Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިހާޔަށް (14ވަނަ ބައި)

Ifaau Level 210 Stories
January 16, 2017 6 Mins Read
22 Comments

އަނެއް ދުވަހު އަހަރެން މާލެ ދާން ފުރީމެވެ. އައުސްއާއި އޭގެ ފަހުން ބައްދަލެއް ނުވިއެވެ. އެކަމާ އަހަރެން ވަރަށް ހިތާމަ ކުރީމެވެ. ނަމަވެސް އައުސް މާލޭގައި އުޅޭތީ ކުޑަކޮށް ހިތްހަމަ ޖެހުނެވެ. އެހާ ބޮޑު ތަނަކުން އަހަރެންނަށް އައުސް ފެންނާނީ ކިހިނެއް ހެއްޔެވެ؟

މާލެ ދާން ފުލައިޓަށް އެރީއްސުރެ އަހަރެންގެ ގައިން ދާހިތްލަމުން ދިޔައެވެ. ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. ބިރުވެރިކަމެއް އިހުސާސް ކުރެވެމުން ދިޔައެވެ. އެއީ އައްޑޫއަށް އައުމުގެ ކުރިން އަހަރެން އިހުސާސް ކުރަމުން ދިޔަ ވޭނެވެ. ނަމަވެސް އެކަންތައްތައް ކުޑަ ވަގުތު ކޮޅަަކަށް ނަމަވެސް ހަނދާން ނެތިގެން ދިޔައީ ފަހަތުން ކެމެރާ އެއްގެ އަޑު އިވުނީމައެވެ. އަވަސް އަވަސް ކޮށްލާފައި އަހަރެން ފަހަތް ބަލައިލި ވަގުތު އަހަރެންގެ ފަހަތުގައި އައުސް ކެމެރާ ހިފައިގެން އިނެވެ. އެވަގުތު އަހަރެންގެ ހިތް އުފަލުން ނަށައިލިއެވެ.

“ލައި ދޯ…” އަހަރެން ބަލައިލުމުން އައުސް ބުނެލިއެވެ. ކައިރީގައި އައުސްގެ ބޭބެ ވެސް ހެވިފައި ބަލަން އިނެވެ. ފުލައިޓު ހުޅުލެއަށް ޖައްސަންދެން އަހަރެމެން ވަރަށް ވާހަކަ ދެއްކީމެވެ. އަހަރެންގެ ނަމްބަރުވެސް އައުސް ހޯދިއެވެ. އައުސްގެ މަޖާ ވާހަކަ ތަކުގައި ޖެހިގެން އަހަރެންނަށް ހެވުން ވަރެއްވެސް ނޭންގެއެވެ. އަހަރެން އިނީ ހީހީ ކޮލަށްވެސް ތަދުވެފައެވެ.

ލަފައިގެން އައި އިރު އިޝީ އާއި ކާފަ އަހަރެން ބަލައި އައިސް ތިއްބެވެ. ފްލައިޓުން ފޭބި ފަހުން އަހަރެންނަކަށް އައުސް އެއް ނުފެނުނެވެ. އަހަރެންނަށް އައުސް ފެނުނީ ފެރީއަށް އެރި ފަހުންނެވެ. އޭރު އައުސް ހުރީ ދެން ޖެހިގެން ހުރި ފެރީއަށް އަރަން ތައްޔާރަށެވެ. އެހެން ކަމުން އިޝީއާ ވެސް ބައްދަލު ކޮށެއް ނުދެވުނެވެ.

ގެޔަށް އައުމާއި އެކު އަހަރެންނަށް އާދަޔާ ހިލާފު އިހުސާސް ތަކެއް ކުރެވެމުން ދިޔައެވެ. މީގެ އިރުކޮޅެއް ކުރިން އުފާވެފައި ހުރި އަހަރެންގެ ހިތް ބިރު ގަންނަން ފެށިއެވެ. އެގޭތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއި އެކީ އަހަރެންގެ މިޒާޖު މުޅިން ބަދަލުވެގެން ދިޔައެވެ. ރިޔާޒްބެ ފެނުމުން މުޅި ގައިން ދާހިތްލަން ފެށިއެވެ. އަވަހަށް އަހަރެން ކޮޓަރިޔަށް ވަދެ ދޮރު ތަޅުލީމެވެ.

“ލައި ބަލީތަ؟” އަހަރެން އެނދުމަތީ އޮށޯވެ އޮއްވައި އިޝީ އައިސް އަހައިލިއެވެ. އަހަރެންނަށް ރޮވެން ފެށުނެވެ.

