އިންތިހާޔަށް (15ވަނަ ބައި)
“ލައިޝާ” ފަރީއްތަ ވަރަށް ބާރަށް ގޮވައިލިއެވެ. ސިއްސައިގެން ގޮސް އަހަރެން އަރައިގެން ހުރި ގޮނޑި ވެއްޓުނެވެ. އޭރު ކަރަށް ވާން ވަމުން ދިޔައެވެ. އަހަރެން ކުރަން އުޅުން ކަންތައް ފެނިފައި ސިހުނު ވަރުން ފަރީއްތަ ދުވެލާފައި އައިސް ގޮނޑި އަހަރެންގެ ފައި ދަށުގައި ބެހެއްޓިއެވެ. އަހަރެންގެ ފައި ގޮނޑީގައި ޖެހުމުން ފަރީއްތަ އަހަރެންގެ ކަރުން ގޮށް މޮހައިލިއެވެ.
“ބައްޕާ…” ފަރީއްތަ ވަރަށް ބާރަށް ކާފައަށް ގޮވައިލިއެވެ. ފަރީއްތަ މާ ބާރަށް ހަޅޭތްލަަވަން ފެށުމުން ކާފަ ދުވެލާފައި އައެވެ. އަހަރެން ކުރަން އުޅުން ކަންތައް ފެނިފައި ކާފަ ވެސް ހައިރާން ވިއެވެ. ނަސީބަކުން އެވަގުތު އިޝީ އުޅުނީ ފާހާނައިގައެވެ.
“މީ ކޮން ކަމެއް؟” ރުޅި އައިސްގެން ފަރީއްތަ އަހައިލިއެވެ. އެވަގުތު ފަރީއްތަގެ ލޮލުގައި އަޅައިގަތީ އަހަރެން ލިޔުން ސިޓީއެވެ. ފަރީއްތަ ކާފައަށް ވެސް އިވޭ ގޮތައް އެ ސިޓީ ކިޔައިލިއެވެ. އަހަރެން ހުރީ އިސްޖެހި ގޮތައް ނަގަން ނޭންގިފައެވެ. ފަރީއްތަ ކުޑަ ތަންކޮޅެއް ލަސްވި ނަމަވެސް އަހަރެންގެ ފުރާނަ ދިޔައީހެވެ.
“ލައި… އަމިއްލަ ނަފްސަށް އަނިޔާ ދިނުމަކީ ކިހާ ވަރެއްގެ ކަމެއްކަން އިނގޭތަ؟ ލައި ގެ ކޮން ހަގީގަތެއް މީހަކަށް އެނގިދާނެތީ ތިއުޅެނީ؟ ލައިގެ ރުހުމުގަ ހިނގި ކަމެއް ނޫނެއްނު އެއީ؟ ދެން ކީއްވެގެން ހަގީގަތާ ކުރިމަތި ނުލެވިގެން ތިއުޅެނީ؟ ލައި އަށް އިނގޭތަ އަމިއްލަަޔަށް މަރުވާ މީހަކަށް ދުވަހަކުވެސް ސުވަރުގެ ނުވަދެވޭނެ… އެއީތަ ލައި އަށް މިދޭ ތަރުބިއްޔަތަކީ؟ ކަމެއްވި ނަމަ އަހަރެމެންނަށް ވާނެ ގޮތް ވިސްނާލިންތަ؟ އިޝީއަށް ވާނެ ގޮތް ވިސްނާލީންތަ؟ ފުރާނަ ދެއްވި ފަރާތުން ފުރާނަ ގެންދަވާނެ… އަހަރެމެންނަކަށް އެ ހައްގެއް ނުލިބޭ….” ރުޅި އައިސްގެން ކާފަ ހަޅޭތްލަވަމުން ދިޔައެވެ. އެވަގުތު އިޝީ ވެސް އެތަނަށް އައެވެ. ކޮޓަރިތެރެ ފެނިފައި އިޝީ ވަރަށް ސުވާލުކުރިއެވެ. އަހަރެން އަމިއްލަޔަށް މަރުވަން އުޅުން ކަން އިނގުމުން އިޝީ ހީވީ ދުނިޔެއިން މޮޔަވެގެން އުޅުން ހެންނެވެ.
