މުޅި މާހައުލުގައިވަނީ ތެތް ފިނިކަމެވެ. ހަވީރު ވެހެންފެށި ވާރޭ މެދުކެނޑުނީ އިރުއޮއްސި އަދިރިވީފަހުންނެވެ. ތަރިތަކުގެ ބެބުޅުންތަކުން ދިއްލައިފައިވާ އުޑުމަތި ބައްދައިލައިފައިވަނީ ކަޅު ވިލާތަކުންނެވެ. ޖެހިލާ ރޯޅިތައް ގައިގައި ބީހިލުމާއެކު ދެދަތްޕިލާވެސް ގުޑުގުޑުއަޅައިގެންދެއެވެ. ރައްޓެހިންނާއެކު ލިއަމްގެ ކައިވެނި ޕާޓީ ނިންމާލުމަށްފަހު އަކްމަލްއަށް ގެއަށް އާދެވުނު އިރު މެންދަމުން އަލިވެ ދޭއްޖަހައިފިއެވެ. ސައިކަލުގެ ހަން ފަޅައިގެން ދިއުމުގެ ސަބަބުން އަކްމަލްއަށް ގެއަށް އަންނަން ޖެހުނީވެސް ފައިމަގުގައެވެ. އެ ދަންވަރު ހަން ބަދަލު ނުކުރެވޭނޭކަން އެނގޭތީއެވެ. ހިމޭން ފިޔަވަޅުތަކެއް އަޅަމުން ގޭގެ […]
އަހަރެން ހިނިތުންވެލާފައި ކޮފީއެއް ހަދާލުމަށްޓަކައި ބަދިގެއަށް ވަނީމެވެ. ފެން ހޫނުކުރަން ގެންގުޅޭ ކަރަންޓް ޖަގަށް ފެން އަޅައި ހިފާލިތަނާ އަހަރެންގެ ބަނޑުގައި ހުރި ރިހުން ކުއްލިއަކަށް ގަދަ ވިއެވެ. ހަމައެވަގުތު އަހަރެންގެ އަތުން ޖަގު ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ. މަންމާއޭ ކިޔާ އަހަންނަށް ބާރަށް ހަޅޭއް ލަވައި ގަނެ ބަަނޑުގައި ހިފަހައްޓާލެވުނެވެ. ދުވެފައި ކަހަލަ ގޮތަކަށް އަޒޫ އައިސް އަހަރެންގެ ގައިގައި ހިފަހައްޓާލަމުން ސަމަދަށް ގޮވަން ފެށިއެވެ. ވީ އެންމެ އަވަހަކަށް އަހަރެން ހޮސްޕިޓަލަށް ގެންދެވުނެވެ. އަހަރެންގެ […]
ދުވަސްތައް ވެއަތުވަމުން ދިޔައެވެ. އެހިތާމަތަކަށް ދެ މަސްދުވަސް ފާއިތު ވަނީއެވެ. މެހެކް އަކީ މިހާރު ކުރީގެ އުފާވެރި މެހެކް އެއް ނޫނެވެ. ކެތްތެރިކަން ދެއްވާތޯ ކެނޑިނޭޅި އޭނާ ދުޢާ ކުރެއެވެ. އެންމެންނަށް ވެސް ހީވަނީ މަންމަ ދާ ދުވަސް ކައިރިވާތީވެ އެހިތާމައިގައި މެހެކް ހުންނަނީ ކަމަށެވެ. އާހިލް އަށް ގުޅިދާނެ ކަމުގެ ބިރަށް އޭނާ އާހިލްގެ ނަންބަރު ފޯނުން ޑިލީޓް ކޮއްލިއެވެ. އާހިލްގެ ފޮޓޯތައްވެސް ޑިލީޓް ކުރިއެވެ. ފޮޓޯތަކަށް ބެލޭތީއެވެ. އެ ސޫރަ ފެނި އަބަދު ރޮވޭތީއެވެ. […]
“އައުސް” ނިކް އެނަން ކިޔައިލިއެވެ. “ހާން އައުސް…. ނޭންގެ މިއަދު ހަމަ އައުސް މަތިން ހަނދާންވަނީ… އެހެންޏާ ނުވާކަހަލަ ގޮތެއް ވަނީ… ޔަގީން އަދިވެސް އައުސް އެއް މޫވް އޮން އެއް ނުކުރޭ… ލައި ބޭނުން ލައިގެ އައުސް ކައިރިޔަށް ދާން… ނިކް ޕްލީޒް ލައިގެ އައުސް ކައިރިޔަށް ގެންގޮސްދީ….” ލައިޝާ ވާހަކަ ދައްކަމުން ދިޔައެވެ. އޭރު ނިކްގެ މުޅި މޫނުމަތި ވަނީ އޮއްސިފައެވެ. “ނިކް… ކީއްވެ އެއްޗެއް ނުބުނީ؟ ގެންދާނަންތަ؟” ނިކްގެ ދެއަތުގައި ހިފައި ތަޅުވައިލަމުން […]
