
ލައިފް (4 ވަނަ ބައި)
ގޮޑުދޮށުގައި އެއްވެފައިވާ މީހުންތައް އަވަސް ވީގޮތަކުން ކައިރީގައި ހުރި ގެއަކުން ބަރޮލެއްނެރެ ހަމްޒާން ބަރޮލަށް ލައިގެން ސިއްޙީމަރުކަޒަށް ގެންގޮސްފިއެވެ. އަދި ބަލިމީހުން ބަލާ ކޮޓަރިއަށް ހަމްޒާން ވެއްދިއެވެ. ސިއްޙީމަރުކަޒުގައި ހިދުމަތް ދެއްވާ ހެލްތުވޯކަރ ހަމްޒާން ބެލުމަށް ކަށިގަޑު ހިފައިގެން ވަރަށް ހަލުވިކަމާއެކު އެކޮޓަރިއަށް ވަދެގެން ދާތަން ފެނުނެވެ.
ސިއްޙީމަރުކަޒުގެ ބޭރުގެ ހާލަތަށް ބަލާއިރު ރަށުގެ ރައްޔިތުން ހެން އެތަނަށް ވަނީ އެއްވެފައެވެ. ކުދިބޮޑު އެންމެންނެވެ، އެމީހަކު ކުރަން ހުރި މަސައްކަތެއް ދޫކޮށްލާފައި އެތަނަށް އައިސްފައި ވާކަން މީސްތަކުންނަށް ބަލާލުމުން ވަރަށް ރަނގަޅަށް ދޭހަވެއެވެ. ތެމިގެން ތިބިމީހުންނާއި މަސައްކަތުގައި އުލުނުމީހުން އެތިބި ހާލުގައި އެތަނަށް އެއްވެތިއްބެވެ. އަދި އެކަކު އަނެކަކާ ތުންތަޅުވަމުންދާ މަންޒަރު ފެންނަމުން ދިޔަ އެވެ އެންމެންގެ މޫނުތަކުންވެސް ފެންނަނީ އުދާސް ކަމެވެ. މިހާހިސާބަށް ދިޔައިރު ހަމްޒާންގެ މައިން ބަފައިންވެސް އެތަނަށް އަތުވެއްޖެެވެ. ދުވެފައި ގޮސް ސިއްޙީމަރުކަޒުގެ ތެރެއަށް ވަދެވަދެ ތިއްބާ އަންމުންގެ ބަޔަކު އެދެމަފިރިން ހިފަހައްޓާ ކޮންޓްރޯލް ކުރެވޭތޯ މަސައްކަތް ކުރަމުން ދާތަން ފެނުނެވެ.
ގާތްގަނޑަކަށް ބައިގަޑިއިރަށް ފަހު ހެލްތުވޯކަރު އެކޮޓަރިން ނިކުތްތެވެ. އަދި މަޑުމަޑުން ހަމްޒާންގެ ބައްޕަގެ ކޮނޑުގައި ހިފަހައްޓާލާ ބޯހޫރާލިއެވެ. އަދި އޭނާ ވަނީ މަރުވެފައޭ ބުނެލިއެވެ. ކައިރީގައި ހުރި ހަމްޒާން މަންމަ މަޑުމަޑުން ހަމަހީމޭނުން ހުރެފައި ބިންމައްޗަށް ކުއްލިއަކަށް ވެއްޓިޖެއެވެ. ލިބުނު މެސެޖުން ކެއްނުކުރެވިގެން އަބުރައިގަނެ ބިންމައްޗަށް ވެއްޓުނިއެވެ. ވާނީވެސް އެހެންތާއެވެ. ހަމްޒާނަކީ އެދެމަފިރިންގެން ހަމައެކަނި ހުރި ދަރިފުޅެވެ. މުޅިރަށުތެރެއަށް މާޔޫސްކަން ވެރިޖެއެވެ. މައްޔިތާ ހިނެއުމުގެ ކަންތަކާއިގެން ރަަށުގައި އިސްކޮށް އުޅޭ ފަރާތް ތަކުން އަވަސްވެގަތެވެ.
