Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މަލަކާ (19ވަނަ ބައި)

Saandy
January 17, 2017
8 Mins Read
58 Views
32 Comments

ޕާޓީގެ ހަލަބޮލިކަމުގެ ތެރޭގައި ދުރުގައިހުރި ގޮނޑިއެއްގައި އިން މާއިންގެ ނަޒަރު ހުއްޓިފައި ހުރީ ދުރުގައިހުރި ޖުމާނާއަށެވެ. ރައްޓެހި ކުދިން އެއްކޮށްގެން އެކި ގޮތްގޮތަށް ސެލްފީ ނަގަމުން ދިޔައިރު ދުނިޔޭގައި ހިނގަމުންދާ އެއްވެސް ކަމަކާމެދު އޭނާގެ ވިސްނުމެއް ނެތްކަން އެނގެއެވެ. ޕާޓީއަށް އައިސްތިބި ގިނަ ބައެއްގެ ނަޒަރު އޭނާއަށް އަމާޒުވެފައިވާއިރުވެސް އެކަމާ އޭނާގެ ފަރުވާލެއް ނެތެވެ. މި އުފާވެރި މާހައުލުގައި ފޮޓޯ ނަގަންހުރި ޖުމާނާ ސިހުނީ ކުއްލިއަކަށް މީހަކު އޭނާގެ އަތުގައި ހިފާ ދަމައިގަތުމުންނެވެ.

“އާހް… އިޒް! މަގޭ ފޯނޭ އެ ވެއްޓުނީ. ކިހިނެއްވެގެންތަ ތިއުޅެނީ؟ އައްދޯއި. ތަދުވެއޭ. އަތުން ދޫކޮށްލަބަލަ.” ޖުމާނާއަށް ލިބުނު ސިހުމާއެކުގައި ބަލާލެވުނުއިރު އިޒްޔާން ފެނިފައި ޖުމާނާގެ ދެލޯ ބޮޑުވިއެވެ. ރުޅިއައިސް ރަތްވެފައިހުރި އިޒްޔާން މިރޭ ފެނުނު ކޮންމެ މީހަކުވެސް ސިހޭނެކަން ޔަޤީނެވެ. އެދެލޮލުން އަލިފާން ކަނި ބުރަބުރާ ހުރިއިރު މޫނު ހީވަނީ ރަތް ލޭގަނޑެއްހެންނެވެ. ދެބުމަ ގޮށްޖަހާލައިގެން އެދިޔަގޮތަށް ޖުމާނާ ގޮވައިގެން އިޒްޔާން ދިޔައީ ޕާޓީ އޮތް ހޯލާއި ދުރުގައި އޮތް ކުޑަކުދިންގެ ޕާކަށެވެ. މިތަން ފެނިފައި މާއިން ތެދުވެ އެދިމާލަށް ހިނގައިގަތެވެ. އިޒްޔާން ހުރިގޮތުން ކޮންމެވެސް ކަމެއް ހިނގައިފިކަން މާއިންއަށް ވިސްނުނެވެ.

އިޒްޔާން އެދިޔަ ގޮތަށްގޮސް ޖުމާނާ ހޫރުވާލިއެވެ. ޖެހުނުލެއް ބާރުކަމުން ޖުމާނާއަށް ވަރަށް ތަދުވިއެވެ. ވީ ތަދަށްވުރެ ޖުމާނާ ގާތަށް އައި ރުޅި ވަކިން ބޮޑެވެ. ވީގޮތެއްވެސް ނުބުނެ އައިސް އެފަދަ ދަށު ދަރަޖައިގެ އަމަލެއް ހިންގީތީއެވެ.

“އަނެއްކާވެސް ގޮސް މަލަކާއާ ދިމާލަށް ތި އެތިވަރު ގޮވާލީ އަދިވެސް ޖުމްމަގެ ހިތް ނުފުރެނީ ދޯ؟” އިޒްޔާން ރުޅިވެރިކަމާއެކު ބުނެލިއެވެ. ޖުމާނާ ގާތަށް އައިސްފައިވާ ރުޅީގައި އެއްޗެއް ބުނަން ތެދުވެ ތެދުވެ ހުއްޓާ އިޒްޔާން ދެއްކި ވާހަކައިން ޖުމާނާއަށް ލިބުނީ އިތުރު ހައިރާންކަމެކެވެ. މަލަކާއަކީ އޭނާ ދަންނަ ކުއްޖެއްވެސް ނޫނެވެ. އެހެންވީއިރު އޭނާ ގޮސް އެބުނާ މަލަކާއަކާ ދިމާލަށް ކިޔޭނެ އެއްޗެއް އޮންނާނެ ހެއްޔެވެ؟

“މަލަކާއޭ!! ކޮން މަލަކާއެއް!!؟ އިޒް ތިހުރީ ހަމަހޭގަތަ؟” ޖުމާނާ ހައިރާންކަމާއެކު އަހާލިއެވެ.

“އާނ މަލަކާ. މަލަކާ. ނޭނގުނު ދޯ؟ ޖުމްމަ ކުރީ ދުވަހު ނޯކަރެކޭ ކިޔައިގެން ލަދުގަންނަވާލި އަންހެންކުއްޖާ. މިހާރު އެނގިއްޖެތަ؟” އިޒްޔާން ގާތަށް އައިސްފައިވާ ރުޅީގައި ކުރިއަށް ފިޔަވަޅެއް އަޅަމުން ބުނެލިއެވެ.

“އެއީ އާޝިޔާއެއްނު. އާޝިޔާ ކުއްލިއަކަށް މަލަކާއަށްވީ ކިހިނެއް؟” ޖުމާނާ ހައިރާންވެފައި އަހާލިއެވެ.

“ޖުމްމަ ނުޖެހެއޭ ތިހުރިހާ އެއްޗެއް ބަލާކަށް. އަހަރެން މިއަހަނީ ޖުމްމަ ފަހުން ގޮސް ކީކޭހޭ ކީ؟” އިޒްޔާން ތަންކޮޅެއް ބާރަށް އެހެން ބުނެލި ވަގުތު އެދޭތެރެއަށް މާއިން އައިސް ވަނެވެ.

“އިޒް! ދުރުގަ ހުރެގެންވެސް ވާހަކަދެއްކޭނެ.” މާއިން ފެނިފައި ޖުމާނާ ހައިރާންވިއެވެ.

“މިއީ އަހަރެންނާ ޖުމްމައާ ދެމީހުންގެ ކަމެއް. މިދޭތެރެއަށް މާއިން ނުވަނިއްޔާ ރަނގަޅުވާނީ.” އިޒްޔާންއަށް ރައްދުދޭން އުޅެނިކޮށް ޖުމާނާ މާއިން ހުއްޓުވިއެވެ. އެތަނުން ދުރަށް ދިއުމަށް ބުނުމުން މާއިން ދުރަށް ޖެހިލިއެވެ.