ގޭތެރޭގައި ހުރިހާ އެންމެންވެސް ތިބީ އަހަރެން ކުރަން އުޅުން ކަމަކުން ހިތް ބިރުގަނެފައެވެ. ދެވަނަ ފަހަރަށް އެކަހަލަ ކަމެއް ކޮށްފާނެތީ އެންމެންވެސް އަހަރެން ގެންގުޅުނީ އެމީހުންގެ ކުރިމަތީގައެވެ. މިހެން އުޅެނިކޮށް ކުއްލިއަކަށް ކާފައަށް ގޮތެއް ވެގެން ވެއްޓުނެވެ. އެ މަންޒަރު ފުރަތަމަ ފެނުނީ އިޝީއަށެވެ. އިޝީ ހަޅޭތްލަވައި ގަތުމުން އަހަރެންނާއި ފަރީއްތަވެސް އެދިމާއަށް ދުއްވައިގަތީމެވެ. ބިންމަތީ އޮތް ކާފަ ތިން އަންހެނުން ވެގެން ނެގުމަށްފަހު އާއިލީ ޑޮކްޓަރަށް ގުޅީމެެވެ. ޑޮކްޓަރު ބެލުމަށްފަހު ލަފާ ދިނީ އަވަސްވީ ގޮތަކުން ހޮސްޕިޓަލަށް ގެންދިއުމަށެވެ. ކާފައަށް “ހާޓް އެޓޭކެއް” ޖެހުމުގެ ސަބަބުން ހާލަތު ވަރަށް ނުރައްކާތެރިއެެވެ. އެގޮތައް ކާފަ ހޮސްޕިޓަލުގައި އޮތީ އެންމެ ތިން ދުވަހުއެވެ. އަހަރެންނާއި އިޝީގެ އިތުރުން ފަރީއްތަގެ ހިތްވެސް ރޮއްވައިލުމަށްފަހު ކާފަ އަހަރެމެންނާއި އުމުރަށް ވަކިވެގެން ދިޔައެވެ. އެވަގުތު އަހަރެންގެ ކަންފަތް ބުޑުގައި ގުގުމަމުން ދިޔައީ އަހަރެން ދަންޖެހިގެން މަރުވަން އުޅުން ދުވަހު ކާފަ ބުނި ވާހަކައެވެ.
“ފުރާނަ ދެއްވި ފަރާތުން ފުރާނަ ގެންދަވާނެ….” އަހަރެންގެ ކަންފަތް ބުޑުގައި ގުގުމަމުން ދިޔައެވެ. އަހަރެންނާއި އިޝީ އަޑުން އަޑުނަގައި ރޮމުން ދިޔައީމެެވެ. ފަރީއްތަ އިނީ ބަސް ހުއްޓިފައެވެ. ދެދުވަސް ވަންދެން ކާ އެއްޗެއްވެސް އަނގަޔަކަށް ނުލެވުނެވެ. އެންމެން އުޅުނީ ކާފަ ނެތިދިއުމުގެ ހިތާމައިގައެވެ.
*****
އައުސް އަނެއް ގަނޑަށް އެއްލިއެވެ. ނަމަވެސް ދެން އިތުރަކަށް އެފޮތަކު އެއްވެސް އެއްޗެއް ލިޔެފައެއް ނެތެވެ. މިހެން ގަނޑު އުކަނިކޮށް އައުސް ހުއްޓުން އެރީ ދެގަނޑު ދޭތެރެއިން ހިކިފައިވާ މަލެއް ފެނުމުންނެވެ. އައުސް އެމަލުގައި ހިފައިލުުމުން މަލުގެ ތަންކޮޅެއް މުރަނަ ކަމުން ފުނޑު ފުނޑުވިއެވެ. އެއީ ކޮން މަލެއްކަން އައުސް ވަގުތުން ހަނދާންވިއެވެ. އެއީ ލައިޝާއާއި އެންމެ ފުރަތަަމަ ދިމާވި ދުވަހު އައުސް ލައިޝާގެ ބޮލުގައި ޖަހައިދިން މަލެވެ. ވަގުތުން އައުސްގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ.