“އިޝީ… ލައި އަކަށް ނޭންގެ މިވާ ގޮތެއް… އައްޑޫއަށް ދާން ނިކުތީއްސުރެ ވަރަށް ހަމަޖެހިފަ ހުރީ… އެކަމަކު މިކޮޅަށް އަންނަން ފްލައިޓަށް އެރީއްސުރެ ފާޑަކަށް ބިރުގަނެފަ ހުންނަނީ… މިގެޔަށް ވަނީމަވެސް އެކަހަލަ އިހުސާސެއް ކުރެވެނީ… އެއްވެސް… އެއްވެސް މީހަކާ ވާހަކަ ދައްކާ ހިތެއް ނުވޭ… އެކަނި އިންނަން ބޭނުންވަނީ… ނޭންގެ ވާ ގޮތެއް…” އަހަރެންނަށް އިހުސާސް ވަމުން ދިޔަ ކަންތައްތައް އިޝީއަށް ކިޔައިދިނީމެވެ. ނަމަވެސް އިޝީ އަށް އެކަން މާނަ ކުރެވުނީ މުޅިން އެހެން ގޮތަކަށެވެ.

“އެބަ އިނގެޔޭ… އެކޮޅުގަ ހިތްހަމަޖެހޭނެ އެއްނު އައުސް އާ ދިމާވީމަ… އެއީ އެވާގޮތަކީ…” އިޝީއަށް އެކަން ވީ މަޖާ ކަމަކަށެވެ. އެހެން ކަމުން އަހަރެން އިތުރަކަށް އެވާހަކައެއް ނުދައްކަމެވެ.

އޭގެ އަނެއް ދުވަހުގެ ހެނދުނު އަހަރެންނަށް ހޭލެވުނީ ފޯނު ރިންގުވާން ފެށުމުންނެވެ. ލޯ ހުޅުވައިލުމަށްފަހު ތެދުވަން އުޅެ އުޅެ ނުދެވުނެވެ. މުޅި ގައިގައި ރިއްސަނީއެވެ. ވަރަށް ހިތްވަރު ކޮށްފައި އަހަރެން އެނދުން ތެދުވުމަށްފަހު ފޯނު ނެގީމެވެ. ގުޅަނީ ނުދަންނަ ނަމްބަރަކުންނެވެ. ފޯނު ކަންފަތުގައި ޖަހައިގެން ބަހެއްވެސް ނުބުނެ އަހަރެން ހުރީ އެކޮޅުން އެއްޗެއް ބުނަންދެނެވެ.

“ހުވަފެނެއްގަތަ؟ ނިދީގަތަ ތި ހުރީ؟ ލައި އަނގައިން ބުނެބަލަ….” ކަންފަތުގައި ޖެހުން ފިރިހެން އަޑުން އެވަގުތު ހަށިގަނޑުގައި އަޅަމުންދިޔަ ވޭންތައް އެކީ ފިލައިގެން ދިޔަ ކަހަލައެވެ. އަހަރެންނަށް ވަރަށް ބޮޑަށް ހެވުނެވެ. އުފަލުންނެވެ. ދެންވެސް އަހަރެންނަކަށް ބަހެއް ނުބުނެވުނެވެ.

“ލައި ނިދީގަތަ ފޯނު ނެގީ؟ ހަލޯ…” އައުސް ގޮވައިލިއެވެ. އެހިސާބުން އަހަރެން ވާހަކަ ދައްކަން ފެށީމެވެ.

އެދުވަހަށްފަހު އައުސް އަހަރެންނަށް ވަރަށް ގިނައިން ގުޅައެވެ. ފަހުން ފަހުން އަހަރެންވެސް ގުޅަމެެވެ. އަބަދުވެސް ބޭނުންވަނީ ގުޅައިގެން ހުންނާށެވެ. ފޭސްބުކުން އައުސް ފޮނުވާ މަޖާ ފޮޓޯތައް އަހަރެން އިޝީއަށް ވެސް ދައްކަމެވެ. އެންމެ ފަހުން އަހަރެން އައުސްއާއި އެކީ ބޭރަށްވެސް ދާން ފެށީމެވެ. ނޭންގި ނަމަވެސް ދެމީހުންނަށް ލޯބި ވެވިއްޖެއެވެ. ގޭ މީހުންނަށް ވަގަށެވެ. ނަމަވެސް އަހަރެން ކުރާ ހުރިހާ ކަމެއް އިޝީއަށް އިނގޭނެއެވެ.