“އަހަރެން ބުނި އެއްޗެއް ބުނީ އާޝިޔާއަށް ވިސްނައިދޭން. އިޒްއާ އާޝިޔާއަކާ އެކަށީގެން ނުވާކަން އަހަރެން އަންގައިދިނީ.” ޖުމާނާގެ ވާހަކަތައް އަޑުއަހާފައި އިޒްޔާންގެ ރުޅިގަނޑު އިހުނަށްވުރެ ގަދަވިއެވެ.

“ޖުމްމައަކަށް ނުޖެހޭނެ މަލަކާއަށް ވިސްނައިދޭކަށް. ޖުމްމަ ހީކޮށްގެން ތިހުރީ ތިކުރެވުނީ ވަރަށް މޮޅުކަމެއް ކަމަށްދޯ؟ ޖުމްމަ ކީއްކުރަން؟ މިދުނިޔޭގެ އެއްވެސް ބާރަކަށް އަހަރެންނާ މަލަކާއަކާ ވަތްކެއް ނުކުރެވޭނެ. އެނގިއްޖެތަ؟” ޖުމާނާގެ އަތު މުލައްދަނޑީގައި ހިފާލަމުން އިޒްޔާން ބުނެލިއެވެ.

“އަދި އެއްވާހަކަ. އަހަރެން ލޯބިވަނީ ހަމައެކަނި މަލަކާދެކެ. އަދި މެރީކުރާނީވެސް ހަމައެކަނި މަލަކާއާ.” ޖުމާނާގެ އަތުން ދޫކޮށްލަމުން އިޒްޔާން ހިނގައިގަތެވެ. ޖުމާނާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މީގެ ކުރިން އޭނާއަށް ނޭނގޭ ހަޤީޤަތެއް އެނގިގެން ދިޔައިރު އޭނާގެ ހިތް ކުދިކުދިވެއްޖެއެވެ. ތަންކޮޅަކަށް ގޮސްފައި އިޒްޔާން ފަސްއެނބުރި ބަލާލި ވަގުތު ޖުމާނާއަށް ނޭވާ ހިފަހައްޓާލެވުނެވެ.

“އަހަރެން ދެކުނީ ޖުމްމަ ތީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގަ. އެކަމަކު މިއަދު ޖުމްމަ ތިކުރީ ދުޝްމަނަކުވެސް ނުކުރާވަރުގެ ދަށު ދަރަޖައިގެ އަމަލެއް. އަހަރެން ދުވަހަކުވެސް ޖުމްމައަކަށް މާފެއް ނުކުރާނަން.” އިޒްޔާންގެ ކޮންމެ ޖުމްލައެއް ވިހަގަދަ ތީރެއްހެން ޖުމާނާގެ ހިތަށް ހެރިގެންދިޔައެވެ. އެހިތަށް ކުރި އަސަރަކުން ވަގުތުން ދެލޯ ފުރިގެންއައެވެ. އިޒްޔާންދެކެ އޭނާ ވީލޯބި ހާމަކޮށްނުދެވިގެން އުޅެނިކޮށް އިޒްޔާން އެދިޔައީ އެދެމެދުގައިވާ ރަހުމަތްތެރިކަމުގެ ގުޅުންވެސް ކަނޑާލާފައެވެ. ޖުމާނާއަށް އެއިންތަނަށް ތިރިވެވުނެވެ. ކޮޅުކަކުލަށް ތިރިވުމަށްފަހު އަޑުގެ ކޮޅަށް ރޯންފެށިއެވެ. މިރޭ އޭނާ ބޭނުންވަނީ ހިތް ފުރެންދެން ރޯށެވެ. އިޒްޔާން އޭނާގެ ހަޔާތުން ގެއްލި ދިޔައީއެވެ. ޖުމާނާ ރޯތަން ފެނި މާއިން އަވަސްއަވަހަށް ގޮސް ޖުމާނާ ނަގަން މަސައްކަތްކުރިއެވެ. ނަމަވެސް ޖުމާނާ އިންތަނުން ގުޑާވެސްނުލިއެވެ. އެހެންކަމުން މާއިން ޖުމާނާ ގާތުގައި އިށީނދެ އޭނާއާ ޖުމާނާ ގާތްކޮށްލީ ލޯތްބާއެކުގައެވެ. ޖުމާނާ އިނީ މިފަދަ އޯގާތެރިކަމަކަށް ނުހަނު ބޭނުންވެފައެވެ.

“ޖުމްމާ! ތިހެން ނުރޮއިބަލަ. އިޒް ނެތަސް އަހަރެން މިހުރީ ޖުމްމަގެ ޚިދުމަތުގަ. ޖުމްމަ ބޭނުން ވަރަކަށް ލޯބިދޭން.” މާއިންއަށް އޭނާގެ ހިތުގެ އަޑު އިއްވާލެވުނީ ބޭއިޚްތިޔާރުގައެވެ. ޖުމާނާ އިން ހާލު ފެނި އެހިތަށް ކެތްނުވީއެވެ. މާއިން އޭނާގެ ހިތުގެ ހާލަތު ބުނެދިންއިރު ޖުމާނާ އިނީ އެއަޑު އެހޭފަދަ ހާލަތެއްގައެއް ނޫނެވެ.

“ކޮންތާކުން ތިއައީ؟ ހާދަ ހޯދައިފީމޭ.” އިޒްޔާން ޕާޓީ އޮތް ހޯލަށް ވަތްތަނުން ލޫތުއާ ދިމާވިއެވެ. ލޫތުގެ ވާހަކަ އަޑު އިވޭކަމަށްވެސް ނުހަދާ އިޒްޔާން ގޮސް ހުއްޓުނީ އަޒްފާ ގާތުގައެވެ.

“މޯމް! އިޒް ބޭނުން މެރީކުރަން.” ކުއްލިއަކަށް އިޒްޔާން އައިސް ބުނެލި ވާހަކައިން އަޒްފާއަށް ހުރެވުނީ ބުނާނެ އެއްޗެއް ނުވިސްނިފައެވެ.

“ކީކޭ؟ މެރީ ކުރަންނޭ؟” ޔަޤީންނުވެފައި އަޒްފާ އަހާލިއެވެ.

“ހޫމް. މެރީކުރަން.” އިޒްޔާން ހުރީ ކޮން ވިސްނުމެއްގައިކަމެއް ނޭނގެއެވެ. އޭނާއަށް ވާނެނަމަ މިހާރު މިވަގުތުވެސް މަލަކާ އޭނާގެ އަނތްބަކަށް ހެދީހެވެ.