“މޮޔަ ކުއްޖާ… އެންމެ ފަހަރަކުވެސް ނުބުނޭ ވެގެން އުޅޭ ގޮތެއް…. ބުނި ނަމަ އެކްސެޕްޓް ކުރީމުސް ނޯ މެޓާ ވަޓް… ލައި ކީއްވެގެން ދިޔައީ…. މި ފޮތުގަ އެ ވާހަކަ ވެސް ލިޔުން ނަމަ… އޭރަށް މިހިތައް ހަމަޖެހުމެއް ލިބުނީހެއްނު…….” ހިތާ ހިތާ އައުސް ކިޔައިލިއެވެ. އައުސް އެ ފޮތް މޭގައި ޖައްސައި ބާރަށް ބައްދައިލިއެވެ. އޭރު އައުސްއަށް ގިސްލެވެމުން ދިޔައެވެ. ދެލޯ ފުރާ ކަރުނަ އަންނަމުން ދިޔައެވެ.
“އައުޓީ… ތެދުވޭ…. ނިދި ބުރާންތިގަނޑާ…” ކުއްލިއަކަށް އައުސްއަށް ހޭލެވުނީ ކަންފަތް ބުޑުގައި ޒީޝާ ހަޅޭތްލަވައިގަތީމައެވެ. ދެލޯ ހުޅުވައިލި ވަގުތު ހީވީ ބޮލުގައި މީހަކު ވަރަށް ބާރަށް ޖެހިހެންނެވެ.
“އާހް…” ބޮލުގައި ދެއަތުން ހިފައިލަމުން އައުސް ހަޅޭތްލަވައި ގަތެވެ.
“އައުޓީ ކިހިނެއްވީ؟” ޒީޝާ ބިރުން ހުރެ އަހައިލިއެވެ. އައުސް ވަކި އެއްޗެއް ނުބުނެ އިނީއެވެ.
“ރޭގަ ނުނިދަންތަ؟ ދެލޯ ދުޅަވެފަ ތިހުރީ ކީއްވެ؟” އައުސްގެ ލޮލަށް ބަލައިލަމުން ޒީޝާ އަހައިލިއެވެ.
“އަހަރެން ނިދި އިރުވެސް ވާހަކަ ކިޔަން އިނީ… ދެލޯ ދުޅަވާނެ އެއްނު ވާހަކަ ކިޔަމުން ރޯން އިނީ…” ހެމުން ހެމުން އާލިމް ބުނެލިއެެވެ. އެވަގުތު އައުސްގެ ގައި ދަށުގައި އޮތް ފޮތް ނަގައި މޭގައި ބޮނޑިކޮށްލިއެވެ.
“އޯ… މަގޭ އައުޓީ ކޮންއިރަކު ފޮތް ކިޔަން ފެށީ؟” އައުސްގެ ދަތްދޮޅީގައި ހިފައިލަމުން ޒީޝާ ބުނެލިއެވެ.
“ޒިޕީ ދޭ ރެޑީ ވާން… އައުޓީ މިއަދު އޮފީހަށް ނުދާނަން…” އައުސް އަވަހަށް ބުނެލިއެވެ.
“ދައްކަ ވާހަކަ ކިޔާލަން؟ ޒީ ވެސް ބޭނުން ޒީގެ އައުޓީ ރޮއްވައިލި ވާހަކަ ކިޔާލަން…” އައުސް އަތުގައި އޮތް ފޮތުގައި ހިފައިލަމުން ޒީޝާ ބުނެލިއެވެ. އެފޮތް ނުދޭންވެގެން އައުސް ފޮތް މެޔާލައި ބާރަށް ފިއްތައިލިއެވެ. އައުސްގެ އެ އަމަލުން ޒީޝާގެ އިތުރުން އާލިމްވެސް ހައިރާންވިއެވެ.
“މި ފޮތެއް ނުދެވޭނެ… މީ… މީ އައިޝާ ދިން އެއްޗެއް….” ބުނާނެ އެއްޗެއް ނޭންގިގެން އައުސް ބުނެލިއެވެ.
