އިންޓަނެޓް އާންމުވެ ކޮންމެ މީހަކީ ވެސް އިންޓަނެޓަށް ވަދެ ބޭނުން ކަމެއް ކުރެވޭނެ މީހަކަށް ވުމާއި އެކު އާންމުދަނީ ލިބޭނެ ވަރަށް ގިނަ ގޮތްތައް ވަނީ ލިބިފައެވެ. އެގޮތުން ވަރަށް ގިނަ ދިވެހިން ވެސް އާންމުދަނީ ހޯދަން ކުރާ އެއް ކަމަކަށް މިވަނީ އިސްތިހާރުތައް ބެލުމުން ފައިސާ ލިބޭ ވެބްސައިޓްތައް ބޭނުން ކުރުމެވެ. މިފަދަ ވަރަށް ގިނަ ވެބްސައިޓްތައް އެބަހުއްޓެވެ. އެއީ އެއްވެސް އިންވެސްޓެއް ކުރުމެއް ނެތި ކުރާ ކްލިކް ތަކަކުން ނުވަތަ ލިޔެލާ ކުރު ނަމްބަރެއްގެ […]
ރާޔާ ދިއުމާއި އެކު ނިޔާމްވެސް ކޮޓަރިއަށް ވަދެ ނިދާލުމަށް އޮށޯތެވެ. ނިދިއައިސްފައި ހުރިވަރުން އޮށޯތުމާއިއެކުހެން ނިދިއްޖެއެވެ. ”ރީތި އަންހެން ކުދިން އަހަރެން ދުށީމެވެ. ނަމަވެސް ރާޔާ ފަދަ ކުއްޖެއް އަދި އަހަރެން ނުވެސް ދެކެމެވެ. އެއީ މުޅިން އެހެން ކަހަލަ ރީއްޗެކެެވެ. މުޅި ދުވަހު ވިސްނެނީ އޭނާގެ މަތިންނެވެ. ނަމަވެސް ހަމައެކަނި އިނގުނީ އޭނާގެ ނަމެވެ. އަހަރެންގެ މުޅި ސިކުނޑި ބަޑި ގޮވަނީ ކަންނޭނގެއެވެ. މުޅި ސިކުނޑިވެސް ކުރަނީ އެންމެ ކަމެއް ކަހަލައެވެ. އިތުރަށް އެ ދެލޮލަށް ބަލަން ވެއްޖެޔާ އަހަރެންގެ ނިމުން އަންނާނެއެވެ. […]
” މިރޭ އަދި އެހާ ފަސޭހައިން ނިދޭނެއޭ ހީނުކުރައްޗޭ!… އަހަރެން މިރޭ ނަޖޫ ނިދިޔަކަ ނުދޭނަން.. ” ޝިޔާޒް އެހެން ބުނަމުން ނަޖުވާ ގައިގަ ބާރަށް ބައްދައިލިއެވެ. ”މިއުފާވެރި ރޭ އަހަރެން ބޭނުންވަނީ ނަޖޫ އާއި އެކީ ހޭދަކުރަން.. ” މިރޭ ހާދަ ލޮތްބެއް ތިވަނީ..! ” ނަޖުވާ އެހެން ބުނަމުން ހިނިތުން ވެލިއެވެ. ”އަހަރެން މިރޭ ބޭނުންވަނީ ނަޖޫ ހިތް ފުރެންދެން ލޯބި ދޭން… ނަޖޫ ހިތްހަމަ ޖެހޭވަރަށް ، ނަޖޫ ބޭނުންވާ ވަރަށް، ” ޝިޔާޒް ބުންޏެވެ. ”މިރޭގެ ހަނދާންތައް އަހަރެންގެ ހިތުގައި އަބަދައްވެސް ފޮރުވާނަން.. ޝިޔާޒް ދުވަހަކުވެސް އަހަންނަށް ތި ދޭ ލޯބި ހަނދާން ނައްތާ ނުލާތި އިނގޭ! އަހަރެން އަބަދުވެސް ޝިޔާޒް އާއި އެންމެ ގާތުގައި ވާނަން،” ނަޖުވާ ޝިޔާޒްގެ މޭމަތީގައި ބޯ އަޅާލިއެވެ. އަދި ޝިޔާޒްގެ ކަނދުރާގައި ފިރުމަން ފެށިއެވެ. ޝިޔާޒް އަށް ކުރެވެމުންދިޔަ މަސްތީ އިހްސާސްތަކުން ދެލޯ މަރައިލިއެވެ. ހިޔާލުތަކުން ނަޖުވާ އަށް ދުރުވެވުނެވެ. އަދި ފޮޓޯ އަލްބަމް ނަގާފައި ޝިޔާޒްގެ ފޮޓޯ އަކަށް ބަލަންފެށިއެވެ. ނަޖުވާގެ ހިތައް އަރަމުން ދިޔައެވެ. ” އެރޭ ހާދަ ލޯބިން…… ޝިޔާޒް އަހަންނަށް ލޯބިދިނެވެ. އެރޭ ޝިޔާޒް ހާދަ ލޯބިން އަހަރެންގެ ގައިގައި ފިރުމައިދިނެވެ. ޝިޔާޒްގެ ލޯބިން