ސިޓިން ރޫމް ސޯފާގައި އާޒިމް ޓެބް ހިފައިގެން ނޫސް ކިޔާލަން އިން އިރު ކައިރީގައި އިން އަނާ ދިޔައީ ވިޔަފާރީގެ ބައެއް ކަންތަކުގެ ވާހަކަ ދައްކަމުންނެވެ. ހުޅުވާފައި ހުރި ޓީވީ އިން ކުރީ ޒަމާނުގެ ހިންދީ ފިލްމެއް އަޅުވާފައި ހުރިއިރު ކާން ތައްޔާރު ކުރަން ހުރި މާރިއާ އިރު އިރުކޮޅަކާއި އެއަށް ކަޅި އެއްލައެވެ. އުނދުންމަތީގައި އުދާފައި ހުރި ޓޮމާޓޯ ބަތްގަނޑުގެ މީރު ވަސް އެތަނުގައި ހިފާލާފައި ވީއިރު ހަށިފުރައި ނޭވާއެއް ލިއަސް ބަނޑު ފުރޭހާ ވަރު […]
ރޭގަނޑުގެ ވަގުތު ގޭތެރޭގައި ރަސްކަން ކުރަމުން ދިޔައީ ހަމަހިމޭންކަމެވެ. މަލަކާ ހުރީ ޓެރަސްގައެވެ. އިޒްޔާންގެ ޚިޔާލުތަކަށް ގެއްލިފައިހުރި މަލަކާ ސިހުނީ މީހެއްގެ ހިލަންވެގެންނެވެ. ފަސްއެނބުރި ބަލާލިއިރު ކުރިމަތީ ހުރި އަޒްފާ ފެނިފައި ފުން ނޭވައެއް ބޭރުކޮށްލެވުނެވެ. “އާޝިޔާ! އެކަނިމާއެކަނި މިތާ ކީއް ތިކުރަނީ؟” އަޒްފާ އާދައިގެ ގޮތަކަށް އަހާލިއެވެ. “ކަމެއް ނުކުރަން.” އަޒްފާ ވިސްނުންތެރިކަމާއެކު އާޝިޔާއަށް ބަލާލިއެވެ. އެދެލޮލުން ފެންނަންހުރީ ރިހުމާއި ވޭނެވެ. އެއަޑުގައިވާ ކުރަކިކަމުން އާޝިޔާ ރޮއިފައިވާ މިންވަރު ދޭހަކޮށްދެއެވެ. “އާޝިޔާ! ދައްތަ ސުވާލެއް ކޮށްލަންތަ؟ […]
“މަށަށް ޖެއްސުމެއް ކޮށްފަދޯ މީ. ކުޅިކަމުން އަނގައަށްލާން ނުކެރޭމި. ރަހައަކުން ރަހައެއް ނުލާ” ޒުބޭދާ ބާރަށް ބުނެލިއެވެ. ރާޔާގެ މޫނުން ދިލަނަގަންފެށިއެވެ. ރާޔާ ބޭނުންވީ އަވަހަށް މޫނު ސާފުކޮށްލަން ދާށެވެ. ރާޔާ ލޮލުން ކަރުނަ ފޮހެލިއެވެ. މީރުކޮށް ކައްކަން ނޭނގުނަސް އޭނާ އެ ކެއްކީ ކެއްކޭނެ އެންމެ މީރުކޮށެވެ. ނަމަވެސް ޒުބޭދާ ރުޅި އައިސް ބަލަން ހުރުމުން އޭނާއަށް އެތަނުން ދާކަށް ނުކެރުނެވެ. “ބުނާކަމެއް ރަގަޅަށް ކުރަން ނޭނގެންޏާ ގޮސް ރަށުގައި ހުރޭ. ކޮންމެހެން މަށަށް ޖެއްސުން […]
މަގުމަތީގެ ހަލަބޮލިކަން އިތުރު ގަޑިއަކީ ހަވީރު ގަޑިއެވެ. ޕޭވްމަންޓު މަތީ ހިނގުމަކީވެސް އުނދަގޫ ކަމެކެވެ. ހަމަ އެގޮތަށް އާޓިފިޝަލް ބީޗުގައިވެސް މީހުން އެހާ ގިނަ ގަޑި އެކެވެ. ކުޑަކުދިންނާއި ބޮޑެތިމީހުން މަޖާ ނަގާއިރު ހީވަނީ އެހެން ކަމެއް ހެންނެވެ. އަރަމް ވެސް ޔަނީޝް އާ އެކު އެތަނަށް ދާން ނިކުތީ ހަވީރު ގަޑި ވީމަ ފިނިވައިކޮޅެއް ހޯދާލުމުގެ ނިޔަތުގައެވެ. އަރަމް ގޮސް ކާރު ޕާކް ކޮއްލާފައި މަގުމަތީ މަޑުކޮއްލީ އަރަމް ގެ ބެސްޓު ފުރެންޑް ޔަނީޝް ފައިބަންދެނެވެ. […]
ިހިތް ބޭނުމޭ….16 ” އަޅުގަނޑު މެރީ ކުރަން މި އުޅެނީ ލިލީ އަކާ ނޫން.. އެލީން އާ” ޒެއިންގެ ޖުމްލައިން މާރިއާ ކާން އިން އޫ ތަށިތެރެއަށް ދޫވެގެން ދިޔައީ ލިބުނު ޝޮކުގައެވެ. ހަމަ އެފަދައިން އީވާ ގެ ތުންފަތުގައި ސިއްރު ހިނިތުންވުމެއް ދުވެލިއެވެ. “ތި ކިޔޭ އެއްޗެއް އެބަ އިނގޭތަ؟” ހިތްހަމަ ނުޖެހިފައި އިނދެ މާރިއާ ވާހަކަ ދެއްކިއެވެ. “ޔެސް މޮމް.. މި ކިޔެނީ ކީކޭކަން އަޅުގަނޑަށް އެބަ އިނގޭ.. އަޅުގަނޑު ލޯބިވަނީ އެލީން ދެކެ.. […]