“އައިޝާ ކީއްކުރަން ހިތާމަވެރި ވާހަކައެއް އައުސްއަށް ދޭންވީ؟” ބަލަން ހުރެފައި އާލިމް ބުނެލިއެވެ.
“މީ… ނެކްސްޓް ޝޫޓްއަށް…” އައުސް ދޮގެއް ހަދައިލިއެވެ.
“ޝޫޓަށޭ؟ އެ ކީއްކުރަން ހިތާމަވެރި ވާހަކައެއް؟” ހައިރާންވި ވަރުން ޒީޝާ އަހައިލިއެވެ.
“ރޮވުނީ… ފޮތް ކިޔާ ނޫޅޭތީ…. ގިނަ އިރު ފޮތައް ބަލަން އިނީމަ ލޮލަށް ތަދުވެގެން ލޮލުން ފެންއައީ….” އައުސްގެ މޮޅު ވާހަކައިން އާލިމްއާއި ޒީޝާ ވަރަށް ފަސޭހައިން ހެދުނެވެ. އައުސް އަކީ އެއްގޮތަކަށް ވެސް ފޮތް ކިޔާ މީހެއް ނޫން ކަމުން އެމީހުންނަށް ގަބޫލު ކުރެވުނީއެވެ. އެވަގުތު ޒީޝާ ވެސް ދިޔައީ އޮފީހަށް ދާން ތައްޔާރުވާށެވެ.
ހުރިހާ އެންމެން ދިއުމުން އައުސް އައިޝާ އަށް ގުޅައިލިއެވެ.
“އޮފީހަށް ނާންނަނީތަ؟” ފުރަތަމަ ވެސް އައިޝާ އަހައިލީ އެހެންނެވެ.
“ކާފަ މަރުވީމަ ދެން ކިހިނެއްވީ؟” އައުސް އަހައިލީ މުޅިން ތަފާތު ސުވާލެކެވެ.
“ޑޯންޓް ޓެލް މީ ރޭގަ ނުނިދާ އިނދެގެން ފޮތް ކީ އޭ….” އައިޝާ ބުނެލިއެވެ. އައުސް ވަކި އެއްޗެއް ނުބުނެ އިނީއެވެ.
“ކޯންޗެއް އެފޮތުގަ އޮތީ؟” އައުސް އަނގައިން ނުބުނުމުން އައިޝާ އަހައިލިއެވެ.
“ހާ ލައިފް ސްޓޯރީ…” އައުސް ބުނެލިއެވެ.
“ކަމް… މީޓް މީ…” އައިޝާ ވަގުތުން ބުނެލިއެވެ.
“ހެޑްއޭކް….” އައުސް މަޑުމަޑުން ބުނެލިއެެވެ.
“ބޭސް ކައިގެން އަރާމު ކުރޭ… ލައި އަށް އިނގެޖިއްޔާ ވެސް ހަމަ އެހެން ކަންނޭންގެ ބުނާނީ… ރަގަޅުވީމަ ކޯލް މީ!” މިހެން ބުނުމަށްފަހު އައުސްގެ ޖަވާބެއް ނުލިބެނިސް އައިޝާ ފޯނު ކަނޑައިލިއެވެ.
އެރޭގެ ވަގުތެވެ. އައުސް އައިޝާ އަށް ގުޅުމަށްފަހު އޮފީހަށް ދާން ނިކުތެވެ. އެވަގުތު ޒީޝާ އައިސް ގެޔަށް ވަންނަނީއެވެ. އާލިމް ސިޓިން ރޫމުގައި ޓީވީ ބަލަން އިނެވެ.
“އައުޓީ ކޮންތާކަށް؟” އައުސްގެ އަތުގައި ހިފައިލަމުން ޒީޝާ އަހައިލިއެެވެ.
“އޮފީހަށް…” މިހެން ބުނުމަށްފަހު ޒީޝާގެ އަތް ފޮޅައިލުމަށްފަހު ބާރު ބާރަށް އައުސް ނިކުމެގެން ދިޔައެވެ. އައުސް ދިޔަ ދިމާއަށް ބަލަން ހުރެފައި ޒީޝާ ގޭތެރެޔަށް ވަނުމަށްފަހު އާލިމް ކައިރީ އިށީނެވެ.