އެރޭ އަހަރެންގެ ހިތް ފުރުނެވެ. އެރޭގެ އެތަކެއް ހަނދާންތަކެއް އަހަރެންގެ ހިތުގައި ފޮރުވިފައި ވެއެވެ. އެރޭގެ މަތިން ޝިޔާޒް ފަހަރެއްގައި ހަނދަން ނެތުނަސް އަހަރެން ހަނދާން ނުނެތޭނެވެ.” ނަޖުވާ އަލްބަމް ލައްޕައިލިއެވެ. އަދި އަލްބަމް ހިފައިގެން ނަޖުވާ ހިނގައިގަތީ އަލަމާރިއާ ދިމާއަށެވެ. އަލްބަމް އޮންނަތަނުގައި އެ ބޭއްވުމަށްފަހު ، ނަޖުވާ އަލަމާރީގެ މަތީ ވަތްގަނޑު ހުޅުވައިލިއެވެ. އެއީ މީގެ ކުރިން ނަޖުވާ ހުޅުވައި އުޅުނު ވަތްގަނޑެއް ނޫނެވެ. އާންމުކޮށް ޝިޔާޒް ބަހައްޓަނީ އެ ވަތްގަނޑު ތަޅުލައިފައެވެ. ނަމަވެސް މިފަހަރު ހުރީ ވަތްގަނޑު ތަޅު ނުލައިކަމުން ތަޅުގައި ހިފާލިއިރަށް ވަތްގަނޑު ފަސޭހައިން ހުޅުވިއްޖެވެ. ވަތްގަނޑު ތެރޭގައި ވަރަށް ގިނަ ފޮތްތަކުގެ އިތުރުން އަލްބަމަކާއި އެގްޒަމިނޭޝަން ޕޭޑެއް ވެސް އޮތެވެ. ނަޖުވާ އެއަލްބަމާއި އެ އެގްޒަމިނޭޝަން ޕޭޑް ނެގިއެވެ. އެވަގުތު ނަޖުވާގެ ހިތައް އެރީ އެއްދުވަހަކު ޝިޔާޒް ބުނެފައިވާ ޖުމްކައެކެވެ. ”މިވަތްގަނޑުގައި ހުންނަނީ އަހަރެންގެ ވަރަށް މުހިއްމު އެއްޗެހިތަކެއް ނަޖޫ މީގައި ހުންނަ އެއްވެސް އެއްޗެއް ނުބަލާތި….” ނަޖުވާ އަލްބަމް އަދި އެގްޒަމިނޭޝަން ޕޭޑް ވަތްގަނޑަށް ލިއެވެ. ދެން ނަޖުވަާ އިޅުކޮޅެއް ވަންދެން ވިސްނަން ހުއްޓެވެ. ނަޖުވާ ވިސްނަމުން ދިޔައީ ޝިޔާޒް އެހެން ބުނި ސަބަބަކާ ދޭތެރޭގައެވެ. ނަޖުވާ ގަޑިއަށް ބަލައިލިއެވެ. ޝިޔާޒް އޮފީހުން އަންނަވެސް ގަޑި ޖެހެނީއެވެ. ނަޖުވާ އަނެއްކާވެސް އެ ވަތްގަނޑު ތެރެއިން އަލްބަމް އަދި އެގްޒަމިނޭޝަން ޕޭޑް ނެގިއެވެ. އެވަގުތު ޕޭޑް ތެރެއިން ސިޓީ އުރައެއް ވެއްޓުނެވެ. ނަޖުވާ ކުޑަކޮށް ގުދުވެލާފައި ތަޅުންގަނޑު މަށްޗައް ވެއްޓިފައިވާ ސިޓީއުރަ ނެގިއެވެ. އަދި ތެދުވަމުން ސިޓީ އުރައަށް ބަލާލި އިރު އެ ސިޓީ އުރަ އޮތީ ކަނޑާފައެވެ. ނަޖުވާ އަވަހަށް ސިޓީއުރަ ހުޅުވައި ބަލާލިއެވެ. އޭގެ ތެރޭގައި އޮތީ ހިކިފައި އޮތް ފިނިފެންމަލަކާއި ސިޓީ އެކެވެ. ބަލާބެލުމުން ހީވަނީ ވަރަށް ދުވަސް ވެފައިވާ މަލެއްހެންނެވެ. ނަޖުވާ ސިޓީ ނަގާފައި ސިޓީ މަތީގައި އިނގިރޭސިން ލިޔެފައިވާ ތަންކޮޅެއް ކިޔައިލިއެވެ. ” އައި.. ލަވް ޔޫ .. ޝިޔާޒް.. ވިތް ލަވް ޖުމާ” އެތަންކޮޅު ކިޔައިލުމާއި އެކު ނަޖުވާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ނަޖުވާ ސިޓީ ބޮޑިކޮށްލާފައި ކުނި ވަށިގަނޑަށް ވައްޓާލިއެވެ. ” އަދިވެސް ޝިޔާޒް އެއުޅެނީ ޖުމާ ދީފައިހުރި އެއްޗެހިތައް ފޮރުވައިގެން…. އަދި