“އާޝިޔާއާތަ؟” އަޒްފާ އަހާލިއެވެ.

“ހޫމް. އާޝިޔާއާ. އިޒް ވަރަށް ލޯބިވޭ މަލަކާދެކެ. މިބުނީ އާޝިޔާއަކީ އިޒްގެ މަލަކާއޭ. މޯމްއާ ޑޭޑްގެ ކޮންމެ ނިންމުމަކަށް އިޒް ކިޔަމަންވާނަން. އެކަމަކު މަލަކާ ފިޔަވައި އެހެން ކުއްޖެއް އިޒްގެ ހަޔާތަކަށް ނާންނާނެ.” އިޒްޔާން ނިންމީ މިރޭ ހުރިހާ ވާހަކައެއް އަޒްފާއަށް ކިޔައިދޭށެވެ. ނުނީ ވަގުތު ފާއިތުވާއިރުވެސް ދެން އޮންނާނީ ކިޔައިނުދެވިފައެވެ.

“ޔާން! މަންމަ ކުރީ ދުވަހު އަޑުއެހިން އާޝިޔާއާ ދަރިފުޅާ ދެއްކި ވާހަކަ. މަންމަ ދެކޭ ގޮތުގަ ކައިވެނިކުރުމުގެ ކުރިން އެނގެންޖެހޭ ކަމެއް އޮތިއްޔާ އެނގެންވާނެ. ތިކުދިން މަންމައަށް ސިއްރުކޮށްގެން ތިއުޅޭ ކަންތައްތައް އެނގުނީމަ މަންމައަށް އެނގޭނީ ތިކަމަށް ބުނާނެ އެއްޗެއް.” އަޒްފާ އޭނާގެ އާދައިގެ މަތިން ޖެހިލުމެއްނެތި އޭނާގެ ދަރިފުޅާ ހުރިހާ ވާހަކައެއް ހިއްސާކޮށްލިއެވެ. އޭނާ ދެކޭ ގޮތުގައި ދަރިންނާ މައިންބަފައިންގެ މެދުގައި ހިއްސާނުކުރެވޭނެ ވާހަކައެއް އޮވެގެން ނުވާނެއެވެ. އެކުދިންގެ ސިއްރު ސިއްރެއްގެ ގޮތުގައި އޮންނާނީވެސް މައިންބަފައިންނާ ހިއްސާކުރުމުންނެވެ.

“މާލެ ދެވުނުހާ އަވަހަކަށް އިޒް މޯމްއަށް އެވާހަކަ ކިޔައިދޭނަން. އުންމީދުކުރަން މޯމްއަށް ވިސްނޭނެކަމަށް.” އިޒްޔާން އޭނާގެ މަންމައާ ވާހަކަދައްކަން ހުރިއިރު ދުރުގައި ލޫތުއާއި މިލީ ތިއްބެވެ. އެދެމީހުންވެސް ތިބީ ކަންތައް ވަމުންދާގޮތުން ހިތްދަތިވެފައެވެ. އިޒްޔާން ދިޔަގޮތަށް ގޮސް ސައިކަލަށް އަރާ ދުއްވާލިއެވެ. ދުއްވާ ދުއްވާ ވަރުބަލިވިއިރުވެސް އިޒްޔާންއަށް އޭނާ ދާނެ މަންޒިލެއް ނުވިސްނުނެވެ. އެތައްއިރަކު ދުއްވުމަށްފަހު އިޒްޔާން ސައިކަލުގައި ގޮސް މަޑުކޮށްލީ ބަނދަރުގެ ކޮޅު ތޮށްޓާއި ހަމައިގައެވެ. ސައިކަލުން ފައިބައިގެން ގޮސް ތޮށިމަތީ ޖައްސާލީ ހިތަށް ލިބިފައިވާ ނުތަނަވަސްކަމަށް ލުޔެއް ލިބޭތޯއެވެ. އިޒްޔާންގެ މަންމަގެ ވާހަކަތަކާމެދު އޭނާ ކުޑަކޮށް ވިސްނާލިއެވެ. އެހަޤީޤަތަކީ ކިތަންމެ ސިއްރުކުރަން ބޭނުން ހަޤީޤަތަކަށްވިޔަސް އެކަން އޭނާގެ މަންމައަށް އެނގެންޖެހޭނެކަމަށް އޭނާ ޤަބޫލުކުރެއެވެ. އޭނާގެ މައިންބަފައިން ކޮންމެ ގޮތަކަށް ނިންމިނަމަވެސް އެނިންމުމެއް އޭނާ ހިތުގެ އަޑިން ޤަބޫލުކުރާނެއެވެ.

ފަތިހުގެ ފިނިކަން ކެނޑި އިރުގެ ހޫނުކަން ދުނިޔެއަށް މަރުހަބާކީވެސް އިޒްޔާން އެގޮތަށް އެތާނގައި އިންދައެވެ. މިއަދު އަނެއްކާވެސް އޭނާގެ ހިތް މާޔޫސްވެއްޖެއެވެ. މިފަހަރުވެސް އޭނާ ދެކެމުން އައި ރީތި ހުވަފެންތަކުގައި ކުލަ ނުޖެހި އޮޔާދިޔައީ އޭނާއަށް އެނގުމެއްނުވާ ހާލުގައެވެ. މިއަދު އޭނާގެ ހިތްވަނީ މަލަކާއާމެދު ޝަކުވާއިން ފުރިފައެވެ. ކުރިންވެސް މަލަކާއާ އޭނާ ވަކިވާން ޖެހުނީ މަލަކާގެ ސަބަބުންނެވެ. މިފަހަރުވެސް މަލަކާ އޭނާއާ ވަކިވީ އޭނާގެ ކޮން ކުށެއް އޮވެގެން ހެއްޔެވެ؟ އޭނާއަށް މަލަކާދެކެ އިންތިހާއަށް ލޯބިވުން އެއީ އޭނާއަށް ކުރެވުނު ކުށަކަށްވާނަމަ އެކުށް އޭނާއަށް ކުރެވިއްޖެއެވެ.

