އިރުގަނޑަކަށްފަހު އަކްމަލް ނިޝާގެ އަތުގައި މަޑުމަޑުން ހިފާލަމުން ބޯހޫރާލީ ނުރޯށޭ ބުނަމުންނެވެ. އެހިނދު ނިޝާ ގެނެސް އަކްމަލްގެ މޭތެރޭގައިލާ ފޮރުވާލިއެވެ. އަކްމަލް ނިޝާގެ ހަށިގަނޑުގައި ބައްދާލިއެވެ. ” ދެން ނުރޯތި އިނގޭ. އަހަންނަށް އިނގޭ އެއީ ނިޝާ ކުރި ކަމެއްނޫންކަން. އެހެން މީހަކު ކުރިކަމަކުން ނިޝާގެ ދިރިއުޅުން ހަލާކު ވާކަށް ނުޖެހޭ. އަހަރެންގެ ލޯބި އެއަށްވުރެ މާ މާތްވެފައި މަތިވެރި. ދެން ބުނެބަލަ ވިލް ޔޫ މެރީ މީ… ” އަކްމަލްގެ ވާހަކަތަކުން ނިޝާގެ ލޮލުގައިވި ކަރުނައިގެ […]
މުޅި މާހައުލުގައިވަނީ ތެތް ފިނިކަމެވެ. ހަވީރު ވެހެންފެށި ވާރޭ މެދުކެނޑުނީ އިރުއޮއްސި އަދިރިވީފަހުންނެވެ. ތަރިތަކުގެ ބެބުޅުންތަކުން ދިއްލައިފައިވާ އުޑުމަތި ބައްދައިލައިފައިވަނީ ކަޅު ވިލާތަކުންނެވެ. ޖެހިލާ ރޯޅިތައް ގައިގައި ބީހިލުމާއެކު ދެދަތްޕިލާވެސް ގުޑުގުޑުއަޅައިގެންދެއެވެ. ރައްޓެހިންނާއެކު ލިއަމްގެ ކައިވެނި ޕާޓީ ނިންމާލުމަށްފަހު އަކްމަލްއަށް ގެއަށް އާދެވުނު އިރު މެންދަމުން އަލިވެ ދޭއްޖަހައިފިއެވެ. ސައިކަލުގެ ހަން ފަޅައިގެން ދިއުމުގެ ސަބަބުން އަކްމަލްއަށް ގެއަށް އަންނަން ޖެހުނީވެސް ފައިމަގުގައެވެ. އެ ދަންވަރު ހަން ބަދަލު ނުކުރެވޭނޭކަން އެނގޭތީއެވެ. ހިމޭން ފިޔަވަޅުތަކެއް އަޅަމުން ގޭގެ […]
އަހަރެން ހިނިތުންވެލާފައި ކޮފީއެއް ހަދާލުމަށްޓަކައި ބަދިގެއަށް ވަނީމެވެ. ފެން ހޫނުކުރަން ގެންގުޅޭ ކަރަންޓް ޖަގަށް ފެން އަޅައި ހިފާލިތަނާ އަހަރެންގެ ބަނޑުގައި ހުރި ރިހުން ކުއްލިއަކަށް ގަދަ ވިއެވެ. ހަމައެވަގުތު އަހަރެންގެ އަތުން ޖަގު ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ. މަންމާއޭ ކިޔާ އަހަންނަށް ބާރަށް ހަޅޭއް ލަވައި ގަނެ ބަަނޑުގައި ހިފަހައްޓާލެވުނެވެ. ދުވެފައި ކަހަލަ ގޮތަކަށް އަޒޫ އައިސް އަހަރެންގެ ގައިގައި ހިފަހައްޓާލަމުން ސަމަދަށް ގޮވަން ފެށިއެވެ. ވީ އެންމެ އަވަހަކަށް އަހަރެން ހޮސްޕިޓަލަށް ގެންދެވުނެވެ. އަހަރެންގެ […]