އަހަރެން ގާތު ބުނެފިއެއްނުން އެ ވަތްގަނޑު ނުހުޅުވާށޭ…އެހެރީ ޝިޔާޒް އަހަންނަށް ކަންތައްތައް ސިއްރު ކުރާވަރު…. މިހާރު ދެން ކީއްކުރަން މިއެއްޗެހި ބޮޑު ވަތްގަނޑަކަށް ލައިގެން ފޮރުވަންވީ… އަހަަންނާއި ކައިވެނި ކުރަން އުޅުނު އިރު ޝިޔާޒް އަހަރެން ކައިރީގައި އެއްދުވަހު ބުނި ޖުމާ މަތިން މިހާރު ހަނދާން ނައްތާލައިފީމޭވެސް…. އަދި ޖުމާގެ އެއްވެސް ހަނދާނެއް މިހާރު ޝިޔާޒްގެ އަތުގައި ނުހުންނާނޭވެސް… ކީއްވެ ޝިޔާޒް ދޮގުހެދީ އަހަންނަށް؟.. ޖުމާ މަތިން ޝިޔާޒް ހަނދާން ނައްތައިލި ނަމަ މިވަތްގަނޑުގައި މި އެއްޗެހި ނުހުންނާނެ […]
”އެއީ ކޮން ރަށެއްގެ ކުއްޖެއް ކަމެއް ނޭނގޭ. ކިހިނެއްވީތަ؟ ޖުމާގެ ވާހަކަ ތިއެހީ؟” ނަޖުވާގެ ހިތް އަވަސްވާ ގޮތްވިއެވެ. ”ޖުމާ ކިޔާ އަހަރެންގެ ރަޓެއްސެއް މިރަށުގައި އުޅޭ. އަހަރެން މިބުނާނާ ޖުމާ އުޅެނީ މީހަކާވެސް އިނދެގެން އޭނަ ކުރިން އުޅުނީ މާލޭގައި. މީހަކާ އިނދެގެން އޭނަ ރަށަށް ބަދަލުވީ. ޖުމާގެ މާޒީގެ ވާހަކަތަކެއް އަހަންނަކަށް ކިޔައެއް ނުދޭ… އަހައްނަށް އެނގެނީ ޖުމާ ކައިވެނި ކުރިފަހުން އޭނަގެ ދިރިއުޅުމުގައި ދިމާވަމުން ދިޔަ ކަންތައްތައް….” ޝާނާ ކިޔައިދިނެވެ. ނަޖުވާ ފުންނޭވާއެއްލިއެވެ. ”ވެދާނެ އެއީ ޝިޔާޒް ކުރިން ރައްޓެހިވި ޖުމާ ކަމައްވެސް…. ޝާނާ! ޖުމާގެ މާޒީއާ ބެހޭގޮތުން ޖުމާއާ ސުވާލު ކޮއްލަބަލަ!” ނަޖުވާ ބުންޏެވެެ. އާނ! އަހަރެން ޖުމާއާ ވާހަކަށް ދައްކައިގެން އޭނަގެ މާޒީގެ ކަންތައްތައް ހޯދޭތޯ މަސައްކައި ކުރާނަން. ނަޖޫ! ދެން އަހަރެން މިވަގުތު ފޯނު ބާއްވަނީ. އެހެން ދުވަހަކުން އަދި ގުޅާނަން” ”ވަރަށް އުފާވެއްޖެ ޝާނާ ގުޅީމަ..މަންމައަށް ވަރަށް ގިނައިން ސަލާން ބުނޭދޭތި!’ ‘ ނަޖުވާ އެހެން ބުނެފައި ފޯނު ކަނޑައިލިއެވެ. ފޯނު ބާއްވާފައި ޝާނާ ދެއްކި ވާހަކަތަކާއި ދޭތެރޭ ވިސްނަން ނަޖުވާ އިރުކޮޅެއް ވަންދެން ހުއްޓެވެ. ހަވީރުގެވަގުތެވެ. ލިމްޔާއާއެކު ޖުމާނާ އިނީ އަތިރިމަތީގައި އިށީނދެގެންނެވެ. ޖުމާނާ، ލިމްޔާއަށް ކިޔައިދެމުން ދިޔައީ ޝާނާ އެކު ލަމްހާގެ ގެއަށް ދިޔަ ދުވަހުގެ ވާހަކަތަކެވެ. ޖުމާނާ އެ ވާހަކަތައް ކިޔައިދެމުން ދިޔަ ވަރަކަށް ލިމްޔާގެ މޫނަށް ވެރިވަމުން ދިޔައީ ހައިރާންކަމެވެ.” ލަމްހާ ހާދަ ގޯހޭދޯ!… އަހަރެން ހިއެއް ނުކުރަން ލަމްހާއަކީ އެކަހަލަ ކުއްޖެއް ކަމަކަށް.. ޖުމާގެ ފިރިމީހާ ނޫން އެހެން މީހެއް ލަމްހާއަށް ނުފެނުނީތަ؟ އެފާޑަށް އުޅޭ އަންހެނުން ދެކެ އަހަރެން ވަރަށް ފޫހިވޭ ” ލިމްޔާ އިނީ ލަމްހާ ދެކެ ވަރަށް ރުޅި އައިސްފައިއެވެ.. ޖުމާނާއަށް ރޮވެންފެށި އެވެ. ޖުމާނާ ރޯތަން ބަލަން އިންނަން ލިމްޔާއަށް ވަރަށް އުނދަގޫވިއެވެ. ލިމްޔާ ކޮޅަށް ތެދުވިއެވެ. އަދި ޖުމާނާގެ އަތުގައި ހިފައި ކޮޅަށް ނެގިއެވެ. ” ނުރޮއި ހުއްޓާލާ! އަހަރެން ވަރަށް ދެރަވޭ ޖުމާ ރޯތީ….. އިރާދު ކުރެއްވިއްޔާ ޖުމާއަށް ދެރަގޮތެއް ނުވާނެ…” ލިމްޔާ ބުނެލިއެވެ. ޖުމާނާގެ ދެލޮލުން ކަރުނަ ފޮހެލުމަށްފަހު، ލިމްޔާ އާއި އެކު ހިނގައިގަތެވެ. ޝިޔާޒް އޮފީހުން އައިއިރު ނަޖުވާ އުޅެނީ ރޯދަ ވިއްލަން ކާ އެއްޗެއް ތައްޔާރު ކުރާށެވެ. ރޯދަވިއްލައިގެން ކާން ޝިޔާޒް އެންމެ ރަނގަޅީ ފެންފޮޅިއާއި އަލުވި ރިހައެވެ. ޝިޔާޒް އައީ ފިހެން ވެގެން މަހެއްވެސް ގަނެގެންނެވެ. ޝިޔާޒް ފެނުމުން މަލްޝާ ދުވެފައި ގޮސް ޝިޔާޒްގެ ގައިގައި ބައްދާއިގަތެވެ. ” ދަރިފުޅު އިހަށް ދުރުގައިހުރޭ! ބައްޕަ އަތުގައި މިހުރީ މަސް… ދަރިފުޅުގެ ހެދުން ހަޑިވެދާނެ… ” ޝިޔާޒް އެހެން ބުނުމުން މަލްޝާ ޝިޔާޒް އާއި ދުރަށް ޖެހިލިއެވެ.މަސް ގެންގޮސް ސިންކަށް ލާފައި ޝިޔާޒް އަތް ދޮންނަން ފެށިއެވެ. ނަޖޖުވާ ހުރީ ރިހަ ކައްކަން އަލުވި ކޮށާށެވެ. ޝިިޔާޒް ނަޖުވާގެ މޫނަށް ބަލައިލައިލަމުން ހިނިތުން ވެލިއެވެ. ހަމައެއާއި އެކު ނަޖުވާ މޫނު އަނބުރާލީ އަނެއްފަރާތަށެވެ. ނަޖުވާގެ މޫޑް ރަނގަޅު ނޫންކަން އެވަގުތު ޝިޔާޒް އަށް ދެނެގަނެވުނެވެ. ” ނަޖޫ! ކަމަކާ ހިތްހަމަ ނުޖެހިފަތަ؟..” ޝިޔާޒް އެހިއެވެ. ” ކޮންކަމަކާ އަހަރެން ހިތްހަމަ ނުޖެހެންވީ؟.. ” ޝިޔާަޒްގެ މޫނަށް ނުބަލައި ހުރެ ނަޖުވާ ވާހަކަ ދެއްކިއެވެ. ” އަހަންނަކަށް ހިއެއްނުވޭ ނަޖޫގެ މޫޑް މިއަދު އެހާ ރަނގަޅުހެންނެއް.. ފަނި ގިރަން ކޯއްޗެއް ގެންނަންވީ؟ ”އިއްޔެ އަހަރެންގެ ބައްޕަ ގެނެސް ދިން ކަރައެއް އެބައޮތް އޭގެއިން މިއަދު ފަނި ގިރާނީ..” ” އަހަރެން ދެން މިދަނީ ފެންވަރާލަން ” އެހެން ބުނެފައި ޝިޔާޒް ފެންވަރަން ދާން ހިނގައިގަތެވެ. ޝިޔާޒް ދާތަން ބަލަން ހުރެފައި ނަޖުވާ އަނެއްކާވެސް މަސައްކަތް ފެށިއެވެ. ފެންނަ ކޮންމެ ކަމަކީ ހަގީގަތެއް ނޫނެވެ. އިވޭ ކޮންމެ ވާހަކައަކީ ވެސް ހަގީގަތަކަށް ނުވެދާނެވެ. ނަޖުވާ ހިތާހިތުން ކިޔައި ލެވެނުވެ. ރޭގަނޑުގެ ވަގުތެވެ. އެކަނިމާ އެކަނި ކޮޓަރީގެ އެދުގައި އޮށޯވެގެން އޮވެ ޖުމާނާ ވިސްނަމުން ދިއައީ ލަމްހާ އާއި އިމްރާނާއި ދޭތެރޭގައެވެ. އިމްރާނާއި ލަމްހާއި ދެމެދު ހަގީގަތުގައިވެސް ގުޅުމެއް އޮތްތޯ ބަލަން ޖުމާ ބޭނުންވިއެވެ. އިމްރާނާއި އެކަމާ ބެހޭގޮތުން ސުވާލު ކުރަންވެސް ޖުމާ ބޭނުންވެއެވެ. ނަމަވެސް އިމްރާ ވީ ރައްޓެއްސަކާއެކު ބޭރަށް ގޮހެވެ. ޖުމާނާ އިންތިޒާރު ކުރަމުން ދިޔައީ އިމްރާން ގެއަށް އަންނާނެ ވަގުތަކަށެވެ. ކުއްލިއަކަށް ގޭގެ ސިޓިންގ ރޫމް އާއި ދިމާއިން ކޮންމެވެސް ބައެއްގެ ހުނުމުގެ އަޑު ޖުމާނަ އަށް އިވެން ފެށިއެވެ.