އަހަރެން މޮޔަވެދާނެ.. ޕްލީޒް..”

” ކިހިނެއް ދާނީ.. މިއުޅެނީ ދެމަހަށް ކޯހަކަށް ދާންޖެހޭތީ ލޮލަށް ނިންޖެއްވެސް ނައިސްގެން.. ދެން ކިހިނެއް…” ސަމާސާ ރާގަކަށް ޒޭން ބުނެލިއެވެ. އީމާއަށް ހެވުނެވެ. ޒޭންގެ ހިތަށް  ކޮންމެވެސް ވަރެއްގެ ހިންހަމަޖެހުމެއް ލިބުނު ކަހަލައެވެ..އިރުކޮޅެއް ވަންދެން ވާހަަކަ ދައްކަން އީމާގާތުގައި މަޑުކުރުމަށްފަހު ޒޭން ގެއަށް ދިޔައެވެ.

ނިދާލާނަމޭ ހިތާ ޒޭން އެނދަށް އަރައި އޮށޯވެލިއެވެ. ދެކޮޅޮ ދެކޮޅަށް އެނބުރި އެނބުރި އޮންނަތާ އިރުގަނޑެއް ވެއްޖެއެވެ. ހަމައެއްގޮތަކަށްވެސް ނިދޭ ގޮތެއް ނުވިއެވެ. ލޯ މަރާލާއިރަށް ފެންނަނީ ލަޔާލީި އެވެ. ވިސްނެނީ ލަޔާލީއާ ދޭތެރޭއެވެ. ލަޔާލީ ކައިވެނި ކުރަން އުޅޭވާހަކަ އީމާ ބުނި ވަގުތުން ފެށިގެން ޒޭންގެ ގެ ހިތުގައި ބައެއްފަހަރު ވިންދު ނުޖަހާހެންވެސް ހީވެއެވެ.  އެކިކަހަލަ އެއްޗެހިތަށް ޒޭންގެ ހިތަށް އަރައި ފައިބަމުން ދިޔައެވެ.

ޖެހިގެން އައިދުވަހެވެ.

ހެނދުނުގެ ވަގުތެވެ ހެނދުނުގެ ނާޝްތާ ތައްޔާރު ކުރުމަށްފަހު ލަޔާލީ ކޮޓަރިއަށް ވަދެ އެނދުގައި ނިދާފައި އޮތް ލޫކަސް އަށް ގޮވިއެވެ. ” ލޫކަސް.. އަދިވެސް ތެދުނުވަނީތަ؟ މިހާރު އެއޮށް ނުވައެއް ޖެހީ.. އަވަހަށް ތެދުވޭ!.. މިއަދު އެބަހުރި ކުރަންޖެހޭ ބައިވަރު މަސައްކަތްތައްވެސް ….” ލޫކަސްގެ މޫނުމަތީގައި އޮތް ބާލީސް އެއްފަރާތް ކޮށްލިއެވެ. ނިދާފައި އޮތް އިރު އެމޫނުން ނަޒަރު ވަކިކޮށްލާ ހިތެއް ލަޔާލީ ނުވިއެވެ. އެރީތި ސޫރައިން އޭނަގެ ހިތަށް ފިނިކަމެއް ގެނެސްދިންހެން ލަޔާލީ އަށް އިހްސާހްވިއެވެ. ކުޑަހިނދުކޮޅަކަށް ވިޔަސް ދުނިޔޭ އުސޫލުތައް މަތިން ލަޔާލީ ހަނދާންނެތިފައިވާ ކަލަހައެވެ.