ހަތަރު އުދަރެސް ފެނު ޖެހުނީ އެވެ. އަނެއްކާ އަނެއް މަރެވެ. ރަށުގެ އެހެން ދެމަފިރިއަކަށް ލިބުނު ފުރަތަކަ ފިރެހެން ކުއްޖާ ވިހޭތާ ކުޑަ ހިނދުކޮޅެއްގެ ތެރޭ ދުނިޔެ ދޫކުރީއެވެ. އެދުވަސްވަރިކީ ގޭގައި ފޫޅުމައިގެ އެހިގައި ވިހަމުން ދިޔަ ދުވަސްވަރެވެ. ލިބެންވާ ސިއްޙީ އެހީތެރިކަން ނުލިބުނީތާއެވެ. މިއީ އަހަރެންގެ ހަޔާތުގައިވެސް ފުރަތަމަ ފަހަރަށް އެއްދުވަހާ ދެމީހަކު މަރުވި ފުރަތަމަ ފަހަރެވެ. ހިތާމާގައި ބޮޑު ސާލެއް ރަށުގައި އެޅިގެން ދިޔައެވެ. އަނެއްކާ ކޮންފަދަ ދުވަހެއް ބާއޭ މީސްތަކުންގެ ދޫތަކުން ބުނަމުންދިޔައެވެ.
ދެކުދިން ހިނެއުމުގެ ކަންތައް ނިންމާ ކަށުނަމާދުގެ ކަންތައް އަޞުރު ނަމާދަށް ފަހު އޮންނާނެކަން ރަށު އޮފީހުން އެންގިއެވެ. އަޞްރު ނަމާދަށް ރަށުގެ އެންމެހާ ފިރެހެނުން ކަހަލަގޮތަކަށް އައެވެ. ހީވަނީ ހުކުރުނަމާދަށް އައިސް ތިބިހެންނެވެ. ނަމަވެސް ހުރިހާ މީހުންގެ މޫނުމަތިންވެސް އެތަކެއް ސުވާލުތަކެއް ކުރަން ބޭނުންވެފައިވާކަން ހާމަވަމުން ދިޔައެވެ. ފެންނަމުން ދިޔައީ އުދާސް ކަމެވެ. އެދުވަސް ނިމިގެން ދިޔައީ އެދެކުދިންނާއެކު ރަށް ބޮޑު ހިއްދަތިކަމެއް ގެނެސް ދީފައެވެ.
ދުވަސްތައް ފާއިތު ވަމުން ދެއެވެ. މީސްތަކުން ގެ ހިތުން ހަމްޒާންގެ ހަދާންތައް މަޑުމަޑު ނެތެމުން ދެއެވެ. ދުނިޔެއަކީ މިކަހަލައެއްޗެކެވެ. އެމީހެއްގެ ހަދާންތައް އެމީހަކާއެކު ފިލައިގެން ދާނެއެވެ. އަހަރެންވެސް ދިރިއުޅުމާއިގެން ކުރިއަށް ދިޔައީމެވެ. ނަމވެސް އަހަރެމެން ހަމްޒާން އައިއެކު ހޭދަކުރި އެދުވަސްތައް އަދިވެސް ހިތުގައި ބިންވަޅު ނެގި ހިތުގެ ކޮންވެސް ހިސާބެއްގައި ރައްކާކުރެވިފައި ވާކަމީ ސައްކެއްވެސް ވާކަމެއް ނޫނެވެ. އޭނާ އާއި އެކު އިރުވާދޫނި (ދޮންދޫނި) ހިފުމަށް ބަނބުކެޔޮގަހުން ކިރުނަގައިގެން ސާފްތެޔޮލާ ވަރުކޮށް އެކިރުތައް އިލޮށިގައި ލައި ދަނޑިއަކަށް ޖަހައިގެން އިރުވާދޫނި ހިފަން އަތިރިމަތީ އުޅޭ ހަނދާނެވެ. ދޫނީ ހިފުމުން ފިޔާގައި ހުންނަ ކިރުތައް ދުލުން ފިލުވާ އަތުގެ ދެއިގިލި ދޭތެރެއަށް ލާ ހިފަހައްޓާ ހަދާންތަކެވެ. އެކުގައި އައްޕޯޑާން ކުޅެއުޅުނު ހަދާންތަކެވެ. އެކީގައި ހޭދަވި މިފަދަ އެތައް ދުވަސްތަކެއްގެ ހަނދާންތަކެވެ،