އަހަރެންގެ ހިތް ކުދިކުދި ވީއެވެ. މާޔޫސީ ކަމާއެކު އަހަރެން ރޮވިފައިހުރެ އޭނަ ބުނިގޮތައް ކަންތައް ކޮށްދެވޭތޯ ބަލާނަން ކަމުގައި ބުނެ ފޯނު ބޭއްވީމެވެ. އެހެނަސް، އަހަންނަކަށް ކެތެއް ނުކުރެވުނެވެ. މެސެޖަކަށް ފަހު މެސެޖެއް އަހަރެން ފޮނުވަމުން ދިޔައީމެވެ. އޭނަދެކެ ވާ ލޯބި ހާމަކޮށްދެމުން އަހަރެން ދިޔައީމެވެ. ލޯބީގައި އާވާރާ ވެފައިވާ މީހެއް ފަދައިންނެވެ. ލޯބިވާ ވާހަކަ ނުބުނާ އެންމެ ދުވަހެއްވެސް ނުދާނެއެވެ. އޭނާގެ ހިތް މަޑުވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. އަހަރެންގެ ކައިވެނި ރޫޅުނުތާ މަސްދުވަސްވީ އަހަރެން […]
އެތައް އާދޭހަކަށް ފަހުގައިވެސް މަންމަގެ ޖަވާބު ބަދަލު ނުވުމުން އަހަރެން ގޮތެއް ނިންމީމެވެ. ” މަންމާ.. އަހަރެން ވަރަށް ލޯބިވޭ އޭނަ ދެކެ..އަޔާވެސް އަހަރެންދެކެ ވަރަށް ލޯބިވޭ. އަހަންނަށް އޭނާއާ ނުލާ ނޫޅެވޭނެ. މަންމައަށް ވިސްނޭނެނަމަ..މަންމަވެސް ހެއްދެވި ފަރާތުންނޭ އޭނަވެސް ހެއްދެވީ. އެއީ އޭނަގެ ކުށްތަ؟ ކީއްވެތަ މަންމައަށް ނުވިސްނެނީ. ދުލަށް އައިހާ އެއްޗެއް މަންމަ އޭނާއާ ދިމާލަށް ގޮވާލިއިރު މަންމަގެ ހިތަކަށް ނާރާތަ އޭނާގެ ހިތަށް ލިބޭނެ އަނިޔާ. މަންމަ ކިތަންމެ ނުރުހުނަސް އަހަރެން އޭނައާ […]
” ކަލާތީ އަހަރެންގެ ހިތުގެ ވިންދެވެ. ކަލާއާއި ނުލާ އަހަރެންގެ ހިތުގެ ވިންދު ފުރިހަމައެއް ނުވާނެއެވެ. އަހަރެން ދުވަހަކުވެސް ކަލާ އެކަނިކޮށް ނުލާނަމެވެ. އަބަދަށްވެސް ކަލާއާއެކީ އަހަރެންވާނަމެވެ. އަހަރެންގެ ދިރިއުޅުމުގެ ބައިވެރިޔަކަށް ކަލާ ވާނީ ކޮންދުވަހަކުން ހެއްޔެވެ؟ “މި ބަސްތަކަކީ އޭނާގެ ދުލުން ރެއާއި ދުވާލު ތަކުރާރުކޮށް އަހަންނަށް އިއްވި ބަސްތަކެކެވެ. އަހަރެން ދެކެވާ ލޯބި ހާމަކޮށްދިނުމުގެ ގޮތުން ކަމަށްވެސް ވެދާނެއެވެ. ރައްޓެހިވެގެން އުޅޭތާ އަހަރަކަށްވުރެ ގިނަ ދުވަސްވީއިރު ދެމީހުންނަށްވެސް ވަނީ އެކަކު އަނެކަކު ދެކެ އިންތިހާއަށް […]