” ހުމް.. އަދި އިރުކޮޅަކަށް ބާއްވަބަލަ ނިދަން ލަޔާ….” ކަންނެތް އަޑަކުން ލޫކަސް އެހެން ބުނުމުން ލަޔާލީ ލޫކަސް ގައިމަތީގައި އަޅާފައި އޮތް ރަޖާ ނަގައި އެއްލާލިއެވެ. އެވަގުތު ލޫކަސް ތެދުވެ އެނދުމަތީގައި ހުރި ބާލީސްތަށް ލަޔާލީއާ ދިމާއަށް އުކަންފެށިއެވެ. ލަޔާލީ ހެމުން ލޫކަސް އަށް ބަލަހައްޓައިގެން ހުއްޓެވެ. ލޫކަސް މަޑުމަޑުން ލަޔާލީއާ ދިމާއަށް އައެވެ. ލަޔާލީ ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ވަދެވުނީ ފާޙާނަތެރެއަށެވެ. ލޫކަސް ވަގުތުން އެތެރެއަށް ވަދެ ތަޅުލިއެވެ. މާގަޑު ލަޔާލީ އާއި ދިމާއަށް ދޫކޮށްލިއެވެ. ” އަޅެ ޕްލީޒް ތިހެން ނުހަދާ… ” ލަޔާލީ ތިހެން ނަުހަދާށޭ ބުނަމުން ދިޔައިރުވެސް ލޫކަސް ދިނީ  ބީރު ކަންފަތެކެވެ. ދެމީހުންވެސް ތެމިފޯވެއްޖެއެވެ. ދެމިގަންނަން އުޅުމުގެ ތެރޭގައި ލަޔާލީގެ ފައި ކަށްސާލިއެވެ. ހަމައެއާއެކު ލޫކަސް ލަޔާލީ އަތުގައި ހިފާފައި އޭނާއާ ދިމާއަށް ދަމައިގަތެވެ. އެވަގުތު ދެމީހުންގެ ހަތަރުކަޅިހަމަވިއެވެ. ލޫކަސް ލަޔާލީއާއި ގާތް ވެލިއެވެ.  ލަޔާލީ ބުރަކަށީގައި މަޑުމަޑުން އަތް ހިންގައިލިއެވެ. ލަޔާލީ ލަދުން އިސްޖަހައިލިއެވެ. ލޫކަސް ލަޔާލީ މޫނުގައި އޭނާގެ އަތުން ފިރުމާލުމާއެކު ލަޔާލީ ދުރަށް ޖެހިލިއެވެ. އަދި ނުކުމެގެން ދާން ހިނގައިގަތުުން ލޫކަސް އަށް ބޭއިޙްތިޔާރުގައި ބުނެވުނީ ”ސޮރީ” މިއެވެ.

ލޫކަސް އަށް ހީވީ އެވަގުތު މީހެއްގެ ހައްގަކަށް އަރައިގަންނަން އުޅެވުނު ހެންނެވެ. ލޫކަސް ލަޔާލީ ދެކެ ފުރަތަމަ ފެނުނު ދުވަހުން ފެށިގެންވެސް ވަރަށް ލޯބިވެއެވެ. ނަމަވެސް ލަޔާލީ އަކަށް މިކަމެއް ހާމައެއް ނުކުރެއެވެ. ހީވެފައި އޮންނަނީ ލަޔާލީ އަކީ އެހެންމީހެއްގެ ހައްގެއްގެ ގޮތުގައެވެ. ލޫކަސްގެ ކައިރީގައި ހުއްޓަސް  ލަޔާލީ  އަކީ  ޒޭންގެ  ހައްގެއްކަމަށެވެ.   މިއީ އަބަދުވެސް ލޫކަސްގެ ސިކުނޑީގައި ހަރުލާފައި އޮންނަ ކަމެކެވެ.

ޕާން ފޮށްޗެއްގައި ޖޭމް ހާކާލަމުން ލަޔާލީ ލޫކަސް އާއި ވާހަކަ ދައްކަމުން ދިޔައިރު ލޫކަސް އިނީ މުޅިން އެހެންކަމަކަށް ގެއްލިހުސްވެފައެވެ. ޚިޔާލުތަކުގެ ފުން ކަނޑުގެ ގަދަ އޮއެގެ ތެރޭގައި ބެހެމުން ދިޔަ ނަފުސު ހޭލައްވާލީ ލަޔާލީ ލޫކަސް އަށް ބާރަކަށް ގޮވާލުމުންނެވެ. އެވަގުތު ލޫކަސް އަށް ސިހުނެވެ.

” ލޫކަސް!.. ކިހިނެއްވެފަ؟ ކޮންކަމަކާ ތިވިސްނަނީ؟.. ” ލަޔާލީ އަހާލިއެވެ.