އާއަހަރެކެވެ. ގްރޭޑް ފަހަކަށް ދެވުނީއެވެ. ކުލާހުގައި ކުދިންގެ އަދަދު ފުރަތަމަފަހަރަށް 13 އަށް އެރީއެވެ. ނަމަވެސް ގިނަ ކުދިން ނަކީ އުމުރުން 15 ނުވަރަ 16 އަހަރުގެ ކުދިންނެވެ. އޭރު އަދި އަހަރެންގެ އުމުރަކީ އެންމެ 10 އަހަރެވެ. އެމީހުންގެ ތެރޭގައި އަހަރެންނަކީ ކުޑަކުޑަ ކުއްޖެކެވެ. މިބުނި ގިނަ ކުދިންނަކީ ރަށުގައި ނަން ވިދާލާ ކުދިންނެވެ. ނުބައި އަޚްލާގެ ސަބަބުންނެވެ. ރަށުގައި ކިޔަވައިދޭ އެންމެ މަތީ ގްރޭޑަކީ މިއީކަމުން، މިހިސާބަކީ ކިޔެވުން ސިއްކަ ޖެހޭ ހިސާބުވެސް މެއެވެ. ގިނަ ބެލެނިވެރިންނަކީ މާލީގޮތުން އެހާތަނަވަސް ބަޔަކަށް ނުވާތީ އިތުރު ތައުލީމުދެވޭނެ ގޮތެއް ނެވެ. މިހިސާބަށް ދެވިފައި ވާއިރު އިނގިރޭސި ބަސް އެއީ ކޯޗެއް ކަންވެސް އަދި ނޭގެއެވެ.
ފުރަތަމަ ހަފްތާގެ ކިޔެވުން ދިޔައީ ވަރަށް ރަގަނޅަށެވެ. ޖެހިގެން އައި ހަފްތާއަކީ ސްކޫލް މަރުހަލާ އެފުއް މިފުށަށް ޖެހިގެން އައި ހަފްތާއެވެ. ހަންގާ ކުރުމާއި ގޯނާކުރުމުގެ ޝިކާރައަކަށް އަހަރެން ވެގެން ދިޔައީ ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ.
ދެވަނަ އަހަފްތާ ގެ ހޮނިހިރު ދުވަހު ސްކޫލަށް ދިޔައީމެވެ. ކިލާކަށް ގޮސް ދަބަސް ކައިރީގައި ބެހެއްޓުމަށް ފަހު ގޮޑިގައި އިށީދެއްޖައީމެވެ. ތިން މޭޒް އެއްކޮށްގެން ހަދަފައިވާ މިމިގްރޫޕްގައި 4 ފިރެހެން ކުދިން ތިބިއިރު ބާކީ ދެ ގްރޫޕްގައި ތިބީ ހުސް އަންހެން ކުދިންނެވެ. ކުރިމަތީގައި އިން ކުއްޖާ އަކީ އަބަދުވެސް ވަރަށް ސިޔާސަކޮށް ސަކަރާތް ޖެހުމާއި މިނޫންވެސް ނޭއްގާނީ ކަންތައްތަކުގައި އުޅޭ އަދި ރަށުގައިވެސް ވިޔާނުދާކަމަށް މައްޞޫރު ކުއްޖެވެ. މީނާގެ ސަކަރާތާއި މަޖަލުގެ ތެރެއިން ކުލާހުގައި އިން ފާތިމާ ކިޔާ އަންހެން ކުއްޖަހާ އަހަރެންނާއި އަޅުވާ ކިޔަން ފެށީއެވެ. ފާތިމާއަކީވެސް އަހަރެންނަށްވުރެ 2 އަހަރު ދޮށީ ކުއްޖެކެވެ. ފުރަތަމަ އެހާ ބޮޑުކަމަކށް ނުވިއެވެ. ނަމަވެސް މިކަން ބޮޑުވަމުންގޮސް އެކުއްޖާ އަށް އިވޭވަރަށްވެސް ކިޔަން ފެށިއެވެ. އަދި އެހެން ކުދިން ވެސް އޭނާއާއި ބައިވެރިވެ އަޅުވާ ކިޔުމުގެ ސިލްސިލާއެއް ފެށިގެން ދިޔައީއެވެ. ކޮންމެ ދުވަހެއްގެ ހާލަކީވެސް މިއެވެ.