މިގޮތައް ބޭރަށް ގޮއްސައި ގެޔަށް އައި ދުވަހެކެވެ. ކޮންމެ ދުވަހަކުވެސް އަހަރެން ގެޔާއި ހިސާބަށް ލާން އައުސް އާދެއެވެ. އެހެން ކަމުން އެދުވަހުވެސް އައުސް އަހަރެން ގޮވައިގެން ގޭ ދޮށަށް އައެވެ. ނަމަވެސް އެދުވަހު ދެމީހުންވެސް ސިހުނީ ކުރިމަތިން ރިޔާޒްބެ ފެނުމުންނެވެ. އަަހަރެން ހުރީ ބިރުން ވިރިވިރިއެވެ. އަހަރެން ބިރުން ހުރެ ބަލައިލުމުން އައުސް އަވަހަށް އެތަނުން ދިޔައެވެ. އަހަރެންވެސް ސަލާމަތް ވާން ވެގެން އަވަހަށް ގެޔަށް ވަނީމެވެ. ނަމަވެސް އަހަރެން ފަހަތުން އައިސް ރިޔާޒްބެ އަހަރެން މުޅި އާއިލާ ކުރިމަތީ ބޭޒާރުކޮށްލިއެވެ.

“ފަރީ މީނަ މިހާރު ފާޑުފާޑުގެ ފިރިހެނުން ގޮވައިގެން އުޅެނީ… ދެންމެވެސް އަހަރެން ކުރިމައްޗައް އެޖެހުނީ…” ފަރީއްތަ ކުރިމަތީ ރިޔާޒްބެ އަހަރެންނޭ ކިޔައިގެން ކިޔުނުހާ އެއްޗެއް އެދުވަހު ކިއެވެ. އަހަރެން ފާޅުގައި އެކަމާ ދެކޮޅު ހެދީމެވެ. ކާފަ އަހަރެންގެ ވާހަކަ ގަބޫލު ކުރި ކަމުގައި ވިޔަސް، ފަރީއްތަ އެކަމަކާ އެއްވެސް އެއްޗެއް ނުބުނެއެވެ.

ކަންތައްތައް މުޅިން ސަކަރާތް ވަމުން ދިޔައެވެ. އަހަރެންނާއި އައުސް މަގުމަތީ ލޮލީ ބޮމުންދިޔަ ފޮޓޯއެއް ރިޔާޒްބެ ފަރީއްތައަށް ދެއްކީއްސުރެ އަހަރެންނަކަށް ގެއިން ބޭރަކަށް ނުދެވެއެވެ. އިޝީއާއި އެކުވެސް ނުދެވެއެވެ. ގޭ ބޮޑު މީހަކާ އެކީ ނޫނީ ބޭރަށް ދާކަށް ހުއްދައެއް ނޯވެއެވެ. ފޯނުވެސް ރިޔާޒްބެގެ ނުފޫޒުން އަހަރެން އަތުން އަތުލައިފިއެވެ. އައުސްއަށް ގުޅޭނެ ހަމައެކަނި ވަސީލަތަކީ އިޝީގެ ފޯނެވެ. އިޝީ އަހަރެން ދެކެ ވާ މަތިވެރި ލޯތްބެއްގެ ސަބަބުން އަހަރެންގެ ހިތާމަތަކެއް ކެތެއް ނުކުރެވެއެވެ. އިޝީގެ މައިންބަފައިންނަށް ވަގަށް އަހަރެންގެ ލޯބި އާލާ ކުރުމުގެ މަގު ފަހިކުރަކުން ދިޔައެވެ. މިހެން އުޅުމުގެ ތެރޭގައި ކާފައަށް ކޮންމެވެސް  ގޮތަކުން އަހަރެންގެ ލޯބީގެ ކުޅިގަނޑު އެނގިގެން ދިޔައެވެ. ނަމަވެސް ކާފަ އަހަރެންނަށް ނަސޭހަތް ދިނުމަށްފަހު އިތުރު އެއްވެސް އެއްޗެއް ނުބުނެއެވެ.

މިގޮތައް ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އަހަރެންގެ ހަށީގައި އަޅަމުންދިޔަ ވޭންތަކަށް ނިމުން އައީ އެއްދުވަހެއްގެ އިރު އެރުމުންނެވެ. އަހަރެން ނިދައި ތެދުވި އިރު އަހަރެން ކައިރީ ފަރީއްތައާއި އިޝީ ރޮވިފައި ތިއްބެެވެ. ކާފަ ހުރީ ޕޮލިހަކާއި ވާހަކަ ދައްކާށެވެ. އަހަރެން ބިރުގަންނަން ފެށިއެވެ. އަނެއްކާ އަހަރެން ޕޮލިހުންނާއި ހަވާލު ކުރަން އުޅެނީ ހެއްޔެވެ؟ ވަރަށް އުނދަގުލުން އަހަރެން އެނދުން ތެދުވީމެވެ.