” މަންމަ ނިޔާވިތާ މިހާރު ދެ މަސްވީ….. މާލެއަށްދާން މިވިސްނަނީ މިއަންނަ ހަފްތާ ހޯމަދުވަހު… މަންމަ އަށްޓަކައި ލަޔާ ތި ވީ ޤުރުބާނީ އަހަރެން ދުވަހަކުވެސް ހިތުންފިލައިގެނެއް ނުދާނެ… މިއަދު އަހަރެން ލަޔާބުނި ކޮންމެކަމެއްވެސް ކޮށްދޭން ބޭނުން… ހުރިހާ އުފަލެއް ހޯދަދޭން ބޭނުން.. އެކަމަކު އަހަންނާއެކީ ލަޔާއަށް އޮތީ ކޮން އުފަލެއް؟.. މަންމައަށްޓަކައި އަހަންނާ ކައިވެނިކުރަން ޖެހުނުނަމަވެސް އަހަރެން މިހާރު ބޭނުމެއްނޫން….” ލޫކަސްގެ ވާހަކަ ނުނިމެނީސް ލަޔާލީ ވާހަކަ ދަށްކަންފެއްޓިއެވެ. ” ކީކޭ ތިކިޔަނީ؟.. ލޫކަސް އަށް އެބައިނގޭތަ ތިކިޔޭ އެއްޗެއް؟.. ކޮންމެގޮތަކަށް ކައިވެނި ކުރަންޖެހުނަސް އަހަރެން ލޫކަސް އާ އިނީ ހަމަ އިންނަން ބޭނުންވެގެން..” ލަޔާލީ ގޮނޑީގައި އިށީންނަމުން ބުނެލިއެވެ.

” އެކަމަކު މިއީ ދިރިއުޅުމެއްތަ؟… ލަޔާ އަހަރެންދެކެ ލޯބިވަނީ ކީއެއްވެސް ނޫނެއްނު….  އަހަންނާހެދި ލަޔާ ވަޒީފާއިން ވަކިވެގެން މިރަށުގައި ތިއުޅެނީ… އަހަރެން ބޭނުންވަނީ ލަޔާ އަނބުރާ ވަޒީފާއަށް ނުކުންނަން…”

” ހީވަނީ އަހަންނާ ހެދި ލޫކަސް އަށް ވަރަށް އުނދަގޫވާހެން..” ދެރަވެފައިހުރެ ލަޔާލީ ލޫކަސް އަށް ބުންޏެވެ. ” ނޫ… އަހަ… ލަޔާ….. ދެން ތިވާހަކަ ނުދައްކާ.. ސައިބޯން ވީނު..”  ލޫކަސް އޭނާގެ ހިތުގެ އުދާސްތަށް ލަޔާލީއަށް ކިތަށްމެވަރަކަށްވެސް ކިޔައިދޭން މަސައްކަތް ކުރިނަމަވެސް  އޭނަގެ ދޫ އެކަމަށް އެއްބާރުލުމެއް ނުދިނެވެ.\

ފިހާރައިން ފުރުޓް ކޮޅެއް ގަނެގެން ނުކުތްތަނާ ކުރިމައްޗައް އައިސް ހުއްޓުނީ އީމާއެވެ. ” ލަޔާ!.. ކޮންތާކު އުޅެފަ ތިއައީ؟.. ކޮބާ ލޫކަސް؟ މިހާރު މެރީ ކުރީތަ؟ ..”

” އެއްފަހަރާ ހާދަ ގިނަ ސުވާލުތަކެއް ތިކުރީ؟ އާން… މެރީ ކޮށްގެން އުޅެނީ… މާލެއަށް އައިތާ މިއަދުމީ ދެވަނަ ދުވަސް .. ލޫކަސް ގޮއްސި އެއަރޕޯޓަށް ރައްޓެއްސަކު ފުރުވަންވެގެން.. ކޮބާ ޒޭން؟ “‘ ލަޔާލީ އެހެން އަހާލުމުން އީމާ ހިންހަމަނުޖެހުނެވެ. ނަމަވެސް އެކަން ސިއްރު ކުރިއެވެ.

” ޒޭން ވީ ކޯހަކަށް ގޮސް ދެމަސް ދުވަސް ނަގާނެ..”