“އޮފީސް ގަޑީގަ ނުގޮސްފަ މިގަޑީގަ ކީއްކުރަން އެދިޔައީ؟” އާލިމް ކައިރީ ޒީޝާ އަހައިލިއެވެ. އާލިމް ކޮނޑު އަރުވައިލިއެވެ.
“މިތާ އިނދެފަ ފޯނެއް އައީމަ އަވަސް އަވަސް ކޮށްލާފަ އެދިޔައީ…” އާލިމް ބުނެލިއެވެ.
“ފޮޓޯ ޝޫޓަކަށް ކަންނޭންގެ ދޯ؟” ޒީޝާ އަނެއްކާވެސް އަހައިލިއެވެ. އަނެއްކާވެސް އާލިމް ކޮނޑު އަރުވައިލިއެވެ.
“ބައެއް ފަހަރު ހީވޭ އައުޓީ ވަރަށް ބޮޑު ކަމެއް ފޮރުވާހެން….” ޓީވީ އަށް ބަލަން އިނދެފައި ޒީޝާ ބުނެލިއެވެ. ތެޅިގަނެފައި އާލިމް ޒީޝާގެ މޫނަށް ބަލައިލިއެވެ.
“ކިހިނެއްވީ؟” އެ މަންޒަރު ފެނިފައި ޒީޝާ އަހައިލިއެވެ.
“ކަމެއް ނުވޭ… ދެން ޒީ ކައިރީ އައުސް ހުރިހާ ވާހަކައެއް ކިޔާދެއެއްނު…” ނޫން ކަމަށް ހަދައިފައި އާލިމް ބުނެލިއެވެ.
“ހުރިހާ ކަމެއް ޝެއާ ކުރިޔަސް… ހީވޭ ކަމެއް އުޅޭހެން… ލައިކް ވަކި ދުވަސްކޮޅަކު މޫޑީ ވެފަ ހުރުމާ ފޯނަށް ބަލަހައްޓައިގެން ކަމަކަށް ގެއްލިފަ ހުރުމާ…. ތިއްތި އަކަށް ނުހީވޭތަ؟” ޒީޝާ އަށް ޝައްކު ވާ ކަންތައްތައް ކިޔައިދެމުން އަހައިލިއެވެ.
“ހޫމް ނުހީވޭ…” އާލިމް ބުނެލިއެވެ.
“ތިއްތިއަށް އިނގޭތަ އައުޓީގެ އެއްވެސް ކަމެއް ޒީއަށް ނޭންގޭ؟” އަނެއްކާވެސް ޒީޝާ އަހައިލިއެވެ.
“ކޮންމެ މީހެއްގެ ވެސް ހުންނާނެ ދޯ ޕާސަނަލް ކަންތައްތައ… ވައި އާ ޔޫ ސޯ މަޗް ކޮންސާންޑް އެބައުޓް ހިމް؟” އާލިމް އަހައިލިއެވެ. ޒީޝާ ވަގުތުން އިސްޖެހިއެވެ.
“ބެސްޓް ފްރެންޑް ވީމަ….” ޒީޝާ ބުނެލިއެވެ. އާލިމް ކުޑަކޮށް ބޯ ހޫރައިލުމަށްފަހު ޓީވީއަށް ނަޒަރު ހިންގައިލިއެެވެ.
“މިގަޑީގަ ވެސް މިތަން ހުޅުވާފަތަ ހުންނަނީ؟” އަނދިރި ވެފައިވާ އޮފީސް ތެރެޔަށް ނަޒަރު ހިންގައިލަމުން އައުސް ބުނެލިއެެވެ. އޭރު އެމީހުން ތިބީ އައިޝާގެ ކެބިން ތެރޭގައެވެ.
“ކޯންޗެއް އެފޮތުގަ އޮތީ؟ ކިޔާދީބަލަ…” ހަށަން ބަނދެލަމުން އައިޝާ އެދުނެވެ. އައުސް އެފޮތުގައި ހުރި އެއްޗެހި އައިޝާއަށް ކިޔައިދިނެވެ.
