ރިއުމާންގެ ހިތް އަވަސް ވަމުން ދިޔައިރު އޭނާ ބޭނުންވީ އަވަހަށް ކޮޓަރިއަށް ވަދެ ތަޅުލައިގެން އިންނާށެވެ. ފާއިތުވަމުން ދިޔަ ކޮންމެ ސިކުންތަކާއި އެކު ކުރީގެ ހަނދާތައް ޚީޔާލުގައި ފުނި ޖެހެމުން ދިޔައެވެ. އޭނާ ކުޑައިރު އަނިޔާ ކޮށްލި ގޮތެވެ. އޭނާ ލެވި ހަޅޭކުން ކަރުން ލޭރަހަ ލީ ދުވަސްތެކެވެ. އެހެންމީހުން އޭނާ ކިބައިން ހުރިހާ އަބުރެއް ނޮޅާލި އިރު އެއްވެސް ބާރެއް ނެތި އޮންނަން ޖެހުނު ގޮތެވެ. އެޚިޔާލުތަކުން އޭނާގެ ނޭވާ ތާށިވަމުން ދިޔަ އިހުސާސް ވީއިރު […]
ހިތްބޭނުމޭ 14… “ލިލިއަން ޕްރެގްއެއީ އެޒިލްގެ ބޭބީ އެއް!!” ޒެއިންގެ ޖުމްލައިން ކަންފަތް ބުޑުގައި ވަރުގަދަބޮމެއް ގޮވިފަދައިހުސާސެއް އެޒިލްއަށްކުރެވުނެވެ. ފުންކޮށްނޭވާލަމުން ލަމުން މޭގައިފިރުމައިލެވުނީ ނޭވާ ފިތިދާނޭހެން ހީވާން ފެށުމުންނެވެ. “އެޒިލ….” އެޒިލް އަށް ވެފައި ހުރި ގޮތް ފެނި އެއްޗެކޭ ބުނަން އުޅުން ޒެއިން ހިމޭންވީ އެޒިލް އަތުގެ އިޝާރާތުން ހިމޭނުން ހުރުމަށް އެންގުމުންނެވެ. “ކިހައި ދުވަހެއް؟؟ ކިހައިދުވަހެއް ވެއްޖެ؟؟”އަޑު ތުރުތުރު އަޅައި ހާލު އެޒިލް ވާހަކަ ދެއްކި އިރު ޒެއިން އާއި ހަތަރުކަޅި ހަމަ ނުކުރާން […]
ބާރު ބާރަށް ހިނގާފައި އައިސް ރިޔާޒްބެ ބަލައިލިއެވެ. އަހަރެން އޮތީ ބިރުން ތެދުވަންވެސް ނޭންގިފައެެވެ. “ލައި!” އަހަރެން ވެއްޓިފައި އޮއްވައި ރިިޔާޒްބެ އަހަރެންނަށް ބަލައިލިއެވެ. “މިތާ ކީއްކުރަނީ؟” އަހަރެންނަށް ބަލަން ހުރެފައި އަހައިލިއެވެ. އަހަރެން މަޑުމަޑުން ތެދުވީމެވެ. “މި.. ގަސްތަކަށް ފެންދޭންވެގެން…” އަހަރެން ބުނެލީމެވެ. “މިތާ ހުންނަތާ ކިހާ އިރެއް ވެއްޖެ؟” އަހަރެންގެ މޫނަށް ބަލައިލަމުން ރިޔާޒްބެ އަހައިލިއެވެ. އެއީ އަހަރެން ރިޔާޒްބެގެ މޫނަށް އެހާ ކައިރިން ބަލައިލި ފުރަތަމަ ދުވަހެވެ. ކުރީގައި ރިޔާޒްބެ އާއި އެކު […]
” ކަލާތީ އަހަރެންގެ ހިތުގެ ވިންދެވެ. ކަލާއާއި ނުލާ އަހަރެންގެ ހިތުގެ ވިންދު ފުރިހަމައެއް ނުވާނެއެވެ. އަހަރެން ދުވަހަކުވެސް ކަލާ އެކަނިކޮށް ނުލާނަމެވެ. އަބަދަށްވެސް ކަލާއާއެކީ އަހަރެންވާނަމެވެ. އަހަރެންގެ ދިރިއުޅުމުގެ ބައިވެރިޔަކަށް ކަލާ ވާނީ ކޮންދުވަހަކުން ހެއްޔެވެ؟ “މި ބަސްތަކަކީ އޭނާގެ ދުލުން ރެއާއި ދުވާލު ތަކުރާރުކޮށް އަހަންނަށް އިއްވި ބަސްތަކެކެވެ. އަހަރެން ދެކެވާ ލޯބި ހާމަކޮށްދިނުމުގެ ގޮތުން ކަމަށްވެސް ވެދާނެއެވެ. ރައްޓެހިވެގެން އުޅޭތާ އަހަރަކަށްވުރެ ގިނަ ދުވަސްވީއިރު ދެމީހުންނަށްވެސް ވަނީ އެކަކު އަނެކަކު ދެކެ އިންތިހާއަށް […]