“އިޒް! ގެއަށް ނުގޮސް މިތާ ތިއިނީ؟ ހިނގާ ގެއަށް ދާން.” ފަހަތުން އާލިމްގެ އަޑު އިވިފައި އިޒްޔާން ފަސްއެނބުރި ބަލާލިއެވެ. އެދެލޮލުގައިވާ ރަތްކަން ފެނި އާލިމްގެ ހިތްވެސް ތެޅިލިއެވެ. މިގޮތުގައި ކިތައް ރޭ އިޒްޔާން ހޭދަކޮށްފި ހެއްޔެވެ؟ ނަމަވެސް އެކަން އެނގެނީ ކާކަށް ހެއްޔެވެ؟ ދުނިޔޭގައި ހުއްޓަސް މިހާރު އިޒްޔާންގެ ހިތުގައި އެއްވެސް އުންމީދެއް ނެތެވެ.

“އާލިމް ދޭ. އަހަރެން ދާނަން ފަހުން.” ދިއުމުގެ ބަދަލުގައި އާލިމް އިޒްޔާންގެ ގާތުގައި އިށީނެވެ. އޭނާ ބޭނުންވީ އިޒްޔާންއާއެކު ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. އާލިމް ދެއްކީ ކުރީ ފަހަރު އިޒްޔާން އައިސް އުޅުނުއިރު ފީނަން ދިޔަ ދުވަހުގެ މަޖާ ވާހަކަތަކެވެ. އެހާދިސާއާ ބެހޭގޮތުން ވާހަކަދައްކަން އިންނަތާ އިރުކޮޅެއްނުވެ ޝިޒާންއާއެކު އެހެން އެކުވެރިންވެސް އައެވެ. އެންމެން އެއްވުމުން މަޖާ ޟާހައުލަކަށް އެތަންވިއެވެ. އެންމެންގެ މަޖާ ވާހަކަތަކުން ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އިޒްޔާންއަށް މަލަކާގެ ހަނދާންތަކާ ދުރުވެވުނެވެ. އެންމެން ނިންމީ އިޒްޔާން ފުރުމުގެ ކުރިން އެކަހަލަ ދަތުރެއް ކޮށްލާށެވެ. މުޅި ދުވަސް އިޒްޔާން ހޭދަކުރީ އޭނާގެ ރައްޓެހިންނާއެކުގައެވެ. ރޭގަނޑު ނިދަންވެސް އިޒްޔާން ގެއަކަށް ނާދެއެވެ.

ހަފްތާއެއް ފާއިތުވެގެން ދިޔައިރު އިޒްޔާންއާއި މަލަކާ އެންމެ ފަހަރަކުވެސް ދިމާވެފައެއް ނުވެއެވެ. އިޒްޔާން އުޅެމުން ދިޔައީ އޭނާގެ މާމަ ގޭގައެވެ. އޭނާ ދެކޭ ގޮތުގައި އެއްގެއެއްގައި އުޅުމުން މަލަކާއާ ދިމާނުވެއެއް ނުދާނެއެވެ. އެއީ މަލަކާ ބޭނުންވާ ގޮތް ނޫންކަން ސާފު ބަހުން ވަނީ ބުނެފައެވެ. އެހެންވީއިރު އޭނާގެ ފުރާނަ ދިޔަޔަސް މަލަކާ އެދޭގޮތަށް އޭނާ ކަންތައް ކުރާނެއެވެ.

“ކޮބާ އެންމެން ހަމަވީތަ؟ ދާންވީނު؟” ފަޔާޒް ކާރުން ފައިބަމުން ގޭ ދޮރުމަތީގައިހުރީ އަޒްފާއާ ސުވާލުކޮށްލިއެވެ. އޭރު މަލަކާ އީނާއާއި ރީނާގެ އަތުގައި ހިފާލައިގެން ދޮރޯށިން ނުކުންނަނީއެވެ.

“ޔާންއަށް ގުޅައިފިން. އޭނަ ބުނީ އަދި ދުވަސްކޮޅަކު މިކޮޅުގަ މަޑުކޮށްލާފަޔޯ ދާނީ.” އަޒްފާ ކާރަށް އަރަމުން ބުންޏެވެ.

“އެކީއްކުރަން މިކޮޅުގަ މަޑުކުރަނީ؟ އޭނަ މިކޮޅުގަ މަޑުކުރަންޏާ މަސައްކަތަށް ބުރޫ އަރާނެ. އަޒްފާ އޭނާއަށް ގުޅާފަ ބުނޭ އަންނާށޭ! ޓިކެޓްވެސް ނަގާފަ މިއޮތީ.” އެންމެން އެރުމުން ފަޔާޒް ކާރު ދުއްވާލިއެވެ. އެއާރޕޯޓަށް ދެވުމުން އަޒްފާ އިޒްޔާންއަށް ގުޅާލިއެވެ. އިރުކޮޅަކު ރިންގުވުމަށްފަހު އެކޮޅުން “ހެލޯ”އޭ ބުނެލިއެވެ. އަޒްފާ އިޒްޔާންއަށް އޭނާގެ ބައްޕަގެ އެންގުން އިއްވާލުމުން “މިދަނީ”އޭ ބުނެ އިޒްޔާން ފޯނު ކަނޑާލިއެވެ. އިޒްޔާން ފުން ނޭވައެއް ދޫކޮށްލިއެވެ. އަދި ވިސްނާލިއެވެ. މިއަދު އޭނާގެ ބައްޕައަށް އޭނާގެ އެހީތެރިކަން ބޭނުންވި ވަގުތު އޭނާ އެކަމަށް ފުރަގަސްދީގެން ނުވާނެއެވެ.

ދަބަސް ކޮނޑުގައި އަޅުވާލައިގެން އައި އިޒްޔާން ފެނުމުން މަލަކާގެ ހިތް ތެޅިލިއެވެ. މިއަދު އިޒްޔާން ފެންނަނީ މީގެ އަހަރުތަކެއް ކުރިން އޭނާއަށް ފެނުނު އިޒްޔާންގެ ސިފައިގައެވެ. އެހާވެސް ބޮޑަށް އިޒްޔާން ހުރީ ހިކިފައެވެ. ބޮޑު ރީތި މޫނުންވެސް ވަނީ ފެން ދަމާލާފައެވެ. މިކޮޅަށް އައިފަހުން ތުނބުޅިވެސް ބޭލިހެނެއް ހިއެއްނުވެއެވެ. އިޒްޔާންއަށް ބަލާލި ކޮންމެ މީހަކަށްވެސް މަލަކާއާ ވަކިވުމުން އޭނާ ކޮށްފައިވާ ހިތާމަ އެނގިގެންދާނެއެވެ.