އެތަނުން އެކަކުގެ އަޑަކީ އިމްރާންގެ އަޑުކަން ޖުމަނާއަށް އެނގުނެވެ. ޖުމާނާ އެނދުން ތެދުވެ އިށީނެވެ. އޭރުވެސް ހުނުމުގެ އަޑު އިވެމުންދިޔައެވެ. ” އެއިވެނީ ކޮން އަންހެނެއްގެ ހުނުމެއްބާ؟..” ޖުމާނާގެ ހިތަށް އެރިއެވެ. ޖުމާނާ ތެދުވެގެން ގޮސް ކޮޓރީގެ ދޮރު މަޑު މަޑުން ހުޅުވައިލިއެވެ. އެވަގުތު ފެނުނު މަންޒަރަކުން ޖުމާނާގެ މޫނަށް ވެރިވެގެން ދިޔައީ ހައިރާންކަމެވެ. ސޯފާގައި އިމްރާނާއި ޖެހިގެން ކަހަލަ ގޮތަކަށް އިނދެގެން އިމްރާން ގެ ކޮނޑުގައި ބޯ އަޅައިލައިގެން އިނީ ދެވަނަ އެހެންމީހެއްނޫނެވެ. އެމީހަކީ ލަމްހާއެވެ. އެމީހުންނާއި ތަންކޮޅެއްދުރުގައި އިށީދެ އިނގެން އިމްރާންގެ އެކުވެރިޔާ ނާހިދު އިށީނދެގެން އިނެވެ. ތިން މީހުން ކޮންމެވެސް މަޖާވަހަކައެއް ދައްކާފައި ހެނީއެވެ. ޖުމާނާ ކޮޓަރީގެ ދޮރު މަޑު މަޑުން ލައްޕައިލިއެވެ. އަދި ދޮރުގައި ބުރަކަށި ޖައްސައިލިއެވެ. އެވަގުތު ޖުމާނާގެ ދެލޯ ކަރުނުން ތެންމައިލިއެވެ. އިރުކޮޅެއް ވަންދެން އެހެން ހުރުމަށްފަހު ޖުމަނާ ގޮސް އެނދުގައި އޮށޯވެލިއެވެ. އޭރުވެސް ގިސްލަ ގިސްލާފައި ޖުމާނާ ރޮނީއެވެ. ކުއްލިއަކަށް ޖުމާނާ އޮތް ކޮޓަރީގެ ދޮރު ހުޅުވުނުތަން ޖުމާނާ އަށް ފެނުނެެވެ. އިމްރާން ލަމްހާ ގޮވައިގެން ކޮޓަރިއަށް ވަންނަނީ އެވެ. ކޮޓަރީގައި ވަނީ ފަނޑު އަލިކަމެކެވެ. ނަމަވެސް ކާކު ، އަދި ކޮންބައެއްކަން ފާހަގަ ކުރެވޭ ވަރުގެ އަލިކަމެކެވެ. އިމްރާން ލަމްހާގެ އަތުގައި ހިފައި ގެންގޮސް އެނދުގައި އިށީނެވެ. ކޮޓަރީގައި އިތުރު މީހަކު ވާހެން އެދެމީހުންނަށް އިހުސާސްވެސް ނުވާކަހަލައެވެ. ނަމަވެސް ފެންނަމުން ދިޔަ މަންޒަރުތަކުން ޖުމާނާގެ ހިތަށް ކެއްނުވިއެވެ. އެމަންޒަރުތަށް ނުބެލުމަށް ޖުމާނާ އަވަހަށް މޫނުމަތީގައި ބާލީސް އެޅިއެވެ. ޖެހިގެން އައި ދުވަހުގެ ހެނދު ހެނދުނާ ޖުމާނާ ލިމްޔާގެ ގެއަށް ދިޔައެވެ. ދެމީހުން ވާހަކަ ދައްކަން ތިބީ ލިމްޔާ ގޭގެ ސިޓިންގ ރޫމްގައެވެ. ރޭގައި ދިމާވި ކަންތައްތައް ޖުމާނާ ލިމްޔާ އަށް ކިޔައިދިނެވެ. ” ޖުމާ ތިބުނީ ހަމަތެދެއްތަ؟.. އަހަންނަށް ގަބޫލުވެސް ނުކުރެވޭ!” ޖުމާނާ ހުރިހާ ވާހަކައެއް ކިޔައިދީ ނިމުމުން ލިމްޔާ ހައިރާންވެފައި