“އެ ފޮތެއް ނުކިޔަންތަ؟” އެންމެ ފަހުން އައުސް އަހައިލިއެވެ. އައިޝާ ބޯ ޖަހައިލިއެވެ.
“ކީއްވެގެން؟” އަނެއްކާވެސް އައުސް އަހައިލިއެވެ.
“އެއީ އައުސް ކިޔަން ޖެހޭ އެއްޗެއް ވީމަ….” އައުސްގެ މޫނަށް ބަލައިލަމުން އައިޝާ ބުނެލިއެވެ.
“އެ ކީއްވެ ވަކި އަހަރެން؟ އައިޝާ ތީ އޭނަގެ އެންމެ ބިލަވްޑް ޕާސަން އެއްނު؟” ނިތްކުރިޔަށް ރޫ އަރުވައިލަމުން އައުސް ބުނެލިއެވެ.
“އައިމް ހާ ބެސްޓް ފްރެންޑް… އެކަމަކު ލައިގެ ހިތާ ފުރާނަ ގުޅިފަ ވަނީ އައުސްއާ….” އައިޝާ ބުނެލިއެވެ. އައުސް ވަކި އެއްޗެއް ނުބުނެ އައިޝާގެ މޫނަށް ބަލަން ކުޑަ އިރުކޮޅަކު އިނެވެ.
“ޔޫ ލަވް ހާ؟” އައިޝާ އަހައިލިއެވެ. އައުސް ލަސްލަހުން ބޯ ޖަހައިލިއެވެ.
“އޭގެ ފަހުން އަހަރެންގެ ހަޔާތަކަށް އެއްވެސް ކުއްޖަކު ނާދެ… ލައި ފިޔަވާ އެހެން އެއްވެސް ކުއްޖަކަށް މިހިތަކު ޖާގައެއް ނެތް…” މޭގައި އަތް އަޅައިލަމުން އައުސް ބުނެލިއެވެ.
“ހަމަ އެއްވެސް ކުއްޖަކަށް ނެތް؟” ނޭޒުމަތީ ދެއަތް ބާއްވައިލުމަށްފަހު ކުޑަކޮށް ބޯ ގުދުކޮށްލަމުން އައިޝާ އަހައިލިއެވެ. ވަގުތުން އައުސް ބޯ ޖަހައިލިއެވެ.
“ދެން ޒީޝާ އޯ؟” އަނެއްކާވެސް އައިޝާ އަހައިލިއެވެ.
“ހެހެހެ އެއީ ބެސްޓް ފްރެންޑެއްނު… އޭނަ ދެކެ އެގޮތަކަށް ނުވޭ ލޯތްބެއް…” ހެމުން ހެމުން އައުސް ބުނެލިއެވެ. އައިޝާ މަސްނޫއީ ހިނިތުންވުމެއް ދިނެވެ.
“ލައި މިރޭ ނުކާންތަ ތި އޮންނަނީ؟” އެނދުމަތީ އޮށޯވެލައިގެން އޮތް ލައިޝާ ސިހުނީ ކައިރިން ނިކް ގެ އަޑު އިވުމުންނެވެ. ވަކި އެއްޗެއް ނުބުނެ އެނބުރެމުން ދިޔަ ފަންކާއަށް ބަލަން ލައިޝާ އޮތީއެވެ.
“ލައި ހިނގާ ކާން….” ލައިޝާގެ އަތުގައި ހިފައިލަމުން ނިކް ބުނެލިއެވެ. ވަގުތުން ލައިޝާ އަތް ދަމައިގަތެވެ.
“ނިކް… ބުނީމެއްނު ލައި ބޭނުން ކަމެއް ކޮށްދޭނަމޭ… މިގޭގަ މިވީހާ ދުވަހަކު ދުވަހަކުވެސް ކަމަކު ނުކިޔަން… އެކަމަކު މިއަދު ވަރަށް ބޮޑު ކަމަކު ކިޔަން ބޭނުން….” ކުއްލިއަކަށް އެނދުން ތެދުވަމުން ލައިޝާ ބުނެލިއެވެ. ނިކް ކުޑަކޮށް ހިނިތުންވިއެވެ.