“ސޮރީ މަލަކާ. އަހަރެންނަށް އިތުރު ގޮތެއް ނެތީ.” އިޒްޔާން ހިތާހިތާ ކިޔާލިއެވެ. އިޒްޔާން ހުރީ އަވި އައިނު އަޅައިގެންނެވެ. އެދެލޮލުގައިވާ ރިހުން އެކަކަށްވެސް ފެންނާކަށް އޭނާ ބޭނުމެއްނުވެއެވެ. އެހިތް ކުދިކުދިވެފައިވާ ހާލުވެސް އިޒްޔާން އަޒްފާއާ ކުރިމަތިލީ ހިނިތުންވެފައިވާ މޫނަކައިގެންނެވެ. އަޒްފާ ހުރީ އިޒްޔާންއަށް ބަލަހައްޓައިގެންނެވެ. އިޒްޔާން ހިކިފައި ހުރިވަރު ފެނި އެހިތަށް ވަރަށް އަސަރުކުރިއެވެ. ނަމަވެސް އެކަން އޭނާގެ މޫނުމަތިން ނާންގާ ވޭތޯ ބެލިއެވެ.

“މޯމް މިއީ އެހަޤީޤަތަކީ. މިފޮތް ކިޔާ ނިންމާފަ މޯމް ނިންމާ ގޮތެއް އަންގާލަދީ.” އިޒްޔާން ފޮތް ހަވާލުކޮށްފައި ދިއުމުން އަޒްފާ އެފޮތަށް ބަލާލިއެވެ. އެވަގުތު އޭނާގެ ދެލޯ ކަރުނުން ފުރިގެން ދިޔައެވެ.

މާލެ އައިސް އިޒްޔާން ބަދަލުވީ އޭނާގެ ބައްޕަގެ ހޮޓެލަށެވެ. ފަސްބުރީގެ އެބޮޑު ހޮޓެލްގައި އިޒްޔާންއަށް ޚާއްސަ ކޮޓަރިއެއް ހުރެއެވެ. އެއީ މީގެކުރިން އިޒްޔާންގެ ބައްޕަ ފަޔާޒް އުޅެމުން އައި ކޮޓަރިއެވެ. އިޒްޔާން އެއްޗެހި ބަދަލުކޮށްލައިގެން އޮށޯވެލީ ނިދާލާށެވެ. މީގެ ކުޑައިރުކޮޅެއް ކުރިން އޭނާގެ ޚާއްސަ ޑޮކްޓަރަށް ގުޅައިގެން ގެނެސް އިންޖެކްޝަނެއް ޖަހަން ޖެހުނީ ބޮލުގައި އަޅަމުންދާ ވޭނަށް ކެތްނުކުރެވިގެންނެވެ. އިޒްޔާން ދެލޯ މަރާލި ވަގުތު ކުރިމަތިން ސިފަވީ މަލަކާގެ އެރީތި ސޫރައެވެ. އެވަގުތު ހިތަށް ލިބިގެންދިޔައީ އިތުރު ވޭނެކެވެ. ނިދިނިދި އޮތް އިޒްޔާންގެ ލޮލުން ފައިބައިގެން ފިޔަ ކަރުނަތައް ބާލީހަށް އޮބިގެންދިޔައެވެ. ހިތް އެދެމުންދަނީ އެލޯތްބަށެވެ. މަލަކާއާނުލާ ދިރިއުޅުން މިއަދު އޭނާއަށް ވަނީ ވޭނަކަށްވެފައެވެ. ހިތްހަމަޖެހިގެން އިޒްޔާންއަށް އެންމެ ނޭވައެއްވެސް ބޭރުކޮށްނުލެވުނެވެ. އޭނާގެ މަންމަގެ ނިންމުން ވީހާ އަވަހަކަށް އެނގެން އިޒްޔާން ބޭނުމެވެ. މިއަދު މިކޮޅަށް ބަދަލުވުމުގެ ކުރިން އިޒްޔާން އަޒްފާއާ ބައްދަލުކޮށް އެފޮތް ހަވާލުކުރަމުން އެއީ ބޮޑު ސިއްރެއްކަމަށް ބުނެފައިވެއެވެ.

އަޒްފާ އެފޮތް ހުޅުވާލިއެވެ. އެފޮތް އެއީ އޭނާ ދަންނަ ފޮތެއްކަން އެލޮލުން އޮހެމުންދިޔަ ކަރުނައިން އެނގިގެންދިޔައެވެ. ފޮތުގެ ކޮންމެ ގަނޑެއް ކިޔަމުންދިޔައިރު އެހިތް ރޮމުން ދިޔައީ އޭގެ ވޭނުން މުޅި ހަށިގަނޑަށް އަސަރުކުރުވާ ވަރަށެވެ. އަހަރަކަށްފަހު އަހަރެއް ފާއިތުވެގެން ދިޔައިރު އަޒްފާ ވަނީ އޭނާގެ ރަށުން ލިބުނު ގިނަ ރައްޓެހިންމަތިން ހަނދާންނެތި މާލެއިން ހޯދި ރައްޓެހިންނާއެކު ވަގުތުތައް ހޭދަކޮށްފައެވެ. މިހާ ދުވަސްވީއިރު އަޒްފާއަށް އޭނާގެ އެންމެ ގާތް އެކުވެރިޔާގެ މަތިން ހަނދާންނެތި ގޮސްފައިވަނިކޮށް، އެރަހުމަތްތެރިޔާގެ ޑައިރީ ކިޔާލަން ލިބުމުން އެހިތަށް ކުރާނެ އެންމެ ފުންއަސަރު މިއަދު އަޒްފާއަށް އެދަނީ ކުރަމުންނެވެ.

އަޒްފާ އެފޮތް ކިޔަން އިނީ އެގޭގެ ބިއްދޮށު ފަރާތުގައި ވަކިން ހަދާފައި ހުރި ކޮޓަރިއެއްގައެވެ. އެއީ އަޒްފާގެ ބައެއް އަމިއްލަ މަސައްކަތްތައް ކުރަން ޚާއްސަކޮށްފައި ހުންނަ ކޮޓަރިއެކެވެ. ފޮތުގެ ތެރެއަށް ގެއްލިފައި އިންވަރުން އަޒްފާއަށް ވަގުތު ދިޔަ ނުދިޔަ ގޮތެއް ނޭނގުނެވެ. އޭނާއަށް ހޭވެރިކަންވީ ދޮރުގައި މީހަކު ޓަކި ޖަހާލުމުންނެވެ. އަވަސްއަވަހަށް ފޮތް ލައްޕާލުމަށްފަހު އެނދުގެ ބާލީސް ދަށަށް ފޮތް ކޮއްޕާލިއެވެ. ދެން އަވަސްއަވަހަށް ގޮސް ދޮރު ހުޅުވާލިއެވެ. އޭރު ދޮރުމަތީގައި ފަޔާޒް ހުއްޓިލައިގެން ހުއްޓެވެ.