“އިޝީ މީ ކޮންކަމެއް؟” އަހަރެންނަށް ފުރަތަމަވެސް އަހައިލެވުނެވެ. އަހަރެންގެ ސުވާލުން އިޝީ އަޑުން އަޑު ނަގައި ރޯން ފެށިއެވެ. އެއަޑަށް ކައިރީ ހުރި ޕޮލިސް މީހާ އަހަރެން ކައިރިޔަށް ޖެހިލިއެވެ.

“ރޭގަނޑު ނިދަނީ ކިހާ އިރަކު؟” ޕޮލިސް އޮފިސަރު ސުވާލު ކޮށްލިއެވެ.

“އެންމެ ލަސްވެގެން 11 ޖަހާއިރަށް ނިދަން..” އަހަރެން ޖަވާބު ދިނީމެވެ.

“ނިދުމުގެ ކުރިން އެއްޗެއް ކަންތަ ބޮންތަ؟” ޕޮލިސް މީހާ އަނެއްކާވެސް އަހައިލިއެވެ.

“ކިރު ތައްޓެއް ބޮން…” އިޝީ އަދި ފަރީއްތަގެ މޫނަށް ބަލައިލަމުން އަހަރެން ބުނެލީމެވެ.

“ކާކު ދެނީ؟” އަނެއްކާވެސް އަހައިލިއެވެ.

“ފަރީއްތަ… އިޝީވެސް ގެނެސްދޭ!” އަހަރެން ބުނެލީމެެވެ. އެންމެންވެސް ޝައުގުވެރި ކަމާއި އެކީ އަޑުއަހަމުން ދިޔައެވެ.

“ކާކު ގިރާ ކިރު ތައްޓެއް އެއީ؟” ޕޮލިސް މީހާ ފަހަރަކު މީހެއްގެ މޫނަށް ބަލައިލަމުން އަހައިލިއެވެ.

“ބައްޕަ އިޝީ އަތައް ދެނީ…” އިޝީ ބުނެލިއެވެ. ފަރީއްތަވެސް އެކަމާ އެއްބަސްވިއެވެ.

“ކިހިނެއް ވެގެންތަ މިއުޅެނީ؟” އަހަރެންނަށް ތަންކޮޅެއް ބާރަށް އަހައިލެވުނެވެ.

“އެހެންވީމަ އެ ކިރު ތަށީގެ ސަބަބުން ނުހޭލެވެނީ ރޭގަނޑު….” ޕޮލިސް މީހާ ދެން ހުރި މީހާ ކައިރީ ބުނެލިއެވެ.

“އެއްވެސް ކަހަލަ އެނދަގުލެއް ވޭތަ ނިދާ ހޭލާ އިރުގަ؟” ޕޮލިސް އޮފިސަރު އަހައިލިއެވެ. އެވަގުތު ނިދާ ހޭލާ ގަޑީގައި އަހަރެންނަށް ވާ ގޮތްތައް ކިޔައިދިނީމެވެ. އެންމެންވެސް ޝަކުވާ ކުރީ އެހާ ބޮޑުވަރު ވެގެން ދިޔަ އިރު އަހަރެން މީހެއްގެ ކައިރީ ނުބުނީމައެވެ.

“ލައި ހީކުރީ ލައި އަށް އަސްލުވެސް ބައްޔެއް ޖެހުނީ ކަމަށް… އެހެންވެ ނުބުނީ…” އަހަރެން ބުނެލީމެވެ.

ޕޮލިހުން ކުރަން ބޭނުންވި ސުވާލުތައް ކޮށްފައި އެމީހުން ނުކުމެގެން ދިޔައެވެ. އެމީހުން ހަމަ ނިކުތުމާއި އެކީ އިޝީއާއި ފަރީއްތަ އަހަރެން ގައިގައި ވަރަށް ބާރަށް ބައްދައިލިއެވެ.

“ކިހިނެއް ވެގެންތަ މިއުޅެނީ؟” އަހަރެން އަަހައިލީމެވެ.

“ލައި އަށް އިނގޭތަ؟ ލައިގެ ހަށގަނޑުގަ ކޮންމެ ދުވަހަކު އެހާ ވޭން އަޅަނީ ކީއްވެކަން؟” އިޝީ އަހަރެން ކައިރީ އަހައިލިއެވެ. އަހަރެން ބޯ ހޫރައިލީމެވެ.