“ތި ބުނާ ކަމެއް ކޮށްދިނީމަ ލައި ވަރަށް އުފާވާނެތަ؟” ލައިޝާގެ ދެކޮނޑުގައި ހިފައިލަމުން ނިކް އަހައިލިއެވެ. ވަގުތުން ހެވިފައި ލައިޝާ ބޯޖަހައިލިއެވެ.
“ލައިގެ މި ލޯބި ހިނިތުންވުން ގެންނަން އަހަރެން މިހުރީ ކޮންމެ ފަދަ ކަމެއް ވެސް ކޮށްދެން….” ލައިޝާގެ ވިދަމުން ދިޔަ ދެލޮލަށް ބަލައިލަމުން ނިކް ބުނެލިއެވެ.
“ލައިގެ އައުސް ކައިރިޔަށް ލައި ގެންގޮސްދީ!” ނިކްގެ ލޮލަށް ބަލަން ހުރެ ލައިޝާ ބުނެލިއެވެ. (ނުނިމޭ)
5
37 Comments
Comments are closed.
v salhi mi part ves.aneh part kiyaahiyvany??
Alhey lai gendhey avahah aus kairiyah nick
Inthizaarah nimun aissi finally. Kiyaalaafa commenteh kollan eba. Yaaay!!!!
haadha kurey ekmm ?
Oh haadha reechey
Wow v reethi. Haan kuru dhoa. Ifaa dhigu koh genesdheebala??
I don’t comment on anything usually. But I’m reallt touched about the lecture which kaafa gave to laisha when she tries to commit suicide. haven’t read that much awesome dialogue before. Kiyuntherinnah vs iburaiy libeyfadha baskolheh!! masha allah this story is one of my fav. Looking forward to read upcoming parts. Pls update soon. Waiting waiting???
Alhey i’m not the 1st again. Kuda thankolheh las v dhoa.
Story v reethi. Nik dhey avahah lai govaign maldives ah aus kairiyah
Haadha kurey
Varah nice story
Mi part vs awesome…
Nick aky lai he husband tha
Dhen lai dhaanee dhoa aus hoadhaan???
Kiya kiyaa indha nimeyiruvs neynge ehaa reethi mi vaahaka
Puh… Vaahaka feshigen ai iru vv salhi. Drama copy eh veema kannege. Dhen kiyun therin copy ey kiyan fesheema vaahaka anburamun olhamun dhanikoh mihaaru miothy laishaa ge dhefai dheythere ah vadhefa. ?
Hehe ekanamkuvs vaahaka v reethi ehnnu? Mee laisha ge diary and mi story ge emme bodu twistakee vs laisha!!
e drama mihaaru balan fashaafin. V rythi drama eh dho aee
Mivaahakaves rythi
Vaahahaka varah reethi , ekam ebain dhefaharaku “nuheevey” mi gothah liyevifa. Rangalhu gothakee “hiyehnuvey” mi gothah liyun.
Story is beautiful iph. Good job??
Furathambai thakuga characters discribe dheefa huri gothaa mihaaru charactters aa eba thafaathu veey.. Meehun ge characteristics hifehettifa eh nei. Mihaaru heevany Nahulaa ge dhivehi filmeh hen.
hahahaha director nahula aa ifaau aa thi ehvaru kury. Nahula eh hithun maa molhu film hedhey myhe ehenve ifaau ves eyna hithun v molhu vaahaka ehkey dhw thibunany liyamun eh dhany. Nahula and ifaau men kahala ehves originality eh nei people will be like that ?
mee Sony in dhahkaa drama “Beyhadh” ge copy eh dhw :p
Mihaaru copy ekey kiyeykah neiy story is very different!! Thi series akaa ehvs gulhumeh huri thaneh nufeney mihaaru
Bahyehnu kae mehnaa hedhi..
Knme meehaku kon copy ekey tha mi kiyany varugadhu Sony inn dhahkaan drama ehh thaa thy..knme meehehge dhulu kuryga Sony inn dhahkaan beyhadh ge copy ekoa…
Copy akah vehjeh yaa kae men vehja ehh nu thikiyaa beyhadh gandehh balan thiben maithiri vegen..kn copy ekey kiyaan kah tha konme meehaku..ifaau this story is awesome ingey.. Angafuraalafa copy ekey eba kiyaehhnu adhi.. Kn me vaahaka ehh vex eiee copy ehtha kae menna eyyn.. Bahyeh saahaadheh..