ބުންޏެވެ. ޖުމާނާ ކިޔައިދިން ވަހކަތަކުން ލިމްޔާގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. އޭރުވެސް ޖުމާނާގެ ލޮލުން ކަރުނަތަށް ކޯތާފަތް މައްޗަށް ފައިބަމުން ދިޔައެވެ. ” އަހަރެން ކީއްކުރަން ލިމްޔައަށް ދޮގުހަދަންވީ؟.. އަހަރެންވެސް ހިއެއްނުކުރަން އިމްރާން އަހަރެންގެ ކުރިމަތީގައި އެގޮތަށް އުޅެން ކެރިދާނެ ކަމަކަށް..” ރޮމުން ޖުމާނާ ވާހަކަ ދެއްކިއެވެ. ” އެކަމަކު އެ އުޅުނީތަދޯ! އަހަރެންގެ ހިތަށް އަރާ ލަމްހާގެވެސް އެ އޮންނަނީ ހިތެއްބާއޭ؟ އޭނަގެ ހިތައް ހަމަ އެއްވެސް އެއްޗެއް ނަރަނީތަ؟” ޖުމާނާ ރޯތީ ލިމްޔާ އިނި ވަރަށް ދެރަވެފައެވެ. ”އެއްވެސް އެއްޗެއް ހިތަށް ނާރާތީއެއްނު އިމްރާން އެގޮތަށް އެއުޅެނީ… އިމްރާނަށް ހަމަ ރަނގަޅަށްވެސް އިނގޭނެ އެކަމުގެ ސަބަބުން އަހަރެންގެ ހިތައް ކުރާނެ އަސަރު… އަހަރެންގެ ހިތަށްއަރާ މިއީ ކޮންކަހަލަ ދުނިޔެއެއްބާއޭ؟ ހީވެސް ނުކުރާކަހަލަ އެތަށް މަންޒަރުތަކެއް ލޮލަށް ފެނި ގެއްލިދާނެ” ޖުމާނާ ވަރަށް އަސަރާއި އެކު ދައްކަމުން ދިޔަވާހަކަތައް ލިމްޔާ ވަރަށް ފަރުވަތެރި ކަމާއި އެކު އަޑުއަހަން އިނެވެ. ޖުމާނާ ހޯދަމުން އައިސް ޝާނާ ގެއަށް ވަނެވެ. އޭރުވެސް ޖުމާނާ ރޮނީއެވެ. ޝާނާ ހައިރާންވެފައި ހުރެ ގޮސް އެމީހުން ކައިރީގައި އިށީނެވެ. ” ލިމްޔާ ޖުމާ ކީއްވެތަ އެ ރޮނީ؟” ޝާނާ ލިމްޔާ ކުރެން އެހިއެވެ. ލިމްޔާ ދެރަވައި އިނދެ ވެގެން އުޅޭ ގޮަތް ޝާނާ އަށް ކިޔައިދޭން ފެށިއެވެ. ޝިޔާޒާއި ، މާހިން އަދި ޒެއިނާ އޮފީހުން ނިކުތީ އެކުއެކީގައެވެ. ފަހަކަށް އައިސް ޒެއިނާ އަކީ ޝިޔާޒް މާ ގާތްކޮށް ދެކޭ ރައްޓެއްސެކެވެ. ޝިޔާޒް އޭނާގެ ދިރިއުޅުމުގެ ވަރަށް ގިނަ ވަހަކަތަށް ޒެއިނާ އާއި ހިއްސާކުރެއެވެ. އެހެންކަމުން މިހާރު ޒެއިނާވެސް ދެކެނީ ޝިޔާޒްއާއި މެދު ވަރަށް ގާތް ކޮންނެވެ. ” ގެއަށްތަ ދާނީ؟.. ހިނގާދޯ ކޮފީއަކަށް ދަމާ!..” މާހިން ބުންޏެވެ. ” އާނ! ކޮފީއަކަށް ގޮސްލާފައި ގެއަށް ދާނީ” ޝިޔާޒް ބުނެލިއެވެ. ” ޒެއިނާ ދާނަންތަ؟” ” ޝިޔަޒް އަހަރެން ގެންދަންޏާމުން ދާގޮތަށް އަދ މިހުރީ..” ޒެއިނާ ހިނިތުން ވެލިއެވެ. ” އަހަރެން ޒެއިނާ ނުގެންގޮސް ދެން ކާކު ގެންދާނީ…؟” ޝިޔާޒް ހިނިތުންވެލަމުން އެހެން ބުނުމުން މާހިން އަށްވެސް ހިނިތުންވެވުނެވެ. ” ތިކަމެއް ނޭނގެ ޝިޔާޒް ޖުމާ އަކާއި ހެދި މޮޔަވެގެން އުޅޭއިރު…. ދޯ ޒެއިނާ!” މާހިން ޝިޔާޒާއި ދިމާކުރާ ރާގަކަށް އެހެން ބުނެފައި ޒެއިނާ އަށް ބަލައިލިއެވެ. މާހިންގެ އެވާހަކައަށް އެއްބަސް