“ކީއް ތިކުރަނީ؟” ފަޔާޒް އަހާލިއެވެ.

“ކަމެއް ނުކުރަން. ހިނގާ އަވަހަށް ކާންދާން.” އަޒްފާ ބެލީ އަވަހަށް ވާހަކަ އޮޅުވާލެވޭތޯއެވެ. ފަޔާޒްގެ އަތުގައި ހިފައިގެން ހިނގައިގަތް ވަގުތު ފަޔާޒްގެ އަޑަށް، އޭނާ ކުރިއަށް އެޅި ފިޔަވަޅުވެސް ހުއްޓުނެވެ.

“އަޒްފާ މިހާރު އަހަރެންނަށް ދޮގު ހަދަންވެސް ފެށީތަ؟ ކަމެއް ނުކުރިއަސް ތިވަރަށް ރޯން ޖެހުނީ ކަމެއްވީމަކަން ޔަޤީން. ކިހިނެއްވީ؟” ފަޔާޒްގެ ވާހަކައިން އަޒްފާ ހާސްވިއެވެ. ކިތަންމެ ވަރަކަށް ފަޔާޒަށް އޮޅުވާލަން އުޅުނަސް އެކަން ނުވާނެކަން އަޒްފާއަށް އެނގެއެވެ. އޭނާއަށް ކިތަންމެ ކުޑަކުޑަ ބަދަލެއް އަޔަސް ފަޔާޒް އެކަމެއް ދެނެގަންނާނެއެވެ.

“ފަޔާޒް! ސޮރީ! އަހަރެން މިހުރީ ފަހުން އެވާހަކަ ކިޔައިދޭންކަމަށް. އަހަރެން ރަށުގަ އުޅުނުއިރު އަހަރެންގެ ބެސްޓް ފްރެންޑްގެ ޑައިރީ ކިޔާލަނީ މި.” އެހެން ބުނިއިރު އަޒްފާއަށް ރޮވިއްޖެއެވެ. މިތަން ފެނި ފަޔާޒް އަވަސްއަވަހަށް އަޒްފާ ގަޔާ ގާތްކޮށްލިއެވެ. އޭނާ ހީކުރީ އޭނާ އެހެން ބުނުމުން އަޒްފާ ދެރަވީކަމަށެވެ. އަޒްފާ ފަޔާޒްގެ މޭގައި ބޯއަޅާލައިގެން ރޮމުން ދިޔައިރު އޭނާގެ ރަހުމަތްތެރިޔާއަށް ދިމާވި ހިތްދަތި ދިރިއުޅުން ކިޔައިދިނެވެ. ކުރިން ރަށަށް ގޮސް އުޅުނުއިރު އެތައް ހަދިޔާއެއް ގެންގޮސްދީ ހެދި އެރަހުމަތްތެރިޔާ މަރުވެދިޔަ ޚަބަރު ލިބުނުއިރު އެދެކުދިންގެ ހާލު ބަލާނުލެވުނީތީ ހިތާމަކުރާކަމަށް ބުނެ ގިސްލަގިސްލާފައި ރޯންފެށިއެވެ.

“އަޒްފާ! ދެން ނުރޮއި ހުއްޓާލާ. އަހަރެމެން އެދެކުދިން ހޯދަން ރަށަށް ދާނީ.” ފަޔާޒް ލޯތްބާއެކު އަޒްފާގެ މޫނުގައި ހިފަހައްޓާލާފައި އެދެލޮލުން ހިފެހެއްޓުމެއްނެތި އޮހެމުންދިޔަ ކަރުނަތައް ފޮހެލައިދިނެވެ. އެއަށްފަހު އަޒްފާ ގޮވައިގެންގޮސް ކާގެއަށް ވަނެވެ. އޭރު ކާމޭޒުމަތީގައި ތަށިތައް އަތުރާފައި ހުރުމުން އަޒްފާއާއި ފަޔާޒް ގޮނޑީގައި އިށީނދެ ހަމަޖެހިލިއެވެ.

“އަޒްފާއަށް ތިފޮތް ލިބުނީ ކިހިނެއް؟ ކާކު ގެނެސްދިން ފޮތެއް؟ އަދި ކިހިނެއް އެނގެނީ އެއީ އަޒްފާގެ ރައްޓެހި ކުއްޖާގެ ޑައިރީކަމެއް؟” ކައި ނިންމައިގެން ނިދަން ވަދެފައި ފަޔާޒް ސުވާލުކޮށްލިއެވެ. ފަޔާޒްގެ މިސުވާލުން އަޒްފާއަށް ސިހުމެއް ލިބުނުކަން ޔަޤީނެވެ.

“ފަޔާޒް! އެފޮތް ގެނެސްދިނީ ޔާން. އަސްލު އެފޮތަކީ ޔާން ކައިވެނިކުރަން ބޭނުންވާ ކުއްޖާގެ ޑައިރީއޭ ކިޔާފަ ގެނެސްދިން ފޮތެއް. އެކުއްޖާގެ މަންމައަކީ އަހަރެންގެ ބެސްޓް ފްރެންޑް. އެކުއްޖާ މިގޭގަ އެބައުޅޭ. އެއީ އާޝިޔާ.” އަޒްފާ ނިންމީ އެއްވެސް ފޮރުވުމެއްނެތި ހުރިހާ ވާހަކައެއް ފަޔާޒަށް ކިޔައިދޭށެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި ކަންކަން ފޮރުވައިގެން އެކަމުން ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެއެވެ.

“އަދި އެފޮތް އެއްކޮށް ކިޔާ ނުނިމޭ. އެހެންވެ ނޭނގެ ފަހުން ވީގޮތެއް. ޔާން އެދެނީ އެފޮތް އެއްކޮށް ކިޔާ ނިންމާފަ ނޫނީ އަހަރެމެން ގޮތެއް ނުނިންމަން. އާޝިޔާއަކީ ރަނގަޅު ކުއްޖެއް. އަދި…”

“އަޒްފާ ތިބުނި ގޮތަށް ތިކަން ހިނގާފަ އޮތްނަމަ ތީ ވަރަށް ދެރަކޮށް ހިނގާފަ އޮތް ކަމެއް. އެކަމަކު އަހަރެން ބޭނުމެއްނުވޭ އަހަރެންގެ ދަރިއަކު އެކަހަލަ ކުއްޖަކާ އިންނާކަށް.” އަޒްފާގެ ވާހަކަ މެދުކަނޑާލަމުން ފަޔާޒް އޭނާގެ ނިންމުން އިއްވާލިއެވެ.