އޭރު އަދި އަހަރެން ޅަކަމުން ކަންނޭގެއެވެ. އެއްވެސްވަރަކަށް އަންހެން ކުދިންގެ ޚިޔާލެއްވެސް ހިތަކަށް ނާދެއެވެ. ދިމާކުރުމުގެ ސަބަބުން ކޮންމެ ދުވަހަކުވެސް ގެއަށް ދަނީ ރޮވިފައި ވާހާލުގައެވެ. އެންމެ ފަހުން ކެއްނުކުރެވިގެން މަންމަ އާއި ބައްޕަގާތު މިވާކަހަކަތައް ކިޔާއި ދީފިމެވެ. މަންމަ ވަގުތުަން މުދައްރިސައް މިވާހަކަ ހުށަ އެޅިތާއެވެ. ޖެހިގެން އައިދުވަހު ހެދުނު ސްކޫލަށް ދިއުމާއެކު އެކުއްޖާ ( އިނާސް) އޮފީހަށް ގެންގޮސްފިއެވެ. ގަޑިއެއްހައި އިރުފަހުން ކުލާހަށް އައިސް ބަލާލިގޮތުން ހީވީ މިފަހަރު އަހަރެން ކާލާފާނެ ހެންނެވެ. “ކަލޭ ނުޖެހޭނެ ކަލޭ މަންމަ ކައިރީ އަހަރެންގެ ވާހަކަ ދައްކާކަށް ކަލެއަށް ލަޑެއް ދޭނަން” މީއޭނާގެ ފުރަތަމަ އިންޒާރެވެ. ކަންތަކާ ޖެހުނީއެވެ. މަންމަ ގާތު އެވާހަކަ ބުނެވުނީމަ ތާއެވެ.
އިންޓޯލަށް ގެއަށް ފޮނުވާލުމާއެކު ސައިބޯން އަހަރެންވެސް ދިޔައީ ގެއަށެވެ. ސައިބޮައިގެން ސްކޫލަށް އިސް ކިޔެވުން ފެށުމާއި އެކު ފޮތްނަގާ ހުޅާލީމެވެ. ކަމަކުދާކަށް ނެތެވެ. މީ އަހަރެންގެ ފޮތެއް ނޫނެވެ. ދެން ހުރި ފޮތްތައް ބަލާލިއިރު އަހަރެންގެ އެއްވެސް ފޮތެއް ދަބަހަކުނެތެވެ. ފާތިމާގެ ފޮތް ތަކާއި އެހެން ކުދިން ގެ ފޮތެވެ. އެކުދިންތައްވެސް ފޮތްތައް ނެތުމުގެ ޝަކުވާ މުދައްރިސާ ކުރިއެވެ. އެކަމަކު އެއިން އެއްވެސް ކުއްޖެއްގެ ދަބަހެއްގައި އަހަރެންގެ ފޮތެއް ނެތެވެ. “މުދައްރިސް އެކުދިންގެ ފޮތްތައް މިހުރީ އަހަރެންގެ ދަބަހުގައި”އަހަރެން މިހެން ބުނެ އެފޮތްތައް އެކުދިންނަށް ދިނީމެވެ. އަދި އަހަރެންގެ ފޮތްތައް ހޯދުމުގެ މަސައްކަތް ފެށީމެވެ. އޭރުވެސް އިނާސް ފާޑަކަށް ހެވިފައި ކަމެއްވާކަމަށްވެސް ނުދާ ފިލާވަޅު ހަދަނީކަމަށް ހެދިގެން އިނެވެ. ފޮތްތައް ހޯދަމުން ދަނިކޮށް ފޮތުގެ ބޭރުގަނޑު ދޮރުކައިރީވާ ޕާކުގައި އޮތްތަން ފެނުނެވެ. އަދި ފޮތްތަކުގެ އެތެރޭ ގަނޑުތައް ބޮޑިބޮޑި ކޮށްލާފަ ތަންކޮޅެއް ދުރައް އުކާލާފައި އޮތެވެ.