ވުމުގެ ގޮތުން ޒެއިނާ ހިނިތުންވެލަމުން ބޯޖަހާލިއެވެ. ތަފާތު އެކި އެކި ވާހަކަތައް ދައްކަމުން ތިން މީހުން އެކުގައި ހިނގައިގަތެވެ. ނަޖުވާ އޮތީ ޝިޔާޒްގެ ފޮޓޯ އަލްބަމް ހިފައިގެންނެވެ. އަލްބަމުގެ ގަނޑުތަށް އުކަމުން ދިޔަވަރަކަށް ނަޖުވާގެ މޫނަށް ވެރިވަމުން ދިޔައީ އުފާވެރި ކަމެވެ. ކޮންމެ ފޮޓޯއަކީވެސް ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވާކަން ހާމަ ކޮށްދޭ ފޮޓޯއެކެވެ. ގިނަ ފޮޓޯތަށް ނަގައިފައިވަނީ ދެމީހުން ކައިވެނީގެ ހަފްލާގައެވެ. ފޮޓޯތައް ބަލަމުން ގޮސް ނަޖުވާގެ ސަމާލުކަން ހުއްޓުނީ ކައިވެނި ކުރި ރޭގެ ނަޖުވާ ލައިގެން ހުރި ހެދުމުގައި ލަދުން ހިނިތުންވެލައިގެން އިސްޖަހައިގެން އިން ފޮޓޯއަށެވެ. ނަޖުވާ އެފޮޓޯ ނަގައި ރީތިކޮށް ބަލައިލިއެވެ. […]
ރާޔާ ނިޔާމްއާ ދިމާއަށް ފުން ނަޒަރަކުން ބަލައިލިއެވެ. ފައިތިލައިން ފެށިގެން ބޮލާއި ހަމައަށެވެ. ރާޔާގެ ދެ ލޯ ފެންކަޅިވިއެވެ. އެޔާއެކު ނިޔާމް އަށް ހިންދިރުވައިލެވުނެވެ. ހިކެމުން ދިޔަ ތުންފަތް ދުލުން ތެންމައިލެވުނެވެ. ގަދަކަމުންނެވެ. އެޔާއެކު ދެފަރާތަށް ބޯ ހޫރުވައިލައި ގޮނޑިއާ ދިމާއަށް ހިނގައިގަތެވެ. އެވަގުތު ނިޔާމްގެ މޯބައިލް ފޯން ރިންގް ވާން ފެށިއެވެ. ބްރޯ ވަރަށް ކައިރިވެއްޖެ، މި ފެންނަނީ ހަމަ” އެހެން ބުނުމާއެއްކޮށް ނިޔާމް ފޯން ޖީބަށްލާ، އަވަސް އަވަހަށް އޮފީހަށް ދާން ހިނގައިގަތެވެ. “ހާދަ އިރެކޭދޯ ތިވަނީ އަންނަންވެސް” ނިޔާމް ސައިކަލް މަޑުކޮށްލުމާއެކު ޝާފީ ބުނެލިއެވެ. […]
” އަހަރެން ޖުމާނާ އަށް އަނިޔާ މިކުރީ ކީއްވެކަން މި ބުނަނީ…. އަހަރެންގެ ފޯނުން އަހަންނަށް ސިއްރުން ޝިޔާޒް ކިޔާ މީހަކަށް ޖުމާނާ ގުޅީމެއްނު….ޖުމާނާ ހީކުރީ އަހަންނަށް ވަގަށް ފޯނު ހިފައިގެން ދިޔައިރު އަހަރެން އޮތީ ހަމަރަނގަޅަށްވެސް ނިދާފައ ކަމަށްތަ؟… ފޯނު ކޮށްފަ އައިސް ފޯނު ބާއްވާފަ ދިޔައީމަ، ގުޅާފައި އޮތް ނަންބަރަށް އަހަރެން ގުޅީމޭ…. އޭނަ ބުނި ޖުމާނާ ކޮންމެ ދުވަހަކުވެސް ގުޅައޭ… އަދި އެ ޝިޔާޒް ބުނި އޭނާއަކީ ޖުމާނާގެ ކުރޭގެ ލޯބިވެރިޔާއޭވެސް..” […]
ނިޔާމް އަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ. ނިޔާމް އޭނާގެ ދެ އަތުން ރާޔާގެ ބޮލުގައި ނިކަން ލޯބިން ފިރުމާލިއެވެ. ނިޔާމްގެ މޭގައި ރާޔާ ބޯއަޅާލައިގެން ރޮނީއެވެ. ނިޔާމް ރާޔާއާ ވާހަކަ ދައްކަން އުޅެއުޅެވެސް އެކަމެއް ވާގޮތެއް ނުވިއެވެ. ނިޔާމް ރާޔާގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލިއެވެ. ނިޔާމް ގައިގައި