“ކޮންމެވެސް މީހަކު ލައި އާ އެކީ ޖިންސީ ގުޅުން ހިންގާތީ!” ފަރީއްތަ ބުނެލިއެވެ. އަހަރެންނަށް ފުންމައިގެން އެނދު މައްޗައް ކޮޅަށް އެރުނެވެ. ހައިރާންވި ވަރުންނެވެ. އެވަގުތު އަހަރެންގެ އެއްވެސް ހިއްސެއް މަސައްކަތެއް ނުކުރިއެވެ. ރޯންވީ ކަމެއް، ހޭންވީ ކަމެއް ނުވަތަ ބިރުގަންނަންވީ ކަމެއް ނޭންގުނެވެ. އަހަރެން އެހެން ހުންނަން ފެށުމުން ފަރީއްތަ އަހަރެންގެ ގައިގައި ހިފައިފައި އެނދުމަތީ ބޭންދިއެވެ.

“އިޝީ މިރޭ ފެން ބޮވައިގަނެގެން ތެދުވިއިރު ފެންނަނީ ކޮންމެވެސް މީހަކު ލައި ގެ ރޫމް އަށް ވަދެ ދޮރު ޖަހަނިކޮށް…. ހަމަ އެވަގުތު ކާފަވެސް ނިކުތީ ފެން ބޯން ވެގެން…. އިޝީ އަވަހަށް އެވާހަކަ ކާފަ ކައިރީ ބުނީ… ކާފަ ކޮޓަރި ކައިރިޔަށް ގޮސް ބެލިއިރު ކޮންމެވެސް އަޑެއް ކިޔާ ކޮޓަރި ތެރެއިން…. އެހެންވެ ކާފަ ޑަބަލް ކީ އިން ރޫމް ހުޅުވީ…. ހުޅުވި އިރު އިޝީގެ ބައްޕަ……” އިޝީ ހުއްޓުން އެރިއެވެ. އަހަރެންވެސް ހަރަކާތް ހުއްޓިފައި ހަމަ އެއިން ގޮތައް އިނީއެވެ.

“އިޝީގެ ބައްޕަ ލައި އާ އެކީ….” އިޝީ ބާރަށް ރޮއެގަތެވެ. ފަރީއްތަ އިޝީ ގައިގައި އޮޅުލައިގަތެވެ.

“ކާފަ ޕޮލިހަށް ގުޅީ…. މިހާރު އިނގެއްޖެ ކާފަ ބައްޕައާ ވާހަކަ ނުދައްކަނީ ކީއްވެކަން… އެއީ ވަރަށް ނުބައި މީހެއް…. މިހާރު މިދުނިޔެމަތީ ހުރި އެންމެ ނުބައި މީހާ…. އައި ހޭޓް ހިމް…” ރުޅި އައިސްގެން އިޝީ ބާލީސްތައް އުކަން ފެށިއެވެ.

“ލައި…” ކާފަ އަހަރެން ކައިރީ އިށީނެވެ.

“ލައި އަށް ނޭންގި ލައިގެ އިއްފަތްތެރިން މީހަކު ފޭރިގަތީމަ ކާފަ ވަރަށް ދެރަވެއްޖެ… މިރޭ އިޝީއަށް ނުހޭލެވުންނަމަ ނުވެސް އެނގުނީސް…. މިހާރު ރިޔާޒްއަށް އޭނަ ކުރި ކުށުގެ އަދަބު ލިބޭނެ… ދެން އެކަމާ ނުވިސްނާ….” ކާފަ އަހަރެންގެ ގައިގައި ބައްދައިލިއެވެ.

“ކާފާ… އެއީ ވަރަށް ނުބައި މީހެއް….” އެހާ ހިސާބުން އަހަރެންނަށް ރިޔާޒްބެ ކުރި އަނިޔާތައް ތަފްސީލުކޮށް ކިޔައިދިނީމެވެ. އެންމެވެސް ހައިރާންވީ ކުރިން ނޭންގޭ އެތައް ކަމެއް އެނގިގެން ދިޔައީމައެވެ. އެންމެންވެސް ދެރަވީ ރިޔާޒްބެ ދެކެ ބިރުން އަހަރެން އެއިން އެއްވެސް ވާހަކައެއް މީހެއްގެ ކައިރީ ނުބުނީމައެވެ.