ނަސީބު އެހީވި ނިޝާމު އާ އެއްކޮޅަށެވެ. އެއްމަސް ދުވަހުގެ ޗުއްޓީ އޮފީހުން ހަމަޖެހިގެން ދިއުންވީ ނީޝާމުގެ އިތުރުން އަހަރެންގެ ހިތަށްވެސް ހަމަޖެހުމެއް ލިބުނު ކަމަކަށެވެ. އަދި ލިބުނު ކުޑަ ވަގުތުކޮޅުގެ ތެރޭގައި އެ ދުވަހުން ދުވަހަށް ދަތުރުގެ ހުރިހާ ކަމެއް ނިންމާ ދަތުރަށް ތަތްޔާރު ވީމެވެ. އެގޮތުން ޖެހިގެން އައި ރޭ އަހަރެމެން ނ.މަނަދޫ އަށްދާން ދަތުރު ފެށީމެވެ. ވައި މަޑު ހަނދުވަރު ދޭ ރީތި ކަނޑު މަޑު ރެއެއް ނަމަވެސް ހިސާބަކަށް އުޑުމަތީ ވިއްސާރަ ކުލަވަރު […]
ޖެހިގެން އައި ދުވަހު އިސްމާއިލް ރާޔާއާއި ކައިވެނިކޮށް މާލެދާން ފުރައިފިއެވެ. އެންމެ ފަހު ވަގުތު ކޮއްކޮމެން ރާޔާއާއެކު ގެންނަން އިސްމާއިލް އެއްބަސްނުވީއެވެ. އެކަމާ ރާޔާ ވަރަށް ދެރަވެ ރުއިއެވެ. މަންމަގެ އަޅާލުމެއް ކޮއްކޮމެންނަށް ނުލިބޭނެކަން ރާޔާއަށް އެނގެއެވެ. ނަމަވެސް އިސްމާއިލްގެ ހިތަށް ކުޑަވެސް އަސަރެއް ނުކުރިއެވެ. މާލެ އާދެވުމާއިއެކު އިސްމާއިލް އޭނާގެ ގެއަށް ރާޔާ ގޮވައިގެންދިޔައެވެ. ގެއަށް ވަނުމާއެކު ރާޔާއަށް ފުރަތަމަވެސް ފެނުނީ ސޯފާގައި ދެފައި ވަށްކޮށްލައިގެން ހިންދީ ޑްރާމާއެއް ބަލަން އިން މެދު އުމުރުގެ އަންހެނެކެވެ. […]
އޭނަ ދެންމެ ޖައްސާލީ ދުވުމުގެ ތެރެއިން އޭނަގެ ޚިޔާލަށް އައި ޑްރާމާއެއްގެ ބައެކެވެ. އޭނަ މިފަހަރު ކުޅިގަނޑެއް ރާވާލީ މާޒިން ކޮންމެ ކަމެއް ކުރިޔަސް އޭނައަށް އެއްވެސް ގެއްލުމެއް ނުވާނެ ފަދައަކުންނެވެ. ކުރީ ފަހަރު ގޮތަށް މިފަހަރު ވެސް މާޒިން އޭނަގެ އަންހެނުންނާއި ގާތްވާން މަސައްކަތް ކުރާނެކަން ވިސާމަށް ޔަޤީން ކުރެވެއެވެ. އެކަމުގެ ތެރެއިން މާޒިން ބޭނުންވަނީ އޭނަގެ ސިކުނޑި ހާސްކޮށް އޭނަ ދަށްކޮށްލާށެވެ. އެހެނަސް މިފަހަރު އެހެންނެއްނުވާނެއެވެ. މިފަހަރު މާޒިން އޭނަގެ އަންހެނުން ގޮވައިގެން ދިޔަޔަސް […]
“މޯމް ބުނީ މާދަމާ އަންނަމޯ. އާޝިޔާއަށް ވަރަށް ގިނައިން ސަލާމްބުނި. އަދި ބުނި ބުނާށޯ މޯމްއާއެކު ބޮއްތަމެން އަންނަ ވާހަކަ.” އިޒްޔާން ވަރަށް ހަމަޖެހިލާފައި އަޒްފާ ދެއްކި ވާހަކަތައް ކިޔައިދިނެވެ. އިޒްޔާންގެ ވާހަކައަށް ޖަވާބެއްނުދީ ހުރެފައި ކުއްލިއަކަށް އާޝިޔާ އިޒްޔާންގެ ފޯނުގައި ހިފާ ދަމައިގަތެވެ. އަދި އޭގެ ސްކްރީނުން ފެންނަން އިން ފޮޓޯއަށް ކަޅިޖަހާނުލާ ބަލަން އިނެވެ. “މީ ކާކު؟” އާޝިޔާ އަވަސްވެފައިވާ ނޭވާތަކުން އެއީ ކާކުކަން އެނގެން ބޭނުންވާކަން ހާމަކޮށްދެމުން ދިޔައެވެ. “ތީ…” އިޒްޔާން އެހެން […]
އެއީ ދަންނަ އަޑެއްހެން ޝިޔާޒް އަށް ހީވިއެވެ. ނަމަވެސް އެއީ ކާކުގެ އަޑެއްކަން އެވަގުތު ޝިޔާޒްގެ ހަނދާނަކަށް ނައެވެ. ” ތީ.. ކާކު؟…” ޝިޔާޒް އެހިއެވެ. ” އަހަރެން މީ ކާކުކަން ޝިޔާޒް މިހާރު ހަނދާން ނެތިދާނެ ….. އެކަމަކު ކުރިން އަހަންނަކީ ޝިޔާޒްގެ ވަރަށް ގާތް މީހެއް….. ޝިޔާޒް ދުރުގައި އުޅެން އުނދަގޫވި މީހެއް…. އެމީހަކާނުލައި ޝިޔާޒް ނޭވާއެއްލާންވެސް ދަތިިވި މީހެއް… މިވަރުން މިހާރު އަހަންނަކީ ކާކުކަން ޝިޔާޒް އަށް ވިސްނިދާނެ…” އެކުއްޖާ ބުންޏެވެ. […]