ރާޔާ ބައްދައިގެން ހުރުމުގެ ސަބަބުން ނިޔާމް ވެސް ހުރީ ކޮންމެވެސް ވަރަކަށް ތެމިފައެވެ. ނިޔާމް ރާޔާ އާއި ކުޑަކޮށް ދުރުވެލިއެވެ… އޭރުވެސް ވެހެމުންދިޔަ ވާރެއަކަށް ބަދަލެއް ނާދެއެވެ. ނިޔާމް ބަލަން ނުހުރެ ރާޔާ އެތެރެއަށް ވެއްދިއެވެ… އަދި އަލަމާރިން ތުވާއްޔަކާއި ހުދު ކުރުތާއެއް ނަގައި ރާޔާ އަތަށް ލަމުން ބުންޏެވެ. ” ރާޔާ! އަވަހަށް ހެދުން ބަދަލު ކޮށްލާ! ނޫނީ ހުން އަތުވެދާނެ” ރާޔާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. ރާޔާ ކޮޓަރިއަށް ވަނުމުން ނިޔާމް ބަދިގެއަށް ވަދެ ދެތަށި ކޮފީ ހަދަން ފެށީ އެތެރެ ހައްޓަށް ހޫނުކަމެއް ލިބިދާނެ ކަމުގެ އުއްމީދުގައެވެ. އޭރުވެސް ނިޔާމްގެ ސިކުނޑީގައި ރާޔާގެ ހިޔާލުތައް ހުއްޓުމެއްނެތި ދަޢުރުވަމުން ދިޔައެވެ. ނިޔާމް ދެ ތަށި ކޮފީ ހިފައިގެން ސިޓިންރޫމަށް ނިކުތްއިރު ރާޔާ އިނީ ސޯފާގައި އިށީދެގެންނެވެ. އޭރުވެސް މޫނުމަތިން ފެންނަނީ މާޔުސްކަމާއި އެކަނިވެރިކަމެވެ. ” ހިނގާ ދޯ ކޮފީތަށްޓެއް ބޯލަން،” އެހެން ބުނެ ރާޔާ އަށް ކޮފީ ތަށި ދިއްކޮށްލަމުން ނިޔާމް ރާޔާއި ޖެހިގެން ހުރި ސޯފާގައި އިށީނެއެވެ. ރާޔާ ނިޔާމްގެ ހަރަކާތްތަކަށް ބަލަމުން ދިޔައީ ނިޔާމް އަށް ނޭގޭނޭހެން ވަރަށް ސިއްރުންނެވެ. ” […]
ހައިރާން ވެފައި އެތަށް އިރެއް ވަންދެން ރާޔާ ހުއްޓެއެވެ. ” ކަލޭ ކޮންތަނެއްތަ ތިބަލަނީ؟..” ޒުބޭދާ ރުޅިއައިސްފައިވާ ރާގަކަށް ރާޔާއާ ދިމާއަށް ބުނުމުން ރާޔާ ދުވެފައިގޮސް ކޮޓަރިއަށް ވަނެވެ…. މީހަކާއި އިނދެގެންހުރެ އަހަންނަާ އިނުމުގެ ބޭނުމަކީ ކޮބާ؟އެދުގައި އިށީދެގެން އިން ރާޔާ ހިތާހިތުން ބުނެލެެވުނެވެ. ރާޔާ ކޮޓަރިން ނުނިކުމެ އިންދާ ރޭނގަޑު ގަޑިން ނުވައެއް ޖެހީއެވެ… ” ރާޔާ…..ރާޔާ…؟ ” ޒުބޭދާ ހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ. ދޮރުގައި ޖެހިލެއް ބާރު ކަމުން ހީވަނީ ހަމަ ދެންމެ […]
ޒޭން ބޭސްކޮތަޅު ހަވާލު ކުރުމަށް ގާޑް ފަރާތުން ހުއްދަ އަށް އެދުނެވެ. ބޭސް ކޮތަޅު ދިނުމަށްފަހު ނިކުތުމަށް ގާޑް ބުނުމުން ލޫކަސް ބޭސް ހިފައިގެން އެތެރެއަށް ވަންއިރު ޒޭން އިނީ ލަޔާލީ އަތުގައި ހިފަހަށްޓައިގެންނެވެ.. ލަޔާލީ އޮތީ ނިދިފައިކަމުން ލޫކަސް އައިކަމެއްވެސް އޭނާއަކަށް ނޭނގޭނެއެވެ.. ބޭސްކޮތަޅު އެނދާއި ޖެހިގެން ހުރި ކަބަޑް މަތީގައި ބޭއްވުމަށްފަހު ނިކުންނަން ހިނގައިގަތެވެ.. ދޮރާއި އަރާ ހަމަވިތަނާ ޑޮކްޓަރ ފަހަތުން އައިސް ލޫކަސް އަށް ގޮވިއެވެ…**** ” ކިހިނެއްތޯ ވީ ޑޮކްޓަރ؟…އަނެއްކާ ކަމެއް […]