އެދުވަހު އެކަނި ވުމުން އަހަރެން އެކަމާ ވަރަށް ވިސްނީމެވެ. އައްޑޫގައި ހުރި އިރު ހެނދުނު އަހަރެންނަަކަށް އެއްވެސް ތަކުލީފެއް ނުލިބެއެވެ. ވޭން އަޅަނީ ގޭގައި އުޅުން އިރުއެވެ. އަހަރެންނަށް ވިސްނެމުން ދިޔައެވެ. ރިޔާޒްބެ ގިރާފައި އިޝީ އަދި ފަރީއްތަ އަތައް ކިރު ތައްޓެއް ދެނީ އަހަރެންގެ ހަށިގަނޑުގެ ބޭނުމުގައެވެ. އެޔަށް ނިދާ ބޭސް އަޅައިފައެވެ. އެ ކިރު ތަށި ވެެގެން މިދިޔައީ އަހަރެންގެ ހަލާކަށެވެ. އެދުވަހު ދެރަވި ވަރުން ގުޅާފައި އައުސްއަށް ހުރިހާ ވާހަކައެއް ކިޔައިދޭން އަހަރެން ނިންމީމެވެ. ނަމަވެސް ބިރުގަތީ އެހުރިހާ ވާހަކައެއް އަހައިފައި އައުސް އަހަރެންނާއި ދުރު ވެދާނެތީއެވެ. ދެމީހުން ރައްޓެހި ވެގެން ނޫޅުން ކައުގައި ވިޔަސް ދެހިތުގެ ލޯބި ދެމީހުންނަށްވެސް އިހުސާސް ކުރެވެމުން ދިޔައެވެ. ހަޔާތުގައި އައުސް ފިޔަވައި “ޗާމިންގ” އިންސާނެއް އަހަރެން ނުދެކެމެެވެ. އައުސްއާ ވާހަކަ ދައްކައިލެވޭ ކޮންމެ ވަގުތަކު ހުރިހާ ކަމެއް މަތިން އަހަރެން ހަނދާން ނެތިގެން ދިޔައެވެ. އެދުވަހު ހެނދުނު ހިނގާ ދިޔަ ހާދިސާ މަތިން އަހަރެން ހަނދާން ނެތުނީ އެރޭ އައުސް އަހަރެންނަށް ގުޅީމައެވެ.

ފޯނުގައި އެތައް އިރަކު ހީހީފައި އަހަރެން ވާހަކަ ދެއްކީމެވެ. ނަމަވެސް ކުއްލިޔަކަށް އައުސް އެހި ސުވާލަކުން އަހަރެންގެ ބަސް ހުއްޓުނެވެ.

“ލައި ތީ ވާޖިން އެއް ތަ؟” މަޖަލަކަށް ހަދައިފައި އައުސް ކުރި ސުވާލުން އަހަރެންގެ އަނގަ ބަންދުވެގެން ދިޔައެވެ. އެސުވާލަށް އަހަރެން ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ބަހެއް ނުބުނެ އަހަރެން ހުންނަން ފެށުމުން އައުސް އަހަރެންނަށް ގޮވައިލިއެވެ.

“ހެހެހެ ރުޅި އައީތަ؟ ދެން އިނގޭ ދޯ ލައި އެހެން ނޫޅޭނެކަން… ހަމަ މަޖަލަކަށް އަހާލީ… ޑޯންޓް މައިންޑް ބޭބީ…” އައުސް ބުނެލިއެވެ. އެހާ ހިސާބުން ހަމަޔަކަށް އެޅުން ކަމުގައި ވިޔަސް އަހަރެންނަށް އެކަމާ ނުވިސްނަޔެއް ނުހުރެވުނެވެ.

އައުސް ނޫނަސް ކޮންމެ ފިރިހިނެއްވެސް ބޭނުންވާނީ އިއްފަތްތެރި އަންހެނެކެވެ. އަހަރެންމީ އައުސް އާ އެކަށީންގެން ވާ މީހެއް ނޫނެވެ. އަހަރެންމީ ދުނިޔޭގެ އެއްވެސް ފިރިހިނަކާ އެކަށީގެންވާ މީހެއް ނޫނެވެ. އަހަރެންގެ ހަގީގަތް އެނގިއްޖެ ނަމަ އެއްވެސް މީހަކު އަހަރެންނެއް ބޭނުމެއް ނުވާނެއެވެ. މިރޭ އައުސް ކުރި ސުވާލުން އައުސްވެސް އެކަހަލަ މީހެއް ބޭނުން ނުވާކަން އަހަރެންނަށް އިނގިގެން ދިޔައެވެ. އަހަރެންގެ ހިތް ބިރުވެރި ވަސްވާސްތަކުން ފުރިގެން ދިޔައެވެ. ހާސްވެގެން މުޅި މީހާ ތުރުތުރު އަޅަމުން ދިޔައެވެ. މިހާރު އަހަރެންނަށް ހިތްހަމަޖެހިލައިގެން ނޭވަޔެއްވެސް ލެވެނީ އައުސްއާ އަނގައިން ބުނުމުންނެވެ. އަހަރެންގެ ނުފެންނަ ފަޅި ފެނިއްޖެނަމަ އައުސް އަހަރެން މަތިން ފޫހިވެދާނެއެވެ. އައުސްއަށް ކޮންމެވެސް ދުވަހަކުން އެކަން އެނގިދާނެއެވެ.