”އެހެންތަ؟ ދެން މެރީ ކުރަނީ ކޮންއިރަކު؟..” ލަޔާލީ އަހާލިއެވެ.

” ވަރަށް އަވަހަށް…. ޒޭން ކޯސްނިންމާފައި މާލެއަށް އައުމުން އެކަމާ ވާހަކަ ދައްކަން މިތިބެނީ މަންމަމެން ގާތު…… ” އީމާ ބުނެލިއެވެ. ލަޔާލީ އަށް ލަސްވާތީ ހިނިތުން ވުމަކާއެކު އީމާގެ ކޮނޑުގައި އަތް އަޅާލަމުން ދަނީ އޭ ބުނެފައި ގެއާ ދިމާއަށް ދާން ހިނގައިގަތެވެ. ލަޔާލީ އެހާ ހަމަޖެހިފައި ހުރިތަން ފެނުމުން އީމާ ވަރަށް ހައިރާންވިއެވެ. އަހަރެން ޒޭން އާ ކައިވެނި ކުރަން އުޅޭވަހަކަ ބުނުމުން  ލަޔާލީ އެއްޗެކޭ ނުބުނީ ކޭއްވެބާއެވެ. އެހެންނޫނީ އެ ހިނިތުންވުމުގައި ސިއްރެއް ފޮރުވިފައި ވަނީބާއެވެ. އީމާ ހިތަށްއަރަމުން ދިޔައެވެ.

” ކާކު؟ ” ފަހަތުން މޫނުމަތީގައި މީހަކު އަތް އަޅާލުމުން ހިސާބަކަށް ބާރަށް އީމާއަށް ބުނެވުނެވެ.

” ހޫމް… މީ މަށޭ … .. ” އީމާ ވަގުތުން ފަހަތަށް އެނބުރުނެވެ.  އޭރު ނާހިލް ހުރީ އީމާގެ ކުރިމަތީގައެވެ. ” ނަ.. ނަ… ނާހިލް..”  އީމާ ހުރީ ހައިރާންވެފައެވެ.

 

– ނުނިމޭ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shiya

Level 110 Stories100 Login

Other Articles

Previous

އިންތިހާޔަށް (14ވަނަ ބައި)

Next

ޢަޞްރު (ތެއްތިރީސްވަނަ ބައި)

Next
January 17, 2017

ޢަޞްރު (ތެއްތިރީސްވަނަ ބައި)

Previews
January 16, 2017

އިންތިހާޔަށް (14ވަނަ ބައި)

12 Comments!

  1. Anonymous says:
    January 16, 2017 at 6:18 pm

    Muki mi

  2. Hawwooo....?? says:
    January 16, 2017 at 6:57 pm

    Hehehe muikkey…

  3. Vishaa says:
    January 16, 2017 at 7:12 pm

    Ehaa dhuvaskofa haaadha kuda thankolhekey kiyaaa hives kedijjje

  4. Xenn says:
    January 16, 2017 at 8:05 pm

    Vaahakaage part thah hoadhan kihineh hadhan jeheynii..

  5. Anonymous says:
    January 16, 2017 at 8:43 pm

    V reeti ekamu maakuru

  6. Shiya says:
    January 16, 2017 at 8:58 pm

    Next part dhigukollaanan ?

  7. Aisha says:
    January 16, 2017 at 9:14 pm

    V reethi. Kiyan indha nimunu iru ves neygey alhe next part thankolhe dhigu koh genes dhechey.

  8. nathaa says:
    January 16, 2017 at 9:24 pm

    nice. avaha aneh part neredheche.

  9. Aan says:
    January 17, 2017 at 8:14 am

    vv reethi. ekam maakuree

  10. Rsy says:
    January 17, 2017 at 1:05 pm

    Pls pls avaskolachay…
    VVVVVVVVVVVVVVVV REETHI…..
    Aluk and layali pls

  11. Zain says:
    January 17, 2017 at 10:13 pm

    Amoa miyakee

    1. ?? says:
      January 17, 2017 at 10:34 pm

      ???

Comments are closed.

Next Episodeވަފާތެރި މަވީމޭ…6←


All Right Reserved!