“ފަޔާޒް! އަދި އެފޮތް އެއްކޮށް ނުނިމޭ. އެއްކޮށް ކިޔާފަ އެކަމާ ގޮތެއް ނިންމުން ރަނގަޅުވާނީ.” ފަޔާޒްގެ އަތުގައި ހިފާލަމުން އަޒްފާ ބުނެލިއެވެ.

“އެހެންވިއްޔާ ގޮސް އާދޭ އެފޮތް ހިފައިގެން. މިރޭ ދެމީހުންވެގެން އެފޮތް ކިޔާނީ.” ފަޔާޒްގެ އެދުމަށް އަޒްފާ ގޮސް އެފޮތް ހިފައިގެން އައެވެ.

އެނދުގައި އޮވެ ނިދަން ކުރި ހުރިހާ މަސައްކަތެއް ބޭކާރުވުމުން މަލަކާ ތެދުވިއެވެ. އެހިތަށް ކުރާ އަސަރުން ކެތްނުވާއިރު އިޒްޔާން އުޅޭނެ ހާލާމެދު ވިސްނާލުމުން ކުދިކުދިވެފައިވާ އޭނާގެ ހިތުގައި އިތުރު ވޭނެއް އުފައްދަމުން ދިޔައެވެ. ރޮއިރޮއި މިހާރު އެދެލޮލުން ކަރުނަ ހުސްވެ ދެލޯ ފާރުވެއްޖެއެވެ.

“އިޒް! އަހަރެންނަށް މިނޫން ގޮތެއް ނެތީތަ؟ އިޒްއާ ވަކިން އުޅުމަކީ ކިހާ ވޭނެއް ލިބޭ ކަމެއްކަން މިއަދު އަހަރެންނަށް އިހުސާސްވެއްޖެ. އިޒް! އަހަރެންނަށް އިޒްއާ ވަކިންނެއް ނޫޅެވޭނެ. އަހަރެން މަރުވެދާނެ. އިޒް އާދޭ. އިޒްގެ މަލަކާ ގާތަށް އާދޭ. ތިއަތުގެ ތެރޭ އަހަރެން ފޮރުވާލަދީ. މަލަކާ ކުޑަދޮރު ހުޅުވާލައިގެންހުރެ ބޭރުގެ ރީތި މަންޒަރުތަކަށް ބަލަމުން ދިޔައިރު އެހިތް ގޮވަމުން ދިޔައީ އިޒްޔާންއަށެވެ. އެލޯތްބަށެވެ.

“އެކަމަކުވެސް ކީއްކުރާނީ؟ އަހަރެން މިހުރިހާ ކަމެއް މިކުރީ ހަމަ އިޒްއަށްޓަކާ. އިޒްއަށް ރަނގަޅަކަށް.” ހިތުގެ އެދުން އެގޮތުގައި އޮތްއިރު އޭނާ ސިކުނޑި ވިސްނައިދެމުން ދިޔައީ އެހެން ގޮތަކަށެވެ. ހިތާއި ސިކުނޑީގެ ތަޅާފޮޅުމުގައި މަލަކާ ކޮންމެ ދުވަހެއް ނިންމާލާއިރު ސިކުނޑީގެ މައްޗަށް ހިތުގެ އެދުމަށް ކުރިނުހޯދޭ ސަބަބެއް ނޭނގެއެވެ. މާލެ އައިފަހުން ތިންދުވަސް ފާއިތުވެ ދިޔައިރު އެންމެ ފަހަރަކުވެސް އިޒްޔާންގެ ސޫރަ ފެނިފައެއް ނުވެއެވެ. އަނެއްކޮޅުން މިލީއާއި ލޫތު އޭނާއާ އެތައް އާދޭހެއް ކޮށްފިއެވެ. ނަމަވެސް މިއިން އެއްވެސް އަޑެއް މަލަކާއަށް އިވޭހެނެއް ހިއެއްނުވެއެވެ. އޭނާ ވަނީ ހިތުގެ އެދުމަށް ފުރަގަސްދީފައި ސިކުނޑީގެ ގޮވުމަށް އިޖާބަދީ ނިންމި ގޮތުގެ މަތީ ސާބިތުވެފައެވެ.

ރޭގަނޑުގެ ވަގުތު ގޭތެރޭގައި ރަސްކަން ކުރަމުން ދިޔައީ ހަމަހިމޭންކަމެވެ. މަލަކާ ހުރީ ޓެރަސްގައެވެ. އިޒްޔާންގެ ޚިޔާލުތަކަށް ގެއްލިފައިހުރި މަލަކާ ސިހުނީ މީހެއްގެ ހިލަންވެގެންނެވެ.

(ނުނިމޭ)

20
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Saandy

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

އިންތިހާޔަށް (15ވަނަ ބައި)

Next

ވަންހަނާ (17)

Next
January 17, 2017

ވަންހަނާ (17)

Previews
January 17, 2017

އިންތިހާޔަށް (15ވަނަ ބައި)

32 Comments

  1. Saandy says:
    January 17, 2017 at 4:52 pm

    ވާހަކައިގެ ބާކީ އޮތްބައި ދެބަޔަށް ބަހާލެވޭ ވަރަށް ދިގުވީމަ ސާންޑީ ދެބައި ކޮށްލާފަ މި ގެނެސްދިނީ… އެހެންވީމަ ފަހުބައި މާދަމާ… އުންމީދުކުރަން އިންތިޒާރު ކުރާނެކަމަށް

  2. A says:
    January 17, 2017 at 5:24 pm

    miadhu mee fahu part ey kiyaafa anehkaa mardhan

    1. Saandy says:
      January 17, 2017 at 6:05 pm

      ސޮރީ އޭ! ސަބަބު ބުނެލާފައެއްނު އެއޮތީ

  3. miny says:
    January 17, 2017 at 5:27 pm

    Varah kiyaalaa hithun mihiry.. Story varah reethi.

    1. Saandy says:
      January 17, 2017 at 5:57 pm

      ޝުކުރިއްޔާ މިނީ

  4. saamii says:
    January 17, 2017 at 5:28 pm

    Vaahaka hama superb.. saandy you be the best ???❤

    1. Saandy says:
      January 17, 2017 at 6:06 pm

      ޝުކުރިއްޔާ ސާމީ! ހުރިހާ ތައުރީފެއް ވާހަކައިގެ ލިޔުންތެރިޔާއަށް

  5. sallu says:
    January 17, 2017 at 5:29 pm

    mi vaaahakaaage 1st part nulibeynetha kiyaalaakah

    1. Saandy says:
      January 17, 2017 at 5:57 pm

      ޝުކުރިއްޔާ ސައްލު! ސާންޑީގެ ނަމަށް ކްލިކް ކޮށްލީމަ ސާންޑީ އަޕްކޮށްފަ ހުރި ހުރިހާ ވާހަކައެއް ފެންނާނެ… އެތަނުން ކިޔާލެވޭނެ

  6. hyny says:
    January 17, 2017 at 5:37 pm

    inthizaaruga mi hury… v reethi mi part ves!