ނުބައި ހިޔާލުތަކުން އަހަރެންގެ މުޅި ސިކުނޑި ވަށައިލައިފިއެވެ. ބޯ ފަޅައިގެން ދާން އުޅެން ފެށުމުން އަހަރެން ގަލަމަކާއި ގަނޑެއް ހިފައި އައިސް ލިޔަން ފެށީމެވެ.

“ލޯބިވާ އިޝީ، ފަރީއްތަ އަދި ކާފައަށް،

ލައި ގެ މަންމައާއި ބައްޕަ ލައި ދޫކޮށްފަ ދިޔަ ދުވަހު މި އާއިލާ އިން ލައި ބަލައިގަތީމަ ވަރަށް އުފާވި… މި އާއިލާއިން ލިބުން ލޯތްބާއި އަޅައިލުމަކީ އުފަން ބައިންބަފައިންގެ ފަރާތުންވެސް ނުލިބޭ ކަމެއް… ލައި ތި ހުރިހާ އެންމެން ދެކެ ވަރަށް ލޯބިވޭ… އެކަމަކު މިއަދު ލައިގެ އެހާ ހިތްވަރެއް ނެތް… ލައި މިއަދު މިވަނީ އެކަށް ބަލިކަށި ވެފަ… ދުނިޔެ މަތިން ފޫހިވެފަ… އެއްވެސް މީހަކަށް ލައިގެ އެތެރޭގެ މުޑުދާރުކަން އިނގެއްޖެނަމަ ލައި ބަަލައެއް ނުގަންނާނެ… އެންމެންވެސް ކުރާނީ މަލާމާތް… މީހުންގެ މަލާމާތަކީ ލައި އަށް ކެތްވާނެ އެއްޗެއް ނުން… އިޝީ ދެކެ ވަރަށް ލޯބިވޭ… ފަރީއްތަ އަކީ ދެވަނަ މަންމަ… ކާފަ އަކީ ބައްޕަ ނެތް ދުނިޔޭގަ ލައިގެ ބައްޕަ… ހުރިހާ އެންމެންނާ ވަަރަށް ދުރަށް ލައި މިއަދު މިދަނީ… ލައި ދިޔައީމަ އެކަކުވެސް ނުރޯތި… އިޝީ ހިތްވަރު ކުރާތި… ވަރަށް ލޯބިވޭ…

ހުރިހާ އެންމެންގެ ލައި”

އަހަރެން ގަނޑުގައި ލިޔެލީމެވެ. އޭރު އަހަރެންނަށް ގިސްލަ ގިސްލާފައި ރޮވެމުން ދިޔައެވެ. އެވަގުތު އައުސް އަށް ވެސް ” އައި ލަވް ޔޫ” އޭ ކަޔައިފައި މެސެޖެއް ކޮށްލީމެވެ. ވަގުތުން އައުސް އަހަރެންނަށް ރައްދު ފޮނުވިއެވެ. “އައި ލަވް ޔޫ ޓޫ މައި ޕްރިންސެސް” އަހަރެން މެސެޖު ކިޔައިލުމަށްފަހު ހީލީމެވެ. ދެން އަހަރެން އަވަސްވެ ގަތީ އަހަރެން ކުރަން އުޅުން ކަންތައް ކުރިޔަށް ގެންދިއުމަށެވެ. އަހަރެން ލިޔުން ސިޓީ މޭޒުމަތީ ބޭއްވުމަށްފަހު އަހަރެން އަލަމާރި ހުޅުވައިލީމެވެ. އަލަމާރިން ޖިންސެއް ނެގުމަށްފަހު ގޮނޑިޔެއް އެނދު މައްޗައް އެރުވީމެވެ. ގޮނޑި މައްޗައް އެރުމައްފަހު ޖިންސްގެ އެއް ފައި ހުރި ފަންކާގައި އައްސައިލީމެވެ. ދެން އެލިފައި އޮތް ފައިކުރި ކަރުގައި އައްސައިލީމެެވެ. (ނުނިމޭ)

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ifaau

Level 210 Stories

Story writing is one of the best thing I wanna do always. Thank you all❤ Check me out in Facebook- Iphaa / Instagaram- iiiphoooo

Other Articles

Previous

ހިތް ބޭނުމޭ..15

Next

ވަފާތެރި މަވީމޭ…. 5 ވަނަބައި

Next
January 16, 2017

ވަފާތެރި މަވީމޭ…. 5 ވަނަބައި

Previews
January 15, 2017

ހިތް ބޭނުމޭ..15

22 Comments!

  1. Ifaau says:
    January 16, 2017 at 12:43 pm

    There you go Ep14❤❤
    I love you all?