Adhi nahulaa ahh vex faadu kiyaafa eba otheyy… Haadha gotheh vex neiy baekey dhw.. Kiyanee ehcheh neyngi gentha thi ulheny… Magey ahh heyo meenu copy akas nuuny ehcheh ge thaihgandakas magey mi vaahaka kiyaanan.. Adhi eba kiya ehhnu nahulaa eyy.. Saabas kae mennan…dhooniyey ulhen dhas kohba kae menn..???
Hahaha brainless gadha ingey???
Story v reethi❤❤
magey akah mi vaahaka kamaku nudhey. ehenve magey mi vaahaka nukiyanee. alhe eh kudhinves nikan magey henn vebala. BE LIKE MAGEY ?
Hahaha magey gadha ingey???
Story v hadi??
Aslu Mi hindey duraama beyhahd aa haadavah tharey mivaahaka
Baeh myhunge kahganda haadha baaru kurey dhw copy ey bunyma. hama copy v ma dhw ehaa ginna myhun copy ey bunaany. Esfiya ga liyaa hurihaa liyuntherinnaa dimaalakah nugovaa copy ehkey. Copy kohfa maa molhu liyun therinna vegen ulhey myhunna ehkani copy ey kiyaafa hury. Adhi myga maja ee vaahaka liyaa myhaa ah nuva varu vaaahaka kiyaa myha ah vey. Vaahaka liyaa myhaa echekey nubunaa iru dhn thibey myhun fuhpany kykuraasho. ehfadha kankamun ingeny baeh kiyuntherin ge visnun hanikan.
Liyuntherinnah kiyaa konme faadu kiyumakee liyuntheriyaa ah libey ithuru hiyvareh. Mivaahakaige liyuntheriyaa ehcheh nubunaakamee liyuntheriyaage ragalhukan?
Bahyeh mithiba meehun maa hedhi..huvaa.. Kon mindless ehh mi ulheny.. Knmehen my unique name copy kuraane kameh neiyh ingey moya gandaa.. Mindless thy kn rasheh ge meeheh eyyn.. I’m from L.GAN.. Mivaahaka mee copy ehh nooooooon… Kae men moya vegen noolheba.. Plxxxx dhuniyeyga ulhen dhas kuranvehjehnu.. Alhe reply to this comment ingey mindless.. Btw are yuh a boy or girl.. Brainless mee girl ehh ingey..????
And ifaaaaauu this story is awesome…
Luv yaa ..????
Mindless reply kohba..
Avass..
I’m waiting..
Thank you all?
Mikudhin haadha varakah mi zuvaabu kuranee? Zuvaabu nukoh kiyaabala. Story is lovely ifaau??
Ok..
Dhnnn noolhen zuvaabu kuraakah..
Comment thakuga writer aa dhekolah comment kuraa kudhinnah vaahaka eh bunelan…
Ehcheh liyumakee ekamah v gina vaguthu dhaa kameh. E heyo ehchehge nakalu kuriyas. Ehcheh balaigen liyunas e liyun perfect kuran v vaguthu dhaane. Kameh goas koh iniyyaa ragalhu kuranvee kanthahthah bunelun ragalhu. Ekam thigothah meehakah hurt vaa gothah ehchehi kiyanjaa writers inspire eh nuvaane dhw. Emeehun beunuvaanee hiyavru aslu. Thihen hedheema emeehunge ability gelleyne. Writing akee vs skill eh. E skill ah emrrhun weak vaa kahala comment nukurey!! No matter how the story is, do say something which make them happy. Cause emeehun mithanah ehvs charge akaa nulaa vaahaka upload kuranee kiyuntherin ufaa kuran. Emeehun mithanah vaahaka liyaa kamun thikudhinnah vaahaka kiyenee. So pls think before you say anything.
And bunelan mi vaahakaige writer is too strong. Love you ifaau❤
Best!! 🙂 Masha Allah!!