    1. Saandy says:
      January 17, 2017 at 5:58 pm

      ޝުކުރިއްޔާ ހައިނީ! އިރާދަކުރެއްވިއްޔާ މާދަމާ ތިއިންތިޒާރުގެ ނިމުން އަންނާނެ

  7. Naadhee says:
    January 17, 2017 at 5:52 pm

    Hmm ok ekamaku thankolheh avahah genesdheythi ingey.v kiyaahithun meenee

    1. Saandy says:
      January 17, 2017 at 5:59 pm

      ޝުކުރިއްޔާ ނާދީ! އިރާދަކުރެއްވިއްޔާ މާދަމާ ގެނެސްދޭނަން

  8. Ekuveri says:
    January 17, 2017 at 5:58 pm

    Vaahaka thaing kolheh Avahah genes dhinuing kihineh vaane tho. Vaahaka Varah Salhi. Maasha Allah.

    1. Saandy says:
      January 17, 2017 at 6:03 pm

      ޝުކުރިއްޔާ އެކުވެރި! ވަގުތު ހުންނަގޮތުން ކޮންމެ ދުވަހަކު ދެބައި ގެނެސްދޭކަށް ވަގުތެއް ނުވޭ… އެކަމް ބިޒީކޮށް އުޅެމުންވެސް ވަގުތު ހޯދައިގެން ވަރަށް މަދު ދުވަހަކު ނޫނީ ކޮންމެ ދުވަހަކުވެސް ބައެއް އެބަ ގެނެސްދެން… އުންމީދުކުރަން އަންޑަސްޓޭންޑް ވާނެކަމަށް

  9. sallu says:
    January 17, 2017 at 6:03 pm

    ethanun nufeney mi vaahakaaage 1st part eh

    1. Saandy says:
      January 17, 2017 at 6:09 pm

      ސައްލު! އެތަނުން ތިރިއަށް ދާއިރު ހުރި ޕޭޖް ނަންބަރުތަކުން 3ވަނަ ޕޭޖަށް ދިޔައިމަ ފެންނާނެ

  10. Pearl says:
    January 17, 2017 at 6:55 pm

    Miee v nice story e….mi story nimuneema saandy ge mia vure reethi story e kiyaalan libeyne kamah umeedhu kuran….

    1. Saandy says:
      January 17, 2017 at 8:00 pm

      ޝުކުރިއްޔާ ޕިއާލް! މިވާހަކަ ނިމުނީމަ ދެން ގެނެސްދޭނީ ސާންޑީގެ ވާހަކައެއް… މީ އެހެން ކުއްޖެއްގެ ވާހަކައެއް

  11. mai says:
    January 17, 2017 at 7:24 pm

    Nice story

    1. Saandy says:
      January 17, 2017 at 8:00 pm

      ޝުކުރިއްޔާ މައި

  12. Ivrisha says:
    January 17, 2017 at 8:12 pm

    Varah reethi mi story

    1. Saandy says:
      January 17, 2017 at 11:28 pm

      ޝުކުރިއްޔާ އިވްރިޝާ

  13. Kiyun theriyaa says:
    January 17, 2017 at 8:46 pm

    Story reethi.ibraitheri.maazeege ah nubalaa izz malakaa gulhun e ee varahves rangalhu nimmumeh.aharemenge mi mujuthamauga mikahala kithamme kudhinneh thibeyiru ekudhinnah eheetherivaane izz kahala hiyyvaru huri boy in kurimathilun rangalhu.adhi bunelan beynumee efadha kudhinnah magufahi kurumuge gothun ekanthah kuraa firihenun ekan huttaalaa heyogothugaa halaalu abin hoadhaigen eufaathah hoadhaa nama mi mujuthamaun mifadha kan kan hutteh jaee hey..vvvvv asaru gadha story eh.keep it up saandy..I think you you can do better dhen next.

    1. Saandy says:
      January 17, 2017 at 11:31 pm

      ޝުކުރިއްޔާ ކިޔުންތެރިޔާ! ކިޔުންތެރިޔާ ތިޔަ ބުނި ވާހަކައަށް ސާންޑީ ވަރަށް ތާއީދުކުރަން… މިފަދަ ކުދިން ވަރަށް ގިނަ… މިފަދަ ކުދިން މުޖުތަމައުއިން ބާކީކޮށްނުލާ އެފަދަ ފާފަތަކުން ސަލާމަތްކުރުމަށް އެހީތެރިވާނަމަ ވަރަށް ރަނގަޅުވާނެ… އަދި ފިރިހެނުންވެސް ހަލާލު ގޮތުގައި އެފަދަ ގުޅުންތައް ހިންގާނަމަ ހަށިވިއްކާ މީހުން މިމުޖުތަމައުއަކުން ނުފެންނާނެކަމުގައި ދެކެން

    2. Saandy says:
      January 17, 2017 at 11:36 pm

      ހަޤީޤަތުގައި ހުރިހާ ތައުރީފެއް ހައްޤުވަނީ ވާހަކައިގެ ލިޔުންތެރިޔާއަށް… އެކަމު ވަރަށް އުފާވޭ ރީތި ވާހަކައެއް ގެނެސްދެވުނީތީ

  14. Shaa says:
    January 17, 2017 at 9:21 pm

    Vvvvvv reethi storyeh nimeythy deravey

    1. Saandy says:
      January 17, 2017 at 11:33 pm

      ޝުކުރިއްޔާ ޝާ! ދެރަނުވޭ… އިރާދަކުރެއްވިއްޔާ މާގިނަ ދުވަހެއްނުވެ ރީތި ވާހަކައެއް ގެނެސްދޭނަން

  15. Malaka says:
    January 18, 2017 at 8:43 am

    Nice Story Saandy 🙂 Waiting for the last Part 🙂

    1. Saandy says:
      January 18, 2017 at 2:11 pm

      ޝުކުރިއްޔާ މަލަކާ! މިހާރު އަޕްކޮށްލާފަ އިންނާނީ

  16. maih says:
    January 18, 2017 at 12:28 pm

    Waiting for da last part☺
    Vrhh reethi mi story…

    1. Saandy says:
      January 18, 2017 at 2:12 pm

      ޝުކުރިއްޔާ މައިހް! މިހާރު އަޕްކޮށްލާފަ އިންނާނީ

Comments are closed.

All Right Reserved!