  2. Xum says:
    January 16, 2017 at 12:51 pm

    Eyyyy eyyyy lai kihineh hadhan miulhenee? Nooooooooooooooooooooo

  3. Nash says:
    January 16, 2017 at 12:53 pm

    Yaaay nash 1st. Lai suicide kuran tha miulhenee? Lai maru nuvachey…. Lovely story

  4. Jum says:
    January 16, 2017 at 12:59 pm

    Lai maruvaan tha miulhenee? Ehen nuhadhaathi. Gosh this story made my day??

  5. hyny says:
    January 16, 2017 at 1:05 pm

    Lai mi ulheny shaheedhu vaan thw dhn kanneyge faree lai salaamaii kohfa beyru bayakaa havaalu kuraany btw story is awesome???

  6. Roxy says:
    January 16, 2017 at 1:09 pm

    Alhey haadha reethi hisaabakun thi nihmmaalee? Ishy buneehen dhn buneveynee. LAI MAREH NUVANE

    1. musli says:
      January 16, 2017 at 1:49 pm

      Haha asluves lai mareh nuvey

  7. Lai says:
    January 16, 2017 at 1:24 pm

    Amazing story. v reethi

  8. Maukko says:
    January 16, 2017 at 1:47 pm

    Riyaaz hadha nulafaey dhoa. Lai maru nuvaathi pls. Eyrah auty vs kihaa dhera vaane?? I wand lai and auty to be together and forever❤

  9. Brainless says:
    January 16, 2017 at 1:50 pm

    Lai mihaaru ulheny beyru gaumuga dhw,so she didn’t die…
    Btw story vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv reeeeethi…???
    Next part avassss…

  10. nathaa says:
    January 16, 2017 at 2:20 pm

    v reethi. next part avaha genesdheche.

  11. Mal says:
    January 16, 2017 at 4:06 pm

    What a lovely story!!! Waiting for next part

  12. yax says:
    January 16, 2017 at 4:31 pm

    ifoo aneh kaahen kuhjaku dhan jahsuvaniy tha!!!
    thi hen nahadha bala??
    story varah salhi??

  13. Akoo says:
    January 16, 2017 at 4:39 pm

    Alhey lai bolah ibilees vaneetha mi? E riyaaz ge kanthakey..
    Lai ah dhera gotheh nahadhaathi

  14. QueenBee says:
    January 16, 2017 at 4:54 pm

    Asluves iph keevegen kudhin dhan jassuvanee maavarakah? lai ah dherayeh nudheythi ingey? Story is amzing. I love you sis??

  15. Kummii says:
    January 16, 2017 at 10:44 pm

    Alhey keeve ehaa avahah thi ninmaalee…. Waiting pls avs kollabala

  16. Aik says:
    January 16, 2017 at 11:03 pm

    Salhi mi story???

  17. Thaathu says:
    January 17, 2017 at 12:15 pm

    ifaa vareh hama nethey bunaany. Vaahaka varah reethi. Thigothuga huttaanulaa vaahaka liyamun gendhey. Myhun echehi kiyas huttaa nulaathi. J vaa myhun J vefa thibeyny. Ehen myhaku maa molhu veshaanethy baeh myhunna varah assaru kuraane. Myhun kiyaa echaka kada vegen vaahaka ninmaa nulaathi. All the best. Patiently waiting for next part. ❤️?

    1. ayya says:
      January 18, 2017 at 9:46 am

      Thaathu thibuny Shax Lyn ge vaahaka dho ? eh Shax Lyn myhun ge faadu kiyun hajam nuvegen eh othy vaahaka ehgoi migoi hadhaafa hamanujehey gotha ninmaalaafa eh thibeny hajam nuvaa myhun. Ehkam ifa eh gothe nun hahaha ??????

  18. rahoo says:
    January 17, 2017 at 4:18 pm

    ifaa me rahoo ge furathama comment. Story hama baraabarah kiyan ingey comment nukuriyas. Story hama habeys. avahah nxt part plx

  19. Ifaau says:
    January 18, 2017 at 7:14 pm

    Thank you all❤❤

  20. Sm1 says:
    February 11, 2017 at 10:54 pm

    Awesome!! 🙂 Masha Allah!

Comments are closed.

Next Episodeއިންތިހާޔަށް (15ވަނަ ބައި)←


All Right Reserved!