ދެލޮލުން ހޯސްލާފައި ކަރުނަ ފައިބައި ގަތެވެ. ނަމަވެސް އެހެން ކުއްޖަކަށް ފެނިދާނެތީ ވަގުތުން ކަރުނަ ހުއްޓުވޭތޯ ގަމީހުގެ އަތްކުރިން ފޮހެން ފެށިމެވެ. ނުހުއްޓުނެވެ. ހަމަރަންގަޅަށްރޮވިއްޖެއެވެ. މުދައްރިސައްވެސް މިމަންޒަރު ފެނިިފައި ވަށް ހަރުކަށިކޮށް އެއީ ކޮން ކުއްޖަކު ކުރިކަމެއްތޯ ސުވާލު ކުރިއެވެ. އެއްވެސް ކުއްޖަކު އެއްވެސް ޖަވާބެއް ނުދިނެވެ. އަހަރެނަށް އެއީ އިނާސް ދިން ލަޑެއްކަން އިގުނެވެ. ނަމަވެސް ސާބިތުކުރާނެ އެއްވެސް ހެތްކެތް ނެތެވެ. “އެއީ އިނާސް ކުރިމެއް މުދައްރިސް، އޭނަ ބުނި އަޅުގަނޑަށް ލަޑުދޭނަމޭ” އަހަރެން ބުނީމެވެ. ނަމަވެސް އިނާސް ވަގުތުން އިންކާރު ކުރިއެވެ. އަދި އަހަރެން ސްކޫލަށް މިއައީ މާފަހުންނޭ ބުނެލިއެވެ. ވާނީވެސް އެހެންތާއެވެ. އެހުރިހާކަމެއް ކޮށްފައި ސައިބޮއިގެން އާދެވޭނީވެސް ފަހުންތާއެވެ. ކުރާނެ ކަމެއްނެތެވެ. އަލުން ހުރިހާ ފޮތްތައް ހަދަން ޖެހުނީއެވެ.(ނުނިމޭ)..
11 Comments!
Comments are closed.
very nice story but faiku
Is this a true story? I like this story its very nice.
v reethi
Kiyun teringe hiyaalutakah shukuriyaa.edifaivaa gotah digukoh avahah genes devey to mibalanee. Tita faraah takuge khiyaalu beynun
I like this story
Varah kamudhey mi vaahaka ?
Chee hadikan story
Esfiyaaga v baivaru vaahaka ehki faraaithakun liye. Mi vaahaka hadivejjeyaa ehen vaahaka eh kiyaa. Ehves myhaka mithaa majubooreh nun vaki myhaku liyaa vaahaka eh kiyaakah. kamunudhanyaa kamunudhany kyvekameh comment kuraa ehves myhaka bunedhevifa eh nei mihaathana. Edhevey faadu kiyumakah vaany hadi v sababuves bayaan kurumun. liyuntheriyaa ah ves hadi koh liyevenyaa nuny nubaikoh liyevenyaa ves vaahaka kiyaa myhun ehkameh bunumun rangalhu kuran ingeyny.
It’s true story not fake I like it
vaahaka v reethi ekam maa bodhaves kuru
V thafaathu vaahaka eh v reethi anehbai avahah up kuraathi